Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 84 (ފަހުބައި)

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
July 20, 2026 14 Mins Read
34 Comments

ނައުރީން ހިތް އަވަސްވެފައިވާ ހާލު މާސްކަކުން މޫނު ނިވާ ކޮށްލުމަށް ފަހު ގެއިން ނުކުތެވެ. ޓެކްސީ އަކަށް ގުޅައިފައި އެ އަންނާނެ އިންތިޒާރެއްގައި އޭނާ ހުރީ ނިޔަފަތި ހަފާލަ ހަފާލާއެވެ. ޓެކްސީ އައުމާއި އެކު އަރައިފައި ދުއްވަން އިން މީހާ ގާތު އެދުނީ އާރޓިފިޝިއަލް ބީޗަށް ދާށެވެ. ދޭތެރެއަކުން އަވަސް ކޮށްލަން ބުނެލާ އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ލީވާނަށް ގުޅޭތޯއެވެ. އޭނާ އެއްގޮތަކުން ވެސް ފޯނު ނަގަން ނޫޅުމުން ނައުރީން އިނީ ރޮވެން ކައިރިވެފައެވެ.

އާރޓިފިޝިއަލް ބީޗު ތެރެއަށް ވަދެފައި ނައުރީން ދިޔައީ އެމީހުން އާންމުކޮށް ތިބޭ ސަރަހައްދަށެވެ. ދުރުން ހިލަތަކުގެ މަތީގައި ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ލީވާން ފެނި ނައުރީނަށް ހުއްޓާލާށޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ. އެހެނަސް ލީވާނަށް އެ އަޑު ނީވޭ ކަހަލައެވެ. ނައުރީނަށް ދުވެފައި ގޮސް ލީވާންގެ ގައިގައި ހިފައިގަނެ ފަހަތަށް ދަމައިގަނެވުނީ ކިރިޔާއެވެ. އެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ގޮސް ދޮންވެލިގަނޑާއި ހަމައަށް އާދެވުމުން ނައުރީން ހުއްޓުނެވެ.

“ނޫރީ އަހަރެންގެ ޙަޔާތުގައި ދެމި ހުންނަން ބޭނުން ނުވިއްޔާ ކީއްކުރަންތަ އަހަރެން ފުންމާލިޔަކަ ނުދެނީ؟” ލީވާންގެ އަޑު ކުރެހިގެން ދިޔައެވެ. “އެއީ… އެއީ ވާން އަށް ރަނގަޅަކަށް. އަހަރެން ކަހަލަ ކުށްވެރިއެއްގެ ދަރިއަކާއިއެކު އުޅެންޏާ ވާން އަށް އެހެން މީހުންގެ ނުރުހުމާއި ކުރިމަތިލާން ޖެހޭނެ. އަހަރެންނަށް ވުރެ އެތަށް ގޮތަކުން ހެޔޮ ރަނގަޅު ކުދިން ވާން އަށް ލިބޭނެ.” ނައުރީން ބުނެލިއެވެ.

“އަހަރެން ބޭނުމެއް ނޫނޭ އެހެން މީހެއް. އަހަރެން ލޯބިވަނީ ނޫރީ ދެކެއޭ. ނޫރީ އަހަރެން ދެކެ ލޯބި ވަންޏާ އަހަރެން ދޫކޮށްފައި ނުދޭ. އެހެންމީހުންގެ ފާޑުކިޔުން އަމާޒު ވިޔަސް މަށަށް ވަރިހަމަ.” ލީވާން ނައުރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އެކަމު އަހަރެން ލޯބިވާތީއޭ ވާންގެ ދިރިއުޅުމުން ރުހުމުގައި ދުރަށް ދާން މިއުޅެނީ….” ނައުރީން ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާލެވުނީ ލީވާން ހުރެފައި އެއް ފައިމަައްޗަށް ތިރިވެ އަނގޮޓި އެއް ނަގާ ދިއްކޮށްލުމުންނެވެ.

“ނޫރީ. އަހަރެންނަށް ނޫރީ ދެކެ ވެވެނީ އާދައިގެ ލޯތްބެއް ނޫން. ތި ފުރާނައާ ނުލައި ދިރިއުޅުމުގެ ސަފުހާތައް ކުރިއަށް ގެންދަން އަހަރެންނަށް މިއަދު އުނދަގޫވެއްޖެ. މި ހިތުގެ ކޮންމެ ވިންދެއްގެ އަސްލަކީ ތިއީ. ތި ލޮލުން ކަރުނަ ތިއްކެއް ވެއްޓޭ ކޮންމެ ފަހަރަކު އަހަރެންގެ މޭގައި ދިލަ ރިހުމެއް އުފެދޭ. ތިޔަހެން ނޫރީގެ އަމިއްލަ ނަފްސުގެ އަގު ދަށް ކޮށް ނުލާ. އަމިއްލަ ނަފްސް ދެކެ ލޯބިވާން ޖެހޭނެ. އެހެން މީހުން ނޫރީ އަށް ހަސަދަލައިގެން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދީ. ބަދަލުގައި ނޫރީ އަށް ޤަދަރުކުރާ މީހުންގެ ވާހަކަތައް ޤަބޫލުކުރޭ. އެހެން އެންމެން ނޫރީ އާއި ދެކޮޅަށް ހުއްޓަސް އަހަރެން ގާތުގައި ހުރެދޭނަން. އިރާދަ ކުރެއްވިއްޔާ ހެޔޮ ކޮންމެ ކަމެއްގައި ނޫރީގެ މަދަދުގާރަކަށް ވާނަން. އަހަރެންނަށް އެނގޭ މިއީ ނޫރީ އަށް ވަރަށް އުނދަގޫ ދުވަސްކޮޅެއް ކަން. އެކަމަކު ވެސް ވިސްނާލާފަ ޖަވާބެއް ދީ. އަހަރެން ބޭނުން ނޫރީއަށް އައު އުފާވެރި ދިރިއުޅުމެއް ހޯދަން މަސައްކަތް ކުރަން. އެ ފުރުސަތު ދީފައި އަހަރެންނާއި ކައިވެނި ކުރާނަންތަ؟” ހާސްވެފައި ހުރެ ލީވާން އޭނާގެ ހިތުގެ އަޑު އިއްވާލަދިނެވެ. އޭނާގެ އަޑުގައިވަނީ މަޑުމޮޅިކަމާއި ސާބިތުކަމެވެ. ލީވާން ނައުރީންގެ ދެއަތުގައި ފިރުމާލަމުން ފުންކޮށް އެ ދެލޮލަށް ބަލާލިއެވެ.

​ނައުރީންގެ ހިތް ބާރަށް ތެޅިލިއެވެ. ލީވާންގެ އިޚުލާސްތެރި ދެލޮލުން ފެންނަން ހުރި ކުލުނުން އޭނާގެ ހިތުގައި ރަސްކަން ކުރަމުން ދިޔަ ބިރުވެރިކަން ފިލުވައި އުއްމީދުގެ ދިރުން އާކޮށްދިނެވެ. އެ އަސަރުގަދަ ދެލޮލުން ފެންނަމުން ދިޔަ ސާބިތުކަމުން ނައުރީނަށް ބޭއިޚްތިޔާރުގައި ހީނލެވުނެވެ. “އަހަރެން ވާން އަށް އިތުބާރު ކުރާނަން. ސޭވް މީ ފްރޮމް ދިސް މެސް.” ނައުރީން އެ އަނގޮޓި ނަގާ ކަށި އިނގިލީގައި އަޅާލަމުން ބުނެލިއެވެ. މިއާއި އެކު ލީވާނަށް ހީވީ ދުނިޔޭގައި ވީހާ އުފަލެއް އޭނާގެ ފަސްބަޔަށް ޖަމާވީ ހެންނެވެ. އެ މޫނުމަތި އުޖާލާވީ ފުޅާ ހިނިތުންވުމަކުންނެވެ. ތެދުވެ ނައުރީންގެ މެދުހަށީގައި ބައްދާލީ ދެން ދުވަހަކު ވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ.

“ހޫން. ދެން ނޫރީ ދޫކޮށްލަން ވެއްޖެއްނުން. އަހަރުމެން ގެނެސްގެން މިތަން ޖަރީކޮށްފަ މީނާއަށް އެނގެނީ ނޫރީ މުށުތެރެއަށްލާ ފިއްތާލައިގެން ހުންނަންތަ؟” ފަހަތުން އިވުނީ އިޙުސާނުގެ އަޑެވެ. މިއާއި އެކު ލީވާން ނައުރީންގެ ގައިން ދޫކޮށްލައިފިއެވެ. އަނެއް ފަރާތަށް އެނބުރުނު ނައުރީނަށް އަނގަ ހުޅުވާލެވުނީ އެ މާހައުލު ތައްޔާރުކޮށްލައިފައި އޮތްލެއް ފުރިހަމަކަން ފާހަގަވުމުންނެވެ.

ދޮންވެލިގަނޑު މަތީގައި އުއްބައްތިތައް ހިތެއްގެ ބައްޓަމަށް އަތުރާލައިފައި ވީއިރު، ވަށައިގެން ރަތް ފިނިފެންމާ ފިޔަތައް އުކާލެވިފައި ވިއެވެ. މެދުގައި އެކި ބައްޓަމަށް ރޯކޮށްފައި ހުރި ލެންޓާންތަކެއް ހުއްޓެވެ. އެ ތަނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ގޮނޑުދޮށުގެ ހިތްފަސޭހަ މާޙައުލެވެ. ޖެހިލާ ލުއި ވައިރޯޅިތަކުން ހަށިގަނޑަށް ފިނިކަން ލިއްބައިދެއެވެ. އިވިލާ ރާޅުތަކުގެ އަޑަކީ މިޔުޒިކެއް ފަދައެވެ. އެޅިފައިވާ ހަނދުވަރުގެ ރިހި އަލިން ދޮންވެލިގަނޑު ރިހިފަތްގަނޑެއް ފަދައިން ވިދަމުން ދިޔައީ ހުވަފެނީ ގޮތަކަށެވެ.

