Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރި

ހަވޭލީ – އަށާރަވަނަ ބައި

Mariyam Imna
Mariyam Imna Level 210 Stories100 Login
August 27, 2025 3 Mins Read
8 Comments

މި މީހަކު އެެއްވެސް ވަރަކަށް ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ ޔުމްނާ ހައްޔަރުކޮށްގެން ޔުމްނާއަށް ގެއްލުމެއް ދޭން މިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ ”ހޭނެ ކަމެއް ނެތް! އަހަރެންގެ ސުވާލަށް ޖަވާބު ދީ!” ޔުމްނާ އަޑަށް ބާރުލަމުން ބުންޏެވެ. އެ މީހާ މަޑުމަޑުން ހީލިއެވެ. އަދި މޫނުމަތި ނިވާކޮށްފައި އޮތް ފޮތިގަނޑު ނަގަން ފެށިއެވެ.

*** 18 ވަނަ ބައި ***

ޔުމްނާ ދެލޯ ބޮޑުވެފައި އިން ހާލު އެ މީހާގެ މޫނު ނިވާކޮށްފައި އޮތް ފޮތިގަނޑު ނަގަން ފެށި މަންޒަރު ބަލަން އިނެވެ. އެ މީހާ މަޑުމަޑުން އެ ފޮތިގަނޑު އެއްކޮށް ނެގިއެވެ.

ޔުމްނާ ގަތީ އަމަށަކު ބިރެއް ނޫނެވެ.

އެ މީހަކީ ފިރިހެނެކެވެ. ކަޅުކަން ގަދަ ބޯ އިސްތަށިގަނޑެއް ލިބިފައި ވީއިރު އޭނާގެ ކަޅުކުލައިގެ ރޭގަނޑެއް ފަދަ ތޫނު ދެލޯ ހީވަނީ ޔުމްނާގެ ހިތު ތެރޭގައި ވާ ހުރިހާ ސިއްރެއް ދެނެގަންނަން އުޅޭހެންނެވެ. ބަލާލަން ނުހަނު ރީއްޗެވެ. ނަމަވެސް ޔުމްނާ ބިރުގަތީ އޭނާ ޔުމްނާއަށް ބަލަން ހުރި ގޮތުންނެވެ. އެ ދެ ލޮލުގައި ވީ ނަފްރަތެވެ. ރުޅިވެރިކަމެވެ.

ޔުމްނާ ބިރުންހުރެ ފަހަތަށް ފިރުކެން ފެށިއެވެ. މި މަންޒަރު ފެނި އެ މީހާ ބަރު ހިނިގަނޑެއް ޖަހާލިއެވެ. ”ކޮންތާކަށް ދާން ކަމަށްތަ؟” އޭނާ ބުންޏެވެ. ”ތިއީ ކާކުހޭ؟!” ޔުމްނާ އެންމެ ފަހުން ހަޅޭލަވައިގަތެވެ. އޭގެ ރައްދުގައި އެ މީހާ ހުއްޓުނެވެ. ”އަހަރެންގެ ނަމަކީ ޒަބީލު.” ޒަބީލު ތައާރަފުވެލިއެވެ. ”އަހަރެންނަށް ކީއްކުރެވޭތޯތަ ތިއުޅޭނީ؟” ޔުމްނާ އެހިއެވެ. ”ހަމަޖެހިބަލަ. އަހަރެން އަދި ނުކުރަމެއްނު ކަމެއް.” ޒަބީލު ހަމަޖެހިލާފައި ބުންޏެވެ.

ޔުމްނާ ކޮޅަށް ތެދުވެފައި ގައިގައި ހުރި ވެލިތައް ފޮޅާލިއެވެ. ”ހަަމަޖެހޭށޭ؟ ހަމަޖެހެވޭތަ ވަލު މެދަށް އަހަރެން ގޭގަ ހުއްޓާ ގެނެސް ލީމަ؟؟!” ޔުމްނާގެ އަޑު ފަޅަފަޅާއިގެން ދިޔައެވެ. ”ހަމަޖެހެން ޖެހޭނީ ހަމަ. އަދިކިރިޔާ މި އިނގުނީ ޔުމްނާގެ ވެސް ގަދަފަދަ ރުޅިއެއް އޮންނަކަން. ވާރުތަވާ ކަމެއް ދޯ؟” މަލާމާތް ކުރާ ބީދައަކުން ޒަބީލު ބުންޏެވެ. ނަމަވެސް އޭގެ ރައްދުގައި ޔުމްނާ އެއްޗެއް ބުނަންވާއިރަށް ދުރުދުރުން ކާޅުތައް ހޭރެމުން އުދުހޭ ތަން ޔުމްނާ އަށް ފެނުނެވެ.

