Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 49

“އެއްވެސް މީހަކު ކިޔާ އެއްޗަކަށް އަހަރެން ދެން ނުބަލާނަން. އަހަރެން މި ބުނަނީ ދެން އަހަރެން ރީވާ ވަރިއެއް ނުކުރާނަމޭ” އާރިޝް ބުންޏެވެ.
ރީވާ ޖަވާބެއް ނުދީ ކޮޓަރިން ނިކުތެވެ.
ރީވާ ސިޓިންގރޫމަށް ނިކުމެ ސޯފާގައި އިށީނދެފައި ލައިރާއަށް ގުޅިއެވެ. ރިޔާންއަށް ހޭލެވުނު ވާހަކަ ބުނުމާއެކު ލައިރާއަށްވެސް ރޮވުނީއެވެ. ވީހާވެސް އަވަހަކަށް ރިޔާން ކައިރިއަށް ދާން ބޭނުން ކަމަށް ލައިރާ ބުންޏެވެ. ރީވާ އެދުނީ ރާނިޔާ އެއްޗެއް ބުނަން ދެން މަޑު ކޮށްލުމަށެވެ.
އެއަށް ފަހު ރީވާ ދެން ގުޅީ ޔަޒްދާންއަށެވެ. ރިޔާން ހޭލި ޚަބަރު ޔަޒްދާންއަށް ދީފައި އެހެން މީހުންނަށް އަންގައިދިނުމަށް ރީވާ އެދުނެވެ. ހަނާންމެން ތިބި ގްރޫޕްގައިވެސް ރީވާ އެ ވާހަކަ ޙިއްސާ ކޮށްލިއެވެ. އެންމެ ފަހުން ފޯނަށް ބަލަން އިނީ އަޒްހަރުއަށް ގުޅާނީތޯ ނޫނީ ނޫންތޯ ދެ ޚިޔާލެއްގައެވެ. ރިޔާންގެ ޙާލު އަޒްހަރުއަށް އެންގުން މުހިންމު ކަމުގައި ގަބޫލު ކުރެވޭތީ ރީވާ އެ ނަމްބަރަށް ގުޅާލިއެވެ. އެ ޚަބަރު ލިބުމުން އަޒްހަރުވެސް ފުރަތަމަ ހެއްދެވި ފަރާތަށް ޙަމްދު ކުރިއެވެ.

ރިޔާންގެ ވަށައިގެން ޑޮކްޓަރުންނާ ނަރުހުން މަސައްކަތް ކުރަމުން ދިޔަ އިރު ތަންކޮޅެއް ދުރުގައި އެ މަންޒ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.