ޒަބީލު ވަލުތެރޭގައި ހިނގާފައި ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ޔުމްނާއެވެ. ޒަބީލު ޔުމްނާއަށް ހަޤީޤަތް ކިޔައިދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިރޭ އެކަން ކުރަން ހެޔޮވެސް ނުވާނެއެވެ. ޒަބީލު ހިނގާފައި ދަނިކޮށް ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފިއެވެ. ޒަބީލު ހައިރާންކަމެއް ނެތި ފޫހިގޮތަކަށް ފަހަތް ބަލާލިއެވެ. “ޒިންނީރާ”. ޒަބީލު ފޫހިގޮތަކަށް ބުންޏެވެ.
*** 19 ވަނަ ބައި ***
ޒަބީލު ޒިންނީރާއާއި ދިމާއަށް ބަލަހައްޓައިގެން ހުރީ ފޫހި ގޮތަކަށެވެ. ”ކީއްވީތަ މީހާރު؟” ޒަބީލު އެއްސެވެ. ”ޔުމްނާ ކައިރީގައި ބުނީދޯ؟” ޒިންނީރާ ހިތްހަމަނުޖެހި ހުރެ އެހިއެވެ. “ނުބުނަން އަދި.” ޒަބީލުވެސް ޒިންނީރާއާއި އެއްވަރަށް ހިތްހަމަ ނުޖެހި ހުރެ ބުންޏެވެ. ޒިންނީރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ”ތިއެއް ނޫނޭ. އަހަރުމެންގެ ބައްޕަ އެބައުޅޭ ރަށަށް އައިސްގެން.” ޒިންނީރާ ޚަބަރުދިނެވެ. މި ޚަބަރު އިވިފައި ޒަބީލު ކުޑަކޮށް ހައިރާންވިއެވެ. “ބައްޕައޭ؟ ކޮން އިރެއްގައި އައީ؟” ޒަބީލު ޤަބޫލުނުކުރެވޭ ފަދައަކުން އަހާލިއެވެ. “ދެތިން ދުވަސްވެއްޖެ. އެކަމަކު ބައްޕަ އުޅޭކަން މަންމައަށްވެސް މިހާރު އެނގޭ”. ޒިންނީރާ މޫނު ކުނިކޮށްލަމުން ބުންޏެވެ.
ޒަބީލު ނިތްކުރިމަތީގައި އަތުން ޖެހިއެވެ. “ބައްޕައަށް ހަމަ މަންމައަށް ނުފެނި ނޫޅެވުނީދޯ. ކީއްކުރާނީ.” ޒަބީލު ބުންޏެވެ. “ހިނގާ ދާން ދެން. މިރޭ ޖެހޭނެ އަވަހަށް ދާން. އެހެންނޫނީ އެ މީހުންގެ ކިޔެވެލީގެ އަސަރު އަހަރުމެންނަށްވެސް ކުރާނެ.” ޒިންނީރާ މިހެން ބުނުމުން ޒަބީލުވެސް ޒިންނީރާއާއި އެއްކޮށް ދިޔައެވެ.
***
12 ޖަހައިފިއެވެ. ޔުމްނާގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އަދިވެސް އޭނާއަށް އިނދެވުނީ ދެންމެ އެ ހިނގި ކަންތައްތައް ޤަބޫލުކުރަން ދަތިވެފައެވެ. ޔުމްނާ މަޑުމަޑުން ޚަތިމު މޭޒުމަތީ ބޭއްވުމަށްފަހު އެނދަށް އަރާ ނިދޭތޯ ދެލޯ މަރާލިއެވެ.
ހަމައެވަގުތެވެ. ކުއްލިއަކަށް ފުރާޅު މައްޗަށް ވަރަށް ބާރަށް އެއްޗެއް ވެއްޓުނު އަޑު އިވުނެވެ. ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. ފުންމައިގެން އެނދުން ތެދުވިއެވެ. ހަމައެވަގުތު ފުރާޅުމަތީގައި މީހަކު ހިނގާ ކަހަލަ އަޑެއް އިވެންފެށިއެވެ. ޔުމްނާ ހުރި ތަނަށް ގަނޑުވިއެވެ. މަޑުމަޑުން ކުަޑަ ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭރު ގޭގެ ބޭރުގައި ހައްދާފައި ހުރި ގަސްތަށް ވަޔާ ހެލެމުން ދިޔައެވެ. ޔުމްނާ ގައިގައި ނެތް ހިތްވަރު ނެރެގެން މަޑުމަޑުން ކުޑަ ދޮރާއި ދިމާއަށް ފިޔަވަޅެއް އެޅިއެވެ. ލަސްލަހުން ގޮސް ކުޑަދޮރާއި އަރާ ހަމަވުމުން ކުޑަ ދޮރު ހުޅުވާލިއެވެ.
