Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ލޯބީގެ ގަނޑުވަރު

Mariyam Enash Aqeel Level 210 Stories
July 21, 2025 3 Mins Read
2 Comments

ކުރިމަތިން ފެންނަން ހުރި ގޭގެ ހާލަތު އަހަރެންގެ މާޒީގެ އެތައް ހަނދާންތަކެއް އައު ކޮށްދިނެވެ. އެ އުފާވެރި ދުވަސްތަކެވެ. އެ މަރިޔާދުން ފުރިގެންވީ ދިރިއުޅުމެވެ. އެ ހަހަރުވެތި ދިރިއުޅުން ގިލަނުގެ ތެރެއަށް ވެއްޓިގެންދިޔަ ވޭންދެނިވި ގޮތެވެ. އަހަރެންގެ ދެލޯ ކަރުނުން ތެމެމުން ދިޔަ ހާލު މާޒީގެ ޞަފުހާތައް ކަޅާއި ހުދުގެ ފިލްމެއްގެ ސިފައިގައި ފެންނަންފެށިއެވެ.
*****
ފުރަ މެންދުރުގެ އެންމެ ހޫނުގަދަ ވަގުތެވެ. ލައިގެންހުރި ލިބާހުގެ ފަސްބައި ކޮށިކޮށްލުމަށްފަހު ގޮނޑުދޮށަށް އެއްވެފައިވާ މީހުންގެ ތެރެއިން ފުރޭނިގެން ގޮސް މަސްއޮޑި ފެންނަ ހިސާބަށް ނުކުތީމެވެ. އެއިރު އާދަނު ދެއަތަށް ހައެއްކަ މަސް މަހާލައިގެން އެއްގަމަށް އަރަނީއެވެ. އާދަނުގެ ނިއްކުރިން ވެއްޓެމުންދިޔަ ދާތިކި އަހަރެންގެ އަތުން ފުހެލުމަށްފަހު ދެމީހުން އެކީގައި ގެއާއި ދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެމެން އުޅޭ ގެ ހުންނަނީ އާއްމުކޮށް މީހުން އުޅޭ ހިސާބާއި ދުރުގައެވެ.
“އާދަނު ދޭ ފެންވަރައިގެން ކާން އަންނަން. އޭރަށް ވާއިރަށް އަހަރެން މި މަސްކޮޅުގައި ގަރުދިޔަ ކައްކާނަން.” އާދަނުގެ އަތުގައޮ އޮތް މަސްތަކުގައި ހިފަމުން އަހަރެން ބުނީމެވެ. ހަމަ އެވަގުތެވެ. އަހަރެންގެ މޫނުމައްޗައް އަނދިރިވާން ފެށިއެވެ. އެނބުރުން އަރައިގަނެ ކޮޅަށް ހުންނަން އުނދަގޫވާވަރު ވިއެވެ. އަތުން މަސްތައް ދޫވިއެވެ. ޚަބަރު ހުސްވެގެން ބިންމައްޗައް ވެއްޓުނު ހަނދާނެއް ވެއެވެ. ހޭވެރިކަން ވީއިރު އަހަރެން އޮތީ މެދުގޭގައި ހުންނަ ރޯނުފުރި އެނދުގައެވެ. އަހަރެންގެ ކައިރީގައި، އާދަނާއި ބޭކެނބިދައިތަ ތިއްވެވެ. އެމީހުންގެ މޫނުމަތިން ފެންނަމުންދިޔައީ އުފާވެރި ކަމެވެ. އަހަންނަށް މި ވެގެންއުޅޭ ގޮތް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. އުފަލުންގޮސް ބަނޑުގައި ފިރުމާލެވުނެވެ.

