Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ހިތް އެދެ ޔާރާ ތިއޭ – 27

Maash
Maash Level 10100 Login10 Stories100 Comments500 Login500 Comments100 Stories
July 31, 2025 5 Mins Read
8 Comments

“ކޮންމެހެން ދޮގުތަކެއް ހަދަން ނޫޅެބަލަ އައިދަން.. ކަލެޔަށް އެކަމެއް ނުވިއެއްނުން؟ އެހެންވީމަ ކަލެޔަށް އެކައްޗެއްވެސް ނުލިބޭނެ.. މަ ޕޭ ކުރަނީ މަ ބުނާ ކަންތައްވާ މީހުންނަށް..” ލިހާން ބުންޏެވެ. “މަށަށް އެ އަންހެން ގޮލާ ކަލޭމެން ބޭނުންތާކަށް ގެންދެވިދާނެ ގޮތެއް އެނގޭ.. ބޭނުންތަ އެނގެން އެއީ ކިހިނެތްކަން؟” އައިދަން ނުލަފާ ގޮތަކަށް އަހައިލިއެވެ. އޭރު އޭނަގެ ލޮލުގައިވަނީ ނުރައްކާތެރިކަމުގެ ވިދުވަރެކެވެ.

***ޕާޓް 27***

ލިހާން ޝައުގުވެރި ގޮތަކަށް އައިދަންއާއި ދިމާލަށް ބަލައިލިއެވެ. “ކިހިނެތް؟” ލިހާން އަހައިލިއެވެ. “މަ ބޭނުން ޑަބަލް ޕޭމަންޓް.. މަގޭ ޕްލޭން ވޯރކްކޮށްފިއްޔާ ފަންސާސްހާސް..” އައިދަން ބުންޏެވެ. ލިހާން އެއްބުމަ އަރުވައިލަމުން އައިދަން އާއި ދިމާލަށް ބަލައިލި އެވެ. “ފުރަތަމަ ސާފުވާ ގޮތަށް އެއްޗެކޭ ކިޔާބަލަ..” ލިހާން ބުންޏެވެ. “ލާރިގަނޑު ނުލިބުނީމަ ދެން އެއްޗެކޭ ކިޔަންވާނެއެއްނުން.. ލާރިގަނޑެއް ހޯދޭތޯއެއްނުން މިހާރުވެސް އެ މަސައްކަތް ކުރަނީ..” ޒާއިދު ފޫހިގޮތަކަށް ބުންޏެވެ. “މަގޭ އަތުގަ މި އޮތީ އެ ފިރެހެން ގޮލާގެ ފޯނު.. އަދި މި ހަލާކެއް ނުވޭ.. އަހަރުންނަށް އޭނަ އިތުބާރު ނުކުރިޔަސް އެ ފިރެހެނާއަށް އޭނަ އިތުބާރު ކުރާނެ.. މި ފޯނުން އޭނައަށް މެސެޖް ކުރިއްޔާ އަހަރުންނަށް ޝައްކު ކުރަންވެސް ހިތަކަށް ނާރުވާނެ..” ނުލަފާ ގޮތަކަށް ހީލަމުން އައިދަން ބުންޏެވެ.

