Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ޝިޔާރާ

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
August 7, 2025 6 Mins Read
10 Comments

~މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ޙިޔާލީ ވާޙަކައެކެވެ. ވާހަކައިގައި ބޭނުންކޮއްފައި ވަނީ އަސްލު ނަންތަކެއް ނޫނެވެ~

މެންދުރުގެ ހޫނުގަދަ ވަގުތެވެ. އެހެނަސް މާލޭގެ ކާރޫބާރޫ މަގުތަކުގައި މީހުން ހޭލަމޭލަ ވަމުން ދިޔައެވެ. ޑީއުޓީ ނިންމާފައި ގެއަށް ދާ މީހުނާއި، އިސްކޯލު ނިންމާފައި ގެއަށް ދިޔުމައް ދިޔަ ކުދިންނެވެ. ވަމުން ދިޔަ ހޫނުން އެންމެންގެ މޫނު މަތީގައިވެސް އޮށްދާ ހިތްލަމުން ދިޔައެވެ. އެހެނަސް މާލޭގެ މަގުތައްމަތިން މީހުން މަދުވީ ހެންނެއް ހިޔެއް ނުވެއެވެ.

ކުލުނު މެޑިކަލް ކްލިނިކްގައި ހުރި ނިހާ ހުރީ ޑަކްޓަރް ދައްކާ ކޮޓަރި ކުރިމަތީގައެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު ނިހާގެ މޫނު މަތީގައި ކަންބޮޑުވުން ހުއްޓެވެ. ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު ޑަކްޓަރުގެ ބަހަށް އިންތިޒާރު ކުރަނީކަން ނިހާގެ މޫނު މަތިން އެނގިގެން ދެޔެވެ.

“ދުރުވޭ ދައްތާ” އިރުކޮޅަކުން ކުއްޖަކު ބޯދިއްކޮއްލާފައި ބުނެލިއެވެ. ނިހާ ހަލުވި ފިޔަވަޅު ތަކެއްގައި އެކޮޓަރިއަށް ވަނެވެ. އިސްޖެހިފައި އިން ނިހާގެ ދަރިފުޅު ޝިޔާރާ ފެނި ނިހާގެ ހިތުގައި ރިއްސާލިއެވެ.

***

ޝިޔާރާއަކީ ނިހާގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ޝިޔާރާގެ އުމުރުން 11 އަހަރުގައި ޝިޔާރާގެ ބައްޕަ އައިލަމް ނިޔާވީ ފަހުން ނިހާ ޝިޔާރާ ބަލަމުން ދިޔައީ އެކަނިމައި އެކަންޏެވެ. ބަފައެއްގެ، އަދި މައެއްގެ ލޯބިވެސް ނިހާ ޝިޔާރާއަށް ދެމުން ދިޔައީ ފުރިހަމަ ގޮތުގައެވެ. ބައްޕަ ނެތް ކަމުގެ އިހުސާސް ޝިޔާރާއަށް ދުވަހަކުވެސް ކުރެވިފައެއް ނެތެވެ. ނިހާއާއި އެކު ޝިޔާރާ އުޅެމުން ދިޔައީ އުފާވެރި ހަޔާތެކެވެ. އެހެނަސް ދުނިޔެއަކީ ކެހިވެރި ތަނެއް ނޫން ހެއްޔެވެ؟

އޭރު ޝިޔާރާގެ އުމުރުން 15 އަހަރެވެ. ދުވަސްވަރަކީ ޝިޔާރާ ގުރޭޑް 10ގެ ފުރަތަމަ ޓާމުގައި ކިޔަވަމުން ދިޔަ ދުވަސްކޮޅެވެ. ޝިޔާރާގެ އެންމެ ބޮޑު އުންމީދަކީ އަބަދުވެސް އޮޕަރޭޝަން ޑަކްޓަރަކަށް ވުމެވެ. 9، 10 ގައި ސައިންސް ސްޓްރީމް ކިޔެވުމުގެ ނަސީބު ލިބުމުން އެއުންމީދު ހާސިލް ކުރުމުގެ ފުރަތަމަ ފިޔަވަޅު ނެގިއްޖެކަމަށް ޝިޔާރާ ގަބޫލު ކުރިއެވެ. އެހެނަސް…