ބަލިވެއިނުމަށްފަހު އާދަނު އަހަރެން ގެންގުޅުނީ ރާނީއެއްފަދައިންނެވެ. އާދަނު އަހަންނަށް އެއްވެސް މަސައްކަތެއް ނުޖައްސައެވެ. ކެއްކުމުން ފެށިގެން އަންނައުނުތައް ދޮވުމާއި ހަމައަށް އެކަންކަން ވެސް ކުރަނީ އޭނާއެވެ. އެހާ ފެންވަރުގައި ހަދާފައިބުރި ގެއެއްކަމުގައި ނުވިއަސް ގެ ސާފުކޮށް ބެލެހެއްޓުމަކީ އަހަރެން ފަދައިން އާދަނުވެސް ވަރަށަބޮޑު ސަމާލުކަމެއް ދީގެން ކުރާ ކަމެކެވެ. ކޮންމެއަކަސް އަހަރެމެން އުޅެމުންދިޔައީ ދޮންހިޔަލައާއި އަލިފުޅު ވެސް ނޫޅޭހާ ލޯބިންނެވެ. ސަބަބަކީ މިގެއަކީ އަހަރެމެން ދެމަފިރީނަގެޯޯބީގެ ފެށުމަށް ވާތީއެވެ. އަހަރެމެންގެ ލޯބީގެ ގަނޑުވަރެވެ. އަހަންނާއި އާދަނު އެންމެފުރަތަމަ ބައްދަލުވީވެސް މި ގޭތެރެއިންނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެމީހުންގެ ދޭތެރޭގައި ލޯބީގެ ގުޅުން އުފެދި ކައިވެނި ކުރީމެވެ. އަދި އަހަރެންގެ ދިރިއުޅުން އާދަނުގެ ގެއަށަ ބަދަލުކުރީ ލޯބީގެ ގަނޑުވަރުގައި އުފާވެރި ދިރިއުޅުމެއް އުޅުމުގެ އުންމީދުގައެވެ. ނަމަވެސް ދުނިޔެ ހިނގާނީ ތޮށަލި ދުޅައަށޭ ބުނާ ބީދައިން އަހަރެމެންގެ ދިރިއުޅުމަށްވެސް ހަރީފު މޫސުން އައެވެ. ޖެހުނީ ކާކުގެ އެސްފީނާއެއް ކަމެއްވެސް ނޭނގެއެވެ. ކަންތައްތައް ބަދަލުވީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަރެންގެ ދިރިއުޅުން އެފުށް މިފުށަށް ޖެހުނީ ފަޅި ސިކުންތު ކޮޅެއްގެތެރޭގައެވެ.

އެއީ އިރުވައިމޫސުމުގެ ހޫނުގަދަ ރެއެކެވެ. އަހަރެންގެ ބަނޑަށް 7 މަސް ފުރިއްޖެއެވެ، ރޭގަނޑުގެ ކެއުން ނިންމާލުމަށް ފަހު އަހަރެން އިނީ ގޭގެ ބޮޑު އުނދޯލީގައެވެ. އޭރު ގެއާއި އިންވެގެން ހުރި ބަދިގޭގައި ގަރުދިޔަ ތެލި ހޫނުކުރަން އާދަނު އުޅެއެވެ. އިރުކޮޅަކުން އަދަނު ވެސް އައިސް އުނދޯލީގައި އަހަރެންގެ ކައިރީގައި އިށީނދެއްޖެއެވެ. ދިރިއުޅުމުގެ އެކި އެކި ވާހަކަތައް ދެއްކުމުގައި ހޭދަވެގެން ދިޔައީ ކިހާ ވަގުތެއް ކަމެއްވެސް ނޭނގެއެވެ. ނަމަވެސް މާ ގިނައިރު ވަންދެން ކޮޅަށް އިނުމުން އަހަރެންގެ ބަނޑަށް އުނދަގޫވާން ފެށިއެވެ. އެހެންކަމުން ދެމަފިރިންވެސް އަވަހަށް ގެއަށްވަދެ ނިދަންއޮށޯތީމެވެ. އަންނަން އުޅޭ ތޫފާނުގެ ހިލަމެއް ނުވާ ހާލުގައެވެ.

