ހިތް އެދޭ މަންޒިލަކީ… 23
މެންދުރު ނަމާދަށް ގޮވަން ދިހަވަރަކަށް މިނެޓަށް ވެފައި ހުއްޓާ އިރުކޮޅަކުން އައިސާމަނިކެ އާއި ރީނާ ނަމާދު ކުރަން ދިޔުމުން ލިވްޔާ އާއި ލައިނީ މަޑުކޮށްލީ މޭޒުމަތި ރަމަތަކޮށްލާފައި ދިޔުމަށެވެ. މިއަދު ތަންކޮޅެއް ލަހުން ކައްކަން ފެށުމުންނާއި، ވާހަކައިގައި ޖެހުމުން މަސައްކަތް ލަސްވީއެވެ. ދެބެން ވެސް ތަފާތު ވާހަކަތަކުގައި މަސްއޫލުވެ ތިބެ މަސައްކަތް ކުރަމުން ދިޔައީ އަވަހަށް މަސައްކަތް ނިންމައިލެވޭތޯއެވެ.
މިސްކިތަށް ދާން ވެގެން ތައްޔާރުވެގެން ތިބެ ރައިހާން އާއި ޔާނިއު ބަދިގެތެރެއަށް ބޯދިއްކޮށްލީ އެވަގުތެވެ. ލިވްޔާ އާއި ލައިނީ އެކަނި ބަދިގޭގައި ތިބި މަންޒަރު ފެނުމުން ދެމީހުން ވެސް ލާނެތް ހިނިތުންވުމެއް އެކަކު އަނެކަކަށް ރައްދުކޮށްލުމަށް ފަހު ބަދިގެއަށް ވަނެވެ. ލައިނީ އާއި ލިވްޔާއަށް ހިލަމެއް ނުވާނެހައި ލަސް ފިޔަވަޅުތަކެއްގައި ދެމީހުން ގޮސް ދެބެންގެ ފުރަގަހުގައި ހުއްޓުނެވެ.
“ކޮންމެހެން މާ ސިއްރު ސިއްރުން އުޅޭނެ ކަމެއް ނެތް.. އަހަރެމެންނަށް އެނގޭ ފަހަތުގަކަން ތި ތިބީ..” ފަހަތަށް ނުވެސް އެނބުރި ލިވްޔާ ބުނެލި ބަހާއި އެކުވެގެން އައި ލައިނީގެ ލުއިލުއި ހުނުމުގެ އަޑު އިވިފައި ރައިހާން އާއި ޔާނިއު ވަގުތުން ހުތްވިއެވެ.
“ދެމީހުން ގަލޮޅުގަ ތިބެފަ މާފަންނަށް ވަސް ދުވާ ވަރަށް ސެންޓު ބުރުވައިގެން ތިބީމަ ކޮންމެ މީހަކަށް ވެސް އެނގޭނެ ދޯ..” ޔާނިއު އާއި ރައިހާންއާ ވީ ފަރާތަށް އެނބުރިލަމުން ލައިނީ ދިމާކޮށްލިއެވެ.
“އެހެންނޫނަސް ކާކަށް ވަސް ދައްކަންތަ ތިވަރަކަށް ސެންޓު ޖަހައިގެން ތި ދަނީ..؟” ދެލޯ ހަނިކޮށްލަމުން ލިވްޔާ އަހައިލުމާއެކު ރައިހާން އެއްމިޔަކަނިން ހިނިތުންވެލާފައި ބުމަ އަރުވައިލިއެވެ.
“ޖެލަސް، ބޭބީ..؟” ތުމުން ފުމެލާފައި ރައިހާން އަހައިލުމުން ލިވްޔާ ލޯ އަޅައިލިއެވެ.
“ސީލެވިގެންތަ ތި އުޅެނީ..؟ އަދި އެބަ ހުއްޓޭ ފާޑެއްގެ ގަމީސްގަނޑެއް ލައިގެން ހުދު މުހުތާރު ހެދިފަ.. އެޔޮށް ބަންގި ގޮވަނީ.. ދެން ދޭ މިސްކިތަށް..” ލިވްޔާ ރައްދުކޮށްލި މަލާމާތުގެ ބަސްތަކުން ރައިހާން މޫނަށް ވައްތަރެއް ޖައްސައިލި އިރު، ޔާނިއުއާއި ލައިނީ ތިބީ ހިނިގަނޑު މަތަކޮށްލައިގެންނެވެ.
“މަގޭ ހިތަށް އަރާ މިކުއްޖާ ކޮންތާކުން ހޯދާހައި މޮޅު އިންސަލްޓްތަކެއް ބާވައޭ.. ދުލުގަ ބާރު ވެސް ހުރޭ މަގޭ މަންޖެ..” ދެފަރާތަށް ބޯހޫރުވައިލަމުން ރައިހާން ބުނެލި ނަމަވެސް އެ ދެލޮލުގައި ވިދަމުން ދިޔައީ ލޯބީގެ ވިދުވަރެވެ.
“މިހާރު އަދި ކޮށްލާ ވަރު ކުޑައެއްނު.. ރައްޓެހިވުމުގެ ކުރިން މާ ގޯހެއްނު..” ހިނިއައިސްފައި ހުރެ ޔާނިއު ހަނދާންކޮށްލަދިނުމުން ރައިހާން ގާތަށް ވެސް ހިނިއައެވެ.
