ވާރޭގެ ތެރެއިން 1
ދުވަހަކީ އެހާ ހިތްފަސޭހަ ދުވަހެއް ނޫނެވެ.ވާރޭ ހުއްޓާލީ ދާދި ދެންމައަކުއެވެ. އަނެއް ވިލާގަނޑު އުދަރެހުން އަރައިގެން އައިސް ބޯމަށްޗަށް ފެތުރެނީ އެވެ.ލޫނާ ފަންސޫރު ނެގުމުށްފަހު، ވަރަށް ފަރުވާތެރިކަމާއެކުގައި ލިޕްލައިނާ އަޅާލިއެވެ.އަދި ރަތް ލޭ ކުލައިގެ ލިޕްސްޓިކުން ތުންފަތުގައިކުލަަޖަައްސަންފެށިއެވެ.ކުރިން ލޫނާ ޖައްސަނީ މެރުން ކުލައި ޝޭޑެކެވެ.މި ފަހަރު ލޫނާ އަތުގައި އޮތީ ރަތް ލޭ ކުލައެވެ. އެކުލައިން ވީހާވެސް ދުރަކަށް ތުންފަތް ދިއްލާލަން ލޫނާ ބޭނުންވެއެވެ.ކީއްވެ ހެއްޔެވެ؟މިރެއަކީ، ވަރަށް ގިނަ ދުވަހަށް ފަހު ލޫނާގެ ސިކުނޑިއަށް ހަމަޖެހުމެއް ލިބުނު ރެއަކަށް ވާތީއެވެ.ހަޔާތުގެ ބާކީބައި ވެއެތުކުރަން ލޫނާ އަކަށް ދެން އުނދަގުލެއް ނުވާނެއެވެ.ނަމަވެސް ލޫނާގެ ހަރަކާތް ތަކަށް ހުއްޓުން އެރިއެވެ.މީގެ 1 އަހަރުކުރީގެ ހަނދާންތައް އާވެގެން ދިޔައެވެ.
(އެއް އަހަރު ކުރި)
އެއީ ވެސް ވަރަށް ބޯކޮން ވާރޭ ވެހެމުން ދިޔަ ދުވަހެކެވެ.އަައްޑޫސިޓީގެ ލިންކުރޯޑު ފެނުމުން ލޫނާ އައި ކޮއްކޮ ޔޫހާން އުފަލުން މޮޔަވާވަރުވިއެވެ.ކާރުގެ ބިއްލޫރިގަނޑުގައި މޫނު ޖައްސާލައިގެން ތިބެ އެއްފަރާތުން ފެންނަ މޫދާއި މަގުގެ ދެފަރާތުގައިވާ ގަސްތަކަށް ބަލަހައްޓައިގެން އިންއިރު ޔޫހާން އެތައް ސުވާލުތަކެއް އޭނާގެ މަންމައައި ކުރަމުން ދިޔައެވެ. މަންމަ ނަދުވާ އިނީ އެންމެ ކުޑަ ކޮއްކޮ ލައިލް އުނގުގައި ބައިންދަައިގެންނެވެ. ޔޫހާންގެ ސުވާލުތައް ގިނަކަމުން އެންމެފަހުން އޭނާ ހިމޭންވާން ނަދުވާ އެންގީ ރުންކުރުވެފަައި އިނދެއެވެ.
ނަދުވާ މިރަށަށް މިއައީ އޭނާގެ ފިރިމީހާގެ ޙަބަރެއްނުވެ ގިނަދުވަސްވާން ފެށުމުން އޭނާ އުޅޭގޮތް އަމިއްލަ ލޮލުން ދެކިލުމުގެ ބޭނުމުގައެވެ.ބައިގަޑިއެއްހާއިރުގެ ދަތުރަކަށްފަހުގައި ކާރު މަޑުކޮށްލީ ނާހިދު ގެ ” ހަނދުވަރު ” އަށެވެ. އެހިސާބުގައި ގިނަައީީ ފަޅުގެތަކެވެ. ދުރުދުރަށްދާންދެން ފެންނަނީ ބިޔަ ގަސްތަކާއި ރުއްތަކެވެ.ރާޅުޖަހާ އަޑު އިވުމުން މޫދުއޮތީ ފުދޭވަރަކަށް ކައިރީގަކަން އެނގުނެވެ.
