Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-32

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
August 22, 2025 2 Mins Read
7 Comments

އަރަން އިރުކޮޅަކު އެހެން އިނދެފައި ޖަގަށް ފުރާ ފެން އަޅައިފައި ތައްޓަކާއި ނޫޑުލިސް ތައްޓެއް ހިފައިގެން ދިޔައީ އެޕަރްޓްންޓުގެ އެއްމެ އެތެރޭގައި ހުރި ކޮޓަރިއާއި ދިމާއަށެވެ. އޭނާ ގޮސް ތަޅުދަނޑި ނަގައި ދޮރު ހުޅުވާލިއެވެ.

*ޕާރްޓް-32*

މާހީ ދެލޯ ހުޅުވާލީރު މިހާރު އަނެއްކާވެސް އޭނާ އަށް އޮވެވުނީ އެދުމަތީގަ އެވެ. އަނެއްކާ ވެސް ފުންމައިގެން ތެދުވެވުނެވެ. މާހީ އަށް އަމިއްލަ ހަށިގަނޑަށް ބަލާލެވުނެވެ. މީހެއް އޭނާގެ ގައިގައި އަތް ލާފަ ހުރި ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެނދުކައިރީ ހުރި މޭޒުމަތީގައި އެއްޗެއް ހުރުމުން މާހީ ބަލާލިއެވެ. ނޫޑުލިސް ތައްޓަކާއި ނޫސް ތައްޓެކެވެ. މާހީ އަށް ކުޑަ ހައިރާން ކަމެއް ލިބުނެވެ.

އޭނާ މިތަނަށް ގެނައީ ކާކުހެއްޔެވެ. މާހީ ބަލާލީ އަލަމާރި ކައިރީ ހުރި ގަޑިއަށެވެ. މިހާރު ބާރަ ޖަހައިފިއެވެ. އޭނާ ދެން ވެސް އުޅުނީ ދޮރު ހުޅުވޭތޯ އެވެ. ދޮރު ހުޅުވީ ބޭރުން ތަޅުލާފައެވެ. އެތައް އިރަކު ޓަކިޖެހުމަށް ފަހު އޭނާ އައިސް އެނދުގައި އިށީން ދެލި އެވެ. މިމީހަކު މާހީ މިތާ ބަންދުކޮށްގެން ބެހެއްޓުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ. މާހީ އޭނާއަށް ކޮންކަމެއް ކޮށްގެން ހެއްޔެެވެ. އޭނާގެ އަތަކު ފޯނެއްވެސް ނެތެވެ. އެހެންކަމުން މީހަކަށް ގުޅައިލެވޭކަށް ވެސް ނެތެވެ.

މާހީ އެތަކެއް އިރަކު ވިސްނަން އިދެފައި ބަލާލީ ކާއެއްޗިތަކާއި ދިމާއަށެވެ. އެމިހަކު އޭނާ އަށް ކާއެއްޗިހި ގެނެސް ދެނީ ކީއްވެހެއްޔެވެ؟ މިރޭ އޭނާ ނުކައި އައުމުން އޭނާ ހުރީ ބަނޑުހައިވެފަ އެވެ. ނަމަވެސް އެއަށް ޒަހަރު ކަހަލަ އެއްޗެއް އަޅައިފައި ހުރެދާނެއޭ ހިތައި މާހީ އެހިޔާލު ދޫކޮށްލިއެވެ. އެރޭ މާހީ އަށް ނިދުނީރު ތިނެއްޖަހާ ބޮޑު ވެއްޖެވެ.

ޒަހީނާ މާހީ އަށް ގުޅާލީ އިއްޔެ އޭނާ މާއިލްގެ މައިންބަފައިންނާއި ބައްދަލު ކުރނަ ދާވާހަކަ ބުނެފައި އޮތުމުންނެވެ. ނަމަވެސް މާހީ އެއް ފޯނެއް ނުނަގައެވެ. ނިދާފައި އޮތީކަމަށް ހީއްކޮށް ޒަހީނާ ފަހަކުން އަޅައެއް ނުލިއެވެ.

