Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 83

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
July 15, 2026 8 Mins Read
16 Comments

އިޝާ ނަމާދުން ފައިބައިގެން ލީވާން އަނެއްކާވެސް ދިޔައީ ނައުރީން ބާއްވައިފައި އޮތް ހަސްފަތާލަށެވެ. ނައުރީނަށް ޚާއްޞަކޮށް ނެގިފައިވީ ޕްރައިވެޓް ރޫމަށް ވަންނަން އަޅާލި ފުރަތަމަ ފިޔަވަޅާއި އެކު ލީވާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. އެނދު ހުސްކޮށް ހުރުމުން ފާޚާނައިގައި ކަމަށް ހިތާ އޭނާ އެ ތަން ބަލައިލަން ދިޔައެވެ. އެހެނަސް ފާޚާނައިން ވެސް ނައުރީންގެ ހިލަމެއް ނުވުމުން ލީވާނަށް އިސްތަށިގަނޑަށް އަތް މަހާލެވުނެވެ.

“ރޫމް 2 ގައި އޮތް ޕޭޝަންޓް ކޮބާ؟” އެ ފްލޯގެ ކައުންޓަރު ކައިރިއަށް ގޮސް ލީވާން އެހިއެވެ. “ޕޭޝަންޓްގެ އެދުމަށް މީގެ އިރުކޮޅެއް ކުރިން ޑިސްޗާޖް ކޮށްލެވިފަ ވީ.” އެތަނުގައި ހުރި ރިސެޕްޝަނިސްޓް ބުނެލިއެވެ. ލީވާން ނޭފަތުކުރީގައި ހިފާލަމުން ފޯނު ނަގާ ނައުރީނަށް ގުޅަން މަސައްކަތް ކުރިއެވެ. އެއަށްފަހު ހަސްފަތާލުން ނުކުންނަން ދިޔައީ ނައުރީން ފެނޭތޯ ބަލާށެވެ.

މަގުމަތީގައި އެކަނި މާ އެކަނި ހިނގަމުން ދިޔަ ނައުރީން މަސައްކަތް ކުރީ ޓެކްސީއެއް ހޯދޭތޯއެވެ. އެހެނަސް މާލޭ މަގުމަތިން ޓެކްސީއެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވިއެވެ. ހިތްވަރު އެލި ވަރުބަލިވެފައި ހުރެ އޭނާ މަގުގެ އެއްފަރާތަށް ޖެހިލިއެވެ. ވަށައިގެން އުޅުނުހާ ބައެއްގެ ނަޒަރު އަމާޒުވެފައި ހުރި ގޮތުން އޭނާ ލަދުގަންނަ ގޮތް ވިއެވެ. ބައެއް މީހުން އޭނާއަށް ކަޅި އަޅަމުން ބަލާއިރު އަނެއް ބަޔަކު ނައުރީނަށް ނިސްބަތްކޮށް ވަށް ބަހުން ޖަހާލައެވެ. އެހެންމީހުންގެ ނުރުހުން އަމާޒުވަމުން ދިއުމުން ހިތްކުދިކުދިވަމުން ދިޔަ ޙާލު އޭނާ މީހުން މަދު ހިސާބަކަށް ދާން ގޯޅިއެއް އެޅިއެވެ.

“އޯހޯ. ބަލާބަލަ. މީނާ ވެސް ގޯޅިގޯޅިން ފެންނަން ފެށީދޯ. ތާކު ހުރި ފައްކާ ** އެއް ހުވާ. ލާރީގެ ދަހިވެތިކަމުގަ ނުކުރާކަށް ކަމެއް ނޯވޭ. މަޝްހޫރުކަން ހޯދާފަ ލަވަކިއުންތެރިއަކަށް ވީ ވެސް ބައްޕަގެ މުޑުދާރު ފައިސާއިން ކަން ޔަޤީން. މައުސޫމް މޫނު މައްޗެއް އަޅައިގެން އުފަލުގައި އުޅެވިއްޖެއްނު. ޗީޗީ.” އެ ތަނުން ދިމާވި ޒުވާން ފިރިހެން ގުރޫޕަކުން ކުއްޖަކު ބުނެލިއެވެ. “ހުއްޓާލާ. އަހަރެން އެކަހަލަ ކަމެއް ނުކުރަމޭ.” ރޮވިފައި ހުރެ ނައުރީން އެދުނެވެ.