“މި… މިއީ؟” ސުވާލުގެ ރާގަކަށް ނައުރީން އެއްސެވެ. “މިކަމުގެ ހުރިހާ ކްރެޑިޓެއް މަށަށް އިނގޭ. މި ގޮލާ ހަމައެކަނި ހިތާމައިގަ ރޯން އޮތީ. މަ އެހެރީ ހޭއަރުވާލައިފައި މިކަން ކުރަން މަޖުބޫރު ކޮށްފަ. ކޮބާ ހީވޭ ކަމެއްހެން. މިކަމާ އުޅުނީމަ ލޯބިވާ މަންޖެގެ އާނ ބަސް ލިބިއްޖެއްނު. އަސްލު އަހަރެމެން ބުނަންވީ އެއްޗެއް ލިޔެފަ ނުދިނީމައޭ އެހާ ރޮމޭންޓިކް ސްޕީޗަކަށް ނުވީ.” ނައުރީންގެ ހިތުގައިވީ ސުވާލަށް ޖަވާބެއް ދިނީ އިހުސާނެވެ. އެއާއިކު ލީވާން އަނގަޔަށް ވައްތަރެއް ޖައްސާލަމުން އިޙުސާނުގެ ކޮނޑުމައްޗަށް އެތިފަހަރެއް ވީއްލާލިއެވެ.

“ވަރަށް ތާހިރެއްނު އަހަރެން އިޚްލާޞްތެރިކަމާއި އެކު އެހީވެދިން ކަމުގެ ބަދަލުގައި މަށަށް މި ކުރަނީ އަނިޔާ.” ރޮވޭ ކަމަށް ހެދެމުން އިޙުސާނު ބުނެލިއެވެ. “ޕިސްޕިސް. އިއްސޭ ވެސް ތިޔަ ޑުރާމާ ކުޅުން ހުއްޓާލަން ވެއްޖެއްނުން. އެ ސޮރު ފަކީރަށް ޚާއްޞަ ދުވަހޭ މިއީ. ބްރޯ އެންޖޯއި. މިރޭ ރަނގަޅަށް މާފޮޅުވާލާ.” ޒަވިއަން އިޙުސާނުގެ ބުރަކަށިމަތީ އަތް އަޅާ ކޮށްޕަމުން ދުރަށް ދިޔައެވެ.

“އަމްމް. އޭނާ ދައްކާ ވާހަކަތަކަށް އަޅާ ނުލާ. އެ ސޮރު ހަމައެކަނި ވިސްނައިދިނީ ޕްރޮޕޯޒް ކުރަން. ޒެވް ބުނީ ނޫރީ މިތަނަށް ގެނެވޭނެ ގޮތް. ސޮރީ ބިރުގަންނަވާލެވުނީމަ. އަހަރެން މި ތަނުގެ ޑެކޯ ހަމަޖެއްސީ. ނޫރީގެ ޑްރީމް ޕްރޮޕޯޒަލް ސިފަކޮށްދިން ގޮތާއި ގާތް ކުރެވޭތޯ ބެލިން. ހިނގާ ލެންޓާންސް އުދުއްސަން.” ލީވާން ނައުރީންގެ އަތް ތިލައިގައި ހިފާލަމުން ބުނެލިއެވެ. “ޝުކުރިއްޔާ. އަހަރެން މިރޭ ވަރަށް އުފާ ވެއްޖެ. އައި ލަވް ޔޫ ވާން. އަހަރެން ހާދަ ނަސީބު ގަދައޭ. ވާން ކަހަލަ، އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަޅާލާ ފަރާތެއް މި ޙަޔާތަށް އައި ކަމަށް އަހަރެން ޝުކުރުވެރިވަން.” ނައުރީން ކޮރާލަމުން ލީވާންގެ ކޯތާފަތަށް ބޮސްދިނެވެ. “ލަވް ޔޫ މޯރް ނޫރީ.” ލީވާން ނައުރީންގެ އުނަގަނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

“ކޮބާ؟ އެކަން ވިތަ؟ ނޫރީ އާނ ބަސް ދިންތަ؟ ހުރިހާ ކަމެއް ޕްލޭނާއި އެއްގޮތަށް ދިޔަތަ؟” ޒަވިއަން އައިސް ކޮޓަރިއަށް ވަނުމާއި އެކު އަރީން ސުވާލު ގޯނީގެ ތުން މޮހާލައިފިއެވެ. “ހޫން. އަހަރެން ކިހިނެއްހޭ ވެސް އަހާނުލާ ހުސް ނޫރީ ނޫރީ. ދެރަވެއްޖެ އިނގޭ. ސުމައްޔާގެ ވާހަކައިން ސަލާމަތް ވެވުމާއި އެކު ފެށުނު ނޫރީގެ ވާހަކަ ހުއްޓާލާފަ އަހަރެންނަށް ފޯކަސް ކުރާކަށް ނުވޭތަ؟ އިޓްސް ބީން އަ ވައިލް ސިންސް އައި ގޮޓް އަ ޓޭސްޓް އޮފް ޔޫ.” ދޮރު ތަޅުލައިފައި ޒަވިއަން ގޮސް އަރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. މަސްތީ ނަޒަރެއް ދެމުން ޒަވިއަން އަރީންގެ ކަނދުރާ ދަށުން ފެށިގެން ބޮސްދޭން ފެށިއެވެ.

“ޔޫ ނޯޓީ ބޯއީ. އަހަރެންގެ އެންމެ ސުވާލަކަށް ވެސް ޖަވާބެއް ނުދެމެއްނު. ނުބުނެ ގާތް ވާނެ ކަމެއް ނެތް.” އަރީން ޒަވިއަންގެ އަތުން ވީއްލިގަނެގެން ގޮސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. ޒަވިއަން މޫނު ހަދާލިއެވެ. “ނޫރީ ބުނީ އާއެކޭ. ހުރިހާ ކަމެއްވެސް ވަރަށް ފުރިހަމައަށް ދިޔައީ. މިހާރު ވެއްޖެއްނު. ނައު އައިމް ގޮނަ ސްޓީލް ޔުއަރ އެބިލިޓީ ޓު ވޯކް އަވޭ ފްރޮމް ދިސް ސޯފާ.” ޒަވިއަން ގޮސް އަރީންގެ ގައިމައްޗަށް އެރިއެވެ. ލަދުން ވިރެމުން ދިޔަ އަރީނަށް އިތުރު އެއްޗެއް ބުނާން ނުކުޅެދުނު ކަހަލައެވެ.

ދެމަސް ފަސް

ޒަވިއަންގެ ޕްރައިވެޓް ރިސޯޓުގެ ތަނަވަސް ހޯލު އެ ރެއަށް ޓަކައި ތައްޔާރުކުރެވިފައިވަނީ ބަލާ މީހަކު އާޝޯހުވާނެހާ ފުރިހަމައަށެވެ. ވަންނަ ތަނާއި ދިމާލުން އިޙުސާނު ވެޑްސް ސުމީ އަދި ލީވާން ވެޑްސް ނޫރީ ޖަހައިފައި ވަކިން ދެ ލޯގަނޑު ހުއްޓެވެ. އެ ތަނަށް ވަދެވެން އޮތް މަގުގެ ދެފަރާތް ހުދުކުލައިގެ ލެޑް ލައިޓް ސްޓޭންޑް ތަކާއި ތާޒާ ޓިއުލިޕް މާތަކުން ޒީނަތްތެރިކުރެވިފައި ވިއެވެ. މެދުން ސޭޖް ގްރީން ކުލައިގެ ދޫލައެއް އަޅައިފައި އޮތެވެ. ހޯލުގެ ބޭރު އެހާ ފުރިހަމަ ވިއްޔާ އެތެރެ އަދި ކިހާ ވަރެއް ވާނެ ހެއްޔެވެ؟

ސޭޖް ގްރީން އަދި ހުދު ކުލައިގެ ފޮއްޗާއި މަލާއި ކަރުދާސް ކްރޭންތައް ހޯލު ތެރޭ ވަށައިގެން އެލުވައިފައި ހުއްޓެވެ. ތަރުތީބުން އަތުރާލެވިފައިވާ، ހުދުފޮތި އަޅައިފައި ހުރި މޭޒުތަކުގެ ތަކުގެ މެދުން ފެހިކުލައިގެ ލޭސް ފޮތިގަނޑެއް އަޅައިފައި އޮތެވެ. އެ މޭޒުތައް ފަޅުފިލުވާލުމަށް މެދުގައި ސޭޖް ގްރީން ކުލައިގެ މަސްނޫއީ ޓިއުލިޕް ސެންޓަރ ޕީސްއަކާއި އުއްބައްތި ބަހައްޓައިފައި ވިއެވެ. ގޮނޑިތައް ވެސް ހުރީ ހުދު ފޮތި އަޅާ ފެހިކުލައިގެ އިތުރު ފޮތިގަނޑަކުން ފަހަތަށް ޓައި އަކަށްވާ ގޮތަކަށް އައްސާލެވިފައެވެ.

ކައިވެނީގެ ދެ ޖޯޑަށް ޚާއްޞަ ކުރެވިފައިވާ ހިސާބުގައި ދިގު އަކައިގެ ބައްޓަމަށް ބޮޑު ބެކްޑްރޮޕެއް ހަދާލެވިފައި ވިއެވެ. އެ ހުދުކުލައިގެ ބެކްޑްރޮޕް ޖަރީ ކޮށްލެވިފައި ވަނީ ސޭޖް ގްރީން ކުލައިގެ ލޭސް ފޮއްޗާއި ފެއަރީ ލައިޓްތަކުންނެވެ. ކައިރީގައި ހުރި ދިގު މޭޒެއްގެ މެދުގައި ކައިވެނީގެ ކޭކު ބައިންދައިފައި އިނެވެ. ތިން ސްޓޯރީގެ އެ ބޮޑު ކޭކު ފެނިފައި ވެސް މީހަކު ތަލިން ކުޅު ހިކޭނެއެވެ. އަރީންގެ އެ ފަންނުވެރި މަސައްކަތް ޕްރޮފެޝަނަލް ކޭކް ޑިޒައިނަރަކަށް ދޫނުކުރެއެވެ. ކޭކުގެ އިތުރުން ހުދާއި ފެހިން ޑޯނަޓާއި ކޭކް ޕޮޕްސް އާއި ކުކީސްގެ ކަހަލަ ޕޭސްޓަރީ އޭނާ ތައްޔާރު ކޮށްފައި ހުއްޓެވެ.

ހޯލުގެ އަނެއް ފަރާތުގައި ކާތަކެތި އަތުރާލެވިފައި ދިގު މޭޒުތަކެއް ހުއްޓެވެ. ނަން ހުސްކޮށް އެކި ސާމާނު ތައްޔާރު ކޮށްފައި އޮތް ގޮތުން ވެސް މިއީ ކިހާ ބޮޑު ޖާފަތެއް ކަން އެނގޭނެއެވެ. އެ މޭޒުތައް ކައިރީގައި ހުދާއި ކަޅުން ޔުނީފޯމު އަޅައިގެން ވެއިޓަރުން ތިބީ ޕާޓީއަށް ތައްޔާރަށެވެ.