”ހަނދުވަރު” ހީވަނީ ބޮޑު ގަނޑުވަރެއްހެންނެވެ. އެގެ ހުރީ ދެބުރިއަށްށެވެ. ނަމަވެސް ފަނޑު ބޮތްކެއްގެ އަލި ފިޔަވާ މުޅި ހިސާބަށް ވެރިވެފައިވަނީ ކަނުއަނދިރިކަމެވެ.މެދުގޯތީގައިވާ ގަސްތައް ކޮންމެވެސް ވަރަކަށް ފެނުނެވެ.ރޭގަނޑު މިތަން ފެންނަނީ ނާމާންކޮށެވެ.
ނަދުވާ ކާރުންފައިބައި އޭނާގެ ފިރިމީހާ ނާހިދުއަށް ގުޅަންފެށިއެވެ.އިރުކޮޅަކުން ނާހިދު ގޭގެ ދޮރުހުޅުވާލާފައި ނިކުމެގެން އަންނަތަން ފެނުނެވެ.ހަމަ އެވަގުތު ބޯކޮށް ވާރޭ އޮއްސާލިއެވެ.ނާހިދު އަވަހަށް ފޮށި ދަބަސްތައް ގެއަށް ވަައްދަންފެށިއެވެ.ގޭތެރެއަށް ވަދެ ހަމަޖެހިލެވުމުން ޔޫހާން އަހާލިއެވެ.”މަތީބައިގަ ބޮކި ނުދިއްލާ ހުރީ ކީއްވެތަ ބޭބޭ…”ލޫނާ އަދި ޔޫހާން ވެސް ދޮންބައްޕައަށް މުޙާތަބުކޮށް އުޅެނީ ބޭބޭ ކިޔާފައެވެ.އެ ދެބެންނަކީ ނަދުވާ ކުރީގެ ކައިވެޏަށް ލިބުނު ދެކުދިންނެވެ.ލައިލްއަކީ ނަދުވާ އާއި ނާހިދުގެ ކައިވެޏަށް ލިބުނު ދަރިފުޅެވެ.
”އެބައިގަ އެއްވެސް ބަޔަކުނޫޅޭ..އެއީ ބޭކާރު ސާމާނުލާފަ ހުންނަގުދަނެއް ކަހަލަތަނެއް..ދެން އަހަރުމެން ގޭގެ އެއް ކޮޓަރި ހުންނާނެ ފިރިހެންކުއްޖަކަށް ކުއްޔަށް ދީފަ…. އޭނާގެ ނަމަކީ ކައިލާން…. އާ ވައްތަރެއްގެ ނަމެއްނުން ހެހެ…..ހާދަ ރީތިކޮށް އެކުއްޖާ މިއުޒިކް ކުޅެލައޭ… އަޑުވެސް އެހާ ރީތި އަދި އެ ފިރިހެންކުއްޖާގެ ލޮލުގައި ހުންނަނީ އެހާ ޗާލުކުލައެއް… އެކުއްޖާ ބައްޕައަކީ ރާއްޖެ މީހެއްހެނެއް ހިޔެއްނުވޭ.. ކޮންމެގޮތެއް ވިޔަސް އެކޮޓަރި ކުއްޔަށް ހިފައިގެން ހުރީމަ މަށަށް ފައިދާއޮވޭ..”ނާހިދު ބުންޏެވެ.
ލޫނާ އެބުނާ ފިރިހެންކުއްޖާ ދެކޭހިތްވިއެވެ.ވަގުތުން އިސްތަށިގަނޑު ރީތި ކޮށްލެވުނެވެ. ކައިލާން ފެންނާނެ އިރަކަށް ވަގުތު ގުނަންފެށި އެވެ…………………..
ކިޔުންތެރިންގެ ސަމާލުކަމަށް:މި ވާހަކަ(ވާރޭގެ ތެރެއިން) އަކީ އަޅުގަނަޑުގެ ފުރަތަމަ ވާހަކަ ކަމުން ކުށް ހުރެދާނެއެވެ.
ޝުކުރިއްޔާ!!
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.




Mi part ves vrh reethi and i cant wait for the next part
when next part??
Thank you! Naash.. inshallah very soon.
Varah reethi!keep it up.. can’t wait for next part💗!!
thank you zivv !!
Aww shikko … story sems familiar … keeep shining 🤍
ashh.zxzx thank you so much !!
last part tha familiar ee ??