ހުސްނާގެ ދެލޯ ނިއްކުރިއަށް އަރައިގެން ދިޔައެވެ. ހަޅޭލަވަން އަނގަ ހުޅުވާލި ނަމަވެސް އެއްވެސް އަޑެއް ބޭރެއް ނުވިއެވެ. އެ އެއްޗެއް އެ އެތީގެ އަނގުރު ކުލައިގެ ދެލޮލުން ހުސްނާއާއި ދިމާއަށް ކަޅިވެސް ޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ. ހަމައެވަގުތު މުދިންބެ މަޤްރިބު ނަމާދަށް ގޮވަން ފެށި އަޑު އިވެން ފެށިއެވެ. އެއާއެކީ އެ މަޚްލޫޤުވެސް ދުންގަނޑަކަށްވެ ގެއްލިއްޖެއެވެ.
*** 17 ވަނަ ބައި***
ޔުމްނާ އިނީ އޭނާގެ ކޮޓަރީގައެވެ. އޭރުވެސް އޭނާ ބިރުން ތުރުތުރު އަޅަމުން ދިޔައެވެ. ޔަޤީނުންވެސް ދެންމެ އެ ދިމާވި ކަންކަމަކީ އާދައިގެ ކަމެއް ނޫނެވެ. ހުސްނާ އެ ގެންގުޅުނު ފޮށި ތެރެއިން ފެނުނު ސިހުރުގެ އާލާތްތަކެވެ. އެ ބާވެފައި އޮތް ފޮތެވެ. އެ ފޮތުން ފެނުނު މަޚްލޫޤެވެ. އެ ފޮތުގެ ގަނޑުތައް ކަޅުކުލައަށް ބަދަލުވުމެވެ. ޔުމްނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާއަށް ވިސްނުނީ އެންމެ ކަމެކެވެ. މަޝްރަހު ވަރަށް ގޯސްވެއްޖެއެވެ.
މި ހިޔާލުތަކުގައި އިންދައި މަޤްރިބު ނަމާދަށް ގޮވަން ފެށި އަޑު އިވުމުން ޔުމްނާގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އަވަސްއަވަހަށް ނަމާދުކުރަން ޔުމްނާ އަވަސްވެގަތެވެ.
***
ހުސްނާ އިނީ ތަޅުންގަނޑުގެ މަތީގައި އިށީނދެގެންނެވެ. ކަންކަން ވަރަށް ގޯސްވެއްޖެއެވެ. އެ ފޮތުގެ ގަނޑުތައް ނައްޓާފައި ހުރުމުން ކޮންމެވެސް މީހަކު ހުސްނާގެ ކޮޓަރިއަށް ވަނީކަން ހުސްނާއަށް ޔަޤީންވިއެވެ. ހުސްނާއަށް ޝައްކު ކުރެވެން އޮތީ ޔުމްނާއަށެވެ. ސަބަބަކީ ހަވީރު ގަޑީގައި ޔުމްނާ ނޫން މީހަކު ގޭގައި ނޫޅޭނެކަން ހުސްނާއަށް އެނގޭތީއެވެ.
ބޭރުން ކާޅެއް ގޮވި އަޑަށް ހުސްނާއަށް ހަމަ ބިމަށް އާދެވުނެވެ. ދެން ޖެހޭނީ ދިމާވެފައި މިއޮތް މައްސަލަ ހައްލުކުރުމަށްޓަކައި އެދެވޭ ފިޔަވަޅުތައް އަޅާށެވެ. އަވަހަށް އޭނާގެ ބައްތި ފޯނު ހުސްނާ ނެގިއެވެ. އަދި އަވަސްއަވަހަށް ޔައުޤޫބަށް ގުޅިއެވެ.
***
އިޝާނަމާދުކޮށް ނިމިއްޖެއެވެ. އެންމެންވެސް ތިބީ ރޭގަނޑުގެ ކެއުން ކާށެވެ. ނަމަވެސް މިރޭ އާދަޔާޚިލާފަށް ހުސްނާއާއި ޔުމްނާ އިނީ މަޑުންނެވެ. ނަމަވެސް މިކަމެއް ޔުމާންއަކަށް ފާހަގައެއް ނުވިއެވެ. ކައި ނިމުނުތަނާހެން ހުސްނާ ވާހަކަ ދައްކަން ފެށިއެވެ. “މިރޭ ބޭރަށް ނުދައްޗޭ އިނގޭ. ޔުމާންވެސް މިހާރު އަބަދުވެސް އުޅެނީ ބޭރުގަ”. ހުސްނާ މިހެން ބުނުމުން ޔުމާން ފޫހިގޮތަކަށް ހޫނ ލައްވާލާފައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. މިހެންވެ ކާމޭޒުދޮށުގައި ހުސްނާއާއި ޔުމްނާ އެކަނިވިއެވެ.