ދަންވަރު އަހަންނަށް ހޭލެވުނީ ހޫނުގަދަވެގެންނެވެ. ސަހަރޯއެވެ. ކަމަކުދާކަށް ނެތެވެ. މުޅި ގޭގައި ވަނީ އަލިފާން ރޯވެފައެވެ. އާދަނު އޮތީ އަދިވެސް ނިދާފައެވެ. އަހަރެން އާދަނުގެ ކޮނޑުގައި ހިފާ ތަޅުވައިގަނެ ހޭލެއްވީމެވެ. ސަލާމަތްވެވޭނެ އެއްވެސް ގޮތެއް ނެތެވެ. ވަށައިގެންވަނީ އަލިފާނެވެ. އަހަރެންގެ ބޮޑު ބަނޑައިގެން ހިރިލެވޭ ވަރެއްވެސް ނޫނެވެ. އާދަނު، އަހަރެމެން
އެތަނުން ސަލާމަތްވާނެ މަގެއް ހޯދަމުންދިޔައެވެ. ހަމަ އެވަގުތެވެ. ފަނާއި ދަރުން ހަދާފައިހުރި ދޮރެއް އާދަނުގެ ގައިމައްޗައް ވެއްޓުނެވެ. ވަގުތުން އާދަނުގެ ގައިގައި ހުޅު ހިފައިފިއެވެ. އަހަރެން އޭގެން ރެކެން އުޅުނު ވަގުތު ބިންމައްޗައް ވެއްޓި ވަރަށް ބާރަށް ބަނޑު ޖެހުނެވެ. ދޮރު ވެއްޓުމާއި އެކު އެތަނުން ނިކުތުމަށް އާދަނު އަހަންނަށް ގޮވަމުންދިޔައެވެ. އަހަރެން ވަރަށް ހާލުން އެތަނުން ނިކުތީމެވެ. މުޅި ގެއާއި ބަދިގޭގައި ވަނީ ހުޅު ހިފާފައެވެ. އަލިފާންގަނޑު ފެތުރިފައިވަނީ ބަދިގެއިން ހެން ހީވެއެވެ. އަހަރެންގެ ލޯބީގެ ގަނޑުވަރު އެހެރަ އަނދާ ހުލިވަނީ އަހަރެންގެ ހިތުގެ ރާޖާއާއި އެކީގައި އަހަރެންގެ ހިތް ކުދިކުދި ކުރަމުންނެވެ. އެއީ ވޭންދެނިވި މަންޒަރެކެވެ. އަހަރެން ލޭކަރުނައިން ރޮމުން ދިޔައީމެވެ.

ރަށު މީހުން އެއްވެ އަލިފާންގަނޑު ނިއްވައިލިއިރު މުޅި ގެ ވަނީ އަނދާ ހުލިވެފައެވެ. އާދަނު ވަނީ މިދުނިޔެއާއި ވަކިވެފައެވެ. ބޭކެނބިދައިތަ އައިސް އަހަރެންގެ ބަނޑުގައި އޮތް ކުއްޖާގެ ހާލު ބެލިއެވެ. ކުއްޖާ ވަނީ މަރުވެފައެވެ. ރިހޭ ފައި މައްޗަށް ފޮއި ވެއްޓުނީއެވެ. ހަތަރު އުދަރެސް ފެނު ޖެހުނީއެވެ. ދިރިއުޅުމުގެ އުންމީދުގެ ހުޅުކޮޅު ނިވުނީއެވެ. އުފާވެރިކަމުގެ ކުލަ ދިރިއުޅުމުން
ގެއްލުނީއެވެ.

އެދުވަހަށްފަހު އަހަންނަށް އާދަނުގެ ސިފަ އެކި ތަންތަނުން ފެނެއެވެ. ކުޑަކުއްޖަކު ރޯއަޑު ވެސް އިވެއެވެ. އެކަމާހެދި ރަށުމީހުން ގަބޫލުކުރީ އަހަރެންމީ މޮޔައެއް ކަމަށެވެ. ގުރައިދޫގެ މޮޔައިންލާ ކޮށީގައި އަހަރެން އުޅޭތާ އެތައް އަހަރެއް ވެއްޖެއެވެ. އަހަރެން މުސްކުޅި ހާލުގައި މިއަދު މިތަނަށް އައިސް މިހުރީ މަރުވުމުގެ ކުރިން އަދި އެއްފަހަރު އަހަރެންގެ ލޯބީގެ ގަނޑުވަރު ދެކިލުމަށްޓަކައެވެ. އެ ހަނދާންތައް އާކޮށްލުމަށްޓަކައެވެ. ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލުމަށްފަހު އަހަރެން ހިނގައިގަތީ ލޯބީގެ ގަނޑުވަރަށް ވަދާއީ ސަލާމް ކުރަމުންނެވެ.

ނިމުނީ

Share Article

Follow Me Written By

Mariyam Enash Aqeel

Level 210 Stories

Other Articles

Previous

އެކްޓަރ(ޕާޓް 28)

Next

ޙަޔާތް

Next
July 21, 2025

ޙަޔާތް

Previews
July 21, 2025

އެކްޓަރ(ޕާޓް 28)

2 Comments!

  1. Your fav bab Your fav bab says:
    July 21, 2025 at 11:17 am

    I feel so bad for her!!
    Anyways the story’s amazing
    Btw When is the next part of furathama nazarun??
    Tc

    1. Mariyam Enash Aqeel says:
      July 21, 2025 at 6:22 pm

      insha’Allah maadhama

Comments are closed.



All Right Reserved!