Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-30

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
August 6, 2025 3 Mins Read
8 Comments

އެކާރު ދިޔަފަހުން ގަހުގެ ނިޔަލަށް ވަދެ އިން މީހަކު ނިކުތެވެ. އެމީހާ ލައިގެން ހުރީ ކަޅު ޖިންސް އަކާއި ކަޅު ހުޑީ އެކެވެ. އަޅާގެން ހުރި މާސްކުން އޭނާގެ ނޭފަތާއި އަނގަވަނީ ނިވާކޮށްލާފައެވެ. އިސްތަށިގަނޑު ނިވާކޮށްލުމުގެ ގޮތުން ވަނީ ހަމަ އެކުލައިގެ ތޮތްޕަކުންނެވެ. ތޮފިމަތިން ވަނީ ހުޑް ވެސް އަޅާލެވިފައެވެ. އޭނާ ކޯރާއި ދިމާވާގޮތަށް ހުއްޓިލައިފައި މާސްކާއި ތޮފި ނެގިއެވެ.

*ޕާރްޓް-30*

އަރަން ހުރީ އިންތިހާ އަށް ރުޅިއައިސް ފައެވެ. އޭނާ ހީއްކުރީ ހަމަ ރަނގަޅަށެވެ. މާއިލް މާހީ ދެކެ އެއްގޮތަކަށް ވެސް ލޯބެތް ނުވެއެވެ. އޭނާ މާހީ އާއި އެގުޅުނީ އަމިއްލަ އެދުމެއް އޮތުމުންނެވެ. މިކަހަަލަ ހަޔާތް ކުޑަ ޖަނަވާރަކާއި އެކު މާހީ އުޅުނަކަ އޭނާ އެއް ނުދޭނެއެވެ. ލިބުނު މައުލޫމާތުގެ އަލީގައި އަރަން އަވަހަށް ޕްލޭން އެއް ސިކުނޑީތެރޭ ހަދާލިއެވެ. އަދި ހިގައިގަތީ ގެޔަށް ދާށެވެ.

މެންދުރުކެއުމަށް ފަހު މާހީ އައިސް އެނދުގައި ޖައްސާލީ އަރާމު ކޮށްލުމަށެވެ. މިއަދު އެއްޗިހި ދޮވުމުން މާހީ ހުރީ ވަރުބަލިވެފައެވެ. އޮށޯތްތާ މާގިނަ އިރެއް ނުވެ ފޯން ރިންގް ވާން ފެށިއެވެ. ބަލާލީރު މާއިލް އެވެ. ހިިނިތުންވެލައިފައި މާހީ ފޯނު ނެގިއެވެ.

“ހެލޯ ލޯބީ ކިހިނެއް..؟” މާއިލް ވަރަށް އޯގާތެރި ގޮތަކަށް އަހާލިއެވެ.

“ވަރަށް ވަރުބަލި..”

“އެއީ ކިހިނެއްވީ..؟”

“މިއަދު އެއްޗިހި ދޮވުނީމަ..” މާހީ އެނދުގައި އޮށޯވެލައިގެން އޮތީރު އޭނާ އަށް މިއީ ކިހާވަރެއްގެ މީހެއްކަމެއް ހަމަ ނެއިންގެއެވެ.

“އެހެންވީ.. ދެން ބުނެބަ މާހީގެ ބޮޑުދައިތަ އޯކޭތަ އަހަރެންނާ މެރީ ކުރަން..؟” މާއިލް އާމުކޮށް އަހާ ސުވާލު މިފަހަރުވެސް އަހާލިއެވެ.

“ކުޑޫ ބުނީ މާއިލްގެ ޕޭރެންޓުންނާއި މީޓް ކޮށްލައިފަ ބުނީމަޖަވާބެއް ދޭނަމޭ.. އަވިލް ޓޭކް ދެޓް އޭސް އަ ޔެސް.. އަސްލުވެސް އަހަރެން ބޭނުން މިހާރު މާއިލް އާއި މެރީކުރަން..” މާހީ ބުނެލިއެވެ.

“އެހެންތާ..؟ ކެއްކޮށްލާ ބޭބީ ވަަރަށް އަވަހަށް މެރީ ކުރެވޭނެ.. އޭރުން ޔޫވިލްބި މައިން.. ފޯއެވާރް..” މާއިލް އެހެން ބުނެލީ ނުލަފާ ރާގެއްގަ އެވެ.

