Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެން

ފަންވަރު – 04

eddie
eddie Level 110 Stories
August 26, 2025 10 Mins Read
0 Comments

އަންވަރު މިހެން ބުނުމުން މާހްޖަބީންގެ މޫނަށް އެނައްކާ ވެސް ހިސާބަކަށް ނަމަވެސް އުފާވެރިކަން އެބުރި އަތުވެއްޖެއެވެ އަދި ބުނެއްޕެވެ އަޅުގަޑު ހީކުރީ ކަލާވަރަށް ނުޤަބޫލުވެ ލައްވައިފިކަމުގައެވެ. ދެން މިހާރު އެންމެ ރަގަޅުވެ.ދުރުވަންވާނީ އަޅުގަޑާއި އެކުގައެވެ. އެހެން ނޫނަމަ އަޅުގަޑު ހީކުރީ އަޅުގަޑާ ނުރުއްސަވާކަމުގައެވެ. އަންވަރު:-ކަލާ އަރިހުގައި ދިއުމަށް އަޅުގަޑު އިންކާރުކުރީ ކޮންއިރަކުތޯއެވެ…ޓެކްސީ އެއް ހިފާވާހަކަ ދެއްކީ ގެންދުވުން ދަތިފުޅުވެދާނެތީއެވެ. މާހްޖަބީން:-( ހީލާފައި)ތިޔަ ދަތި އަޅުގަޑުގެ ދުލުން ތަރުޖަމާ ކުރެވެނީ ލިބޭ އެންމެ ޚާޢްޞަ އުފާކަމުގައެވެ. ދެމީހުން ކާރަށް އަރައިގެން ދުއްވާލައިފިއެވެ. 

##################################################################################################

މާހްޖަބީން:-(އިރުކޮޅަކު އެއްޗެއް ނުބުނެ އިނުމަށްފަހު) މިސްޓަރ އަންވަރުއެވެ. މީގެ ފަހުން ދެން ފަހަރަކުވެސް ބައްދަލު ވެވިދާނެ ކަމުގެ އުއްމިދު އަޅުގަޑަށް ކުރެވިދާނެތޯއެވެ؟ އަންވަރު:- ބައްދަލު ވުމުން ލިބޭ އުފަލެއްގެ އެންމެ ބޮޑު ހައްޤުވެރިއަކީ އަޅުގަޑުވެ. ނަމަވެސް ހިތާމައަކީ އަޅުގަޑަކީ މީހެއްގެ ނޯކަރަކީމެވެ. ނޯކަރުންނަން ވަގުތު ލިބުމުގެ ދަތިކަން އެކަކަށް ވެސް ވަންހަނާ ވެގެން ނުވާނެއެވެ. މާހްޖަބީން:- އެހެން ނަމަވެސް މީހަކު ތަނަކަށް ދާން އެދިއްޖެނަމަ އެކަމަށްޓަކައި ކިތަންމެ ގޮތެއްވެސް ތަނަވަސް ކުރެވިދާނެއެވެ.ސާފު ކޮށް ބުނުއްވާށެ ވެ. ބައްދަލު ވުމުގެ ބޭނުމެއް ނެތެވެ. އަންވަރު:- (ހީލާފައި)ކާލަ އާއި އެއްފަހަރު ބައްދަލުވެފައި އެނެއް ފަހަރު ބައްދަލު ވުމުގެ އެދުމެއް ނެތި ވަކިވާނީ ކޮން އިންސާނެއްތޯއެވެ؟ ނަމަވެސް އަޅުގަޑުވަނީ މަޖްބޫރު….  މާހްޖަބީން:-(އަންވަރުގެ ވާހަކަ މެދުކަޑާލަފައި) މަޖްބޫރުގެ ދެވަނަ މާނައަކީ ނުވަތަ ނަމަކީ މިސް ހާޝިމްބާއި ތޯއެވެ.އަޅުގަޑު އެކަން ދެނަހުރީމެވެ. އަންވަރު:-(ހީގެންފައި)ސާބަސްފުޅެވެ. އަޅުގަޑު ދަންނަވަން އުޅުނީ މަޖްބޫރާއި ނޯކަރު ކަމަކީ މުޅިން އެއްމާނައިގެ ދޭތި ކަމުގައެވެ. މާހްޖަބީން:-(ޚައިރާންވާ ފަދަ އެދުންވެރި ރާގެއްގައި) އަންވަރުއެވެ. މާތްރަސްކަލާންގެ ރަސްކަންފުޅަށްޓަކައި އުއްމީދު ކާޑާލިޔަ ނުދެއްވާށެވެ. ފަހުން ނުދުރުވި ކަމުގައިވިއަސް އެންމެ ރަގަޅެވެ 

.އަންނާނަމޭ”ބުނުއްވާށެވެ. އަޅުގަޑުގެ ފުރާނަ ގަންދީ ނަންގަންނަމެވެ. އިންކާރު ނުކުރައްވާށެވެ. ދޮގުނަމަވެސް ހެވޭ ކޮންމެވެސް އުއްމީދެއް ދެއްވާށެވެ. އިންކާރު ކުރައްވާއިރު ހިތްޕުޅަށް ކުޑަވެސް ރަޙްމެއް ނާދޭތޯއެވެ؟ ނޫނީ ރަޙްމު ކުރެއްވުމަށްވެސް ކުރައްވީ އިންކާރުތޯއެވެ.            

                         އާޕްއިކްނެހީހެ ޚުނެތަމަންނާ ނަކީޖިޔޭ 

              ބަރްބާދު މޭރީ ޝައުޤުކީ ދުނިޔާ ނަކީޖިޔޭ 

އަންވަރު:-(އަންވަރު) އަޅުގަޑުގެ ރައްޓެއްސަކު އިއްޔެ ބުނެފައިވާ ފަދައިން ތެދު ޤަބޫލު ކުރުމަކީ އަންހެނުންނަށް އުފުލޭ ވަރުގެ ކަމެއް ކަމެއް ނޫނެވެ. އެމީހުން ދިރިތިބެނީ ފިރިހެނުން ހަދާ ރީތި ދޮގުތައް ގަބޫލުކޮށްގެންނެވެ. އަޅުގަޑުވެސް އެގޮތަށް ދޮގު ވަޢުދެއް ކުރިޔަސް ވަރިހަމަފުޅު ކަމުގައި ވަނީނަމަ އެންމެރަގަޅެވެ. ތިޔަގެޔަށް ދިއުމަށް ވަޢުދު ކޮންފާނެވެ. މާހްޖަބީން:-އިޝްގުގެ މަހްޒްހަބްގައި މުޅިން ނާއުންމީދުކޮށްލުމަށްވުރެ ދޮގު އުއްމީދެއް ކުރުންވެސް މާރަގަޅެވެ. މިހިސާބަކަށް ވާހަކަ ދިޔަތަނާ ހާޝިމް ބާއީ ގެ އޮފީސް ކަރިޔަށް މޮޓަރު ހުއްޓާލައިފިއެވެ. ދެން އަންވަރު މޮޓަރުން ފައިބަމުން ބުންޏެވެ. ހެޔޮފުޅުކަމަށްޓަކާ ޝުކުރިއްޔާ! އެވެ. މާތްކަލާގެ ކާލާ ރައްކާތެރިކުރައް ވާށިއެވެ.

