އަހަންނަށް އަޅާލާ
މި ވާހަކަ އަކީ ހަޤީޤީ ހާދިސާ އަކަށް ބިނާ ކުރެވިފައިވާ ވާހަކައެކެވެ . މި ހާދިސާ ދިމާވެފައި ވަނީ އަހަރެންގެ އެންމެ ގާތް އެއް އެކުވެރި އަކަށެއެވެ .
މި ވާހަކައިގައި ލިޔެފައި ވަނީ ފުރަތަމަ މީހާގެ ނަޒަރިއްޔާއިންނެއެވެ މި ވާހަކައިން އެތަކެއް އިބުރަތެއް ލިބިގެން ދާނެއެވެ . ދުނިޔެ އަކީ ވަގުތީ އުފަލެއް ދޭ އެއް ތަނެކެވެ . އުފަލާ އި ހިތް ހަމަ ޖެހުން ، ހިތްދަތި ކަމާއި ބިރުވެރި ކަން އެކުވެރި ކަމާއި ނަފުރަތު ވުން މިއީ މި ދުނިޔެއިން އަބަދު ވެސް ފެނިގެން ދާނޭ އެއްޗެކެވެ .
ލޯބިވާ މީހަކު ނުވަތަ އެންމެ ގާތް އެއް މީހަކު ދުރުވެގެން ދެއެވެ . އަދި ނަފުރަތު ކަމަށް ބަދަލު ވެގެން ދެއެވެ . އޯގާތެރި ކަމުގެ އަތެއް އަހަންނަށް ބޭނުން ވެއެވެ . ނަމަވެސް އަހަންނަށް އެ ފުރުސަތު ނުލިބެންވީ ކީއްވެގެން ބާވައެވެ . .
އަހަންނަށް އަޅާލާ .. ހެޔޮ ނުވާނެ ތިހެން ނުހަދާ . އެ ވޭނީ އަޑުތަކެއެވެ . އެ ވޭނީ ރުޔުމެއެވެ . އެހީތެރި ކަމަކަށް ބޭނުން ވެއެވެ . ނަމަވެސް މި ވޭނީ އަޑު އިވޭނީ ކާކައް ހެއްޔެވެ . ކާކަށް ހެއްޔެވެ . މި ޥޭނީ އާދޭސް އިވޭނީ ކާކު ކަންފަތަކަށް ބާވައެވެ . އިރު އަރާ އޮއްސެނީ އަހަރެން މި ނިކަމެތި ހިތް ރޮއި ރޮއި އޮއްވައެވެ .
މަސައްކަތު މާޙާއުލުގައި ވެސް އަހަންނަށް އެއްބާރު ލުން ނުލުބުނު ތާގައި އަހަންނަށް ލިބެމުން ދަނީ ދިމާ ކުރުމާއި ފުރައްސާރު ކުރުމެއެވެ . އަހަރެންގެ ކުށަކީ ކޮބާ ހެއްޔެއެވެ . އަހަރެން އެ މީހުންނަށް ކުރަމުން އައީ ކޮން އުދަނގުލެއްބާވައެވެ . އަހަރެން ގެ ކުށަކީ ކޮބާ ހެއްޔެއެވެ . މިއިން ކޮންމެ ކަމެއް ވެސް މި ދިމާވަނީ ކީއްވެގެން ބާވައެވެ .
އަހަންނަށްޓަކައި ހެޔޮ އެދޭ އެކަކު ވެސް ނެތީ ބާވައެވެ . އަހަރެން މީ ދުނިޔެ އަށް ގިނަ މީހަކީ ބާވައެވެ . އެތަކެއް ސުވާލު ތަކެއް އެތަކެއް ވަހުމް ތަކެއް އަހަރެން ގެ ހިތުގައި އުފެދިގެން ދިޔައެވެ .
ލޯބީގެ ގޮތުން އަހަންނަކީ ނާކާމިޔާބީ މީޙެކެވެ . އެތަކެއް ފަހަރު އަހަރެން ލޯބީގޮތުން ގުޅުނީމެއެވެ . ނަމަވެސް އަހަންނަށް ލިބެމުން އަންނަނީ ދެރައެވެ . ކީއްވެގެން ކަމެއް ނޭންގެއެވެ . އަހަރެންގެ ކުށަކީ ކޮބައި ކަމެއް އަހަންނަށް އެއްވެސް ވަރަކަށް ނުމެ އިގެއެވެ . އަހަންނަކީ ބަދު ނަސީބު މީހެއް ބާވައެވެ . އެ އެއްވެސް އުފާވެރި ކަމެއް އަހަންނަށް ނުލިބެނީ ބާވައެވެ .
އެންމެ ގާތް އެކުވެރިން އަހަރެން ދޫ ކޮށްފައި މި ދަނީ ކީއްވެގެން ބާވައެވެ . އަހަރެންނަށް އެ މީޙުންނަށް ކަން ކަން ގޯސް ކޮށް ކަމެއް ކުރެވުނީ ބާވައެވެ . މި ވާހަކަ ތައް ކާކަށް ކިހިނެއް ކޮން ގޮތަކަށް ކިޔާދޭނީ …
ދަރިފުޅާއެވެ . ދަރިފުޅު ކަންކަމުގައި މީހުންނަށް އެހާ ވަރަށް ހިއްސާ ނުކުރައްޗެއެވެ. އެކުވެރިން މާދަމާ ވާނީ ދުޝްމަނުންނަުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުށް ކަން ހަނދާން ކުރައްޗެއެވެ . މިއީ މަންމަ ދަރިފުޅަށަ ދޭނޭ އެންމެ ފަހު ވަސިއްޔަތެއެވެ . އަބަދު ވެސް ލޯބިވާ މަންމަ ކުރިން އަހަރެން ގަބޫލު ކުރި ގޮތުގައި މާޒީ އަކީ އަބުރާ ނާންނަ އެއްޗެކެވެ .
އަހަރެން ގަބޫލް ކުރާ ގޮތުގައި . މި އަދަކީ އަހަރެން ގެ ހަޔާތަށް އެންމެ ދަތި އުދަގޫ އަދި ހިތްދަތި ދުވަހެއެވެ . އަހަރެން ދުވަހަކު ވެެސް ގަބޫލް ކުރި ކަމެއް އަހަރެން މި ކަންތައްތައް ވެގެން ދިޔައެވެ . އަހަރެން ގެ ހަޔާތަށް މުޅިން އައު ސަފްޙާ އެއް އެއްލިގެން ދިޔަ އެއް ދުވަހެއެވެ .
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