ޔުމްނާ މަޑުމަޑުން ކުޑަދޮރު ބޭރަށް ބޯ ދިއްކޮށްލިއެވެ. އޭރު ދެލޯވެސް ނުހުޅުވޭހާ ބާރަށް ވައިޖެހެމުން ދިޔައެވެ. ޔުމްނާ އަތުން ދެލޯ ނިވާކުރަމުން ފުރާޅު މައްޗަށް ބަލާލިއެވެ.
މާތްކަލާކޯއެވެ. އޭރު ފުރާޅު މަތީގައި ބޮޑު ބިޔަ ކަޅުކުލައިގެ ހިޔަންޏެއް ޔުމްނާއާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ.
***
ހުސްނާ ދެކޮޅު ދެކޮޅަށް ހިނގަމުން ދިޔައެވެ. ޔައުޤޫބު އައުމުން ހުސްނާ އޭނާ ގޮވައިގެން ހަވޭލީގެ ވަލާ ވީ ފަރާތުގެ ހުސް ޖާގައަށް ދިޔައެވެ. ޔައުޤޫބު ހުސްނާ އެ ދުވަހު ހަވީރު ގެނައި ވެލިގޯނިން ވެލި ނެގުމަށްފަހު ބިންމަތީގައި ވަށްބުރެއް އެޅިއެވެ. އަދި އެއަށްފަހު ފެން ތައްޓެއް ގެނައުމަށްފަހު މަޑުމަޑުން ކިޔެވެލި ކިޔަވަން ފެށިއެވެ. ޔައުޤޫބު ހުސްނާ ކައިރީގައި ހަވޭލީ ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރިއެވެ. ހުސްނާ ހުރިހާ ތަނެއް ތަޅުލާފައި ހުރިކަން ޔަޤީން ކުރަން ގޭގެ އެތެރެއަށް ވަނެވެ. ހުރިހާ ކޮޓަރިއެއް ބަލަމުން ގޮސް ޔުމްނާގެ ކޮޓަރިވެސް ބެލިއެވެ. އޭރު ޔުމްނާ އޮތީ ނިދާފައެވެ. ހުސްނާއަށް ނޭނގުނު ކަމަކީ އެއީ ޔުމްނާ ޖެއްސި އެކްޓެއްކަމެވެ.
ހުރިހާ ތަނެއް ތަޅުލެވިފައި ހުރިކަން ޔަޤީންކުރުމަށްފަހު ހުސްނާ ޔައުޤޫބު ކައިރިއަށް ދިޔައެވެ. އޭރު ޔައުޤޫބު ދިޔައީ އަޑު ހަރުކޮށް ކިޔަވަމުންނެވެ. ޔައުޤޫބުގެ ކިޔެވެލީގެ އަޑު ބާރުވީ ވަރަކަށް މުޅި މާހައުލުގެ ވައިވެސް ދިޔައީ ބާރުވަމުންނެވެ. އިސާހިތަކު ލޯ ހުޅުވާލަންވެސް ދަތިވާ ވަރަށް ވައިގަދަވެއްޖެއެވެ.
“އެއޮތީ!” ޔައުޤޫބު އަތުގެ އިޝާރާތުން ހުސްނާއަށް ހަވޭލީގެ ފުރާޅު ދެއްކިއެވެ. އޭރު ފުރާޅުމަތީގައި ބޮޑު ބިޔަ ކަޅުކުލައިގެ މަޚްލޫޤެއް އިނެވެ. އޭތި އިނީ އޭތީގެ ރަތްކުލައިގެ ދެލޯ ދިއްލަިއގެންނެވެ. ބެލެވޭ ގޮތުގައި އޭތި އެއިނީ ރުޅި އައިސްފައެވެ.
ޔައުޤޫބުގެ ކިޔެވުމުގެ އަޑު ބާރުކޮށްލިއެވެ. ހަމައެއާއެކީ އެ މަޚްލޫޤު ގެއްލިއްޖެއެވެ. ދެން އެ މަޚްލޫޤު ފާޅުވީ ވައްބުރުގެ ތެރެއިންނެވެ.
