އެކުވެރިޔާ
އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރުން ވާނީ 18 އަހަރެވެ. ރަން ވަނަ ތަކާއެކު ސުކޫލު ދައުރު ނިންމާލީ ފަޚުރުވެރި ދެވަނަ ދަރިވަރެއްގެ ގޮތުގައެވެ. ސުކޫލު ދައުރު ނިންމާލުމަށްފަހު އަހަރެން އިންގުލެންޑަށް ފުރުން ވީ އަަހަރެންގެ ދިރިއުޅުން ބަދަލު ކޮށްލި ކަމަކަށެވެ.
ރުކާޝް އަކީ ތުއްތު އިރުއްސުރެ މިއަދާ ހަަމައަށް ޖެހެންދެންވެސް ދެބަސްވުމެއް ނުވާ އެކުވެރިޔާއެވެ. ކޮންމެ ކަމެއްވެސް އެންމެ ފުރަތަމަ ހިއްސާކޮށް ޚިޔާލު ހޯދާ އެކުވެރިޔާ އަކީ ރުކާޝްއެވެ. ސުކޫލު ދައުރު ނިންމާލުމަށްފަހު މަތީ ތަޢުލީމު ހާސިލް ކުރުމަށް ރުކާޝް ދިޔައީ މާލެއަށެވެ. އޭގެ ފަހުން ރުކާޝް އާ ބައްދަލުވަނީ މަދު ފަހަރަކުއެވެ. ރުކާޝް މަތީ ތަޢުލީމް ހާސިލު ކުރުމަށް ފުރުމުން އަހަރެން ސްކޮލާރޝިޕް އަށް ރާއްޖެއިން ބޭރަށް ތައްޔާރުވާން ފެށީމެވެ. ރުކާޝް މާލޭ ކިޔަވަމުން ދިޔައިރު އަހަރެން ދިޔައީ ރަށުގައި ހުރި އެންމެ ފެންވަރު ރަންގަޅު ފިހާރާއެެއްގައި ކޭޝިޔަރެއްގެ މަސައްކަތް ކުރަމުންނެވެ. ދެ މީހުން ދުރުގައި ތިއްބެއް ކަމަކު ކޮންމެ ދުވަހަކުވެސް ފޯނުން ދެ މީހުންގެ ދިރިއުޅުމުގައި ހިންގާ ކަންކަން ހިއްސާކޮށް ހެދީމެވެ.
އެއީ ވެސް އާދައިގެ ދުވަހެކެވެ. އެ ދުވަހު ރުކާޝް ގެ އާއިލާ ރަށަށް އަންނާތީ މަންމަ އާއި އޭގޭ މީހުން އަވަދިނެތި އުޅުނީ ސައިފޮދު ތައްޔާރު ކުރުމަށެވެ. އަހަރެންވެސް އެ މީހުންނާ އެކު ބައިވެރިވެ އެހީތެރިވީމެވެ. ރުކާޝް އާ ދިމާވުމުން އަހަންނަށް ތަފާތު ކަންތައްތައް ފެންނަމުން ދިޔައެވެ. ހެދުން އެޅުމުގެ އާދައިގެ ގޮތްގަންޑުގެ ބަދަލުގައި ބޭރު މީހުންގެ ވައްޓަފާޅި އަށް ހެދުން އަޅާކަމެވެ. ޒަމާނާ އެއްގޮތަށް މީހާ ވެސް ބަދަލުވެފައިވާ މިންވަރެވެ. ރުކާޝް ގެ މިދަތުރުގެ މައިގަނޑު ސަބަބަކީ އޭނާ ވެސް އަހަންނެކޭ އެއް ގޮތަށް ރާއްޖެއިން ބޭރަށް ދިޔުމަށް ސްކޮލަރޝިޕްގެ ފުުރުސަތު ލިބުމުން އާއިލާ އާއި ގާތް އެކުވެރިންނާ އެކު ވަގުތު ހޭދަކުުރުމެވެ. ކޮންމެ އަކަސް މި ޚަބަރުން އަހަރެންގެ މަންމަ އާއި ބައްޕަވެސް ވަރަށް އުފާވިއެވެ. އެއީ ރުކާާޝް ވެސް ބޭނުންވަނީ އަހަންނެކޭ އެއްގޮތަށް އިންގުލެންޑަށް ކިޔެވުމަށް ފުރާތީއެވެ.