މާހްޖަބީން:- (އަންވަރާއި އަތާ އަތްޖޯޑުކޮށް ސާލާމް ކުރުމުން ) އެންމެ ރަގަޅެވެ. ދުރުވާށެވެ. އެކަމަކު މާލާއެކުގައި އަޅުގަޑުގެ އުއްމީދުތައް މިލާ މޯޅިނުވަނީސް ދުރުވައްޗެވެ. މޮޓަރު މާހްޖަބީންގެ ގެއާއި ދިމާއަށް ދުއްވާލައިފިއެވެ އެކާރު ދިޔަމަގު ބަލަހައްޓައިގެން އިރުގަޑެއް ވަންދެން އަންވަރު ހުއްޓެވެ . އޭރު އޭނާގެ ހިތަށް އަރައެވެ. ދުނިޔޭގައިވާ ނުރައްކާތެރި ތަކެތީގެ ތެރެއިން އެންމެ ނުރައްކާތެރި އެއްޗަކީ އަންހެނުންނެވެ. ދުނިޔެގެ ހުރިހާ ފަފާ ތަކުން ސަލާމަތް ވެވުމަކީ އެކިށީގެންވާ ކަމެކެވެ. ރަސްކަމުގެ ތަޙްތާއި ތާޖް ދޫކޮށްލުމަކީ ދަތި ކަމެއް ނޫނެވެ . އެކަމަކު އެންހެނެއްގެ ލޯބިން ފުރިފައިވާ ދަގަތްފާނީ ނަޒަރުން ސަލާމަތް ވުމަކީ އަދި އެފަދަ އެމީހެއްގެ މަޑު ތުނި ތުނި ޔާގޫތީ ތުންފަތް ގޮވާ ގޮވުމަށް އިޖާބަ ނުދީ ދުރުހެލިވުމަކީ އުދަގޫ ކަމެކެވެ.ވަރަށް ވެސް އުދަގޫ ކަމެކެވެ.އެނެއްކޮޅުން މާހްޖަބީން އޭނާގެ ކާރުގެ ފަހަތު ގޮޑީގެ އެއްކަނެއްގައި ވަރަށް ވެސް ހަމަޖެހިލައިގެން އިނެވެ. އޭނާގެ ދެލޯވަނީ މެރިފައެވެ. އޭނާގެ ހިތް ބުނެއެވެ. އަންވަރުވެ.މާތްރަ ސްކަލާގެ ކަލެޔަށް ރީތިކަން ދެއްވި މިންވަރަށް ކަލޭގެ ހިތްވެސް ވަނީ ހަރުކަށި ކުރައްވާފައެވެ. އެކަމަކު ކަލޭގެ ހަރުކަށި ހިތް މަޑުވިޔަ ނުދީ ހިފަހައްޓާލާނީ ކޮން މިންްވަރަކަށްތޯ ‘އަހަރެންވެސް ބަލާލާނަމެވެ. އާއެކެވެ. ! މަގޭ ހިތުގައި ލޯބިވާކަމަށްވާނަމަ ލޯބީގެ އަސަރުވާކަމަށްވާ ނަމަ(ކަލޭގެ ރީތިކަން ގަންދީ ބުނަމެވެ. ) ކޮންމެވެސް ދުވަހަކުން ކަލޭ އަހަރެންގެ ނަން ތަކުރާރު ކުރަނީ ފިރިހެނަކު އަންހެނަކަށް ރައްދުކުރި އެންމެ ޚާއްސަ ލޯތްބަކާއި އެކުގައެވެ. ކާލެގެ ހިތުގައި މަށަށްޓަކައި ވޭން އުފެދިފައިވާ ދުވަހެއް އަންނާނެއެވެ. މާނޭވަތައްލާނޭ ދުވަހެއް އަންނާ ނެއެވެ.ނަސީބުގެ ހުރި އަނިޔާވެރިކަން ނިކަން ދެކެބަލާށެވެ. އެމީހުންގެ އެއްވެސް ފަރުވާލެއް އަހަންނަށް ނެތް މީހުންތައް މާށާ ޤުރުބާން ވަނީއެވެ. އަހަރެން އެމީހަކަށްޓަކާ މުޅިން ފިދާވާ މީހާ މަށަށް އެއްވެސް ފަރުވާލެއް ނުބަހައްޓައެވެ. އަންވަރުއެވެ. ކަލޭގެ ބޭފަރުވާތެރި.   ކަމުގެ ސަބަބަކީ ހަމަ އެކަނި އަހަރެންނަކީ ތަވާއިފަކަށް ވީމައެވެ. ތަވާފުންނަށް ވުރެ ނިކަމެތި މީހުން ފޫހިވެ ރުޅި އެރުން އެކެށީގެންވާ އެއްވެސް ބައެއް ދުނިޔެއަކު ނެތެވެ.މަށަކީ ކާކުުކަމެއް ނުދަންނަމޭ ކަޭލޭ ބުނި ބުނުމަކީ ދެނެހުރެގެން ކުރި އިހްތިޖާލެކެވެ.އާއެކެވެ.

ކާލެގެ ނަފްރަތުގެ ސަބަބަކީ އަހަރެން އެބައެއްގެ ތެރޭގައި ހިމެނިގެންވާ ޖަމާއަތުގެ ސުންޕާކަމެވެ.މަށަކީ މާތް ޚާންދާނެއްގެ އަބުރުވެރި އަންހެކުއްޖެއް ކަމުގައިވާނަމަ ތިޔަފަދަ އިހާނެތި ނަޒަރެއް ބޭފަރުވާތެރި ގޮތެއް ކަލޭވެސް ރައްދެއް ނުކުރީހެވެ. މިފަދަ ނިކަމެތި ބައެއްގެ ތެރޭގައި އަހަރެން އެފުއްދެވިކަން ހާދަހާ ދެރާއެވެ . އެކެމަކު އޭއީ މަގޭ ކުށެއް ހެއްޔޭވެ. އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ. އަހަރެންގެ ނަސީބު ދެރަކަމެވެ. އަހަރެންގެ ދައްތަ ރަނާ ރިއްސަށްޓަކާ ޢާއްމު ބާޒާރުގައި އަހަރެންގެ އަބުރާއި ޢިއްޒަތް ޢިއްފަތްތެރިކަމާއި ހުރިހާ މާތް ސިފައެއް ނީލާން ކިޔަމަށް އިންނަނީ އެދިގެންނެވެ.އެފަދަ ބައެއްގެ ތެރޭގައި ދުނިޔެއަށް އަޔަތީ އެމީހުންގެ ޔަޤީނަކަށް ވެފައިވަނީ ކަސްބީ އަކަށް ވެގެން ނޫނީ ދުނިޔޭގައި. ނުއުޅެވޭނެ ކަމެވެ. ދުނިޔޭގައި އުޅެވެންއޮތީ ލަދުޙަޔާތާއި އަބުރާއި ޢިއްޒަތް ވިއްކައިގެންނޯލައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. އަހަރެން ފަދަ އެތައް ހާސް އަދި އެތައް ލައްކަ އަންހެންކުދިން ނެތް މިގޮތުން ނަސީބުނެން ކަމުގެ ޝިކާރަ ތަކަކަށް ވެނިމިއްޖެއެވެ. އެންމެ ޢަޖާއިބުހުރި ކަމަކީ އެއްވެސް މީހަކަށް އަހަރެމެންގެ މައްޗަށް ރަޙްމެއް ނާންނަކަމެވެ. އެހީތެރިވާނޭ އަތެއްގެ ވެރިއެއް ނުފެންނަ ކަމެވެ. އެންމެ ރަގަޅެވެ. އެހަރެމެންނަކީ ވަރަށް ވެސް ނުބައި ބަޔަކީމުއެވެ. އެކަމަކު އޭގެ މަސްއޫލިއްޔަތު އެޅެނީ ކޮން ބައެއްގެ ކޮޑުގައި ހެއްޔެވެ. އަހަރެމެންގެ ޢިއްޒަތްތެރިކަން ޢިއްފަތާއި އަބުރުވެރިކަ ން އީމާނާއި ދީން ނަގާލުމުގެ ފާފަ އެޅެނީ ކޮން ބައެއްގައިހެއްޔެވެ.އަހަރެ މެންގެ މައްޗަށް މަލާމާތް ކޮށް ހޭ މީހުންގެ ކޮޑުގައެވެ. އަހަރެމެން ނިކަމެ ތިކުރާ މީހުންގެ ބޮލުގައެވެ.އަހަރެންނަކީ ނުތާހިރު ބައެއް ކަމުގައި މުޖްތަމަޢު އެއްކިބާ ކޮށްފައި ވާއިރު އަހަރެން އުފެއްދި ބަޔަކީ ސޮސައިޓީ އެވެ.އެތައް ހާސް އަހަރުކުއްސުރެންނެވެ. އަޖައިބުވުން އެކަށެންވާ ކަމަކީ ރާބުއިމަކީ އަދި ވިއްކުމަކީ ޙަރާމް ކަމެއް ކަމުގައި މަނާ ކަމެއް ކަމުގައި ކަޑައަޅައިރު އިންސާނީ ހަށިތައް ޑަކްޓަރުންގެ ސެޓްފިކެޓް މެދުވެރިކޮށް ސަރުކާރުގެ ފަރާތުން ދެކެމެވެ.މާތްރަސްކަލާންގެ ޚަޞްރަ ތުގައި ވެސް އަހަރެމެންނަށް ރަޙްމަތުގެ މަޤާމެއް ނެތީބާއެވެ. ކަސްބީއެއްގެ ބަނޑުން ކަސްބީއެއްގެ ޖަމާޢަތެގައި އަހަރެން އުފެދުން އެއީ އަހަރެންގެ ކުށެއް ހެއްޔެވެ. މާތް ޙާންދާން ތަކުގައި އެފެދުނު ކުދިންގެ މައްޗަށް ޢިއްޒަތްތެރީންގެ ރާނީން ތަކެއްގެ ގޮތުގައި ބެލެވެނީ އެބައިމީހުން ކުރި ކޮން މަރިވެރި އަމަލު ތަކަކުން ބާވައެވެ. ދުނިޔޭގައި އާދަކާދަ އެއްގެ ގޮތުގައި މިގޮތް ވެފައިވާއިރު މިހާރު ހިތައް އަރަނީ ސޮސައިޓީ އާއި އިދިކޮޅަށް ބަޣާވާތް ކުރުމަށެވެ. އަހަރެމެންގެ އަތްފައި ގައިވާ ކަސްތަޅުތައް ފުޑުފުޑު ކޮށްލުމަށެވެ. އާދުނިޔެއެއް އުފެއްދުމަށެވެ