ޒާއިދު އާއި ލިހާން އެކަކު އަނެއްކަކަށް އަވަސް ނަޒަރެއްދިނެވެ. އައިދަން އެ ހަދާނީ ދޮގު ނޫންކަން ދެ މީހުންނަށްވެސް އެނގެއެވެ. “އަހަރުންނަށް އަމިއްލައަށް ވެސް ތިކަންތައް ކޮށްލެވިދާނެ ހަމަ..” ބަލި ގަބޫލު ކުރަން ބޭނުން ނުވާތީ ޒާއިދު ބުންޏެވެ. “އޯހް ގްރޭންޕާސް.. މި ފޯނުގެ ސެކިޔުރިޓީ ނުލާހިކު ވަރުގަދަ.. އަދި މިއީ ޖެން-ޒީ ކުދިންނޭ.. އެމީހުންނާ ވާހަކަވެސް ދައްކަން ޖެހޭނީ ވަކި ގޮތަކަށް.. ތިކަހަލަ މުސްކުޅި މީހުންނަށް ނޭނގޭނެ އެމީހުންނާ ވާހަކަ ދައްކަން ޖެހޭ ގޮތެއް.. ލޯބީގެ ސިޓީ ކަނދުފަތި މެދުވެރިކޮށް ފޮނުވި މީހުންގެ ޒަމާނުގެ ބަޔެއްނުން ތީ..” މަލާމާތުގެ ރާގަކަށް އައިދަން ބުންޏެވެ. ޒާއިދުގެ އަނގަ ހުޅުވިގެން ދިޔައިރު، ލިހާންގެ މޫނަށް ރަތްކަން ވެރިވެގެން ދިޔައެވެ. “ދެން އިތުރަށް އެންމެ ބަހެއް ތި ދުލުން ބޭރުކޮށްލިޔަސް ނިމުނީ..” ދަތްކުނޑިވިކައިލަމުން ލިހާން ބުންޏެވެ. އައިދަން ދުލުކުރީގައި ދަތްއެޅިއެވެ. “ކަލޭ ބޭނުންތެރި ކަމެއް ނުކުރަންޏާ މިތަނުން ފެއްސެން އުޅޭ..” ރުޅިއައިސް ރަތްވެފައި ހުރެ ޒާއިދު ބުންޏެވެ.

އައިދަން ބޯޖަހައިލުމަށްފަހު އެ ފޯނުގެ ކޯޑް މުގުރައިލެވޭތޯ މަސައްކަތްކުރަން ފެށިއެވެ. ކުޑައިރުކޮޅަކު މަސައްކަތްކުރުމަށްފަހު އައިދަންއަށް އެ ފޯނުގެ ކޯޑު މުގުރައިލެވުނެވެ. އައިދަން އެ ފޯނުގެ މެސެޖުތައް ހާވަން ފެށިއެވެ. “އޭނައެއް ނެތް މީގައެއް..” އައިދަން ބުންޏެވެ. “ތި އެންމެންގެ ޗެޓުތަކަށް ވަދެބަލަ ނަން އެހެން އެއްޗެކޭ ޖަހާފަވެސް ސޭވްކޮށްފަ ހުރެދާނެ..” ޒާއިދު، އައިދަން އަތުގައި އޮތް ކައިލްގެ ފޯނަށް ބަލައިލަމުން ބުންޏެވެ. އައިދަން ޒާއިދު ބުނިގޮތަށް ކަންތައް ކުރަން ފެށިއެވެ. “ޓައިނީ ޕާރވާޓް އޭ؟ މީ އަނެއްކާ ކާކުބާ؟” އައިދަން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން އެ ޗެޓް ހުޅުވިއެވެ. އެއާއެކު އޭނައަށް ލިބުނީ ހައިރާންކަމެކެވެ. ކައިލް އާއި މައިރީންގެ ވާހަކަ ޒާއިދުމެން އޭނަ ގާތު ދައްކައިފައިވި ގޮތުން އޭނަ ހީކުރީ އެދެމީހުން އުޅެނީ ރައްޓެހިވެގެން ކަމައްށެވެ. އެހެންނަމަވެސް ކައިލް މައިރީންގެ ނަން ސޭވްކޮށްފައިވާ ގޮތުންނާއި އެމީހުންގެ ކޯޅުމުގެ މެސެޖްތައް ފެނި އެއީ ކިހާ ބޮޑު ކުއްހީއެއްކަން އޭނައަށް އެނގުނެވެ.

