Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 23

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
December 8, 2025 7 Mins Read
32 Comments

“ކަލޭމެންނަށް އެހާ ވަރަށް ލާރި ދީގެން ވެސް ކުޑަކުޑަ އެކްސިޑެންޓެއް ނުކޮށްލެވުނުތަ. މަރާލާފަ ދޫކޮށްލަން ބުނީމަ އެންމެ ކޫރުމެއް ވެސް ނާޅުވާލަ ތި ދޫކޮށްލީ. އޭނ..” ކޮފީ މޭޒެއްގައި ކޮޅުފައިން ޖަހާ ވައްޓާލަމުން ޝައުލާ ފެލިގަތެވެ. “ބަލަ އެ ކާރެއް ދުއްވަން އިން ގޮލާ ހެދި ނުހެއްޖެއް ނޭނގޭ. މަށަށް ފެނުނީ އޭނާ އެ ކާރު ކައިރީގައި ހުރި ސެންޓްރަލް ޕާކު ތެރެއަށް ވައްދާލި ތަން.” ގޮނޑީގައި އިށީނދެ އިން ފިރިހެނަކު ބުނެލިއެވެ. “ހެވޭ މަށަށް އެ ފަހަތުން ޕާކު ތެރެއަށް ވަދެގަތަސް. މަ ހަމައެކަނި ބޭނުމީ އެ ** މަރާލާށޭ.” އަޑަށް ބާރުލަމުން ޝައުލާ ބުނެލިއިރު އޭނާގެ ދެލޮލުން އަލިފާން ކަނި ބުރައެވެ.

ނަމާދު ކޮށްލަމުން ފަހު އަރީން މަޑު ނޫކުލައިގެ ގަމީހަކާއި ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނު އިސްތިރިކޮށްލިއެވެ. އެ އެއްޗެހި ކޮނޑުގައި އަޅުވައިފައި ވޯޑްރޯބުގެ ދޮރުގައި އަޅުވާލިއެވެ. އެއަށްފަހު ކޮޓަރިން ނުކުމެގެން ތިރީބަޔަށް ދިޔައެވެ. އޭރު ގަޑިން ފަސްގަޑި ސާޅީސް ވަނީއެވެ. ބަދިގެ ބަޔަށް ވަން އިރު އެތަނުގައި ދެ އަންހެނަކު އުޅުނެވެ. އެއީ ގޭގައި ކެއްކުމާއި ޙަވާލުވެގެން ތިބި ދެ މީހުންނެވެ.

“ރީއްކޯ! މި ގަޑީގައި ކީއްކުރަން ބަދިގެއަށް. ކޮފީއެއް ހަދާލަދޭންވީތަ؟” މެދު އުމުރުގެ އަންހެނެއް ކަމަށްވާ ފާތުމަ އެހިއެވެ. “ނޫން. އަޅުގަނޑު އަމިއްލަ އަށް ހަދާލާނަން. އެކަމަކު ފުރަތަމަ ރޮށި ފިހެލަން ކަމަށް. ދައްތަމެން މިހާރު ލޮނުކަން ހެދުމުގައެއްނު. އަޅުގަނޑު ވެސް ބޭނުމޭ އެހީވާން.” ހިނިތުންވުމަކާއި އެކު އަރީން ބުނެލިއެވެ. “ކޮއްކޯ! މިގޭގައި އުޅޭ އިރު ނުޖެހޭނޭ މިކަހަލަ މަސައްކަތް ކުރާކަށް.” ޒަހުރާ ވަގުތުން ދެކޮޅު ހެދިއެވެ. އެހެނަސް އަރީން ކުރުނުކުރުމުން އެ ދެމީހުން އަރީނަށް ފުރުސަތު ދިނެވެ.

ރޮށި ފިހެ ނިންމާލައިފައި އަރީން މޭޒުމައްޗަށް ކާތަކެތި ނަގަން ފެށިއެވެ. “ދަރިފުޅާ! ކީއްތިކުރަނީ؟” ޢާފިޔާއަށް ބަދިގެއިން އަރީން ފެނުމުން އަހާލެވިއްޖެއެވެ. “ކާން ހަދަނީނުން. މަންމަ އެއްނު ބުނީ މިގޭ މީހުން ހަތެއް ޖެހުމަށް ކާން އަރާނޭ.” އަރީން މަޑުމައިތިރި ކަމާއި އެކު ބުނެލިއެވެ. “އެކަމަކުވާ ދަރިޔާ. ދަރިފުޅަކަށް ނުޖެހޭނޭ މިކަން ކުރާކަށް. ގޭގައި އުޅުނު އިރު އެހެން މަސައްކަތް ކުރިއަސް މި ގޭގައި ނުޖެހޭނެ.” އަރީންގެ ބޮލުގައި ފިރުމާލަމުން އާފިޔާ ބުނެލިއެވެ.

“އޭރުންނޯ! އަޅުގަނޑު ކަންނެތް މީހަކަށްނު ވާނީ.” އަރީން ރައްދުގައި ބުނެލިއެވެ. “މަންމަ އަށް އެނގެޔޭ ތިއީ މުރާލިކަމުގަ ވެސް އެއްވަނަ ކަން. ދެން މިހެން ބަދިގެއަށް ވަންނާނެ ކަމެއް ނެތް.” ޢާފިޔާ ހިނިތުންވުމަކާއި އެކު ބުނެލިއެވެ. އަރީން ބޯޖަހާލައިފައި ބަދިގެއިން ނުކުތެވެ. “ދަރިފުޅާ! ޒަވިއަނަށް ގޮވިންތަ؟ އާންމުކޮށް ޒެވް އަމިއްލަ އަށް ހޭލާނެ. ނުހޭލިއްޔާ ފަތިހަށް ގޮވާފަ ނަގަންވާނެ އިނގޭ.” ސިޑިބަރިއާއި ދިމާލަށް ދަނިކޮށް އާފިޔާ އަރީނަށް ބުނެލިއެވެ. އަރީން ބޯ ޖަހާލައިފައި މައްޗަށް އަރައިގެން ދިޔައެވެ.