***

ހުސްނާ ކޮޓަރިއަށް ވަދެ ފުން ނޭވާއެއް ދޫކޮށްލިއެވެ. 12 ޖަހަން އަދި ލައްކަ އިރު އެބަ އޮތެވެ. ނަމަވެސް ވަގުތު ގިނަވުމަކީވެސް ނުރައްކާތެރި ކަމެކެވެ. ހުސްނާ ދެކޮޅު ދެކޮޅަށް ކޮޓަރި ތެރޭގައި ހިނގާލަ ހިނގާލާ ހުއްޓެވެ. ހިނގާ ހިނގާ ވަރުބަލިވެގެން ހުސްނާ އެނދުގައި ޖައްސާލިއެވެ. ހަމައެވަގުތު ކޮޓަރީގެ ބޮކި ނިވުނެވެ.

ހުސްނާ ހުރީ މިފަދަ ކަމެއް ވެދާނެކަމަށް ތައްޔާރުވެގެންނެވެ. ނަމަވެސް އޭރުވެސް އިންތިހާއަށް ބާރަށް ހުސްނާގެ ހިތް ތެޅެމުން ދިޔައެވެ. މަޑުމަޑުން އެނދުން ތެދުވުމަށްފަހު ހުސްނާގެ ބައްތި ފޯނު އަތު ޖެހޭތޯ މަސައްކަތް ކުރަން ފެށިއެވެ. ހުސްނާގެ ކޮޓަރީގައި ހުންނަ ކުޑަ ދޮރު ހަދާފައި ހުންނަނީ ލަކުޑިންނެވެ. އެހެންކަމުން ހަނދުވަރުގެ އަލި ކޮޓަރިއަށް ލިބޭ ގޮތެއް ނުވެއެވެ.

ހުސްނާ ތަންތަނުގައި އަތް ކާތަމުން ގޮސް ރީތިވާ މޭޒުމަތީގައި އޮތް ފޯނުގައި އަތް ޖެހުނެވެ. އަވަސްއަވަހަށް ފޯނު ނަގާ އޭގެ ފުލޭޝް ދިއްލާލުމަށްފަހު ކޮޓަރީގެ ފާރަށް އަލިކޮށްލިއެވެ. ނަމަވެސް އެ ވަގުތު ފެނުނު މަންޒަރުން ހުސްނާގެ ހިތް ފަޅާފައި ނުކުތް ފަދައެވެ.

ކުރިމަތީގައި ހުރީ ކަޅުކުލައިގެ ދުން ގަނޑެކެވެ. އާއެކެވެ. އިރުއޮއްސުނު ގަޑީގައި ފެނުނު އެއްޗެވެ. ހުސްނާ ހުރި ތަނަށް ގަނޑުވެފައި ހުއްޓެވެ. ދެން އިވެން ފެށީ ތުއްތު ކުދިން ރޯ އަޑެވެ. އެ އަޑު މުޅި ކޮޓަރި ތެރޭގައި ގުގުމަން ފެށުމުން ހުސްނާ ކަންފަތުގައި އަތް އެޅިއެވެ. ކިތަންމެ ހަނދާންކުރަން ބޭނުން ނުވިޔަސް މިއީ ހުސްނާއަށް ކުރިންވެސް އިވިފައި ހުރި އަޑުތަކެކެވެ.

ހުސްނާގެ ދެލޯ ކުރިމަތީގައި މާޒީ ފިލުމެއްހެން ކުޅެވެމުން ދިޔައެވެ. މިއީ އެ މަޚްލޫޤު ކުރާ ކަމެއްކަން ހުސްނާއަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެއިން ސަލާމަތް ވެވޭނެ ގޮތެއް މި ވަގުތަކު ހުސްނާއަކަށް ނެތެވެ. ހުސްނާއަށް މާޒީ ސިފަވަމުން ދިޔައެވެ.

