Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީއެހެނިހެންމަޖާމުބާރާތްދީނީލޯބި

ލޯބީގެ ކުރި ދަތުރު 17

darkqueen38
darkqueen38 Level 210 Stories
July 27, 2025 2 Mins Read
0 Comments

މަޖާ ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށްފަހު ހުރިހާ ކުދިންވެސް ގެތަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ގަސްބުޑު ހިޔަލުގައި ބައިންދާފައިން ބައިސްކަލު ނަގައިގެން މަލްޝާ ވެސް ދުއްވަން ފެށީ ގެއާ ދިމާލަށެވެ. އިރުކޮޅެއްނުވެ ނާއިފް ވެސް އަރާ ހަމަ ކޮށްފިއެވެ.

” ހެއި، ކޮބާ މިޔަދު މަޖާ ވިތަ؟.”

” ހޫމް.”

” ދެން ކޮންކަމެއް އޮތީ؟.”

” ގޭގަ އޮންނާނީ.”

” ޑޫޔޫ ލިސެން ޓު މިޔުޒިކް.”

” ޔެޕް.”

” ހޫ އިޒް ޔޯރ ފޭވަރިޓް.”

” ސެލީނާ ގޮމެޒް.”

” ޔޯރްޒް؟.”

” ޗޭސް ސްޓޯކްސް.”

” އައި ލިސެން ޓު ހިމް ސަމްޓައިމްސް.”

އޮލަ ވާހަކައިގެ ތިބެ ދެ ކުދިން ދެ ކޮޅަށް އަނބުރާލިއެވެ.

 

ޙަޔާތުގެ ވަރަށް މަދު ފަހަރަކު ނޫނީ ނުވަންނަ ތަނެކެވެ. ގިނަފަހަރަށް މި ތަން އިންނަކަން ވެސް ކައިރާގެ ހަނދާނުގައެއް ނުހުރެއެވެ. އެއީ ކައިރާއަށް ޙާއްސަކޮށް ކައިފް ހަދައިދިން ކިޔަވާ ކޮޓަރިއެކެވެ. ރީތި ބޮޑު މޭޒެއްގެ އިތުރުން ވަށައިގެން ބޮޑެތި ކަބަޑުތައް ހުއްޓެވެ. ކޮންމެ ހަރުގަނޑެއް ވެސް ފުރިފައިވަނީ ތަފާތު އެކި ވައްތަރުގެ ފޮތް ތަކުންނެވެ. ވާހަކައާއި، މަޢުލޫމާތާއި މި ނޫނަސް ތަފާތު އެކި ދާއިރާ ތަކާ ބެހޭ ފޮތްތަކެވެ. ފޮތް ކިޔުމަށް ޝައުޤުވެރިވާ ކުއްޖަކަށް މި ތަން މިއީ އަގުހުރި ހަދިޔާ އެކެވެ. ކޮންމެއަކަސް އެތައް އިރެއް ވަންދެން އެނބުރުމަށްފަހު ސުކޫލު ދަބަސް ގަނޑު ހިފައިގެން ގޮނޑިޔާ މޭޒު ކައިރިކޮށްގެން އިށީނދެއްޖެއެވެ.

މަސްބާނަން ދިޔަ ކުދިންކޮޅު އަންނާނެ އިރެެއްގެ އިންތިޒާރުގައި ރާއިކް ގެ ބޮޑުބެދައްތަ އިނެވެ. ރާއިކް އާއި ފިރިމީހާ އަންނަން ވާއިރަށް މީރު ހެދިކާ ކޮޅެއް ތައްޔާރު ކޮށްލިއެވެ. ހަނޑުލު ގުޅަ އާއި ބިސްކަޓުފަޖޫގެ އިތުރުން ކަޅުސަޔާއި ތެލުލި ބަނބުކެޔޮއެވެ. މިއިން ކޮންމެ އެއްޗަކީވެސް އެ ދެ މީހުންނަށް ވަރަށް މީރު އެއްޗެކެވެ. އޭގެ އިތުރުން މަސްކޮޅު ފިހެލުމަށްޓަކައި ހަވާދުގަނޑުވެސް ތައްޔާރުކޮށް ނިންމާލިއެވެ. އަދި ވާހަކަ ފޮތެއް ހިފަައިގެން ޖޯލީގައި އިނީ ވާހަކަފޮތް ކިޔާލުމަށެވެ. ރާއިކް އެކޭ އެއްގޮތަށް ބޮޑުބެދައްތަ އަކީ ވެސް ފޮތް ކިޔުމަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ.