ރިސޯޓުގެ ހޯލާއި މާ ދުރު ނޫން ވިލާއެއްގައި ސުމައްޔާ އާއި ނައުރީން ތިބީ އެންމެ ފަހު ތައްޔާރީތައް ވާށެވެ. މޭކަޕް އާޓިސްޓުން އެމީހުންގެ މަސައްކަތް ނިންމާލައިފައި ނުކުމެގެން ދިއުމުން އަރީން އެމީހުންގެ ގާތަށް ޖެހިލިއެވެ. “ވާހް. މާޝާ ﷲ. ސުމީ އާއި ނޫރީ… އަޅެ ފަހެ މިއީ ދުނިޔެ މަތީގެ ކަމެއްތަ؟ އިއްސޭ އާއި އިލެވެން އަށް އެ ތަނުގައި އެމީހުންގެ އިހުސާސްތައް ކޮންޓްރޯލް ކުރެވޭނެ ކަމާއި މެދު ޝައްކު.” އަތްތިލަބަޑި ޖަހާލަމުން އަރީން އެމީހުންގެ ރީތިކަމަށް ތަޢުރީފު ކޮށްލިއެވެ.

“މަށަށް ޔަގީން އެ ދެމީހުން ދެން ފެންނަހާ ފިރިހެނުންނަށް އިންޒާރުގެ ކަޅި އަޅާނެ.” އަފާފް ވެސް އަރީން ފެށި ވާހަކަ އަށް ބާރުދެމުން ބުނެލިއެވެ. “ޕިސްޕިސް. އަލަކަށް ނޫނޭ އެމީހުންނަށް މި ފެންނަނީ. ރީން އޯ. ޒެވް މި ކައިވެނި ޕާޓީ ނުނިމެނީސް ގެންދާނެހާ ފަރިވެލައިގެންނެއްނު ތި ހުރީ.” ސުމައްޔާ ދެރަ ނުވާންވެގެން ބުނެލިއެވެ. “އޭތް ދެން އިތުރަށް ވަގުތު ބޭކާރު ކުރެވޭކަށް ނެތް. ދާން ބުނެފަ އޮތް ގަޑި ޖެހެނީ.” އާފިޔާ އާއި ޔަނާލް އައިސް އެ ކޮޓަރި ތެރެއަށް ވަންނަމުން ބުނެލިއެވެ.

ވިލާއިން ނުކުތް އިރު ޢަބްދުއްރަޙްމާން ސުމައްޔާގެ އިންތިޒާރުގައި ހުއްޓެވެ. ދުވަހަށް ޚާއްސަކޮށް ސޭޖް ގްރީން ގަމީހަކާއި ކަޅުކުލައިގެ ކޯޓު ފަޓުލޫނު ލައިގެން ހުރުމުން އުމުރަށް ވުރެ ޒުވާން ކަމަށް ދައްކައެވެ. ކައިވެނީގެ ހުދު ހެދުމުގައި ހުރި ސުމައްޔާ ފެނި ޢަބްދުއްރަޙްމާން ފެންކަޅިވާ ގޮތް ވިއެވެ. އެންމެ ތުއްތު އިރުން ފެށިގެން ހުރިހާ ކަމެއް ކޮށްދެމުން ބަލާ ބޮޑުކުރި އެ އަންހެން ކުއްޖާ އަމިއްލަ ދިރިއުޅުމެއް ފަށަނީކަން އިހުސާސްވެ ޖަޒުބާތުގައި ޖެހުނީއެވެ. އެހެން މީހުން ސުމައްޔާ ދޫކޮށްލައިފައި ވަކިން ޕާޓީ ހޯލާއި ދިމާލަށް މިސްރާބު ޖެއްސެވެ.

“ބައްޕާ. ދެން ނުރެއިބަލަ. ތިހެން ދެރަވެ ކަރުނައަޅަންޏާ އަހަރެން ކިހިނެއްތަ ކައިވެނިކުރާނީ؟” ސުމައްޔާ ގޮސް ޢަބްދުއްރަޙްމާންގެ ކަރުނަތައް ފުހެދެމުން ބުނެލިއެވެ. “ދެރަވެގެންނެއް ނޫނޭ. ދަރިފުޅު ފުރާފުރިހަމަވެ އަމިއްލަ ދިރިއުޅުމެއް ފަށަން އުޅޭތީ ކުޑަކޮށް ޖަޒުބާތުގައި ޖެހުނީއޭ. އިޙުސާނު ކަހަލަ ރަނގަޅު، ދަރިފުޅު ދެކެ އިންތިހާ އަށް ލޯބިވާ ބައިވެރިއަކު ލިބުނީމަ ބައްޕަ މިހުރީ ނިކަން އުފަލުންނޭ.” ހިނިތުންވުމަކާއި އެކު ޢަބްދުއްރަޙްމާން ބުނެލިއެވެ. ސުމައްޔާ ވެސް ބަދަލުގައި ހީނލަމުން ޢަބްދުއްރަޙްމާންގެ އަތުގައި ހިފާލަމުން ހޯލާއި ދިމާލަށް ހިނގައިގަތެވެ.

ކައިވެނީގެ މޭޒުދޮށުގައި ޤާޟީއާއި ދެ ހެކިންނާއެކު އިޙުސާނު އިނީ ޖެހިލުންވެ ހިތްއަވަސްވެފައެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ ސާފު ގަމީހާއި ކަޅުކުލައިގެ ކޯޓު ފަޓުލޫނުން ފިރިހެންވަންތަކަން އިތުރުކޮށްދޭއިރު، އެ ކަޅު އިސްތަށިގަނޑު ވަނީ ނުހަނު ފުރިހަމައަށް ސްޓައިލްކޮށްލެވިފައެވެ. މުޅި ޕާޓީގެ ތީމާ ގުޅުވައިގެން، ކޯޓުގެ ޖީބުގައި ހަރުކޮށްލެވިފައިވާ ޓިއުލިޕް މާކޮޅުން އެ ހިތްގައިމު ސިފައަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.

އިޙުސާނުގެ ތޫނު ނަޒަރު ހުއްޓިފައިވަނީ ޢަބްދުއްރަޙްމާނާއެކު ދޮރުން އެތެރެއަށް ވަދެގެން އައި ސުމައްޔާއަށެވެ. އޭނާ ލައިގެން ހުރި ހުދުކުލައިގެ އޭ-ލައިން ވެޑިންގ ޑްރެސް އެ ސިހުރުވެރި ސޫރަޔާ ނުހަނު ގުޅެއެވެ. ވިދުންގަދަ ފޮއްޗަކުން ފަހާފައިވާ އެ ހެދުން އަތާއި އުނަގަނޑަށް ހެޔޮވަރުކޮށް ހިފާލެވިފައި ހުރިއިރު، ސުމައްޔާގެ ފުރިހަމަ ބައްޓަން ރީތިކޮށް ފާޅުވާން ހުއްޓެވެ. ރީތިގޮތަކަށް ޝޯލް އޮޅާލެވިފައިވާއިރު، އޭނާގެ ބޯމަތީގައިވާ ވިދުންގަދަ ރިހި ތާޖުން އެ ސޫރައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އެ ނާޒުކު ދެ އަތްތިލައިގައިވާ ހުދުރަނުގެ ކެވެލިތައް މާހައުލުގެ އަލީގެ ތެރޭގައި ޖާދޫއެއް ފަދައިން ވިދާ ބަބުޅަމުން ދިޔައެވެ. ލުއި މޭކަޕެއްގެ ތެރެއިން އެ މޫނުމަތިން ފާޅުވަމުންދިޔަ ހިނިތުންވުމަކީ ކޮންމެ ފިރިހެނެއްގެ ހިތްވެސް ކަތިލާ ފަދަ، ފުރިހަމަ ހިނިތުންވުމެކެވެ.

ސުމައްޔާ އައިސް ގޮނޑީގައި އިށީނުމުން ވެސް އިޙުސާނުގެ ކަޅި އެހެން ދިމާލަކަށް ދަތުރުކޮށް ނުލައެވެ. އޭނާ ކައިވެނީގެ ޚުތުބާއަށް ސަމާލުކަން ދޭން ފެށީ ވެސް މޭޒު ދަށުން ޒަވިއަން އެ ސޮރު ފައިގައި ވިކާލި ފަހުންނެވެ.

“އަނބި ޤަބޫލުކޮށްފިން.” އިޙުސާނުގެ ދުލުން އެ ލަފްޒުތައް ބޭރުވުމާއި އެކު ސުމައްޔާ އަށް ދެލޯ މަރާލެވުނެވެ. އިޙުސާނު ސުމައްޔާގެ އަތުގައި ހިފާލަމުން ގޮނޑިން ތެދުވީ ދެން އޮތް ކައިވެންޏަށް ފުރުސަތު ދެމުންނެވެ. “ވާހް. ޔޫ ލުކް ބްރެތްޓެކިން. ހާދަ އުނދަގުލޭ މިހާ ގާތުގައި ވައިފީ ހުއްޓާ ކަމެއް ނުކޮށްލާ މަޑުން ހުންނަން. މިރޭ ހަމަ ރަނގަޅަށް ވެސް އަހަރެންގެ ކެތްތެރިކަން އިމްތިހާނު ކުރެވޭނެ.” އިޙުސާނު ސުމައްޔާގެ މުށިކުލައިގެ ދެލޮލަށް ފުން ނަޒަރެއް ދިނެވެ. މިއާއި އެކު ސުމައްޔާގެ ދެ ކޯތާފަތް ވިލާތުބައްޓެއްހާ ރަތްވެގެން ދިޔައެވެ.

ފައި ހަލުވަމުން ލީވާން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުން ދިޔައީ އެ ހިތުގެ މަލިކާ ފެނިލާނެ ވަގުތަކަށެވެ. އިޙުސާނެކޭ އެއްފަދައިން އޭނާވެސް ހުރީ ހުދު ގަމީހާއި ކަޅު ކޯޓު ފަޓުލޫނުގައެވެ. އެހެނަސް މޭމަތީގައި އިން މާކޮޅުގެ އިތުރުން ކޯޓުގައި ރިހި ޗެއިނެއް އެލުވާލެވިފައިވެއެވެ.

