Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަންޖަރު 1

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
September 11, 2025 4 Mins Read
20 Comments

(1 ވަނަ ބައި)

މަންމަ އަބަދު ދުވެސް ބުނެޔެވެ. ދުނިޔެ ހިނގަނީ ތޮށަޅި ދުޅަޔަށެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއެވެ. ނަމަވެސް އީވާންގެ ހަޔާތަށް އެ އުސްގަނޑު ކޮބާ ހެއްޔެވެ؟ އުމުރުން އެންމެ 8 އަހަރުގައި ލޯބިވާ މަންމައާއި ބައްޕަ ގެއްލިގެން ދިޔައެވެ. އުމުރުން 10 އަހަރުގައި، އެންމެ 5 އަހަރުގެ ކޮއްކޮގެ އަބުރު އެއްވެސް ރަހުމެއް ނެތި މީހަކު ފޭރި ގަނެއްޖެޔެވެ. އެކަން ކުރި މީހަކު ހޯދުމަށް ބޮޑެތިންގެ ފަރާތުން އީވާންއަކަށް އެއްވެސް އެހީތެރި ކަމެއް ނުލިބުނެވެ. އެހާދިސާއަށް ފަހު މިހާރު 10 އަހަރު ވެއްޖެއެވެ. ނަމަވެސް…

ބޭރު ޖޯލި ފަތީގައި އޮށޯވެލައިގެން އޮތް އީވާން މިއަދުވެސް ވިސްނަމުން ދިޔައީ އެކަމާއި މެދުއެވެ. ވަގުތަކީ ޑިއުޓީގެ ބްރޭކް ގަޑިއަށް ވެފައި އީނާލް ވެސް އިންޓަވަލަށް އަންނަ ގަޑި ކަމުން އީވާން އެވަގުތު ކޮންމެ ދުވަހަކުވެސް ގެއަށް އާދެޔެވެ. ނަމަވެސް ޙިޔާލު ތަކުގައި އޮތުމުން އީނާލް ބަލައިދާ ގަޑި ޖެހިއްޖެކަން ވެސް އީވާނަކަށް ރެއަކާ ނުލިއެވެ.

ގެއަށް ވަދެގެން އައި އީނާލަށް އެންމެ ފުރަތަމަ ވެސް ފެނުނީ ފިކުރު ބޮޑުވެފައި އޮތް އީވާނެވެ. އީވާން އެވިސްނަނީ ކޮން ކަމަކާކަން އީނާލަށް އެނގެޔެވެ. އީނާލް ފުން ނޭވާއެއް ދޫކޮށްލަމުން އީވާނާއި ދިމާލަށް ހިނގައިގަތެވެ.

“ދޮންބޭ! ނާލު ބަލައި ވެސް ނާދޭ ވިއްޔަ” ތުންކޮޅު އޫކޮށްލަމުން އީނާލް އީވާންގެ ފައިގައި ޖެހިއެވެ. “އޭ؟ ސޮރީ ކަމަކާ ވިސްނާލަން އޮތީ” އީވާން ހަށިގަނޑު ސީދާ ކޮއްލަމުން ތެދުވިއެވެ. “ދެން ކޮން ސޮރީއެއް ތަ؟ ހަމަ އަދަބު ދޭން ޖެހޭނެ ވިއްޔާ” އީނާލް ދެއަތް އުރާލަމުން ބުނެލިއެވެ.

“ސޮރީ. ކަމަކާ ވިސްނާލަން އޮވެވުނީ” އީވާން ބުނެލިއެވެ. އީވާން ވިސްނާނީ ކޮން ކަމަކާކަން އީނާލަށް އެނގެޔެވެ. “ކޯއްޗެއް ތަ ކާން ހުރީ؟” އީނާލް އެތެރެއަށް ވަންނަމުން އީނާލް އަހާލިއެވެ. “ހުންނާނެ ކުދި ޕިއްޒާ ކޮޅެއް ގަނެފަ. އަވަހަށް އާދޭ ދޮންބެ ވެސް ވަރަށް ބަނޑުހައި” އީވާން ބުނެލިއެވެ.

ކޮޓަރިއަށް ވަދެ އީނާލް ލޯގަނޑު ކުރިމަތީގައި ހުއްޓިލަމުން އަޅައިގެން ހުރި ބުރުގާ ބޭލިއެވެ. ބުރުގާ ބޭލުމާއި އެކު އީނާލްގެ ކަރު ކައިރީގައި އިން ލަކުނު ކަޝްފު ވެލިއެވެ. ރަނގަޅު ވެފައި ވީ ނަމަވެސް އެލަކުނު އީނާލްގެ ހަންގަނޑުގައި ރޮނގެއްހެން އިނެވެ. ތަދު ނުވިޔަސް އީނަލަށް އެލަކުނު ފެންނަނީ ތާޒާ ކަންމަތީގައެވެ.

ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރެ އީނާލް އަތް ހިއްލާލިއެވެ. މަޑުމަޑުން ކަރުގައި އަތް ޖައްސާލި އިރު އީނާލްގެ ލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅަމުން ދިޔައެވެ. “ނާލް؟” އީވާން ގޮވާލިއެވެ. ކުޅަދާނަ ކަމާއި އެކު އީނާލް ކަރުނަތަށް ފުހެލިއެވެ. “މިދަނީ”

ކޮޓަރިން ނިކުން އީނާލް ނިކުތީ އެހެން “މޫނެއް” އަޅައިގެންނެވެ. ކާގެއަށް ވައިން އިރު އީވާން ހިނިތުންވެލައިގެން ހުރެ ކޮންމެ ވެސް މީހަކާ މެސެޖު ކުރަމުން ދިޔައެވެ. އެމަންޒަރު ފެނި އީނާލްގެ ތުންފަތުގައި ލާނެއް ހިނިތުންވުމެއް ކުޅެލިއެވެ. “ފަހަރި ދޯ؟” އައިސް އަލަމާރިން ފެންފުޅިއެއް ނަގަމުން އީނާލް ބުނެލިއެވެ.

“ހެހެ… އާން…” އީވާން ބޯކަހާލިއެވެ. “މިހާރު ތި ދެމީހުން ރައްޓެހިވިތާ ވެސް 1 މަސް ވަނީ މި. އަދިވެސް ފަހަރި ތަޢާރަފެެއް ނުކޮށްދޭ” އީނާލް ތުންކޮޅު އޮޅާލިއެވެ. “ހަހަ. ނަމަކީ އައިޝަތް ވިނާލް ވިއާމް. އުމުރުން 19 އަހަރު. ހަމަ މިރަށު ކުއްޖެއް. ހދ ކުޅުދޫފުށި” އީވާން މޭޒު ދޮށުގައި އިށީނެވެ. “ވަޓް؟ ނާލް ހީކުރީ އަދި ލޯންގް ޑިސްޓެންޓް ކަމަށް؟ އޯ އެމް ޖީ! އީނާލް، ވިނާލް މިއީ ނާލްގެ ޓްވިން ތަ؟” ހަހަ” އީނާލް ހީލާފައި އީވާން ގާތުގައި އިށީނެވެ.

ނިދިފައި އޮތް ކްލާރާއަށް ހޭލެވުން އިރު 10 ޖަހަން އުޅެޔެވެ. މޯޅި އަކަށް ދެމިލާފައި ކްލާރާ ތެދުވެ އިށީނެވެ. ދެފަރާތް ބަލައިލީ ކްލާރާގެ ފިރިމީހާ ނުހައިކް ގޭގައި ނުހުންނާނެ ކަން ޔަގީންވާ ހާލުގައެވެ. އެހެނަސް ހިތުގެ ކަނެއްގައި އުންމީދު ވީތީއެވެ.

ފުންނޭވާއެއް ދޫކޮށްލާފައި ކްލާރާ ފާޙާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ކްލާރާ ވަނީ ބަދިގެއަށެވެ. ކޮންމެ ދުވަހަކު ނުހައިކް ގެނެސް ދޭ ހެދިކާ ކޮތަޅު މިއަދު ވެސް ބަދިގެ މޭޒު މަތީގައި އިނެވެ. ކްލާރާ ފުންނޭވާއެއް ލާފައި ހެދިކާ ކޮތަޅު ހިފައިގެން ސޯފާގައި އިށީނެވެ.

ޑިއުޓީގައި އިން ނުހައިކްގެ ދެލޯ ވަނީ ކުރިމަތީގައި އިން ކޮންޕިއުޓަރުގައި ދެލޯ “ތަތް” ވެފައެވެ. ހަލުވި ކަމާއި އެކު ކީބޯޑުގައި ޓައިޕް ކުރަމުން ދިޔައިރު އޭނާ އިނީ ޕްރެޒެންޓޭޝަނެއް ހަދާށެވެ. “ސާބަހޭ އިކޫއަށް. ދެލޯ ނަގާ ސްކްރީންގަ ބައިންދަން ވީނުން؟” އެވަގުތު އޮފީހަށް ވައިން އީވާން ނުހައިކް އިން ގޮތް ފެނި ބުނެލިއެވެ.