“ދެން ޔާންބޭ!” ލިވްޔާ ވަގުތުން ފުއްވައިލާފައި ދޭފަތް މަޅައިލުމުން ޔާނިއު ދުވެފައި ގޮސް ބަދިގެއިން ނުކުންނަން މިސްރާބު ޖެހިއެވެ.
“ރެން! ކެރެޓު!” ނުކުތުމުގެ ކުރިން ޔާނިއު ގޮވައިލުމުން ރައިހާން އަވަސް ހަރަކާތަކާ އެކީ ވަގުތުން ކިޗެން ކައުންޓަރު މަތީގައި ހުރި ތަށިތެރޭގައި ކޮށާފައި ހުރި ކެރެޓުތަކުގެ ތެރެއިން މުށެއް ވަރުގެ ކެރެޓު ނަގާފައި ޔާނިއުގެ ފަހަތުން ދުއްވައިގަތީ ބަދިގެއިން ނުކުތުމަށެވެ.
“އަޅެ ތީ ސެލެޑު ހަދަން ވެގެން ކޮށާފައޭ!!” ލައިނީ ވަގުތުން ރައިހާންގެ އަތުގައި ޖަހަން އުޅުނު ނަމަވެސް އެކަން ނުވީ ރައިހާން “ސޮރީ ފަހަރި” އޭ ކިޔައި ބަދިގެއިން ނުކުތުމުންނެވެ. ލައިނީ އާއި ލިވްޔާއަށް އަތުވުމުގެ ކުރިން ރައިހާން އާއި ޔާނިއު ދުވެފައި ނުކުތުމުން އެދެމީހުންނަށް ޖެހުނީ މަޑުވާށެވެ.
“ހަމަ ހުވާ މި ބުނީ ހާދަ ޖެއްސުން ބޮޑު ދެމީހުންނޭ..” ލިވްޔާ ވަގުތުން ކުދި ކިޔައިގަތް އިރު ލައިނީ ހިނިއަިއސްފައި ދެފަރާތަށް ބޯހޫރުވައިލިއެވެ. އިރުކޮޅެއް ފަހުން ލައިނީ އަލުން ކެރެޓު ކޮށާފައި ސެލެޑު ހަދަން ތައްޔާރުވީ އިރު ވެސް ލިވްޔާ ހުރީ ރައިހާންއާއި ޔާނިއުއަށް ކުދި ކިޔައިލަ ކިޔައިލައެވެ.
އިރުކޮޅެއް ފަހުން އުނދުން މަތީގައި ހުރި ރިހަތެލި ހޫނުކުރަން އުދާފައި ލައިނީ ބާކީ ހުރި ތަށިތައް ދޮންނަން ފެށި އިރު ލިވްޔާ ހުރީ މޭޒުމަތި ރަމަތަކުރާށެވެ. އެހެން ހުއްޓައި ކުއްލިއަކަށް ލިވްޔާއަށް ސިހިފައި ލައިނީއަށް ބަލައިލެވުނީ ލައިނީ އޯކާދެމުނު އަޑަށެވެ. އޭރު ލައިނީ ސިންކު ކައިރިއަށް ގުދުވެ އޮވެ، ހޮޑުލާ މަންޒަރު ފެނި ލިވްޔާގެ ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފަކައި ނޫނެވެ. ވަގުތުން ދެފައިގައި ހުރި ބާރެއް ލާފައި ގޮސް ލައިނީގެ ނިތުގައި ހިފަހައްޓައިލާފައި، ބުރަކަށީގައި ފިރުމައިލި އިރު ލިވްޔާގެ ހިތް ވަނީ ނުހަނު ހާސްވެފައެވެ.
ލަައިނީ ހަމައަކަށް އެޅުމާއެކު ލިވްޔާ ލައިނީގެ އަނގަމަތި ދޮވެލަދީފައި، ފިނި ފެންތައްޓެއް ގެނެސް ތުމުގައި ޖައްސައިލިއެވެ. ވަރުބަލިވެ، ނޭވާ ހާސްވެފައިވީ ވަރުން ލައިނީ ވެސް އެއްވެސް ދެކޮޅުހެދުމަކައި ނުލައި ފެންތަށި ބޯލި އިރު، ލިވްޔާ ހުރީ އަދިވެސް ނުހަނު ހާސްވެފައެވެ.
“ކުޑާ.. ކިހިނެއްވީ..؟” ލައިނީ ހަމައަކަށް އެޅުނުހެން ހީވުމުން ލިވްޔާ އަހައިލިއެވެ. އެއާއެކު ލައިނީ ދެކޮނޑު އަރުވައިލީ ނޭގެޔޭ ބުނާ ފަދައަކުންނެވެ.
“ކުޑާ ބަލީތަ..؟ ރަނގަޅަށް ނުކަނީތަ..؟” ލިވްޔާގެ ހާސްކަން އަދިވެސް ނުކެނޑެއެވެ.
“ނޭނގެ ލިވީ.. ކުޑާއަކަށް ވެސް ނޭނގެ..” ވާނުވާގައި ހުރި ލައިނީއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ހިތުގައިވީ ޝައްކު ދުލާ ހަމައަށް ގެންނަން އަދި އޭނާ ފަސްޖެހެނީއެވެ.
“އުނދުން.. ނިވާލަބަ…” އަނެއްކައި ވެސް އޯކާ ދެމެމުން ލައިނީ ބުނެލުމާ އެކި ލިވްޔާ ވަގުތުން އުނދުން ނިވައިލިއެވެ. އޭނާއަށް ވެސް ވިސްނުނީ އެހިސާބުންނެވެ. ކާއެއްޗެހީގެ ވަސްޖެހުމުން ލައިނީއަށް ހޮޑުލެވުނީ އެހެންވެތާއެވެ.