އަރީނާއި އެކު ކައިވެނީގެ މާލަމަށް ވަދެގެން އައި ނައުރީން ފެނި ލީވާންގެ ތަލިން ކުޅު ހިކުނެވެ. ނޭވާލާން ވެސް ހަނދާން ނެތިފައި އޭނާ އަށް ކަޅި ހުއްޓާލައިގެން އިނދެވުނު އިރު ވަށައިގެން ހިނގަމުން ދާ ކަންކަމުގެ ހިލަމެއް ނުވާ ކަހަލައެވެ.

ލީވާންގެ ކަތި ނަޒަރު އަމާޒުވެފައި ހުރިކަން އެނގުމުން ނައުރީން ލަދުން އިސްޖަހާލިއެވެ. ސުމައްޔާ އާއި ޚިލާފަށް ނައުރީން ލައިގެން ހުރީ ކޭޕް ވެޑިން ޑްރެސް އެކެވެ. ސެޓިން ފޮތިން ފަހައިފައިވާ އެ ހެދުން އުނަގަނޑަށް ހިފާލެވިފައި ވުމުން އޭނާގެ ލޫޅާފަތިކަން ހާމަވާން ހުއްޓެވެ. އޭނާގެ އަތުކުރިއަށް ފުރިހަމަކަން ގެނެސްދެމުން ދިޔައީ އަޅާފައިވާ ރިހިކުލައިގެ ގަހަނާތަކުންނެވެ. ރީތި ގޮތަކަށް ސްޓައިލް ކޮށްލެވިފައިވާ ޝޯލް ތެރެއިން އެ ދޮން މޫނު ފެންނަނީ ސާދަވިލޭރޭގެ ހަނދު ފަދައިންނެވެ. ޝޯލް މަތިން ރިހިކުލައިގެ ތާޖެއް ކަހަލަ ބޭންޑެއް އަޅާލެވިފައިވުމުން އިތުރަށް ޝާހީ ކަމަށް ދައްކައެވެ.

ވަލީ ދިނުމަށް ނައުރީންގެ ބައްޕަ އަށް އެ މާލަމަށް ނާދެވޭނެތީ ޖެހުނީ ވީޑިއޯ ކޯލް ހަދާށެވެ. ޢަލީ އަހުމަދު ޖަލަށް ދިޔަ ފަހުން ކޮންމެވެސް ވަރަކަށް އިސްލާހުވާން ފަށައިފައި ވުމުން އޭނާ ނިކަން ފަސޭހައިން އެ ކައިވެންޏަށް އާނ ބަސް ދިނެވެ.

ކައިވެނީގެ ޚުތުބާ ފެށިގެން ދިއުމާއި އެކު އެ ދެމީހުންގެ ސަމާލުކަން ހުއްޓުނީ އެކަމަށެވެ. އެ ދައްކަމުން ދިޔަ ވާހަކަތަކާއި އެއްގޮތަށް އަމަލު ކުރަން ދެ މީހުން ވެސް އަޒުމް ކަނޑައެޅިއެވެ. ލީވާން އަނބި ޤަބޫލުކުރުމާއި އެކު ނައުރީނަށް ހިފަހައްޓައިގެން އިން ނޭވާ ދޫކޮށްލެވުނެވެ. މިއާއި އެކު ދެމީހުން ވެސް އަތުގައި ހިފާލައިގެން މިސްރާބު ޖެހީ ތިބެން ޚާއްޞަ ކުރެވިފައިވާ ތަނަށެވެ.

“މާޝާ ﷲ. ނޫރީ ބުރުގާ އެޅީމަ ހާދަ ނަލައޭ. އަހަރެން އަދިވެސް މި ހުންނަނީ މި ހުވަފެނެއްތޯ ނޫންތޯ ޔަޤީންނުކުރެވިފައި. މިހާރު ވެސް އެބަ ޖެލަސް ވޭ އަންނަ މީހުންގެ ކަޅި ނޫރީއަށް ހުއްޓިދާނެތީ. އެކަމަކު ދެން އޯކޭ. ނޫރީގެ ރީތި ދިގު އިސްތަށިގަނޑު އެހެން ފިރިހެނަކަށް ނުފެންނާނެއްނު. އެކަމަކު މި ޕާޓީ ނިމެންދެން ތި ރަތް ތުންފަތުގެ ރަޙަ ނުދެކި ހުންނަންވީތަ؟ އައި ކާންޓް ވެއިޓް ޓު ފީލް އެންޑް އެމްބްރޭސް އެވްރީ ސިންގަލް ޕާޓް އޮފް ޔޫ.” ނައުރީންގެ ކޮނޑުގައި އަތް އަޅުވާލަމުން ލީވާންގެ ވާހަކަ ނިންމާލި ގޮތުން ނައުރީންގެ ދެލޯ މުދުނަށް އެރިއެވެ.

“ދޭން. މިތަނުގައި އަހަރެން ލަދުނުގަންނަވާ. އައިމް ނިއު ޓު އޯލް އޮފް ދެޓް.” ނައުރީން ލީވާންގެ އަތުގައި ވިކައިގަންނަމުން ބުނެލިއެވެ. “އައުޗް. ދެން ހާސްނުވޭ. އަހަރެން ޔަގީން ކުރާނަން ނޫރީގެ ފުރަތަމަ ފަހަރު މަތިން ހަނދާން ނެތުނަކަ ނުދެވޭތޯ. އައިލް ޝޯ ޔޫ ހައު ރޮމޭންޓިކް އައި ކޭން ބީ. އިޓް ވޯންޓް ބީ ޖެންޓަލް. އިންތިޒާރު ކޮށްލާ.” ލީވާން ވައި އަޑުން ނައުރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

ޕާޓީ ފެށި މެހުމާނުންތައް ވަންނަން ފެށުމާއި އެކު މުޅި ތަން ހަލަބޮލިވެގެން ދިޔައެވެ. ފަހަރަކު މީހަކާއި ސަލާމް ކޮށް ހަދިޔާ ބަލައިގަންނަމުން ދިޔަ ސުމައްޔާމެންގެ މޫނު މަތީގައި ވަނީ އުޖާލާ ހިނިތުންވުމެކެވެ. ކޮންމެ މީހެއްގެ ފަރާތުން ދެ ޖޯޑަށް ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ. ދުރުގައި މި މީހުންނަށް ބަލަހައްޓައިގެން ހުރި އަރީނާއި ޒަވިއަންގެ މޫނުމަތިން ވެސް ފެންނަން ހުރީ އެކަމާ ހިތްހަމަޖެހިފައި ހުރި ކަމުގެ އަސަރެވެ. އަރީން އެރެއަށް ލައިގެން ހުރީ ސޭޖް ގްރީން ކުލައިގެ ޕާޓީ ހެދުމެކެވެ. އަޅާލެވިފައިވާ ގަދަ ފެހިކުލައިގެ ޝޯލްތެރެއިން އެ ސާދާ މޫނު ފެންނަން ހުރީ ޖާދޫކުރަނިވި ގޮތަކަށެވެ. އަނެއްކޮޅުން ޒަވިއަން ލައިގެން ހުރީ ސޭޖް ގްރީން ގަމީހަކާއި އެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނެވެ.

“އަލްޙަމްދުލިއްލާހި. އެންމެފަހުން ސުމީމެންގެ ދިރިއުޅުން ހަމައަކަށް އެޅި ލޯބިވާ ބައިވެރިޔާ ވެސް ލިބުނީ. ނޫރީ ވެސް އެންމެ ފުރިހަމަ އަށް އިސްލާހުވެ ގަދަ މިޔުޒިކް ލަވައިގެ ބަދަލުގައި މަދަހަ ލިޔުމުގެ މަސައްކަތް ފަށައިފި. މި އުފާވެރިކަން ޙާސިލުކުރުމަށް ހާދަ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލެވިއްޖޭ. އެ ކަންކަމަށް ކެތްތެރިވެ އަމިއްލަ ޙައްޤު ހޯދަން ގަދައަޅައި ކުރެވުނު މަސައްކަތުގެ ނަތީޖާ ހާދަ ފޮންޏޭ. އަހަރެންގެ ފުރާވަރުގެ ލޯބިވެސް ހާސިލު ކުރެވިއްޖެ.” ޒަވިއަންގެ އަތުގައި ހިފާލައިގެން އިނދެ އަރީން ބުނެލިއެވެ. “އާނ. މި ހުރިހާ ކަމަކީ ވެސް އަހަރެންނަށް ލިބުނު ރަނގަޅު ފިލާވަޅެއް. ދެރައީ އަހަރެންގެ ސަބަބުން ރީންގެ ޙަޔާތުގައި ހިތާމަވެރި ސާފުހާތަކެއް ލިޔެވުނު ކަން. އަހަރެންނަށް އޭރު ރީނަށް ދެވުނު ވޭނާއި ހިތާމައިގެ މަތިން ހަނދާންވާ ކޮންމެ ފަހަރަކު ކުށްވެރިކަން އިހުސާސް ކުރެވޭ.” ޒަވިއަން މާޔޫސީ ރާގަކަށް ބުނެލިއެވެ.

“ދޭން. އަނެއްކާ ވެސް އެ ވާހަކަ. އަހަރެން ބުނީމެއްނު އެ ބޭކާރު ކަންކަން މަތިން ހަނދާން ނައްތާލާށޭ.” އަރީން ތުން ދަމާލަމުން ބުނެލިއެވެ. “އޯކޭ އޯކޭ. ވަރަށް މަސައްކަތް ކުރާނަން އެ ވާހަކަ ނުދައްކާ ހުރެވޭތޯ. ރީން އަދިވެސް ހަމަ ލޯވް ފާރމުގައި މަސައްކަތް ކުރާނީތަ؟ އެއީ ހާދަ ބުރަ މަސައްކަތެކޭ. އަދި ބައެއް ޙާލަތްތަކުގައި އެހާމެ ނުރައްކާތެރި ވެސްމެ. ކޭސްތަކުގައި މަސައްކަތް ކުރަން ހަދައިގެން ގިނަ ދުވަސް ދުވަހު ހުންނަނީ ވަރުބަލިވެގެން ހަލާކުވާ ވަރު ވެފަ. ޖޮބް ދޫކޮށްލާފައި ޒެލީ އާއި އެއްކޮށް ހަމަޖެހިލައިގެން އުޅެންވީނުން. ބޭކަރީ ވެސް ރިއޯޕެން ކުރެވިދާނެ. ޔޫ އާރ ސުޕަރ ޓެލެންޓެޑް އިން ބޭކިން ބިޒްނެސް.” ޒަވިއަން ބުނެލިއެވެ.

