Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ކަނޑު ފުރޭތަ

Immy Level 210 Stories100 Comments
January 7, 2016 4 Mins Read
27 Comments

އޮއްސެމުން ދިޔަ އިރާ އެކު ފުރައިގެން އެ ދިޔަ ލޯންޗަކީ ރަށުން މާލެ ދާން ފުރި ލޯންޗެކެވެ. އާދިލް އެ އައީ އާދިލްގެ މަންމަ ކަމަށްވާ ދީނާ އާއި ބައްޕަ މޫސާ އާއި ކޮއްކޮ ޝާހިދާ މާލެ ދާން ފުރުވާލާފައެވެ.

ވެފަ ހުރި  ވަރުބަލިން ބަންގި ގޮވި ކަން ވެސް ނޭންގި ކޮޓަރި އެނދުގައި ޖައްސާލި ގޮތަށް ނިދުނެވެ. “އާދިލް…. އާދިލް….” އާދިލް އަށް ހޭލެވުނީ މީހަކު އޭނަގެ ނަމުން ގޮވާ އަޑަށެވެ. ވަރަށް ނިދި ބަރު ވެގެން ހުރެ ވެސް އޭނާ ތެދުވުމަށްފަހު ކޮޓަރި ދޮރު ހުޅުވާލިއެވެ. ކުރި މަތީ ހުރި މީހާ ފެނުމުން ހީވީ އޭނާގެ މެޔަށް ފިނި އެއްޗެއް އޮއްސާލެވުނު ހެންނެވެ. ކުރިމަތީ ހުރީ އާދިލް އަށް ދުވަހަކުވެސް ފެނިފައި ނުވާ ކުއްޖެކެވެ. ކަޅު ކަން ގަދަ އިސްތަށިގަނޑެކެވެ. ހިތި ފަތު ބުމައަކާއި އަޅި ކުލައިގެ ތަރި އެއް ފަދަ ދެ ލޮލެއެވެ. މަޑު ރަތް ކުލަ އަކަށް ދާ ރީތި ތުންފަތެކެވެ. ހަމުގެ ކުލަ ދޮނެވެ. ލާފައި ހުރީ އައް ކުރު ފިޔާ ތޮށި ކުލައިގެ ޓޮޕް ކޮޅެކެވެ. ތިރިން ލާފައި ހުރީ ނޫކުލައިގެ ޖިންސް އެކެވެ. މީ ހާދަ ރީތި ކުއްޖެކޭ އާދިލް ހިތަށް އެރިއެވެ. އާދިލް އަށް ހުރެވުނީ އެ ކުއްޖާ އާ ދިމާލަށް ގެއްލިފައެވެ. ގެއްލިފަ ހުރިވަރުން އެ ހަނދެއް ފަދަ ރީތި ކުއްޖާ ދެ ފަހަރަކު ކަރު ކެހިލިމުން ވެސް އާދިލް އަކަށް ނޭންގުނެެވެ. ތިންވަނަ ފަހަރަށް އެ ކުއްޖާ ކަރު ކެހިލީ ތަންކޮޅެއް ބާރަށެވެ. މި ފަހަރު ހަމަ ޔަގީނުން ވެސް އާދިލް އަށް ހިޔާލީ ދުނިޔެއިން އާދެ ވިއްޖެއެވެ. “ހާއި… އަހަންނަށް ކިޔަނީ މީޝާ… ތީ އާދިލް ދޯ…” އެކުއްޖާ ރީތި ހިނިތުން ވުމަކާ އެކު ބުނެލިއެވެ. އާދިލް އަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ހާދަ ރީތި އަޑެކެވެ. އާދިލް ގެ ދުލުން އެންމެ ލަފްޒެއް ވެސް ނުބުނެވުނެވެ. އެހެން ނަމަވެސް ބޮލުގެ އިޝާރާތުން އާނ އެކޭ ބުނެލިއެވެ.