ރައިނާ ތައްޔާރު ވަމުން ދިޔައީ އެ ރަށުގެ އެންމެ ސާމާނު ގިނަ ފިހާރައަށެވެ. ދި ކޫލް ޝޮޕް. މިޔަދުން ފެށިގެން ރައިނާގެ ދިރިއުޅުމަށް ވެސް ބަދަލުތަކެއް އަންނާނެތެއެވެ. ސުކޫލަށް ދަމުން ވަޒީފާ އަކަށް ދިޔުމަކީ ކުރެވޭނެ ކަމެއް ބާއެވެ؟. ހެނދުނު ސުކޫލު ނިންމާފަ މެންދުރާއި ހަވީރު ދަންފަޅިއަކީ ޑިޔުޓީ ގަޑިއެވެ. ކިރިޔާވެސް ހިނދެމިލަން ލިބޭނީ ރޭގަނޑު ވަގުތުއެވެ. އަނެއްކޮޅުން މީ ރައިނާ އަށް ލިބުނު އަގުބޮޑު ފުރުސަތެކެވެ. ކޮންމެ މަހަކު ދެހާސް ރުފިޔާގެ މުސާރައެއް ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެހާ ކުޑައިރު އާއިލާގެ ޒިންމާ ނަގަން ޖެހުމަކީ ރައިނާ އެއްގޮތަކަށްވެސް ހީކޮށްގެން ހުރި ކަމެއް ނޫނެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ މިޔަދު މި އޮއްތީ އެ ދުވަސް ވެސް ދައްކަވާފައެވެ. ކެތްކުރުން ނޫންގޮތެއް ރައިނާ އަކަށް ނެތެެވެ.

އެނދުގައި އޮށޯތް ވެގެން އޮތް ނާއިފްގެ ކަޅި ހުރީ ސީލިންގަށެވެ. އޭނާގެ ކަންފަތުގައި ހަރުލާފަ ވަނީ މަލްޝާގެ އަޑެވެ. މަލްޝާ އެ ދުވަހު ހުށަހަޅައިދިން މާނަފުން މަދަހައެވެ. ވިސްނި ވަރަކަށް އެ ކުއްޖާގެ ސަބަބުން ނާއިފް ގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނަކަން ފާހަގަ ކުރެވިއްޖެއެވެ. ލޯތްބަކީ ހަމަ އެހާ ބާރުގަދަ އެއްޗެއް ބާވައެވެ؟. މުޅި މީހާ ބަދަލުކޮށްލާ ކަހަލަ އިޙުސާސް އެެއް ހެއްޔެވެ؟. ނާއިފް އެއްބަސްވާނެ އެއްކަމެއް ޤަބޫލު ކުރެއެވެ. މަލްޝާ އާ އެކުވެރި ވެވުނު ފަހުން އެންމެ ދުވަހެއް ވެސް ވައްޓާނުލާ ޖަމާޢަތަށް ދެވޭކަމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

darkqueen38
Follow Me Written By

darkqueen38

Level 210 Stories

Im a girl who loves reading and writing her own story. Through my fantasies in my own world.

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 26

ވަޢުދޭ ވެވޭމީ
Next

ވަޢުދޭ ވެވޭމީ 6

Next
ވަޢުދޭ ވެވޭމީ
July 27, 2025

ވަޢުދޭ ވެވޭމީ 6

Previews
July 27, 2025

ހިތް އެދެ ޔާރާ ތިއޭ – 26



All Right Reserved!