“ނޫނޭ. ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އަހަރެން އެންމެ ބޭނުންވި ކަންތައް. ދެން އެކަމު ނުރައްކާތެރި ކްރިމިނަލް ކޭސް ތަކާ ހަވާލުވުން ހުއްޓާނަން. އައި ކޭން ޑޫ ވެލް ރިޕްރެޒެންޓިންގ ކޯޕަރޭޓް އެންޑް ސިވިލް ކޭސް ކްލައިއެންޓްސް. އެހެންނޫނަސް ނުރައްކާތެރި ކްރިމިނަލަކާ ދެކޮޅަށް ވިއްޔާ ޒެވް ހުންނާނަމެއްނު އަހަރެން ސަލާމަތް ކޮށްދޭން.” އަރީން އޭނާގެ ޚިޔާލު ހުރިގޮތް ހިއްސާކޮށްލިއެވެ. “އޯލްރައިޓް. އައިލް ޓްރައި މައި ބެސްޓް ޓު ކީޕް ހިމް އެލަ.. ޓު ޑްރައިވް ހިމް އަވޭ.” ޒަވިއަން ރައްދުގައި ބުނެލިއެވެ. “އޭ ފުރާނަޔާ ނުކުޅޭތި! މިވަރުން ދަންޏާ އެއް ކަމެއް ވެސް ހިއްސާ ނުކުރެވޭނެ.” އަރީން ދެލޯ ހަނިކޮށްލިއެވެ.

“އެންމެ ރަނގަޅު. އެ ކަހަލަ ކަމެއް ނުކުރާނަން. އެއޮއް އަންނަނީ ޒެލީ. ރީންގެ އެކުވެރިން ހާދަ ވަރަކަށް އެ ކުއްޖާ ފިތާހިތުން އެބަ އުޅެޔޭ.” ދުރުން ޝައިނާގެ އަތުގައި ހިފާލައިގެން އައި ޒައިލީނަށް އިނގިލި ދިއްކޮށްލަމުން ޒަވިއަން ބުނެލިއެވެ. ޕާޓީ އަށް ޚާއްސަކޮށް ޒައިލީން ލައިގެން ހުރީ ސޭޖް ގްރީން ކުލައިގެ ވިދާ ފޮތީގެ ޕްރިންސަސް ހެދުމެކެވެ. ރީތި ގޮތަކަށް އިސްތަށިގަނޑު ހަދާލައިފައިވާ އިރު ފެހިކުލައިގެ ޓިއުލިޕްމާ ދައްޗެއް އަރިއަކަށް ޖަހާލެވިފައި ވިއެވެ.

“އަހަރެން އެކަންޏެއްނު މި ގުރޫޕްގަނޑުގައި ކުޑަ ކުއްޖަކު ގެންގުޅެނީ. އެހެންވީމަ އެ އެންމެން ވެސް ޒެލީ މައްލަވަ ކުރަން އުޅޭނެއްނު. ދެއަހަރު ވިއެއް ކަމަކު އަނގަބޮޑު ކުއްޖެއް ސަހާދެއް.” ހިނިގަނޑެއް ޖަހާލަމުން އަރީން ބުނެލިއެވެ. އެއަށްފަހު ޒައިލީން އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ.

“އޭތް. ޝައީ… މިޔޯ. ކޮން އަނގޮޓިއެއް. އަނެއްކާ…” އަރީން ޝައިނާގެ ކަނައަތުގައި ހިފާލަމުން ބުނެލިއެވެ. އެއާއި އެކު ޝައިނާ އަތް ދަމައިގަންނަމުން ލަދުން އިސްޖަހާލައިފިއެވެ. “މި… އަމްމް. އެހާ ގިނަ ދުވަހެއް ނުވޭ. ވަގުތެއް ވީމަ ބުނަން ހުރީ. އައިމް އެންގޭޖްޑް. ދިމާވިތާ އެހާ ދުވަހެއް ނުވެ. އެކަމަކު ރައްޓެހިވެގެން ދުވަސް ބޭކާރު ކުރާ ވަރަށް ވުރެ އަހަރެމެން ދޮށީވީމަ ނިންމީ ސީދާ މެރިއެޖަށް ދާން.” ޝައިނާ ބުނެލިއެވެ.

“ހޫން ދެން ދަންބެރަށް ވުރެ ތަގުޑި ދިގު ނުކޮށް އެ ގޮލާގެ ނަންބުނެބަލަ.” އަރީން ޝައިނާގެ ކޮނޑުގައި ޖެހިގަންނަމުން ބުނެލިއެވެ. “އިނގެއެއްނު އަކްމަލް. ސުމީމެން ޓީމްގައި އުޅޭ. އެހެރަ އަންނަނީ.” ޝައިނާ ލޮލުން އިޝާރާތްކޮށްލަމުން ބުނެލިއެވެ. “ވޯވް. ސަޅި ގޮލައެކޭ މި ނެގީވެސް. ސުމީ އަށް އެނގޭނެތަ؟” އަރީން އެހިއެވެ. “ނޫން. މި ވެޑިން ކަންތަކުގައި އުޅޭތީ ނުބުނެވޭ އަދި.” ޝައިނާ ބުނެލިއެވެ.

“ދެ މީހުން މޭޒު ކައިރީ ކޮޅަށްތަ ތިބެނީ.” ޒައިން ގޮނޑިއެއްގައި އިށީންނަމުން ބުނެލިއެވެ. “މިއޮއް އައީނުން. ކޮބާ. ސުމީ އާއި އިއްސޭ ތީނަ ނަޅާލާނެ. ސިއްރުން ވިއްޔާ ކައިވެންޏާއި ހަމައަށް ތި ދިޔައީ.” އަރީން ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. “އެހެނެއް ނުވާނެ. އަސްލު އެފިކްސް އަށް ވުރެ ކުރިން މެރީ ކުރަން ވެގެންނޭ ދުވަސް އަވަސް ކޮށްލީ. އެމީހުން ގާތު ބުނާނަން މާދަން ހެނދުނު. އެހެންވީމަ އޯކޭނުން.” އަކްމަލް ހަމަޖެހިލައިފައި ބުނެލިއެވެ.

“މެލީއޭ. އެންގޭޖް އޭ. މަންމީ އެ ކޯއްޗެއް؟ ދެން ޝައިދައްތަގެ މޫނަށް ޕިންކް ކުލަ އަރަނީ ކީއްވެ؟” އެ އެންމެންގެ ވާހަކަ އަޑުއަހަން އިނދެފައި މައުސޫމް ކަމާއި އެކު ޒައިލީން އެހިއެވެ. އޭރު އެ ކުއްޖާގެ ނަޒަރު އަމާޒުވެފައި ހުރީ ޝައިނާއަށެވެ. މިއާއި އެކު އެ އެންމެންނަށް ހެވިއްޖެއެވެ. “ދަރިފުޅު ބޮޑުވީމަ އެއީ ކޮން އެއްޗެއްކަން ބުނެދޭނަން. ދެން އެ ދައްތަ ލަދުގަނެފަ ހުރީމަ މޫނަށް ޕިންކް ކުލަ އަރަނީ. ހިނގާ ދޯ ސުމީ ދައްތިއާ ސަލާމް ކޮށްލާފަ ހަދިޔާ ދޭން.” އަރީން ޒައިލީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.

“ނޫން. ބޭނުމެއް ނޫން ދާކަށް. އެ ބަސްނާހާ ބޭބެ ކޮއްކި އެންމެ ލޯބިވާ ޕްލޭމޭޓް އަތުލީ އެ. އެ ދައްތަ އެންމެ މަޖަލީ. ކޮއްކި އަށް ސީކްލެޓް ކަންކަން ކުލަން ދަސްކޮށްދޭނެ.” ޒައިލީން ތުން އޫކޮށްލައިގެން އިނދެ ބުނެލިއެވެ. “ކޮން ކަމެއް ކުރަން ދަސްކޮށްދެނީ؟” އަރީން އެހިއެވެ. “އެއީ ސީކްލެޓް އެއް.” ލުއި ހިނިތުންވުމަކާއި އެކު ޒައިލީން ބުނެލިއެވެ. “އަޅެ ބައްޕި ކައިރީ ބުނެބަލަ. އެހެން މީހެއް ކައިރީ ނުބުނާނަން.” ޒަވިއަން ޒައިލީން ގާތަށް ބޯ އަރިކޮށްލަމުން އެދުނެވެ.

“ދައްތި އެއަށް ކިޔަނީ ސަވައިވަލް ޓްލިކްސް. މަންމި ކައިލީ ނުބުނައްޗެ. އޭލަށް މަންމި ލުލި އަންނާނޯ. މަންމި އަކީ މާ ހިތްތިލި މީހެކޯ. މަންމި ގޮތަށް މާ މަޑުން ހުންނާކަށް ނުވާނޭ ވެސް ބުނި.” ޒައިލީން ވައި އަޑުން ޒަވިއަންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. “ކީކޭތަ ބުނީ؟ ސުމީ ދައްތި ކޮން އެއްޗެއްތަ ދަސްކޮށްދެނީ؟” ޒަވިއަން ހީނލުމުން އަރީން އެހިއެވެ. “ހެެހެހެ. އެއީ ސީކްރެޓް އެއް. ޒެލީ ބުނީ ނުބުނާށޭ” ޒަވިއަން ޒައިލީންގެ އިސްތަށިކޮޅާއި ކުޅެލަމުން ބުނެލިއެވެ. އަރީން އަނގަޔަށް ގޮތެއް ހަދާލިއެވެ.

އާއިލީ ފޮޓޯތަކަށް ފަހު އެކުވެރިންނާއި އެކު ފޮޓޯ ނަގާ ނިމުނު އިރު ބާރަ ޖަހައި ބޮޑުވެދާނެއެވެ. ވަރުބަލިވެފައި ހުރެ ދެ ޖޯޑު ވެސް މިސްރާބު ޖެހީ އެމީހުންނަށް ޚާއްޞަ ވިލާއަށް ދިއުމަށެވެ. ދެ ވިލާގެ ދެމެދު އޮތް ހުސް ޖާގަ ޖަރީ ކޮށްލެވިފައި ވަނީ ކަނޑުގެ ދިރުންތަކުގެ ބައްޓަމަށް ހުރި ލެޑް ޑެކޯ އިންނެވެ. ސުމައްޔާމެން އާގަމަވެފައި ބަލަން ހުއްޓާ ދެ ފިރިހެނުން ވެސް އަމިއްލަ އަނބިމީހާގެ އަތުގައި ހިފާލަމުން މިސްރާބު ޖެހީ އެމީހެއްގެ ވިލާ އަށް ވަންނާށެވެ. ކިތަންމެ ކެތްމަދުވެފައި ހުއްޓެއް ކަމަކު ދެމަފިރިން އެންމެ ފުރަތަމަ ވެސް އިސްކަން ދިނީ ފެންވަރާލުމަށް ފަހު ކައިވެނީގެ ސުންނަތް ނަމާދު ކުރުމަށެވެ.