ދެމީހުންގެ ކޯޅުން ކިޔާފައި އައިދަން ގާތަށް ހިނިއައެވެ. “ހަހަހަ ކޮން ކަހަލަ ބަޔެއްމީ؟ ކަލެމެން މަގޭ ކައިރީ ބުނިކަންނޭނގެ މި ދެމީހުން އުޅެނީ ރައްޓެހިވެގެންނޭ.. އެކަމަކު މި މީހުން ކިޔާފަ ހުރި އެއްޗެހިން ހީވަނީ ދެމީހުން، ދެމީހުންގެ ކަރުގައި ހިފަން ތައްޔާރަށް ތިބިހެން ވިއްޔާ.. ދުޝްމަނުންވެސް ނޫޅޭނެ ކަންނޭނގެ މިހެނެއް..” އައިދަން ހިނިއައިސްފައި ހުރެ ބުންޏެވެ. ލިހާން ވާނުވާގައި ހުރެ ޒާއިދުއަށް ބަލައިލިއެވެ. “އެމީހުން އެޅޭ ވަރަށް ގާތްކޮށްވެސް،، މަގޭ ކައިރިއަށްވެސް އެ މަންޖެ އައި އެ ފިރެހެނާ ޑިފެންޑްކުރަން.. ދެން މަށަކަށް ނޭނގެ މިވާނުވާއެއް..” ޒާއިދު ވާނުވާގައި ހުރެ ބުލެނިއެވެ. “ދެން ތި ބޭކާރު ވާހަކަ ނުދައްކާ އެ ފިރެހެން ގޮލައަށްވެގެން ވާހަކަ ދައްކަބަލަ އެމަންޖެއާ..” ލިހާން މަޑުން ނުހުރެވިގެން ބުންޏެވެ.

މާޔަލްއާއެކު ނިދިފައި އޮތް މައިރީންއަށް ހޭލެވުނީ ފޯނަށް ނޮޓިފިކޭޝަންތަކެއް އަންނަ އަޑުއިވުމުންނެވެ. މޯޅިއަކަށް ދެމިލަމުން މާޔަލްއަށް އުނދަގޫ ނުވާނެ ފަދައިން މައިރީން އެނދުން ފޭބިއެވެ. މާޔަލްގެ ކުޑަ މޫނުކޮޅުވަނީ ރަތްވެފައެވެ. ރޮއެރޮއެ ވަރުބަލިވެގެން މާޔަލްއަށް ނިދުނުތާ ކިތަންމެ އިރެކެވެ. މައިރީން ފޯނު ހުޅުވައިލުމަށްފަހު ފޯނު ސްކްރީންއަށް ނަޒަރު ހިންގައިލިއެވެ. ޝާއިލްގެ މިސްޑް ކޯލަކާއި ކައިލްގެ މެސެޖްތަކުގެ ނޮޓިފިކޭޝަންތައް އޭނަގެ ފޯނުގެ ސްކްރީންއިން ފެންނަމުން ދިޔައެވެ. “ކައިލްއަށް އަނެއްކާ އެނގުނީބާ ދޮންބެ ގެއްލުންކަން.. އެހެންވެގެން ކަންނޭނގެ ޝާއިލްވެސް ގުޅާފަ މި އޮތީ..” މަޑުމަޑުން އަމިއްލަ ނަފްސަށް އަޑުއިވޭވަރަށް މައިރީން ބުންޏެވެ. ކައިލްގެ ޗެޓް މައިރީން ހުޅުވައިލިއެވެ.

ކައިލް: “މައި މަޔާންގެ ހަބަރެއް އަހަރުންނަށްވެއްޖެ.. މާފަންނު ސަހަރާއަށް އާދެބަލަ މިއަދު ހަވީރު.. ވަރަށް އެހެންކަހަލަ ވާހަކައެއްވެސް އެބައޮތް.. ޑޯންޓް ވޮރީ ޕްރިންސެސް، އެވްރީ ތިންގް އިސް އޯކޭ.. މިއަދު 5 ޖަހާއްކަހާއިރު ހަނދާންކޮށް އަންނައްޗޭ.. އޯކޭ ލަވް ޔޫ..” މެސެޖްގައި ކައިލް ޖަހާފައި އޮތެވެ.

