Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 65

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
May 11, 2026 7 Mins Read
26 Comments

“ވައި އާރ ޔޫ ގިވިން މީ އެ ހާޑް ޓައިމް.” ސުމައްޔާ ބުރުގާ ދަށުން އިސްތަށިގަނޑަށް އަތް މަހާ ވާން ކޮށްލަމުން އަމިއްލަ ނަފްސަށް އިވޭ ވަރަށް ބުނެލިއެވެ. އިޙުސާނުގެ އުޅުން ހުންނަ ގޮތަކުން ސުމައްޔާ އަށް އޭނާގެ އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫ ވަނީ އިންތިހާ އަށެވެ.

ސުމައްޔާ ދިޔަ މަންޒަރު ބަލަން ގެއްލިފައި އިން އިޙުސާނުގެ މޫނުމަތި ހީވަނީ މޮޅީގެ ތަސްވީރެއް ހެންނެވެ. “ކީއްވެގެންތަ ސުމައްޔާ އަހަރެންގެ ހިތަށް އެހާ ވަރުގެ ވޭނެއް ތި ދެނީ. އެއަށްވުރެ ފަސޭހަ ވާނެ އެއްޗަކުން ޖަހާ ޒަޚަމުކޮށްލިޔަސް. ކިހާ ދުވަހެއް ވާންދެން އަހަރެން ދުރަށް ޖައްސާނަންތަ؟ ކިހާ ދުވަހެއް ވާންދެއް އެކަނިވެރިކަން އިޚްތިޔާރު ކުރާނަންތަ؟” އިޙުސާނު ވަރު ނެތިފައިވީ މީހެއް ފަދައިން ޖޯއްޔަށް ދެމުނެވެ. ސުމައްޔާ އާއި މެދު ވިސްނެމުން ދިޔަ ވަރަކަށް އެ އަސަރުގަދަ ދެލޮލުން ކަރުނަ އޮހޮރެން ފެށިއެވެ. މޭގައި އަތް އަޅާ ބާރުކޮށްލީ އެ ހިތުގައިވީ ވޭނަށް ކެތްނުވެގެންނެވެ. އެއާއިކު އެ ދުލުން ބޭރުވެލި ވޭނީ އާހުގައި ވަނީ ބަޔާންކުރަންދަތި ރިހުމެކެވެ.

ސުމައްޔާ ކަރުނަތައް ފުހެލައިފައި ގޮސް ބަންކް ބެޑުގެ މަތީ ބަޔަށް އެރިއެވެ. ބާލީހުގައި ބައްދާލަމުން އޭނާ ދެލޯ މަރާލިއެވެ. އެހެނަސް އެ ދެ ލޮލާއި ނިދި ވަނީ އެތައް ހާސް މޭލެއް ދުރުގައެވެ.

“މިރޭ ބޮލުގައި ރިއްސާތީ އުޅުނީމަ އެހާ އަވަހަށް ނިދީ. ޒެލީ ނިންދަވައިފައި ކޮޓަރިއަށް ނުކުތް އިރު އޮތީ ނިދައިފަ.” ފަލަކް ސޯފާގައި އިނދެފައި ތެދުވީ ޒަވިއަން އެ ކޮޓަރިއަށް ވަނުމުންނެވެ. “ބޭސް ކައިގެންތަ އެ އޮތީ؟” ޒަވިއަން އެހިއެވެ. ފަލަކް ބޯ ހޫރާލިއެވެ. “ދެން އެންމެ ރަނގަޅު ރޫމަށް ދިޔަޔަސް.” ޒަވިއަން ބުނެލިއެވެ. އެއަށްފަހު ދެމީހުން އެކުއެކީގައި ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. ޒަވިއަން ބަދިގެއާއި ދިމާލަށް ދިޔައިރު ފަލަކް ދިޔައީ ގެސްޓް ރޫމަކަށެވެ.

ކަބަޑުތައް ހާވާލަމުން ބޭސް ކާޑެއް ނަގައިފައި ޒަވިއަން އެ ހިފައިގެން މައްޗަށް އެރިއެވެ. އެނދު ކައިރީގައި ހުރި ފެން ޖަގުން ތަށްޓަކަށް ފެން އަޅައިފައި ޒަވިއަން އަރީންގެ ގާތަށް ލެފިލިއެވެ. އަރީންގެ ކޮނޑުގައި ހިފާ އޭނާގެ މޭގައި ލައްކޮށްލަމުން ޒަވިއަން ބޭސް ގުޅައެއް ލަވައިދިނެވެ. އެއަށްފަހު ނިކަން ފަރުވާތެރި ކަމާއެކު ފެން ތަށި ނަގާ އަރީންގެ ތުމުގައި ޖެއްސެވެ.

