Skip to content
އެސްފިޔަ

ހަންޖަރު ޓްރޭލާރް

މެންދުރުގެ ހޫނު ގަދަ ވަގުތެވެ. އުމުރުން 10 އަހަރުގެ އީވާން އިސްކޯލު ނިންމާފައި ދިޔައީ ގެއާއި ދިމާލަށެވެ. ގެއަށް ދިޔަ މަގު މަތީގައި އީވާން ތައްޔާރު ކޮއްފައި ހުރި ހެދިކާ ކޮޅު ހޮޓަލަކަށް ލިޔެވެ. އޭތިކޮޅު ވިއްކާލައިގެން ރުފިޔާކޮޅެއް ލިބޭ ތޯއެވެ.

އީވާންގެ އުމުރުން 8 އަހަރުގައި އީވާންގެ މަންމައާއި ބައްޕަ ވަނީ ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާ ވެފައެވެ. އީވާންގެ މައިންބަފައިންގެ ކައިވެންޏަކީ ނުގަބޫލުގައި ކުރެވުނު ކައިވެންޏެއް ކަމުން އީވާންއާއި އީވާންގެ ކޮއްކޮ އީނާލް ބަލާނެ އެކަކު ވެސް ނުވިޔެވެ. އުމުރުން 5 އަހަރުގެ އީނާލް ބަލަމުން ދިޔައީ އީވާން އެކަންޏެވެ.

އީވާން ގެއަށް ވަނުމާއި އެކު ގޭތެރެއިން އީވާންއަށް މަރްހަބާ ކިއީ ހަމަހިމޭން ކަމާއި އަނދިރި ކަމެވެ. އީވާން ދަބަސް ޖޯލި ފަތީގައި ބާއްވަމުން އެތެރެއަށް ވަނެވެ. އީނާލް އަބަދު ވެސް އީވާން އަންނަ އިރު ބޭރު ޖޯލި ފަތީގައި އިނދެޔެވެ. މިއަދު ކިހިނެތް ވީ ބާއެވެ؟

ގޭތެރެއަށް ވަނުމާއި އެކު އީނާލްގެ މަޑު ގިސްލުމުގެ އަޑު އީވާންގެ ކަންފަތުގައި ޖެހުނެވެ. ވަގުތުން އީވާންގެ ހަށިގަނޑަށް އެރީ ކޮންކަހަލަ ބާރެއް ކަމެއް ވެސް ނޭނގެޔެވެ. ކޮޓަރިއަށް ވައިން އިރު ކަމަކު ދާކަށް ނެތެވެ. ފެނިގެން ދިޔަ މަންޒަރުން އީވާނަށް އަޑުން އަޑު ނަގާ ރޮވިއްޖެ އެވެ.

އެނދު މަތީގައި ހެއްދެވި ގޮތަށް އޮތް އީނާލްގެ ހަށިގަނޑުގެ އެތަން މިތާގައި ލެޔާއި ލަކުނު ހުއްޓެވެ. ތުރު ތުރު ލަމުން ދިޔަ އަތް ހަމަ އަކަށް އަޅުވަން މަސައްކަތް ކުރަމުން އީނާލްގެ ހަށިގަނޑުގައި އީވާން ފޮތިގަނޑު އަޅާ ނިވާ ކޮއްލަ ދިނެވެ.

“ކި… ކިހިނެތް ވީ…؟” އީވާން ކަރުނަތަށް ހިންދަން މަސައްކަތް ކުރަމުން އަހާލިއެވެ. “އެމީހަ… އަތް… ލީ…” އީނާލަށް އަނެއްކާ ވެސް ރޮވުނެވެ. ވީކީތް ކަން އީވާނަށް ދެނެ ގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ސިޓިންގް ރޫމުގައި އިން ފޯނު ނަގާ ޕޮލިހަށް ގުޅިއެވެ.

“އައްސަލާމު އަލައިކުމް” އެކޮޅުން ސަލާމް ގޮވާލިއެވެ. “ކޮންމެ ވެސް މީހަކު އަޅުގަނޑު ކޮއްކޮއާއި ބެހުނީ…” އީވާން ނުރޮއެ ކެތް ކޮއްލަމުން ބުނެލިއެވެ. އެކޮޅުން ފުން ނޭވާއެއް ދޫކޮށްލި އަޑު އިވުނެވެ.