އެވަގުތު ޒަވިއަން ކޮޓަރީގައި ނެތުމުން ފުރުސަތުގެ ބޭނުން ހިފާ ކޮޓަރިތެރެ ފޮޅާ ސާފުކޮށްލިއެވެ. އެއަށްފަހު ވަދެލީ ވޯޑްރޯބުގެ ތެރެއަށެވެ. މިއަދު އޮފީހަށް ދާން ލާނެ އަޅިކުލައިގެ ގަމީސް ހެދުމަކާއި އެ ކުލައިގެ ބެލްސެއް ނެގިއެވެ. ގަމީސް އިސްތިރިކޮށްފައި އޭނާ ފާޚާނާ އަށް ވަނީ ފެންވަރާލާށެވެ.

އަރީން ފާޚާނާ ނިކުތް ވަގުތަކީ ކަސްރަތު ކުރުމަށް ފަހު ޒަވިއަން އައިސް ކޮޓަރި އަށް ވަން ވަގުތެވެ. ލައިގެން ހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓު ގަޔަށް ހިފާލައިފައި ވުމުން ފިރިހެންވަންތަ ކަމަށް ދައްކައެވެ. ކަޅުކުލައިގެ އެ އަސަރުގަދަ ލޯ އަރީނާއި އަމާޒުވެފައިވީ ކަން ރެއަކާލުމުން އޭނާ އިސްޖަހާލައިފައި ގޮސް ވޯޑްރޯބުގެ ތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. ދިރޭރަހަ ފޮދެއް ފަދައިން ތެޅެމުން ދިޔަ ހިތް މަތީ އޭނާއަށް އަތް އަޅާލެވުނެވެ. ދުވަހަކު ވެސް ލިބެންނެތް ލޯތްބަކަށް ވިޔަސް އޭނާއަށް އެ ލޯތްބަށް އެދެވޭތީ އަމިއްލަ ނަފްސަށް މަލާމާތްކޮށްލަމުން މޭގައި އަތުން ޖަހާލައިފިއެވެ. ޙާލަތު ބަދަލުވެގެން ދިޔައިރު ވެސް އެ ހިތުގައިވީ ފުން އިހުސާސަށް ބަދަލެއް ނައެވެ.

އަރީން ވޯޑްރޯބުން ނުކުމެ ރީތިވާން ފެށީ ޒަވިއަން ފާޚާނާ އަށް ވަނުމުންނެވެ. އަވަސް އަރުވާލައިފައި އޭނާ ދަބަސް ނަގައިފައި ކޮޓަރިން ނުކުތެވެ. ސިޑިބަރިން ތިރިއަށް ފައިބައިފައި އޭނާ ގޮސް އިށީނީ ސިޓިންރޫމް ސޯފާގައެވެ. އޭރު އެތަނުގައި އާފިޔާ ވެސް އިނެވެ.

“ދަރިފުޅުމެން ހަނީމޫނަށް ދާން ބޭނުމީ ކޮން ތަނަކަށް؟” އާފިޔާ ކޮށްލި ސުވާލުން އަރީން ދިޔައީ ސިހިގެންނެވެ. “ޖޮބްގަ ބިޒީކޮށެއްނު މިހާރު މިއުޅެނީ. އެހެންވެ ހަނީމޫނަށް ނުދާގޮތަށް މި ވިސްނީ.” އަރީން ވިސްނާލައިފައި ޖަވާބެއް ދިނެވެ. އަރީނަށް މިއީ ދުވާލު ފަދައިން ޒަވިއަން އޭނާއާއި އެކު އެ ކަހަލަ ދަތުރަކު ނުދާނެކަން އެނގެއެވެ.

އާފިޔާ އާއި އެކު އަރީން ކާކޮޓަރިއަށް ދިޔައީ ހަތެއް ޖެހުމަށެވެ. ކަން ދިމާކުރި ގޮތުން އަރީނާއި ޒަވިއަނަށް އިށީންނަން ޖެހުނީ މޫނާއި މޫނު ދިމާވާނެހެންނެވެ. އަރީން ދިޔައީ އާދައިގެ ގޮތަކަށް އުފަލާއި އެކު ވާހަކަދައްކަމުންނެވެ. ޒަވިއަން އިސް އުފުލާލާ ބަލާ ވެސް ނުލައެވެ. މިކަން އާފިޔާ އަށް ފާހަގަކުރެވުނު ނަމަވެސް ވަކި އެއްޗެއް ނުބުނެއެވެ.