“ކުޑާ… ބަނޑުބޮޑުތަ..؟” ލިވްޔާ ކުއްލިއަކަށް ކޮށްލި ސުވާލުން ލައިނީގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އިރުކޮޅަކު ދޭނެ ޖަވާބެއް ނޭނގި ހުއްޓުން އަރާފައި ހުރި ނަމަވެސް، ޚުދު ލައިނީއަށް ވެސް އެހެން ހީވާތާ ދުވަސްކޮޅެއް ވެއްޖެއެވެ.
“ނޭނގެ… ލިވީ.. އެކަމް.. ހީވަނީ…” ދެއަތްދެއަތާ މޮޑެމުން ލައިނީ ބުނެލީ ހާސްވެފައި ހުރެއެވެ.
“ހިނގާ ޓެސްޓް ކުރަން..” ލިވްޔާ އަވަސްއަވަހަށް ބުނެލުމާއެކީ ލައިނީ ވެސް ފުން ނޭވާއެއް ދޫކޮށްލާފައި ބޯޖަހައިލިއެވެ.
“އިހަށް އެކަމް އެއްވެސް މީހަކު ގާތު ނުބުނައްޗޭ.. ޔާންބެ ގާތު ވެސް.. ޔަގީން ވަންދެން މަޑުކުރޭ..” ލައިނީ އެދުމާއެކީ ލިވްޔާ ވަގުތުން އެއްބަސްވިއެވެ. އޭރު ވެސް ލައިނީގެ މޫނުމަތިން ހާސްކަން ފެންނަމމުން ދިޔަ ނަމަވެސް ލިވްޔާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.
*** ** ***
ޖެހިގެން އައި ދުވަހު ޔާނިއު އާއި ރައިހާން ކޮމްޕެނީއަށް ދިޔުމުން ލިވްޔާ ގެނެސްދިން ޓެސްޓް ކިޓް ހިފައިގެން ލައިނީ ފާޚާނާއަށް ވަނެވެ. ލައިނީ ނުކުންނަން ދެން އެނދުމަތީގައި އިށީނދެގެން އިން ލިވްޔާ އިނީ ނަތީޖާ ފައްސިވޭތޯ ދުޢާ ކޮށްލަކޮށްލައެވެ.
ތުރުތުރުއަޅަމުން ދިޔަ އަތުގައި އޮތް ކިޓަށް ބަލައިލި ލައިނީގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ރަތްކުލައިގެ ދެ ރޮނގު އަރާފައި އިނުމުން ލައިނީއަށް ނަތީޖާ އެނގޭކަށް އިރުތަކެއް ނުނަގައެވެ. އިރުކޮޅަކު ޤަބޫލު ނުކުރެވި ހުރެފައި ލައިނީ އެ ހުރި ގޮތަށް ނަތީޖާއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ކުޑާ.. ކޮބާ..؟” ފާޚާނާ ދޮރިގައި ޓަކިޖަހައިލަމުން ލިވްޔާ ގޮވައިލި އަޑަށް ލައިނީ ދިޔައީ ސިހިގެންނެވެ. ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ ކަން އޭނާއަށް އިހުސާސްވީ ދެނެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ލައިނ ފާޚާނާ ދޮރު ހުޅުވައިލި އިރު ލިވްޔާ ހުރުމުން، އަތުގައި އޮތް ކިޓް ލިވްޔާއަށް ދައްކައިލިއެވެ.
ލައިނީގެ އަތުގައި އޮތް ކިޓް ފެނުމާއި އެކު ލިވްޔާގެ ދެލޯ އުފަލުން ވިދައިގަތް ފަދައެވެ. ފުޅާ ހިނިތުންވުމަކާ އެކީ ލިވްޔާ ލައިނީގެ ގައިގައި އޮޅުލައިގަތް ނަމަވެސް، ލައިނީ އެ ހުރި ގޮތަށް ގަބުވެފައި ހުރީއެވެ.
“ކުޑާ! އަޅެ އައި ކާންޓް ބިލީވް ދިސް! ކުޑާ މަންމައަކަށް ވަނީ! އަހަރެން އާންޓް އަކަށް ވަނީ!” އުފާވެރިކަމުުގެ ކަރުނަ ލޮލުން އޮހޮރޭ ހާލު ލިވްޔާ ލައިނީއާ ދުރުވެލާފައި ލައިނީގެ މޫނަށް ބަލައިލިއެވެ. އެހެނަސް އޭނާ ހީކުރި ގޮތާ ޚިލާފަށް ލައިނީގެ މޫނުމަތިން ހިނިތުންވުމެއް ނުފެނުމުން ލިވްޔާގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.
“ކުޑާ.. ކުޑާ އުފަލެއް ނުވޭތަ..؟” ލިވްޔާ އެ ސުވާލު ކޮށްލުމާއެކީ ލައިނީގެ ދެލޮލުގެ ތެރޭގައި ގައިދުވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް މިނިވަންވެގަތެވެ.
“ނޫން ލިވީ.. އެހެންނެއް ނޫން.. އެކަމް..” ލަސް ފިޔަވަޅުތަކެއްގައި ލައިނީ ގޮސް އެނދުމަތީގައި އިށީން އިރު ވެސް އެ އަތުގައި މަޑު ތުރުތުރެއް ވިއެވެ.
