Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވަޢުދޭ ވެވޭމީ 8

Eesh
Eesh Level 4100 Login10 Stories
August 23, 2025 4 Mins Read
6 Comments
  • އޮފީހަށް ގޮސް ވައިން އިރުވެސް ހައިޒަލް އަރާފައި ހުރި ރުޅި މައިތިރި ނުވެއެވެ. ކެބިންއަށް ވަދެ ހަމަ ޖެހިނުލެވެނިސް ނައުހާ އައިސް ވަނުމާއެކު ހައިޒަލްގެ ރުޅި ކޮންޓްރޯލުން ނެއްޓިއެވެ. “ނައުހާ… ހަމަ މިހާރު ނުކުމޭ… އަހަރެން މައްސަލަ ނުޖައްސަނިސް އަހަރެންނަށް އުނދަގޫ ކުރުން ހުއްޓާލަބަލަ…” ހައިޒަލް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލިއެވެ. “ޗިލް ހައިޒަލް… އަހަރެން މިއައީ ރިޒާމް ސަރ ބުނެގެންނޭ…” ނައުހާ ބުނެލިއެވެ. އަދި ހައިޒަލް ކައިރީ ބުނަން ބުނި ވާހަކަތައް ބުނެފައި ހައިޒަލް ކައިރިއަށް ޖެހިލިއެވެ. ވަރަށް ނޫންކަމަށް ހެދެމުން ނައުހާ، ހައިޒަލްގެ އަތުގައި ފިރުމާލިއެވެ. ހައިޒަލް އޭނާގެ އަތް ދަމާގަތް އިރު ހީވީ ކަރަންޓު ޖެހުނުހެންނެވެ. ދަތްކުނޑި ވިކާލަމުން ހައިޒަލް އަމުރުކުރީ އެތަނުން ނުކުތުމަށެވެ. އެހެންނޫނީ ވެރިންނަށް އަންގާނެ ކަމަށެވެ.
  • ނައުހާ ނުކުތުމުންވެސް ހައިޒަލް އަރާފައި ހުރި ރުޅި މައިތިރިއެއްވެސް ނުވިއެވެ. ފުނި ޖެހިފައި ހުރި މަސައްކަތްތައް ކުރަމުންގޮސް ހުއްޓާލީ މީޓިންއަށް ދިޔުމަށެވެ. އެއްގަޑިއިރަށް ދެމިގެންދިޔަ އެ މީޓިން ނިންމާފައި ހައިޒަލް ގެޔަށް ދާން ނިންމީ ބޮލުގައި ވެސް ރިއްސަމުން ދިޔައީތީއެވެ. ގެޔަށްދާން ތައްޔާރުވަމުން ދިޔައިރުވެސް ހައިޒަލްގެ ބޮލުތެރޭގައި ޒިޔާންގެ ވާހަކަތައް ގުގުމަމުން ދިޔައެވެ.
  • ބަދިގޭގައި ހަރަކާތްތެރި ވަމުން ދިޔަ ނައިނާގެ ސަމާލުކަން ހޯދީ އެޕާޓްމެންޓް ދޮރު ހުޅުވުނު އަޑަށެވެ. ކާކުތޯ ބަލާލުމުގެ ނިޔަތުގައި ނައިނާ ބޭރަށް ބޯދިއްކޮށްލިއެވެ. އެވަގުތު ކޮނޑުގައި ލެޕްޓޮޕް ދަބަސް އަޅުވައިގެން ހުރި ހައިޒަލް ފެނި ނައިނާގެ ދެ ބުމަ ގޮށް ޖެހުނެވެ. އެހެނީ މިއީ ދުވަހަކުވެސް ހައިޒަލް ގެޔަށް އައި ގަޑިއެއްނޫނެވެ. “ހައި… ކިހިނެއްވީ؟…” ނައިނާ ބަދިގެއިން ނުކުންނަމުން އަހާލިއެވެ. ހައިޒަލް ޖަވާބެއްވެސް ނުދީ ހިނގައިގަތުމުން ނައިނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. “ހައި…” ވައި އަޑުން ނައިނާއަށް ގޮވާލެވުނެވެ. ބޭއިޚްތިޔާރުގައި ނައިނާ ފެންކަޅިވީ ހައިޒަލް ކަންތައް ކުރިގޮތުންނެވެ. އެހެނީ ހައިޒަލްއަކީ ދުވަހަކުވެސް ނައިނާ ގޮވާލުމުން އަޅާނުލާ ހުރި މީހެއް ނޫނެވެ.
