
ޝިރާތް 14

“އިއްޒަތް ތެރި ގާޒީ. މިއީ އޭއައި އާއި ފޭކު އެޑިޓްތަށް ހެދުމުގައި ޒުވާން ކުދިންނއަރާ ތިބި ޒަމާނެއް. ތިކަހަލަ އެއްޗެއް ފޭކު ކުރުމަކީވެސް މިޒަމާނުގެ ކުދިންނަށް އެއްވެސް ކަމެއް ނޫން” ހުޝާލްގެ ލޯޔަރް ރިޝްފާން ތެދުވެ ވާހަކަ ދެއްކިއެވެ. “އެއީ ފޭކު ނަމަ ކްރައިމް ސީން އިން ހުޝާލް ނެރެވުނީ ކިހިނެތް ތޯ؟” މާޝާއަށް ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އެއާއި އެކު ގާޒީ އަޑު މަޑު ކުރުމަށް އެދުނެވެ. “މަޢާފް ކުރަށްވާ” މާޝާ މަޢާފަށް އެދުނެވެ. “އަޅުގަނޑު އަދި އެހެން ހެއްކެއް ދޭން ބޭނުން” މާޝާ އެދުނެވެ. ގާޒީގެ އާނ ބަސް ލިބުމުން މިފަހަރު މާޝާ އެޅުވީ ފޮޓޯ ތަކެކެވެ.
“މިއީ ހުޝާލްއަދި ހައުޒާންގެ ގޭތެރެއިން ފެނިފައިވާ އެއްޗެހި. ހައުޒާން އަދި ހުޝާލްގެ ގޭގައިވެސް ފޮރުވާފައި 50 ގްރާމް މަސްތުވަތަކެތި އަދި 600 ވޭޕް ހުރިކަން އަޅުގަނޑު ފާހަގަ ކޮއްލަން. އަދި އައިޝަތް ޝަޔާ މަރާލުމަށް ބޭނުން ކުރި ޕްޓޭޝިއަމް ކްލޯރައިޑްގެ 5 ގްރާމްވެސް ހުރިކަންފާހަގަ ކޮއްލަން. ހުޝާލް އަދި ހައުޒާންވެސް ދިޔައީ އެތަކެތި ވިއްކަމުން” މާޝާ ބުނެލިއެވެ. އެއާއި އެކު އައިކޯ ރޯން ފެށިއެވެ. އެންމެންގެ ސަމާލު އައިކޯއަށް ހުއްޓުނެވެ.
(14 ވަނަ ބައި)
“ސޯރޭ ވާ ކަރެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.