“ތި… ތީ… ކާކު؟؟” އާދިލް ވަރަށް އުނދަގުލުން ބުނެލިއެވެ. “ހެހެ… އަހަންނަކީ މީޝާ… ކުރިން ވެސް މިހެން ބުނެވުނު ދޯ!! ހެހެ… ތި ބުނީ އަހަންނަކީ ކޮން ތާކުން އައި ކާކު ހެއްޔޭ ދޯ؟؟ އަހަރެންގެ މަންމަ އަކީ އާދިލް ގެ މަންމަ ގެ ވަރަށް ގާތް އެކުވެރިއެއް… އަހަރެން ބޭނުންވަނީ މޮޅަށް ކިޔަވަން… އެހެންނަމަވެސް އަހަރެންގެ އާއިލާ އަކީ އެހާ ތަނަވަސް ބައެއް ނޫން… އެހެންވެ އާދިލްގެ މަންމަ އަހަރެންނަށް ކިޔަވާއި ދެވޭނެ ވަރަށް އަހަރެންގެ މަންމަ އަތަށް ފައިސާ ދިން.. އާދިލް ގެ މަންމަ ބޭނުންވީ މިގޭގަ އެކަަކުވެސް ނެތު މާއެކު އާދިލް ގެ ކަންތަށް ބެލެހެއްޓުމަަށް އަހަރެން މި ގޭގައި ހުންނަން… އެހެންވެ އަހަރެން މި ރަށު ކޮލެޖަށް ވަނީ… އިތުރު ސުވާލެއް؟؟؟” މީޝާ އާ ބެހޭ ހުރިޙާ މައުލޫމާތެއް އާދިލް އަށް ދިނުމަށް ފަހު ދެން އެ ކުރި ސުވާލުން އާދިލް އަށް ކުޑަކޮށް ހެވުނެވެ. “ހެހެ… ނޫނޭ ނެތް އިތުރު ސުވާލެއް…” އާދިލް މިހެން ބުނެލުމަށްފަހު މީޝާ އާ ދިމާލަށް މާނަ ވީ ގޮތަކަށް ބަލައިލިއެވެ. މީޝާ ލަދުން އިސް ޖަހާލިއެވެ. އެ ދޮން މޫނަށް މަޑު ރަތް ކުލައެއް ވެރިވެގަތުމުން އާދިލް ގެ މޫުގައިވާ ހިނިތުން ވުނ އިތުރަށް ފުޅާ ވިއެވެ. “މީޝް… މީ…. މީޝް އަހަންނަށް ކޮންމެހެން ނުޖެހޭނެ  ކަމެއް ކޮށްދޭކައް… މަށަށް އިނގޭ އަމިއްލަ އަށް ގަމީހާއި އެއްޗެހި އިސްތިރިކޮށް ހަދަން. ކައްކަން އިނގޭ… ކާން ވެސް އިނގޭ…”މިހެން އާދިލް ބުނެލުމާއެކު މީޝާ އަށް ހެވުނެވެ. “ނޫނޭ… މަށަށް ވެސް އިނގޭ އާދިލް އަށް ކާން އިނގޭނެކަން. އެކަމް އާދިލް ބޭނުމިއްޔާ މަ އާދިލް އަށް ކާން ދީފާނަން…. ހެހެ..” މިހެން ބުނުމަށް ފަހު މީޝާ އަށް ހީލެވުނެވެ. “ހާދަ ރީތި ހީލުމެކެވެ…” އާދިލް ގެ ހިތަށް އެރިއެވެ.

އާދިލް ފެންވަރާލައިގެން ނުކުއިން އިރު އެނދު މަތީ ރަތް ކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއް އޮތެވެ. މީ މީޝާ ގެ ކަމެއް ކަން އާދިލް އަށް ވަރަށް ފަސޭހައިން އިނގުނެވެ. އާދިލް ތައްޔާރު އެ ވަނީ އޭނާގެ ކޮލެޖް ގައި އޮތް އިތުރު ހަރަކާތަކަށް ދާށެވެ. ތައްޔާރު ވަމުން ދިޔައިރު އާދިލް އަށް މޫޝަން ގެ “ރީތިކަން” މި ލަވަ ކޔެމުން ދިޔައެވެ.