ހުރިހާ ކަމެއް ބަދަލު ވެގެން ދިޔައީ ބަސްބުނާހާ އަވަހަށެވެ. ކުއްލިއަކަށް ޝިޔާރާ ބަސްމަދު ވާންފެށިއެވެ. މަޖާ ނަގާ އުޅުނު ޝިޔާރާ އެކީހެން މާޔޫސްވިއެވެ. ސަބަބެއް ނިހާއަކަށް ނޭނގުނެވެ. ނިހާއަކަށް ވީނުވީއެއް ނޭނގުނެވެ. ޝިޔާރާ ގާތުގައި ކިތަންމެ ފަހަރަކު ސުވާލު ކުރިވެސްމެއެވެ. ނަމަވެސް ޝިޔާރާ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނެވެ.

ދެން ނިހާއަށް ފެނުނީ ޝިޔާރާ އަމިއްލައަށް މަރުވާން އުޅުނު މަންޒަރެވެ. އެއީ ހަޔާތުގައިވެސް ނުރޯވަރަށް ނިހާ ރުއި ދުވަހެކެވެ. ފާއިތުވެ ދިޔަ މަސްތަކުގައި ހިފެހެއްޓި ހުރިހާ ކަރުނައެއް ޝިޔާރާވެސް ބޭރު ކުރި ދުވަހެވެ. އެދުވަހު ވީނުވީވެސް ނިހާއަށް އެނގުނެވެ.

ކަން އެނގުނު ގޮތުގައި ޝިޔާރާގެ ކޮންޕިއުޓަރް ޓީޗަރު، ޝިޔާރާ ކިލާހުގައި އިންދާ ޝިޔާރާއާއި ބެހުނީއެވެ. ޝިޔާރާ އެކަނިވެރިވާން ފެށީ އޭގެ ފަހުން ކަމަށް ޝިޔާރާ ކިޔައިދިނެވެ.

“މަންމާ… އަޅުގަނޑު މިއަދު ކާކަށް އިތުބާރު ކުރާނީ؟ ކައިރީގައި ދެފަރާތުގައި ދެކުދިން ތިބި. އެހެނަސް އެއިން އެއްވެސް ކުއްޖަކަށް އެމަންޒަރެއް ނުފެނުން. ކީއްވެ މަންމާ؟ އަޅުގަނޑު ކިލާހުގައިވެސް ނެގި މަޑު ވާން ފެށި. ދެންވެސް އެއްވެސް ކުއްޖަކު އަޅާނުލީ. އަޅުގަނޑު އެސާރ ގަޑީގައި ކިލާހުގައި ނީންދެ ގެއަށް އަންނަން ފެށިން. ދެންވެސް ކުއްޖަކު އަޅާނުލި. މަންމާ. މިއީ އަޅުގަނޑު ހާދަ އުންމީދު ކުރި ދުވަހެކޭ. އެކަމަކު… މިހާރު އަޅުގަނޑަށް ސުކޫލް ސިފަވަނީ ބިރުވެރި ޖަންގައްޔެއްގެ ގޮތުގައި. އަޅުގަނޑު ބޭނުމެއް ނޫން މިހެން އުޅޭކަށް. އަޅުގަނޑު މަރުވާން ދޫކޮށްލާ…”