. އެކަމަކު އަހަރެންނަކީ ހާދަ ބޮޑު ނިކަމެއްޗެކެވެ. އެފަދަ ބާރެއް އެފަދަ ހިއްމަތެއް އަހަރެންނަށް ލިބޭނީ ކޮންފަދައަކުން ހެއްޔެވެ ؟ ނޫނެކެވެ! ނޫނެކެވެ. ގަދަފަދަ އަސަރުހުރި ބާރެއް އެބައޮތެވެ. ފިޑިންގެ ހިތްވަރު ގަދަ ކުރުވާ އެމަތިވެރިބާރަކީ ލޯބީގެ ވަރުގަދަ ބާރެވެ. އަންވަރުއުއެވެ. ކަލޭ އަހަރެންދެކެ ލޯބިވާން ފަށައިފިނަމަ ހަމަކަށަވަރުން އަހަރެންގެ ހިތް އެފަދަ މަތިވެރި ކަންތަައް ތަކެއް ޙާސިލް ކުރުމަށް އެކަށީގެންވާ ވަރަށް ހިއްމަތްތެރި ވެދާނެއެވެ.އެކަމަކު ކިހާ ދެރަހެއްޔެވެ. އަހަރެންނަކީ ރަޙްމު ލިބުން އެކަށީގެންވާ މީހަކީމެވެ. މިހެނީ ކަލޭގެ އެއްވެސް ފަރުވާލެއް ނެތް އިރު ވެސް އަހަރެން ވަނީ ކަލޭގެ ލޯބީގެ ތެރެއަށް ފެތިފައެވެ. މާހްޖަބީންއިން މޮޓަރު އޭނާގެ ގޭގެ ދޮރުމަތީގައި ހުއްޓާފައި  އޮންނާތާ މީހާރު އެތައް  އިރެއްވެއްޖެއެވެ. ޑްރައިވަރު ބިރުން ހުރެމެ ބުނެއްޕެވެ ސާހިބާއެވެ.ގެއަށް އާދަވިއްޖެއެވެ. މާހްޖަބީން ސިހެގެން ގޮސްފާ ދެލޯ ހުޅުވާލާާއިފިއެވެ. ހަމައެގެއެވެ. ހަމަ އެއަވަށްޓެރީންނެވެ. އޭނާގެ ރީތިކަމަށް ދަތިވެތިވެފައިވާ އެއަނިޔާވެރިން ތެކެވެ. މާހްޖަބީން ފޭބި މޮޓަރުން ގެއަކަށް ނޫނެވެ…..އަދި ކީއްތޯއެވެ؟ އޭނާ އުޑުން ބިމަށް ފޭބީކަހަލައެވެ.                                                                         

                                     

                               ބާބު 6 

މާހްޖަބީންނާއި އަންވަރުގެ އާދަޔާ ޚިލާފް ބައްދަލުވުން ހިގި ދުވަހުގެ ފަހު ފަހުދުވަހު އަންވަރު ތާޖްމަހައްލު”ހޮޓަލަށް ގޮސް ކިޝްވަރުގެ ކޮޓަރިއަށް ވަންއިރު ކިޝްވަރު އިނީ ވަރަށް ވެސް ބޮޑު ފިކުރެއްފައެވެ. އޭނާގެ ލޮލަ ށް ވެރިވެފައިވާ އާދަޔާއި ޙިލާފް ރަތްކުލަ އަންގައިދެނީ ކަރުނަތަކެއް އޮހޮރުވިތާ އަދި މާގިނައިރެއް ނޫވާކަމެވެ. އަންވަރު ކިޝްވަރުގެ ކައިރީގައި ހުރި ގޮޑިއެއްގައި އަށީދެފައި ބުންޏެވެ. އަންވަރު:-މިއަދު އެނެއްކާ ވީކީއްތޯއެވެ. ކިޝްވަރު:-(އިސް ދަށަށް ޖަހައިގެން އިދެ) ވަކި ކަމެއް ނުވެއެވެ. ހާލު އެންމެ ރަގަޅެވެ. އަންވަރު:-އެހެނެން ނޫނެވެ.  ތިޔަވާހަކަ ދައްކަވާ އަޑާއި މޫނުމަތި ގަދަ ހެކިދެނީ ކޮންމެވެސް ކަމަކާއި ހުރެ އަގުހުރި ކަރުނަތަކެއް އޮއްސަވައިފިކަމެވެ. ބުނުއްވާށެވެ. ރަގަޅަށް ބުނުއްލަވާށެވެ.ރަގަޅަށް ބުނުއްވާށެވެ. ވީކީއްތޯއެވެ ؟ ނޫންނަމަވީ ކަމަކީ އަޅުގަޑަށް ވަންހަނާ ކުރައްވަންޖެހޭ ކަހަލަކަމަކަށް ވަނީތޯއެވެ. ކިޝްވަރު:- ކަލާއަށްތޯއެވެ؟ އެއްގޮތަކަށްވެސް އެހެންނެއް ނޫނެވެ.  ބައްލަވަބައްލަވާށެވެ.މިއޮތީ ބޮޑުބޭބެ އަޅުގަޑަށް ފޮނުވި ސިޓީއެކެވެ.