“ކޮއްކޯ. ތިކަހަލަ ޕްރޭންކް ކޯލްސް ކުރާކަށް ނުވާނޭނުން؟ އަހަރެމެން ހާދަ ކަމެއް ކުރަން އެބަ ހުއްޓޭ” އެކޮޅުން ބުނެލިއެވެ.

“މިއީ ޕްރޭންކް ކޯލެއް ނޫނޭ. ހަމަ އަސްލު-” އީވާން ވާޙަކަ ދައްކަ ދައްކާ ހުއްޓާ އެކޮޅުން ފޯނު ބޭއްވިއެވެ. އައި ރުޅީގައި އީވާން ފޯނު ހޫރާލިއެވެ.

ދެއަތް މުއްކަވާލަމުން އީވާން ދަތްކުނޑި ވިކާލިއެވެ. ހީވީ ދަތްތަށް މުގުރާލަފާނެ ހެންނެވެ. އީވާންގެ ހަށިގަނޑު ތުރުތުރު ލަމުން ދިޔަ އިރު ދެލޮލުގައި ވީ ބަދަލު ހިފުމުގެ ރޫހެވެ.

***10 އަހަރު ފަސް***

~♡~

މިހާ ހިސާބުން އީވާން ކަން ކުރާނީ ކިހިނެތް ބާއެވެ؟

އީނާލަށް އިންސާފު ލިބޭނެ ބާއެވެ؟

މިކަމުގެ ސަބަބުން އީނާލްއާއި އީވާންގެ ހަޔާތަށް އަންނާނީ ކޮންކަހަލަ ގޮންޖެހުން ތަކެއް ބާއެވެ؟

މި ސުވާލު ތަކުގެ ޖަވާބު ހޯދެއް ވުމަށް އަޅުގަނޑުގެ 10 ވަނަ ދިގު ވާހަކަ “ހަންޖަރު” އަށް އިންތިޒާރު ކޮއްލައްވާ…!

***

މިއީ އަޅުގަނޑުގެ 10 ވަނަ ދިގު ވާހަކައެވެ. މި ވާހަކަ އަކީ ހިލޭ ކިޔާލަން ލިބޭ ވާޙަކައެއް ކަން ފާހަގަ ކޮއްލަމެވެ. މިވާހަކަ އަޅުގަނޑު ގެނެސްދޭނީ، ޓެސްޓު ނިމުމުން އަޅުގަނޑު ފަށާ ޕްރޯ ސްޓޯރީ އާއި އެކުގައެވެ. މިވާޙަކައިގެ ފުރަތަމަ ބައި ކިޔާލަން ލިބޭނީ ސެޕްޓެމްބަރ 15 ވަނަ ދުވަހެވެ. އިންތިޒާރު ކޮއްލައްވާ…!

Comments (19)

  1. Aanaa

    Masha allah mi trailer vs vrh reethi
    Hama thi suvaalu thah aana hithuga vs ufedhihje
    Eii police ehtha…prank calls eyyyy😤
    Naseebeh sep 15 ga kiyaalan libeykan
    14,15 ga aana ge exams vs nimeynii
    Wishing u the best of luck for ur exams..lyyyy🫶🏻🫶🏻

    1. shihaamaa ali
      Aanaa

      jazaakallah khairan dear
      hehehe
      yes he called the police. kuda kujjeh v ma dhw they didnt believe him
      hehe my exams finish around there too
      jazaakallah khairan good luck on ur exams toooo
      lyt

  2. Oreo gurll

    Ohhhh!!! Finally Shiherr ge 10 the story ge trailer libijje kiyaalan. Haadha dhigu inthizaarekey mee.. (ehaa gina dhuvaheh nuviyas 🤣🤣)
    Ok, sep 15 ah dhn countdown feshee ingey Shiherr.
    This trailer is just amazinv. I can alr tell varah reethi vaanekan mi story. So interesting..
    Aaahh, miss u so much shiherr. Lovee uuu
    Good luck examss ga.