ހުސްނާ ޔުމްނާ ކައިރީގައި އެ ސުވާލުތައް އަހަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް ސުވާލުކޮށްފި ނަމަ އެއާއި ވިއްދާއިގެން ޔުމްނާ ސުވާލުކުރާނެއެވެ. އޭރުން ހުސްނާ ޖެހޭނީ ޔުމްނާއަށް ހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔައިދޭށެވެ. ޔުމްނާވެސް އިނީ އެކަހަލަ ހާލަތެއްގައެވެ. ސުވާލުކޮށްފިނަމަ ޔުމްނާގެ ސިއްރު ފަޅާއަރައިދާނެއެވެ. މިހެންވެ ދެމީހުންވެސް އެތައް އިރެއްވަންދެން ހިމޭންވެފައި ތިއްބެެވެ.
އެތައް އިރެއްވީފަހުން ހުސްނާ ތެދުވެގެން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ނަމަވެސް ޔުމްނާ އަދިވެސް އިނީ ފިކުރުގެ ކަނޑުގައި ޤަރަގުވާށެވެ. ޔުމްނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑިން ތެދުވިއެވެ. ހަމައެވަގުތު ކާގޭގައި ދިއްލާފައި ހުރި ބޮކިތައް ނިވުނެވެ. ކުއްލިއަކަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުން ޔުމްނާ ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް ހަޅޭލަވައިގަންނަން ވާއިރަށް ފިނި އަތެއް އޭނާގެ އަނގަމަތީގައި އެޅުނެވެ. އަދި އޭނާގެ ބަނޑުގައި އަތް އެޅުމަށްފަހު ޔުމްނާ އުފުލާލިއެވެ.
ޔުމްނާ އެ މީހެއްގެ އަތްދަށުން ސަލާމަތްވުމަށްޓަކައި މަސައްކަތް ކުރިއެވެ. ނަމަވެސް އެއަށްވުރެ އެ އެއްޗެއްގެ ބާރު ގަދައެެވެ. ޔުމްނާ ހުރީ ރޮވެން ކައިރިވެފައެވެ. އެ އެއްޗެއް ޔުމްނާ ގޮވައިގެން ދިޔައީ ގެއިން ބޭރަށެވެ. މި ތަން ފެނި ޔުމްނާގެ ދެލޯ ބޮޑުވެގެންދިޔައެވެ. މިއީ ކާކުބާވައެވެ؟ މި މީހާ ޔުމްނާ ގޮވައިގެން މިދަނީ ކޮންތަނަކަށް ހެއްޔެވެ؟
އެ މީހަކު ޔުމްނާ ގޮވައިގެން ވަލުގެ ތެރެއަށް ވަނެވެ. ރެއަކީ ހަނދުމަހުން 14 ވަނަ ރެއަށް ވުމުން ހަނދު މިރޭ އާދަޔާޚިލާފަށް ބޮޑެވެ. ވަލުގެ ތެރޭގައި ހުރި ބިޔަ ގަސްތަކުގެ ތެރެއިން ހަނދުވަރުގެ އަލި ފުރޭނިގެން ބިންމަތީގެ އެކި ތަންތަނަށް އެޅިފައި ހުރިއިރު އާދަޔާޚިލާފަށް ބާރަށް ކާޅާއި ވާ ގޮވާ އަޑު އިވެމުން ދިޔައެވެ. އެތައް އިރެއްވަންދެން ހިނގުމަށްފަހު ކުއްލިއަކަށް އެމީހަކު ޔުމްނާ ގައިން ދޫކޮށްލިއެވެ. ޔުމްނާ ބިންމައްޗަށް ވެއްޓުނެވެ.