  • * * * * * * * * *
  • “ދަރިފުޅާ ޒިޔާން… ބައްޕަ ބޭނުން ތިބުނާ ނައިނާއަކާ ބައްދަލު ކޮށްލަން… ކިހިނެއްވާނީ މާދަން މެންދުރު ކާން ގެންނަން؟… ހުކުރު ދުވަސްވީމަ ބައްޕަވެސް ފްރީ ވާނެ…” ސޯފާގައި އިށީންނަމުން ރިޒާމް ބުނެލިއެވެ. އެވަގުތު ކޮޓަރިން ނުކުމެގެން އައި ޒިޔާނާވެސް ރިޒާމްގެ ވާހަކައަށް ބާރު ދިނެވެ. “ލައްބަ ބައްޕާ… އަހަރެން ނައިނާ ކައިރި އަހާލާފަ ބުނެލާނެން އިނގޭ… އެބަ އަންނަން އަހާލާފަ…” ޒިޔާންގެ އަޑުގައި އެހެންޏާ ނުހުންނަ ފަދަ ފޯރިއެއް ހުއްޓެވެ. ޒިޔާން އުޅެމުން ދިޔަގޮތުން ހިނި އައިއްސަ އިން ޒިޔާނާގެ އަތުގައި ރިޒާމް ހިފާލިއެވެ. “ޒިޔާ… މާދަމާ އެ ކުއްޖާއާ ބައްދަލު ކުރީމަ އިނގޭނެ އެއްނު… އެކަމާ ދެން އެހާ ނުވިސްނާތި އިނގޭ… ކޮންމެ ކަމެއްވެސް ވާނީ ހަމަ ރަނގަޅަކަށް…” ލޯތްބާއެކު ރިޒާމް ބުނެލިއެވެ. އެއާއެކު ޒިޔާނާ ހިނިތުން ވެލަމުން ބޯ ޖަހާލިއެވެ.
  • “މަންމާ… ބައްޕާ… ނައިނާ ބުނީ މައްސަލައެއް ނެތޯ… އެއްގަޑި ބަޔަށް ތައްޔާރުވާން އަހަރެން ބުނީ… އޭރަށް ހުކުރު ނަމާދު ނިންމާލާފަ ނައި ބަލާ އަހަރެންނަށް ދެވޭނެެއްނު…” ޒިޔާން ބުނެލިއެވެ. އަދި އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިއަށް ވަނެވެ. ޒިޔާންގެ ކޮޓަރި ވަނީ މުޅިން ހުދު ކުލައިން ތައްޔާރު ކޮށްފައެވެ. އެނދާއި އެހެނިހެން ފަރުނީޗަރުތައްވެސް ހުރީ ސާފު ހުދުންނެވެ. ކޮޓަރިއަށް ވަދެ ތަޅުލުމަށް ފަހު ޒިޔާން ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އަދި ފޯނު ނަގައި ގެލަރީއަށް ވަދެ ނައިނާގެ ފޮޓޯއެއް އަޅުވާލިއެވެ. “ނައި… މައި ބިއުޓިފުލް ޑާރލިން… ލަވް ޔޫ ސޯ މަޗް…” ނައިނާގެ ފޮޓޯއަށް ބަލަހައްޓައިގެން އޮވެ ޒިޔާން ބުނެލިއެވެ. މޮޔައެއް ފަދައިން އެ ފޮޓޯއާ ވާހަކަދައްކަން ޒިޔާން އެތައް އިރަކު އޮތެވެ. ބަލާ މީހަކަށް ހީވާނީ ޒިޔާންއަކީ ހަމަ މީހެއްނޫން ހެނެވެ.
  • * * * * * * * * *
