
މަޢާފް އެދެމުން 44

ގެއަށް ވަދެ ސޯފާ މައްޗަށް ފޯނާ ދަބަސް އެއްލާލާފައި ކޮޓަރިއަށް ވަން ގޮތަށް ޝޯލްވެސް ނުނަގާ ރީވާ ވަނީ ފާހާނާއަށެވެ. ފާމަސީއިން ގަތް ދެ ކިޓް އަތަށް ލައިގެން އިރުކޮޅަކު ރީވާއަށް ހުރެވުނެވެ. ޓެސްޓް ނުކުރިޔަސް ނަތީޖާ ރީވާއަށް ޔަގީންވެއެވެ. ފުން ނޭވައެއް ލަމުން ރީވާ ކިޓް ކަނޑާލިއެވެ.
ރީވާ ނިކުތީ ބައިގަޑިއެއްހާ އިރު ފަހުންނެވެ. އޭރު ރުއިމުގެ ސަބަބުން ރީވާގެ ދެ ލޮލާ އެކު މޫނުވެސް ރަތްވެފައި ވިއެވެ. ރަތްކުލައިގެ ދެ ރޮނގު ފެންނާނެ ހެން ދެ ކިޓް ސައިޑްޓޭބަލް މަތީ ބާއްވާފައި ރީވާ އެނދުގައި އިށީނދެ ޝޯލް ނެގިއެވެ. އެހެން އިނދެފައި ރީވާ ތެދުވީ ހަތެއް ޖެހި ފަހުންނެވެ. މަޣްރިބް ނަމާދު ކޮށް ނިމިގެން މުސައްލަ މަތިން ނުތެދުވެ އިންދާ ޢިޝާ ނަމާދަށް ގޮވުމުން ރީވާ ތެދުވީ ޢިޝާވެސް ކޮށްގެންނެވެ.
ނަމާދު ކޮށްގެން ތެދުވެ ރީވާ ސިޓިންގރޫމަށް ނިކުމެ ސޯފާގައި އިށީނދެ ދަބަހުން ފޯން ނަގާ އާރިޝްއަށް ގުޅިއެވެ. ނަމަވެސް އާރިޝް ފޯނަށް ޖަވާބެއް ނުދިނެވެ. ވީހާވެސް އަވަހަކަށް ގުޅައިދިނުމަށް އެދި މެސެޖް ކޮށްފައި އާރިޝް އެ މެސެޖަށް ރައްދެއް ދޭތޯ ނުވަތަ ގުޅާތޯ ރީވާ އިންތިޒާރު ކުރިއެވެ. އެންމެ ފަހުން ނުވައެއް ޖަހަން ދެން އިނދެފައި…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
Comments (2)
Comments are closed.
Mi vhk vrh salhi
thank you