އަރަން އަށް ވިސްނެމުންދިޔައީ ދެން ކުރަންވީ ކަމަކާއި މެދުއެވެ. އޭނާ މިހާރު އެވަނީ އޭނާގެ ޕްލޭންގެ އެއްބައި ފުރިހަމަ ކޮށްފައެވެ. ދެން މާއިލް އަށް ގޮތެއް ހަދަން އެބަޖެހެއެވެ. އެކަމު ކޮންކަމެއް ހެއްޔެވެ؟ އަރަން ނަޒަރު ހިންގައިލީ އޭނާގެ އަތަގައި އޮތް މާހީގެ ފޯނަށެވެ. ލޮކް ހުޅުވާފައި އޭނާ ވަނީ އިންސްޓާރް އަށެވެ. އޭރު މާއިލްގެ ގިނަމެސެޖް ތަކެއް އައިސް ހުއްޓެވެ. ދެތިން މިސްކޯލުވެސް މެއެވެ. އަރަން އަށް ކުއްލިއަކަށް ހިޔާލެއް ލިބުނެވެ. އޭނާގެ ތުންފަތްމައްޗަށް ވެރިވީ ވިހަ ހިނިތުންވުމެކެވެ. މާހީ އަށް ހޭލެވުނީރު 12 ޖަހައިފިއެވެ. އިރުކޮޅަކު އެދުގައި އޮވެފައި އޭނާ ދެންވެސް ދިޔައީ ދޮރުކައިރިއަށެވެ. ތަޅުގައި ހިފައިލުމަށްފަހު ތަޅުލައިފައި ހުރުމުން މާހީ އެބުރިލި ވަގުތު ތަޅުދަޑިއެއްގެ އަޑު އިވުނެވެ. ވަގުތުން މާހީ އަވަހަށް އައިސް އަލަމާރީ ކައިރީ ހުއްޓިލިއެވެ. އޭނާ އަށް ބިރުން ހަމައަށް ނޭވާވެސް ނުލެވެއެވެ. މިތަނަށް ވަންނަން އުޅެނީ ކާކުބާ އެވެ. އޭމީހާ އެއުޅެނީ މާހީ އަށް ކިހިނެއް ހަދާށެވެ.

ވަދެގެން އައީ ޒުވާން ފިރިހެނެކެެވެ. އޭނާ ލައިގެން ހުރީ ކަޅު ހުޑީއަކާއި ޖިންސް އެކެވެ. މޫނުމަތި ނިވާކޮށްފައި ހުރީރު އެތުނު ދެލޯ ފިޔަވައި އިތުރު އެއްޗެއް ފެންނާކަށް ނެތެވެ. އެމީހާ އައިސް ހުއްޓިލީ މާހީ ކުރިމަތިއެވެ. ނަމަވެސް ކައިރިއެއް ނުވެއެވެ.

“ހޭލައިފިންދޯ.. ދޭރީތިވާން.. ފާހަނައިގަ ހުންނާނެ ބުރުހާ އެއްޗިހި، އަލަމާރީގަ ހެދުންވެސް ހުންނާނެ.. އޭރުން ސައި ގެންނާނަން..” ބަރުއަޑެކެވެ. އެހެން ބުނެ އެމީހާ ނިކުމެގެން ދިޔައެވެ. މާހީ އަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާ އަށް އެއި ދަންނަ އަދެކެވެ. ނަމަވެސް ސީދާ އެއީ މިވެނި މީހެއްގެ އަޑެކޭ ބުނާކަށް ނޭނގެއެވެ.  އޭނާ ގޮސް އަލަމާރިއާއި ފާހަނަބެލިއެވެ. އާއެކެވެ. ފާހަނައިގައި ތުވާއްޔާއި ހުރިހާއެއްޗެއް ހަމައެވެ. އަލަމާރީގައިވެސް ހެދުން ހުއްޓެވެ. މާހީ އަށް ހައިރާން ވެވުނީ އެހެދުންތަށް އޭނާ އަށް ހެޔޮވަރުވީމަ އެވެ. މިމީހަކު އޭނާ ގެނައުމުގެ ކުރިއަށް ތައްޔާރީތަށް ވެފަ ހުރިކަން އެނގެއްޖެވެ.