  • ޖެހިގެން އައި ދުވަހެވެ. މިއަދު ތަންކޮޅެއްކުރިން ނައިނާ ހޭލީ ސައި ތައްޔާރު ކުރުމަށްފަހު އަވަހަށް މެންދުރުގެ ސާމާނު ނިންމާށެވެ. އިރުކޮޅެއްނުވެ ރިހާނާވެސް އައިސް ނައިނާއާ ބައިވެރިވިއެވެ. “ދަރިފުޅު މިހާ ކުރިން މެންދުރަށް ތި ކައްކަނީ ކިހިނެއްވެގެން؟…” ރިހާނާ އަހާލީ ތަރުކާރީ ކޮށަން ހުރި ނައިނާ ކައިރީއެވެ. “އެއީ މިއަދު މެންދުރު ރައްޓެއްސެއްގެ ގެޔަށް ކާންދާން ދައުވަތު ލިބިފަ އެބައޮތް… އެހެންވެ ތަންކޮޅެއްކުރިން ބަދިގެއަށް ވަދެ ހުރިހާ ކަމެއް ނިންމާލަން ކަމަށް… އަނެއްކާ ޒާން ހޭލިމަ އުނދަގޫވެސް ވާނެ…” ނައިނާ އެހެންބުނި ވަގުތު ހައިޒަލްގެ އަތުގައި ހިފައިން ޒާން އައިސް ބަދިގެއަށް ވަނެވެ. އެއާކު ނައިނާ ކުރަންހުރި މަސައްކަތް ބެހެއްޓުމަށްފަހު އެ ދެމީހުންނަށް ސައިދޭން އަވަސްވެގަތެވެ.
  • “މަންމާ… ހާދަ ކުރިޔަކުން ތި ކައްކަނީ؟…” ސައިބޯން ފަށަމުން ހައިޒަލް އެއްސެވެ. އެހެނަސް އެންމެ ފަހަރަކުވެސް ނައިނާއާ ދިމާލަށް ބަލާވެސް ނުލައެވެ. އެކަމާ ނައިނާވެސް ހުރީ ދެރަވެފައެވެ. ވީ ނުވީއެއް ނޭންގި ހައިޒަލް އޭނާ ދުރުކޮށްލީމައެވެ. “އާން… ނައި ޖެހެއޯ ކޮންމެސް މީހެއްގެ ގެޔަށް ކާންދާން މެންދުރު…” އެއާއެކު ހައިޒަލްއަށް ވިސްނާލެވުނެވެ. ނައިނާއާ އެހާ ގާތް މީހަކަށް ހުންނާނީ އެންމެ މީހެކެވެ. ޒިޔާންއެވެ. އައި ރުޅިން ހައިޒަލްގެ ދެއަތް މުއްކެވި ބުމަ ގޮށް ޖެހުނެވެ. އަވަސްއަވަހަށް ސައިބޯލައިން ޒާން ގޮވައިން ހައިޒަލް ނުކުތް މަންޒަރު ފެނި ނައިނާ ހުރީ ހައިރާންވެފައެވެ.
  • “ހައި…” ބެލްކަނީގެ ރެއިލިން ގައި އަތް އަޅުވާލައިގެން ހުރި ހައިޒަލްގެ ފަހަތުގައި ހުއްޓެމުން ނައިނާ ގޮވާލިއެވެ. އެހެނެއްކަމަކު ހައިޒަލް ފަހަތް ބަލާވެސް ނުލިއެވެ. “ހައިޒަލް… ކިހިނެއްވެގެންތަ ތިއުޅެނީ… އަހަރެން ކީއްކޮށްގެންތަ ތި އިގްނޯ ކުރަނީ؟…” ހިތްހަމަނުޖެހިފައި ނައިނާ ހައިޒަލްގެ އަތުގައި ހިފައި ނައިނާއާ ވީ ދިމާލަށް އަނބުރާލިއެވެ. އެކަހަލަ ކަމަކަށް ނުވިސްނާ ހުރި ހައިޒަލް ބާރަކަށް އައިސް ނައިނާ ގައިގަ ޖެހުނެވެ. ހައިޒަލް އައިސް ޖެހުނުލެއް ބާރު ކަމުން ނައިނާވެސް ދިޔައީ ވެއްޓެންނެވެ. “މަންމާ…” ވެއްޓުމުން ވާނެ ތަދު ހިތަށް އެރުމާއެކު ނައިނާއަށް ލޯ މަރާލަމުން ހަޅޭތް