Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބަރުބާދުކޮށްލީ ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-14

_MuXo_
_MuXo_ Level 910 Stories100 Comments100 Login100 Stories500 Login500 Comments
August 26, 2025 2 Mins Read
2 Comments

އެއްމެ ފަހު ފަހަރު ކަމަށް ރަށާއި ދިމާއަށް ބަލާލައިފައި އަހަރެން ލޯންޗަށް އެރީމެވެ. ސީޓްގައި ހަމަޖެހިލުމައްފަހު ލޯމަރާލީމެވެ. ލޮލުގެ ކަނުން ކަރުނަ ތިއްކެއް ވެއްޓުނެވެ.

“ހާސް ނުވޭ.. ބަންދުގަ އަންނާނަން ރާނިޔާ ގޮވައިގެން ރަށަށް..” ޒާން ބުނެލިއެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. ލިބުނު ބޮޑު ހިންހަމަޖެހުމެއްގެ ސަބަބުންނެވެ.

*ޕާރްޓް-14*

ގާތްގަޑަކަށް ދިހައެއް ޖަހާލީރަށް ރަށަށް އާދެވިއްޖެވެ. ބަނދަރު މަތިފެންނަން އޮތީ ވރަށް ރީތިކޮށެވެ. އެތަކެއް ގަސްތަކެއް ހުއްޓެއް ކަމަކު އެއްމެ ފަތަެއްވެސް ބިންމަތީގައި ފެންނާކަށް ނެތެވެ. އެއްމެންވެސް ގެޔަށް ދިޔައީ ކާރުގައެވެ. ޒާން މެންގެ ގެ ހާދާ ބޮޑެވެ.ދެބުރިއަށް އިމާރާތް ކޮށްފައިވީރު މުޅި ގޯތިތެރޭ ޒީނަށް ތެރިވެފައިވަނީ މާގަސް ތަކުންނެވެ. އަހަރެންނަށް އެމާހައުލު ވަރަށް ހިތްގައިމެވެ. އެކިތަންތަންބަލަމުން އައިސް ގެޔަށް ވަނީމެވެެ. އަހަރެން ސިހުނީ މަންމަގެ [މައިދައިތަ] އަޑުންނެވެ.

“ދަރިފުޅުމެންވެސް ދޭ ކޮޓަރިއަށް ގޮސް ފެންވަރާ ހަދާލާ..” ޒާން ބޯޖަހާލައިފައި އަހަރެން އަތުގައި ހިފައިގެން ދިޔައީ މަތީ ބަޔަށެެވެ. ކޮޓަރިތަށް ހުންނަނީ މަތީބައިގަ އެވެ. އަހަރެންނަށް ވަދެވުނީ ބޮޑު ކޮޓަރިއަކަށެވެ. މަޑު ނޫކުލައިގެ ދަވާދު ލައިފައި ހުރީރު ވަރަށް ވެސް ރީއްޗެވެ. ކިންގް ސައިޒް އެދެކެވެ. ބެލްކަންޔެއް ވެސް މިކޮޓަރީގައި އެބަ ހުއްޓެވެ. އަހަރެން ނިކުމެލީ ބެލްކަންޔަށެވެ. އެއްފަރާތުގައި ކުޑަ އޮދޯތް ޔެއް އެލުވައިފައި އިންތަން ފެނުމުން އަހަރެން އިތުރަށް އުފާވެ ހިތްހަމަ ޖެހުނެވެ. ބޭރުން ފެންނަނީ ގޯތީތެރޭ ހައްދާފައި ހުރި ރީތި މާގަސްތަކެވެ.

އަހަރެންވެސް ފެންވަރައި ހަދާލައިގެން އައިސް އެދުގައި އިށީން ދެލީމެވެ. މާ ހެދުނު ހެނދުނާއި ހޭލައިގެން އުޅެންފެށުމުގެ ސަބަބުން ލޮލަށް ނިދި ސަވާރުވާން ފެށިއެވެ. އެހެން ކަމުން އަހަރެން އަހަރެންގެ ފަރާތުގައި އޮށޯވެލީމެވެ. އިރުކޮޅެއް ނުވެ ޒާން ގޮވާލިއެވެ.