“އައްދެ. ކަލޭ އަށް ރޯން ވެސް އެނގޭތަ. ކިހިނެއް އެނގޭނީ މީނާގެ ހިތެއް ހުރި ކަމެއް. އެތައް ބަޔަކު މަރަމުން ދުވި ***** ތަކެއްގެ ޕްރިންސަސް ވިއްޔާ. ފަރުދާގެ ފުރަގަހުގަ ކަލޭ ކޮށްލާ އަނިޔާވެރި ކަންކަން އަދި ފަޅާއަރާނެ. ބައްޕަ އުމުރަށް ޖަލަށް ލެވުނީ ވިއްޔާ. ނުވީތާކަށް ފިނޑިކަމުން އަދަބު ލިބިގަންނަން ނުކެރިގެން ކޮއްކޮ އަމިއްލައަށް މަރުވީ. ލަދެއް ނެތް *** އާ. އިތުރަށް ރަނގަޅު މީހުންގެ ދިރިއުޅުން ސުންނާފަތި ނުކޮށް ކަލޭ މިތަނުން ރައްކާވެގެން ދޭ. ޔަޤީނޭ މި ފަހުން އެ ޑައިމަންޑް އެޝޫރަންސްގެ ޗެއަރމަންގެ ސެކެޓްރީ އާއި ޖެއްސީ ވެސް އެ ލާރީގެ ދަހިވެތި ކަމުގައި ކަން. ހުރި ހަޔާތްކުޑަކަން ބަލާބަލަ” އެތަނުން އެހެން ސޮރަކު ގޮސް އިސްޖަހައިގެން ހުރި ނައުރީންގެ އިސްތަށިގަނޑުގައި ހިފާ ދުރަށް ކޮށްޕާލިއެވެ. އެ މީހުން އެތަނުން ދުރަށް ދިޔައީ ނައުރީންގެ ގަޔަށް ކުޅު ވެސް ޖަހައިފައެވެ. ރޮއިރޮއި ދެލޯ ރަތްވެ ދުޅަވެފައިވާ ޙާލު އޭނާ ފޯނު ނެގިއެވެ. ހުއްޓުމެއްނެތި ލީވާން ގުޅަމުން ދިޔަ ނަމަވެސް އޭނާ އަކަށް ފޯނު ނަގާކަށް ނުކެރުނެވެ. ބަދަލުގައި ގުޅާލީ އޭނާގެ އިހުގެ ބޮޑީގާޑަށެވެ.

“މުއާޒްބޭ… އަހަރެން އެޕާޓް..މަންޓަށް ގެން..ގޮސް ދެވިދާނެތަ؟ މި… މި ހުރީ ހެންވޭރު… ސްޓޭޑިއަމް… ކުރިމަތީގައި.” ކުރަކިވެފައިވާ އަޑަކުން ނައުރީން އެދުނެވެ. މުއާޒް އަންނަނީ ކަމަށް ބުނުމުން ނައުރީން ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ. އެހެނަސް ރުއިމެއް ނުހުއްޓުނެވެ.

ސައިކަލް އާރޓިފިޝިއަލް ބީޗު ކައިރިއަށް ޕާކު ކޮށްލުމަށް ފަހު ލީވާން އެ ތަނުގެ ތެރެއަށް ވަނެވެ. އެކިކޮޅުކޮޅަށް ދުވަމުން ނައުރީންގެ ނަން ގޮވަމުން ދިޔައީ މި ތަނުން ފެނިދާނެ ކަމުގެ އުންމީދެއް އޮތުމުންނެވެ. އެހެންޏާ ވެސް ކަމެއް ވިއްޔާ އަންނަ މަންޒިލަކީ މިއީ ވިއްޔާއެވެ. ބުރަފައްޗެއްހެން އެތަނުގައި އެނބުރެމުން ދިޔަ ލީވާންގެ ހިތްވަރު އެލޭ ގޮތްވީ ނައުރީންގެ ހިލަމެއް ނުވުމުންނެވެ. ކަރު އެލުވާލަމުން ދެން އޭނާ މިސްރާބު ޖެހީ ރަސްފަންނަށެވެ. ނައުރީނަށް ގުޅާ ގުޅާ ވަރުބަލިވީއިރު ވެސް ފޯނު ނަގާކަށް ނޫޅުނެވެ. ހާސްކައްޓަށް އަރައިފައި ހުރި ވަރުން އޭނާ އަށް ނައުރީން ހޯދޭނެ އެހެން ގޮތްތައް ހުރިކަން ހަނދާން ނެތިފައިވީ ކަހަލައެވެ.

ނައުރީނަށް އޭނާގެ އަމިއްލަ އެޕާޓްމަންޓު ތެރެއަށް ވަދެވުނީ ވެސް ވަރަށް ޙާލުންނެވެ. އެތެރެއަށް ވަދެ ދޮރު ޖަހާލުމަށް ފަހު އޭނާ ބިމަށް ތިރިވިއެވެ. އަނެއްކާ ވެސް ރޮއިގަނެވުނެވެ. އިރުއިރުކޮޅާ ފޯނު ދިއްލެނީ ނޮޓިފިކޭޝަންތައް އަންނަވަރުންނެވެ. ލީވާން ވެސް ހުއްޓުމެއްނެތި ގުޅަމުން ދިޔައެވެ. އެއިން އޭނާ އަށް ނިސްބަތްކޮށް ހެއްދިނުހެއްދި އަށް ގޮވާ މެސެޖުކޮށްފައި ހުއްޓެވެ. އެ ފެނި ބޮލުގައި ރިއްސާގޮތް ވުމުން ނައުރީން ފޯނު ނަގާ އަތުކޮޅަށް ހޫރާލައިފިއެވެ. އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން ނައުރީން ކަރު ބުޑުން ހަޅޭއްލަވައިގަތެވެ.

