ވާރޭގެ ތެރެއިން 2
ލޫނާ އެބުނާ ފިރިހެންކުއްޖާ ދެކޭހިތްވިއެވެ. ވަގުތުން އިސްތަށިގަނޑު ރީތިކޮށްލެވުނެވެ. ކައިލާން ފެންނާނެ އިރަކަށް ވަގުތު ގުނަންފެށުނެވެ.
********************************************
ލޫނާ ލަސްނުކޮށް ފެންވަރަންވަނީ ރަށުތެރެ ބަލައިލަން ދިޔުމުގެ ބޭނުމުގައެވެ. އޭނާ ފެންވަރާލައިގެން ނިކުމެއިރަކޮޅެށް ނުވަނިސް އޭނާގެ ދުވަސްވީ ރަޙުމަތްތެރިއެއް އައެވެ.
”ލަމް.. ކޮބާ ކިހިނެއްތަ؟، ހާދައަވަހޭ ދެންމެވިއްޔަ ގުޅީ” ލޫނާ ލަމްހާއާ ދިމާއަށް ބަލައިލިއެވެ.
”ލޫނާ ބުނީމާ އަވަސް ވާނެއްނުން.. ހިނގާބަލަ އިރު އޮއްސެންވާއިރަށް އަލަށް ހަދާފައިވާ އޮތް އަސްދޫނި ފެންގަނޑު ބަލައިލަން ދާން.” ލަމްހާ ބުންޏެވެ.
” ހޫމް.. މައްސަލައެއް ނެތް. މަންމަ ގާތު އަހާލާފަ ދާނީ.” ދާން އެއްބަސްވަމުން ލޫނާ ބުންޏެވެ.
އެ ދެ މީހުންގެ ވާހަކަ ނިމުނުތަނާހެން ނާދުވާ ( ލޫނާ ގެ މަންމަ ) އައުމުން ލޫނާ ލަމްހާއާއެކު ބޭރަށް ދިޔުމުގެ ހުއްދައަށް އެދުނެވެ.
“އެންމެ ރަނގަޅު ދިޔަސް. އެކަމަކު އަވަހަށް ގެއަށް އަންނަންވާނެ. މިހާރު މަގުމަތީގައި ހިނގާބިގާވެ އުޅޭއިރު، ނިކަން ވިސްނަންޖެހޭނެ.” ނަދުހާ ވިސްނާދިނެވެ. ރަށުގެ މިހާރުގެ ހާލަތަށް ވިސްނާފައެވެ.
“ނަދުވާ ދައްތައަށް ހީވަނީތަ، މަގުމަތީގައި ފޭރާމުން ހޫރެމުން އުޅޭ ގުރޫޕްތަކަށް ނުކެރޭނެ، އަހަރުމެންނާ ބެހޭކަށް. އެމީހުންނަށްވުރެ އަހަރެން މާނުރައްކާވާނެ.” ލަމްހާ އޭނާގެ ލާނެތް ރާގުގައި ބުންޏެވެ. ލަމްހާ އެބުނީ ވެސް މުޅިން ދޮގެއް ނޫނެވެ. ދާދި ފަހުން ހިނގި ޙާދިސާއެކެވެ.
ލަމްހާ، އޭނާގެ އެހެން ރައްޓެއްސަކާއެކު ފިހާރައަކަށް ނުކުންނަނިކޮށް ޒުވާން އުމުރުގެ ފިރިހެން ކުއްޖަކު، އޭނާގެ އަތުގައި ހިފެހެއްޓި އެވެ. ހާދަ ލޯތްބޭ ބުނުމުންނެވެ. ބަދަލުގާ ލަމްހާގެ އަނެއް އަތުން ހޫނު އެތިފަހަރެއް އެއީ އެސޮރުގެ ކޯމައްޗަށެވެ. އިޙްސާސް ކުރެވުނު ތަދާއި، ދިލަހޫނުގެ ސަބަބުން އެސޮރުހީވީ ގަނޑުވިހެންނެވެ. ލަމްހާމެން ފަސްދީދިޔައިރުވެސް، ހިރިލަންވެސް ނޭގިފައި ހުރެވުނީއެވެ. އަމިއްލަ ނަފްސުގެ ދިފާޢަށް، އެވަރުގެ އިތުބާރެށް ލަމްހާއަށް ލިބިގެން އުޅެނީ އެރެއަށްފަހުގައި ކަމަށް ޤަބޫލުކުރެވެއެވެ.