“ރީތިކަަން ބަޔާން ކޮށްދޭ މަލާއޭ…

އަޖައިބު ވާ ހަރަކާތް ތަކޭ ތިއީ…”

“ހީލުމުން ހީވޭ ފުރިދާ ހިތް މަގޭ…

ދުނިޔެ މަތިން ނުދެކޭހާ ފުރިހަމަ ވީ ހީލުމެކޭ…” މިތަން ކޮޅު ކިޔާލުމަށްފަހު އަނެއްކާވެސް އާދިލް އަށް ހިނިތުންވެލެވުނެވެ. “ދުނިޔެ މަތިން ނުދެކޭހާ ފުރިހަމަ ވީ ހީލުމެކޭ…” އާދިލް އަށް އަނެއްކާވެސް މިތަންކޮޅު ކިޔާލެވުނެވެ. “ﷲގެ ކުޅަދުންވަތަ ކަމާއޭ… ހާދަ ރީއްޗޭ މީޝާ…. އެހާ ރީތި ކުއްޖެއް ދުވަހަކުވެސް ނު ދެކެން… ވާއު..” އާދިލް އަށް ހައްތަހާވެސް ވިސްނެމުން ދަނީ މީޝާ އާ މެދުއެވެ. ކީއްވެގެން ކަމެއް ނޭންގުނެވެ. ގޮތް ނޭންގޭ އިހުސާސް ތަކެއް ވަނީއެވެ.

ރޭގަނޑު ނުވައެއް ޖަހައިފިއެވެ. މިގަޑިއަކީ އާދިލްް އާންމު ކޮށް ރޭގަނޑު ކާ ގަޑިއެވެ. އެހެނަސް މިރޭ އާދިލް އެ އޮތީ އެނދުމަތީ ހިޔާލަކަށް ގެއްލިފައެވެ. ފޯނު ހިފައިގެން އޮތެއް ކަމަކު އާދިލް އޮތީ ފޯނަށް ސަމާލުކަން ދީގެންނެއް ނޫނެވެ. އިރުކޮޅަކުން އާދިލްގެ ކޮޓަރީގައި މީހަކު ޓަކި ޖަހާ އަޑަށް އާދިލް ތެދުވެ ދޮރު ހުޅުވާލިއެވެ. އެއީ މީޝާ އެވެ. “އާދޭ ކާން…” މީޝާ ހިނިތުން ވެލަމުން  ބުންޏެވެ. އާދިލް މީޝާ ގެ ފަހަތުން ބަދިގެ އަށް ވަނެވެ. “ކޯއްޗެއް ހުރީ ކާން؟؟” އާދިލް ގޮނޑީގައި އިށީންނަމުން އަހާލިއެވެ. “ގަރުދިޔަ އާއި ބަތާއި  އަސާރަ އަދި ލޮނުމިރުސް…” މީޝާ އަވަހަށް ބުނެލިއެވެ. “އެެހެންތަ؟؟ މީޝާތަ ކެއްކީ؟؟” އާދިލް މީޝާ އާ ގިނައިން ވާހަކަ ދައްކަން ވެގެން ބުނާނެ އެއްޗެއް ނޭންގިގެން އަހާލިއެވެ. “ހްމްމް… މަ ކެއްކީ… ކިހިނެއްވީ؟؟ މަ ނުކައްކަންވީތަ؟؟” މީޝާ އަހާލިއެވެ. “ހެހެ… ނޫން ދެން އެހެނެއް ނޫން…” އާދިލް  ވެސް ހީލަމުން ބުނެލިއެވެ. މީޝާ ސިންކުން ތަށްޓެއް ދޮވެލައިގެން އައިސް އާދިލް ގެ ކުރިމަތީ ބަހައްޓާލިއެވެ. އެއަށް ފަހު ގަރުދިޔަ އަޅަފައި ހުރި ތަށްޓެއް ކާ މޭޒު މަތީ ބަހައްޓާލިއެވެ. އާދިލް ތަށްޓައް ބަތް އަޅަން ފެށުމުން މީޝާ ވެސް ތަށްޓެއް ހިފައިގެން އައިސް އާދިލް އާ ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގައި އިށީންދެލިއެވެ.