ލަވައިގަނެވުނެވެ. އިރުކޮޅެއްވީ ފަހުން އެއްވެސް ތަދެއް އިހުސާސް ނުވުމުން ނައިނާ ދެލޯ ހުޅުވާލިއެވެ. އެއިރު އެއްއަތުން ނައިނާގެ އުނަގަނޑުގައި އަނެއްއަތުން ފާރުގައި ހިފަހައްޓައިގެން ހައިޒަލް ހުއްޓެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި އެތައް އިރަކު ހައިޒަލްއާއި ނައިނާ ހުއްޓެވެ.
  • “ވާއު މަންމީ…” ދެމީހުންނަށްވެސް ހޭވެރިކަމެއްވީ ޒާންގެ އަޑުންނެވެ. އެއިރު ތަންކޮޅެއް ދުރުގައި ލާނެތް ގޮތަކަށް ހެވިފައި ޒާން ހުއްޓެވެ. ހައިޒަލް ގޮސް ޒާން އުރާލި ތަން ބަލަން ނައިނާ ހުރީ ދެންމެ ކަންތައްވީ ގޮތުން ލަދުން ވާނެ އެއްޗެއް ވެފައެވެ. “ހައިޒަލް… އެއްޗެހި އިސްތިރި ކޮށްފައި ހުންނާނެ… ޒާން… އަވަހަށް އާދޭ ފެންވަރާ ތިއްތިވާން…” ކޮޓަރިއަށް ވަންނަމުން ނައިނާ ގޮވާލިއެވެ. އެއާއެކު ހައިޒަލްގެ އަތުން ފައިބައިގެން ޒާން ދުވެފައި ގޮސް ނައިނާގެ ކޮޓަރިއަށް ވަނެވެ. އެވަގުތު ހައިޒަލްގެ ސިކުނޑިގައިވީ މީގެ އިރުކޮޅެއް ކުރިން ހިނގައިދިޔަ ހާދިސާއެވެ. އެގޮތަށް ލޯ މަރާލައިން ހުންނަ އިރު ނައިނާ ހާދަހާވާ ރީއްޗެވެ. އެ އޮމާން ކޯތާފަތުގައި ބޮސްދޭން ބޭނުންވިޔަސް ހައިޒަލްއަށް އެފަދައިން ކަންތައް ކުރުމުގެ ހައްގެއް ނެތްކަމަށް އޭނާ ގަބޫލުކުރެއެވެ. ހައިޒަލް ހީކުރާ ގޮތުގައި ނައިނާ ވެސް ޒިޔާން ދެކެ ލޯބިއެވެ. އެހެނެއްކަމަކު ހައިޒަލްއަށް ނޭނގުނީ އެ ކުރެވުނީ މުޅިން ގޯސް ހީއެއް ކަމެވެ.
  • * * * * * * * * *
  • ހުކުރު ނަމާދު ކޮށްގެން މިސްކިތުން ނުކުތް ޒިޔާންގެ މިސްރާބަކަށްވީ ނައިނާމެން ދިރިއުޅޭ އެޕާޓްމެންޓެވެ. އެހިސާބަށް ދިޔައިރު ނައިނާ ހުރީ މަގުމައްޗަށް ނުކުމެއެވެ. ކަޅު ކުލައިގެ ގަމީސް މަތިކޮޅަކާ އެކީ ކަޅު ޖިންސެއްގައި ނައިނާ ފެންނަލެއް ނުހަނު ހިތްގައިމެވެ. އެ ދިގު ފަން އިސްތަށި ގަނޑުވެސް ނިއުޅާލާފައި އޮތުމުން ވަކިން ލޯތްބެވެ. “ވާއު… ޔޫ ލުކް ސޯ ޕްރިޓީ…” ނައިނާ ފެނުމާއެކު ޒިޔާން ތަޢުރީފުކޮށްލިއެވެ. އެއާއެކު ހީލަމުން ނައިނާ ‘ތޭންކްސް’ އޭ ބުނެލިއެވެ. ޒިޔާންގެ ސައިކަލު ފަހަތަށް ނައިނާ އެރުމާއެކު ޒިޔާން ސައިކަލު ދުއްވާލިއެވެ.