ދެން ކިޝްވަރުގެ އަތުން އަންވަރު އެސިޓީ އަތުލައިގެން ކިޔަން ފަށައިފިއެވެ. އޭގައި ލިޔެފައިވަނީ އަންނަވި ޢިބާރާތް ތަކެވެ. ޑިޔަރ ކިޝްވަރުއެވެ. ކަލޭގެ ޙާލު ރަގަޅުވީ ވާހަކަ އަހައި އުފާލިބުނެވެ. ނަމަވެސް އެއާއި އެކުގައި ކެލައާއި ބެހޭގޮތުން އިވަމުންދަނީ ވަރަށް ވެސް ހަޑިހުތުރު ޙަބަރުތަކެވެ.އެފަދަ ލަދުވެރި ޙަޔާތްކުޑަ އަބުރުވެރި ކަމެއް ނެތް ދިރިއުޅުމެއް ޚިޔާރު ކުރާނެ މަމަށް ހީއެއް ނުކުރަމެވެ.ނުލާ ހިކު ދަށު ދަރަޖައިގެ ވިޔާނުދާ ޒުވާނަކާ އެކުގައި މުޅިން ފައުޅުވެފާއިވާ ލޯބީގެ ދިރިއުޅުމެއް އުޅުމުގެ ހިތްވަރު ހުރިކަމަކީ ކޮޅެނެތް ކޮޅަށް އަހަރެން ހައިރާންވަކެމެވެ. ކަލޭހީކުރީ ދުނިޔޭވަނީ ކަނުވެފާ ކަމަށް ހެއްޔެވެ. ދުނިޔެ ކަނެއްވެސް ނޫނެވެ މަންމަނެއްވެސް ނޫނެވެ.ކަލޭގެ ޚަޔާތްކުޑަކަމުގެ މައްޗަށް މަލާމާތްކޮށް ނަށަނީއެވެ. ލަޢުނެތްދެނީއެވެ. ކަލޭގެ ކުށަކީ ފަހަރެއްގައި ވެސް މާޢާފް ކުރުމަށް އެކަށީގެންވާ ކުށެއް ނޫނެވެ. ނަމަވެސް ސީދާ މަގަށް އައުމަށްޓަކައި ފުރުސަތު ދެމެވެ. އޮގޮތަކީ މިސިޓީ ހަމަ ބެލުމާއި އެކު އެމީހެއްގެ ޔަހޫދީ ދަލުގައި ޖައްސާފައި ވާ ކަމީނާ އަދި ނުލަފާ މީހާގެ ކިބައިން ވަކިވެ ގަތުމެވެ. އަދި އަހަރެންގެ ފައިމައްޗަށް ވެއްޓި މާޢާފައް އެދުމެވެ. މިގޮތުގެ މަތީން ކަންތައް ނުކުޅަނަމަ މަށަށް ވުރެ ނުބައި މީހަކު ނުހުންނާނެކަން ދަންނާށެވެ. ކެލެއާއި ކަލޭގެ ނުލަފާ އާޝިޤް އުމުރަށް ހަދާން ކުރާ ވަރުގެ އަދަބު އަހަރެންދޭނަމެވެ.

އެންމެ ފަހުން ބުނަން ބޭނުން އެއްޗަކީ މިވާހަކައި ހަމަ އެކަނި ބިރުގަންނަވާލަން ލިއުނު ވާހަކަތަކެއް ކަމުގައި ހީނުކުރާށެ ވެ  އަހަރެންނަކީ ބެނެފި ގޮތަކަށް އަމަލުކޮށްވެސް ދައްކާ މީހަކީމެވެ. ކަލޭގެ ބޮޑު ބޭބެ އަދި ޤާނޫނީ ވާލީވެރިޔާ ސޮއި : ރަޙީމް ބާއި . މިސިޓީ ކިޔަމުން ދިޔަދިޔަހެން އަންވަރުގެ ރީތިމޫނު ދިޔައީ ރަތް ވަމުންނެވެ. އޭނާގެ ނާރުތަކުގައި އަލިފާން ރޯވެއްޖެއެވެ.އޭނާ ހިފެހެއްޓޭތޯ މަސައްކަތް ކުރިނަމަވެސް އެކުމަގައި ކާމިޔާބެއް ނުވިއެވެ. ރުޅިއައިސްގެން ތުރުތުރުއަޅާ ޙާލުގައި ފުންމައިގެން ތެދުވެއްޖެއެވެ ދެލޯ ހީވަނީ ދެއަގުރު ފޮތި ހެންނެވެ. ކިޝްވަރު:-(އަންވަރަށް އައިބަދަލު ދެކެފައި ކަންބޮޑުވެގެންތެދުވެ) މިސްޓަރ އަންވަރު އެވެ.

މިސްޓަރ އަންވަރު އެވެ!ތިޔަ ދުރުވަނީ ކޮންތާކަށްތޯއެވެ؟ކީއްކުރެއްވުމުގެ ޙިޔާލުގައިތޯއެވެ. އަންވަރު (ރުޅިއައިސްފައިވާ ހާލުގައި ) ކޮންތާކަށް ހެއްޔޭތޯއެވެ؟ (ދަތްކުޑި ވިކައިގެންފައި)އެނުލަފާ މީހާ (ދިރިހުއްޓާ ދޫކުރި ނަމަވެސް ) ދުވަހަކު ހަދާން ނުނެތޭވަރަށް ހާނިއްކަ ކުރުމަށެވެ. އަޅުގަޑަށް އޭނާ އެއްވެސް ހައްގެއް ނެތި ގޮވާފައި އެވާ ހުތުރު ބަސް ތަކާއި މެދު ކުޑަވެސް ފަރުވަލެއް ނެތެވެ.

އެކަމަކު މަލާއިކަތެއްފަދަ މާތް ޢިއްފަތްތެރި އަންހެންކުއްޖެއް އެގޮތަށް ބަދުނާމް ކޮށް ބިންގަލެއް ނެތް ދޮގުތައް އެޅުވުމަކީ އަޅުގަޑަށް ދުވަހަކުވެސް ކެތް ކުރެވޭނެ ކަމެއް ނޫނެވެ. އަޅު ގަދު މިދަނީއެވެ. އެނުލަފާ މުސްކުޅިޔާ އެންމެ ފަހު ނޭވާލާއިރު  ވެސް ހާދާން ނުނެތޭވަރުގެ ފިލާވަޅެއް ދޭނަމެވެ. މިހެން ބުނެފައި އަންވަރު ދިއުމަށްޓަކައި ކޮޓަރީގެ ދޮރާއި ދިމާއަށް ވަރަށް ބާރަށް ހިގައިގެންފިއެވެ. އަވަގުތު ކިޝްވަރު ދެވެފައިގޮސް އަންވަރުގެ ކޯޓްގެ ދާވަނީ ގައި ހިފަހައް ޓައިފިއެވެ. އަންވަރު:-މިސް ހާޝިމް ބާއީ އެވެ. މާތްރަސްކަލާންގެ ރަސްކަންފުޅަށްޓަކައި ނަންގަންނަމެވެ. މިވަގުތު އަޅުގަޑު ނުހިފަހައްޓާވާ ށެވެ. ދިޔަ ދެއްވާށެވެ. އެކަމީނާ އިބްލީހަށް އަދަބު ނުދޭހާ ހިދަކު ހަމަނޭވާއެއް ނުލެވޭނެއެވެ. މިހެންބުނެފައި ކިޝްވަރު އަތުން އޭނާގެ ކޯޓްގެ ދާވަނި މަޑުމަޑުން ވީއްލަވައިގެން މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލައިގެން ނުކުންނަނިކޮށް ކިޝްވަރުއޭނާގެ ދެއަތުން އަންވަރުގެ ދެއަތުގައި ހިފައި ކައިރިއަށް ދަމަމުން ބުނަން ފަށައިފިއެވެ.ކިޝްވަރު:- ވިސްނުމެއް ނެތި ތިޔަބާވަތުގެ މަސްއޫލިއްޔަތެއް އެޅޭފަދަ އެއްވެސް އަމަލެއް ކުރައްވައިގެން ނުވާނެއެވެ. އިހަށް މަޑުކޮށްލައްވަށެވެ. އަޅުގަޑު މިދައްކާ ވާހަކަ ނިކަން އައްސަވަ ބައްލަވާށެވެ. އަޅުގަޑުގެ ހަށިގަޑު ގަންދީ ނަންގަންނަމެވެ. އިހަށް ނުދުރުވާށެވެ. އަންވަރު:-މިސް ހާޝިމް ބާއީ އެވެ. މިވަގުތު އަޅުގަޑު ތިޔަ ހިފަހައްޓަވަނީ ބޭކާރު ގޮތެއްގަްއެވެ.