ކައިލްގެ މެސެޖް ކިޔާފައި މައިރީންއަށް އޭނަގެ ކަރުގައި ލާން އުޅުނު ނޭވާ ތާށިވިފަދަ އިހްސާސެއް ކުރެވުނެވެ. “ޕްރިންސެސްއޭ؟ ލަވް ޔޫ އޭ؟؟؟ ވަޓް އޮން އާރތް ޕޮސެސްޑް ދިސް ހޮޅިދަނޑި މީހާގަނޑު..” ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ކައިލްގެ ބަސްތަކުން މައިރީން ކޯތާފަތް ޖަންބު ކުލައިން ދިއްލިގެން ދިޔަ ފަދައެވެ. ކުރިމަތީގައި ހުރި ލޯގަނޑުން އޭނަގެ މޫނު ރަތްވެފައި ހުރި ތަންފެނި މައިރީން ބާލީހުން މޫނު ފޮރުވައިލިއެވެ. “ސްޓޮޕް ބްލަޝިން ލައިކް އޭން އިޑިއަޓް.. އައި ޑޯންޓް އީވެން ލަވް ހިމް.. އޯރ އީވެން ލައިކް ހިމް.. ހީޒް ޖަސްޓް މެސިން ވިތް މީ.. ލައިކް އިޔޫ ދެޓް އޯލްޑް ޕިގް؟؟ ނޯވޭ.. ނެވާރ އިން މައި ޑްރީމްސް.. ހަހް ނޮޓް އީވެން މައި ޓައިޕް..” ކަޅި އަބުރައިލަމުން މައިރީން އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. “އޭނައާ ބައްދަލު ކުރަން މިދަނީވެސް ދޮންބެގެ ހަބަރެއް ހޯދަން.. ނަތިންގ އެލްސް..” މައިރީން އަމިއްލަ ނަފްސަށް ވިސްނަދޭފަދަ ގޮތަކަށް ބުންޏެވެ.

ގަޑި ބަލައިލިއިރު ހަތަރެއް ޖަހަން ކައިރިވެފައި ހުރުމުން މައިރީން އަވަސްކޮށްލައިގެން ފާހަނައަށް ވަދުނެވެ. ފާހަނައަށް ވަދެ ފެންވަރައިލައިގެން ދަނބު ކުލައިގެ ކޮކާ ޖެހި ހޫޑީއަކާއި ބެލްއެއްލިއެވެ. އަދި އާދައިގެ ވަށް ބުރުގަލެއް އަޅައިލަމުން ތައްޔާރުވިއެވެ. މަޔާން ގެއްލުމުން މައިރީން ހުރީ ބޭރަށް ދާ ހިތްވެސް ކެނޑިފައެވެ. މައިރީން އޭނަގެ މަންމައާއި ލާރާގެ ހާލެއް ބެލުމަށްޓަކައި އައިނާއަށް ގުޅައިލިއެވެ. “ހަލޯ އަދިވެސް ދޮންބެދައްތަ ހޮސްޕިޓަލްގަތަ؟” މައިރީން ސުވާލުކޮށްލިއެވެ. “ޔާހް މައި މަމްވެސް ރޮނީ ލާރާ ދައްތަވެސް ރޮނީ.. މާޔަލްއަށް ރަނގަޅަށް ބަލައްޗޭ މައި.. ދެމީހުންވެސް އެޑްމިޓްކޮށްފަ އޮތީ..” އައިނާ ބުންޏެވެ.

އައިނާގެ ވާހަކައިން މައިރީންގެ ހިތުގައި ރިއްސައިގަތެވެ. “ޔާލު ހޭލައިގެން ކިޔާނެ ކަންނޭނގެ ދާން ތިކޮޅަށް..” މައިރީން ބުންޏެވެ. “މިކޮޅަށް ނުގެނައުން ކަންނޭނގެ ބުއްދިވެރީ.. ޔާލުއަށް ލާރާދައްތަ ރޯތަން ފެނިއްޖެއްޔާ ވަރަށް ދެރަވާނެ..” އައިނާ ބުންޏެވެ. މައިރީންއަށް ފުންނޭވާއެއް ދޫކޮށްލެވުނީ ހިތުން އައިނާއާ އެއްބަސްވަމުންނެވެ. މައިރީން ސިކުންޑީގައި މާޔަލް ހޭލުމުން މާޔަލް ގޮވައިގެން ކައިލްއާ ބައްދަލު ކުރަން ދާން ނިންމިއެވެ.

