Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-33

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
September 4, 2025 3 Mins Read
6 Comments

ހަމަ އެވަގުތު އެމީހާ އަނެއްކާވެސް ވަނެވެ. މިފަހަރުވެސް އޭނާ ގެނަ އެއްޗިހި ބެހެއްޓީ އެ މޭޒުމަތީގައެވެ. ކޮފީ ތައްޓަކާއި ދެ ޓޯސްޓެވެ. މާހީ އެއްމެ ކާހިއްވާ ދޭއްޗެވެ. އެމީހާ މާހީ އަށް ބަލާލައިފައި ދިޔައެވެ. މާހީ ވެސް ޖެހިލުނެވެ ހުރެ ކައިފިއެވެ. އަނެއްކާ ވެސް އެމީހާ ކޮތަރިއަށް ވަނީ މެންދުރު ކާއެއްޗިހި ހިފައިގެނެވެ. މިމީހަކީ އޭނާ އަށް އަނިޔާ އެއް ދޭން އުޅޭމީހެއް ހެނެއް ހިޔެއް ނުވެއެވެ.

*ޕާރްޓް-33*

މިހާރު މާހީ އެގޭގައި އުޅޭތާ ހަފްތާއެއް ހާދުވަސްވެދާނެއެވެ. އަރަން މާހީ އަށް ރަގަނޅަށް ބަލައެވެ. މާހީ އަށް އެއްޗެއް މަދުނުވާނެހެން ހުރިހާއެއްޗެއް ހޯދައިދެއެވެ. މާހީ ހުންނަނީ އޭނާ މިތާ ބަންދުކޮށްގެން މިއުޅެނީ ކާކުކަން ނެއިންގޭތީވެ ފޫހިވެފައެވެ.

ޒަހީނާ ވެސް މާހީގެ ހަބަރެއް ނުވާތާ މާގިނަދުވަސް ވުމުން ހިތް ނުތަނަވެސް ވާން ފަށަފިއެވެ. އޭނާ ލަވްޔާ އާއި ރާޔާ ކައިރީގައިވެސް މާހީގެ ވާހަކަ އެހިއެވެ. އެދެކުދިންވެސް ދިނީހަމަ އެއްޖަވާބެކެވެ. މާހީގެ ހަބަރެއް މިއިންދުވަހަކު ނުވާކަމެވެ. ޒަހީނާ މިހާރުވަނީ ޒީކް އަށް ވެސް ގުޅައިގެން މާހީގެ ހާލު އަހާފައެވެ. އޭނާ ބުނިގޮތުގައި މާހީ އެގެއިން ނިކުމެގެން ދިޔަތާ އެއްފަހްތާ ފާއިތުވެ ގޮށްސިއެވެ. އޭނާ ބުނެފައިވަނީ މާހީ އެގެއިން ދިޔައީ އޭނާގެ އެކުވެރިއެއް ބަލިވެގެން އޭނާ ކައިރިއަށެވެ. ނަމަވެސް ޒަހީނާ ހުންނަނީ މާހީ އޭނާ އަށް ހަބަރެއް ނުވާތީ ވަރަށް ކަންބޮޑުވެފައެވެ.

މާއިލްވެސް މާހީ އަށް ވާހަކަދައްކަން އުޅޭތާމިހާރު ވަރަށް ގިނަދުވަސް ވެއްޖެވެ. މާހީ އޭނާ ގުޅީމައި ފޯނު ނުނަގައި މެސެޖްތަކަށް ރިޕްލައި ނުދޭތީވެ އޭނާ ހީއްކުރީ މާހީ އޭނާދެކެ ރުޅިއައިކަމަށެވެ. އެކަމު އެހެންވާންވީ ކީއްވެހެއްޔެވެ. އޭނާ އާއި މާހީގެ ކައިވެނި މިހާރު އައިސް ބޯމަތިވީއެވެ. އެކަމަކު އަދި މާއިލް އަށް އެއުޅެނީ މާހީ އާއި ވާހަކަވެސް ދައްކައިނުލެވިގެނެވެ.

