ވަރުބަލިކަން ފިލުވާލުމަށް އެނދުގައި ޖައްސާލި މަލްޝާ އޮތީ އައިޕެޑް ހިފައިގެން ސީރިީޒެއް ބަލާށެވެ. މަލް ކިޔެވުމުގައި ދައްކާ ރަނގަޅު ނަމޫނާ ފެނި ދޮންބެ ހަދިޔާއެއްގެ ގޮތުން ހުޅުވައިދިނީ ނެޓްފްލިކްސް އެކައުންޓެކެވެ. އޭގެން ހަމައެކަނި ބެލެނީ މަލްޝާގެ އުމުރާ ގުޅޭ ކާޓޫނު ތަކާއި ފިލްމުތަކެވެ. އެކައުންޓް ހަދާފަ ދިން އިރު ދިނީ ބައެއް އެއްޗެހި ނުބެލޭނެ ގޮތަށެވެ. އެއީ ވެސް އައިދާ ޤަބޫލުކުރާ ގޮތުގައި މި ޒަމާނު ކުދިންނަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ދޭއިރު އަޅަންޖެހޭ މުހިންމު ފިޔަވަޅެކެވެ. ސަބަބަކީ އެ ވަސީލަތްތަކަކީ މިޔަދު އެންމެ ފަސޭހައިން ކުދިންނަށް ނުބައި މަގަށް އެޅުމަށް އޮތް ދޮރު ހުޅުވިގެންދާނެތީއެވެ.
ރާއިކްމެން މަސްބާނަން ގޮސް އަައިރު އިރުއޮއްސިއްޖެއެވެ. ނަސީބަކުން އައިރު އާދެވުނީ ފުދޭވަރަކަށް ގިނަ ދުވަހަށް ވާވަރަށް މަސް ހިފައިގެންނެވެ. މިކަމާ ރާއިކް ވެސް ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އޭނާއަށް ބޮޑު ދެ ކަންނެލި ބޭނުނު އިރު ބޭނުނު ކުދި މަސް ވެސް މަދެއް ނޫނެވެ. އަނެއްކޮޅުން ބޮޑުބެ ވެސް ހުރީ ރާއިކް ގޮވައިގެން އުފާވެރި ވަގުތުކޮޅެއް ހޭދަ ކޮށްލެވުނީތީ އުފާވެފައެވެ. ދޭތެރެއަކުން ދެ މީހުންގެވެސް ސިކުނޑި ތާޒާ ކޮށްލުމަށް މި ކަހަލަ ދަތުރު ތަކަކަީ ވަރަށް މުހިންމު ކަމެކެވެ. އަދި މީހުންނާ ގުޅުން ބަދަހިކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ.
އުފާވެރި ހަފްތާ ބަނދަކަށްފަހު ހުރިހާ ކުދިންތައް ސުކޫލުތަކަށް ދިޔުމަށްޓަކައި ރަށުގަ ހިނގާބިނގާވެ އުޅޭތަން ފެނެއެވެ. މީގެ އިތުރުން ވަޒީފާތަކަށް ދިޔުމަށްޓަކައިވެސް ގޭގޭތަކުން މީހުންތައް ނިކުމެ ހޭލަމާލަވެ އުޅެއެވެ. ދުވަސްކޮޅަކަށްފަހު ރައިނާ ވެސް ސުކޫލަށް ދިޔުމަށް ތައްޔާރުވެ ނިކުމެ މިސްރާބު ޖެހިއެވެ. މަންމަ އެ ބުނީ ވެސް ރަނގަޅު ވާހަކައެކެވެ. މިޔަދު އާއިލާގެ ހުރިހާވެސް އުންމީދަކީ ރައިނާއެވެ. ރައިނާ ކިޔަވާ މޮޅު ކުއްޖަކަށްވެ މުރާލި ހީވާގި ނަރުހަކަށް ވާ މަންްޒަރެވެ. މިއީ މިޔަދު އެ އާއިލާ ދެކެމުން އަންނަ ފޮނި ހުވަފެނެވެ. އެކި ވިސްނުމުގައި ޚިޔާލުތައް ދައުރު ވަނިކޮށް ގޭޓު ދޮރާ ހަމައަށް އާދެވިއްޖެވެ. ގޭޓު ދޮރުމަތީ ހުރި ފިޔަވަޅު މަތީ ދެތިން ސިކުންތު ވަރު ހުއްްޓިގެން ހުއްޓެވެ. މިޔަދުން ފެށިގެން ޙަޔާތުގެ ފޮތުގައި މި ލިޔަނީ އަނެއްކާވެސް އާ ސަފްޙާތަކެވެ.