ލޯވް ފާރމަށް ދާން އަރީނަށް ނުކުމެވުނީ ޒަވިއަންގެ ފަހަތުންނެވެ. ޒަވިއަން އަރީނަކީ އެތަނުގައި ހުރި މީހެއް ކަމަށް ވެސް ހަދާނުލާ ގޮސް ގަރާޖުން ކާރު ނަގައިގެން އޭގައި ނައްޓާލައިފިއެވެ. އަރީނަށް އެ ކާރު ފެނުމުން ހަނދާންވީ ރޭގެ ހާދިސާގެ މަތިންނެވެ. އެ ވަގުތު ކާރު ދުއްވަން އިނީ ލީވާން ނޫންނަމަ މަރާއި ކުރިމަތިލާން ޖެހުނީހެވެ.

އަރީން ގޮސް ހުއްޓެލީ ބަސް ސްޓޮޕް ކައިރިއަށެވެ. އޭނާ ދެން އަތް ދަބަހުން ފޯނު ނަގައިފައި އެއަށް އައިސްފައިވާ ނޮޓިފިކޭޝަންތައް ބަލައިލިއެވެ. އޭނާ ހާވާލަމުން ގޮސް ވަދެލީ އާސިފްގެ ޗެޓަށެވެ. އޭނާ ފޮނުވައިފައިވާ މެސެޖުތައް ކިޔަމުން ދިޔަ ވަރަކަށް ނިތަށް ރޫ އަރަމުން ދިޔައެވެ. ލަސްނުކޮށް އޭނާ ގުޅާލީ ލީވާނެށެވެ. ބަސް ސްޓޮޕުން އެއްފަރާތަށް ޖެހިލައި ކުޑަކޮށް އެކަހެރިވެލަމުންނެވެ.

“އޯކޭ މާދަން ލިބުނަސް. އެ އެއްޗެހި ހޯދާލަދީބަ. ޔޫ ކޭން ޗާޖް އިފް ޔޫ ވޯންޓް. ދެން… ވަރަށް ބޮޑަށް ޝުކުރިއްޔާ ރޭގެ ޓްރިކަށް. އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިންކަމަށް.” އަރީން ފޯނު ކަނޑާލީ އެހެން ބުނެފައެވެ. ދެން އަނެއްކާ ވެސް އަނބުރާ ބަސް ސްޓޮޕަށް ދިޔައެވެ. އޭރު އޭނާ އަރަން ވިސްނި ބަސް ނައްޓާލަން ތައްޔާރުވަނީއެވެ. އަވަހަށް ގޮސް ބަހަށް އެރީ އެހެންވެގެންނެވެ.

“ވަޓް ދަ **. އަރީ ހަމަ އަސްލަށް ވެސް އެ ޒަވިއަންގަނޑާ އިނީތަ؟ އަހަރެން ހީކުރީ އެއީ އަރީ އަހަރެންގެ ކިބައިން ސަލާމަތްވާން ހަދާލި ދޮގެއް ކަމަށް” ޔޫ ސްޓައިލްސް އެންޑް ސްޕާގައި އިސްތަށިގަނޑު ސްޓައިލް ކުރަން ހުރި ޔޫލީނަށް ނާއިލް ވާހަކަ ދެއްކީ ނިކަން ރުޅިގަދަވެ ހުރެއެވެ. “ޔާހް. އަހަރެންގެ ފްރެންޑެއްގެ ފަރާތުން އެނގުނީ.” ޔޫލީން ރައްދުގައި ބުނެލިއެވެ. ނާއިލް އަކީ އާންމު ގޮތެއްގައި އޭނާ އާއި ވާހަކަ ދައްކާ މީހެއް ނޫނެވެ. ދެބައިން ވެސް ހަމައެކަނި އާދައިގެ ރެގިޔުލާ ކަސްޓަމަރެކެވެ. އަރީން ހަމަ ޙަޤީޤަތުގައި ވެސް ކައިވެނި ކުރީކަން އެނގުމުން އެ ސޮރު މާ ބޮޑަށް ޖަޒުބާތުގައި ޖެހުނީ ކަމަށް ވެދާނެއެވެ.

އަރީން އޭނާގެ ފޯނުގައި އިން އެޕާޓްމަންޓު ނަންބަރު ފެނުމުން ބެލް ޖަހާލައިފިއެވެ. ލަހެއް ނުވެ އެތެރެއިން ދޮރު ހުޅުވާލީ އާސިފެވެ. އަރީން އެތެރެއަށް ވަނުމުން އާސިފް ދޮރު ތަޅުލިއެވެ.  އަރީން ގާތުގައި ސޯފާގައި އިށީންނަން ބުނެފައި އާސިފް ގޮސް ކޮޓަރިއަށް ވަނެވެ. ދެން ނުކުތީ ފައިލެއް ހިފައިގެންނެވެ. “ރީން. މިއީ ވަރަށް ސީރިއަސް މައްސަލައެއް. ރީންގެ އަތުގައި އޮތް އޮޓޮޕްސީ ރިޕޯޓަށް ވަނީ ބަދަލުގެނެވިފަ. ވިކްޓިމް ޝައިބާގެ ރަޙިމުން ނެގުނު ސެމެން ސާމްޕަލްގެ ޑީއެންއޭ މެޗްވަނީ ރައުފާނަކަށް ނޫން. ޝަހުދަށް. މިއީ މައިގަނޑު އެއްޗަކީ. ދެން ހުރި ބައިތައް އަރީން އަމިއްލައަށް ބަލާލާ. އަހަރެންނަށް ވަރަށް ޙާލުން މި އެއްޗެހި ލިބުނީ. ރީން ދެން މަސައްކަތް ކުރަންވީ ރޭޕްކިޓް ބޭނުންކޮށްގެން އެގްޒާމެއިން ކުރި އަންހެން ޑަކުޓަރު ހޯދަން.” އާސިފް ތަފްސީލުކޮށް ބުނެލިއެވެ. އަރީން ލައިލައި ހުރި ނޭވާ ވެސް އެތެރޭގައި ތާށިވި ކަހަލައެވެ. އޭނާ އިހަށް ދުވަހު ދިފާއު ކުރި ފަރާތަކީ ޙަޤީޤީ ކުށްވެރިޔާކަން އެނގުމުން ހިތަށް ނުބައި ގޮތެއް ވެލިއެވެ.