“ކޮބާތަ އަހަރެމެންގެ ވެޑިންގެ ކަލާ ކޯޑަކީ..؟” މާހީ އުފާވެ ހުރެ އަހާލިއެވެ.

“ބޭބީ ބޭނުން ކުލައެއް..” މާއިލް ހީލާފައި ބުނެލިއެވެ.

“އަހަރެންނަށް ވަރަށް ރީތި ކުލައެއް ކޮފީ ބްރައުން ކުލައަކީ.. ކީކޭތަ މާއިލް ބުނާނީ..؟” މާހީގެ މައުސޫމް ސިކުނޑިއަށް މިކުރެވެން މިއުޅޭ ކަމަކުން އޭނާގެ ހަޔާތް އެފުއް މިފުށަށް ޖެހޭނެކަން ހަމަ ނެއިންގެއެވެ.

“ހަމަ ރީތި ތިކުލަވެސް..” ދެމީހުން ވެސް އެކި ވާހަކަަ ތަކުގައި ތިބެ ވަގުތު ދިޔަ ނުދިޔަ ގޮތެއްވެސް ނެއިންގެއެވެ. ފޯނު ކަޑާލީ މާދަމާ ރޭގަނޑު މާހީ މާއިލްގެ މައިންބަފައިންނާއި ބައްދަލު ކުރަން ހަމަޖައްސާފައެވެ.

ލޮލު ފިޔަޖާހާލާހާ އަވަހަކަށް އަނެއްދުވަސް ވެސް ފެށުނެވެ. އަރަން އާއި ޖައިޝް ވެސް ދިޔައީ ޕްލޭން އާއި އެއްގޮތަށް ތައްޔާރު ވަމުންނެވެ. މިރެޔަށް ދެމީހުންވެސް އެކި ގޮތްގޮތުން ދިޔައީ ތައްޔާރު ވަމުންނެވެ. މިކުރަން މިއުޅޭ ކަމަކީ މާހީ އަށް ރަނގަޅަކަށެވެ. ކޮންމެ ގޮތެއްހަދައިފައިވެސް އަރަން މާހީ ސަލާމަތުން ބަހައްޓާނެއެވެ.

ރޭގަނޑު އަށްގަޑި ބަޔަށް ގަޑި ކިޔައިފައި އޮތުމުން މާހީ ތައްޔާރު ވާން ފެށިއެވެ. މިރޭ އޭނާ ހުރީ ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއި ފުޅާ ޖިންސްއެއް ގައެވެ. ޕްލީޓެޑް ބުރުގާ ވެސް ރީތި ގޮތަކަށް އަޅައިލައިފައި މާހީ އަމިއްލަ ސޫރައަށް ބަލާލިއެވެ. އޭނާ ހުރި ފުދޭވަރަކަށް ޖެހިލުންވެފައެވެ. މާއިލްގެ މައިންބަފައިންނާއި ދުވަހަކުވެސް ދިމާވެފައި ނުވާތީވެ އެމީހުން އޭނާ އާއި ދޭތެރޭ ހިތަތް އަރާނީ ކީކޭ ހޭ ހިތަށް އަރައިފައި މާހީ ހިތް ބިރުގަނެއެވެ. މިރޯ ސެލްފީ އެއް ނަގައިފައި މާއިލް އަށް ފޮނުވައިލައިފައި ރެޑީ ވެފީމޭ ކިޔައި މެސެޖެއް ފޮނުވިއެވެ. ހިދުކޮޅެއް ތެރޭ މާއިލް ރިޕްލައި ދިނެވެ. މިއިނީ އެގޭ ކައިރީގައޭ ބުނުމުން މާހީ ނިކުތެވެ. ޒީކް ކައިރީ ބޭރަށް ދަނީ އޭ ބުނެ މާހީ ނިކުތެވެ.

އޭރު މާއިލް ކާރު ކައިރީ މާހީގެ އިންތިޒާރުގައި އިނެވެ. މާހީ ފެނުމުން ފައިން ފެށިގެން މައްޗަށް ބަލާލައިފައި އަތުގެ އިޝާރާތުން ވަރަށް ރީތި ކަމަށް ބުންޔެވެ. މާހީ އަށް ހިނިތުންވެލެވުނެވެ. ދެމީހުން ވެސް އެކިވާހަކަތަކުގައި ތިބެ މާއިލް މެން ގެޔާއި ހަމައަށް ވާސިލް ވިއެވެ. ކާރުން ފައިބައިފައި މާހީ ހުރީ ހައިރާން ވެފައެވެ. ދެބަޔަށް ނަގައިފައިވީ ގޭގައި ހުރީ ގަދަ ނޫކުލައެއް ލައިފައެވެ. އެދިމާދިމާލުގައި ގަސްއިންދާފައި ހުއްޓެވެ. ގޯތިތެރެވެސް އެހާ ބޮޑެވެ. ގޭތެރެއަށް ވަދެގެން ދާން ވޯކްވޭ އެއް ހުއްޓެވެ. ވޯކްވޭގެ ދެފަރާތުން ފަޑު އޮރެންޖް ކުލައިގެ ލައިޓްތަކެއް ވެސް ހުއްޓެވެ.