ފެން ބޯން ދިނުމަށް ފަހު ޒަވިއަން އަރީން އޮތް ގޮތަށް އެނދުގައި ބޭއްވިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް ބްލެންކެޓް ނަގާ ފައްޖަހާލަމުން ގެންގޮސް ވޯޑްރޯބް ތެރެއަށް ލިއެވެ. ދެން ނެގީ އޭނާ މިއަދު ގަނެގެން ގެނައި އިލެކްޓްރިކް ހީޓިން ބްލެންކެޓެވެ. އެއަށް ދޮވެފައިވާ ޝީޓެއް ލައްވައިފައި ގެންގޮސް އަރީންގެ ގައިމަތީގައި އަޅާލިއެވެ. ކަރަންޓަށް ޖަހާ ލެވެލް ފަހަކަށް ލުމަށްފަހު ޒަވިއަން ދުރަށް ޖެހިލިއެވެ. ދެން އޭނާ ގޮސް ވަނީ ފާޚާނާއަށެވެ.

ނިދަން ތައްޔާރު ވެލުމަށް ފަހު އެންމެ ފުރަތަމަ ޒަވިއަން ގޮސް ވަނީ ޒައިލީން ނިންދަވައިފައި އޮތް ބަޔަށެވެ. އިރުކޮޅަކު އެ ތަނުގައި ހުރެފައި ޒަވިއަން ކޮޓަރި ތެރެއަށް ނުކުތެވެ. އެނދުމައްޗަށް އަރާ އޭނާ އަރީންގެ ގާތުގައި އިށީނދެލިއެވެ.

“އަނެއްކާ ބަލިވީބާ؟ އެ ކަހަލަ ކަމެއް ވިޔަސް ހިއްސާ ކުރާ ޒާތުގެ ކުއްޖެއް ނޫން މިއީ. ގައިމު ގޮވައިގެން ގެއަށް އައި އިރު ވެސް ނުލާހިކު ރަނގަޅަށް ވިއްޔާ ހުރީ. ހާދަހާ ތަފާތު މިޒާޖެއްގެ ވެރިއެކޭ. އެހާ ކިޔަންމަންތެރިވެފަ މަޑުމައިތިރި. ހައު އާރ ޔޫ ސޯ ޖެންޓަލް އެންޑް ޕާރފެކްޓް” އަރީންގެ ބޮލުގައި ފިރުމާލަމުން ޒަވިއަން ބުނެލިއެވެ. ކުޑަކުއްޖެއްހެން ނިދާލައިފައި އަރީން އޮތްގޮތުން ޒަވިއަންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެއާއި އެކު ދެން އޭނާގެ ހަނދާނަށް އައީ މިއަދު ކާރު ތެރޭގައި އިނދެ އަރީން ފާޅުކަން މަތީ އަމިއްލަ އިޙުސާސްތައް ހިއްސާކޮށްލި ވަގުތުކޮޅެވެ. “އައި ޑޯންޓް ކެއާރ އެބައުޓް ދި ޕާސްޓް. ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެންގެ ހިތް އެދެނީ ޒެވް ގާތުގައި ވުމަށް. އަހަރެންނަށް މާ ބޮޑަށް ޒެވް ދެކެ ލޯބި ވެވިއްޖެ. އެހާ ފުރިހަމަ، ރީތި، އަހަރެންނަށް އަޅާލާ މީހެއް ދެކެ ލޯބި ނުވެ ހުރެވޭނެތަ؟ ކޮންމެ ގޮތަކަށް ކުރިން އުޅުނަސް މިހާރު ބޭނުމީ އާދައިގެ ދެމަފިރިން ހެން އަހަރެމެން ވެސް އުޅެން. ޖަސްޓް ފީލް މައި ހާޓް ބީޓް. އައިމް ގޮއިން ކްރޭޒީ އޯވާރ ޔޫ”

“ޔޫ ނައީވް ގާރލް. މިރޭ އަހަރެންގެ އިހުސާސްތަކުގައި ހުޅު ރޯކޮށްލި އިރު ވެދާނެ ގޮތަކާ މެދު ވިސްނާނުލީ ކީއްވެތަ؟ ކިރިޔާ މިރޭ ވެސް ސަލާމަތްވީ. ކޮންމެ ފަހަރަކު އަހަރެންގެ އަމިއްލަ ނަފްސުގެ މައްޗަށް ބާރު ހިންގޭނެތަ؟ އައި މައިޓް އެންޑް އަޕް ބްރޭކިން މައި ޕްރޮމިސް އެންޑް ސެޓިސްފައި މައި ޑިޒައިޔާސް ވަން ޑޭ. ޔޫ އާރންޓް ދަ ވަން ހޫޒް ކްރޭޒީ އިޓްސް މީ. ރީން އަށް ޓަކައި މި ހިތުގައި ވީ އިހުސާސްތައް ފުންވަމުން ގޮސް ތި ސޫރަ ފެންނަ ކޮންމެ ފަހަރަކު މޮޔަވާ ކަހަލަ. އެކަމު، ރީންގެ ހަނދާންތައް އެނބުރި ނާންނަނީސް ގާތް ވެވިއްޖެނަމަ… އައިލް ފީލް ގިލްޓީ. މާޒީގައި ހެދުނު ގޯސްތަކުގެ މަތިން ހަނދާންވެ އަމިއްލަ ނަފްސް ކުށްވެރިކުރެވޭ މިންވަރު ދެނެވޮޑިގެންވަނީ މާތް ﷲ. ތައުބާވެ ހެޔޮ މަގަށް ރުޖޫޢަ ވެވުނެއް ކަމަކު އަދިވެސް މި ހިތަށް ތަސައްލީއެއް ނުލިބޭ. ތި ނަފްސަށް ދެވުނީ ހަނދާނުން ފިލައިގެން ނުދާނެ ވަރުގެ ހިތްދަތިކަމެއް.” ޒަވިއަން އެ ރީތި މޫނަށް ބަލަން އިނދެ ވާހަކަ ދައްކަމުން ދިޔައެވެ. ޒަވިއަން އެނދުން ތެދުވީ އިރުގަނޑެއްވީ ފަހުންނެވެ. އެއް ފަރާތުގައި ހުރި ސިންގަލް އެނދުގައި އޮށޯތް އިރު ވެސް އޭނާއަށް ވިސްނެމުން ދިޔައީ އަރީނާއި މެދުގައެވެ.