އެރޭ ޝިޔާރާ ދެއްކި ވާހަކައެއީ ނިހާ ދުވަހަކުވެސް ހަނދާން ނެތޭނެ ވާހަކަ ތަކެއް ނޫނެވެ. ނިހާ ހަނެއް ނުހުއްޓެވެ. ޝިޔާރާގެ އެޓީޗަރު ކަމުގައިވާ ސައްތާރުގެ ވާހަކަ އިސްކޯލުގެ ބޮޑުންނަށް އެނގިއެވެ. އެހެނަސް އެއްވެސް ކަމެއް ނުވިއެވެ. ދެން ނިހާ މައްސަލަ ޖެއްސީ ފުލުހަށެވެ. އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ ފުލުހުން އެމައްސަލަ ކުރިއަކަށް ނުގެންދިޔައެވެ. އެހުރިހާ ކަމެއް ވެގެން ދިޔައީ ޝިޔާރާ ނަފްސާނީ ގޮތުން ހަލާކު ކުރުވި ކަމަކަށެވެ. ކޮންފަދަ އަނިޔާއެއް ހެއްޔެވެ؟ ހަލާކު ވެގެން އެދިޔައީ ޝިޔާރާގެ ދިރިއުޅުމެވެ. ޝިޔާރާގެ އުންމީދެވެ.

***

“ޝިޔާރާ ކުޑަ އިރުކޮޅަކު ބޭރުގައި މަޑުކޮއްލެވިދާނެތޯ؟ ޝިޔާރާ މަންމައާއި ޑަކްޓަރު ވާހަކަ ދައްކާލަން” ނިހާ އަހިސް އިށީނުމުން އެކުއްޖާ ވާޙަކަ ދެއްކިއެވެ. ޝިޔާރާ ބޯޖަހާލާފައި ނިކުތެވެ.

“ދައްތާ. ޝިޔާރާ ޑިޕްރެޝަންގެ އިތުރުން، އޭ.ޑީ.އެޗް.ޑީ އަދި އެންޒައިޓީ ޑިސްއޯޑާރްވެސް އެބަ ހުރި. ޝިޔާރާއަށް ކައުންސެލިންގ ބޭނުންވޭ. ވަރަށް ބޮޑަށް ބޭނުންވޭ. މިކޮޅުން އެކަން ހަމަޖައްސާލަ ދޭނަން” ޑަކްޓަރު ނަޒީލް ވާހަކަ ދެއްކިއެވެ. “އަދި އަޅުގަނޑު އަހާލަން ބޭނުން. ޝިޔާރާއަށް ބެހުނު ޓީޗަރު މިހާރު ކޮބާތޯ؟”

“އޭނަ ކޮންތާކަށްތަ ދާނީ؟ ރާއްޖޭން ބޭރު ކޮންމެވެސް ތާކަށް ގޮސް ފިލައިފި” ނިހާގެ އަޑުގައި ހިތްހަމަ ނުޖެހުން އެކުލެވިފައި ވިއެވެ. ނަޒީލް އިސްޖަހާލިއެވެ. އެމައިމީހާގެ ހިތުގައި މިއަދު ހާދަ ޝަކުވާއެއް ވާނެތާއެވެ؟ ޝިޔާރާގެ ފަރާތުން، ޝިޔާރާއަކީ ނިހާގެ ހުރި ހަމަ އެކަނި ދަރިފުޅުކަމާއި، ނިހާއަކީ ހުވަފަތް ވެފައިވަ އަންބެއްކަން ނަޒީލަށް ވަނީ އެނގިފައެވެ.

“އެހެންވީމާ އަޅުގަނޑު ތިން ބޭސް އެބަ ދެއްވަން އިނގޭތޯ؟ ހެނދުނު ބޭހަކާއި ރޭނޑަށް ބޭހެއް. ދެން މިދޭ ބޭސް އެއީ ހާސް ވުމުން، އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުމުން ކާބޭހެއް. ދެން މިރޭގަނޑު ކާބޭސް ކެއީމަ ވަރުބަލިވެ، ނިދި ގަދަވުން އެއީ އާމު ކަމެއް އިނގޭތޯ. ހާސް ވާން ޖެހޭނެ ކަހަލަ ކަމެއް ނޫން. އެއީ އެބޭހަށް ސިކުނޑި ނުހޭނޭތީވެ ވާކަމެއް. އެހެންވީ ނަމަވެސް ބޭސް ހުއްޓާ ނުލައްޗޭ. ނަފްސާނީ ބޭހުގެ ހަގީގީ އަސަރު ކުރަން ނަގާނެ 3 މަސް ދުވަސް އެހެންވެ.” ނަޒީލް ކޮންޕިއުޓަރުގައި ލިޔަމުން ކިޔައިދިނެވެ.