***

ހަނދުވަރުގެ އަލި މުޅި ތަނަށް ވެރިވެފައި އޮތެވެ. މާހައުލު ކިތަންމެހާ ވެސް އަމާން ކަމަށް ދައްކައެވެ. ނަމަވެސް ހުސްނާގެ އަތުގައި އޮތީ ހުސް ލެޔެވެ. ކުރިމަތީގައި އެ އޮތީ ތުއްތު 2 ކުދިންގެ ހަށިގަނޑެވެ. ހުސްނާގެ ހިތް ބަންބަންލާފައި ޖެހެމުން ދިޔައިރު ކުރިމަތީގައި އިން މަޚްލޫޤު ހެވި ދިލިފައި އިނެވެ.

***

މާޒީގެ އެ އަނދިރި ސަފުހާތަކުން ހުސްނާއަށް ނުކުމެވުނީ ކުއްލިއަކަށް ކޮޓަރި އަލިވުމުންނެވެ. ހުސްނާ ވަށައިގެން ދިމަ ދިމާ ބެލިއެވެ. އެ މަޚްލޫޤުގެ ހިލަމެއްވެސް ނެތެވެ.

***

ޔުމްނާ ބިރުން އިން ތަން ފެނި ޒަބީލުގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމްދަރުދީއެއް ވެރިވިއެވެ. ”ޔުމްނާ. އަހަރެން މިހާ ވަރަކުން މިރޭ މިތަނަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން”. ޒަބީލު ބުންޏެވެ. މި އަޑު އިވިފައި ޔުމްނާ ޒަބީލާއި ދިމާއަށް ޝައްކުގެ ނަޒަރަކުން ބަލާލިއެވެ. ”އަހަރެންނަށް އިތުބާރު ނުކުރާނެކަން އަހަރެންނަަށް އެނގޭ. އަހަރެންނަށް ރަނގަޅީވެސް އިތުބާރު ނުކުރިއްޔާ. އެކަމަކު ޔުމްނާގެ ރަނގަޅަކަށް ބުނާ ވާހަކައެއް މީ. ނަމަ ނަމަ ހުސްނާއަށް އިތުބާރު ނުކުރާތި. ކަންތައްތައް މިހާުވެސް ވަރަށް ގޯސްވެއްޖެ. އަވަހަށް މާލެ ދޭ. އޭރުން ކިރިޔާވެސް ދެން ސަލާމަތްވެވޭނީ. އަހަރެން މިހެން މި ބުނަނީ ތަޖުރިބާ ލިބިހުރެ.” ޒަބީލު މިހެން ބުނުމުން ޔުމްނާ ހިތުގައި ސުވާލު މާކު ޖެހުނެވެ.

ނަމަވެސް ޔުމްނާ އިތުރު އެއްޗެއް ބުނަންވާއިރަށް ޒަބީލު ޔުމްނާގެ އަތުގައި ހިފައިގެން ހަވޭލީއާއި ދިމާއަށް ހިނގައިގަތެވެ. ހަވޭލީއާއި އަރާ ހަމަވުމުން ޒަބީލު ހުއްޓުނެވެ. ”އަވަހަށް ދޭ. ގޮސް ޤުރުއާން ކިޔަވާލަ ކިޔަވާލާ އިންދޭ. ޔުމްނާއަކަށް އޭނާ މިރޭ ގޯނާއެއް ނުކުރާނެ.” މިހެން ބުނެ ޒަބީލު އެނބުރި އައި ދިމާއަށް ހިނގައިގަތެވެ. ޔުމްނާގެ ހިތުގައި ސުވާލުތަށް ފުނިޖެހިފައި ހުއްޓެވެ. ޒަބީލަށް ޔުމްނާގެ ހާލަތު އެނގެނީ ވަކި ކިހިނެއް ހެއްޔެވެ؟ މިރޭ އަނެއްކާ ކޮން ކަމެއް ވަނީ ބާވައެވެ؟ އެންމެންވެސް ހުސްނާއާއި ދުރަށް ދިޔުމަށް ނަސޭހަތްތެރި މި ވަނީ ހުސްނާ ހަމަ އެހާވެސް ނުރައްކާތެރި ވެގެން ހެއްޔެވެ؟

ޔުމްނާ މި ހިޔާލުގައި ހުރެ ގެއަށް ވަދެ ކޮޓަރިއަށް ވަނެވެ. އަދި މަޑުމަޑުން ޒަބީލު ބުނި ފަދައިން ޤުރުއާން ކިޔަވާލަ ކިޔަވާލަ އިނެވެ.