“އެންމެން ތައްޔާރުތަ؟ މިރޭ ޖެހޭނެ މަރުފަލި ގޭންގް މީހުންގެ ޑީލް ނިންމާލުމުގެ ކުރިން އެ މީހުން ހައްޔަރު ކުރަން. ހެއްކާއި އެކު އަތުލައިގަނެވޭނެ ފުރުސަތެއް މިއީ. ފަހުން މީޑިޔާގައި އެ މީހުންގެ ވާހަކަ ވިރަވެގެން (ވައިރަލްވެގެން) އުޅުނީމަ ވަރަށް މައިތިރިވެފައި އެ ތިބީ. މިހާ ދުވަސް ފަހުން އަދި ޑީލެއް އެ ހަދަނީ. އެ ތަނުގައި މީހުން ގިނަ ވިޔަސް އަހަރެމެން އެކަނި މަސައްކަތް ކުރަން ޖެހޭނީ. ސިއްރު މިޝަނެއް ވީމަ މާ އަވަހަކަށް ބެކަޕަށް ރިކުއެސްޓެއް ނުކުރެވޭނެ.” އިޙުސާނު ވާހަކަ ދައްކަން ފެށިއެވެ.

އެ ޓީމު އެންމެން ތިބީ އުޅޭ ގޭގެ ހުސް ކޮޓަރިއެއްގައެވެ. މަސައްކަތަށް އެހީވާން ޑޮމެސްޓިކް ވަޔަލެންސް ފްރޮންޓް އެޅުވި ދެމީހުން ކަމަށް ވާ އަސްރާ އާއި ރިފާއު ވެސް އެ ތަނުގައި ހުއްޓެވެ. މެދުގައި ބޯޑެއް ހުރި އިރު އެމީހުން ރާވައިފައިވީ ޕްލޭން ވަނީ ހައިލައިޓް ކޮށްލެވިފައެވެ. އެނގުނު ވަރަކަށް މަރުފަލި ގޭންގް މީހުންގެ މައުލޫމާތު ވެސް އޭގައި ހުއްޓެވެ. އެހެނަސް އަދި އެކަން ކުރަން ފެށިތާ އެހާ ގިނަ ދުވަސް ވެފައި ނެތުމުން ގޭންގް މެންބަރުންގެ މާކަ ގިނަ މައުލޫމާތެއް ހޯދިފަކާ ނެތެވެ.

“ކޮންމެ ކުއްޖަކު ވެސް އަމިއްލަ ނަފްސު ރައްކާތެރިކުރަން ސަމާލުވާތި. މި މަރުފަލި ގޭންގް މީހުންނަކީ މަސްތުވާތަކެތީގެ ޑީލް ހަދަން ތަންތަނަށް ދާއިރު ވެސް ހަތިޔާރު ގެންގުޅޭ ބައެއް. ފުލުހުންގެ ތެރެއިން ބަޔަކު އެމީހުންނަށް އެހީވާތީ ކޮންމެ ފަހަރަކު އެހާ ފަސޭހައިން އެ ގުރޫޕް ޤާނޫނީ އަދަބު ނުލިބި ރެކިގަންނަނީ. ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއް ހުންނަން ހަމަޖެއްސި ތަނުގައި ސަމާލުވެ ހުންނާތި.” އަސްރާ ބުނެލިއެވެ. އެންމެން ވެސް ބޯ ޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ފުލުސް ގިޔަރު އަޅައިގެން އެ އެންމެން ވެސް ތިބީ ވަރަށް ތައްޔާރަށެވެ.

އިޙުސާނުމެން ދިޔައީ ވިލިނގިލީގައި މީހުން މަދު ފަޅު ހިސާބަކަށެވެ. މަރުފަލި ގޭންގް މީހުން އާންމުކޮށް ޑީލް ހަދަން ދާ އެއް ސަރަހައްދެވެ. ޑީލް ހަދާ ދެފަރާތުގެ މެންބަރުން އެ ގެގަނޑަށް އައިސް ވަނީ އެކެއް ޖެހި ފަހުންނެވެ. އިޙުސާނުމެން އެކަކު އަނެކަކަށް ސިގްނަލެއް ދެމުން ތައްޔާރުވެލިއެވެ.