ދުޢާ ކޮށް ނިމުމާއި އެކު ލީވާން އެންމެ ފުރަތަމަ ވެސް ދަމައިގަތީ ނައުރީން އަޅައިގެން ހުރި ބުރުގަލެވެ. އެ ފަން އިސްތަށިގަނޑު ހައްޔަރު ކުރަން ބޭނުންކޮށްފައިވާ ވޫލުކޮޅު ނައްޓާލަމުން ލީވާން ހަތަރު ކަޅި ހަމަކޮށްލިއެވެ. ހިތް އަވަސް ވެފައިވާ ޙާލު ނައުރީނަށް ބޭއިޚްތިޔާރުގައި ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.

“ޑޯންޓް ޓްރައި ޓު ރަން އަވޭ. ނޫރީ ހަނދާން ނުނެތޭނެ ވަރުގެ ރެއަކަށް ހަދާނަމޭ އަހަރެން ބުނީމެއްނު.” ލީވާން ގޮސް ނައުރީންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. ނައުރީނަށް ބުނާނެ އެއްޗެއް ނޭނގި ބަލަން ހުރެވުނީއެވެ. އެ ދެލޮލުން ފައުޅުވާން ހުރި މައުސޫމްކަމަށް ފަރުވާލެއް ނެތި ލީވާން ނައުރީންގެ ދެ ތުންފަތް ގައިދު ކޮށްލިއެވެ. އެ އިސްތަށިގަނޑު އަތަށް އޮޅާލަމުން ލީވާން ނައުރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ދެ ނޭވާ ގުޅި އަވަސްވެފައިވީ އިރު ދެ ހިތުގައި ވެސް ކުޅެވެމުން ދިޔައީ އެއް ރާގެކެވެ.

“ނޫރީ. އައި ލަވް ޔޫ ސޯ މަޗް. އަބަދުވެސް މިހެން އަހަރެންނާ އެކު ވައްޗޭ.” ނޭވާ ހަމައަކަށް އަޅުވާލުމަށް ދުރަށް ޖެހިލަމުން ލީވާން ބުނެލިއެވެ. ނައުރީން ހިނިތުންވުމަކާއި އެކު ބޯ ޖަހާލިއެވެ. ލީވާން އޭނާ ލައިގެން ހުރި ޓީޝާޓު ބޭލީ ދެނެވެ. އެ ބާރުގަދަ ފިރިހެންވަންތަ ހަށިގަނޑު ފުރަތަމަ ފަހަރަށް ފެނިލުމުން ނައުރީންގެ ހިތު ވިންދު އަވަސްވިއެވެ. ބޭއިޚްތިޔާރުގައި އެ ވަރުގަދަ މަސްތަކުގައި އަތް ޖައްސާލެވުނު އިރު އޭނާ އަށް ހިންދިރުވާލެވިއްޖެއެވެ.

“ހެހެހެ. ހިތްހަމަޖެހޭތަ. ދެން ހިނގާ ދޯ އަހަރެން ކިހާ ރޮމޭންޓިކްތޯ ބަލައިލަން.” ނައުރީން އިތުރަށް ރަކި ކޮށްލުމުގެ ނިޔަތުގައި ލީވާން އެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. ނައުރީނަށް ތުންފަތުގައި ދައިގަނެވުނީ ކަނދުރާ ދަށުން ލީވާން ތުންފަތުގެ ހޫނުކަން އިހުސާސް ކުރެވުމުންނެވެ. އިސާހިތަކު ލީވާންގެ ފަރާތުން ލިބެމުން ދިޔަ ލޯބީގެ ހަދިޔާތަކަށް މަރުހަބާ ކިއި އެކަމުގައި ނައުރީނަށް ވެސް ބައިވެރިވެވިއްޖެއެވެ. މިރޭ އެ ދެމީހުން އެކަކު އަނެކެއްގެ ދެކެ ލޯބިވާ މިންވަރު ވީ އެންމެ ފުރިހަމައަށް އަމަލުން ދައްކައިދެމުން ދިޔައެވެ.

ނަމާދު ކުރި އެއްޗެހި އެއްފަރާތް ކޮށްލުމަށް ފަހު ސުމައްޔާ ގޮސް ޖަގުން ތަށްޓަކަށް ފެން އަޅާ ފެން ބޯން ފެށިއެވެ. އޭނާގެ ހާސްކަން ފިލުވަން ދެލޯ މަރާލައިގެން ހުރީ ދެން އިޙުސާނާއި ދުރަށް ފިލަން ނުދެވޭނެކަން އެނގޭތީއެވެ.

އިޙުސާނު އައިސް ހުއްޓެލީ ސުމައްޔާ އާއި ޖެހޭ ނުޖެހޭ ހިސާބުގައެވެ. ލަސްލަހުން ފެން ބޮމުން ދިޔަ ސުމައްޔާގެ މޫނަށް ކަޅި ޖަހާ ނުލާ ބަލަމުން ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ. ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނެއް ކަމަކު އޭނާގެ އަލަތު ލޯބި ހާސިލު ކުރެވުމުން އެ ހިތަށް ލިބޭ އުފާ ބަޔާންކުރަން އުނދަގުލެވެ.

“އާހް… އަހަންނަކަށް ދެން މަޑެއް ނުކުރެވޭނެ.” ދެބައި ހަމައަށް ގޮސްފައިވާ ފެން ތަށި އަތުލާ ބޯލަމުން އިޙުސާނު ސުމައްޔާގެ ކޮނޑުގައި ހިފާ ގާތަށް ދަމާލިއެވެ. ފެން ބުއި ނަމަވެސް އިޙުސާނުގެ ކަރު ހިކެމުން ދިޔައީ ދުވަހަކު ދިޔާ އެއްޗެއް ނުލިބޭ މީހެއް ފަދައިންނެވެ. އެ ހިތް އެދެމުން ދިޔައީ އެންމެ ކަމަކަށެވެ. ސުމައްޔާ އަށެވެ. އޭނާ މި ވަގުތަށް އިންތިޒާރު ކުރާތާ ކިތަންމެ ދުވަހެކެވެ.

“އަހަރެ…” ސުމައްޔާ އިތުރަށް އެއްޗެއް ބުނަން ހުޅުވާލި އަނގަ ބަންދުކޮށްލީ އިޙުސާނުގެ ހިތުގެ ގޮވުމަށް އިޖާބަ ދެމުންނެވެ. ސުމައްޔާގެ ކަނދުރާގައި އެއް އަތުން ހިފާލެވިފައި ވީއިރު އަނެއް އަތް އަޅުވާލެވިފައިވަނީ އެ ހިމަ އުނަގަނޑުގައެވެ. ސުމައްޔާ ކިތަންމެ ހާސްވެފައި ހުރި ނަމަވެސް އިޙުސާނުގެ އެ އިސްނެގުމުން އެ އިޙުސާސްގައި ބެހިގެން ދާން ދެލޯ މަރާލިއެވެ.

އިޙުސާނު ސުމައްޔާގެ ތުންފަތަށް ލުޔެއް ދިނީ ނޭވާ ކޮޅަށް ދިއުމުންނެވެ. ފުން ނޭވާތަކެއް ލަމުން ދިޔަ ސުމައްޔާގެ ދެލޮލަށް ނަޒަރު ހުއްޓާލަމުން ސުމައްޔާ ލައިގެން ހުރި ޖެކެޓުގެ ގޮށްތައް ނައްޓާލިއެވެ. ސުމައްޔާ ވެސް ދެރަ ނުވާން ވެގެން އިޙުސާނު ލައިގެން ހުރި ފޭރާން އެ ހަށިގަނޑުން ވަކިކޮށްލައިފިއެވެ. “ވަރަށް ލޯބިވޭ. ސޫމޯ މައި ސަންތީ! އައިމް ރިއަލީ އޮބްސެސްޑް ވިތް ޔޫ.” ސުމައްޔާގެ މޫނަށް އެޅިފައިވާ އިސްތަށިތައް އެއްފަރާތްކޮށް ކަންފަތް ދޮށަށް ލައްވާލަމުން ބުނެލިއެވެ. “އައި ލަވް ޔޫ މޯރް އުންމަތުލް ވަބާ. ދުވަހަކުވެސް އަހަރެން ދޫކޮށްލާފައި ނުދައްޗޭ.” ސުމައްޔާ ލުއި ހިނިތުންވުމަކާއި އެކު ބުނެލިއެވެ. “އައި ޕްރޮމިސް. ދުވަހަކުވެސް ދުލެއް ނުކޮށްލާނަން.” އިޙުސާނު ސުމައްޔާ ނަގާ އުރާލަމުން މިސްރާބު ޖެހީ އެނދާއި ދިމާލަށެވެ.

ހެނދުނު އަށެއް ޖެހުމާއި އެކު ފަހަރަކު ޖޯޑެއް ހެނދުނުގެ ސަޔަށް އިންސާފު ކުރުމަށް ރިސޯޓުގެ އަންޑަވޯޓަރ ރެސްޓޯރެންޓަށް ވަންނަމުން ދިޔައެވެ. ވަށައިގެން ފުރޭނިގެން އަންނަ އިރުގެ ތާޒާ ދޯދިތައް ކަނޑުގެ ނޫކުލައިގެ ލޮނުގަނޑާ ބައްދަލުވުމުގެ ސަބަބުން ވިދުންގަދަ ޖާދޫވީ އަލިކަމެއް އެ މާހައުލަށް ވެރިވެފައިވިއެވެ. މަޑު ރާޅުތަކުގެ ހަރަކާތްތަކާއެކު ކަނޑުގެ އަޑީގެ ދިރުންތައް ފެންނަނީ ބަލާ މީހަކު އާޝޯހުވާނެހާ ފުރިހަމައަށެވެ.