“ކިހިނެތް ތަ ވީ؟ މިހެން އުޅެގެން ދޯ ޕްރޮމޯޝަން އެކޭ ކިޔާ އެއްޗެއް ވެސް ލިބޭނީ” ނުހައިކް އީވާނާއި ދިމާލަށް ކަޅި އަޅާލިއެވެ. “ހަހަހަހަ. އެކަމަކުވާ. ކަލޭ އަންހެނުނަށް ވަގުތު ދެވޭ ތަ ތިވަރުން އުޅެމުން؟” އީވާން އަހާލިއެވެ. “އަންހެނުން ހޭލަން ވާއިރަށް ކޮންމެ ދުވަހަކު ކާން ގެނެސް ދޭން. ރުފިޔާ ދޭން ބުނީއާ ރުފިޔާ ދޭން. ދެން ކީއްކުރަން އަންހެނުން މިކަމަށް ވައްދަނީ؟ ނޯންނާނެ ލާރާއަކަށް ޝަކުވާ ކުރާނެ ޖާގައެއް” ނުހައިކް ބުނެލިއެވެ.

ލޯންޗު އޭގެ ބާރު ދުވެލީގައި ލޮނުގަނޑު ކަފަމުން އަހިސް މަޑު ކޮއްލީ ހދ ކުޅުދޫފުށި ބަނދަރު މައްޗަށެވެ. ލާންޗަށް ރުފިޔާ ދީފައި ވިއާމް ފޭބީ އޭނާގެ އަންހެނުން ނީރާއާއި ދެ ކުދިން ގޮވައިގެންނެވެ. “މިއީ ތަ ކުޅުދޫފުއްޓަކީ؟ މާލެ ވައިބްސް ހަމަ. ކީއްވެގެން ތަ އަސްލު މިތަން ދޫކޮށް ދިޔައީ؟” ދެފަރާތް ބަލައިލަމުން ވިނާލް އަހާލިއެވެ. ވިނާލް ކުޅުދޫފުއްޓަށް އެއައީ އަލަށެވެ. “ހަހަ. މިހާރު މާ ތަރައްގީ ވެފަ މިހުރީ. ކުރިން މިހެނެއް ނޫން ދޯ ބައްޕާ؟ ތަރައްގީ ވީމަ އަންނަންށޭ އަހަރުން ދިޔައީ ދޯ ހަހަ” ވާއިލް ހީލާފައި ބުނެލިއެވެ.

“ބައްޕަ މާލެ ދިޔައީ ކިޔަވަން ވެގެންނޭ ދަރިފުޅޫ. ދަރިފުޅު ވިހަން ވަރަށް ކައިރި ވެފައި ހުއްޓަ މަންމަމެން މާލެ ދިޔައީ. އޭގެ ފަހުން މިއައީ އަދި ރަށަށް” ނީރާ ބުނެލިއެވެ. “ހޫން ދެން އަވަހަށް އުޅޭ ގެއަށް ދަމާ. ވަރަށް ދޮންބޮޑު ވެއްޖެ” ނިތް މަތީގައި ހުރި ދާތިކިތަށް ފުހެލަމުން ވިއާމް ބުނެލިއެވެ.

“ލޮޓަސް” ގޭ ކުރިމަތީގައި ކާރު މަޑު ކޮއްލުމުން އާއިލާ އެކުގައި ކާރުން ފޭބިއެވެ. ފޮށިތަށް ނެރުމަށް ވިއާމްއަށް ނީރާއާއި ވިއާލް އެހީވަމުން ދިޔައިރު، ވިނާލް ހުރީ ފޯނުން ކޮންމެވެސް ފަރާތަކަށް މެސެޖު ކުރަންށެވެ.

“އޭ! އޭ! ޅިޔަނު ތަ؟” ވިނާލް ގާތަށް ޖެހިލަމުން ވިއާލް ސިއްރު ސިއްރުން އަހާލިއެވެ. “ދެން… ހޫން” ވިނާލް ލަދުން ހުރެ ބުނެލިއެވެ. “އޭ ޅިޔަނާ ކޮން އިރަކުން ތަ ދިމާ ކުރަނީ؟” ވިނާލް ފަހަތުން ވިއާލް އެތެރެއަށް ވަނެވެ. “މިރޭ…” ވިނާލް ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ. “އާޗާ. ދޮންބެ ގެންދައްޗޭ. ޅިޔަނާ ދިމާކޮއްލަން ވަރަށް ބޭނުން” ވިއާލް ދެއަތް ޖޯޑު ކޮއްލަމުން ބުނެލިއެވެ.