“ދެން.. ކިހިނެއްވީ..؟ ކީއްވެ އެހައި ހާސްވެފަ ތިހުރީ..؟” ލައިނީގެ ކައިރީގައި އިށީނދެފައި، އެއް އަތް ލައިނީގެ ކޮނޑުމަތީގައި ބާއްވައިލަމުން ލިވްޔާ އަހައިލިއެވެ.
“ލިވީ.. މީ.. މީ ކުޑާ ހީކުރި ގޮތެއް ނޫން.. ދުވަހަކު ޔާންބެއާ ދެމީހުން އަދި ބޭބީއެއް ހޯދާ ވާހަކަ ނުވެސް ދައްކަން.. ހިއެއް ނުވޭ ޔާންބެ ރެޑީވާނެހެންނެއް.. ޔާންބެ-” ލައިނީ ވާހަކަ ދައްކަދައްކަ ހުއްޓައި ލިވްޔާ ލައިނީ ހުއްޓުވުމުން ލައިނީއަށް މަޖުބޫރުވީ ލިވްޔާ ދައްކާ ވާހަކަ އަޑު އަހާށެވެ.
“ކުޑާ ރެޑީތަ..؟” ލިވްޔާގެ ސުވާލު ސާދާވެފައި ކުރެވެ. އިރުކޮޅަކު ވިސްނައިލަން އިނދެފައި ލައިނީ ލަސްލަހުން ބޯޖަހައިލުމުން ލިވްޔާގެ ތުންފަތް ދެމިލީ ލުއި ހިނިތުންވުމަކުންނެވެ.
“އެހެންވީރު ޔާންބެ ވެސް ރެޑީ ވާނެ.. ކަމޯން.. ޔާންބެ އުފާ ނުވެ ދާނެތަ..؟ ތީ ޔާންބެއާ ކުޑާއާ ދެމީހުންގެ ލޯބީގެ ނިޝާނެކޭ..” ލިވްޔާގެ ބަސްތަކުން ލައިނީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް އަދިވެސް މުޅީން ހަމައަކަށް ނޭޅެއެވެ.
“އެކަމް.. އަދި މެރީ ކުރި ފަހުން މާ ގިނަ ދުވަސްތަކެއް ވެސް ނުވޭ.. ލިވީއަށް ވެސް އެނގެއެއްނު.. މެރީ ކުރި ގޮތަށް ކުޑާއާ ޔާންބެ ބައްޕަ ގޮވައިގެން ސިންގަޕޫރަށް ފުރީ.. އެތަނުން އައިސް އަދި ކިރިޔާ ހަމަޖެހިލައިގެން ރަނގަޅަށް ދެމީހުންނަށް ޓައިމް ދެވެން މި ފެށުނީ.. ދެން އެހައި އަވަހަށް ބޭބީއެއް ހޯދީމަ…” ލައިނީ ހާސްވެފައި ހުރި ވަރު އިހުސާސް ކުރެވުމުން ލިވްޔާގެ ހިތް ވެސް މަޑުވެލިއެވެ.
“ކުޑާ.. އެހައި ނެގެޓިވްކޮށް ނުވިސްނަބަލަ.. ދަރިންނަކީ މާތްﷲ ދެއްވާ ނިޢުމަތެއް.. އަހަންނަށް ހަމަ ޔަގީން ޔާންބެ ވަރަށް ވަރަށް އުފާވާނެކަން.. ކުޑާއޭ ތި ބޭކާރު ކަންތައްތަކާ ދޭތެރޭ ވިސްނަނީ.. މި ބޭބީ ވާނީ ކުޑާމެންގެ ކައިވެނީގަ ލައްވާ އިތުރު ބަރަކާތަކަށް..” ލައިނީގެ ބަނޑުގައި އަތް ޖައްސައިލަމުން ލިވްޔާ ބުނެލުމާއެކު ލައިނީގެ ތުންފަތް ވެސް ކުޑަ ހިނިތުންވުމަކުން ދެމިލައިފިއެވެ.
“ހައި ބޭބީ.. ދިސް އިޒް ޔުއަރ އާންޓް.. އެންޑް އައި އޯލްރެޑީ ކާންޓް ވެއިޓް ޓު މީޓް ޔޫ.. ބޭބީ އައީމަ ލިވީ އާންޓްއާ ދެކުދިން އެއްކޮށް ވާނެ ދޯ މަންމިގެ ބޯ ކާން..” ގުދުވެލާފައި ލައިނީގެ ބަނޑުގައި ކަންފަތް ޖައްސައިލަމުން ލިވްޔާ ބުނެލި ވާހަކައިން ލައިނީގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
“ލިވީ އާންޓްއާ ރެން އަންކަލްއާ ބޭބީސިޓް ކުރަން ހަވާލު ކޮށްފިއްޔާ މަންމިއާ ބައްޕި ބޯހަލާކުވާ ވަރަށް ބޭބީ ސިޔާސަ ވާނެ ކަންނޭނގެ..” ލުއި ހިނިތުންވުމަކާއެކީ ލިވްޔާގެ ބޮލުގައި ފިރުމައިލަމުން ލައިނީ ވެސް ސަމާސާ ކޮށްލުމާއެކު އެތަނުގައި ގުގުމައިލީ ދެބެންގެ ސަކަރާތުގެ އަޑެވެ.