އެ ގޮތެއް އާދިލް އަކަށް ކަމަކު ނުދިޔައެވެ. “މީ…. މީޝާ… މީނަ ގޮނޑީގައި އިށީންދެ ބަލަ…” އާދިލް ކުރިމަތީ އިން ގޮނޑި ދައްކާލަމުން ބުނެލިއެވެ. “އެއީ އަނެއްކާ ކިހިނެއްވީ؟؟” މީޝާ ކުޑަކޮށް ހާސް ވެގެން އިނދެ އަހާލިއެވެ. ނަމަވެސް އޭނާގެ މަންމަ އާއި އެހާ ގާތް މީހެއްގެ ދަރިއެއް އެ ކަހަލަ ކަމެއް ނުކުރާނެއޭ އޭނާގެ ހިތަށް ވިސްނައިދެމުން ދިޔައެވެ. “އެއީ ވަރަށް ފަޅު ވާނެ އެއްނު މަށަށް ވެސް މަންމަ އާއި ބައްޕަ އާއި ކޮއްކޮ ނެތީމަ ދޯ… ދެން… ޝާހިދާ އަބަދު ކާ އިރު މި ގޮނޑީގަ އިންނަނީ… އެހެންވެ މީޝާ ޝާހިދާ ގެ ފަޅު ފިލުވާލަ ދޭންވީނު…” އާދިލް ހުރީ މާ ކުރިން މީޝާ އެހެން އަހައިފިއްޔާ ދޭނެ ޖަވާބަ ކަމާ މެދު ވިސްނައި ގެން ކަމުން ވަރަށް އަވަހަށް ޖަވާބު ދިނެވެ. މީޝާ ތަށި ހިފައިގެން އައިސް އާދިލް ބުނި ގޮނޑީގައި އިށީންދެލިއެވެ. މީޝާ އަށް އެހާ ފަސޭހައިން އާދިލް ބުނި ވާހަކަ ގަބޫލް ކުރެވުނީ އެއީ އާދިލް އަކީ މީޝާ އިތުބާރު ކުރާ މީހަކަށް ވެފައި އަދި އާދިލް ދިން ޖަވާބު ހަމަ ޖެހޭތީއެވެ.

ކަމުން ދިޔައިރު ވެސް އާދިލް އަށް ހަމަ ބެލެނީ މީޝާ އާ ދިމާލަށެވެ. މިކަން ބައެއް ފަހަރަށް މީޝާ އަށް ފާހަގަ ކުރެވިގެން ކިހިނެއް ވީތޯ ވެސް އަހާލައެވެ. ކޮންމެ ފަހަރަކު އާދިލް ފުއްދާލަނީ ކަމެއް ނުވެއޭ ބުނެލަމުންނެވެ. ކައި ނިމިގެން އާދިލް ދިޔައީ ޓީވީ ބަލާލާށެވެ. އާދިލް އާ އެކު މީޝާ ވެސް ޓީވީ ބަލަން ޖައްސާލިއެވެ. “ހޭ…. މަ ދާން ވެއްޖެ… ޓުމޯރޯ އިޒް މައި ފަސްޓް ޑޭ އެޓް ކޮލެޖް…. ޔޭ… ހެހެ… ސޯ އައި ހޭވް ޓު ސްލީޕް އާރލީ… ގުޑް ނައިޓް އާދިލް… ސީ ޔޫ ޓުމޯރޯ..” އިރުކޮޅަކު މީޝާ ޓީވީ ބަލާލަން  އިނުމަށް ފަހު ތެދުވަމުން ބުނެލިއެވެ. އާދިލް ވެސް މީޝާ އަށް ގުޑް ނައިޓް އޭ ބުނެލުމަށްފަހު ކޮޓަރި އަށް ވަނެވެ.

ނުނިމޭ (:-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Immy

Level 210 Stories100 Comments

Other Articles

Previous

ދުކު (3ވަނަ ބައި)

Next

އިރު އޮއްސުމުން.. ތިންވަނަ ބައި

Next
January 7, 2016

އިރު އޮއްސުމުން.. ތިންވަނަ ބައި

Previews
January 7, 2016

ދުކު (3ވަނަ ބައި)

27 Comments!

  1. Immy says:
    January 7, 2016 at 8:54 pm

    heyy guyxx… here is the frst prt of ths stry…. n i knw its a lil shrt…. i mde ths prt a lil shrt cx i wnted to knw hw much spprt the stry will gt….
    n i wnt rdrs to tell me if there is any mstk in the stry… bt nt in a bad wayy…..
    hwp u all wll lyk it…. 😉 😉

  2. ken? says:
    January 7, 2016 at 9:45 pm

    good luck n hope to c next part ASAP…btw story is interesting ???