“އެ ނަރުސް ކުއްޖާގެ ތަފްސީލުތައް ދެވިދާނެތަ؟” އަރީން އެހިއެވެ. “އާން. އެކަމަކު އަރީން ވިސްނައިގެން އުޅޭތި. ޝަހުދަކީ ވަރަށް ނުފޫޒުގަދަ މީހެއް. ރީން އޭނާއާ ސީދާ ކޮންފްރޮންޓް ކޮށްފިނަމަ ޒަމާން ދާނެ. ބައެއްފަހަރު ތިހެން ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެހާ ރައްކާތެރި ކަމެއް ނޫން.” އާސިފް އަރީންގެ އަތަށް އެ ފައިލް ދިނެވެ. އަރީން އޭނާގެ ދަބަސް ތެރެއަށް ފައިލު ލައިފިއެވެ. އާސިފަށް ޝުކުރު އަދާކޮށްފައި އޭނާ ތެދުވެގެން ދިޔައެވެ.

އާސިފާއި ބައްދަލުކޮށްފައި އަރީން ލޯވް ފާރމަށް ދިޔައިރު ނުވަގަޑި ސާޅީސް ވަނީއެވެ. ކުރިން ގެއިން ނުކުތުމުން ސައިންއިންވާން ޖެހޭ ގަޑިއަށް ވުރެ ކުރިން އާދެވުނީއެވެ. ސައިންއިންވެފައި އޭނާ ގޮސް އެރީ ލިފްޓަށެވެ. އަރީން ކެބިނަށް ވަދެފައި އޭނާގެ ދަބަސް ނަގައި އޭގައި ހުރި ކޮންފިޑެންޝިއަލް ތަކެތި ސޭފް ތެރެއަށް ލިއެވެ. ދެން ގޮނޑީގައި އިށީނދެ ހަމަޖެހިލަން އުޅެނިކޮށް އެތަނަށް ވަދެގަތް މީހާ ފެނި އަރީންގެ ހިތް ގުޑާލިއެވެ. އޭނާ އަންނާނީ ރަނގަޅު ނިޔަތެއްގައި ނޫންކަން އެނގޭތީ އަރީން މަސައްކަތް ކުރި ކެބިނުން ނުކުންނާށެވެ. އެހެނަސް އެކަން ކާމިޔާބު ވާ ގޮތެއް ނުވިއެވެ. އަރީން ކަރު އެލުވާލީ މި ބެދުނީ ކަން އެނގުމުންނެވެ. އެ ގޮލާ ކެބިންގެ ދޮރު ވެސް ތަޅުލައިފިއެވެ.

ނާއިލް ގޮސް އަރީން އިން ގޮނޑި އަނބުރާލައިފިއެވެ. އަރީން އިސްޖަހާލީއެވެ. “އަރީ އަސްލަށް ވެސް އޭނާ އާ އިނީ ކީއްވެ. އޭނާގެ ކިބައިގައި ކޮން ޚާއްސަ ސިފައެއްތަ އިތުރަށް ހުރީ. އޭނާ އަރީ ދެކެ ލޯތްބެއް ވެސް ނުވޭ. ދެން ކީއްވެ؟ އަހަރެން ވެސް އަރީ އެދުނު ނަމަ ސީދާ ކައިވެންޏަށް ދިޔައީމުސް.” ނާއިލް އަރީންގެ ދަތްދޮޅީގައި ހިފާ އުފުއްލާލަމުން ވާހަކަދެއްކިއެވެ. “އެއީ ނާއިލް އާއި ބެހޭ ކަމެއް ނޫން. އެންޑް ކިތައް ފަހަރުތަ ބުނަންވީ ތިހެން ހެރޭސް ނުކުރާށޭ. މިހާރު އެނގެއެއްނު މިއީ މީހެއްގެ އަނތްބެއްކަން.” އަރީން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

“އަހަރެންނަށް ހެޔޮ އަރީ ޒަވިއަނާ ކައިވެނި ކުރިއަސް. އަރީއަށް ކެރޭނެތަ މިހެން ހެރޭސް ކުރިއެއް ކަމަކު ރިޕޯޓު ކުރަން؟ ޒަވިއަން އަންނާނެތަ އަހަރެން ހުއްޓުވަން؟ ނޫނޭވާ އަރީގެ ޚިޔާލުތައް ހާދަ ހަމަނުޖެހެޔޭ. އެއްވެސް މީހަކަށް އަހަރެން އަރީ ޙާސިލުކުރުމަށް މި ކުރާ މަސައްކަތް ހުރަހެއް ނޭޅޭނެ.” ނާއިލްގެ މޫނުމަތީގައި ކުޅެލީ ފަތަޙައިގެ ހިނިތުންވުމެކެވެ. ނާއިލްގެ ބަސްތައް އިވިފައި އަރީންގެ އަނގަ ބަންދުވިއެވެ. އެއީ ވެސް ދޮގެއް ނޫނެވެ.