“މިހިރީ ގެނައި ޕީސްކޮޅު. ކޮބާ ރުފިޔާ. ދިހަ ކިލޯ ވީމަ ފަސްލައްކަ ބޭނުންވާނެ. ވަރަށް ކޮލެޓީ ރަނގަޅު އެއްޗެހި މިފަހަރު ލިބިފަ ހުރީ.” މޭޒު މަތީގައި އެ ކަޅު ދަބަސްތައް ބަހައްޓަމުން ރިޒޭ ބުނެލިއެވެ. އެކޮޅުން އައިސް ތިބި މީހުން ނަޒަރު ބަދަލުކޮށްލިއެވެ. އެއާއެކު އެކަކު ދަބަހެއް ނަގައި މޭޒު މައްޗަށް ލައިފިއެވެ. އޭގެ ޒިބު ކަހާލަމުން އެތެރޭގައި ހުރި ފަސްސަތޭކައިގެ ނޫޓުތައް ދައްކާލިއެވެ.

އަސްރާ އިޝާރާތް ކޮށްލުމާއި އެކު އިޙުސާނުމެން ފިލައިފައި ތިބި ތަންތަނުން ނުކުތީ ކުއްލިއަކަށެވެ. ލިބުނު ސިހުމުގައި ދެބައި މީހުން ވެސް ދަބަސް ނަގައިފައި ފިލަން އުޅެގަތެވެ. އެހެނަސް އިޙުސާނުމެން މި ފަހަރު މާ ކުޅަދާނައެވެ. ހަތް މީހުން ވެގެން އެ ތަނުގައި ތިބި ގުރޫޕުގެ އަތުގައި ބިޑި އަޅުވަމުން ދިޔައެވެ. އެ ތަނުން ރައްކާވެގެން ނުކުމެވުނީ ރިޒޭ އަށް އެކަންޏެވެ. އެ ސޮރު ފަހަތުން އަކްމަލް އާއި ރިފާއު ދިޔަ ނަމަވެސް އޭނާ އަތުލައިގަނެވުނު ކަމަކަށް ނުވިއެވެ. އެ ދެމީހުން ކަރު އެލުވާލައިގެން އެނބުރި އެ ގެގަނޑާއި ދިމާލަށް އައި ވަގުތު ފުލުސް ވެހިކަލްތަކުގެ ސައިރެންގެ އަޑު އިވެމުން ދިޔައެވެ.

“އޫހް. ހީކުރި ވަރަށް ވުރެ އަވަހަށް މި ކޭސް ކޮޅެއްގައި ޖެއްސިއްޖެ. އެ ފިލައިގެން ދިޔަ ގޮލާ ވޯންޓެޑް ލިސްޓަށް ލެވޭނެ މި ވަރުން. ދެން ކޮންމެހެން ސީކްރެޓިވް ވާކަށް ނުޖެހޭނެ.” ޒައިން ޓީމުގެ މެންބަރުންނާއި އަތާއި އަތް ޖަހާލަމުން ފުޅާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ.

“އެކަމަކު އެ ގޭންގްގައި ހުރި އަތުލައިގަންނަން އެންމެ މުހިންމު އެކަކޭ އެ ފިލީ. ބްލޫ ވޯޓާސް އަށް މިކަން އަންގާފަ އަހަރެމެންނާއި ދެކޮޅަށް އޭނާ ފިޔަވަޅެއް އެޅުމަކީ ދާދި ގާތުގައިވާ ކަމެއް. މިހެން ކުރިއެރުމެއް ލިބުނަސް ރިޒޭގެ ބަދަލު އަންނާނެ ގޮތަކާ މެދު ވިސްނަންވީ.” ސުމައްޔާ އެހެން ބުނެލީ ނިކަން ހާސްވެފައެވެ.

“ތި ވަރު އަހަންނަށް އެނގެޔޭ. އެކަމަކު ރެޑް ހޭންޑެޑްކޮށް ބާކީ މީހުން އަތުލައިގަނެވުނީމަ ދެން އެ މީހުންނަކަށް ނުފިލޭނެއްނު. އެ ފިލައިގެން ދިޔަ ރިޒޭ. މަޑުކޮށްބަލަ. ކިހިނެއް ސޫމޯ އަށް އެއީ ކާކު ކަން އެނގުނީ؟ ކޮން ރިޒޭއެއް؟” އަކްމަލް ދެލޯ ހަނިކޮށްލަމުން އެހިއެވެ. އެހެން މީހުންގެ ނަޒަރު ވެސް ސުމައްޔާ އަށް އަމާޒުވެފައިވަނީ ޖަވާބަކަށް އިންތިޒާރު ކުރާ ކަހަލަ ގޮތަކަށެވެ.