އާހިލްގެ ކެބިންގައި ކައިލް އާއި ޝާއިލް ހުރިއިރު އާހިލް ދިޔައި ގަޔަށް ހިނިއަރައިގެން އުޅޭ މީހެއް ފަދައިން ދެކޮޅަށް ދެކޮޅަށް ހިނގަމުންނެވެ. “އާހިލޫ ކަލޭ ހަމަޖެހިގެން އަޅެ މަށަށް މި ވާ ގޮތް ކިޔާދީބަލަ..” ކައިލްގެ ބޮލަށް އުނދަގޫވެގެން އެންމެ ފަހުން އާހިލްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ބުންޏެވެ. “ކަލެޔަކަށް ނޭނގޭތަވެގެން އުޅޭ ގޮތެއް އޭ؟؟ އެމީހުން މަޔާން ކިޑްނެޕް ކުރީ ރާކިންގެ ކޭސް ބަލަން އުޅުނީމަކަން މަށަށް ޔަގީނޭ.. މަގޭ ދެ އެކުވެރިން މަރާލާފަ އެމީހުންނަށް ފިލައިގެން އުޅެވޭނޭ ހީކުރުން އެއީ އެމީހުންނަށް ކުރެވުން އެންމެ ބޮޑު ކުއްހީ.. މަޔާން ސަލާމަތުން ނުފެނިއްޖެއްޔާ އެމީހުންގެ ކަރާއި ހަށިގަނޑު ވަކި ކުރާކަށް މަ ފަހެއް ނުޖެހޭނަން..” ދަތްކުނޑިވިކައިލަމުން އާހިލް ބުންޏެވެ.

އާހިލްގެ މޫނުމަތިން އޭނަ ރުޅިއައިސްފައި ހުރި މިންވަރު ހާމަވެއެވެ. “ހަމަޖެހިބަލަ ކަލެޔަށް ކިހިނެތްތަ އެނގެނީ އެމީހުންކަމެއް މަޔާން ކިޑްނެޕްކުރީ؟ އޭނަ ދިޔައީ ޓްރެއިނިން ޕްރޮގްރާމަކަށް ނޫންތަ؟” ކައިލް އަހައިލިއެވެ. “ނަމުގަ އޭނަ ދިޔައީ ޓްރެއިނިން ޕްރޮގްރާމަކަށް.. މަށަށްވެސް އޮޅުވައިލާގެން ދިޔައީ.. ދިޔަތާ ދެވަނަ ދުވަހު މަށަށް ގުޅާފަ ބުނީ ތިމަންނަ ރާކިން މަރައިލި މީހުން ހޯދަން ގޮސްގެންނޭ މިއުޅެނީ.. ރާކިން ފެނުނު ޖަންގައްޔަށް ދާންށޭ މިއުޅެނީ ބުނީ.. އޭގެ ފަހުން ހަތަރު ދުވަސްވިއިރު އޭނަގެ ހަބަރެއްވީކީއެއްނޫން… މަ ނުދާށޭ ބުނީމަވެސް އަޑުނީވޭ ކަންފަތް ޖަހައިގެން ހުރެ ދިޔައިއްޔޭ.. މިހާރު މަށަށްށެއްނުން ހާސްވެގެން މި ތެޅެން ޖެހެނީ.. އެ ރާކިންވެސް މަގޭ އަޑުއަހައިގެން އޭނައަށް ބަޔަކު ފާރަލާކަން އެނގުނީމަވެސް މާލެ އަންނާކަށް ނޭނގުނުވިއްޔާ..” ކުރީގެ ހަނދާނެއް އައުކޮށްލަމުން އާހިލް ބުންޏެވެ.

ޝާއިލް ދެމީހުންގެ ކޯޅުން ބަލަން ގޮޑިއެއްގައި އިށީންދެގެންއިނެވެ. އެހެން އިނުމަށްފަހު ކައިލްމެންނާއި ތަންކޮޅެއް ދުރަށް ވިސްނާލަން ޝާއިލް ދިޔައެވެ. “މިއަދު ހަގަޑި ބައިގަ މަގޭ ދެމީހުން އަންނާނެ.. ކަލޭ އަވަހަށް ފަހެއް ޖަހާއިރު އެ އަންހެންގޮލާ ކައިރިއަށް ދާން ތައްޔާރުވޭ.. މިސްޓޭކެއް ނަހަދާ އޭނަ އަހަރުންގެ އަތްދަށަށް ސަލާމަތުން ގެނެސްފިއްޔާ ކަލޭ ކީ އަގަށްވުރެ ގިނައިން ދޭނަން.. ކަލޭ އަތުގަ އެ ކައިލްގެ ފޯނު ފޮރުވާފަ ބަހައްޓާ!” ޒާއިދު ފޯނުން މީހަކާ ވާހަކަ ދައްކާ އަޑު ޝާއިލްއަށް އިވުނެވެ. ޝާއިލްގެ ޝައުގުވެރިކަން ދަމައިގަތީ ކައިލްގެ ނަން ޒާއިދު ބުނީމައެވެ. ވަގުތުން ޝާއިލްއަށް އެ ދައްކަނީ މައިރީންގެ ވާހަކަކަން ޔަގީންނާއި ގާތް ކުރެވުނެވެ.