މާލޭގެ އެކި ހިސާބުތައް ބަލައިގެން ވެސް ލީވާނަށް ނައުރީން ފެންނަގޮތެއް ނުވިއެވެ. އެ މީހުންގެ ކުރިން އުޅުނު ގެއަށް ދިޔައިރު ވެސް އެތަނުގައި ނައުރީން އުޅޭ ކަމަކަށް ނުވިއެވެ. “އަނެއްކާ ހުޅުމާލެ އަށް ދިޔައީ ބާ؟” އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލަމުން ލީވާން ސައިކަލު ދުއްވާލައިފިއެވެ. މިފަހަރު މިސްރާބަކަށް ވީ ހުޅުމާލެއެވެ.

އަރީން ސުމައްޔާ އާއި ވާހަކަދައްކަން ދޫކޮށްލައިފައި ޒަވިއަން އިނީ ފޯނު ހާވާށެވެ. އޭނާގެ ކަތުރުކަށިގަނޑަށް ވާން ވަމުން ދިޔައީ ނޫސްވެރިން ހަދަހަދައިގެން ނެރޭ އާޓިކަލްތައް ފެނިފައެވެ. އެންމެ ފަހުން ނީނދެވިގެން އޭނާ ލީވާނަށް ގުޅަން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާ ހިލާ ފޯނު ނަގާކަށް ނޫޅުނެވެ. ލީވާން ފޯނު ނެގުމުން އޭނާ ގުޅަން ފެށީ އެ ނިޔުސްތައް ހިންގާ މީހުންނަށެވެ.

“ހަމަ މިހާރުން މިހާރަށް ނައުރީނާއި ގުޅުވައިގެން ނެރެފަ ހުރި އާޓިކަލްތައް ރިމޫވްކުރޭ. ކަލޭމެން ގެންގުޅޭ ރިޕޯޓަރުންނަށް ދަސްކޮށްދޭން ވެއްޖެއްނު ތެދު ދޮގު ބަލާފަ ޚަބަރު ފޯރުކޮށްދޭން. ތިހެން އެ އަންހެން ކުއްޖާގެ އަބުރު ކަތިލަން މަސައްކަތް ކުރާނަމަ އަހަރެންނަށް ޖެހޭނީ މައްސަލަ ކޯޓަށް ހުށަހަޅަން. ތިޔަ މީހުން ބޭނުންވާ މައުލޫމާތު ދޭން އަހަރެން މާދަން ޕްރެސް ކޮންފަރެންސެއް ބާއްވާނަން.” ޒަވިއަން އަޑަށް ބާރުލައިފައި އެންގިއެވެ. ފަހަރަކު ބަޔަކަށް ގުޅާ އަމުރު ނެރުމަށް ފަހު ޒަވިއަން ހުއްޓާލިއެވެ. އޭގެ ފަހުން ވެސް އޭނާ ލީވާނަށް ގުޅަން މަސައްކަތް ކުރިއެވެ. އެހެނަސް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

“ރީން. އަދިވެސް ގެއަށް ދާކަށް ނުވޭތަ؟ މިހާރު އެއޮއް ދިހައެއް ޖަހަނީނުން. މިރޭ އަދި ބޭސް ނުކައެއްނު ތި އުޅެނީ؟” ޒަވިއަން ގަޑިއަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. އެއާއެކު އަރީން ގޮނޑިން ތެދުވިއެވެ. “ބޭހޭ؟ ކިހިނެއްވީ؟ ރީން ބަލީތަ؟” އަރީންގެ އަތުގައި ހިފާލަމުން ސުމައްޔާ އެހިއެވެ. އަރީން އެއަށް ރައްދެއް ދޭން ނޭނގުމުން ތުންފަތުގައި ދަތް އަޅާލިއެވެ. “ޕީޓީއެސްޑީގެ ވައްތަރެއް ހުރި ކަމަށް ވަނީ. ސުމީ އަށް ވީ ކަންތަކާއި ރީން ހަމަލާ ދިން މީހާ މަރުވުމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރި ކުރީމަ އެހެންވީ.” ސުމައްޔާގެ ސުވާލަށް ޖަވާބެއް ދިނީ ޒަވިއަނެވެ. ސުމައްޔާ އަށް މި ވާހަކަ އިވިފައި ތެދުވެވުނެވެ. އަދި އަރީން ގާތަށް ދަމާލަމުން ބައްދާލައިފިއެވެ.

“އަހަރެން ބުނީމެއްނު އަމިއްލަ ނަފްސު ކުށްވެރި ނުކުރައްޗޭ. ރީންގެ ކުށެއް މި ހިނގައިދިޔަ އެއްވެސް ކަމެއްގައެއް ނެތް. މިހާރު އަހަރެން ވެސް ރަނގަޅެއްނު. ދެން މަރުވި މީހާ. ރީން އޭނާ އަށް ހަމަލާ ނުދިންނަމަ އަހަރެން މަރުވީސް. އެއީ އަމިއްލަ ނަފްސާއި އަހަރެންގެ ދިފާޢުގައި ކުރި ކަމެއްނު. އެ ޙާލަތުގައި ކޮންމެވެސް ވަރަކަށް މަޖުބޫރު ވީނުން. އެހެން ނަފްސު ރައްކާތެރިކުރުމަކީ ދީނުގައި ވެސް އޮންނަ ކަމެއް.” ސުމައްޔާ ވިސްނައިދޭން އުޅޭ ކަހަލަ ރާގަކަށް ބުނެލިއެވެ.