***

ޒަބީލު ވަލުތެރޭގައި ހިނގާފައި ދިޔައިރު އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައީ ޔުމްނާއެވެ. ޒަބީލު ޔުމްނާއަށް ހަޤީޤަތް ކިޔައިދޭން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިރޭ އެކަން ކުރަން ހެޔޮވެސް ނުވާނެއެވެ. ޒަބީލު ހިނގާފައި ދަނިކޮށް ކުއްލިއަކަށް މީހަކު އޭނާގެ އަތުގައި ހިފިއެވެ. ޒަބީލު ހައިރާންކަމެއް ނެތި ފޫހިގޮތަކަށް ފަހަތް ބަލާލިއެވެ. ”ޒިންނީރާ.” ޒަބީލު ފޫހި ގޮތަކަށް ބުންޏެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Mariyam Imna
Follow Me Written By

Mariyam Imna

Level 210 Stories100 Login

Other Articles

Previous

މަޢާފްއަށް އެދެމޭ

Next

ލޭގެ ބަދަލް-6

Next
August 27, 2025

ލޭގެ ބަދަލް-6

Previews
August 27, 2025

މަޢާފްއަށް އެދެމޭ

8 Comments!

  1. Anonymous says:
    August 27, 2025 at 7:18 pm

    Hello

    1. Mariyam Imna Mariyam Imna says:
      August 27, 2025 at 8:13 pm

      hello!

  2. Oreo gurll says:
    August 27, 2025 at 8:47 pm

    Ohmygoshhh.. this is getting interesting, at the same time really creepy.
    Wait, Husna keehtha kuree? I have a feeling that alhugandah guess nukurevey ehen bodu sirreh ves mi story ga foruvifa vaahen. Yes eba oi.. yageen mihaaru.
    Husna eba oi kurin kommes kameh koffa.. shn vegen kanneynge e jinnni ge undhagoo ehaa varah foaranee dhw?
    And who is Zabeel? I think he is jinni… or maybe hama insaanakah vx vedhaane. Bodah vahtharee jinni akaa. And Zinneera, also a jinni. Just maybe she is obsessed over Zabeel? Just questions…
    Varah varah varah varah interesting mi part ves ingey Imnaaa
    Its so exciting. New mysteries are being unlockedd!
    So curious to knw what happens next. When next episode??

  3. Mariyam Imna Mariyam Imna says:
    August 28, 2025 at 7:30 am

    Hi Oreo Gurll!
    Husna v kan kan kohffi dhw mihaaruves🤣😭 you never know what Husna has up her sleeve
    We’ll see what exactly Zabeel is very soon 🥲
    V ufaavejje mi bai ves kamudhiyaeema 🥹🫶
    Insha Allah next Friday ga dhen oi bai upload kohllanan💪

  4. 🤍 Eekko 🤍 says:
    August 28, 2025 at 1:03 pm

    It’s getting interesting and more interesting!
    What’s Ganna happen next?
    Husnaa ge sirru vrh balaala hiy vealy eba…..
    Btw mi part vx vrh vrh reethi 😍
    Tc😘

    1. Mariyam Imna Mariyam Imna says:
      August 28, 2025 at 4:36 pm

      Hello Eekko!
      Let’s see what happens next dhen oi baiga dhw!
      V ufaavejje mi baives kamudhiyaeema!
      Lyt!🥹🫶🤍

  5. Kudu says:
    August 28, 2025 at 6:23 pm

    Maashaa Allah mi part ves v Reethi ❤️❤️
    Busy kamun comment eh ves nukurevuny avaha 😔😥
    OMG this is becoming interestingly creepy
    Alhey what is husna hiding🤔🤔
    Yumna a as musthagbaleth ga male fonu vaa heyonuvaane 😭😅
    Husna aa zabeel aa othy Kon gulhumeth tha 🤔
    When next
    TC
    Lysm ❤️

  6. Mariyam Imna Mariyam Imna says:
    August 29, 2025 at 8:39 am

    Hello Kudu!
    Its okay vaguthu vee varakun vaahaka kiyaaleema ok vaane
    With Husna you never know what she’s gonna do next🫣
    Yumna adhi baindhanvee dhw rashuga🤣
    We’ll see what relationship Husna and Zabeel has very soon
    Insha Allah miadhu upload kohlleveytho massakkai kuraanan💪
    Lyt!🤍🤍

Comments are closed.

Next Episodeހަވޭލީ – ނަވާރަވަނަ ބައި←


All Right Reserved!