ޝާއިލް އަވަސް އަވަހަށް އާހިލްގެ ކެބިންއަށް ވަދުނެވެ. “ކައިލް ކަލެޔަށް ބްލެކްމެއިލް ކުރި ފުލުސް މީހަ އުޅެނީ މި ޑިޕާރޓްމެންޓްގަތަ؟” ޝާއިލް އަވަސް އަވަހަށް އަހައިލިއެވެ. “އާ ކިހިނެތްވީ؟” ކައިލް ސުވާލުކޮށްލިއެވެ. “މައިރީންއަށް ކަމެއް ކުރަން އެމީހުން ރާވާ އެބަ.. އަހަރެންނަށް ދެންމެ އޭނަ ފޯނުން އެކަހަލަ އެއްޗެއްކީ އަޑު އިވުނީ..” ހާސްވެފައި ހުރެ ޝާއިލް ބުންޏެވެ. “މަގޭ އަތުން އޭނަ މަރުވާނެ.. ހުވާ މި ބުނީ މަށަށް ހެޔޮ މި ވަޒީފާ ގެއްލުނަސް..” ދެބުމަގޮށްޖަހައިލަމުން ކައިލް ބުނެލިއެވެ. އޭރު ކައިލްގެ ކަރުގެ ނާރުތައް ވަނީ ރުޅިއައިސްފައި ހުރިވަރުން ފުއްޕައިލާފައެވެ.

ކަޅު އަނދިރިގަނޑެއް ފަދައިން އޮތް ތަނެކެވެ. މީހަކު ލޮލަށް އިނގިލިކޮށްޕައިލިޔަސް ނޭނގޭހައި އަނދިރިއެވެ. މަޔާންގެ ނޭވާގެ އަޑު ނޫން އެހެން އަޑެއް އެތަނަކުން ނީވެއެވެ. ސީލިންގުގައި ޖަހައިފައިވާ ދެ ޗޭނުގެ ނިމޭކޮޅު ވަނީ މަޔާންގެ ދެ އަތުގައި އައްސާލެވިފައެވެ. ހަތަރުވަރަކަށް ދުވަސްވެފައިވުމުގެ ސަބަބުން އޭނަގެ އަތުގެ ކުޑަހުޅުގައި ޗޭނު އައްސާލެވިފައިވާ ތަން ވަނީ ނޫފައިގަނެފައެވެ. މަޔާންއަށް ކޮޅަށް ހުރެވެނީ އެ ޗޭނުގަނޑުގެ އެހީގައެވެ. އޭނަގެ ހަށިގަނޑުގައި އެއްވެސް ވަރެއްނެތެވެ. މަޔާންއަށް ދިރިހުރެވެނީ ދުވާލަކު އެއްފަހަރު ލިބޭ ފެންފޮދުންނެވެ. އޭނަގެ ފައިގެ އިނގިލިކޮޅުތަށް ބިންމަތީ ކޭތްތެނީ ހަމަ ކިރިޔާއެވެ. މަޔާން ހުރި ދިމާލުގައި ލޭގެ ކޯރެއް ހެދިފައިވެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Maash
Follow Me Written By

Maash

Level 10100 Login10 Stories100 Comments500 Login500 Comments100 Stories

🦋Reading is a way for me to escape reality 💜Writing is a way for me to express what I feel🦋 Reading led me to writing 💜 I accept both positive and negative comments 🦋 My long stories: Kushakey Koba, Insaafu libeyneba, Hiy edhe yaara thi ey (kushakey kobaa season 2), Loehbeh ma neydhen yaaru noon (kushakey kobaa season 3). My Short stories: Insaafakey mi ba, Anhen kujjakah vumun, Badhalu, Edhathuru, Noora, Maireenge hayaathun safha eh, Furaavaru, Neygikohly hiy dhivaana, Liyuntheriehge dhiriulhun🦋