މީގެ ދެ މަސް ފަހުން ދެމީހުން އެއްކޮށް ފުރީމެވެ. މި ދަތުރު ވެގެން ދިޔައީ ދެ މީހުންގެ ދިރިއުޅުންވެސް އަންދަވަޅަކަށް ވެއްޓުމަށް ހުޅުވުނު ދޮރެކެވެ. ފުރަތަމަ ދުވަހުން ފެށިގެން ވެސް އަހަންނަށް ރުކާޝްގެ ކިބައިން ތަފާތު ކަންތައްތައް ފާހަގަ ކުރެވެން ފެށިއެވެ. އަހަރުމެންނާ އެކު އުޅޭ ބޭރު ކުދިންނާ ގާތް އެކުވެރިކަމެއް އުފެއްދުމަށް މަސައްކަތް ކޮށް އެ ކުދިންގެ ވައްޓަފާޅި އާއި ކަންކަަމަށް ރުކާޝްގެ ޝައުޤުވެރިކަން ހުންނަކަމެވެ. އެ ކުދިން ތަކާއެކު އާ ކަންތައްތައް ތަޖުރިބާ ކުރަން އުޅޭކަންވެސް ފާހަގަވިއެވެ. ދުވަހަކު ސިންގިރޭޓެއް ނުބޯ މީހާ ސިންގިރޭޓު ބޯން ފެށިކަމެވެ. މިކަން ވެސް ފަޅާ އެރީ އަހަންނަށް ވަގުން ސިންގިރޭޓު ބޯން ހުރިތަން ފެނުމުންނެވެ.
އެއް ދުވަހަކު ރުކާޝް ގެ އެކުވެރިއެއްގެ އުފަން ދުވަސް ޕާޓީއަކަށް ރުކާޝް އަށް ދަޢުވަތު ލިބުނެވެ. މި ވާހަކަ އެންމެ ފުރަތަމަ ވެސް ރުކާޝް ބުނީ އަހަރެން ކައިރީގައެވެ. އަހަރެން ފާޅުގައި އިންކާރު ކުރީމެވެ. އަަދި ރުކާޝްގެ އުޅުން ދޫކޮށްލުމަށް ނަސޭޙަތް ތެރިވީމެވެ. ނަމަވެސް ރުކާޝް ހުއްޓުމެއްނެތި ގޮތްދޫނުކޮށް ކިޔަން ފެށުމުން އެންމެ ފަހުން އެއްބަސް ވީމެވެ. އެ ދުވަހު ކުލާސް ނިންމާލުމަށްފަހު ގެއަށް އަންނަނިކޮށް ރުކާޝް އަހަންނަށް ބޮޑު ހަދިޔާ ފޮއްޓެއް ދިނެވެ. މީގެ ތެރޭގައި އޮތް އެތި ލައިގެން ތައްޔާރުވުމަށް އެދުނެވެ. އަދި ބަލާ އަންނާނެކަމަށް ވެސް ބުންޏެވެ. އަހަރެން ދިޔުމަށް އެއްބަސް ވީ އެންމެ ސަބަބަކަށެވެ. އެއީ ރުކާޝް ދެކެ ވާ ލޯބީގެ ސަބަބުންނެވެ. އެއީ އަދި އަދަށް ދާންވެސް ރުކާޝް އަށް ފޮރުވިފައިވީ ސިއްރެކެވެ.