“އަހަރެން ބޭނުން މިހާރު ހަވާލުވެފަ އިން ކްލައިއެންޓް ދޫކޮށްލަން. އޭގައި މަސައްކަތް ނުކުރަން ނިންމައިފިން. ކޭސް މާ ކޮމްޕްލެކްސް.” މައުޟޫ ބަދަލުކޮށްލުމުގެ ގޮތުން އަރީން އެހެން ބުނެލިއެވެ. އަރީންގެ ވާހަކަ އިވިފައި ނާއިލްގެ ސިކުނޑީގައި ނުބައި ރަނގަބީލެއް ޖެހި ކަހަލައެވެ. އެހެނަސް ހަމަޖެހޭގޮތް ދައްކާލަމުން ހަށިގަނޑު ސީދާކޮށްލިއެވެ. “ތިއީ އެހާ ފަސޭހަ ކަމެއް ނޫން.” ނާއިލް ރައްދުގައި ބުނެލިއެވެ. “އަހަރެން ނުކުރާނަން މަސައްކަތެއް. ކެނެޑާ ކަހަލަ ބޮޑެތި ޤައުމުތަކުގައި ވެސް ފަސޭހައިން އެ ކަން ކުރެވޭ. އަން. މިހުރީ ޝަހުދު ދިން ހެކިތަކާއި އެހެނިހެން އެއްޗެހި.” އަރީން މޭޒެއްގެ ވަތްގަނޑެއް ހުޅުވާލައިފައި އެ އެއްޗެހި ނަގައިފައި ދިނެވެ.

“އާނ އެންމެ ރަނގަޅު. އެކަމަކު އަރީއަކަށް ތިހެން މައުޟޫ ބަދަލުކޮށްލައިގެން އަހަރެންގެ ކިބައިން ސަލާމަތެއް ނުވެވޭނެ.” ނާއިލް އަރީން ދިން އެއްޗެހި ނަގައިފައި އަރީންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަރީން ތުންފަތުގައި ދަތް އަޅާލިއެވެ. ބުނާ ކަހަލައެވެ. މީހަކާ އިނީމަ ވެސް ނާއިލްގެ އުނދަގުލުން ސަލާމަތް ނުވެވެނީ ކީއްވެގެން ހެއްޔެވެ؟

“އާދޭސް ކޮށްފަ މިބުނީ. ތިހެން ނޫޅޭ. އަހަރެން ބޭނުމެއް ނޫން ޒަވިއަނަށް ބޭވަފާތެރިވާކަށް.” އަރީން މާޔޫސީ ރާގަކަށް ބުނެލިއެވެ. އެހެނަސް ނާއިލަށް އެ ބަސްތައް ނީވޭ ކަހަލައެވެ. ކުއްލިއަކަށް އަރީންގެ ކޮނޑުގައި ހިފާ ކޮޅަށް ޖަހާ ފަހަތު ފާރުގައި ޖައްސާލިއެވެ. “އަރީ! އަހަރެން މިހާތަނަށް ވަރަށް ކެތްކޮށްފިން. ވަރަށް އިންތިޒާރު ކޮށްފިން. އަހަރެން އަރީގެ ލޯތްބަށް އެދޭތާ ބާރަ ވަރަކަށް އަހަރު ވެދާނެ. ފުރާވަރުގައި ލޯބިވެވުނެއް ކަމަކު އަހަރެންގެ ހިތުގައިވީ އެ ލޯތްބަށް ކުޑަވެސް ފަނޑުކަމެއް ނާދޭ. ދެން ކީއްވެ؟ ކީއްވެތަ އެ ނުލަފާ ޒަވިއަނަކާ އިނީ.” ނާއިލް ވާހަކަދައްކަމުން ދިޔަ އިރު އޭނާގެ ތުންފަތް ތުރުތުރު ލަމުން ދިޔައެވެ. އަރީން ބިރުން ތެޅިގަތީ ނާއިލްގެ ހޫނު ނޭވާތައް އޭނާގެ މޫނަށް އެޅުމުންނެވެ.

ނާއިލްގެ ޙަރަކާތްތައް މަޑުޖެހިލީ އެ ކެބިންގެ ދޮރުގައި މީހަކު ޓަކި ޖަހަން ފެށުމުންނެވެ. އޭރު މޫނުމަތީގައި އަތް އަޅައިގެން ހުރި އަރީން ހީވަނީ ވިރިގެން ހިނގައިދާނެހެންނެވެ. ނާއިލް ދުރަށް ޖެހިފައި ގޮސް ދޮރު ހުޅުވާފައި ނުކުމެގެން ދިޔައެވެ. އެ ވަގުތު ދޮރުމަތީގައި ފުލުސް ޔުނީފޯމު ލައިގެން ހުރި ސުމައްޔާ އާއި އަފާފް ކެބިނުގެ ތެރެއަށް ވަދެގެން ދިޔައެވެ.

އަރީން އަވަހަށް ގޮސް އޭނާގެ ދަބަހުގެ އަރިމަތީ ވަތްގަނޑުން އިންހޭލަރ ނަގައި ޖަހާލިއެވެ. “ރީން ކިހިނެއްވީ؟ ހާދަ ހާސްވެފަ. އެންޑް ނާއިލް. އޭނާ މި ތަނުގައި ކީއް ކުރަނީ؟” ސުމައްޔާ ކަންބޮޑުވުމާއި އެކު ފެށި ޖުމްލަ ނިންމާލީ އަޑަށް ބާރުލައިފައެވެ. “ކަ…ކަމެއް ނުވޭ. އެއީ އަހަރެންގެ މައްޗަށް ހުރި ޗީފް ލޯޔާރ. ސުމީ މިތަނުގައި ކީއްކުރަނީ؟” އަރީން ހަމަޖެހިލަމުން އެހިއެވެ.