އެއްދުވަހެއްގެ މެންދުރުގެ ވަގުތެވެ. މާއިލް އޮތީ ފޯނުހިފައިގެން މާހީގެ މެސެޖްއެއްގެ އިންތިޒާރުގައެވެ. އޭނާ ކޮންމެހެންވެސް މާހީ ކާމިޔާބުކުރަން އެބަޖެހެއެވެ. ނޫނީ އޭނާއަކަށް ހުޒާމްގެ ފަރާތުން ސަލާމަތެއް ނުވެވޭނެއެވެ. އެކަންއެގޮތަށް ދިޔަކަށް އޭނާ އެއްް ނުދޭނެއެވެ. ހިޔާލުތަކުގައި އޮތް މާއިލް ސިއްސައިގެން ދިޔައީ ފޯނަށް ނޮޓިފިކޭޝަން އައުމުންނެވެ. ތެޅިގަނެފައި އޭނާ ފޯނު ބަލާލިއެވެ. އެއީ މާހީގެ މެސެޖްއެކެވެ.

“މިރޭ ގޮޑުދޮށްކައިރިން މީޓް ވެވިދާނެތަ..؟” މާހީ އަހާފައި އިނެވެ. މާއިލް ވަގުތުން ރިޕްލައި ދީފިއެވެ.

“އާން.. އެކަމު މިއޮށްހާދުވަހު މާހީ ކޮބާތަ..؟”

“މިރޭ ދިމާވީމަ ހުރިހާވާހަކައެއްވެސް ކިޔައިދޭނަން..” އަނެއްކާވެސް މާހީ ފޮނުވިއެވެ. މާއިލް އެއްމެ ރަގަނޅޭބުނެފައި ވާހަކަ ކުރުކޮށްލިއެވެ.

އަރަން އޭނާ އަތުގައި އޮތް ފޯނު ބޭއްވިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ހިތްހަމަޖެހުމުގެ ކުލަވަރެވެ. ހީވަނީ އޭނާއަށް ބޮޑު ކާމިޔާބީއެއް ލިބެން އުޅޭހެނެވެ. އަރަން ވިސްނަން އިރުކޮޅަކު ހުރެލައިފައި އޭނާ ދިޔައީ މާހީ އިން ކޮޓަރިއަށެވެ. އާދައިގެ މަތިން އޭނާ ވަނީ މާސްކަކާއި ތޮތްޕެއް އަޅައިގެނެވެ.

މާހީ އިނީ ފޮތަކާއި ގަލަމެއް ހިފައިގެން އެއްޗެއް ކުރަހާށެވެ. މީގެ ދެތިން ދުވަހެއް ކުރިން އެމީހާ ވަނީ އޭނާ އަށް ފޮތަކާއި ގަލަމެއް ދީފައެވެ. އޭނާ ފޫހިވާނެކަން އެނގޭތީކަންނޭނގެއެވެ. އެމީހާ އަރަން ވަނީރުވެސް މާހީ އިނީ ކުރަހާށެވެ. އެގޮތަށް އަރަން ވަންނާތީވެ މާހީ ހުންނަނީ އެކަމަށް އާދަވެފައެވެ.

“ކީއްކޮށްލަނީ..؟” އަރަން އަހާލިއެވެ. މާހީ ބަލާލިއެވެ. މިއީ އޭނާ މިތަނަށް ގެނައިފަހުން އަރަން އޭނާ އާއި މިގޮތަށް ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އިރުކޮޅަކު ހައިރާންވެ ހުރެ ބަލަން އިނދެފައި މާހީ ޖަވާބު ދިނެވެ.

“ކުރަހަނީ..؟”

އަރަން އިނީ ފާރުގައި ލެނގިލައިގެން މާހީ އާއި ދިމާއަށް ބަލާށެވެ. އޭނާގެ ލޮލުން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ކުލުނާއި ފުން ލޯތްބެވެ. ނަމަވެސް މާހީ އަކަށް އެލޮލަކުންނެއް އެއެއް ނުފެނެއެވެ.

“ކީއްވެތަ އަހަރެން މިތާ ބަންދުކޮށްގެން ތިއުޅެނީ..؟” މާހީ ހިތްވަރުކޮށްލާފައި އަހާލިއެވެ.