ދިގުދިގަށް އަތުރާލެވިފައިވާ މޭޒުތަކުގެ މަތީގައި ހެނދުނުގެ ސަޔަށް ޚާއްޞަކޮށް ތަފާތު ކެއުމުގެ ބާވަތްތައް އަތުރާލެވިފައިވެއެވެ. ދުވާ ކާތަކެތީގެ މީރު ވަހުން ކުޅު ދިޔާވާހާ ވެއެވެ. ދިވެހިވަންތަ ކެއުމުގެ ގޮތުގައި ހުރީ ހޫނު ރޮއްޓާއި ދެ ވައްތަރެއްގެ މަސްހުންޏާ ކުޅި މަހެވެ. މީގެއިތުރުން ކަނޑު އަޑީގެ މި ތަޖުރިބާ އާއި ގުޅުވާލުމަށް ސީފުޑް އިން ތަފާތު ބާވަތްތައް ތައްޔާރު ކޮށްފައި ހުއްޓެވެ. އެގޮތުން، ސޫޝީ، ލޮބްސްޓަރ ރޯލްސް، ޝްރިމްޕް ސްކެމްޕީ އަދި ފްރައިޑް ކަލަމާރީ ހިމެނެއެވެ. ބުއިމަށް އާވި އަރައަރާ ހުރި ކޮފީތަށިތަކާއި ކަޅު ސައިގެ އިތުރުން ޒައިލީނަށް ޚާއްޞަކޮށް ފްރެޝް ޖޫސް ތަށްޓެއް ހުއްޓެވެ.

“މަންމީ. ބަލާ. ވެލާ!” ޒައިލީން ބިއްލޫރި ބިތާއި ކައިރިއަށް އައި ވެލާއެއް ދައްކާލަމުން އުފަލުން ފުމެން ފެށިއެވެ. އަރީން ހުރީ އެ ކުއްޖާގެ އަތުގައި ހިފާލައިގެން ރެސްޓޯރެންޓުގެ ބިއްލޫރި ބިތެއްގެ ކައިރީގައެވެ. “މަންމާ އެއީ ކޯއްޗެއް؟ ވާވް.” ނޫކުލައިގެ މަޑި އަކަށް އިނގިލި ދިއްކޮށްލަމުން ޒައިލީން އެހިއެވެ. “އެއީ މަޑިއެއް. ބަލާ. އޭގެ ނިގުލާ ދިމާލުގައި އެ އިނީ ވަރަށް ތޫނު ކަށްޓެއް.” އަރީން ބުނެލިއެވެ. ޒައިލީން ޝައުގުވެރިކަމާއި އެކު ހުރެ ކުރަމުން ދިޔަ ކޮންމެ ސުވާލަކަށް އޭނާ ޖަވާބު ދެމުން ދިޔައީ ނިކަން ލޯތްބާއި އެކުގައެވެ.

“އާދެވިއްޖެ ދޯ! މަ ހީކުރި ކަލޭމެން ހިއްލާލާނީ މެންދުރަށް ކަމަށް.” ފަނަރަ މިނެޓެއް ހާއިރު ފަހުން ސުމައްޔާ އާއި އިޙުސާނު އައިސް ވަނުމުން އަކްމަލް ވަށްބަހުން ޖެހިއެވެ. “ބޭކާރު ވާހަކަ ނުދައްކާ ހިމޭނުން އިނދޭ.” އިޙުސާނު ހުސް ގޮނޑިއެއްގައި އިށީނީ އަކްމަލްގެ ފުއްކިބައިގައި ޖަހާލުމަށް ފަހުއެވެ.

އަރީނަށް ޒައިލީން ކާމޭޒު ދޮށަށް ގެންނަން ޖެހުނީ އުރާލައިގެންނެވެ. ވަށައިގެންވާ މާހައުލުގެ ހިތްގައިމުކަން ދިރާސާ ކުރުމަށް އެ ޅަ ހިތް އެދެނީ އިންތިހާއަށެވެ. ތުން ދަމައިގެން އިން ގޮތުން ވެސް އެ ކުއްޖާ ހިތްހަމަނުޖެހިފައިވާ މިންވަރު އެނގެން ހުއްޓެވެ. އޭރު އެހެން މީހުން ކެއުމަށް އިންސާފު ކުރަން ފަށައިފިއެވެ. އަރީން ފުރަތަމަ އުޅުނީ ޒައިލީނަށް ބަކުން ކާންދެވޭތޯއެވެ. އެހެނަސް ހިލާ އެކަން ކާމިޔާބު ވިޔަކަ ނުދިނެވެ.

“ދަރިފުޅޫ. ދެން ބަސްއަހައިގެން ކާންވީއޭ. މިއަދު މޫދަށް ދާން ވާއިރަށް ވަރު ޖައްސަން ޖެހޭނެއްނު.” ޒައިލީން އިސް އުފުލާލީ ޒަވިއަން އޭނާގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކި އަޑަށެވެ. އެ ކުއްޖާ އެންމެފަހުން ކާން ފެށީ ޒަވިއަން އަތުންނެވެ.

“އައި ހޭވް ސަމްތިންގ ޓު އެނައުންސް. ވީއަރ އެންގޭޖްޑް.” ޝައިނާގެ ކޮނޑުގައި އަތް އަޅުވާލަމުން އަކްމަލް ބުނެލިއެވެ. “ކީކޭ؟ އެންގޭޖްޑް އޭ. ބަލާބަލަ ހުންނަ ފޭކުކަން. ހުރިހާ ކަމެއް ނިންމާފަތަ ބުނަން އެނގެނީ؟” ސުމައްޔާ ދެލޯ އަޅާލަމުން ބުނެލިއެވެ. “އެބުނާހެން ވަގުވިޔަސް ބޮޑުވަރު. ގައިން ބަޔެއް އުނިވެދާނެތީތަ ސިއްރުން ފިލަފިލައިގެން އުޅުނީ.” އިޙުސާނު ވެސް ޗޮކެއް ކަނޑާލައިފިއެވެ.

“ތިމީހުން ކައިވެނީގެ ކަންތަކުގައި ނޭވާ ނޭފަތުން ނުލާ އުޅެނިކޮށް ބުނެވޭތަ؟ އަދި އެހާ ގިނަ ދުވަހެއް ނުވެޔޭ!” އަކްމަލް އަމިއްލަ ނަފްސު ދިފާއުކުރަމުން ބުނެލިއެވެ. އެހެނެއް ކަމަކު އެ ކޯޅުން ހުއްޓޭ ގޮތެއް ނުވިއެވެ.

“ދެން މައިތިރި ވެގެން ތިބޭ. މިހާރު ވަރަށް ބަހުގެ ހަމަލާ ރައްދުކުރެވިއްޖެއްނުން.” ޒަވިއަން މޭޒުގައި ސަމްސަލުން ޖަހާލަމުން ބުނެލިއެވެ. “އަހަރެން ވެސް އެބައޮތް ވާހަކައެއް ބުނަންވެފަ.” އަރީން އިނގިލިތަކާއި ކުޅެލަމުން ބުނެލިއެވެ. މިއާއެކު އެންމެންގެ ނަޒަރު އެ ދިމާލަށް ހުއްޓުނެވެ. “އަހަރެން ބަނޑުބޮޑު. ދެމަސް.” އަރީން ތުންފަތުގައި ދަތްއަޅާލަމުން ބުނެލިއެވެ. މި ވާހަކަ އިވިފައި ޒަވިއަންގެ މޫނުމަތި އުޖާލާވެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ބަބުޅަން ފެށިއެވެ. ދެން އެއާއިކު އިވިގެން ދިޔައީ އެކުވެރީންގެ މަރުހަބާގެ ފޮނި ބަސްތަކާއި ހޯބޯލެއްވުމުގެ އަޑެވެ.

މި ޒުވާނުންގެ ތަޤުދީރުގެ ނާޒުކު ޞަފުޙާތަކުގައި ލިޔެވުނު ވޭނީ ދަތުރުގެ ނިމުން އައީ ހިތި ހަނދާންތަކަކާ އެކުގައެވެ. ވަކިވެގެން ދިޔަ ލޯބިވާ މީހުންގެ ސޫރަ މިއަދުވެސް އެ ހިތްތަކުގައި ބިންވަޅުނެގިފައިވެއެވެ. އަނިޔާވެރިކަމުގެ ދަލުގައި ޖެހި ހަނާވާން ޖެހުނު ދުވަސްތަކުގެ ހަނދާން ނައްތާލުމަކީ ކުޅަދާނަ ކަމަކަށް ނުވިއެވެ. ގިނަ ގޮންޖެހުންތަކެއްގެ ހިޔަނި ފިލުވާލުމަށްފަހު، އެންމެންގެ ދިރިއުޅުމަށް އުފާވެރިކަމުގެ ބަހާރު މޫސުން މަރުޙަބާ ކީ، ޒަޚަމުވެފައިވާ ހިތްތަކުގައި މަލަން އަޅަމުންނެވެ. އިންސާފުގެ ފޮނިކަން ލިބިގަތުމަށްފަހު އާ ފެށުމެއްގެ ކުލަޖެހިގެން ދިޔައީ މާޒީގެ އަނދިރިކަމުގެ މައްޗަށް ލޯތްބާއި އުއްމީދުގެ އަލިކަން ގެނުވަމުންނެވެ.

– ނިމުނީ –

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މުޅި ހިތް ބޭގަރާރު ވެއްޖޭ-25

Next

އާއެކޭ ލޯބިވޭ ފަންސާސް އެއްވަނަބައި (ޅެމަކުން އަމުނާލި ހިތުގެ އުދާސް)

Next
July 20, 2026

އާއެކޭ ލޯބިވޭ ފަންސާސް އެއްވަނަބައި (ޅެމަކުން އަމުނާލި ހިތުގެ އުދާސް)

Previews
July 20, 2026

މުޅި ހިތް ބޭގަރާރު ވެއްޖޭ-25

34 Comments!

  1. Lynlyn 🤗 says:
    July 20, 2026 at 3:04 pm

    Wow vrh reethi MA ✨🫶
    Haadha happy ending ekey emmen ah vx 🥹
    Zelly haadha cute ey dhw MA adhi ehaa anga vx gadha 😅😆
    Mi vhk haadha avahakashey dhw mi nimunee 😭
    I really like ur story’s keep it up u r very good MA 🤗
    I hope u always continue writing stories
    Proud of you and tysm 🤗
    Tc bye 🤗🙃

    1. White rose White rose says:
      July 20, 2026 at 3:28 pm

      I’m delighted to hear that, appreciate the support sm 🥰🥰
      Yhh, nimigen dhiya goiy ves neyngey 🥀💔
      Dhww, zely is such a cutie 😍😍
      Shukran Lynlyn 🤗 ✨✨
      Lyt darl 🫰🏻🫰🏻

  2. BLOSSOM says:
    July 20, 2026 at 3:14 pm

    alhey its the end dho , zelly is getting a sibling 😯 wishing them a happy future and you too ❤️ hope you write more storys like this its really beautiful ❤️lysm❤️