“ރާނިޔާ ނިދަނީތަ..؟” އޭރު އޭނާވެސް އޮތީ އެނދުގެ އަނެއްކޮޅުގައި އޮށޯވެގެންނެވެ. އަހަރެން ހޫން ލައްވާލީމެވެ. އަހަރެން ސިހުނީ ޒާން އަހަރެންނާއި ކައިރިއަށް ފުރޮޅިލުމުންނެވެ. އޭނާ އަހަރެންގެ އުނަގަޑުގައި ހިފައި ކައިރިއަށް ދަމައިގަތެެވެ. އަހަރެންގެ ނޭވާ ކަރުގައި ތާށިވިކަހަލަ އިހްސާސް އެއް ވިއެވެ. މިކަހަލަ ކަމަކަށް ނުވިސްނަ އިން އަހަރެންނަށް އިސްކުރެވުނީ ރުޅި އެވެ. ނަމަވެސް އެއްޗެކޭ ބުނުމުގެ ކުރިޔަށް އަހަރެން ވިސްނާލީމެވެ. މިހާރު އަހަރެންނަކީ ޒާން އަންހެނުންނެވެ. އެހެންކަމުން އޭނާއަށް އހަރެން ގަޔަތް އަތްލެވޭނެއެވެ. ފިރިމީހާގެ އެދުންތަށް ފުއްދާދިނުމަކީ އަހަރެންގެ ވާޖިބެކެވެ.

“އެކަމު އަހަރެން ބޭނުމެއް ނޫން ރާނީ ނިދާކަށް..” ޒާން އިތުރަށް އަހަރެންނާއި ކައިރިވެލިއެވެ. އަހަރެންނަށް ހަމަ އޮވެވުނީއެވެ. ގުޑިލަންވެސް ނޭނގިފައެވެ.

“ހިގާބަ..” ޒާން އެހެން ބުނެފައި އަހަރެންގެ ލޮލަށް ބަލާލިއެވެ. އެތަކެއް އަސަރުތަކެއް ފެންނަން ހުއްޓެވެ.

***

މެންދުރު ކާން އައިރު ބައްޕަ{ބަފައިބެ} އާއި މަންމަވެސް ތިއްބެވެ. އަހަރެންވެސް އައިސް ގޮޑިއެއްގައި އިށީނުމުން ބައްޕަ އަހާލިއެވެ.

“ކޮބާ ޒާން..؟”

“އެއަންނަނީ..” އަހަރެން ބުނެލީމެވެ. ކައިގެން އަހަރެން ނިކުމެލީ ގޯތިތެރެއަށެވެ. އެތާ އިން ޖޯއްޔެއް ގައި އިށީންދެ އަހަރެން ދެލޯ މަރާލީމެވެ. ގަސްތަކުގައި ވައި އަޅުވާ އަޑާއި ދޫނިސޫފާ ސޫފި ގޮވާ އަޑާއި މާބުރުތަށް އުދުހޭއަޑު ވަނީ މާހައުލުގައި ހިފާފައެވެ. އަަހަރެންނަށް ވިސްނެމުން ދިޔައީ ދެންމެ ޒާން އާއި އެކީ ހޭދަ ކުރެވުނު ވަގުތު ކޮޅާއި މެދުއެވެ. އަހަރެން ހިތަތް އެރިއެވެ. ފިރިހެނުން ހާދަ ކެއްތެރިކަން ކުޑައެވެ. ޒާން އެކުރިއްޔާ ކުރިކަމެއް ކުރީ އަހަރެންގެ ގަބޫލުގަ އެވެ. އެކަމު އެއީ އަހަރެން އެއްގޮތަކަށް ވެސް ބޭނުންވީ ގޮތެއް ނޫނެވެ.