*** ** ***
ރޭގަނޑުގެ ކެއުން ނިންމައިލި ގޮތަށް ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތެއް ނިންމަން އިން ޔާނިއު ހަމައެކަނި ސޯޓެއްގައި އިން އިރު އެ ކަސްރަތީ ހަށިގަނޑު ވަނީ ހާމައަށެވެ. އަވަސް ހަރަކާތަކާ އެކީ ކީބޯޑުގެ ފިތްތަކުގައި އެ ދިގު އިނގިލިތައް ޙަރަކާތް ކުރަމުން ދިޔަ އިރު، އެ މުށިކުލައިގެ ދެލޯ ވަނީ ލެޕްޓޮޕް ސްކްރީނަށް ހުއްޓައިލެވިފައެވެ. އެހެނަސް، ލައިނީ ފާޚާނާއިން ހަމަ ނުކުތުމާއެކީ ދަގަތްފާނަށް ދަގަނޑު ދަމާހެން ޔާނިއުގެ ކަޅި ލައިނީއަށް ދަތުރުކޮށްލިއެވެ.
ހަމައެކަނި ޔާނިއުގެ ޓީޝާޓެއް ލައިގެން ހުރި އިރު އެ ޓީޝާޓު ބޮޑުކަމުން ލައިނީގެ ކަކުލާ ހަމައަށް އަރައެވެ. ގަޔަށް ނުހަނު ދޫކޮށް ހުރި ނަމަވެސް ޔާނިއުގެ ތޫނު ނަޒަރަށް އެ ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ވަކިވަކިން ފާޅުވާހެން ހީވާ ވަރަށް ޔާނިއު ދިޔައީ ލައިނީއަށް ބަލަމުންނެވެ. ލައިނީ ގޮސް ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ ފުނާ އަޅަން ދެން ވެސް ޔާނިއުއަށް ބަލަހައްޓައިގެން އިނދެވުނީ ދީވާނާއެއް ފަދައިންނެވެ.
“ކޯޗެއްތަ ތި ބަލަނީ..؟” ލޯގަނޑުން ފަހަތުގައި އިން ޔާނިއުގެ ނަޒަރު އޭނާއަށް އަމާޒުވެފައިވާ ތަން ފެނުމުން ލައިނީ އަހައިލި އިރު އެ ފޮނިފޮނި އަޑުގައި ލަދުވެތިކަމުގެ ސާލެއް އޮޅިފައިވީ ފަދައެވެ.
“އަހަރެންގެ ލޯބިލޯބި އަންހެނުންނަށް..” އެނދުމަތީގައި ލެޕްޓޮޕް ބެހެއްޓުމަށް ފަހު އެނދުމަތިން ތެދުވެފައި ޔާނިއު ލައިނީގެ ގާތަށް މަޑުމަޑުން ފިޔަވަޅު އަޅަން ފެށިއެވެ.
“ޔާން..” ލައިނީގެ މެދުހަށިގަނޑުގައި ޔާނިއުގެ އަތް ވަށައިލުމާއެކު ލައިނީ ދެލޯ މަރައިލާފައި ވައި އަޑުން ޔާނިއުގެ ނަން ކިޔައިލިއެވެ.
“ޔޫ ސްމެލް ބިއުޓިފުލް..” ލައިނީގެ ހާމައަށް އޮތް އޮމާން ކަނދުރާގައި މޫނު ފޮރުވައިލަމުން ޔާނިއު އިއްވައިލި ބަސްތަކުން އަނެއްކައި ވެސް ލައިނީގެ ހިތުގެ ވިންދު އަވަސްވިއެވެ.
ޔާނިއުގެ ފަރާތުން ލިބުނު ލޯބީގެ ދެތިން ހަދިޔާއަކާއި، ތަޢުރީފުގެ ދެތިން ލަފްޒާއިއެކު ލައިނީއަށް އޭނާ ބުނަން ބޭނުންވީ ވާހަކަ ބުނުމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
“ޔާން.. އަހަރެން އެބަ އޮތް ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ..” ފުން ނޭވާއެއް ދޫކޮށްލުމަށް ފަހު ލައިނީ ޔާނިއުއާ ވީ ފަރާތަށް އެނބުރިފައި ބުނެލުމުން ޔާނިއު ވެސް އޭނާގެ ހުރިހައި ސަމާލުކަމެއް ލައިނީއަށް ހުސްކޮށްލިއެވެ.
“ބުނެބަ..” ލައިނީގެ ކޯތާފަތް މައްޗަށް މިނިވަންކޮށް ވެއްޓިފައި އޮތް އިސްތަށިކޮޅެއް ކަންފަތް ދޮށަށް ލައްވައިލަދެމުން ޔާނިއު އަހައިލިއެވެ. ޔާނިއުގެ ކޮންމެ އަދާއަކުން، ބުނެލާ ކޮންމެ ބަހަކުން ވެސް އެ ހިތުގައި ލައިނީއަށް އޮތް ލޯބި ފާޅުވަމުން ދިޔައީ އެއްވެސް އުނިކަމެއް ނުވާ ފަދައަކުންނެވެ.
ހުރިހައި ކަމެއް ވެސް ރަނގަޅުވާނެ ކަމުގައި އަމިއްލަ ހިތަށް ވިސްނައިދެމުން ލައިނީ އޭނާގެ މުށް ހުޅުވައިލާފައި އެ އަތުގައި އޮތް ޓެސްޓް ކިިޓް ޔާނިއުއަށް ދައްކައިލި އިރު، އެ ދެލޯ ދިޔައީ ޔާނިއުގެ މޫނުމައްޗަށް އަރާ ފައިބާ ކޮންމެ ކުލައެއް ދިރާސާ ކުރަމުންނެވެ.
