
އަބަދުވޭ ހިތުގާ މަގޭ 27

ގެއިން ނިކުން ނިޔާލް ޝިވާއާއި ދިމާލަށް ބަލައިލިއެވެ. އެދެލޮލުގައި ވީ އަނގުރު އަލިފާނެވެ. އެހެންނަމަވެސް ޝިވާގެ ތުންފަތުގައި ވީ ފުރިހަމަ ހިނިތުންވުމެކެވެ. މިއަދު ޝިވާ މިނިވަން ވީއެވެ. ޝިވާއަކީ މިއަދު މިނިވަނެކެވެ. އަދި ޝިވާގެ ހަނު ހުރުމުގެ ސަބަބުން ނާއިންސާފުގައި މަރުވި އެންމެނަށް އިންސާފު ލިބޭ ދުވަހެވެ.
ސުވާލު ކުރާ ކޮޓަރީގައި އިން ނިޔާލްއާ ދިމާލަށް ބަލަން ނިކާލް އިނެވެ. ޕޮލިހުގައި އެހާ ގިނަ ދުވަހު އުޅުނު ނަމަވެސް ދުވަހަކު ވެސް އެއްބަނޑު އެއްބަފާ ބޭބެ ތަހުގީގު ކުރަން ޖެހިދާނެ ކަމަކަށް ނިކާލް ހިޔެއް ނުކުރެޔެވެ. މިއީ ނިކާލްގެ ދިރިއުޅުން އޭނާއަށް ކުރި ބިރުވެރި ސަމާސާއެކެވެ. “ނިޔާލްއަށް ހުކުމް ކުރެވޭ ކަން ކަމަށް އެއްބަސް ވާން ތޯ؟” ނިކާލް ކައިރީގައި އިން ހުޒާން އަހާލިއެވެ. “ހުޒާން. ނިކާލް. ތި ދެމީހުން ދުވަހަކު ވެސް މީހަކު މަރާލިން ތަ؟” ނިޔާލް މޮޔައެއްހެން ހެވިފައި އިނދެ އަހާލިއެވެ.
(27 ވަނަ ބައި)
“މަގޭ ހިތަށް އަރާ މީހުން މިހާރު ކީއްކުރަން ބާއޭ މަސްތުވާ ތަކެތި ބޭނުން ކުރަނީ ވެސް. މަރަށް ތެޅޭ ވަގުތު އެމީހުންގެ މޫނު މަތީގައި އެވާ އިހުސާސްތަށް ހަމަ ވާއު. މަސްތުވާތަކެއްޗަށް ވުރެ މާ އެޑިކްޓިވް” ނި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.