އަޅުގަޑަކަ ށް …އަންވަރު:-(ހުއްފައި) ކޮބާ ބުނުއްވަ ބައްލަވާށެވެ. ކިޝްވަރު:-ތި ޔަހެނެއް ނޫނެވެ. ފުރަތަމަ މިކޮޅަށް ދުރުވެ ގޮޑިއެއްގައި ރަގަޅަށް އިށީންނަވާށެވެ. ނަންގަންނާނި އޭރުންނެވެ. މިހެން ބުނުމާ އެކު އަންވަރުގެ އަތުގައި ހިފައިގެން ގޮޑިއެއްގެ ކައިރިއަށް ގެނެސްފިއެވެ. އަދި ބައިންދައިފިއެވެ. ކިޝްވަރުވެސް ކައިރީގައި ގޮޑިއެއްގައި އަށީދެއްޖެއެވެ. އެއަށްފަހު ބުނަން ފެށިއެވެ. މިސްޓަރ އަންވަރު އެވެ. ވިސްނަވާށެވެ. މިހާރު ކުރައްވަން އުޅުއްވާ ކަމެއް ކުރައްވަން ތިޔަ އުޅުއްވަނީ ކަމުގެ މައްޗަށް ވިސްނުމެއް އެއްވެސް ފިކުރެއް ހިންގެވުމަކާއި ނުލައެވެ. އަޅުގަޑު ގަބޫލު ކުރަމެވެ. ބޮޑު ބޭބެ ސިޓީގައި އެވާ ފަދަ ނިކަމެތި ބަސް ތެކެއް މީހަކު އެނެކަކަށް ރައްދެއް ނުކުރާނެއެވެ . އެފަދަ މީހަކަށް ކިތަންމެ ބޮޑު ޝަޒާ އެއް ލިބުންވެސް ޙައްޤެވެ. އަޅުގަޑުވެސް ރުޅިއައެވެ. އަޅުގަޑުގެ ލޭވެސް ހޫނުވިއެވެ. އެގޮތަކީ އަޅުގަޑުމެންނާއި މެދު ބަޔާން ކޮންފައި އެވަނީ ބުހުތާނު ދޮގުކަން މާތްރަސްކަލާނގެ ދެނެވޮޑިގެންވެއެވެ އަދި އަޅުގަޑުމެންނަށްވެސް ޔަޤީންވެ އެގޭތާއެވެ. ސިޓީ ލިބުމާއި އެކު އެކަނިއިދެ އެތައް އިރެއްވަންދެން އަޅުގަޑު ވިސްނީމެވެ. އަދި ވަޒަން ކުރީމެވެ ބޭރުފުށުން ފެންނަ ފެނުމުގައި އަޅުގަޑު ރުޅި މަޑުވެފައި ކަމަށް ފެނުނަސް އަޅުގަޑުގެ ނިޔަތް އިހަށްވުރެ އެތައް ހާސް ދަރަޖައެއް ވަރުގަދަ ވެއްޖެއެވެ އިންސާނެއްގެ ސިފައިގައި ހުރި އެއިބްލީހުގެ ކިބައި ންއޭނާގެ ދުނިޔެ ބަރުބާދުވާ ވަރުގެ ބަދަލު ހިފުމަށްޓަކައެވެ.

އަންވަރު:-އެކަމަކު ދަތިކަމަކީ ކާލާގެ ޤާނޫނީ ވާލީވެރިޔަކު ކަމުގައިވާ މީހަކަށް އުނިކަމެއް ފޯރުވޭނީ ކިހެނަކުންތޯ ބެލުމަށެވެ. އޭނާއަށް ގޯނާ އެއް ކުރޭވޭނީ ހަމަ އެކަނި ޢައިރު ޤާނޫނީ ސިފައެއްގައެވެ. ކިޝްވަރު:- ވިސްނަވާށެވެ. ޤާނޫނުގެ ބާރު އަމިއްލަ އަތަށް ގެންނަވައިގެން އަންވަރު އޭނާ މަރާލެއްވިޔަސް ދުނިޔެ އެނެއް ކޮޅުން މަލާމާތް ރައްދު ކުރާނީ ހަމަކަލާއަށެވެ. އަޑުއަހާހާ ބެއެއްގެ ހަމްދަރުދީގެ ޙައްޤުވެރިއަކަށް ވާނީ އޭނާއެވެ. އަންވަރު:-ތިއައީ ރަގަޅުށެވެ. އެކަމަކު ތިޔަވާހަކައިގެ މާނައަަކީ އަޅުގަޑުމެން މިހުރިހާ އިހާނެތި ކަމެއް ހިތްގައިމު ކަމާއި އެކީގައި ދިރުވަމުން ގެންދިއުންތޯއެވެ.  އެކައްޗޭކޭވެސް ނުބުނުންތޯއެވެ؟  ކިޝްވަރު:-އެންމެ މޮޅު ހަގުރާމައަކީ ސިކުޑީގެ ހަގުރާމައެވެ. އަތްފައިގެ އެއްނޫނެވެ.އަތް ފަހަށްވުރެ ސިކުޑީގެ ބާރު އެތައް ބައެއް މޮޅުވެ. އަންވަރު:-އުސޫލެއްގެ ގޮތުން ތިޔަދައްކާ ވާހަކައަކީ މުޅިން ތެދެވެ. ނަމަވެސް ޢަމަލީ ގޮތުން ބާލާއިރު އޭނާއަން ބަދަލު ދެވޭނެ އެއްވެސް ރޮގެއް ނުފެނެއެވެ. އަޅުގަޑު މިރަށުގެ މަޝްހޫރު ޤާނޫނުގެ އަހްލުވެރިންނާ އި ވާހަކަ ދައްކައިފީމެވެ. އެއެންމެން އެއްބަސްވެފަާވަނީ ކާލާގެ ޤާނޫނީ ވަލީވެރި ރަޙީބާއިގެ އަތުން ވަކި ނުކުރެވޭނެ ކަމަށެވެ. ކިޝްވަރު:-ތިޔަ އީ ތެދެކެވެ. އެކަމަކު ދުނިޔޭގައި މުސްތަޙީލު ކަމަކީ ވަރަށް ވެސް މަދުކަމެވެ. އެދެވޭ ނަތިޖާ ނުފެންނަނީ އަޅުގަޑުމެންގެ މަސައްކަތުގެ އުނިކަމާ ވިސްނުން ކުޑަކަމުންނެވެ. ވާހަކަ މިހިސާބަށް ދިޔަތަނާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދީފިއެވެ. އަންވަރު:- ކާކުހެއްޔެވެ ؟ މުމްތާޒް:- ކަލާގެ ޙާދިމް މުމްތާޒް އާއި ޚާދިމާ އަޒްރާއެވެ. އަޅުގަޑުމެން އެތެރެއަށް ވަނުމުގެ އަމުރު އެބައޮތްތޯއެވެ؟ ކިޝްވަރު:- އަވަހަށް ވަންނަވާށެވެ. މުމްތާޒް:- ކޮޓަރިއަށް ެދެފައި ތިޔަ ދެވެރީންގެ މޫނުމަތި ން ފެންނަ ވައްތަރުން ހީވަނީ ދިހަ މިނިޓް އިރުގެ ތެރޭގައި ޤިޔާމަތް ވެދާނެތި އެކަމުގެ ފިކުރުގައި ތިއްބެވި ހެންނެވެ. ކިޝްވަރު:-ޤިޔާމަތްވާ އަންނާނެވެ. އެކަމަކު އެއަށްވުރެ ކުރީގައި ދުރުވަން ވެފައިވަނީ ތިޔަ ދެކަބަލުންނެވެ. އޮގޮތަކީ ވަރަށް މުހިއްމު މައްސަލައަކީ މެދު އަޅުގަޑުމެން ވަނީ ކާލާގެ މަޝްވަރާ އަށް ބޭނުންވެފައެވެ. ކާލާއަށްވުރެ ތެދުވެރި ރައް ޓެއްސެއްވެސް އަދި ކަލާގެ ލަފައަށްވުރެ ތެދުވެރި ލަފައެއްވެސް އަޅުގަޑުމެންނަކަށް ނުލިބޭނެއެވެ.