“މިހާރު ވަރަށް ބޮޑަށް ރަނގަޅޭ. ނިދަން އުނދަގޫ ވާތީ ރޭގަނޑަށް އެކަނި ބޭސް ކަނީ.” އަރީން ބުނެލިއެވެ. “ނައިސް. އަދި ތިކަން ވެސް ރަނގަޅު ވާނެ އިންޝާ ﷲ” ސުމައްޔާ އަރީންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޒަވިއަން ގޮސް އަރީންގެ އަތުގައި ހިފާލީ ދެނެވެ. ދެމީހުން އެކުގައި ދެން މިސްރާބު ޖެހީ ގެއަށް ދާށެވެ.

ނައުރީންގެ އެޕާޓްމަންޓު ހުރި އިމާރާތުގެ ކައިރިއަށް ސައިކަލު ޕާކު ކޮށްލައިފައި ލީވާން އެތެރެއަށް ވަދެގެން ދިޔައީ ވެސް ދުވެފައި ކަހަލަ ގޮތަކަށެވެ. ލިފްޓަށް އަރާ ފަސްވަނަ ފްލޯ އަށް އަރަން ފިތަށް އޮބާލި އިރު ވެސް އެ ހިތް ވަނީ އަވަސް ވެފައެވެ. އެ ހިސާބަށް ދެވުމުން ލީވާން ބެލް އަޅާލައިފިއެވެ. “ނޫރީ! މިތަނުގައި އެބައުޅެންތަ؟ ހުރިއްޔާ އެއްޗެކޭ ބުނެބަލަ. ހެޔޮނުވާނެ އިތުރަށް އަހަރެންގެ ހިތް ނުތަޅުވާ މި ދޮރު ހުޅުވާ.” ދޮރުގައި ޓަކި ޖަހަމުން ލީވާން ވާހަކަ ދައްކަމުން ގޮސް ރޮވެން ފެށިއެވެ.

ދޮރުގެ އަނެއް ފަރާތުގައި ރޯން އިން ނައުރީން ސިހުނީ ލީވާން ވާހަކަ ދައްކާ އަޑު އިވުމުންނެވެ. ވާހަކަ ދައްކައިގެން ނޫނީ އެ ސޮރު ނުފޮނުވާލެވޭނެ ކަން އެނގުމުން ނައުރީނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. “އަހަރެން ރަނގަޅު. އިލެވެން ދޭ. އަހަރެންނަކަށް ދޮރެއް ނުހުޅުވޭނެ.” ނައުރީން ބުނެލިއެވެ.

ނައުރީންގެ ކުރަކިވެފައިވާ އަޑު އިވުމުން ލީވާންގެ ހިތުގައި ރިއްސާލިއެވެ. އެހެނަސް އިތުރަށް ވާހަކަ ދެއްކުމުން ނައުރީން ފަހުން ޖަވާބެއް ނުދިނެވެ. އެންމެ ފަހުން ކަރު އެލުވާލައިފައި އޭނާ ފޯނު ނެގިއެވެ. ޒަވިއަންގެ ފަރާތުން އެތައް މިސްކޯލެއް އައިސްފައިވާ ތަން ފެނުމުން އޭނާ ގުޅާލައިފިއެވެ.

“ބްރޯ އަށް ހާދަ އިރެއް ވީ ފަހުންނޭ ތިޔަ ފޯނު ނެގޭ ވަރުވީ. ނިކަން ސޯޝަލް މީޑިޔާ ތެރެއަށް ވަދެލަބަލަ. ނޫރީއަށް އަމާޒުކޮށް އެ ދައްކާ ވާހަކަތައް ފެނޭތަ؟ ބްރޯ އެބަޖެހޭ ހެކް ކޮށްގެން ވިޔަސް އެހެރަ ހޭޓް އެކައުންޓުތައް ފިލުވާލަން. ނޫރީ އޭޖެންސީ އިން ވަކިވި ކަން އާންމު ކޮށް ލަވަ ކިޔުން ހުއްޓާލިތާ މާގިނަ ދުވަހެއް ނުވަނީސް ސަގަރޭމެންގެ ކަންތައް ނިންމާލީމަ މި މީހުން ހީވަނީ މޮޔަވެގެން އުޅޭހެން.” ޒަވިއަން އެއް ނޭވާ އިން ހުރިހާ ވާހަކައެއް ބުނެލިއެވެ.