މާހީ ހެދުމަކާއި އެއްޗިހި ހިފައިގެން ވަނީ ފެންވަރާލާށެވެ. އަވަސް އަވަހަށް ފެންވަރައިލައިގެން އޭނާ ނިކުތެވެ. ރީތިވެލައިގެން އޭނާ އައިސް އެދުކައިރީ ތަޅުންގަނޑުމަތީ އިށީނެވެ. މާއިލް މިހާރު އޭނާ އަށް ގުޅާނެވެ. މާއިލް މިހާރު އޭނާ ފޯނު ނުނަގާތީއާއި މެސެޖް ނުކުރާތީވެ ކަންބޮޑުވެގެން އުޅޭނެއެވެ.

ހަމައެވަގުތު އެމީހާ އަނެއްކާވެސް ވަނެވެ. މިފަހަރުވެސް އޭނާ ގެނަ އެއްޗިހި ބެހެއްޓީ އެ މޭޒުމަތީއެވެ. ކޮފީތައްޓަކާއި ދެޓޯސްޓެވެ. މާހީ ނުލާހިކު ކާހިއްވާ ދޭއްޗެވެ. އެމީހާ މާހީ އަށް ބަލައިލައިފައި ދިޔައެވެ. މާހި ވެސް ޖެހިލުންވެ ހުރެ ކައިފިއެވެ. އަނެއްކާ ވެސް އެމީހާ އެކޮޓަރިއަށް ވަނި މެންދުރު ކާއެއްޗިހި ހިފައިގެނެވެ. މިމީހަކީ އޭނާއަށް އަނިޔާ އެއް ދޭން އުޅޭމީހެއް ހެނެއް ހިޔެއްނުވެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ދަހިވެތި ވުމުން…

Next

މާސްކު (ޕާޓް 8)

Next
August 22, 2025

މާސްކު (ޕާޓް 8)

Previews
August 22, 2025

ދަހިވެތި ވުމުން…

7 Comments!

  1. Nayerr says:
    August 23, 2025 at 9:10 am

    Masha Allah Mi part ves vrh reethi eiy Aran dhw 🥺 curiously waiting for the next part when’s next
    Lysm ❤️

    1. _devil_ says:
      August 23, 2025 at 10:13 am

      Thank you so much!
      V avahah next part ves insha’Allah!

  2. Nabbu says:
    August 23, 2025 at 10:26 am

    Ommmmmggggggggggg Vrhhh has loabbiiiiiiii maaashaa alllllaaahhhh. Avahah next ep neredheeebaaa can’t waitttt eyyy devuuuuu
    😘
    Btw that pizza in the ad here is yuck I tastes it barroom Ewwwwwwwwwww. It’s my opinion no hates 😘💋

    1. _MuXo_ _devil_ says:
      August 23, 2025 at 11:39 am

      Thank you so much! 😊
      V try kuraanan avahah upload kureveetho!

  3. Aishath says:
    August 23, 2025 at 3:25 pm

    Maasha Allah ❤️ mi part Hama vrh furihama Skip nukoh Hama daily I read this story!…Maahy &Aran gulhuvahcheyy…They are made for eachother
    When’s next?

    1. _devil_ says:
      August 23, 2025 at 3:32 pm

      Thank you! 😊

  4. Aany🖇️🧸 says:
    August 24, 2025 at 4:37 am

    Waiting for the next part
    Very nice story eh 🤍

Comments are closed.

Next Episodeއަބަދަށް-33←


All Right Reserved!