    1. shihaamaa ali
      Oreo gurll

      jazaakallah khairan dear
      hehehe
      i am so happy you loved it
      jazaakallah khairan dearr
      misss writing too hehe

  3. Shiu🤍

    Trailer varah Reethi Masha Allah..
    Trailer kiyaalaafa vx engijje Shiher ge Kureege stories thakaa eggothah mi story vx Reethi vaanekan.. Varah happy vejje hiley kiyaalan libeythee..Tysm Shiher💗
    Btw Best of luck for you’re Exams🥰
    Curiously waiting for the 1 part.
    Lyssssm Shiher 🤍

    1. shihaamaa ali
      Shiu🤍

      jazaakallah khairan dear
      awwwhhh vrhhh ufaa vejje thihen bunelyma..
      mostly welcome hehe
      jazaakallah khairan dear
      stay tuned for episode one
      lyt

  4. ?.?!.

    When’s the 9th part of vafaatherimaveemey?

    1. shihaamaa ali
      ?.?!.

      10th September

    2. shihaamaa ali
      ?.?!.

      when my exams are over in sha allah. stay tuned for sep10

  5. no one16

    masha allah trailer kiyaafai ves ingey this is gonna be a soo beautiful story
    sooo happyy anehkka shihaa ge faraathun new story eh kiyaalan libeythee
    sooo curoiusss
    goodluck on your exams
    tccc
    lysmmm

    1. shihaamaa ali
      no one16

      jazaakallah khairan dear
      stay tuned for ittt
      jazaakallah khairan tc lyt

  6. Ghost girl 👻

    Curiously waiting for the first one sister 😭 vrh ufaa vehje hiley kiyaalan libeyne vhk bunyma seriously really really happy ☺️ good luck on the exam

    1. shihaamaa ali
      Ghost girl 👻

      hehe jazaakallah khairan dear

  7. Nayaa

    Masha Allah trailer vrh reethi nayaa ah ingey shihaa ge mi story ves reethi vaanekan shihaa ge ehves vhk eh nayaa akah hadhi eh nuvaane hehehe☺️ nayaa ge exam start vaane September 7th ga and nimeny 15 thaanga nayerr ves mi balany vhk liyan ingey thw Adhi alah veema liyaa gotheh ves neynge😢😔 insha Allah I will try to write a story and upload it shiherr kiyaidhy ba vhk liyaa goi mi site ga and up kuraagioy insha Allah one day I will be a successful author 😔 hope I will get support from shiherr keep shining dear 💖
    WISHING YOU ALL THE BEST FOR THE EXAM❤️☺️
    LYSM❤️

    1. shihaamaa ali
      Nayaa

      hehe jazaakallah khairan dear
      komme kujjaku vess komme vess hisaabakun dhw fashaany ﷲ ge iraadha fulhaai eku nayaa ah vess vaahaka liyuntheri akah veveyne.. in sha allah support dheynan.. shihaa ah contact kollaba through socials nuvanyyamun mail akun viyass u can find it in on my esfiya profile
      jazaakallah khairan dearrr
      lytttt

  8. Your fav bab

    Love this trailer!!💗💗💗
    Btw the cover pic vrh reethi😁
    Hope the story’s gonna be epic just like the others
    Well I can say it will be epic cuz you never fail to release a masterpiece💗
    Waiting for the first part!
    Lysm

    1. shihaamaa ali
      Your fav bab

      jazaakallah khairan dearrrr
      stay tuneddd lyttt

  9. Shaf_maan

    Maasha Allah mi trailer is like nothing can beat this💜
    Alheyy thi hurihaa suvaaleh vx shaf ge hithu thereyga vx
    Ehaa gina dhuvas aslu nuvey dhww ekam hyvy garuneyhn..
    N anehkaavx like 2 weeks madu kuran v dhww..
    Oh god its like reading your one of your story a daily routine.. Like something i cant live without💜
    I know this story is gonna be as good as your other stories 💜💜
    Curiously waiting for the first prt
    N good luck on your exam again
    Tc.. Lysm Shiher 💜💜💜

    1. shihaamaa ali
      Shaf_maan

      jazaakallah khairan dearr
      awwww thats so sweeetttt
      hehe lets see dhw stay tuned
      jazaakallah khairan dearrr
      tc lytt

Comments are closed.