“އޯހް **. އަދި ނުބެލޭ. ނާއިލް އަމިއްލައަށް މަރުވީމަ ނޫރީ ވަރަށް ވީކް ވެގެން މިއަދު ހަސްފަތާލުގައި އުޅުނީ. ދެން މަ ނަމާދަށް ގޮސް އަނބުރާ އައި އިރު ނޫރީ އެއް ނެތް. އަމިއްލައަށް ޑިސްޗާޖް ހަމަޖައްސައިގެން ދިޔައީ ކަން އެނގުނީމަ އޭނާ ފެނޭތޯ މުޅި މާލެ ތެރޭ އެނބުރި އެނބުރިފައި ހުޅުމާލެ މިއައީ. ނަސީބަކުން ފެނިއްޖެ. ހުޅުމާލޭގައި ހުރި ނޫރީގެ އަމިއްލަ އެޕާޓްމަންޓުގައި ހުރީ. އެބަ އުޅެން ތިކަމާ.” ލީވާން ރައްދުގައި އެހެން ބުނެލަމުން ޒަވިއަނަށް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ ފޯނު ކަނޑާލައިފިއެވެ. އެއަށްފަހު އޭނާ އަވަސްވެގަތީ ގެއަށް ދިއުމަށެވެ.

ސޯޝަލް މީޑިޔާގައި ވިރަވަމުން ދިޔަ ހޭޓް ޕޯސްޓްތައް ފުހެލުމުގައި ލީވާނަށް މުޅި އެރޭ ހޭލާ އިންނަން ޖެހުނެވެ. ނައުރީންގެ މަޝްހޫރު ކަމާއި ހެދި ކުރީގައި އޭނާ އަށް ނަފުރަތު ކުރިހާ ބަޔަކު އެ މައްސަލަ ނަގައިގެން ދައްކާފަ ހުރި ވާހަކަތައް ފެނި ލީވާން ލޮލުން ކަރުނަ ހިލުނެވެ. އެހާ ހަޑިހުތުރު ކޮށް ވާހަކަ ދައްކާ ނައުރީންގެ އަބުރު ވެއްޔާ މޮޑެލަން ކޮށްފައި ހުރި މަސައްކަތްތައް ފެނި އެ ލޭ ހޫނުވިއެވެ. ލަވަކިޔުމުގެ ދާއިރާއިން ވަކިވިއެއް ކަމަކު ލިބިފައިވާ މަޝްހޫރުކަން އެހާ އަވަހަށް ފަނޑުވުމަކީ ނުވާނެ ކަމެއްކަން އިޙުސާސްވުމުން އިސްތަށިގަނޑަށް އަތް މަހާލެވުނެވެ. ނައުރީނަށް މި އެއްޗެހި ފެނިއްޖެނަމަ ދެރަ ވާނެ ވަރު އަންދާޒާ ކޮށްލެވުމުން މޫނުގައި އަތް އަޅާލެވުނެވެ. މި ނާޒުކު ޙާލަތުގައި ވެސް އޭނާގެ އެހީ ހޯދުމުގެ ބަދަލުގައި ނައުރީން ފިލާތީ އިތުރަށް ހާސްވާ ގޮތްވިއެވެ.

ޖެހިގެން އައި ދުވަހެވެ. ޑައިމަންޑް ސްކައި އެޝޫރަންސްގެ ކޮންފަރެންސް ހޯލް ފުރިފައި ވަނީ އެކި މީޑިޔާ ޓީމްތަކުންނެވެ. ޒަވިއަން އެތަނުގެ ސްޓޭޖަށް އެރުމާއި އެކި ހުއްޓުމެއް ނެތި ކެމެރާތަކުގެ ފްލޭޝް ކެނޑޭ އަޑު އިވެން ފެށިއެވެ. އެހާ ބައިވަރު ކެމެރާތަކެއްގެ އަލި މޫނަށް އެޅުނެއް ކަމަކު ޒަވިއަނަށް އުނދަގުލެއް ވީ ހެނެއް ހިޔެއް ނުވެއެވެ. މި ކަހަލަ ސަމާލުކަމަށް އޭނާ ވަނީ ހޭނިފައެވެ.

ފަރިތަކަމާއި އެކު ޒަވިއަން ވާހަކަ ދައްކަމުން ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން އިން އަރީންގެ މޫނުމަތީގައި ވަނީ ރީތި ހިނިތުންވުމެކެވެ. ނިކަން ކެރިގެން ރިޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔަލެއް ކުޅަދާނަކަމުން ހިތާހިތުން ޒަވިއަނަށް ތަޢުރީފު ކޮށްލެވުނެވެ. ފަސޭހައިން ވިސްނޭނެ ފަދައަކުން ބްލޫ ވޯޓާސް އިން ނުޙައްގުން އަތުލައިގަތް ރިސޯޓުތަކާއި ހޮޓެލްތައް އައު ވިޔަފާރިންނަށް ގަންނަން ހުޅުވާލެވޭނެ ކަން އޭނާ ބުންޏެވެ. ނައުރީނަކީ ކުށްވެރިން އަތުލައިގަތުމަށް އެހީވި ފަރާތެއްކަމާއި އޭނާއަށް އުނދަގޫ ނުކުރުމަށް ސާފު ބަހުން އެންގިއެވެ.