ބޭސް ނަގައިގެން ޝިޔާރާ ގޮވައިގެން ނިހާ ގެއަށް ދިޔައެވެ. ގެއަށް ވަދެވުމާއި އެކު ޝިޔާރާ ވަނީ ކޮޓަރިއަށެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިފައި ޝިޔާރާ ލައިގެން ހުރި އަންނައުނުން މިނިވަން ވިއެވެ. ޝިޔާރާގެ ހަށިގަނޑު ލޫޅާފަތި ކަމުން ނޭނގޭ ކައްޓެއް ނެތެވެ. މިއިން ދުވަހަކު ކެއި ހެންވެސް ހިޔެއް ނުވެއެވެ. ދެލޯ ވަޅު ވަދެފައިވީ އިރު ހީވަނީ މަރު މައްޔިތެއް ހެންނެވެ. ޝިޔާރާގެ ކަރުމެދާއި ހަމައަށްވެސް ނާރާ އިސްތަށިކޮޅު އެކި ދިމަދިމާ ހުރީ އެކި ވަރަށެވެ.

ލަސް ހިނގުމުގައި ޝިޔާރާ ފާހާނާއަށް ވަނެވެ. މާގަނޑު ދޫއްކޮއްފައި އޭގެ ދަށަށް ވަނެވެ. އަދި މުޅިހަށިގަނޑުގައި އަތް ހާކަން ފެށިއެވެ. ހަށިގަނޑުގައި މުޑުދާރު އެއްޗެއް ހޭކިފައި ހުރިހެންނެވެ. އަތް އުނގުޅަމުން ދިޔަ ވަރަށް ޝިޔާރާގެ ދޮން ހަންގަނޑު ރަތްވާން ފެށިއެވެ. ނަމަވެސް އެކަމަކަށް ޝިޔާރާ ފަރުވާލެއް ނުބަހައްޓައެވެ. އަތަށް ލެވުނު ބާރެއް ލާފައި ހަންގަނޑުގައި އަތް އުނގުޅަމުން ދިޔައެވެ. އޭރު ޝިޔާރާއަށް ރޮވެމުން ދިޔައެވެ. ޝިޔާރާގެ ތޫނު ދެލޮލުގައި ކަރުނަވީ އިރު ދެލޮލުގައި ވޭން އޭގެ އިންތިހާއަށް ވިއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް 2 އަހަރުވިއެވެ. ޝިޔާރާގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅުވިއެވެ. ގަވައިދުން ކައުންސެލިންގ ނަގަމުން ދިޔަ އިރު ޝިޔާރާ ދިޔައީ ބޭސްވެސް ކަމުންނެވެ. މިހާރު ޝިޔާރާއަކީ ސައިކޮލޮޖީ ކިޔަވަމުން އަންނަ ކުއްޖެކެވެ. އެއީ އޭނާގެ ހަގީގީ އުންމީދު ނޫން ނަމަވެސް ޝިޔާރާ އެކަން ކުރީ ކުރާ ހިތުންނެވެ.

ރޭގަނޑުގެ ވަގުތެވެ. ޓީވީ ބަލަން އިން ޝިޔާރާ އިނީ އެބަލަން އިން އެއްޗަކަށް ދެލޯ “ތަތް” ކޮއްގެންނެވެ. ކައިރީގައި ބަނބުކެޔޮ ތައްޓެއް އިން އިރު އެހަފާލަ ހަފާލަ ޝިޔާރާ އިންނަތާ މިހާރު ކިތަންމެ އިރެކެވެ.

“ދަރިފުޅާ ޝިޔާ” ނިހާ ގޮވާލި އަޑަށް ޝިޔާރާ ޓީވީ ޕައުސް ކޮއްލިއެވެ. “ކީކޭ މަންމާ؟”

“ދަރިފުޅާ. މަންމަ ބުނީ އެއްކަލަ ބޭސް ދެން ނުކައްޗޭ. އެބޭސް ހުރީ ދުވަސް ހަމަވެފައި. އަލުން ޑަކްޓަރަށް ދައްކާފައި ދެން ބޭސްކާނީ” ނިހާ ބުންޏެވެ. ޝިޔާރާ ބޯޖަހާލިއެވެ.