“ހުރިހާކަމެއްގެ ހަގީގަތް ވަރަށް އަވަހަށް އެނގޭނެ..” އަރަން އެހެން ބުނެފައި ނުކުމެގެން ދިޔައެވެ. މާހީ ހިތަތް އެރިއެވެ. ކޮން ހަގީގަތެއް ހެއްޔެވެ. އޭނާ އަށް މިހާރު ވިސްނެން ފެށުނީ އެމީހާ އެބުނި ހަގީގަތާއި މެދުއެވެ.

މާއިލް ތައްޔާރުވަމުން ދިޔައީ މާހީ އާއި ބައްދަލް ކުރަންދާށެވެ. އޭނާ ލޯގަނޑުކުރިމަތީ ހުރެ ތައްޔާރުވެގެން ނުކުތީރު 12:30 އެވެ. މާހީ ގަޑިކިޔައިފައި އޮތީ ފުދޭވަރަކަށް ދަންކޮށެވެ. މާއިލް ކާރުދުއްވާލީ އޭނާ ދާންބޭނުންވާ މަންޒިލާއި ދިމާއަށެވެ. އޭނާ އަޒުމް ކަޑައަޅައިގެން ހުރީ މިފަހަރު މާހީ އާއި ބައްދަލުވުމަށް ފަހު މާހީ ދެން އޭނާ އަށް ފިލައިގެން ނުދެވޭނެ ގޮތް ހެދުމަށެެވެ. އެހެވެ އޭނާ މާހީ ހައްޔަރު ކުރިއަސް އެވެ. މާއިލް ގޮސް ކާރު މަޑުކޮށްލީ ބީޗްކައިރީގައެވެ. ހިސާބުގަޑަކީ މީހުން ނޫޅޭ ހިސާބެކެވެ. އެހާމެ އަދިރިއެވެ. މިރޭ ހަނދުނެތްނަމަ މުޅިންތަން ހީވާނީ ކައްވަޅެއް ހެންނެވެ. އެކަމު ހަނދުގެ އަލިން ކޮންމެވެސް ވަރަކަށް ސަރަހައްދުވަނީ އަލި ވެލާފައެވެ. މާއިލް ގޮސް ހުއްޓިލީ ރާޅުޖަހާ ހިސާބުގައެވެ. އެހިސާބަށް މަޑުކޮށްލާފައި އޭނާ މާހީއަށް މެސެޖް ކޮށްލިއެވެ. އަދި ވަށައިގެން ހޯދާލިއެވެ. އެއްވެސް މިހެއްގެ ހިލަމެއް ނުވެއެވެ. މާހީ ކޮބާހެއްޔެވެ؟ އޭނާ އަދި ނާންނަނީ ހެއްޔެެވެ؟ މާއިލް ފޯނުހާވަން އިންދައި ފަހަތުން ތުންފުމެލި އަޑު އިވުނެވެ. އޭނާ ފަހަތް ބަލާލުމާއި އެކު ހައިރާން ވިއެވެ.

ރާޔާ އާއި ލަވްޔާ އާއި ދެމީހުންވެސް ތިބީ މާހީގެ ހަބަރެއް ނުވާތީވެ ހާސްވެ ކަންބޮޑުވެފައެވެ. ލަވްޔާ ވަނީ ޖައިޝްކައިރީ މާހީ ވީތަނެއް އިނޣޭތޯވެސް އަހާފައެވެ. ނަމަވެސް ޖައިޝް ވެސް ދިނީ ހަމަ އެއްޖަވާބެކެވެ. އޭނާ އަށް މަހީ ނުފެންނަކަމެވެ. ދެ އެކުވެރިންވެސް ތިބެނީ މާހީގެ ހާލެއް ނޭނގޭތީވެ ނުލާހިކު ހިތްދަތިވެފައެވެ. އަނެއްކާ އެކުވެރިޔާއަށް ހިތާމަވެރި ކަމެއް ދިމާވީހެއްޔެވެ.