    1. Immy says:
      January 7, 2016 at 10:13 pm

      thnx alt ken…. ASAP??? i ddnt knw this stry ws tht gud… hehe…..

  3. Eyesh says:
    January 7, 2016 at 9:49 pm

    Wow… haadha reethi ey mi story.. can’t wait to read the next part. Immy alhe Kon irakun next part up kuranee? Best of luck gurl ?

    1. Immy says:
      January 7, 2016 at 10:15 pm

      thnxx alt Eyesh…. <3 rlly??? hehe…..
      nxt prt up kkureveyne sat ga in sha Allah…..
      thnx again Eyesh… 😉

  4. shuhoo says:
    January 7, 2016 at 9:55 pm

    Feshun vrh reethi ❤

    1. Immy says:
      January 7, 2016 at 10:16 pm

      awwn… thnxx shuhoo…. 🙂

  5. Luyoona says:
    January 8, 2016 at 7:34 am

    www reethi and when is the next part

    1. Immy says:
      January 8, 2016 at 2:13 pm

      thnxx alt luyoonna….

  6. nihaa says:
    January 8, 2016 at 9:30 am

    Wow v v reethi hingey….sat ga up kohdehchey…..

    1. Immy says:
      January 8, 2016 at 2:18 pm

      thnxx nihaa… yahh sat ga up kohdheynn in sha allah…

  7. nukko says:
    January 8, 2016 at 10:08 am

    Wowww….. immyy…. varah varah rythi mi part…. cant .wait sat ah….hehehe gud luk girl.. miss u bodu bodu koh…. 🙂 tc

    1. Immy says:
      January 8, 2016 at 2:21 pm

      aawwnnnn….. nukkkooooo…… thnxx alt n alt n alt… <3…. tmrw is sat n u cnt wait?????? hheehhe…… ok….
      miss u n luv yew vrhh vrhhh vrhhh bodhu bodhu kh….. tvgc of ur self swyty…. 😉 😉

  8. shine says:
    January 8, 2016 at 11:49 am

    Masha Allah.., v v v nice…,

    1. Immy says:
      January 8, 2016 at 2:22 pm

      rlly??? thnxx alt shine……

  9. Booooooooo says:
    January 8, 2016 at 2:51 pm

    Bahuge kuh ebahuri. Imlaa kuh gina. Meena gondi fadha kuh bas ebahuri. Mikan kamah samaalukan dhinun rangalhu. Vaahaka reethi.

    1. Immy says:
      January 8, 2016 at 3:55 pm

      thnx alt boooo fr tellin my mstkes n fr readin

  10. lucy says:
    January 9, 2016 at 6:57 pm

    soooo wonderful. love it. can’t wait for the next one

    1. lovely says:
      January 9, 2016 at 7:37 pm

      wait it will come soon

    2. lucy says:
      January 9, 2016 at 7:39 pm

      tommorow i think

  11. Natsu says:
    January 9, 2016 at 7:13 pm

    I love this story. When will the next one come

    1. lovely says:
      January 9, 2016 at 7:38 pm

      very soooooooooooooon……….

    2. lucy says:
      January 9, 2016 at 7:41 pm

      it will be quick

  12. Aikko says:
    January 9, 2016 at 7:39 pm

    waau…..love it.. really amazing

    1. lucy says:
      January 9, 2016 at 7:42 pm

      have you even read it yet

    2. lovely says:
      January 9, 2016 at 7:43 pm

      hnn its is :p

  13. ayersha says:
    May 27, 2017 at 7:36 am

    Varah salhi mi part.. ekam namun hee kury mi part vs varah biru veri vaane kamah..☺

Comments are closed.

Next Episodeކަނޑު ފުރޭތަ (2)←


All Right Reserved!