“ރޭގައި ހިނގައިދިޔަ އެކްސިޑެންޓުގެ ބަޔާން ނަގަން ވެގެން. އެ ލޮރީގެ ލައިސެންސް ޕްލޭޓް ނަންބަރު ނުވަތަ ދުއްވަން އިން މީހާގެ އެއްވެސް ތަފްސީލެއް އެނގޭނަމަ އެ މައުލޫމާތު ހިއްސާކޮށްލައްވާ. ކެމެރާތަކުން ބެލި ބެލުމުން އެނގެނީ އެ ލޮރީ މަސައްކަތް ކޮށްފައި ވަނީ އަރީންމެން ދިޔަ ކާރަށް ގެއްލުމެއް ދޭން ކަން.” ސުމައްޔާ ރަސްމީ ވެލަމުން ފެށިއެވެ. އަރީން އެމީހުންގެ ސުވާލުތަކަށް އެނގުނު މިންވަރަކުން ޖަވާބު ދެމުން ދިޔައެވެ. އެހެނަސް އެހާ ބޭނުންތެރި މަޢުލޫމާތެއް އޭނާ އަކަށް ނުދެވުނެވެ.

ސުމައްޔާމެން ދިއުމުން އަރީން ކެބިންގެ ދޮރު ލޮކް ކޮށްލިއެވެ. ދެވަނަ ފަހަރަށް ނާއިލް މިތަނަށް ވަނަކަ ދޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު އަރީން މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ކުރީގެ ކްލައިއެންޓާއި ދެކޮޅަށް ހެކި އެތުރުމުގައްޔާއި ވާހަކަތައް އެކުލަވާލުމުގައެވެ. ޤާނޫނީ ގޮތުން ޖަހާލެވޭނެ ވަރުގަދަ ބަސްތަކާއި އެހެނިހެން ބައިތައް ވެސް އޭނާ ލިޔުނެވެ. އޭނާ ހިތްހަމަޖެހޭ ވަރު ކޮށް ތެދުވި އިރު ރޭގަނޑު އަށެއް ޖަހަނީއެވެ.

އޭނާގެ މަސައްކަތް ރީޕްރިންޓްކޮށް ހުރިހާ ސާމާނެއް ޕްލާސްޓިކް ކޮތަޅަކަށްލީ އަތަށް އަންގިއެއް ލައްވާލުމަށް ފަހުގައެވެ. އާސިފް ދިން އަސްލު އޮޓޮޕްސީ ރިޕޯޓް ވެސް އެ ޕްލާސްޓިކް ކޮތަޅުން ނަގައިފައި އެއަށް ލިއެވެ. އެއިން އެކައްޗެއްގައި ވެސް އޭނާގެ ޓްރޭސްއެއް ނުވަތަ ފިންގަރ ޕްރިންޓެއް އިނަސް ނިމުނީއެވެ. އެ ހުރިހާ އެއްޗެއް އަދި އިތުރު ފޮށްޓަކަށް ލައިފައި ދަބަސް ތެރެއަށް ކޮށްޕާލިއެވެ.

އަރީން ކެބިނުން ނުކުމެގެން ދިޔައިރު ނާއިލް އާއި ދިމާނުވުމުން މާތް ﷲ އަށް ހަމްދުކޮށްލެވުނެވެ. ފައިމަގުގައި ކުރިއަށް ދިޔައިރު އޭނާގެ މިސްރާބަކަށްވީ ހުޅުމާލޭ ފޭސް އެކެއްގެ ބްލޫ ވޯޓާސް ބްރާންޗްގެ ކައިރީގައި ހުންނަ ހަލާކުވެފައިވާ އެޕާޓްމަންޓު ސަރަހައްދަށެވެ. ޝައިބާ މަރާލެވުނު ގޯޅިގަނޑެވެ.

އަރީން ގޮސް އެރީ އެ ގޯޅިގަނޑުގައި ހުރި ބާ އިމާރާތަކަށެވެ. އެ ތަނުގެ ސިޑިން މައްޗަށް އަރަމުން ގޮސް ތިންވަނަ ފުލޯގެ ދެވަނަ ރޫމް ކުރިމަތީގައި ހުއްޓުނެވެ. އޭނާ އެރިއިރު ވެސް ދިރޭ ފުރާނައަކާއި ދިމާނުވެއެވެ. މި ބައިބޯ ރަށުގެ އެންމެ މީހުން މަދު ހިސާބަކީ މިއީ ކަމަށް ވެދާނެއެވެ. އަރީން ބެލް ޖަހާލުމުން ދޮރު ހުޅުވާލައިފިއެވެ. އެތެރެއިން ނުކުތީ ސިނގިރޭޓެއް ތުމުގައި ޖަހައިގެން ހުރި ބިޔަ ބޮޑު ފިރިހެނެކެވެ. އާދެ، އެއީ ޑްރަގު އެޑިކްޓެއްގެ ގޮތުގައި ނަން މަޝްހޫރު ރައުފާނެވެ.