ކޮންފަރެންސް ނިމި ރިޕޯޓަރުން އެތަނުން ނުކުތުމާއި އެކު އަރީން ޒަވިއަން ގާތަށް ދިޔައެވެ. އޭރު ވެސް ލީވާން އިނީ ނެގި މަޑުވެފައެވެ. “ނޫރީ އަށް އުނދަގޫ ކުރާ މީހުން މި ވަރުން އެކަން ހުއްޓާލާނެބާ. ޒެވް ވަރަށް މޮޅު. ހާދަ ފަރިތައޭ ދޯ ވާހަކަ ދައްކަން.” އަރީން ބޮޑުވައި އިނގިލި ހިއްލާލަމުން ބުނެލިއެވެ. “ނައުރީނަށް ބެހޭ މީހުން ވަރަށް ބޮޑަށް މައިތިރިކޮށްލެވޭނެ. އެކަމަކު މުޅިން އެކަން ހުއްޓުވުމަކީ ވާނެ ކަމެއް ނޫންދޯ. ވާހް. އެންމެ ފަހުން ހުރިހާ ކަމެއް ހަމައަކަށް އެޅެނީ. އެއްކޮށް ހަމަޖެހުނީމަ ހިނގާ ހަނީމޫނެއް ހަދާލަން. ރީން ބޭނުން ހުރިހާ ގައުމަކަށް ޒިޔާރަތް ކޮށްލަން ވާނެ. ދެން އަންނަ ޙައްޖު މަހާ ވެސް ދިމާކޮށްލައިފައި ޙައްޖު ވެފަ ނިންމާލަން ކިހާ ސަޅި ވާނެ.” ޒަވިއަން އަރީންގެ ކޮނޑުގައި ހިފާ ގާތްކޮށްލަމުން ބުނެލިއެވެ. “ހަނީމޫނޭ. އެހާ ގިނަ ދުވަސް ވާންދެއް ޒެލީ ބަހައްޓާފައި ދެވޭތަ؟ ނޯވޭ. މިހާރު ކައިވެންޏަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވީ.” އަރީން ރައްދުގައި ބުނެލިއެވެ. މިއާއި އެކު ޒަވިއަން އަނގަޔަށް ގޮތެއް ހަދާލައިފިއެވެ.

“ތިން އަހަރުވިޔަސް ވަރިހަމަ. އަހަރެމެން އެ ކަހަލަ ދަތުރެއް ނުކުރަމެއްނު. ވެޑިން ފޮޓޯ ޝޫޓެއް ވެސް ޖައްސަން ޖެހޭނެ. އޭގެ ކަޕްލް ފޮޓޯ ނުލާހިކު މަދު ވިއްޔާ. އިއްސޭ މެން ކައިވެނި ލަސްކުރި ދުވަސްކޮޅަށް އެކަން ކުރެވިދާނެ. އެމީހުން ހަނީމޫނަށް ނައްޓާލާ ދުވަސްތަކާ ދިމާކޮށްލީމަ ސަޅި ވާނެ. އެންޑް ޖޮބާއި މެދު ނުވިސްނާ. އެންމެ ފަހުން އަހަރެން އިސް މަސައްކަތަކަށް ޚާއްޞަ ބޯޑެއް އެކުލަވާލައިފިން. ޗެއަރމަން އެއް ވީމަ އަސްލު އެހާ މަސައްކަތް ގިނަ އެއް ނުވާނެ. އަހަރެން އެހެން ކަމެއް ނެތީމަ ހުރިހާ ކަމެއްގައި ކުރިން އުޅުނީ. ދި ބިޒްނެސް އިޒް ވެލް އެސްޓެބްލިޝްޑް ސޯ ނޯ ވޮރީސް. ޒެލީ ދޯ. އަހަރެން ނުބުނަމެއްނު ޒެލީ އެއް ނުގެންދާނެމެކޭ. ޒެލީ އާއި ހަވާލުވާން ފަލަކް ވެސް ގޮވައިގެން ދެވޭނެއްނު. ފަލަކް ހުންނަނީ އެ ކުއްޖާ އާއި ހެދި މޮޔަވެފަ ވިއްޔާ. އަނެއްކޮޅުން އެ ކަހަލަ މަޖާ ދަތުރެއްގައި އެންމެން އެކުގައި ވަގުތު ހޭދަކޮށްލަން ކިހާ ސަޅި. ރީން އަނެއްކާ އަހަރެންނަށް އެހާ ވަރަށް ބޭނުންވަނީތަ؟” ޒަވިއަން އަރީންގެ ދަތްދޮޅީގައި ހިފާ ހަތަރު ކަޅި ހަމަކޮށްލަމުން އެހިއެވެ. ތަނުގެ ބައެއް މުވައްޒަފުން ތިއްބާ ޒަވިއަން އެހާ ގާތް ވެލުމުން އަރީން ގަތް ލަދުން ވިރޭވަރުވިއެވެ.