ގެއަށް ގޮސް އެންމެ ފުރަތަމަވެސް އަހަރެން ހުޅުވާލީ ހަދިޔާ ފޮށިގަންޑެވެ. އޭގެ ތެރޭގަ އޮތީ ކަޅު ކުލައިގެ ވިދާ އަތް ނެތް ކިރިޔާ ނިވާ ވަރުގެ ކުރު ހެދުމެކެވެ. އެ ހެދުން ލައިގެން އަހަރެން ލޯގަންޑު ކުރިމަތީ ހުއްޓުނީމެވެ. އަހަންނަކީ ބުރުގާ ނާޅާ ކުއްޖެކެެވެ. ނަމަވެސް ޙަޔާތުގެ ދުވަހަކުވެސް މިހާ ފާޅުކަން ބޮޑު ނިވާކަން ކުޑަ ހެދުމެއް ލީ ހަންދާނެއް ދުވަހަކުވެސް ނުވެއެވެ. އޭގެ އިތުރުން ވަރަށް ރީތި ތުނި ކަށިލީ ބޫޓެއްގެ އިތުރުން ބޮލުގަ ޖަހާނެ ރީތި ދައްޗަކާ ފަށަކާ ކެވެލިކޮޅެއް ވެސް އޮތެވެ. ރުކާޝް ބުނި ގަޑިއަށް ހެދުމުގެ މަތިން ދިގު ޖެކެޓެއް ލައިގެން ތައްޔާރުވެގެން ހުރީމެވެ.
ޕާޓީގެ ތެރެއިން ފެނުނު ކޮންމެ މަންޒަރުތަކަކީ ވެސް ފިލްމު ތަކުންވެސް ފެންނާނެ އެންމެ ފަކުރު މަންޒަރުތަކެވެ. ދެ ޖިންސު މަސްހުނިވެގެން އުޅުމާއި އެއް ޖިންސަކަށް ގުޅުން ހިންގާ މަންޒަރުތަކެވެ. މަޑުމަޑުން ރުކާޝްގެ އަތުގެ މުލައްދަންޑީގަ ހިފަހައްޓައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައީމެވެ. ކޮންމެ ދިމާލަކުންވެސް އަހަންނާ ދިމާލަށް ނަޒަރު ހުއްޓެމުން ދިޔައެވެ. ނަމަވެސް މި މަންޒަރުތައް ހަމަ ދެލޮލުން ފެނުންވީ ރުކާޝްގެ މި ދުނިޔެއަށް މަޑުމަޑުން ހިތުގައި ޝައުޤުވެރިކަން އުފެދި ސަމާލުކަން ދެވެން ފެށުމެވެ.
މަޑުމަޑުން އަހަރެން ވެސް ގޯސް މަގުން ހިންގަން ފެށީމެވެ. ރާ ފުޅިއަކާ ނުލައި ދުވަސް ފުރިހަމަނުވާން ފެށިއެވެ. ރުކާޝް އާއި އޭނާގެ އެކުވެރިންނާ އެކު ކޮންމެ ރެޔަކު ބާރތަކަށް ދިޔުން އާންމު ކަމަކަށްވިއެވެ. މައިންބަފައިންނާއި އާއިލާ އާ ދުރުގަ ހުރެވުން އެއީ އުފަލެއް ކަމުގައި ވިއެވެ. ކޮންމެ އަކަސް މިހެން ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އެންމެ ކުލާހެއް ބަލިވެގެން ނުދެވުނަސް އެކަމާ ދެރަވާ ކުއްޖާ ހަތަރުދަމު ރުކާޝް އާ އެކު ޙަރާމް ކަންތައްތަކުގައި ބައިވެރިވަމުން ދިޔައީ ހިތުގައި އެއްވެސް ބިރުވެރި ކަމެއް ނެތިއެވެ. ދުވަސްކޮޅެއް ފަހުން އަހަރެންވެސް ރުކާޝް އާ އެކު މަސްތުވާތަކެތީގެ ވިޔަފާރީގެ ތެރެއަށްވެސް ވަދެ އެކަމުގެ ތެރޭގައި މުޅި ދުވަސް ހޭދަކުރަމުން ދިޔައީމެވެ. ކިޔެވުމުގައި އެންމެ ކުރީ ސަފުގަ ހިމެނުނު ކުއްޖާ ދުވަހަކަށް ވުރެ ދުވަހެއް ފަރުވާ ކުޑަވެ ފެއިލްވަމުން ދިޔައެވެ. އެންމެ ފަހުން ފެއިލްތައް ގިނަވެ ސްޓޫޑަންޓް ރިކޯޑް ރޭންކް ދަށްވެ ސްކޮލަރޝިޕް ވެސް ގެއްލި ކޮލެޖުން ކަނޑާލީއެވެ.