“ކުރިން ފެނިފަ ހުރި މީހެއް އެއީ.” ސުމައްޔާ އެހެން ބުނެލީ އިރުގަނޑެއް ފަހުންނެވެ. އެއާއި ވިއްދައިފައި އިތުރު ސުވާލެއް ކުރިޔަ ނުދޭން އޭނާ ދުރަށް ހިނގައިގަތެވެ. ފަހަތުން ދެން ތިބި މީހުން ހިނގައިގަންނަމުން ސުމައްޔާ އާއި އެކި ސުވާލުތައް ކުރަން ފެށިއެވެ. ކަންފަތުގައި އަތް އަޅައިގެން އެހެން މީހުންނަށް ވުރެ އަވަހަށް ދިޔަ ސުމައްޔާގެ އަމަލުތައް ހުރި ގޮތުން އިޙުސާނު އެހެން މީހުންނަށް އިޝާރާތުން އެންގީ އިތުރަށް ސުމައްޔާ އަށް އުނދަގޫ ނުކުރުމަށެވެ.

“ޖިހާދު! ކައެމެން ތި ތާގަ ތިބެގެން ** ***؟ އޭނ. މުހިންމު ޑީލެއްގެ ތެރެއިންނޭ ފުލުހުން އައިސް ވަށާލީ. ފަސް ލައްކަ ރުފިޔާގެ އެއްޗެހިނޭ ގެއްލިގެން އެ ދިޔައީ.” ރިޒޭ އޭނާ އުޅޭ ގޭގެ ކޮޓަރިއަށް ވަދެފައި ވާހަކަ ދައްކަމުން ދިޔައީ ރުޅިން އަނދަމުން ދިޔަ ޙާލުގައެވެ. “ކީކޭ؟ ކިހިނެއް ވީ ކަމެއް؟” ޖިހާދު ހާސްވެފައި އެހިއެވެ. “ބަލަ ކަލެއަކަށްނު އެ ކަމުގެ ހުރިހާ ތަފްސީލެއް އެނގެން ޖެހޭނީ. އޭނ. ހުޅުމާލެ ފުލުސް ސްޓޭޝަނުން އައި ***ތަކެކޭ އެއީ. **އެއް ހުވާ މިކުރި. ކޭސް ޓްރާންސްފަރ ކުރެވޭތޯ ބަލާ. މަ އެ އެއްޗެހިނަށް އަދަބެއް ދޭނަން.” ރިޒޭ ހަޅޭއްލަވަމުން ކަހަލަ ގޮތަކަށް އެހެން ބުނެލައިފައި ފޯނު ކަނޑާލިއެވެ.

ފަތިސް ނަމާދަށް ފަހު އަރީން ދިޔައީ ގޭގެ ބަގީޗާ ބަޔަށެވެ. ޖެހެމުން ދިޔަ ފިނިފިނި ވައި ރޯޅިތަކުން އޭނާގެ ނަފްސަށް އިތުރު ދިރުމެއް ލިއްބައިދިން ކަހަލައެވެ. އެ ތަނުން ޖޯއްޔެއްގައި އަރާމު ކޮށްލަން އޮށްވާ ޒަވިއަން އެ ތަނަށް އައީ ކޮފީ ޖޯޑަކާއި ހޫނު ކިރު ތައްޓެއް ހިފައިގެންނެވެ.

“އަން. މި ބޯލާ. މިއަދު ބޭކަރީ އަށް ދާނެ ކަމެއް ނެތް. ރޭގަ ބޮލުގައި ރިއްސާތީއެއްނު އުޅުނީ. މާދަން ހަމަޖެހިލައިގެން ދާން މަޑު ކުރޭ.” ޒަވިއަން ކިރު ޖޯޑު ދިއްކޮށްލަމުން ބުނެލިއެވެ. “އޯކޭ!” އަރީން އެ ޖޯޑުގައި ހިފަމުން ބުނެލިއެވެ. ދެލޯ މަރާލަމުން އަރީން އެ ކިރު ތަށި އެއް ނޭވާއިން ބޯލަން ހިފާލިއެވެ.

“އޭތް. ނުބައި ވިޔަސް ނޭވާ ލައިގެން ބޮއިބަލަ.” ޒަވިއަން އަރީންގެ ކޮނޑުގައި ހިފާލަމުން ބުނެލިއެވެ. އެ ވާހަކަ އަހައިފައި އަރީން ތަށި ދުރަށް ޖައްސާލަމުން ނޭވާއެއް ލިއެވެ. ލަސްލަހުން ކިރު ތަށި ބޮމުން ދިޔައިރު ހީވަނީ ބަސް އަހާ ކުޑަ ކުއްޖެއް ހެންނެވެ. ޒަވިއަނަށް އަރީންގެ މައުސޫމްކަން ފެނި ބޭއިޚްތިޔާރުގައި ހީނލެވުނެވެ. އަރީންގެ ފަރާތުން ފެންނަ ކޮންމެ އަދާ އަކުން އެ ހިތުގައިވީ އިހުސާސްތައް ފުންވެގެން ދެއެވެ. އެ ލޯބި ހާސިލު ކުރުމަށް ހިތް އެދުނަސް ކުރާނެ ކަމެއް ނެތެވެ. އޭނާއަށް ކުރެވުނީ މަޢާފު ޙައްޤު ނުވާ ވަރުގެ ބޮޑު ކުށެކެވެ.