“އޯކޭ. ޒެވް ބޭނުން ގޮތެއް. އެކަމު އިހަށް ދުރަށް ޖެހިލަފާނަންތަ؟ މީހުން ވަރަށް އެބަ ބަލާއެބައޭ.” އަރީން ޒަވިއަންގެ މޭގައި އަތް އަޅާ ދުރަށް ޖައްސާލަމުން ބުނެލިއެވެ. މިއާއި އެކު ޒަވިއަންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. “ތިއީ އަހަރެންގެ ލޯބިވާ އަންހެނުންކަން ނޭނގޭ މީހަކު މި އިމާރާތުގެ ތެރެއަކު ނުވާނެ. މައްސަލައެއް ނޯންނާނެ މިއަށް ވުރެ ގާތް ވިޔަސް.” ޒަވިއަން ގުދުވެލަމުން އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ރަކިވެފައި ހުރި އަރީނަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

ހަސްފަތާލުގައި އޮންނަން ކިތަންމެ ބޭނުން ނުވިޔަސް ސުމައްޔާ އަށް ޖެހުނީ އެ ހަފްތާ ނިމޭންދެން އެތަނުގައި އެނދުމަތިވެފައި އޮންނާށެވެ. ޒަޚަމުތައް ބޮޑުތަނުން ފަސޭހަވެފައި ވުމުން އޭނާ ލަސްނުކޮށް ވަޒީފާއަށް ނުކުތީ އެހެން މީހުން އިތުރަށް އަރާމުކުރަން ބުނި ބަސްތަކަށް ބީރު ކަންފަތެއް ދީފައެވެ.

ނައުރީން އަމިއްލަ ނަފްސު އެޕާޓްމަންޓުގެ ހަތަރު ފާރުގެ އެކަނިވެރިކަމުގެ ތެރެއަށް ހިސާރުކޮށްލައިފިއެވެ. ދުނިޔެއަށް މޫނުދައްކާލަނީ ހާލަކުން ފަހަރަކުއެވެ. ބޭރުން ގެންނަ ކާ އެތިކޮޅުން ދުވާލަކު އެއްފަހަރު ބަނޑުފުރާލައިގެން މުޅި ދުވަސް ހޭދަކުރަނީ ފުން ހިތާމައެއްގެ ސިލްސިލާ ހިޔާލުތަކުގައެވެ. ކަރުނައާއި ވޭނުގައި ދުވަސްތައް ގުނަމުންދިޔަ ނައުރީންގެ ހަށިގަނޑުން ދިރުން ފަނޑުވެ، މިއަދު އޭނާ ވަނީ ހިކި އަނަރޫފަވެފައެވެ.

​ހިތްދަތިކަމުގެ މި ބަރުދަން އުފުލަމުންދަނީ ހަމައެކަނި ނައުރީނެއް ނޫނެވެ. ލީވާންގެ ހާލަކީވެސް ހަމަ މިއެވެ. މަސައްކަތުން ނެގި ބްރޭކްގެ ދުވަސްތައް ހޭދަ ކުރަނީ ނައުރީން އުޅޭ އެޕާޓްމަންޓު ކައިރީގައި ވައި ކުޅަނދުރެއް ހެން އެނބުރުމުގައެވެ. ނައުރީނަށް ވިސްނައިދެވޭތޯ އޭނާ ކުރާ މަސައްކަތް ދަނީ ފަނުފުލުން ނާކާމިޔާބު ވަމުންނެވެ. ދެ ހިތް އެއް ސަރަހައްދެއްގައި ވީ ނަމަވެސް ދެމެދުގައި ބޯ ފާރެއްލެވިފައިވާ ކަހަލައެވެ.

ރޭގަނޑުގެ ވަގުތެވެ. އާދައިގެ މަތިން މިއަދު ވެސް ނައުރީން އޮތީ ސޯފާ މަތީގައި ވާހަކަ ފޮތެއް ހިފައިގެންނެވެ. ނަޒަރު ގަނޑުތަކަށް އަމާޒުވެފައިވިއެއް ކަމަކު އޭނާގެ ވިސްނުން ވަނީ މުޅިން އެހެން ދިމާލެއްގައެވެ. އެހެން އޮއްވާ އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ގުޅަމުން ދިޔައީ އިޙުސާނެވެ. އެ ފޯނުން ވިޔަސް ގުޅާނީ ލީވާން ކަން އެނގޭތީ އޭނާ އަޅައެއް ނުއްޔެވެ. އެހެން ތިން ހަތަރު ފަހަރު ގުޅުމުން ނައުރީން ބޮލަށް އުނދަގޫ ވެގެން ފޯނު ސައިލެންޓަށް ލާން އުޅުނެވެ. އެހެނަސް އޭނާގެ ޙަރަކާތްތައް މަޑު ޖެހިލީ އިޙުސާނު ފޮނުވައިފައި ހުރި މެސެޖުތައް ފެނިފައެވެ. “ނޫރީ. އަހަރެން މީ އިޙުސާނޭ. ނިކަން ފޯނު ނަގާބަލަ. އިލެވެން. ހީޒް ނޮޓް އިން އެ ރައިޓް މައިންޑް. މާލޭ އާރޓިފިޝިއަލް ބީޗަށޭ ކިޔާފަ ގޮސްފި. އަތުގައި އޮތް ވަޅިއެއް ވެސް. ބުނީ ފަހަތުން އައިއްޔާ ތިމަންނަ އަތުގައި އެ އަޅާނަމޯ.”