Other Articles

Previous

ހިތުގެ ނާރުތަކުގާވެސް ތިބާ… 18

Next

މަޢާފް އެދެމުން 40

Next
July 31, 2025

މަޢާފް އެދެމުން 40

Previews
July 31, 2025

ހިތުގެ ނާރުތަކުގާވެސް ތިބާ… 18

8 Comments!

  1. aishayar aishayar says:
    July 31, 2025 at 12:03 pm

    So curious I feel really bad for mayaal men
    Mayaan maraa nulachey
    When is next part?
    Can’t wait

    1. Maash Maash says:
      August 4, 2025 at 8:18 am

      Same darll I feel bad for maayal and mayaan too..
      Next part miulheny submit kohlan..let’s see dhw vaagoi💜🦋

  2. aanaa says:
    July 31, 2025 at 12:11 pm

    Masha allah mi part vs vrh reethi
    Alheeeyyy mayaan rangalhu dhww ahil ge adu ehinama.. Ekm police miihun jeheynedhww case solve kuran vs ekahala sacrifice thkh vaan
    Vrh dhera ebaveyy.mayaan ah ehn viima poor laaroo n yaalu
    Aidhan, zaidh n lihaan haadha rulhieba araey
    Naseebeh shaail ah aduivunu kanvs
    E miihunge plan wrk viya nudhehchey.. Plzz😭
    BTW cover vrh loabi🫶
    Hih dandanlaa eba
    When next?
    Lyy❤️

    1. Maash Maash says:
      August 4, 2025 at 8:21 am

      Thankyou darll I’m happy U liked it.. hehe yes mayaan ragalhu aahil ge adu ahan.. yeah thibuneevx dhogeh noon.. me too.. I’m also sad mayaan ah ehen v ma.. let’s see dhw dhen vaany kihineh thw..
      Thankyouuuu I worked really hard with the cover😭
      Next part submit kohlan miulheny..
      Love you moreee💜🦋

  3. shihaamaa ali shihaamaa ali says:
    July 31, 2025 at 2:18 pm

    heyyyy maashhh
    OMYGODDD POOR MAYAANNNNNN NOOOOOOOOOOOO
    ISTG i will die if he dieee dont kill him naaa😭😭😭😭💔💔💔💔💔
    alhe laaraa and maayal IMGONNACRY😭😭😭
    shaail nd kail avahah dhuveyyy save maiiiiiii dont give their family another trauma😭😭😭💔💔
    omg alhe
    dhn nuves nidheyne
    IMGONNACRY😭😭😭 mayaan ge scene killed me ISTG💔💔💔
    next episode soooonnn plsssssssss😭😭😭💔💔💔
    cant wait for nexttt
    ilyyyyssmmmm😭❤️

    1. Maash Maash says:
      August 4, 2025 at 8:24 am

      Heyyy shiherrr
      I’m soo sorryyyyyyyy 😭😭 I had to.. let’s see what happens dhww.. let’s see in Shaail and kail can save her..next ep submit kohlan miulheny..
      Love you moree darling 💜🦋

  4. girllyy_ says:
    July 31, 2025 at 7:14 pm

    Mi part vx v reethi mashallah
    Alheyyy mai ah dhera gotheh nuhadhahcheyyy
    Pls let kail save her maash
    Maayan ah kaakutha ehen hedhyy alheyy
    Pls don’t kill himmm
    Curiously waiting for the next part
    When next?!?!

    1. Maash Maash says:
      August 4, 2025 at 8:27 am

      Thankyouuuu girly..
      Let’s see dhw mai ah vaagoi.. mayaan ah ehen hedhi meehaku next part ga ingeyne.. let’s see dhww.. next part miulheny submit kohlan..💜💜

Comments are closed.

Next Episodeހިތް އެދެ ޔާރާ ތިއޭ – 28←


All Right Reserved!