ޔައުޤޫބު ކިޔެވުން ހުއްޓާލިއެވެ. އަދި އެ ޖިންނިއަށް ނުނިކުމެވޭނެހެން ވެލި އަޅާ ވައްބުރު ރަނގަޅަށް ބަންދުކުރިއެވެ. ވަށްބުރު ބަންދުކުރުމަށްފަހު ޔައުޤުބު އެ މަޚްލޫޤާއި ދިމާއަށް ޔައުޤޫބު ހިފައިގެން ހުރި ފެންތަށިން ފެން އަތްގޮއްޓެއް ނަގާ އެ މަޚްލޫޤާއި ދިމާއަށް ވިއްސާލިއެވެ. އެ ފެންތައް އެ ޖިންނީގެ ގައިގައި ޖެހުމާއެކީ ދުން އަރައިގެން ދިޔައެވެ. އެ ޖިންނި ބާރުބާރަށް ހަޅޭލަވައިގަތެވެ. މި މަންޒަރު ބަލަން ހުސްނާ ހުއްޓެވެ.
“ކަލޭ ކިހިނެއް ސަލާމަތްވީ؟؟” ޔައުޤޫބު ހަރުކަށި ކަމާއެކީ އެއްސެވެ. އެ ޖިންނި އެއްވެސް އެއްޗެކޭ ނުބުނުމުން ޔައުޤޫބު އަނެއްކާވެސް ފެން ވިއްސިއެވެ. “އަހަރެން ސަލާމަތްވީ އެ އަންހެން ކުއްޖާގެ ސަބަބުން!” އެ ޖިންނި ބަރު އަޑަކުން ބުންޏެވެ. “ކޮން އަންހެން ކުއްޖެއް؟؟” ޔައުޤޫބު އެއްސެވެ. “ހުސްނާގެ އަންހެން ދަރި ޔުމްނާ!” ޖިންނި ޖަވާބު ދިނެވެ. މި އަޑު އިވި ހުސްނާގެ މެއަށް ހީވީ ފިނިފެން އެއްޗެއް އޮއްސާލިހެންނެވެ.
“އަހަރެން ބޭނުންވިނަމަ އަހަރެންނަށް އަމިއްލައަށްވެސް ސަލާމަތްވެވުނީސް! ހުސްނާ މިހާރުވެސް ތިހުރީ އަހަރުމެންގެ އެއްބަސްވުމާ ޚިލާފުވެފަ! އެހެންވީމާ އަހަރެންވެސް މިހާ ހިސާބުން މި މިނިވަންވީ!” މިހެން ބުނެ ކުއްލިއަކަށް އެ ޖިންނި ވަށްބުރުގެ ތެރެއިން ޤައިބުވެގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



Omg! Kihineh evee!!!!
I’m so curious!
Mi part vrh reethi 😍
When next???
Lysssm 😘
Hi Eekko!
Glad you like this part as well!
Insha Allah next Wednesday ga dhen oi bai kiyaaleveyne
Lytt!🤍🤍🤍
Mi part ves v Reethi Maashaa Allah ❤️
Alhey haadha avahakah thi ninmaaly mi part😭😭😭
Haadha curious kohfa ey😭
So zabeel is also a jini and zinneera and zabeel aa siblings tha 🤔
Is husna there mother and that jini is the father 😱😱😱😅
What ehbas vun ehge vaahaka tha ekiyany 🤔
When next?
TC
Lysm ❤️❤️❤️
Hey Kudu!
Thankolheh avas dhw mi faharu nimunuleh dhen oi bai iraadha kureviyya dhigu kohllanan💪
Yes Zabeel is a jinni along with his sis Zinneera🫣
We’ll see who the mom and dad is very soon👀
Insha Allah next Wednesday ga upload kohllanan 20 vana bai
Im glad you like this part as well!🤍🫶
Oh.My.God!!! Who is that jinni golaaa??!
Oh, I thought Zinneeraa akee Zabeel aa alhaiganegen ulhey moya jinni ehkamah. But, good to know she is just his sister. But, keehve ehaa hih hama nujehen v??
And Husna men kon kamakah tha actually e varakun fanditha hadhanee? E jinni salaami veema sakaraaathehnu mulhin. Dhn neyngey salaamai vaane kameh vx..
Alhey, Imna varah interesting ingey mi episode. So curious to kknow what’s gonna happen next. When next bai?
Hey Oreo gurll!
Hehe I guess I had you there for a second huh😅
Tbh I think its the typical sibling rivalry between them, but who knows?
Yep Husna varah fanditha hadhaa eba dhw🤣
V ufaavejje mi bai ves kamudhiyaeema
Insha Allah next Wednesday ga next part kiyaaleveyne
Thank you for the sweet comment!🤍🫶
cant wait for next part
It has been uploaded! You can read it now😄
v reethi
thank you for the kind comment!