މުމްތާޒް:-ޝައްކެއްވެސް ނެތެވެ. ފައިދާ ހުރި މަޝްވަރާއެއް ނުދެވިއްޖެނަމަ އަޅުގަޑު މިދުނިޔެއަށް ގެނައު ންވާނީ ގުދުރަތުކުރި ބޭކާރު ކަމެއް ކަމުގައެވެ. މިފަދަ ހާލެއްގައި އަޅުގަޑުގެ ދީނީ ވާޖިބަކަށް ވާނީ އަމިއްލައަށް މަރުވެގަތުމެވެ. ކޮންމެއަކަސް ޖެހިފައިވާ މައްސަލަ  މުމްތާޒަށް ރަގަޅަށް ކިޝްވަރު ފިލުވައިދީފިއެވެ. އަދި މުމްތާޒް ރަޙީމް ބާއިގެ ސިޓީވެސް ކިޔައިފިއެވެ. އެއަށްފަހު އިރުކޮޅެއް ވަންދެން އަގައިންވެސް ނުބުނެ ކޮޓަރީގައި ކޮޑަދޮރުން ކަނޑުގެ ރާޅުތައް ބަލަހައްޓައިގެން ހުރެއްޖެއެވެ. އެހެން ހުރެފައި ހަމަކުއްލިއަކަށް ބުނެއްޕެވެ. މުމްތާޒް:- ތިޔައްޔަކީ އެއްވެސް ފިކުރެއް ކުރާންވީ ކަމެއްނޫނެވެ. ނުހަނު ފަސޭހަ މައްސަލައެކެވެ. ފިކުރު ބޮޑުވެގެން ތިޔައުޅެނީ ހަމަކަމަކާ ނުލައެވެ. ކިޝްވަރު:- (އުއްމީދުއް ފުރިފައި) އެހެންވިއްޔާ އަވަހަށް ބުނުއްވާށެވެ. ކަލޭގެފާނު މިދަތިމައްސަ ލަ ޙައްލު ކުރައްވަނީ ކިހިނަކުންތޯއެވެ. މުމްތާޒް:- އެހިސާބަށް ފޯރާނެ ސިޑީއެއް ބެހެއްޓެނިކޮށް އުޑަށްވެސް އެރިދާނެއެވެ.

އަންވަރު:- (ހިތާނުފައި ) އެނެއްކާވެސް އެއްކަލަ ޒާތުގެ ވިޔާނުވާ ވަހަކަ ފެއްޓެވީތާއެވެ. ސަމާސާ އެއްނެތި އެއްވެސް ވާހަކައެއް މުމްތާޒަކަށް ނުއްދެކެވޭނެއެވެ. ބުއްދިވެރި އެއްބަހަކީ ސަމާސާ ކޮޑަކޮށްލަމަށްވެރެ ގެއްލުންހުރި އެއްވެސް ބައްޔެއްނެތް ކަމުގައި ބުނުމެވެ. ހަރުވާން ދަސްކުރަންޏާ ކޮންްވެސް ހިމާރެއްގެ ގާތަށްދާށެވެ. އަންވަރު (ރުޅިއައިސްފައި) މޮޔަގޮވުން ނޫން އެއްވެސް ކަމެއް ކަލާއަކަށް ނުކުރެވޭ ނެއެވެ. ކޮންމެ ފަދަ ކަމަކާއިވެސް ކުރަންވީ ސަމާސާ ހެއްޔެވެ ؟ ތިޔައީ ކޮންފާޑެއް ހެއްޔެވެ ؟ ކޮންމެ ކަމަކަށް ވެސް ޙައްދެއް އޮވެއެވެ. މުމްތާޒް ( ބޭރުފުށުންނިކަން ހަރުގޮތް ދައްކާލާފައި) މިއަދު ޢަހަރެމެންގެ އަންވަރު ހަށިގަޑު އުނަގަޑުން ތިރިޔަށްވުރެ އުނަގަޑުން މަތީބައިގެ ހާލު ފެންނަނީ މާނުބައިކޮށެވެ. ސީރިޔަސް ގޮތް ހަމަތަނަށް އަންނަ އިރަށް އެތަނަކުން ސަލާމަތް ބުއްދި ފިލާ ރައްކާވެދާނެއެވެ. އަޒްރާ:- މުމްތާޒް އެއްވެސް ކަމަކަށް ދެއްވަންވީ އަހައްމިޔަތެއް ނުދެއްވާންޏާއެވެ. މުމްތާޒް:-ދިއުޅުމުގައި މަރު ފިޔަވައި މުހިންމު އެއްވެސް ކަމެއް ނެތެވެ. ގިނަ ފަހަރަށް މަރުވެސް އަންނަނީ އޭގެ މުހިއްމު ކަން އިޙުސާސް ކުރާނެ ވަގުތެއްވެސް ދިނުމެއް ނެތިއެވެ. އަންވަރު:- (ވަރަށް ބޮޑަށް ރުޅިއައިސްގެން) މިމަޢްޝޫއާ ބެހޭ ހަރުދަނާ ވާހަކަ ނުދައްކަވަނީވިއްޔާ މިތަނުން ކަލޭގެފާނު އަވަހަށް ދުރުވާށެވެ. ތިޔަ މާނައެއްނެތް ވާހަކަތައް އެހުމުގެ ބޭނުމެއްވެސް އަދި ކެތްތެރިކަމެއް ވެސް އަޅުގަޑުގެ ކިބަޔަކު ނެތެވެ. މުމްތާޒް:-މާތްރަސްކަލާގެ އިބްލީސް ސަުވަރުގެއިން ބޭރުކޮށްލެ އްވީވެސް ތިޔަގޮތަށް ކަމަށެވެ.އެކަމަކު ދެންވީ ކީއްތޯއެވެ ؟ ދުނިޔޭގައި ބާވަތް ބާވަތުގެ ނުލަފާ ކަންތައްތައް ފެށިގަތީއެވެ. އަދި އެދުވަހުއްސުރެ ފެށިގެން ގާތްގަޑަކަށް 72000ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނާ އި މާތްރަސްކަލާންގެ ދަރިދަރިކަލުންނާއި އެކަލާންގެ އަށް ބޮޑު ބޭބެ ކިޔާ މީހުން ފޮނުއްވިއިރުވެސް ދުނިޔެ ހަމައެއް ނުޖެހެއެވެ. އެއްދުވަހު ން އެނެއް ދުވަހަށް ފާފަވެރި ޢަމުލުތަކުގެ ކުލަ ދިޔައީ ގަދަވަމުންނެވެ. މިހިސާބަށް މުމްތާޒްގެ ވާހަކަ ގެންދިޔައިރަށް ކިޝްވަރު ހިނިއައިސްގެ ން ފަޅައިގެން ހިގައްޖެވެ.ކިޝްވަރު:- މިސްޓަރ މުމްތާޒެވެ. މިވަގުތު މިސްޓަރ އަންވަރު އެދައްކަވާ ވާހަކައާއި މެދު އެއްވެސް އެއްޗެއް ހިތުގައި ނުލާށެވެ. މިހެނީ އެހެން މީހެއްދެކެ އޭނާ އައިސްފައިވާ ރުޅި އެބަލާނީ ކަލާގެ މައްޗަށެވެ.