ހިޔާލު ތަކުގައި އޮވެ މިހާރު އަހަރެންނަށް ވިސްނެމުން ދިޔައީ ޔޫޝައު އާއި މެދުއެވެ. އަޅެ ޔޫޝައު ހުންނާނީ އަހަރެންދެކެ ރުޅި އައިސް އެެވެ. އަހަރެން ޔޫޝައު ފަރާތުން މަޢާފަށް އެދެން ބޭނުމެވެ. އަހަރެން އަދި އޭނާ ދެކިލަން ބޭނުމެވެ. އއީ އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާ އެވެ. އަހަރެންގެ އަދިރި ހަޔާތަށް އެޅުނު އަލި ކޮޅެވެ.

ދުވަސްތަށް ފާއިތުވަމުން ދިޔައީ ހީއްކުރިވަރަށް ވުރެއްވެސް މާއަވަހަށެވެ. މިހާރު އަހަރެން މިރަށަށް އައިފަހުން ދެ ހަފްތާވެ ގޮއްސިއެވެ. މިރަށަށް އައި ފަހުން އަހަރެންގެ މަންމަމެންނާއި ވާހަކަ ދައްކެނި އަދި އެއްމެ ފަހަރަކުއެވެ. އހަރެން ހިތަތް އަރައެވެ. މަންމަމެން ހަމަ އެހާ ބުރަކޮށް މަސަށްކަތް ކުރަނީ ހެއްޔެެވެ. ގައިމު އެހެން ކުދިންގެ މައިންބަފައިންވެސް އެހާ ބުރަކޮށް އުޅުނަކަސް އަމިއްލަ ދަރިއަށް އަޅާލައެވެ. ނަމަވެސް އަހަރެންގެ މައިންބަފައިންނަކީ އޭގެ އިދިކޮޅެވެ.

ޒާން ވެސް އަހަރެންނަށް ހިތަނީ ވަރަށް ރަގަނޅަށެވެ. ކޮންމެ ދުވަހަކުވެސް އަހަރެން ކައިފިތޯ އަހާނެއެވެ. ކޮންމެ ރެއަކުވެސް ސައިކަލުގައި އަހަރެން ގޮވައިގެން ރަށުތެރެދައްކާލަން ދާނެއެވެ. މީހެއްގެ ފަރާތުން މިހާ ލޯތްބާއި އަޅާލުން މި ލިބުނީ އަދި ކިރިޔާއެވެ.  އެއީ ވެސް އަހަރެންގެ ފިރިމީހާ އަތުންނެވެ. އެކަމަކު ކައިވެންޔަށް އެއްމަސް ވީ ހިސާބުން ޒާންގެ އުޅުމަށް ވެސް މަޑުމަޑުން އައީ ބަދަލު ތަކެއް އަންނަމުންނެވެ. އަހަރެންނަށް އައީ އެކަން ފާހަގަ ވަމުންނެވެ. ގޭގައި ހޭދަކުރާ ވަގުތައްވުރެ ބޭރުގައި ހޭދަ ކުރާ ވަގުތު ގިނަވާން ފެށިއެވެ. އަހަރެންނާއި ދޭތެރޭވެސް ކުރޫގައި ކިތައްމެ ރަގަނޅަށް ހިތިޔަސް މިހާރު އެ އުޅުންވެސް ބަދަލު ވެއްޖެވެ. ޒާން އަށް މިއައި ބަދަލާއި ހެދި އަހަރެން މިހުންނަި ނުލާހިކު ހައިރާން ވެފައެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 910 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ފުރަތަމަ ނަޒަރުން 17

Next

މަޢާފްއަށް އެދެމޭ

Next
August 27, 2025

މަޢާފްއަށް އެދެމޭ

Previews
August 26, 2025

ފުރަތަމަ ނަޒަރުން 17

2 Comments!

  1. Keonho'swifey🧸 says:
    August 27, 2025 at 10:41 pm

    Nice story still waiting for the other story 😭abadhah

    1. _devil_ says:
      August 28, 2025 at 1:11 pm

      Thank you so much!
      insha’Allah maadhan!

Comments are closed.

Next Episodeބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރު ދީފާ-15←


All Right Reserved!