*ދެދުވަސް ފަސް*

މާހީ އެދުމަތީ އޮށޯވެލައިގެން އޮތީރު އޭނާ ވިސްނަމުން ދިޔައީ އޭނާގެ އާއިލާ އާއި މެދުއެވެ. ޒަހީނާ މިހާރު އޭނާ އަށް އެތަކެއް ފަހަރު ގުޅާނެއެވެ. އޭނާގެ ހަބަރެއް ނުވާތީ ހާސްވެގެން އުޅޭނެއެވެ. އެކަމު އޭނާ މިހިރީ ހެޔޮހާލުގައޭ ބުނާނީ ކިހިނަކުން ހެއްޔެވެ؟ އަނެއްކޮޅުން މާއިލް އެވެ. އޭނާ އާއި މާއިލްގެ ކައިވެނި ކުރެވެން އުޅޭއިރު އަދި އޭނާ އެއުޅެނީ މާއިލް އާއި ބައްދަލު ނުވެގެންނެވެ. މާއިލް އޭނާ އާއި މެދު ވިސްނައި ހިތާމަކުރާނެ ވަރު ހިތަތް އަރައި މާހީ އަށް ރޮވޭގޮތް ވިއެވެ. ހަމައެވަގުތު އެމީހާ ދޮރުހުޅުވާލި އަޑަށް މާހީ ވަގުތުން ކޮޅަށް ތެދުވިއެވެ. އެމީހާ ދޮރުލައްޕާފައި އެބުރިލުމާއި އެކީގައި މާހީ އަށް ލިބުނީ ޝޮކެކެވެ. އޭނާ އަށް ލިބުނު ހައިރާން ކަމުގެ ސަބަބުން އޭނާ އަށް އަނގަ ހުޅުވުނެވެ. އޭނާގެ ލޮލަށް މިފެންނަނީ ހަމަ ރަގަނޅަށް ހެއްޔެވެ. އާއެކެވެ. އެއީ ދެވަނަ އެހެން މީހެއްނޫނެވެ. އެއީ އަރަން އެވެ. މާހީ ހުރީ ގަބޫލު ކުރަން ދަތިވެފަ އެވެެ. އަރަން މިތަނަށް އަންނަންވީ ކީއްވެހެއްޔެވެ؟ އޭނާ އެއައީ ކީއްކުރަން ހެއްޔެވެ.

“އަރަން..” މާހީ އަށް މަޑުމަޑުން ގޮވާލެވުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

އިންސާފް (އެކާޅީސްވަނަ ބައި)

Next

މާސްކު (ޕާޓް 13)

Next
September 4, 2025

މާސްކު (ޕާޓް 13)

Previews
September 4, 2025

އިންސާފް (އެކާޅީސްވަނަ ބައި)

6 Comments!

  1. Nayerr says:
    September 4, 2025 at 3:54 pm

    Vrh reethi Masha Allah when is next

    1. _devil_ says:
      September 4, 2025 at 6:21 pm

      Thank you!
      insha’Allah v avah inthizaaru kohlahvaa!

  2. Your fav bab Your fav bab says:
    September 4, 2025 at 8:25 pm

    Oh nice!!
    Maail ah aran kuri tha kameh??
    So curious
    Btw now I’m waiting for the part where maahi knows that aran is the one whose taking care of her all along💗💗💗
    But sad that she didn’t recognise him in the first place
    Anyways loved this part
    When next?

  3. Bakariesss. M says:
    September 5, 2025 at 9:25 am

    Kihaa dhera kameh. Kae men Keekuran tha meehun liyefa hunna ehchis copy kuran thi haavany. Liyan neygenyaa nuliye madun idheba Heyonuvaane 😒

  4. _devil_ says:
    September 5, 2025 at 7:12 pm

    Thank you!
    V avahah insha’Allah!

  5. _devil_ says:
    September 5, 2025 at 7:18 pm

    Excuse me! I am really sorry if I have copied some other story! But you can also tell me politely dhw! Ehen noonas vaahaka eh liyaaru huredhaane ehvatharu gothah! And if you are reading all the stories in esfiya you would know dhw! But still.. what I am trying to tell you is that author ge gothun huredhaane ekahala gothakah plot same vefa! So it’s okay! And one more thing if you can’t talk politely then please don’t comment on my story! Keep it to your self!

Comments are closed.

Next Episodeއަބަދަށް-34←


All Right Reserved!