“ސަރ ބުނީ ޖިހާދު ވަރަށް ޕްރެސް ކުރޭ އެބައޯ އޭނާގެ ޓީމަށް މި ކޭސް ޓްރާންސްފަރ ކުރަން. އަހަރެމެންގެ ޓީމަށް ވުރެ އެމީހުން މާ ތަޖުރިބާ އެބަހުއްޓޭ އެހެން އެއްޗެކޭ ކިޔައިގެން ވަރަށް ވާހަކަ ދައްކާ އެބަ އޯ” ހެނދުނު ކެއުމަށް އަރައިފައި އިޙުސާނު ބުނެލިއެވެ. “ހަހް. ޖިހާދު ދޯ މި ބްލޫ ވޯޓާސް އިން ގެންގުޅޭ ޕަޕެޓަކީ. މަ ހާދަ އިޙުތިރާމް ކުރި މީހެކޭ. ބޭރުފުށުން ތިމާގެ ރަނގަޅު ކަން ދައްކަން ކުޅަދާނައޭ. ވާވާ.” އަފާފް މަލާމާތް ކުރާ ކަހަލަ ގޮތަކަށް އަތް ޖަހާލަމުން ބުނެލިއެވެ.

“ދެން ކިހިނެއް ހެދީ. ކޭސް ޓްރާންސްފަރ ކުރީތަ؟” ސުމައްޔާ އެހިއެވެ. “ނޫން. ހަމްޒަތު ސަރ ހުރީ އަހަރެމެންގެ ކޮޅަށޭ. ސަރ ބުނީ މި ތަނުގައި އިންޓަރިގޭޝަން ކުރިއަށް ގެންގޮސް އެ ކަން ނިންމަން. މި ތަނަށް އެ ޖިހާދުގެ ނުފޫޒެއް ނުފޯރުވޭނެއްނު. އެހެންވީމަ އަދި ދުވަސްކޮޅަކު ވިލިނގިލީގަ ހުންނަން ޖެހޭނެ. ގޭންގްގެ އެހެން މީހުން ވެސް އަދި ހޯދަން ޖެހޭނެތާ.” އިޙުސާނު ބުނެލިއެވެ.

އަރީން ޒައިލީން ނިންދަވައިފައި އަސުރު ނަމާދު ކޮށްގެން ކޮޓަރިން ނުކުތީ ފޫހިވެގެންނެވެ. ރޭގައި ބޮލުގައި ރިއްސާތީ އުޅުނު ކަމަށް ޓަކައި ޒަވިއަން މިއަދު އޭނާ ބޭކަރީ އަށް ދިޔަޔަކަ ނުދިނުމުން ފޫހި ނުވެ ހުންނާނެ ހެއްޔެވެ؟ ސިޑި ގިރާކުރަމުން ގޮސް އޭނާ ފުރަތަމަ ފުލޯ އާއި ހަމައަށް ދިޔައެވެ. އެ ފުލޯގެ ބައިތަކަށް އޭނާ މި ގެއަށް އައި ފަހުން ވަދެވިފަކާ ނެތެވެ. އެ ތަނަށް ނުދަން އަންގައިފައި އެވާ ސަބަބެއް ހޯދަން އޭނާގެ ހިތުގައި ޝައުގުވެރިކަން އުފެދުނެވެ. މީހަކު ފެންނަން ނެތުމުން އޭނާ އެ ބައިގެ ތެރެއަށް ވަދެގެން ދިޔައީ ނިކަން އަވަހަށެވެ. ވިސްނާ ނުލާ ދެވުނު ކަމުން އަރީނަށް ދެވުނީ އަޒާޔާގެ ކޮޓަރި ހުންނަ ފަރާތް ނޫން އަނެއް ފަރާތަށެވެ.

“މިއީ ކޮން ކޮޓަރިއެއް ބާ؟” އަރީން ފެންނަން ހުރި ދޮރުގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އޭނާއަށް ހީނލެވުނީ އެ ތަން ތަޅު ނުލާ ހުރުމުންނެވެ. އަވަސް އަވަހަށް އެތެރެއަށް ވަނީ މީހަކު ސިޑިން މައްޗަށް އަރާ ކަމުގެ ހިލަން ވުމުންނެވެ. ފުން ނޭވާއެއް ލައިފައި އޭނާ އަނެއް ފަރާތަށް އެނބުރުނެވެ.