މުމްތާޒް:- މިސް ހާޝިމް ބާއީ އޭނާގެ ފަރާތުން މާޢާފަށް އެދި ނުލެއްވިޔަސް އެންމެ ރަގަޅެވެ. މިހެނީ އޭނާގެ ނުރަގަޅު މިޒާޖަށް ކެތް ކުރުމަށް އަޅުގަދުވަނީ އެތައް ދުވަހަކުއްސުރެ އާދަވެފައެވެ. އަންވަރު:- މާތް ރަސްކަލާނގެ ވަޖުހުފުޅައްޓަކައި ނަންގަންނަމެވެ. އަޅުގަޑުމެން ފިކުރު ކުރަންވެފައިވާ މައްސަލައިގެ މައްޗައް ކުޑަނަމެވެސް ސަމާލު ކަމެއް ދެއްވުމަށްފަހު ދެން ބޭންވަރަކަށް ސަމާސާ ކުރައްވަށެވެ. އެސަމާސާ އަޅުގަޑުވެސް ގަބޫލުކުރާނީ އުފަލާއެކުގައެވެ. މުމްތާޒް:- އެންމެ ރަގަޅެވެ.އައްސަވާށެވެ. ރަޙީމް ބާއި އަކީ ނުލާހިކު މަކަރުވެރިއެކެ ވެ. ވިސްނިލައްވައިފިތޯއެވެ. އަންވަރު (ހީލާފައި ) ތިޔަ ހޯއްދެވިވާ މީހަކަށް ދުވަހަކުވެސް ނުވިސްނޭވަރުގެ މަތިވެރި ސިއްރެކެވެ. ސާބަސް ސާބަހެވެ. މުމްތާޒް:- (ކިޝްވަރާއި މުޙާތަބު ކޮށް ) އެންމެ ފުރަތަމަ މިސް ހާޝިމް ބާއި ނިކަން ރަގަޅަށް ސާފުކޮށް ބުނުއްވަ ބައްލަ ވާށެވެ. ކާލަގެ ފުރިހަމަ ޔަޤީން ކަމާއި އިޢިޤާދު އަންވަރުގެ މައްޗައް އެބައޮތްތޯއެވެ؟ ކިޝްވަރު:-އަޅުގަޑު އަންވަރަށްވުރެ އިތުބާރުހުރި އެއްވެސް މީހަކު މިދުނިޔެއަކު ނެތެވެ.މުމްތާޒު :- ތިޔަހެން ކަމަށްވަން ޏާ އަޅުގަޑުގެ ލަފަޔަކީ އަންވަރާއި ކަލާއާއި ދެމެދުގައި ބޭރުފުށުގައި (ހަމައެކަނި ދެއްކުމުގެ ) ކައިވެންޏެއް ކުރުމެވެ. ކަލާގެ ޤާނޫނީ ވަލީވެރި ޔަކު ކަމުގައި އަންވަރު ހެދުމަށްޓަކައެވެ.އޭރުން ޤުދްރަތީ ގޮތުން މިސްޓަރ ރަޙީމް ބާއި އެމަޤާމުން ވަކިކޮށްލުމަކަށް ކުޑަވެސް ހުރަހެއް ނާޅަނެއެވެ. އަދި ކަލާގެ ހުރިހާ މުދަލެއްގެ ޚުދްމުޚްތާރު ވެރިޔަކު ކަމުގައި ކަލާ ވެލައްވާފާނެއެވެ. މުމްތާޒް މިހެން ބުނުމުން ނިހާޔަތުގެ ދަރަޖައަށް ޚައިރާންވެފައިވާކަން ދޭހަވާ ލޮލަކުން ކިޝްވަރު މުމްތާޒައި ދިމާއަށް  ބަލަލުމަށްފަހު އިސްދަށަށް ޖަހައިފިއެވެ.އަންވަރުވެސް ކަޅިޖަހާ ނުލާ މުމްތާޒާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. އަޒްރާއަށް ލިބުނު އުފާވެރި ކަން މޫނުމަތިން އޮޅުމެއްނެތި ފާޅުވިއެވެ.މުމްތާޒު :- މިނަންގަތް ކައިވެ ނި މީސްތަކުންގެ ނަޒަރުގައި ހިމެނެނީ ހަމަ އާދައިގެ ކައިވެންޏެއް ކަމުގައެވެ. ޕަބްލިކް ގެ ކުރިމަތީގައި ކަލާ އާއި އަންވަރަކީ އަންވަރާއި މިސިޒް އަންވަރެވެ. ގޭތެރެގައި ދިރިއުޅުއްވުމަގައި ތިޔައިގެ ދެކަބަލުން ނަކީ ހަމަ އެކަނި އަންވަރާއި މިސް ހާޝިމް ބާއި އެވެ. އަދި ނަންގަންނަ މެވެ. މުސްތަޤްބަލުގައި އުފެދިދާނެ ހަމަނުޖެހުމަހަކަށްތަކައި ރައްކާތެރި ވުމުގެ ގޮތުން ކައިވެނީގެ ކުރީގައި އަންވަރުގެ ސޮއި އޮތް ލިޔުމެއް ކަމާއަށް ލިބިލައްވާނެއެވެ. ކާލާގެ ސޮއި އޮތް ލިޔުމެއް އަންވަރަށް ވެސް ލިބެން ވާނެއެވެ. އޭގައި ބަޔާން ކުރެވިފައިވާންވާނީ މިކައިވެންޏަކީ ހަމައެކަނި ދެއްކުމަށްޓައި ކުރެވުނު ބޭރުފުށުގެ ކައިވެންޏެއް ކަމާއި މިސް ހާޝިމް ބާއީ ބޭނުންފުޅު ކޮންމެ ވަގުތެއްގައި ހުރިހާ މުދަލެއްގެ ބާރުވެރިކަން އަންވަރުގެ ކިބައިން ވަކި ކުރެވިދާނެ ވާހަކައެވެ. އަޅުގަޑަށް ވިސްނޭގޮތުގައި މިހާރު ކުރިމަތިވެގެން މިއުޅޭ މައްސަލަ ހަމަޖަ އްސާލުމަށް މިއަށްވުރެ ފަސޭހަ އެއްވެސް ގޮތެއް ނުނެރެވޭނެވެ.ރަގަޅަށް ވިސްނަވާށެވެ. އަދި މިގޮތުގައި އުނިކަމެއް ވާނަމަ ބުނުއްވަ ބައްލަވާށެވެ 

. އަންވަރު:- ފެންނަ ފެނުމުގައި މިވަގުތަށް ތިޔައަށްވުރެ އެކަށީގެންވާ ގޮތެއް އޮތް ކަމަކަށް އަޅުގަޑަށް ވެސް ނުވިސްނެއެވެ. ނަމަވެސް ޝަރުތަކީ މިސް ހާޝިމް ބާއި އެވެ. އަޅުގަޑާ މެދު އިތުބާރު އޮތުމެވެ. ކިޝްވަރު:- އަޅުގަޑަށް ކަލާގެ އިތުބާރު ނުކުރެވިއްޖެނަމަ ދެން އިތުބާރު ކުރެވެނީ ކާކުގެ މައްޗައްތޯއެވެ؟ އެނުލަފާ އީމާނެއް ނެތް މުސްކުޅިޔާ ބަލިކޮށްލުމަށްޓަކައި ކިތަންމެ ބޮޑު ނުރައްކަލަކާވެސް އަޅުގަޑު ކުރިމަތި ލާފަނެމެވެ. މުމްތާޒް:- އަދިވެސް ނަންގަންނަންތޯއެވެ؟ މިމައްސަލާގައި އަޅަންގަސްދުކުރާ ފިޔަވަޅެއް ވަރަށް އަވަހަށް ވާނީ އަޅާ ނިންމާލާށެވެ. އެއީ މިސްޓަރ ރަޙީމް ބާއި އިސްނަގައި ފިޔަވަޅެއް އެޅިޔަ ނުދިނުމަށްޓަ ކައެވެ.