    1. White rose White rose says:
      July 20, 2026 at 3:31 pm

      Hmm, mi nimuny 💔🥀
      I’m thrilled to hear that 🥰🥰
      Genuinely appreciate the unwavering support throughout the story 🥹🥹
      Shukran BLOSSOM ✨✨
      Lyt darl 🫰🏻🫰🏻

  3. Anonymous says:
    July 20, 2026 at 3:59 pm

    Dhen Kon iraku white Rose ge story eh kiyaalan libeynee mi story vx vrh Reethi MA 💗

    1. White rose White rose says:
      July 20, 2026 at 8:24 pm

      Can’t say a particular date yet 💔🥀
      Shukran Anonymous, truly appreciate the support ✨✨

  4. Lynlyn🤗 says:
    July 20, 2026 at 6:48 pm

    Adhi vx Gina ginain liyahchey mikahala stories
    I really appreciate ur effort
    When’s the next story
    Lysm tc bye

    1. White rose White rose says:
      July 20, 2026 at 8:22 pm

      IA, will try my best 😄😄
      Adhi neynge upload kuran fesheyne dhuvaheh bunaakah, gonna focus on studies for a while 🥀💔
      Shukran Lynlyn🤗 ✨✨
      Lyt darl 🫰🏻🫰🏻

  5. Futtaki says:
    July 20, 2026 at 7:47 pm

    Oooooommmmyyyyyggggooooddddddd!!!!!!!
    Best story i have ever read.. Hama bunaane ehvx ehchey neyy…. Maasha Allah White rose liyaa vaahakatah abadhuves kiyanee vrh shaugu veri kamaa eku.. Unmeedhu kurany kuriah oiy thanuga vx mifadha reethi vaahaka thakey kiyaalan libeynekamah…
    Tcc.. Lyy💙💚

    1. White rose White rose says:
      July 20, 2026 at 8:27 pm

      Aww, I’m thrilled to hear that 🥰🥰
      I really appreciate your unwavering support 🥹🥹
      IA konmeves dhuvahakun ithuru vhk eh kiyaalan libeyne 😄😄
      Shukran Futtaki ✨✨
      Lyt darl 🫰🏻🫰🏻

  6. ehkala kuhjja says:
    July 20, 2026 at 8:18 pm

    mi story vrh reethiii…hama vrh shauguveri kamaa ekoh kiyun story eh mee….mikahala story eh kiyaalan libeyne kmh uhmeedhu kuran…keep it up girlll

    1. White rose White rose says:
      July 20, 2026 at 8:29 pm

      I’m overjoyed to hear that 🥰🥰
      IA, I’ll upload another story later on 😄😄
      Shukran ehkala kujja ✨✨

  7. Shiu says:
    July 20, 2026 at 10:16 pm

    Heyyy, Long time no see dhw. Busy kamun comment nukureveny 😔
    Mi Story vx varah varah Reethi Masha Allah 🤩 Still Can’t believe this story has ended 😭 meege part 2 eh liyan visnin tha??😄
    Of course zev ge idea eh dhw ehn kiyaafa Nooree genaunaky 😂 Finallyyyy, Sumee and Issey, Nooree and Eleven marry kurevijje dhw… They are soo romantic 🤭 Awwwnn Zelly soo cutee ❤️

    I really Appreciate your hard work… Tysm bunaa dhuvahegga story up kohdheythee.. ehaa busy koh ulhemun vx story up kohdheythee varah ufaavey, appreciate it 😊 mi story vx hama kureege story thakekey effadhain hama varah Reethi Masha Allah 🤩 hurihaa episode eh vx varah shauguveri kamaaekku kiyaalevey.. Sifa kurun and everything is just Masha Allah 🤩
    Mifadha Shauguveri Vaahaka eh kuriah oiyy thanugai kiyan libeyne kamah ummeedhu kuran 😊 Abadhu vx edhenee White Rose ah Kaamiyaabu libumah.. I ge support Abadhu vx libeyne In Sha Allah.. will miss you and your stories sm 😭 White Rose ge ithuru vaahaka eh kiyaalan libeyne dhuvahegge inthizaaruga 😊
    Love you White Rose 😘❤️

    1. White rose White rose says:
      July 21, 2026 at 9:27 am

      Yea long time no see 😇😇
      I’m delighted to hear that 🥰🥰 truly appreciate the support you’ve shown throughout 🥹🥹
      Nahh, mi hisaabun nimmaaly 💔🥀
      Aan enme fahun e dhe joadu kaivenin gulhijje 😌😌
      I’ll miss u too 🥺🥺 IA adhi konmeves dhuvahakun alhugandu ge vhk eh kiyaalan libeyne
      Shukran Shiu ✨✨
      Lyt darl 🫰🏻🫰🏻

  8. pumpkin🎃 says:
    July 20, 2026 at 10:32 pm

    omg nice ending
    finally insaafulibijie
    iam shocked eleven and issey could be that romantic😮
    nice story❤️🤍👍
    waiting for ur new story🤍

    1. White rose White rose says:
      July 21, 2026 at 9:29 am

      Yhh, they got a satisfactory ending 😄😄
      Haha, eii ves kulhadhaana dhe firihenunney 🤭🤭
      Shukran pumpkin🎃 ✨✨
      Your support will be forever appreciated 🥹🥹

  9. Anonymous says:
    July 21, 2026 at 9:19 am

    Can you please write a bonus episode dear 😭🙏

    1. White rose White rose says:
      July 21, 2026 at 9:30 am

      Thikahala khiyaaaleh neiy, migothah nimmaalan beynumy 🥀💔
      Shukran Anonymous ✨✨

  10. Your fav bab Your fav bab says:
    July 21, 2026 at 8:59 pm

    Oh my god!!
    This part was astonishingly impressive darling✨✨
    ALHHEYYYYY!!! Both the couples got married eh dhuhaku dhw?? Oh ma gsh!! So happy for ’em all👏👏
    Isse then vrh naughty vaane dhw? Finally sumy is his!!
    This story definetly topped my favs💗
    Aah! But when will I be able to read another masterpiece from ya? I’ll miss you so badly!
    LYSM💖

    1. White rose White rose says:
      July 22, 2026 at 9:18 am

      I’m delighted to hear that 🥰🥰
      Yhh a double wedding 😍😍
      Ithuru vhk eh upload kuran fesheyne dhuvaheh seedhaa koh bunaakah neyngey 💔🥀
      Will miss you too, genuinely appreciate the support you’ve shown throughout 🥹🥹
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

    2. Yo babe says:
      August 16, 2026 at 8:27 am

      Woww love you so much 💗💗💗🙄 eww

    3. Nuts🙈 says:
      August 17, 2026 at 10:59 am

      Oh heyyy after so many days ur fav bab ahahhaha little crowd 💋🙊

  11. xxx_dodo_xxx says:
    July 24, 2026 at 10:58 am

    Incredible love it

    1. White rose White rose says:
      July 24, 2026 at 11:35 am

      Shukran xxx_dodo_xxx ✨✨

  12. Lilly says:
    July 27, 2026 at 10:17 am

    Kiyunu vaahaka thakugetherein ehme kamudhaa eh vaahaka, Masha’Allah. 💯 Unmeedhu kurani enehkaa VX varah avahah vaahaka eh kiyaalan libeyne kamah.

    “Keep up” 👍👏👏🤭

    1. White rose White rose says:
      July 27, 2026 at 3:02 pm

      Super delighted to hear that, really appreciate it 🥰🥰
      IA someday, I’ll be back with another story 🥹🥹
      Shukran Lilly ✨✨

  13. Azu says:
    July 31, 2026 at 2:25 am

    Mi Vaahaka Varah Reethi Masha Allah
    Varah Dheravey Maruve Dhiya Meehunge Mathin Hadhaan Vumun
    Mi Vaahaka Varah Kamudhiya
    Very Dheravey Adhi Ufaaveri
    Keep Up The Good Work
    Varah Furihama
    LY
    TC

    1. White rose White rose says:
      July 31, 2026 at 8:06 pm

      I’m super glad to hear that, truly appreciate it 🥰🥰
      Yhh, its a bittersweet ending 🥀💔
      Shukran Azu ✨✨
      Lyt darl 🫰🏻🫰🏻

  14. Shaba_17 says:
    August 1, 2026 at 1:59 pm

    Hii dear! Alhey story nimuny dhw 😭
    Hurihaa part eh vx vrh Reethi MA 💗💯
    Sorry hurihaa part akah comment nukohlevuneema 😭
    But hurihaa part eh ves gavaidhun kiyan ingey
    Awwn finally isse & sumee, eleven & nau wauu 💗🙈
    Awwn Zely haadha cute eyy and haadha majaleyy 😍
    I really appreciate your hard work keep it up ✨
    You are one of my fav author from this site 😊
    Hope vrh avahah new Story eh kiyaalan libeyne kmh
    Vrh miss vaane Mi stry mathin and white Rose mathin vx wishing you all the best 🤝 Byee Byee 👋🏻
    Lysmmm 💕

    1. White rose White rose says:
      August 1, 2026 at 5:03 pm

      Aan, mi vhk ves nimuny 💔🥀
      I’m thrilled to hear that, genuinely appreciate the support you’ve shown throughout 🥰🥰
      Yhh, the two couples got together 🥹🥹
      Hiyeh nuvey ehaa avahah ithuru vaahaka eh liyeveynehenneh, decided to focus on studies 💔🥀
      Shukran Shaba_17 ✨✨
      Will miss u too 😕😕
      Lyt darl 🫰🏻🫰🏻

  15. Lilly says:
    August 25, 2026 at 2:53 pm

    Kon iraku tha enehkaa AA vaahaka eh kiyaalan libeynee ?? 😀☺️☺️

    1. White rose White rose says:
      August 26, 2026 at 1:16 pm

      I don’t think I’ll be able to upload any this year, studies ga vrh buxy, so regularly upload nukureveynethy next year ah las kohlee 💔🥀
      IA we’ll meet next year with another story 🥺🥺
      Shukran Lilly ✨✨

  16. Shaba_17 says:
    September 2, 2026 at 3:03 pm

    How are you white Rose? I miss you & ur stories sm 😔

    1. White rose White rose says:
      September 3, 2026 at 7:19 am

      I’m doing well, hope you are feeling good asw 🥹🥹
      I miss you a lot too, IA adhi konmeves dhuvahakun ehen story eh genesdheynan 🥰🥰
      Shukran Shaba_17 ✨✨

Comments are closed.



All Right Reserved!