އަހަރެން ގަބޫލް ކުރާ ގޮތުގައި . މި އަދަކީ އަހަރެން ގެ ހަޔާތަށް އެންމެ ދަތި އުދަގޫ އަދި ހިތްދަތި ދުވަހެއެވެ . އަހަރެން ދުވަހަކު ވެެސް ގަބޫލް ކުރި ކަމެއް އަހަރެން މި ކަންތައްތައް ވެގެން ދިޔައެވެ . އަހަރެން ގެ ހަޔާތަށް މުޅިން އައު ސަފްޙާ އެއް އެއްލިގެން ދިޔަ އެއް ދުވަހެއެވެ .
މިޔަދު އަހަންނަކީ އެއްވެސް މީހެއް ނޫން ކަން އަހަންނަށް ގަބޫލް ކުރެވެން ފެށިއެވެ . އަހަރެންނަށް އެއްވެސް ކަމެއް ނުކުރެވޭ ތަން އާދެއެވެ . ކަމެއް ރަގަޅަށް ކުރެވުނެއް ކަމަކު ގިނަ މީހުންނަށް އޮންނަނީ އަހަންނަށް އެއްވެސް ކަމެއް ނުކުރެވޭ ތަނެއެވެ . އަހަރެން އެންމެ ލޯބިވި މީހުން ގެ ފަރާތުން އައި މަލާމާތެއެވެ . ގޮތް ދެކުމަށް ބުނެ އަހަންނަށް އަންނަނީ ފުރައްސާރަ ކުރަމުންނެއެވެ . މިއީ މިޔަދު ކަންތައް ހިގާ ގޮތެއެވެ .
އަހަރެންގެ ކުށަކީ ކޮބައި ކަމެއް ، އަހަރެން އެ މީހުންނަށް ކުރެވުނީ ކޮންކަމެއް ކަން އަހަންނަށް ނުމެ އިގެއެވެ . ނަމަވެސް … އަހަރެން ގެ ދިރިއުޅުން އާރާސްތު ކުރުމަށް އެތަކެއް މަސައްކަތެއް ކުރަން ޖެހެއެވެ . އެންމެ ފަހު ވިންދާ ޖެހެންދެން ވެސް އަހަރެން މަސައްކަތް ކުރާނެ ތާއެވެ .
އަހަރެން އަތުގައި ފޯނު ލޮކް ފިލުވުމަށް ފަހު އަހަރެން އެންމެ ގާތް އެކުވެރިޔާ އަށް މެސެޖް ކޮއްލީމެއެވެ . އަދި ހާލު ބަލާލާ ކަން ކޮއްލީމެއެވެ . އަދި އަހަރެންނަށް މާފް ކޮށްދިނުމަށް އެދުނީމެއެވެ . އަހަރެން މިހާލުގައި އުޅޭއިރު ވެސް އަހަރެންނާ އެންމެ ގާތް ކޮށް އުޅުނު އެކަކަށް ތިޔަ އެކުވެރިޔާ ( ނަން ހާމަ ނުކުރުމަށް އެދިގެން ، ނަން ހާމަ ނުކުރުމަށް އެމީހާ ގެ ނަން އެކުވެރިޔާ އަށް ބަދަލު ކުރެ ވިފާ ) އަށް ޝުކުރު ކުރަމެއެވެ .
ދިރިއުޅުމުގެ މައިދާނުގައި މިކަން ތައް ތަހައްމަލް ކުރަން ޖެހިފައި ތިބޭ މީހުންގެ އިހުސާސް އިގޭނީ އެ މީހަކު ދައްކާ ވާހަކަ ތަށް އަޑު އިވުނީމައެވެ . ކަނުލައި އަޑު އަހަން އިނީމައެވެއެ. ހިތަކީ ފާޑެއްގެ އެއްޗެއް ނުމެ ނޫން ހެއްޔެއެވެ . ބ ގެއިން ބޭރަށް އަހަންނެއް ނިކުންނަ ހިތް ވެސް ވަނީ ނުވެފައެވެ . މަގުމައްޗަށް ނ ނިކުންނަ ހިތް ވެސް ވަނީ ކެޑިގެން ގޮސްފިއެވެ . އަހަ ދަރިފުޅާ ކިހިނެއްވީ …
ކީއްވެ ތި ރޮނީ އަނެއްކާ ކަމެއް ގޯސްވީ ތަ ؟ އަހަރެންގެ ދަރިފުޅު ކުރިމަތީ ގައި . އެކަންތައް ސިއްރު ކުރެވޭ ތޯ ބަލަމެއެވެ . އެކަމަކު އަހަރެން ގެ މޫނު މަތިންނާއި ވާހަކަ ބައެއް ފަހަރު އަހަރެން ވާހަކަ ދެކެވޭ ފާޑުން އަހަރެން ގެ ދަރިފުޅަށް ކޮންމެވެސް ކަމެއް އަހަންނަށް ވެއްޖެ ކަން އިގެއެވެ . ބައެއް ދުވަސް ދުވަހު އަހަރެން ކުޑަ ކުޑަ ފުރާނާ ވެސް އަހަމުން ގެންދެއެވެ . މައްމީ އަށް ކަމެއް ގޯސް ވީތަ ނޫނީ ތަނެއްގައި ރިއްސަނީ ތަ ؟ އެ ކުޑަ މައުސޫމު އަތުން ، އަދި އެ މައުސޫމު އަޑުން އަހަރެން ކައިރީ އެތަކެއް ދުވަހު އަހަމުން ގެންދިޔައެވެ . ނަމަވެސް އަހްނަށް އޭނަގެ ވާޖަ6
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