އެކަމަކު މިގޮތުގައި ހުރި ދެރައާއި އުނި ކަމުގެ މައްޗަށް ފިކުރު ކުރެމެއް ނެތި އަވަސްވެގަންނާކަށް ވެސް ނޫނެވެ. ވީމާ ދެނަވަ ފަހަރަވެ ސް މިހުށަހެޅުމާއި މެދު ވިސްނާލުން ރަގަޅުވާނެއެވެ. އަޒްރާ :- ތިޔަ ވިސްނުމުގައި ތިއްބާ ރަޙީމްބާއި ވަޑާމެއް ހަދަާއިފިނަމަ ދެން ކުރަންޖެހޭ ނީ ހިތާމައެވެ. މުމްތާޒް:- ތިޔަހާ އަވަހަކަށް އޭނާއަކަށް ކަމެއް ނުކުރެވޭނެއެވެ.އެއީ އަހަރެން ރަގަޅަށް ދަންނަ ބައެކެވެ. އަންވަރު:- ރަގަޅަށް އެގިލައްވާނެއެވެ. ކޮންމެ މީހަކަށްވެސް ތިމާއާއި އެއްކަހަލަ މީހުންގެ ޙަބަރުތައް އެގުމަކީ ތަބީޢީ ކަމެކެވެ.މުމްތާޒު:- މިސް ހާޝިމް ބާއީއެވެ. ކާލާގެ ވަލީވެރިޔަކު ކަމުގައި މިކުއްޖާ ވާނީ ހަމައެކަނި ނަމެއް ގައެވެ. އެގޮތަކީ މީނާއަށް ވެސް އެހެން ވަލީވެރިޔަކު ބޭނުންވެއެވެ. މުމްތާޒް މިހެން ބުނުމުން އެންމެންގާތަށް ވެސް ހިނިއަތުވެއްޖެއެވެ. އަންވަރު ކުޑަކޮށް ލަދުވެސް ގަތަވެ.

ދެން ޒާތްޒާތުގެ ވާހަކަތައް ދެކެވެމުންދާނިކޮށް ސައިގެނައުމުން އެބުއިމާއި މަޝްޢޫލުވެގެންފިއެވެ. މުމްތާޒް:- (ސައިބޮމުން ) އެކަމަކު ކައިވެންޏަކީ ދެންޖައްސާ ވަގަޑާއި ދާދި އެއް ޙުކުމެއްގެ ކަމެކެވެ. ދުނިޔޭގައި ކުރާނެ އުފާވެރި ކަމެއް ނެތިއްޖެ މީހަކު ކުރަންވީ ކަމަކީ މީހަކާއި އިނުމެވެ. އަންވަރު:- އެހެން ކަމަށްވަންޏާ ކަލޭފާނުވެސް ދުނިޔޭގައި ކުރައްވާނެ އެއްވެސް ރަގަޅު ކަމެއް ނެތީފާއެވެ. މުމްތާޒް:- ކަންތައްތައް ބައިވަރު އޮތެވެ . އެކަމަކު ( އަޒްރާ އާއި ދިމާލަށް ހީލަފައި) ތިޔަކުށުގެ މަސްއޫލިއްޔަތު އެޅޭނީ މީނާގެ ކިބައިގައެވެ. (މިހެން ބުނުމުން އަޒްރާ ލަދުގެންޖެއެވެ) އަޅުގަޑުގެ ޙިޔާލަ ކީ އެކަކު އެނެކަކާއި ހިތާވާ ކަމުގައިވަނީވިއްޔާ އެހިތާވާ މީހަކާއި ދުވަހަކުވެސް ނުއިނުމެވެ. އިންނަ ކޮންމެ މީހަކީ ހިތާވުން ޝަރުތު މީހެއްވެސް ނޫނެވެ. ލޯބީގެ ނިމުމަކީ ކައިވެންޏެވެ. ކައިވެނީގެ އަދި ކީއްތޯއެވެ؟ އައު ކައިވެނީގެ ތަންމައްޗަކީ ލޯބީގެ މަރުގެ ތަންމައްޗެވެ.

ކެއިވެންޏަށް ފަހު ޢާޝިޤެއް މައުޝޫޤެއް ނުތިބެ ތިބޭނީ ފިރިއަކާ އަން ބެކެވެ. އަންވަރު:- މުމްތާޒް ތިޔަ ދެއްކެވި ވާހަކައިގެ ސަތޭކައަކުން ނުވަދިހަ ނުވައަކާއި އަޅުގަޑު އެއްބަހެއް ނޫނެވެ. ޚަޤީޤަތުގައި ކައިވެނީގެ ފަހުގައި ލޯބި ނެތިދާނީ ހަމަ އެކަނި ހަވާނަފްސުގެ މައްޗަށް ލޯބި ބިނާ ކުރުމުން އަންނަ ފަރާތް ތަކުންނެވެ. އެކަންވާނީވެސް އެހެންނެވެ. އެއައީ ޙިލާފަށް ފުރާނައިގެ ގޮތުން ގުޅި ހިތާއި ސިކުޑީގެ ބާރުތައް އެކުވުމުގެ މައްޗަށް އުފެދޭ ލޯތްބަކީ ކައިވެނީގެ ފަހުގައި ކުރިޔަށް ވެރެ ވެސް ގަދަފަދަވެ ހަރުދަނާވާ އެއްޗެވެ. ކައިވެނީގެ މަރުގެ ޙަބަރު ގެންނަ ކަމަށްވަންޏާ އެގެންނަނި އަމިއްލަ ނަފްސު އެދޭ ޙައިވާނީ އެދުންތަށެވެ .ހިތާއި ސިކުޑީގެ ލޯތްބަށް ކައިވެންޏަކީ އަލުން ދިރުމެއް ގެނެސްދޭ މަތިވެރި ގުޅުމެކެވެ އަދި ކީއްތޯއެވެ ؟ އުނި ވުމެއް ފަނާވުމެއް ނުވާ ލޯބީގެ ގުޅުމެކެވެ. މުމްތާޒް:- ތިޔަ މަތިވެރި ފަލްސަފާ އިހަށް އެއްފަރާތް ކޮތްލަވާފައި ތަޖްރިބާގެ އަލީގައި ކަންހިގަމުންދާ ގޮތުގެ މައްޗަށް ނިކަން ވިސްނަވާލަ ބައްލަވާށެވެ. ފަލްސަފާ އަކީ ތަޖްރިބާގެ ޙަޤީޤަތާއި ކުރިމަތި ވާހިދު ފުޑުފުޑުވެގެންދާ އެއްޗެވެ.އަޅުގަޑު ނަންގަތް ހުރިހާ އެއްޗެއްމެ ނަންގަތީ ޢަމަލީ ޙަޤީޤަތުގެ މައްޗަށް ބިނާކޮށްގެންނެވެ. ކާލާ ތިޔަ ދެއްކެވި ވާހަކައަކީ ތާކުން ތާކު ނުޖެހޭ އަތްވެކެވެ. އަންވަރު:- އެގުނު އެއްޗަކީ ކަލޭގެފާނަށް ލިބިލެއްވި ތަޖްރިބާ އިންވިއްޔާ ކައިވެންޏަކީ އެހާވެސް އެހާވެސް މާނައެއް ނެތް މޮޔަކަމެއްތާއެވެ. މުމްތާޒް:- ޝައްކެއްވެސް ނެތެވެ.

Share Article

eddie
Follow Me Written By

eddie

Level 110 Stories

Other Articles

Previous

ތަގުދީރު 1

Next

ފުރަތަމަ ނަޒަރުން 17

Next
August 26, 2025

ފުރަތަމަ ނަޒަރުން 17

Previews
August 26, 2025

ތަގުދީރު 1



All Right Reserved!