  • އާދައިގެ ދުވެއްޔެއްގައި ސައިކަލު އައިސް ހުއްޓުނީ ލިލީވައިޓް ގޭ ދޮރުމައްޗަށެވެ. “މީ އަހަރެންގެ ބައްޕަގެ ގެ… އުޅޭނީ މަންމާއާ ބައްޕަ ދެން އަހަރެން… އާދޭ އެތެރެއަށް…” ޒިޔާންގެ ފަހަތުން ގެޔަށް ވައިން ނައިނާއަށް ފެނުނީ ސާދާ ކަމެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ ސާފުތާހިރުކަމާއި ރީތިކަމެވެ. ޔަގީނުންވެސް އެއީ އާދައިގެ ދިރިއުޅުމަކަށް ލޯބިކުރާ ބައެއްކަން އިނގޭހާވެއެވެ. ގޭތެރެއަށް ވަދެގެން އައި އިރު ސޯފާގައި މެދު އުުމުރުގެ ފިރިހެނަކު އިނެވެ. ވަގުތުން ނައިނާއަށް އެއީ ޒިޔާންގެ ބައްޕަކަން އިނގުނެވެ. “ބައްޕާ… ކޮބާ މަންމަ؟…” ޒިޔާނާ ފެންނަން ނެތުމުން ޒިޔާން އަހާލިއެވެ. އެވަގުތު ރިޒާމް އިސް އުފުލާލާ ކައިރީގައި ހުރި އަންހެން ކުއްޖާއަށް ބަލައިލިއެވެ. އެއާއެކު ރިޒާމްއަށް ހީވީ ދުނިޔެ ބޯމައްޗަށް ވެއްޓުނު ހެންނެވެ. ލިބުނު ސިހުމުގައި ރިޒާމްގެ އަނގައިން އެންމެ ލަފުޒެއްވެސް ބޭރެއް ނުވިއެވެ. ހަމަ ކަޅި ޖަހާނުލައި ނައިނާއަށް ބެލީއެވެ.
    “ބައްޕާ؟…” ޒިޔާން ގޮވާލީ ރިޒާމް ނައިނާއަށް ބަލަމުން ދިޔަވަރުންނެވެ. “މި… މަންމަ… މި އަންނަނީ މަންމަ ގޮވައިން… ދެކުދިން އެހަށް މިތާ ތިބެލާ…” ސޯފާއަށް އިޝާރާތް ކުރަމުން ރިޒާމް ބުނެލިއެވެ. އެއަޑުގައި ވި ނުތަނަވަސްކަން ފާހަގަވެފައި ނައިނާ އިނީ ވާނުވާގައެވެ. އޭނާ ފެނިފައި ޒިޔާންގެ ބައްޕައަށް އެއައި ބަދަލު ތަކުގެ އަސްލު ދެނެގަންނަން ނައިނާ އިނީ ކެތްމަދުވެފައެވެ.
  • “ޒިޔާނާ…” ފާހަނައިން ނުކުތް ޒިޔާނާ ފެނިފައި ރިޒާމްއަށް ގޮވާލެވުނެވެ. “އެކުދިން އައީތަ؟… އާދޭ ދާން…” ކޮޓަރިން ނުކުންނަން ދިޔަ ޒިޔާނާގެ އަތުގައި ރިޒާމް ހިފެއްޓިއެވެ. “މިތާ އިށީންދެބަލަ… ޒިޔާ… ކޮންމެ ކަމެއްގެވެސް ހަގީގަތް ފާޅުވާ ދުވަހެއް އަންނާނެ… އިނގޭ މިދުވަހަށް ޒިޔާ ރެޑީ ނޫންކަން… ޚުދު އަހަރެންވެސް ރެޑީއެެއް ނޫން… ހީވެސް ނުކުރާ ގޮތަކަށް އެންމެފަހުން ކަންތައްތައް މިވީ…” ރިޒާމްގެ ވާހަކައިން ޒިޔާނާ ހާސްވަމުން ދިޔައެވެ. “ޒިޔާ… އެއީ ނައިނާ… ޒިޔާނާގެ ދަ-” ރިޒާމްއަށް ބުނެވުނީ އެހާ ވަރަށްށެވެ. ޒިޔާނާ ފުންމައިގެން ކަހަލަ ގޮތަކަށް ކޮޅަށްތެދުވިއެވެ.
  • =ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Eesh
Follow Me Written By