އެ ކަޅާއި ހުދުން ފަރުމާ ކުރެވިފައިވާ ކޮޓަރި ފެނި އަރީނަށް އަނގަ ޗޭ ކޮށްލެވުނެވެ. ހާދަހާ ރީތި ޝާހީ ކޮޓަރިއެކެވެ. ކުރިއަށް ހިނގާލަމުން ގޮސް އަރީން ފުރަތަމަ އިށީނީ ކަޅުކުލައިގެ ސޯފާމަތީގައެވެ. ހަމަ އިށީން ހެނެއް ނުވެ ތެދުވެއްޖެއެވެ. ބިރު ގަނެ ހާސްވެފައިވާ ޙާލު އަރީން ފަހަތަށް ފިޔަވަޅު އަޅަން ފެށިއެވެ. “އާހް” އަރީން ބޮލުގައި ދެއަތުން ހިފަހައްޓާލީ ދުވަހަކު ވޭން ނާޅާ ވަރަށް ރިއްސައިގަތުމުންނެވެ. ފަހަތަށް ޖެހެމުން ގޮސް އޭނާ މަތަވީ އެނދުގައި ޖެހިފައެވެ. ސިކުނޑި ފަޅައިގެން ދާ ކަހަލަ ގޮތަކަށް އޭނާގެ ހިތްދަތި ހަނދާންތައް ލޯ މައްޗަށް ސިފަވާން ފެށިއެވެ. ކެތް ނުވެގެން އަރީން ބިންމަތީގައި ކުރުގެޅިގެން އިށީނެވެ. އޭނާގެ ނޭވާ އަވަސްވެފައި މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައީ އެ ވޭނަށް ކެތް ނުވެގެންނެވެ. އެއާއިއެކު ނޭފަތުން ލޭ އަންނަމުން ދިޔައެވެ. އެނދުގައި ލައްގަނެގެން އިން އިރު މި ތަނަށް ނުވަދެވުނު ނަމައޭ އޭނާ ހިތަށް އަރަމުން ދިޔައެވެ. އެހެން އިންދާ އަރީންގެ ދެލޯ މެރިގެން ކާޕެޓް މައްޗަށް ދެމުނެވެ. އެ ސިކުނޑީގައި ފިލްމެއް ހެން ރޯލު ވަމުން ދިޔައީ ޒަވިއަނާއި އެކު އަރީން ވެއަތު ކުރި ވޭނީ ސަފުޙާތަކެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މަގޭ ލޯބިވާ މަންމާ!

Next

ނޭދެން ވަކިވާކަށް 12 ވަނަ ބައި

Next
May 11, 2026

ނޭދެން ވަކިވާކަށް 12 ވަނަ ބައި

Previews
May 11, 2026

މަގޭ ލޯބިވާ މަންމާ!

26 Comments!

  1. diva_gurly says:
    May 11, 2026 at 8:32 pm

    NOOOO
    ZEVIAN WILL BE SO SADD
    IM CRYING
    WHN NEXT??

    1. White rose White rose says:
      May 11, 2026 at 8:37 pm

      Zavian vrh dhera vaane aan 😓😓
      IA next Thursday
      Shukran Diva_gurly ✨✨

  2. diva_gurly says:
    May 11, 2026 at 8:33 pm

    NOOOO
    ZEVIAN WILL BE SO SADD
    IM CRYING
    WHN NEXT??
    I feel like areen will go away from him again
    I’m gonna cry all night

    1. White rose White rose says:
      May 11, 2026 at 8:38 pm

      Let’s see what happens, stay tuned 🙃🙃
      We can hope for a better result 😔😔
      IA next Thursday
      Shukran diva_gurly ✨✨

  3. 🥀 says:
    May 11, 2026 at 8:40 pm

    Reen ge past handhaan vanee dhw. I really hope she would still live with Xev
    Sumee men mi case solve kohffiyyaa vrh bodu kuri erumeh libeyne hn heeveyy
    Whn nxt????
    Keehve thr ehaa fahun uploade vanee?????
    Luv u 💗

    1. White rose White rose says:
      May 12, 2026 at 7:11 am

      Yes, mihaaru madu madun areen ge memories reallocate vamun edhanee 😄😄
      Yea, let’s hope sumee mennah kaamiyaabu kamaa eku e case nimaaleveyne kamah 🙃🙃
      IA next Thursday
      Admin approval libunyma upload vaany 😔😔
      Shukran 🥀 ✨✨
      Lyt darl 🫰🏻🫰🏻

  4. Anonymous says:
    May 11, 2026 at 8:56 pm

    Nooooooo are why did U go there?
    Zev varah dhera vaane
    Pls aree hope nothing happens to you
    When next

    1. White rose White rose says:
      May 12, 2026 at 7:12 am

      Areen is too curious 😬😬
      IA next Thursday
      Shukran Anonymous ✨✨

  5. Shafsha says:
    May 11, 2026 at 9:11 pm

    Nooooooooooooo
    Areen ge memories coming back?????
    Curiosity above the 7 skies…
    When nxt????
    Tc.. Lyy

    1. White rose White rose says:
      May 12, 2026 at 7:13 am

      Yes, her memories are slowly coming back 😄😄
      IA next Thursday
      Shukran Shafsha ✨✨
      Lyt darl 🫰🏻🫰🏻

  6. Defnot_maanu says:
    May 12, 2026 at 1:11 am

    Heii white rose long time nugovaalaathaa hope u doing goood 🫡🫵
    I js stopped reading the vhk bc of the olevels and now here imm back on the treck white rose ge vhk thah kiyan ..
    Btw all the parts were so good
    areen fakeeeru ge haalathakee hama ei baa ? 😭
    Anehkkaa jannathu i feel so bad for her 😭 ehaa rangalhu kushehnneh kuhjjehgge furaana e dhuhvvaali ughh i hate this blue waters people especially naail and his dad 😡
    Hope areen gets recovered faster
    And waitting for the next part so curiouse … tc …… 🫶