ޔުމްނާ އަވަސްއަވަހަށް އެމީހާއާއި ދިމާއަށް ބަލާލިއެވެ. އެ މީހަކު ހުރީ ކަޅުކުލައިގެ ޖުއްބާ ކަހަލަ މޫނު ނިވާ ވާ ކަހަލަ އެއްޗެއް ލައިގެންނެވެ. އިސްކޮޅުގައި ގާތްގަނޑަކަށް 6 ފޫޓު ވަރު ހުއްޓެވެ. ނަމަވެސް ހަނދުވަރުގެ އަލި އެމީހާގެ މޫނުގެ ތިރީ ބަޔަށް އެޅިފައި ހުރުމުން އެމީހަކީ އާދަޔާޚިލާފަށް ހަމުގެ ކުލަ ހުދު މީހެއްކަން ޔުމްނާއަށް ފާހަގަވިއެވެ.
ޔުމްނާ އެހެން އެމީހާއަށް ބަލަން އިނުމުން އެއް މިޔަކަނުން އެ މީހާ ހީލިއެވެ. ޔުމްނާގެ ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. “ތި…ތިއީ ކާކު؟” ޔުމްނާ އަޑު ތުރުތުރު އަޅާކަން ވަންހަނާ ކުރަން މަސައްކަތް ކުރާހާލު އެހިއެވެ. އޭގެ ޖަވާބުގައި އެ މީހާ ޖަހާލީ މަޑު ހިނިގަނޑެކެވެ. މި މަންޒަރު ފެނި ޔުމްނާގެ ދެބުމަ ގޮއްޖެހުނެވެ.
މި މީހަކު އެއްވެސް ވަރަކަށް ލަދުވެސް ނުގަންނަނީ ހެއްޔެވެ؟ ޔުމްނާ ހައްޔަރުކޮއްގެން ޔުމްނާއަށް ގެއްލުމެއް ދޭން މިއުޅެނީ ކީކޭ ހިތަށް އަރައިގެން ހެއްޔެވެ؟ “ހޭނެ ކަމެއް ނެތް! އަހަރެންގެ ސުވާލަށް ޖަވާބުދީ!” ޔުމްނާ އަޑަށް ބާރުލަމުން ބުންޏެވެ. އެ މީހާ މަޑުމަޑުން ހީލިއެވެ. އަދި އޭނާގެ މޫނުމަތި ނިވާކޮށްފައި އޮތް ފޮތިގަނޑު ނަގަން ފެށިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Ooh. Alhe Imna heyo nuvaane mihen nimmaalan.
Haadha curious koshey thi nimmaalee. Eii kaaku tha
Anekkaa Faraa tha? Ekam Faraa heneh hieh nuvey. Firiheneh hen heevanee
Maybe jinni eh kan neynge. Ekam dhen kihineh tha vaaneeeeee??
Alheyy. So curious
Btw, varah reethi ingey mi episode.. love it
When next??
Hey Oreo Gurl!
Hehehe suspense ga baindhaafa dhw mi ninmaalevunee🤣
Hinga balaalan if its a human or not🤔
V ufaavejje mi bai ves kamudhiyaeema!
Insha Allah next Wednesday ga 18 vana bai kiyaalan libeyne🫶🤍
Mi part ves v Reethi Maashaa Allah 💓💓
Alhey why did you finish like that 😭😭😭
I am dying to know who or what that is 😭😅
OK my guess is yaugoob but not sure 😥😅
I am so curious
Aaaahhhhh maybe it’s husna bunegen or it’s that jini insaaneth ge surai ga 🤔
When next?
TC
Lysm ❤️
Hi Kudu!
Sorry about that cliff hanger😅
Those are some valid theories, honestly it could be anyone dhw😭
Insha Allah next Wednesday ga we’ll see who that person was
Im so glad you loved this part as well🤍🫶
Love you too 😘
Mi part vrh reethi 😍
Yumna ah gotheh nahadhachey 😭😭😭
Mihaaru yumna ah vaane gotheh hitha ves aruvan nengifa menee🫣
Hello Eekko!
Yumna ah gotheh nuhedheytho balaanan🤣🤣
Dhen oi baiga ingeyne Yumna ah vaane going dhw
V ufaavejje mi bai ves kamudhiyaeema!🤍🫶
Hai imna dobubahve insta if u have can u give it to me 😄😅