ނައުރީން ހިތް އަވަސްވެފައިވާ ހާލު މާސްކަކުން މޫނު ނިވާ ކޮށްލުމަށް ފަހު ގެއިން ނުކުތެވެ. ޓެކްސީ އަކަށް ގުޅައިފައި އެ އަންނާނެ އިންތިޒާރެއްގައި ހުރީ ނިޔަފަތި ހަފާލަ ހަފާލާއެވެ. ޓެކްސީ އައުމާއި އެކު އަރައިފައި ދުއްވަން އިން މީހާ ގާތު އެދުނީ އާރޓިފިޝިއަލް ބީޗަށް ދާށެވެ. ދޭތެރެއަކުން އަވަސް ކޮށްލަން ބުނެލާ އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ލީވާނަށް ގުޅޭތޯއެވެ. އޭނާ އެއްގޮތަކުން ވެސް ފޯނު ނަގަން ނޫޅުމުން ނައުރީން އިނީ ރޮވެން ކައިރިވެފައެވެ.

އާރޓިފިޝިއަލް ބީޗު ތެރެއަށް ވަދެފައި ނައުރީން ދިޔައީ އެމީހުން އާންމުކޮށް ތިބޭ ސަރަހައްދަށެވެ. ދުރުން ހިލަތަކުގެ މަތީގައި ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔަ ލީވާން ފެނި ނައުރީނަށް ހުއްޓާލާށޭ ކިޔާ ހަޅޭއްލަވައިގަނެވުނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މި ލޯތްބާއި ތި ވަޢުދު (20)

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 72

Next
July 15, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 72

Previews
July 15, 2026

މި ލޯތްބާއި ތި ވަޢުދު (20)

16 Comments!

  1. R@@jihà🧕 says:
    July 16, 2026 at 11:29 am

    No no no plz don’t do anything leevaan..🙏 and finally naureen decided to get out ❣️I hope they are fine …
    How many episodes baakee…
    Lysm
    When nextt

    1. White rose White rose says:
      July 16, 2026 at 12:57 pm

      Can’t make promises on that, let’s see wht happens to him later, stay tuned 😄😄
      One more left 💔🥀
      IA next Monday
      Shukran R@@jiha🧕 ✨✨
      Lyt darl 🫰🏻🫰🏻

  2. R@@jihà🧕 says:
    July 16, 2026 at 11:30 am

    Sorry comment nukureveythee…I was so stressed about my exams and other stuff..now I’m finally free
    But hurihaa episode thah ves kiyan ingay❣️

    1. White rose White rose says:
      July 16, 2026 at 12:57 pm

      Issoke, busy viyya comment eh nukureveynethaa 😄😄

  3. BLOSSOM says:
    July 16, 2026 at 11:37 am

    what is eleven trying to do 😶‍🌫️ love the ep btw

    1. White rose White rose says:
      July 16, 2026 at 12:58 pm

      We’ll know very soon, stay tuned 😄😄
      Shukran BLOSSOM ✨✨

  4. Your fav bab Your fav bab says:
    July 16, 2026 at 1:12 pm

    This part as always brilliant👏
    Nooorrrr😭😭 why nauu??? Whys she isolating herself?? Leevaan is there for you! N he’ll always be! Thihen nahadhaa!
    YEP!! Reen and zev definetly should go to a honeymoon✨
    Leevan!! Wth is he about to do??😱😱
    When next?
    Ly💗

    1. White rose White rose says:
      July 16, 2026 at 1:16 pm

      I’m delighted to hear that 🥰🥰
      Social pressure is affecting nau real bad 💔🥀
      Ofc, adhi honeymoon akah nudhey viyya 🤭🤭
      Let’s see wht he’s gonna do in the upcoming episode 😅😅
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  5. Mau says:
    July 16, 2026 at 3:08 pm

    The best story ive ever read fr this whole story is vryy vry gud… Cant wait for the next episode… 😣plx upload as fast as u can

    1. White rose White rose says:
      July 16, 2026 at 8:10 pm

      I’m thrilled to hear that 🥹🥹
      Next week Monday last episode IA
      Shukran Mau ✨✨

  6. xxx_dodo_xxx says:
    July 17, 2026 at 1:44 pm

    Wowwww niceeeee.
    This one’s great.
    Why’s Nau isolating her selfff ????
    Kevan b there 4her.
    When next ?????

    1. White rose White rose says:
      July 17, 2026 at 8:40 pm

      I’m delighted to hear that 🥰🥰
      Nau is ashamed of herself 💔🥀
      IA next Monday
      Shukran xxx_dodo_xxx ✨✨

  7. Exxo says:
    July 18, 2026 at 12:07 pm

    Is next ep the last one.
    When can we have the do to read????

    1. White rose White rose says:
      July 18, 2026 at 1:15 pm

      Yes, last one it is 💔🥀
      Monday ga submit kohlaanan IA
      Shukran Exxo ✨✨

  8. diva_gurly says:
    July 18, 2026 at 3:52 pm

    sorry im a little late
    eyy leevan dont do that
    u will get faafa
    wait next is last ep NOOOOOOO
    im so sad at this point

    1. White rose White rose says:
      July 18, 2026 at 5:06 pm

      Issoke 😄😄
      Yhh, enme fahu ethi baakee 💔🥀
      Shukran diva_gurly ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 84 (ފަހުބައި)←


All Right Reserved!