ސިއްރަކީ ކޮންމެ ވެސް ދުވަހަކުން ފަޅާ އަރާނެ އެއްޗެއްކަން ކޮންމެ މީހަކުވެސް ހަނދާން ކުރަން ޖެހޭނެއެވެ. ހަމަ އެ އުސޫލުން ތިމާ އަށް ކުރެވޭ ކުށްތަކަށް ވެސް ކޮންމެވެސް ދުވަހަކުން އަދަބު ލިބޭނެކަން ހަނދާން ކުރާށެވެ. އެއީ ދެ ދުނިޔޭގެ ނިމުން ކަމުގައި ވެސް ވެދާނެއެވެ.
އާދައިގެ މަތިން އެ ދުވަހަކީ ވެސް މަސްތުވާ ތަކެތި ވިއްކުމުގެ ވިޔަފާރި ކުރުމަށްޓަކައި އަހަރެންނާއި ރުކާޝް ކުލަބަށް ކާރުގަ ދިޔުމަށް ދަތުރު ފެށި ދުވަހެކެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ ޕޮލިސް ކާރުތަކެއް އަހަރުމެންގެ ކާރުގެ ފަހަތު އަޅުވާލިއެވެ. ރުކާޝް ކާރުގެ ދުވެލި ބާރު ކޮށްލީ އެ މީހުންގެ އަތުގަ ނުޖެހުމަށެވެ. ނަތީއްޖާ އަކަށް ވެގެން ދިޔައީ ފުލުސް މީހުންތައް ކުރި ކަނޑަައި ކާރު ވަށާލުމެވެ. އެއަށްފަހު ކާރު ހުއްޓުވައި ކާރު ފާސް ކުރުމެއެވެ. އަހަރެމެންނަށް އެންމެ ބަހެެއް ބުނުމުގެ ފުރުސަތު ވެސް ނުދީ ބިޑިއަޅުވައި މަސްތުވާ ތަކެތީގެ ވިޔަފާރީގައި އަހަރެންނާއި ރުކާޝް ޖަލު ގޮޅީގައި މުޅި އުމުރަށް ތާށިވުމެއެވެ.
މިއީ މީގެ ފަސް އަހަރު ކުރިން ދިމާވި ހާދިސާއެެކެވެ. ނަމަވެސް އެކަނިވެލާ ވަގުތު ތަކުގައި އެ ހާދިސާ އިއްޔެ ވީ ކަމެއްހެން ލޮލަށް ސިފަވެއެވެ. މިޔަދު އަހަރެން މި ހުރީ ކުރި ކުށަށްް އަދަބު ލިބި އާ ފެށުމަކާއެކީ ތަޢުބާވެގެންނެވެ. މިޔަދު އަހަރެންގެ ނަން ނޭންގޭނެ މީހަކު ނުހުންނާނެއެވެ. މިޔަދު އަހަންނަކީ ފަޚުރުވެރި ކަމާއެކު ނަން ބުނަން ކެރޭ ހިތުގެ ޚާއްސަ އޮޕަރޭޝަން ޑޮކްޓަރެކެވެ. އާދެ މީ ޑޮކްޓާރ އައިމިނަތު މައިލާ ރަޔާންގެ ޙަޔާތުގެ ކަޅު މާޒީއެވެ.
8 Comments!
Comments are closed.


Ur story? I meant ur life?
I wrote this one in the year 2022 when i did o levels i wrote this as one of the practice stories i did bring adjustments and improvements to it hope you liked it
author?????
This is one of my original stories due to my recent actions it will sound unbelievable and i accept that .In sha Allah I will keep sharing my original stories.
Ohh myyy, I love this story… Hama varah reethi masha Allah. 🥰 ވަރަށް iburaitheri vaahaka eh.. 😊
Thank you dear in sha allah i will try to keep going
Ibaaraiy kurumuge mistakes Vrh bodah faahagavi. Ekm vx vrh reethi story 😊❤️
Next time mistakes thah Ragalhu kollan masakkaiy kollachey 💐
Thank you for your advice and support