“އައްޗި. ނޫޅެން. އަދި އަލަށް ވިއްޔަ މި ދިމާވަނީ ވެސް. ނޯ ނީޑް އޮފް އަ ތާޑް ވީލް” ވިނާލް ދެކޮޅު ހެދިއެވެ. “ހޫން ހޫން. އެކަމަކު އަދި ދިމާ ކުރުވަން ވާނެ އިނގޭ؟” ވިއާލް ބުނެލިއެވެ. ވިނާލް ހީލާފައި ބޯޖަހާލިއެވެ.

ކިލާހަށް އެނބުރި ވައިން ވިނާލަށް އެންމެ ފުރަތަމަވެސް ފެނުނީ ހެވިފައި އިނދެ ފޮތެއްގައި ކޮންމެވެސް އެއްޗެއް ކުރަހަން އިން ޔާލާއެވެ. ޔާލާ ކުރަހާނީ ކޯއްޗެއްކަން އެނގޭތީވެ އީނާލަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. “ސާބަސް ދޮންމަންޖޭ” އީނާލް ޔާލާގެ ކޮނޑުގައި މަޑުން ޖަހާލިއެވެ. “ކިހިނެތް ތަ ވީ؟ ބަލަ ކިހާ ހޭންޑްސަމް” ޔާލާ އޭނާ ކުރަހަން އިން ފޮޓޯ ދައްކާލިއެވެ. “ހޫމް އައި ނޯ. މައި ބްރަދާ އިޒް ހޭންޑްސަމް” އީނާލް ގޮނޑީގައި އިށީނެވެ. ޔާލާ އީވާންދެކެ ލޯބިވާކަން އެއީ އީނާލަށް އެނގޭ ކަމެކެވެ.

“އެކަމަކު ދޮންބެ ހުރޭ ގާލްފްރެންޑެއް މިހާރު. ކުރިން ކީމެއް ނުން އެހެން ހީވެޔޭ؟ މިއަދު ދޮންބެ ބުނި އެކުއްޖާގެ ނަން ވެސް…” އީނާލް މަޑުމަޑުން ބުނެލިއެވެ، އީނާލްގެ ޖަވާބު އިވި ޔާލާގެ ހިތުގައި ރިއްސާލިއެވެ. “ވަޓް…؟” ޔާލާގެ އަޑު ކުރެހުނެވެ. އީނާލަށް ހިންދިރުވާލެވުނެވެ.

“ޔާ. ވިނާލް ކިޔަނީ އެކުއްޖާއަށް… މިރަށު ކުއްޖެއް. މާލޭގަ އުޅިފަ މިއަދު ރަށަށް އައީ. މިރޭ ދިމާ ކުރާ ވާޙަކަ ދޮންބެ ބުނި…” އީނާލް ކިޔައިދިނެވެ. ޔާލާގެ ދެލޮލުގައި ކަރުނައިގެ މުތީތަށް ބަބުޅައިގަތީ ބަސް ބުނާހާ އަވަހަށެވެ.

(ނުނިމޭ)

ދެވަނަބައިގެ ތެރެއިން:

“ނޫން… ދޮންބޭ ހެޔޮނުވާނެ ނޫން… ނުކެރޭނެ ނާލަކަށް… ޕްލީޒް… ނާލް އެކަނި ނުކުރޭ…” އީނާލަށް ވަގުތުން ރޮވިއްޖެއެވެ.

~މިވާހަކަ ކިޔާލަން ލިބޭނީ ކޮންމެ ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހަވޭލީ – ބާވިސްވަނަ ބައި

Next

ސިއްރުން ކުރެވުނު ގޯސްކަންތައް

Next
September 11, 2025

ސިއްރުން ކުރެވުނު ގޯސްކަންތައް

Previews
September 11, 2025

ހަވޭލީ – ބާވިސްވަނަ ބައި

20 Comments!

  1. Maash Maash says:
    September 11, 2025 at 1:21 pm

    Heyyy shiherr..
    Vrh reethi mi part vx maasha Allah.. I feel so sorry for enaal.. oh my.. love triangle eh dhw miulheny.. Ivan libeyny kaakah ba? Curious curious.. can’t wait for next part.. lyysssmm💜🦋

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:34 am

      heyyy marshh
      jazaakallah khairan love 🫶🏻
      i know rightt i feel so bad for her tooo😓
      hehe yess ehn dhw e vany haha
      hmmmmmm i wonder tooo keke..
      ilyyyyyyymmmmm🫶🏻🫶🏻