ރައުފާނަށް އަރީން ފެނުމާއި އެކު ހީވީ އެތެރެހަށީގައި އަލިފާން ޖެހިހެނެވެ. އަރީންގެ އަތުގައި ހިފާ ދަމައިގަންނަމުން އެތެރެއަށް ވައްދާލުމަށް ފަހު ދޮރުގައި ޖެއްސިއެވެ. ދެން ކަރުގައި ހިފާ ބާރުކޮށްލި ކޮށްލީނުން ހީވީ އަރީންގެ ފުރާނަ ހައްޓާއި ވަކިކޮށްލަން އަމާޒު ހިފިހެންނެވެ. ހަމަ އެފަދަ ފުރުސަތަކަށް އިންތިޒާރު ކޮށްލަކޮށްލާ ހުރިހެން ހީވެއެވެ.

“ކަލޭ ކޯއްޗެކޭ ހިތަށް އަރައިގެންތަ މައެގެ އެޕާޓްމަންޓަށް ތިއައީ. ތި އުޅެނީ މަ ހައްލާލައިގެން ނުކުރާ ކުށަކަށް އެއްބަސްކުރުވަންތަ؟” ރައުފާނު އޭނާގެ ތުމުގައި އޮތް ސިނގިރޭޓު ބުރި އަރީންގެ އަތުގައި ޖައްސައިފައި އަޑަށް ބާރުލަމުން ވާހަކަ ދެއްކި އިރު އެ ދެލޮލުން އަލިފާން ކަނި ބުރައެވެ. “މި އަ…އީ ރަ…އުފާނަށް އެ…ހީ ވާން.” ނޭވާ ނުލެވިގެން ތެޅިފޮޅެމުން ދިޔަ ޙާލު އަރީނަށް ވާހަކަ ދެއްކުނީ ނުހަނު އުނދަގުލުންނެވެ. އަތުން ނަގާ ޒަވި ދިލަޔަށް ކެތްކުރަމުން އޭނާ ތުންފަތުގައި ދަތް އަޅާލިއެވެ. “ކޮންމެހެން މަގޭ ބޯ ކާން ދަޅަ ދައްކާނެ ކަމެއް ނެތް.” ރައުފާނު އިތުރަށް އަރީންގެ ކަނދުރާ އަށް ބާރުކޮށްލިއެވެ. އަރީންގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު ފުސްވިއެވެ.

ރައުފާނަށް އަރީންގެ ކަނދުރާއިން އަތް ދޫކޮށްލެވުނީ އަރީންގެ ދެލޯ މެރުމުންނެވެ. އަރީނަކީ ނޭވާގެ މައްސަލަ ހުންނަ މީހެއް ކަން ނޭނގެންޏާ އޭނާ އެހާ ފަސޭހައިން ދުލެއް ނުކޮށްލާނެތާއެވެ. ރައުފާނު އަރީން ނޭވާލާތޯ ނޭފަތުކުރީ އިނގިލި ޖައްސާލިއެވެ. އޭނާއަށް ދެލޯ ބޮޑުކޮށްލެވި އަނގަމަތީގައި އަތް އަޅާލެވުނީ އަރީން ނޭވާނުލާކަން އެނގުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

މާސްކު (ޕާޓް 30)

Next

ފުރުސަތު

Next
December 8, 2025

ފުރުސަތު

Previews
December 8, 2025

މާސްކު (ޕާޓް 30)

32 Comments!

  1. 🌺 says:
    December 8, 2025 at 9:35 pm

    Oh omg what happened to areen im so curious
    Btw im the firs dhw hehe
    When next????

    1. White rose White rose says:
      December 8, 2025 at 9:43 pm

      IA next Thursday ga submit kohlaanan.
      Yeh, u first.
      Shukran 🌺 ✨✨

  2. Alaika_22 says:
    December 8, 2025 at 10:52 pm

    Omg… What did he do to areen………. 😢
    Curiously waiting for next part….. Whn nxt…..
    Luv u…… And Take care ❤️🙂

    1. White rose White rose says:
      December 9, 2025 at 5:30 am

      IA next Thursday ga submit kohlaanan
      Shukran Alaika_22 ✨✨
      Lyt darl 💕💕

  3. އައިޝާ says:
    December 8, 2025 at 11:07 pm

    Masha Allah vrh reethi ♥️♥️♥️.. aley areen ah gotheh nuhadhahchy.. next part vrh curious vaane.. mihaaru esfiya in genesdhy story thakuge therin vrh favourite story eh mi..

    1. White rose White rose says:
      December 9, 2025 at 5:33 am

      Thursday ga submit kohlan kaman, stay tuned to know whts happening to her.
      So happy to hear this is one of ur favs.
      Shukran އައިޝާ ✨✨

  4. Nai_73 says:
    December 9, 2025 at 6:15 am

    OMG 😱 no way plss areen ah dhera gotheh nuhadhahchey 🙏 so curious… Curiously waiting for the next part when’s next???
    Lyyy 🖤

    1. White rose White rose says:
      December 9, 2025 at 7:12 am

      Hehe, maa bodah curious kohlaafa dhw mi bai ves mi nimmaalevuny, hama cliffhanger ah nimman aadhavefa 😅😅
      Next Thursday ga submit kohlaanan IA.
      Shukran Nai_73 ✨✨
      Lyt darl 💕💕

  5. Your fav bab Your fav bab says:
    December 9, 2025 at 12:44 pm

    So shahudh is behind everything
    Well kurin ves Sus vi!
    Naail alhe fahe meeheh ge wife akah ves heyo dhw?🤦
    Areen ge fahathun netten neygey psychopath eh huvaa🤣🤣🤣😂
    Areen neyvaa nulayo??
    Raufaan!! Imma kill you if she’s not Okey!
    When next?
    Ly❤️