”ލަމް ތީ ދެން މާ ކެރޭ މީހެއް… ތިހެން އުޅެނިކޮށް އަދި ދިމާވާނެ ބިރުގަންނަވާލާވަރުގެ މީހުނާވެސް.” ލޫނާ ލަމްހާއާ ދިމާކުރާ ގޮތަކަށް ބުންޏެވެ.
“ލޫނާއަށް އިނގޭނެ އަހަރެން ބިރެއް ނުގަންނާނެކަން.” ލަމްހާ މޭ ފުއްޕާލިއެވެ. އެއަށްފަހު، ކުރީރޭ އޭނާ ކަންތަކުރި ގޮތުގެ ވާހަކަ ހީނހީނފައި ނަދުވާ އަށް ކިޔާދިނެވެ.
ލޫނާ ނަލަހެދިލާ ތައަޔާރުވެލިއެވެ. ލޫނާއަކީ ޢާންމު ދިރިއުޅުމުގައިވެސް ޒީނަތްތެރިކަމަށް ވަރަށް ލޯބިކުރާ ކުއްޖެކެވެ. ގޭގެ ދޮރާށިން ހަތަރު ފަސް ފިޔަވަޅެއްވަރުވެސް ބޭރަށް އަޅާލަން ޖެހުނަސް، އޭނާ އެންމެ ފުރިހަމަގޮތުގައި ޒީނަތްތެރިވާނެއެވެ. އެއީ އޭނާގެ ޡަބީޢަތުގައި ހަރުލާފައިވާ ސިފައެކެވެ. ވެދާނެއެވެ. މަންމަގެ އާދަކާދަ، އޭނާ ނަކަލު ކުރަނީއެވެ. ނަދުވާއަކީ ވެސް ލޫނާ ފަދައިން، ޒީނަތްތެރިކަމަށް ނުހަނު ލޯބިކުރާ މީހެކެވެ. ލޫނާގެ ކިބައިގައި އަށަގެންފައިވަނީ، އޭނާގެ އާދަކާދަ ކަމަށް ޤަބޫލުކުރަން ޖެހެނީ އެހެންވެގެންނެވެ.
” މިސް މޯލްޑިވްސް ހޮވުމުގެ ހަފްލާއަށް ތައްޔާރުވެގެން ހުރިހެން ހީވަނީ . އަޅެ ތި ހެދުންވެސް ލޫނާއާ ހާދަ ގުޅެއޭ. ހިނގާ..ދާން..”
ލޫނާގެ ރީތިކަމަށް ތަޢުރީފު ކުރުމަށްފަހު ލަމްހާ ހިނގައިގަތެވެ. ފެންނަ ކޮންމެ މީހެއްވެސް، އެރީތިކަމަށް ތަޢުރީފްކުރެއެވެ. ހަޤީޤަތުގައިވެސް އޭނާ ހަމަ ރީތީއެވެ. ގިނަބަޔަކު އޭނާ ސިފަކުރަނީ ބޮލީވުޑްގެ ރީތީގެ ރާނީ އައިޝްވާރިޔާއާއެވެ. ސުކޫލް ދައުރުގައި ކްލާސް ކުދިންވެސް، ލޫނާ ހީވަނީ ހަމަ އައިޝްވާރިޔާހެންނޭ ބުނެއުޅެއެވެ.
ނަމަވެސް…………………………….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Is this a copy of kalhu kotari story written by aisha? this story writings is very similar to that story
No.. I actually got inspiration from that story I also find it very familiar to that story too… But I promise that my story is very different from it and Insha allah u will see it in the next parts of the story
Thank u for asking fai….
Is this Sunday?
😭
Fai… BTW ur story (maru viyas kalaa ge nan mihithakun nufilaaney) is very very nice I just read it, comments close Kohfa inee ma mithaa mi comment kohlee..
vrh reethi vaanehnnn heevanyy inge … loonaa is litrllyyy youu hama hehe
Awww.. ur way way pretty Aishath ashwerr 💜
Ayyey thankyouuu 🤭🍓
Anytime 😉
Anytime 😉
this looks like a copy of andhiri ge therein and roohaanoy haali, kalhu kotari????
Ekahala feshumakun liyevifa inee dho???
But this story is very different.. inshallah allah u will see in the next parts.
juss asking ingeyy… hiyyvaathiive
It okay… I understand 😊❤️
When’s the next ep ???
Miadhu submit kohlaanan