“އަދާން..” މާހީގެ ފަހަތުން އައިސް މާއިލް އޭނާގެ އަތުގައި ހިފާލިއެވެ.

“މާއިލް އަހަރެްނ އެބަ ބިރުގަނޭ..” މާހީ ބުނެލިއެވެ.

“އެއީ..؟”

“ވަޓް އިފް މާއިލްގެ ޕޭރެންޓްސް އަހަރެން ކަމުނުދަންޔާ..؟” މާހީ އަހާލިއެވެ.

“ކަމުނުދަންޔާ ކީވެ ބުނާނީ މީޓްވާން.. މެރިކުރަން.. މާހީވެސް ދޯ ތިހާ ވަރަށް ނުވިސްނާބަ..” މާއިލް މާހީގެ އަތުގައި މަޑުމަޑުން އޭނާގެ ތުންފަތް ޖައްސާލިއެވެ. މާހީ ފުންނޭވާއެއް ދޫކޮށްލައިފައި ހިގައިގަތެވެ.

ދެމީހުންވެސް މަޑުހިގުމެއްގައި އައިސް ގޭތެރެއަށް ވަނެވެ. އޭރު ފަރީހާ އާއި ހުޒާމް ވެސް ސޯފާގައި ތިއްބެވެ. މާއިލް އާއި ދެމީހުން ވަދެގެން އައިތަން ފެނި ދެމީހުންވެސް ތެދުވިއެވެ.

“މަންމާ.. ބައްޕާ.. މިއީ މާހީ އަކީ.. އަހަރެން ރައްޓެހިވެގެން އުޅޭ ކުއްޖާ..” މާއިލް މާހީ ތާރަފް ކޮށްދިނެވެ. ފަރީހާ ވަރަށް ލޯބިން މާހީގެ ބޮލުގައި ފިރުމާލައިފައި ކިހިނެއްހޭ އަހާލިއެވެ. ހުޒާމް ވެސް މާހީ އާއި ސަލާމް ކޮށްލިއެވެ.

“މާހީގެ އާއިލާ މީހުން ރުހޭތަ މާހީ އާއި މާއިލް އާއި ގުޅުމަށް..؟” ހުޒާމް އަހާލިއެވެ. މާހީ ބޯޖަހާލިއެވެ. މާހީ އާއި މާއިލް ތިބީ ފަރީހާ އާއި ހުޒާމް އާއި ކުރިމަތި ވާގޮތަށެެވެ.

“މާހީ ބޭނުންތަ މާއިލް އާއި ކައިވެނި ކުރަން..؟” މަހީގެ ކިޔެވުމާއި ބެހޭ ގޮތުން ވާހަކަ ދައްކާ ލައިފައި އަނެއްކާ ވެސް ހުޒާމް އެއްސެވެ.

“ލައްބަ.. އަޅުގަނޑު ވަރަށް ބޭނުން މާއިލް އާއި ކައިވެނި ކުރަން.. އަސްލު އަޅުގަނޑު މާއިލް ދެކެ ވަރަށް ލޯބިވޭ.. އަޅުގަނޑު ބޭނުމީ މާއިލްގެ މީހަކަށް މުޅިއުމުރަވާން..” މާހީ މާއިލްގެ ދެލޮލަށް ބަލަން ހުރެ ބުނެލިއެވެ. އޭނާ ހަގީގަތުގައިވެސް މާއިލް ދެކެ ލޯބިވެއެވެ.

އެތައްއިރަކު ވާހަކަ ދައްކާލައިފައި އެގެއިން ކައިގެން މާހީ ގެޔަށްދާން ނިކުތީރު ގަޑިން 10:30 އެވެ. މާހީ އާއި އެއްކޮށް މާއިލް ވެސް ނުކުތެވެ.