އިރުކޮޅަކު ލައިނީގެ އަތުގައި އޮތް ޓެސްޓް ކިޓަށް ބަލަހައްޓައިގެން ހުރެފައި ޔާނިއު ލައިނީގެ އަތުން އެ ކިޓް ނެގި އިރު ވެސް އެ މޫނުމަތިން އެއްވެސް ކުލަވަރެއް ފާޅެއް ނުވެއެވެ. ދެން ވެސް އަތުގައި އޮތް ކިޓަށް ބަލަހައްޓައިގެން ހުރެފަިއ ޔާނިއު ލަސްލަހުން ލައިނީގެ މޫނަށް ބަލައިލާފައި، އަނެއްކާ ވެސް ކިޓަށް ބަލައިލިއެވެ.
ޔާނިއުގެ މޫނުމަތިން އެއްވެސް ކުލަވަރެއް ނުފެންނާތީއާއި، އެއްވެސް އެއްޗެއް ނުބުނާތީ ލައިނީ ހުރީ ވިސްނަންވީ އެއްޗެއް ނޭނގިފައެވެ. ޔާނިއު އަނެއްކައި ރުޅި އައީ ބާވައޭ ނުވަތަ ހިތްހަމަނުޖެހުނީ ބާވައޭ ހިތަށް އަރާފައި ލައިނީ ހިތުގައިޖެހޭ ގޮތް ވިއެވެ. އެގޮތަށް އެކަން ނުވާނޭ ކަން ޔަޤީންވާ ޙާލު ވެސް ލައިނީއަށް ވިސްނެނީއެވެ.
“ލައި.. މީ.. މީ އަސްލެއްތަ..؟ ލައި އަސްލު ވެސް ހަމަ ޕްރެގްތަ..؟” އިރުކޮޅެއްގެ ހަމަހިމޭންކަމަށް ފަހު ޔާނިއު އަހައިލުމުން ލައިނީ ބޯޖަހައިލިއެވެ.
ޔާނިއުގެ ހިއްސުތައް މަސައްކަތް ކުރަން ފެށީ ދެނެވެ. ގެނައި ކުއްލި ޙަރަކާތަކާ އެކީ އެ ވަރުގަދަ އަތްދަނޑިމައްޗަށް ލައިނީ އުފުލައިލާފައި ކޮޓަރި ތެރޭ އެނބުރެން ފެށި އިރު، ޔާނިއުގެ ފިރިހެންވަންތަ ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލާފައި ވިއެވެ.
އިރުކޮޅެއް ފަހުން ލައިނީ ބިންމަތީގައި ބަހައްޓައިލާފައި ޔާނިއު ދެއަތުން ލައިނީގެ މޫނުގައި ހިފަަހައްޓައިލާފައި، ސީދާ އެ ރީތި ދެލޮލަށް ބަލައިލިއެވެ. އުފާވެރިކަމުގެ ކަރުނައިން ވިދަމުން ދިޔަ އެ ރީތި ދެލޯ ފެނިފައި ޔާނިއުގެ ހިތަށް ވީ ގޮތް ވެސް ނޭނގުނެވެ.
“ލައި.. ކޮން އިރަކު.. ކޮން އިރަކު ލައިއަށް އެނގުނީ..؟” ޔާނިއުގެ އަޑުން އެކަނި ވެސް އޭނާ އުފާވެފައި ހުރި ވަރު ދޭހަވިއެވެ.
“ހަމަ މިއަދު.. އިއްޔެ ލިވީ ކުރިމަތީ ހޮޑުލެވުނީމަ.. ލިވީ ބުނެގެން ޓެސްޓް ކުރީ..” ޔާނިއުގެ އަތުގައި ހިފަހައްޓައިލަމުން ލައިނީ ބުނެލި އިރު އެ މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ.
“ލައި.. އަހަރެން.. އަހަންނަކަށް ނޭނގެ ބުނާނެ އެއްޗެއް ވެސް.. އަހަރެން.. އަހަރެން..” ޔާނިއުގެ އަޑު ކެނޑިގެން ދިޔައީ އެ ހިތަށް ކުރަމުން ދިޔަ ފުން އަސަރަކުންނެވެ.
“ޔާން.. ޔާން ހެޕީތަ..؟” އެ ސުވާލުގެ ޖަވާބު އެނގޭ އިރު ވެސް ލައިނީއަށް އެދެވުނީ ޔާނިއުގެ ދުލުން އަހައިލާށެވެ.
“ހެޕީ ހެއްޔޭ..؟ އަހަރެން ހެޕީވީ ވަރު އަންގައިދޭން އަހަރެން ކީއް ކުރަންވީ ލައި..؟ މިހާރު ވެސް ބޭނުމީ ލައި އުރާލައިގެން މުޅި ދުނިޔެ ދައްކައިލަން ދާން.. އަހަރެން.. އަހަރެން ބައްޕައަކަށް ވަނީއޭ ލައި..! އަހަރެމެން ދެމީހުން ޕޭރެންޓްސްއަށް ވަނީއޭ..! އަހަރެން އުފާ ނުވާންވީ ކީއްވެތަ..؟ ދިސް އިޒް ދަ ހެޕިއެސްޓް ޑޭ އޮފް މައި ލައިފް..” ލައިނީގެ އޮމާން، ދޮން މޫނުގެ އެތަން މިތަނަށް ދީވާނާވެފައިވާ މީހެއް ފަދައިން ބޮސްދެމުން ޔާނިއު އިއްވައިލި ބަސްތަކާއެކީ ލައިނީގެ ހިތް ފުރިގެން ދިޔަ ފަދައެވެ.