    1. White rose White rose says:
      May 12, 2026 at 7:18 am

      I’m doing well, long time no see 😄😄
      I’m ecstatic to hear that 🥰🥰
      Hithaama akee thi ee, areen fakeeruge dhiri ulhumah adhives hama jehumeh nulibey 😓😓
      Same, Jannath was such a wonderful girl 😒😒
      Shukran Defnot_maanu ✨✨✨

  7. xxx_dodo_xxx says:
    May 12, 2026 at 1:20 pm

    Wow. This is marvelous. I luv it gurrll.
    Nooooo
    Reen ge r me.iry that aisgen kamaku nudhaane. So sad. 😭😭.
    Sumee hihvaru kohlaa.
    Luv U .whn next ????

    1. White rose White rose says:
      May 12, 2026 at 4:18 pm

      I’m delighted to hear that 🥰🥰
      Let’s see wht happens after memories reallocate 😬😬
      IA next Thursday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  8. Exxo says:
    May 12, 2026 at 2:01 pm

    Woo hoooooo. Varah salhi ingeyy gro.
    Alhe reen ah kihineyy tha evanee ????
    Oh B.W ge kanthahanekka maa mahchah dhanee dhww. Xev aa Eleven vegen aa Kamehameha plan kohlaakah nulheytha ????.
    Edhemeehun heskiyaafa fakkaa viyya Ali ahumadhu gandaa behilan.
    When nexxxxt gro ????
    Lysm & tc

    1. White rose White rose says:
      May 12, 2026 at 4:20 pm

      I’m overjoyed to hear that 🥰🥰
      Reen’s getting flashbacks of her memory 😓😓
      Asluves e dhemeehun annehkaa molhu kameh kohlan jehey 🙃🙃
      IA next Thursday
      Shukran Exxo ✨✨
      Lyt darl 🫰🏻🫰🏻
      IA next Thursday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  9. Leesha says:
    May 12, 2026 at 2:04 pm

    Reen ge memory comeback v ma Xev nafrathu kuraane tha ?????
    Sumee dhen Isse aa guleyni kon irakun tha ???
    I believe u want spoil the story. But still I need some T to be more patient.
    Vaahaka hama baraabaru 👍.
    Ly….

    1. White rose White rose says:
      May 12, 2026 at 4:24 pm

      Adhi neynge nafrathu kuraane kameh 🫣🫣
      We don’t know adhi sumee men gulheyne kameh 😒😒
      Shukran Leesha ✨✨
      Lyt darl 🫰🏻🫰🏻

  10. Exxo says:
    May 12, 2026 at 2:10 pm

    Heyyyy. 67 vana Bai vrh reethi kohlaathi. Cz 67 is my fav no. Yahh know ???
    Also six nd seven mihaaru vrh mashhoorehnu
    Dhww.
    Anyways. If ud not mind. Nd I know u luv to end story I. Cliffhangers. That’s not a prob if that’s urs. OK.

    1. White rose White rose says:
      May 12, 2026 at 4:49 pm

      Alrss, I’ll write 67th part long and make it interesting 😉😉
      Shukran Exxo ✨✨

  11. Exxo says:
    May 12, 2026 at 5:53 pm

    thx thx thx, thats why i luv u so much gurrrlll. ur the best

    1. White rose White rose says:
      May 12, 2026 at 6:15 pm

      Awnn, so happy to know 🥰🥰
      Shukran once more ✨✨

  12. Cutie girl says:
    May 13, 2026 at 1:47 pm

    Mi part ves varah reethi masha Allah
    Curiously waiting for next part
    Haadha curious kohlaafa thi nihmaaly
    Alhey reen ge memory back veetha
    Alhey isse n Sumy gulhuvachey
    Mi part kiyaafa rovijje
    Naail and his dad hithuga rahumeh kulhuneh neih kusheh neih kudhin maraaly
    Emmenah insaafu libeyni dhuvahege intizaaru ga
    When next
    Really appreciated your hard work 🥰
    Kuhverinah adabu dhee
    Miayee varah sangu veri kamakaa eku kiyaa vaahaka eh

    1. White rose White rose says:
      May 13, 2026 at 2:07 pm

      So glad to hear that 🥰🥰
      Dhww, mi meehunah anekaage ihsaas thah ehgothakah ves neyngey kahala 😒😒
      IA tomorrow
      Shukran Cutie girl ✨

  13. xxx says:
    May 13, 2026 at 1:56 pm

    Can I ask u something???
    Where r u from ???

    1. White rose White rose says:
      May 13, 2026 at 2:08 pm

      I’m sincerely sorry, personal info eh veema share kureveykah neiy, but I can say I’m from north of Maldives 😓😓
      Shukran xxx ✨

Comments are closed.

Next Episodeދެވުނީ ވޭނޭ 66←


All Right Reserved!