“ވަރަށް އުފާވެއްޖެ މާހީ އަހަރެންގެ ޕޭރެންޓުންނާއި ބައްދަލު ވީމަ..” މާއިލް ބުނެލިއެވެ. މާހި ވެސް އެކަމާއި އެއްބަސް ވިއެވެ.

“ލޯބީ.. ޔޫ އެކަނި މިރޭ ދާންވީނު.. އަހަރެން މިއަދު ބައްޕަ އާއި އެކު އޮފީހުގަ ވަރަށް ބުރަކޮށް އުޅުނީމަ މިހުރީ ވަރަށް ޓަޔާރްޑް ވެފަ..” މާއިލް ބުނެލިއެވެ. މާހީ އެއްބަސް ވެލިއެވެ. ދެމީހުންވެސް ވަކިވެގެން އައިސް މާހީ ހިގައިގަތީ ބަސްޓޮޕާއި ދިމާއަށެވެ. ބަސްޓޮޕް އިނީ ތަންކޮޅެއް ދުރުގައި ކަމުން އަދި ހިގަން ޖެހެއެވެ. މަގުމަތިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ސުއްޕެއްގެ އަޑުވެސް ނީވެއެވެ. ގަސްބޯކަމުން އެހިސާބު އަދިރިކަމަށް ދައްކަ އެވެ. މާހީގެ ހިތުގައި ނެއިންގޭ ބިރުވެރިކަމެއް އުފެދިގެން ދިޔައެވެ. ދެކޮޅު ބަލަމުން އޭނާ ދިޔައިރު ފަހަތުން ކާރެއް އަންނަކަން އެނގުނެވެ. އޭތި އައީ ލައިޓް ނުދިއްލަ އެވެ. މާހީ ހިގުން ބާރު ކޮށްލިއެވެ. ނަމަވެސް އެކާރު އައިސް އޭނާ ކުރިމައްޗަށް ހުއްޓިއެވެ. މާހީ  ހުއްޓުންއެރިއެވެ. ހިތް ބިރުގަތެވެ. އަނެއް ފަރާތަށް އެބުރުނެވެ. އެއް ފިޔަވަޅުވެސް ނޭޅުނެވެ. މީހަކު އައިސް އޭނާގެ ނޭފަތާއި އަގަމަތީ ފޮތިކޮޅެެއް އެޅިއެވެ. ދުވި ވަހުން މާހީގެ ހެޔަށް ގޮތެއް ވެލިއެވެ. ވަގުތުން މާހީ އެމީހެއްގެ އަތް މައްޗަށް ދެމުނެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ހިޔަނިތައް ރާޅުގެ ތިރީގައި …..1

Next

ބޮޑުފެން ގަޑު (4)ފަހު ބައި

Next
August 6, 2025

ބޮޑުފެން ގަޑު (4)ފަހު ބައި

Previews
August 6, 2025

ހިޔަނިތައް ރާޅުގެ ތިރީގައި …..1

8 Comments!

  1. no one16 says:
    August 6, 2025 at 12:34 am

    masha allah mi aprt ves varah reethi.
    omgg whats gonna happen to maahy????
    very curious
    when next?

    1. _devil_ says:
      August 6, 2025 at 2:42 pm

      Thank you!
      insha’Allah maadhan!😊

  2. Nayerr says:
    August 6, 2025 at 9:12 am

    MASHA ALLAH mi part ves vrh reethi maail ge atheh ves vaahen heevany omg 😱 maahy ah kihinehbaa vaane vrh avahah up kohdhehchey curiously waiting for the next part ☺️ when’s next
    Tc
    LYSM ❤️😘

    1. _devil_ says:
      August 6, 2025 at 2:43 pm

      Thank you!
      Love you too! 😘
      Maadhan insha’Allah!

  3. Elly🌸 says:
    August 6, 2025 at 10:13 am

    Mashallah mi part vx vrh reethi
    When is Next?

    1. _devil_ says:
      August 6, 2025 at 2:43 pm

      Thank you!
      insha’Allah maadhan!😊

    2. Rose_24 says:
      August 15, 2025 at 5:35 pm

      Mi part vrh reethi MashaAllah🥰

  4. #bestiefelldown says:
    August 6, 2025 at 4:28 pm

    Yageen Maail ge reyvumeh
    Sorry for not commenting on other parts
    Masha Allah varah reethi
    Anyways lysm byeee😘😘😘

Comments are closed.

Next Episodeއަބަދަށް-31←


All Right Reserved!