“އަހަރެން.. އަހަރެން ހީކުރީ.. ފަހަރެއްގަ ޔާން ރެޑީ ނުވާނެ ކަމަށް.. ވީ ހޭވް ނެވަރ ޓޯކްޓް އެބައުޓް ހޭވިން އަ ބޭބީ.. އެންޑް.. އަހަރެމެން ދެމީހުންނަށް އަދި ކިރިޔާ އެކަނި ޓައިމް ސްޕެންޑް ކުރެވެން މި ފެށުނީ.. ދެން ބޭބީއެއް ލިބުނީމަ-” ލައިނީ ދައްކަމުން ދިޔަ ވާހަކަ ފުރިހަމަ ކުރެވުމުގެ ކުރިން ޔާނިއު ޝަހާދަތް އިނގިލި ލައިނީގެ ތުންފަތުގައި ޖައްސައިލިއެވެ.
“ލައި އަހަރެންގެ ކައިރީ އަހަރެންގެ އަތުގަ ހިފައިގެން ހުރިހައި ދުވަހަކު އަހަރެން ހުންނާނީ ކޮންމެ ކަމަކަށް ވެސް ރެޑީ ވެގެން.. އަހަރެމެން ދެމީހުންނަށް އެއްކޮށް ސްޕެންޑް ކޮށްލަން ލިބޭ ޓައިމްގެ ތެރެއަށް ލޯބިލޯބި ބޭބީއެއް އިތުުރުވީމަ ކިހައި ލޯބިތަ..؟ ލައި ވިސްނައިލަބަލަ.. ވީ އަރ ގޮނަ ހޭވް އަ މިނީ ވަރޝަން އޮފް އަވަރސެލްވްސް.. އިޓްސް ފީލްސް މެޖިކަލް ޓު އީވެން ތިންކް އެބައުޓް އިޓް.. ލައިގެ ބަނޑުގަ އަހަރެމެން ދެމީހުންގެ ލޯބީގެ ނިޝާން..” ދެލޮލުގައި އުފާވެރިކަމުގެ ކަރުނަ ވިދަމުން ދިޔަ ޙާލު ޔާނިއު އޭނާގެ ދެކަކޫ މައްޗަށް ތިރިވެ ލައިނީގެ ބަނޑުގައި އަތް ޖައްސައިލާފައި ބޮސް ދިނެވެ.
“ވީ ޑިޑް ދިސް ލައި.. ވީ މޭޑް އަ ބޭބީ.. އަވަރ ބޭބީ..” ލައިނީއަށް ބަލައިލަމުން ޔާނިއު ބުނެލި އިރު އެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. ޔާނިއުއަށް ވީ ވަރު ފެނިފައި ދެލޯ ކަރުނުން ތެމިފައި ހުރި ލައިނީ ބޯޖަހައިލަމުން ޔާނިއުގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
“ހައި ބޭބީ.. މީ ބައްޕި އިނގޭ.. ދަރިފުޅާ..” ލައިނީގެ ބަނޑުގައި މޫނު ފޮރުވަައިލަމުން އެވަރަށް ބުނެވުނު އިރު ޔާނިއުއަށް ރޮވިއްޖެއެވެ.
“ބޭބީ ބުނާނެ ބައްޕި ހާދަ ފިނޑިއޭ.. ފުރަތަމަ ބޭބީއާ ވާހަކަ ދެއްކި އިރު ވެސް ރޮނީއޭ..” ލުއި ހުނުމަކާއެކީ ލައިނީ ބުނެލި ނަމަވެސް ޚުދު އޭނާގެ އަޑު ވެސް ވަނީ ކުރަކިވެފައެވެ. ލައިނީ ދިމާކޮށްލުމާ އެކީ ޔާނިއު ތެދުވެފައި އަނެއްކައި ވެސް އެ ދެއަތުގެ ތެރެއަށް ލައިނީ ގެނައެވެ.
“އަހަރެން ހާދަ ލޯބިވޭ، ލައި.. ކިހިނެއް ދުވަހަކު ލައިއަށް ޝުކުރު އަދާކުރާނީ..؟” ލައިނީގެ ނިތަށް ބޮސްދެމުން ޔާނިއު ބުނެލި ގޮތުން ލައިނީގެ ދެތުންފަތް ދެމިލީ ހިތްގައިމު ހިނިތުންވުމަކުންނެވެ.
“އަބަދު ވެސް ކުރާ ގޮތަށް… ލޯބިން.. އަބަދު ވެސް ހަމަ ތިގޮތަށް އަހަރެން ދެކެ ލޯބިވައްޗޭ..” ޔާނިއުގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން ލައިނީ އެދުނީ ހަމަ އެންމެ ކަމަކަށެވެ.