    1. White rose White rose says:
      December 11, 2025 at 2:36 pm

      Yes, he’s the actual criminal of the rape case.
      Yhh, Naail is an actual psychopath obsessed with areen.
      Sadly, yes she just stopped breathing.
      Mihaaru vaany submit kohlaafa
      Shukran Your fav bab ✨✨
      Lyt darl 💕💕

  6. Anonymous says:
    December 9, 2025 at 2:38 pm

    Oh no what did that bad raufaan did to Areen. Kuran faharu Xev reen gudhanun save kuri gothah mifaharu vs save kuraa nama dhw. Anyway mi part vs vrh reethi MA! Curiously waiting for the next part.
    Whn nxt???

    1. White rose White rose says:
      December 9, 2025 at 4:02 pm

      He strangled her, and she stopped breathing.
      IA next Thursday ga submit kohlaanan
      Shukran Anonymous ✨✨

  7. Ilovashu🤭 says:
    December 9, 2025 at 4:08 pm

    What happpeneddd … Ur such a talented author .. lysm ..my fav author 🤗❤️

    1. White rose White rose says:
      December 9, 2025 at 4:38 pm

      Vee gotheh engeyni dhen oiy bai kiyaaleema dhw. I’ll submit it next Thursday ga, stay tuned.
      Thrilled to be ur fav ☺️☺️
      Shukran Ilovashu🤭 ✨✨
      Lyt darl 💕💕

  8. iyerrnnn says:
    December 9, 2025 at 4:09 pm

    Oh haii… U the best author … Waiting for next ep 💕

    1. White rose White rose says:
      December 9, 2025 at 4:41 pm

      Shukran iyerrnnn for this sweet comment ✨✨

  9. Your fav bab says:
    December 10, 2025 at 7:55 pm

    I ge comment libunu thr??

    1. White rose White rose says:
      December 10, 2025 at 8:15 pm

      Yes, but it’s pendin 😊

  10. Your fav bab says:
    December 10, 2025 at 8:54 pm

    Alhe fahe ajaibeh!
    Adhives pending ga!🤦
    Why does this happen when commenting on your stories? other authors it takes maximum one hour! it’ll be posted
    Btw the next part tmrw?

    1. White rose White rose says:
      December 10, 2025 at 10:05 pm

      Idk why, but log in vefa alhugandu ge vhk thakah kuraa comments post vaan vrh gina iru nagaa 😭
      Yea for tmr, I’ve submitted it a while ago.
      Shukran Your fav bab ✨✨

  11. Defnot_maan says:
    December 10, 2025 at 11:12 pm

    Nooooo areeennn dhn alhe e kuhjjaa ah gotheh nuhadhaa bahattabala dhw 💔💔
    btw this part vx vrh furihama 💚 keep it up 💫
    curious to know what happened to areeen
    Hope she is okiee 😭
    When nest ???

    1. White rose White rose says:
      December 11, 2025 at 6:01 am

      E fakeerah abadhu hen dhera kankan dhw mi dhimaavany 😭😭😭
      Let’s see whts gonna happen to her from the next ep.
      Mihaaru submit kohlaifin, upload vee haa avahakah kiyaalan libeyne.
      Shukran Defnot_maan ✨✨

  12. Maafia says:
    December 11, 2025 at 9:18 am

    Can you wish me good luck on my business exam
    Starts today n I’m freaking out😭

    1. White rose White rose says:
      December 11, 2025 at 9:30 am

      Owh, good luck. Answer the questions after understanding and use credible points. Don’t write in excess. Chill, be confident and do it, worrying abt it can stop u from writing well.
      Shukran Maafia ✨✨

  13. Maafia says:
    December 11, 2025 at 10:50 am

    Awwn thnx for the sweet advise!
    Just finished at 10.30!
    It was quite hard but I tried😣
    N guess what I wrote at the end of the paper?
    ” if I fail, that’s 100% your fault “😜😹
    Now waiting for the result day only to see my EB teacher’s reaction 😂

    1. Anonymous says:
      December 11, 2025 at 12:06 pm

      Heyy White rose
      Uploaded???
      😃😃😃

    2. White rose White rose says:
      December 11, 2025 at 12:09 pm

      Ur welcome ☺️☺️
      Hopefully u will get a good result.

    3. White rose White rose says:
      December 11, 2025 at 12:10 pm

      Its submitted, upload vaane admin ge approval libunyma. Shukran Anonymous ✨✨

  14. Me😜 says:
    December 11, 2025 at 9:37 pm

    Did you write something inappropriate post nuvegen mi ulheny?
    Like new set of stories just got uploaded!
    Keh vanee eh nooney😭😭
    I wanna read the next part so freaking baddd😣

    1. White rose White rose says:
      December 11, 2025 at 10:10 pm

      There is no any inappropriate parts.
      E post thakah vure fahun submit kureema kamah ves vedhaane. Let’s wait.
      Shukran Me😜 ✨✨

  15. !! says:
    December 12, 2025 at 8:06 am

    Alheyyyyy not again😣😣😣

    1. White rose White rose says:
      December 12, 2025 at 8:19 am

      Admin said they will publish it soon.
      Heevany miadhuge vaguthehga kiyaalan libeynehen.
      Shukran !! ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 24←


All Right Reserved!