  2. Nayerr says:
    September 11, 2025 at 2:11 pm

    Masha Allah mi part ves Vrh reethi mi vhk free koh kiyaalan libeythy vrh ufaavehje Curiously waiting for the next part when’s next keep shining shiherr you are a talented author
    Lysm ❤️

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:35 am

      jazaakallah khairan nayerr 🫶🏻
      hehe im glad to hear that
      awwww biggg jazaakallah khairan
      lytt

  3. GURRRRL says:
    September 11, 2025 at 2:23 pm

    Maasha Allah first prt.. Vrh reethi 💛💜
    Awwn.. I feel bad for eanaal..
    Triangle love eh dhww mi ulhenyy..
    Curios to see next💛💜
    When next part???
    Tc and keep shining💛💜
    Lyy💛💜

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:35 am

      jazaakallah khairan gurrrrl🫶🏻
      ikrrrr i feel so bad too 🙁
      hehe yesss
      lytt honey

  4. HAASUM'S PVT says:
    September 11, 2025 at 2:50 pm

    Woww🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:36 am

      jazaakallah khairan haasum’s pvt🫶🏻

  5. Aanaa says:
    September 11, 2025 at 3:39 pm

    Masha allah mi part vs vrh reethi
    Cover vs hama ehaa loabi n mi vhk ga beynunkuraa names thavs
    Alhe eenaal haadha dhera vaaney
    Love triangle eh dhww
    Nuhaik nuvaane ehnu abadhu wrk kuraakhvs
    2 vana baige therein kiyaafa vrh bodah curious vehje
    Eevaan thanakah dhanytha?
    Curiously waiting
    Lyyy🫶🏻

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:36 am

      jazaakallah khairan aanaa🫶🏻
      hehe yess
      yeah truee
      lytt

  6. Your fav bab Your fav bab says:
    September 11, 2025 at 5:14 pm

    Alhe vrh salhi mi part ❤️❤️❤️ MA
    Cover pic vrh loabi.. especially ahyeon laafa hureema luv it💗
    Dhe vana bai ge therein kiyaafa vrh curious vejje..
    BTW when next?
    Lyssm.

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:37 am

      jazaakallah khairan your fav bab🫶🏻
      hehehe
      lyt

  7. gurrrl_8 says:
    September 11, 2025 at 11:49 pm

    Mashallah mi part ves vrhh reethi
    Next part ah wait mi kuranii mhrr
    Vrhh furihama mi part ves
    Shiherr kihinehtha mhr vrh dhuvas vehje vhk akah comment koh nuleveythaa busy kamun

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:37 am

      jazaakallah khairan gurrrl_8🫶🏻
      alhandhulihllah i am good hbu?

  8. Anonymous says:
    September 12, 2025 at 12:56 pm

    This part is nice but improvements would be worth it
    Shierrr make it more interesting
    When’s next? Waiting

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:38 am

      jazaakallah khairan anonymous🫶🏻
      hehe adhi miee start v ma ey adhi othynun

  9. Keonho'swifey🧸 says:
    September 13, 2025 at 2:46 pm

    Heyyyy
    Its so nice and I can relate to half of this 😭 keep up the good work
    Ur stories are the best Masha Allah and everyones aswell I find these stories inspiring and id love to write some stories one day 😄 (don’t mind my English)

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:39 am

      jazaakallah khairan kenho’swifey🫶🏻
      awlheyyyy i am so sorry to hear that🥺
      awww in sha allah i will.. hope to read one of your stories one day. the talent is in u, i believe u can do it 🫶🏻

  10. Oreo gurll says:
    September 14, 2025 at 5:56 pm

    oh my goddd! Finally its hereeee!!!
    Shiherr, so sorry ingey for late reply. was a lot busier than usual. this episode is hama habeys… love the names.. Eenaal and Eevaan varah reethi. varah gulhey siblings gothah.
    and the picture!!! hama amazing ingeyy… varah curious vejje mihaaru vx. I love it.
    as always, shiherr ge komme vhk akah vx alhugandu ge full support abadhuvx libeyne. and IA mi story ah vx alhugandu ge best wishes libeyne..
    Keep going ingey Shiherr!! make every close one of urs proud! <3

    1. shihaamaa ali shihaamaa ali says:
      September 16, 2025 at 8:40 am

      jazaakallah khairan oreo gurll🫶🏻
      hehe its okay it happens
      ikr i love those names tooo

      🤍🤍🤍🤍

Comments are closed.

Next Episodeހަންޖަރު 2←


All Right Reserved!