ފާއިތުވެގެންދިޔަ ހަފްތާ ތަކުގެ ތެރޭގައި މަލްޝާއާ ނާއިފްގެ ގުޅުން ދުވަހަކަށް ވުރެ ދުވަހެއް ދަނީ ރަނގަޅުވަމުންނެވެ. އެކުވެރިކަމުގެ ބާރުގަދަވެ އެ ދެ މީހުންގެ ދުނިޔެއަށްވެސް އަލިކަން ގެންނަމުންނެވެ. މަޑުމަޑުން ނަމަވެސް ދެ ކުދިން ވެސް އެކަކު އަނެކަކާ ގަޔާ ވާކަން މި ދެ މީހުން އެކުގައި ފެންނަ ކޮންމެ މީހަކަށް ވެސް ޝައްކު ވެގެންދާނެއެވެ. މަޑުމައިތިރި ސަކަ މިޒާޖެއްގެ އަންހެން ކުއްޖަކާއި މީހުންނާ ގުޅޭ އަންގަގަދަ ޖެއްސުން ބޮޑު ފިރިހެން ކުއްޖެކެވެ. އުމުރުން ކުޑަ ކަމުގައިވިޔަސް ހިތުގައި ޖަހާ ވިންދުތަކާއި ކުރެވޭ އިޙްސާސްތަކަކީ އެއްވެސް މީހެއްގެ ބާރު ފޯރުވޭނެ އެއްޗެއް ހެއްޔެވެ؟. ފުރާވަރަށް އަޅަމުން އަންނަ ކުދި ބަޔަކު އިޙުސާސްތައް ދެނެގަނެ ތަޖުރިބާ ކުރުމަކީ އެ އުމުރުފާގައި ޝައުޤުވެރިކަން ހުންނާނެ އުމުރުވެސްމެއެވެ.
ދުވަސްތައް އިރު އަރާ އޮއްސޭ އުސޫލުން ކައިރާ އަށް ވެސް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ދުވަހަކު ފޮތް ނަގައިގެން ނޫޅޭ ކުއްޖާ ދުވަހުގެ ގިނަ ވަގުތު ހޭދަކުރަނީ ކިޔަވާ ކޮޓަރީގައެވެ. އަބަދު ސްކްރީނަށް ދެލޯ ޖަހައިގެން އިންނަ ކުއްޖާ އަށް އަންނަ ބަދަލުތަކުން ކިޔަރައިން ޕެލެސް ގޭގެ ހުރިހާ އެންމެން ހައިރާން ކޮށްފިއެވެ. މި ބަދަލުތަކުން އެންމެ އުފާވި އެކަކީ ރޮޒަލިންޑާއެވެ. ކައިރާ އަށް ވީ ކީއްކަން ނޭންގުނަސް ފެންނަ މަންޒަރުތަކުން އުފާވެއެވެ. ކައިރާއަށް މި ފަދަ ހެޔޮ ބަދަލެއް އާދޭތޯ އޭނާ ދުޢާ ކުރާތާ އެތައް އަހަރެއް ވޭތުވެ ހިންގައްޖެއެވެ. ނަމަވެސް އުންމީދު ގެއްލުވާނުލާ ހުރީ ކޮންމެވެސް ދުވަހަކުން ކައިރާ އަށް ހެޔޮ ވިސްނުން ވިސްނޭނެ ކަމަށް ހީކޮށްގެންނެވެ.