Eesh

Level 4100 Login10 Stories

=A dreamer who loves reading stories and writing new ones. I write fiction as a creative outlet and hobby= Author of "NASEEBU HIFY ATHUGA" "ASARU KURY MASHASHEVE" "KOORUN" "IHUSAAS" "DHOAKAA LOABI" "LOABI EYGE INTHIHAA" "BEYVAFAATHERIYAA" "KUSHAKY KOBAA" "MARU YAGEEN VEEMAA" "VAKIVEE LOABIN" "NAMA" "VAUDHEY VEVEYMY" insta: craxy_baby.1724

Other Articles

Previous

ފަންވަރު 03

Next

ހަވޭލީ – ސަތާރަވަނަ ބައި

Next
August 23, 2025

ހަވޭލީ – ސަތާރަވަނަ ބައި

Previews
August 23, 2025

ފަންވަރު 03

6 Comments!

  1. Nayerr says:
    August 24, 2025 at 8:46 am

    Masha Allah mi part ves Vrh reethi Thankolheh Avahah up kohdhehchey pls Curiously waiting for the next part when’s next
    Lysm ❤️

    1. Eesh Eesh says:
      August 24, 2025 at 10:55 am

      Thankiu so much Nayerr
      IA vaguthu v varakun up kohdheynan… aslu scl ga vrh bxy koh ulheythyve nuliyeveny.. IA knme week aku part eh up kureveythw balaanen
      Lymm darlll

  2. Aysherr says:
    August 24, 2025 at 1:15 pm

    Long time no sees Masha Allah Mi part ves vrh reethi I thought 🤔 eesh gave up the story pls don’t give up the story this story is the best hama thankolheh avahah up kohdhehchey konme week aku 2 part varu kiyaalan libey varu kohdhehchey plss can’t wait for the next part when’s next
    Lysm

    1. Eesh Eesh says:
      August 24, 2025 at 1:38 pm

      Hehehe long time no seeeee and thankiuuu Aysherr.. IA mi vhk liye nimmaanen.. vaguthu v varakun liyamun midhanee ekm scl ga gina iru ulheythii aslu.. week eku 2 part dhw… balamaa dhn… IA next ep wednesday ge kurin up kohdheveythw balaanen
      Lymm darll

  3. Beebs says:
    August 24, 2025 at 1:52 pm

    Wow Masha Allah keep it up eesh😘 🥰

    1. Eesh Eesh says:
      August 24, 2025 at 3:07 pm

      Thankiu so much Beebs!!

Comments are closed.

Next Episodeވަޢުދޭ ވެވޭމީ 9←


All Right Reserved!