“އަބަދު ވެސް.. މުޅި ޢުމުރަށް، އިންޝާﷲ..” އަނެއްކައި ވެސް އެ މޭތެރޭގައި ލައިނީ ފޮރުވައިލަމުން ޔާނިއު ވަޢުދުވިއެވެ. އެ އަތުތެރޭގައި އެހުރީ މުޅި ދުނިޔެމަތިން ވެސް އޭނާއަށް ފެނުނު އެންމެ ރީތި ފަތްމިންޏެވެ. އިންތިހާއަށް ލޯބިވާ އޭނާގެ އަންހެނުންނެވެ. އޭނާގެ ނުއުފަން ދަރިފުޅުގެ މަންމައެވެ. އޭނާގެ ދަރިއަކު ހަށިތެރޭގައި އުފުލުމުގެ ބުރަ އިޙުސާސް ކުރަމުންދާ ހިތްވަރު ގަދަ އަނބިމީހާއެވެ. އެ ހިތުގައި ލައިނީއަށް ޓަކައި ވާ ލޯބި އޭނާ ބަޔާންކޮށްދޭނީ ކިހިނަކުންހެއްޔެވެ؟
*** ** ***
ޖެހިގެން އައި ދުވަހު ލައިނީ ބަނޑުބޮޑު ވާހަކަ ޔާނިއު އެންމެ ގާތު ބުނީ ހެނދުނުގެ ސައިގެ ވަގުތުގައެވެ. ވަގުތުން އެންމެން އެއްފަހަރާ ދެމަފިރިންނަށް މަރުޙަބާ ކިޔަކިޔާފައި، ލައިނީއާ ހަދައި އުޅުނު ގޮތުން އެ ދެމަފިރިންގެ ހިނިތުންވުން ހިނދުކޮޅަކަށް ވެސް ކެނޑިގެން ނުދެއެވެ. ހަލީމާއި ޒީނާގެ އިތުރުން އަނީސް ވެސް ތިބީ އެދެމީހުންގެ ފުރަތަމަ މާމަކާފަ ދަރިފުޅު ލިބެން އުޅޭތީ އުފަލުން ފޮޅިފައެވެ. އައިސާމަނިކެ ވެސް ދެވަނަ މުނިމާމަ ކިޔާނޭ ކުއްޖަކު ލިބެން އުޅޭތީ ހީވަނީ މުޅީ ދުނިޔެ ރަންވެގެން އުޅުނު ހެންނެވެ. ރީނާ ވެސް ރައިހާންއެކޭ އެއްފަދައިން ލޯބިވާ ދެބެނގެދެދަރި ކޮއްކޮ ޔާނިއުއަށް ޓަކައި ނިކަން އުފާވިއެވެ. ރިއާ ވެސް އޭނާގެ ތުއްތު ސިކުނޑިއަށް ވިސްނޭނޭ ފަދައިން ކިޔައިދިނުމުން އުފަލުން އަތްޖަހާފައި ފުމެފުމެފައި އުޅުނެވެ. ބޭބީ އަންނާތީ ދެން ރިއްކޮ ފޫއްސެއް ނުވާނެޔޭ ކިޔާފައި އުޅުނު ލޯބި ގޮތުން އެންމެން ވެސް ފިދާވާހައި ވިއެވެ.
ލިވްޔާއަށް ކުރިން ވެސް އެނގޭތީ އެއްޗެކޭ ނުބުނެ އިން ނަމަވެސް ރައިހާންއަށް އިރުކޮޅަކު ގަބުވެފައި އިނދެވުނެވެ. އެންމެން އެއްފަހަރާ ލައިނީ އާއި ޔާނިއުއަށް މަރުހަބާ ކިޔަމުން ދިޔައީތީ ރައިހާން ނިންމީ ފަހުން އެދެމީހުންނާ ދިމާކުރުމަށެވެ. އެ ފުރުސަތު ރައިހާންއަށް ލިބުނީ ޔާނިއުއާ ލިވްޔާއާ އެކީ އޮފީހަށް ދާން ނުކުތް އިރު ލައިނީ ވެސް އެތާ ހުރުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.







Cute vrh nice mi part
Mi part vx varah Reethi Masha Allah…
Livy aaa Ren ge Koalhun gandeh nuhutteyne dhw dhuvahakuves, Makes my day fr 😅
Yaan aaa Ren vx haadha jessun bodey dhw, hehehe 😂
Awwwwwnnn Yaan and Lai Sooo loabi 🥰💗 Yaan is raising my standards, 😩 Yaan haadha Loabi veyey dhw Lainy dheke, so cute 🥺🥰 When Next??? Curiously waiting for the next part.. I have a feeling next part is fahu bai?? Story nimen dhw E ulheny dhn 😭💔
Appreciate your hard work 🥰💗
Lyssm Nayu 💗
Hi guys, really sorry for the delay in posting this episode. I was out of country for two weeks for umrah and just got back. In Sha Allah I’ll keep writing on a daily basis again.💗
Masha Allah 🖤
Ohhhh I’m so happy to see this.. Ehaa dhuvas kohlaafa fenuneema hama so excited to knw what’s gona happen next.
So soo happy for Yaan and Lai, I wonder that baby ah kiyaanee kon nameh thw.. yk it feels like this story ge thereyga ulheveyhen. already started looking for names including the letters Y and L. V v reethi sifa kurunthah ingey
Ren is def gona dhimaa kuranings Lai soo much. But IA one day when Ren becomes a dad Yaan is gona do 2x worse haha
Livy aslu vx v siyaasa dhw, v loabi emmen vx.
Can’t wait for next episode!!! When is it gonna come?
And if u don’t mind, aslu keehve ehaa lasv mi episode upload kohlan?
Nayaa endhy bunefa ehnoontha umrah ah gohsa aeema Eyyy
@Oreo gurll
Ohh, sorry. I rlly didn’t read ehn meehunge comments. Didn’t knw naayaa ge comment vx in kameh. Sorry. Also, MaShaAllah ❤️
Thee ga atoll kuhjjeh thr? Cuz mi rashun ves grp eh umuraa ah gosfa aissi recently..