Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 45

ރީވާ އެނބުރި ލިފްޓަށް އެރުމުގެ ބަދަލުގައި ސިޑިން ފައިބައިގެން އެޕާޓްމެންޓަށް ދިޔައެވެ. އެތެރެއަށް ވަދެ ދޮރު ލައްޕާލި ގޮތަށް ހުއްޓުން އަރާފައި ހުރިހެން ރީވާ އެތައް އިރަކު ކޮޅަށް ހުއްޓެވެ. އަތުގައި އޮތް ފޯން ރިންގް ވާން ފެށުމުން ސިހިގެން ދިޔަ ރީވާގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. ރީވާއަށް ރޮވުނީ ދެނެވެ. އެރޭ އާރިޝް ހޯދަން އެ އެޕާޓްމެންޓަށް ދިޔައީ ކީއްވެ ކަން ހަނދާން ވުމުން ބަނޑުގައި އެއް އަތް ޖައްސާލައިގެން ހުރެ ރީވާ ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތެވެ. އެއް އަރިއަކަށް ޖެހިލަމުން ދެފައި ކުރުކޮށްލާ މުޅި މީހާ އެކީ ކުޑަވެގެން އޮވެ ރީވާ ރޮމުން ދިޔައެވެ. ނަމަވެސް އެ ރުއިމުގެ އަޑު އަހާނެ މީހަކު ނެތެވެ.

ރީވާއަށް ނިދުނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ލޯ ހުޅުވާލެވުނީ ދޮރުގައި ތަޅާ އަޑަށެވެ. އެއާއެކު އަނެއްކާވެސް ލޯ މަރާލެވުނީ ބޮލުގައި ހުރި ރިހުމުގެ ސަބަބުންނެވެ. ނަމަވެސް އެހެން ނޯވެވުނީ ހުއްޓާނުލާ ދޮރުގައި ތަޅާ އަޑު އިވޭތީއެވެ.
ރީވާ ތެދުވެގެން ގޮސް ކާކުތޯ އަހާވެސް ނުލާ ދޮރު ހުޅުވިއެވެ. ޖަނާއާ ހަނާން އެކުގައި ފެނުމުން ރީވާ ބޮޑަށް ދޮރު ހުޅުވާލިއެވެ.
“އެބަ އަންނަން” އެހެން ބުނެފައި ރީވާ އަނެއްކާވެސ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.