10 ޖަހަން އުޅެނިކޮށް ޝިޔާރާ އޮށޯއޮތެވެ. ދެކޮޅަށް ފުރޮޅި ފުރޮޅި ޝިޔާރާ އޮތެވެ. 3 ޖެހި އިރުވެސް ޝިޔާރާގެ ލޮލަކަށް ނިންޖެއް ނައެވެ. ޝިޔާރާ ތެދުވެ އިށީނެވެ. ވިސްނާލެވުނެވެ. ބޭހުގެ ދުވަސް ހަމަވެފައި ހުރުމުން މިރޭ ބޭސް ނުކެވޭކަން ޝިޔާރާ ހަނދާނަށް އައެވެ. މޫނު މަތީގައި އަތް އަޅާފައި ޝިޔާރާ އެނދުގައި އޮށޯއޮތެވެ. ދެރަވިއެވެ. ރޮވުނެވެ.

ޝިޔާރާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ޝިޔާރާގެ “މައްސަލައެއް” އެބަހުއްޓޭ ހީވާން ފެށިއެވެ. ޝިޔާރާ އެހެން ކުދިންނާއި ތަފާތު ވާންވީ ކީއްވެގެން ހެއްޔެވެ؟ ޝިޔާރާގެ އުމުރުން އަދި އެންމެ 17 އަހަރެވެ. ނިދުމަށް، ރަނގަޅަށް ކެއުމަށް، ރުޅިމަޑު ކުރުމަށް ޝިޔާރާ ބޭސް ކާން ޖެހެނީ ކީއްވެ ހެއްޔެވެ؟ 80 ގެ އަހަރުތައް ގުނަމުން ދާ މީހަކާއި ޝިޔާރާގެ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ “ސައިކޮލޮޖީ” ކިޔަވާ ކުއްޖަކަށް ވެހުރެ، އެބޭހާއި އެކު ދިރިއުޅެން ވުމުން ޝިޔާރާ ލަދު ގަތެވެ. އަމިއްލަ ނަފްސަށް މަލާމަތް ކުރެވުނެވެ.

ޝިޔާރާ ކެތް ކުރިއެވެ. ޑަކްޓަރު އެޕޮއިންޓްމެންޓް ޝިޔާރާއަށް ލިބުނީ 1 ހަފްތާ ފަހަށެވެ. ޝިޔާރާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. އާދަޔާ ޙިލާފަށް ކެއުމެވެ. ކިތޭވަރަށް ކެޔަސް ބަނޑު ނުފުރުމެވެ. ހިމަތޮޅިކޮށް ހުރި ކުއްޖާ ބަނޑެއްވެސް ލައިފިއެވެ. މޫނު މަތީގައިވެސް ކޮންމެވެސް ވަރަކަށް މަސް ޖަހަން ފެށިއެވެ. ނުނިދެން ފެށިއެވެ. ނިދައިފި ނަމަ ހޭލާން އުނދަގޫ ވާން ފެށިއެވެ. ކަމުގެ ހައްލަކަށް ޝިޔާރާއަށް ފެނުނީ އެންމެ ކަމެކެވެ. އެއީ ދުވަސް ހަމަވެފައި ހުއްޓަސް އެބޭސް ކެއުމެވެ. ޝިޔާރާ އެބޭސް ކާހިތްވިއެވެ. ޝިޔާރާ ވިސްނާލިއެވެ. އެއީ ހަމަ އެބޭހުގެ ސަބަބުންވާ ކަމެއް ހެއްޔެވެ؟

ހަވީރުގެ ވަގުތެވެ. އެހެނަސް ހީވަނީ އިރުއޮއްސެނީހެންނެވެ. ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުންނެވެ. ޖާލީ ދޮރު ކައިރީ އިން ޝިޔާރާ ކޮންމެވެސް އެއްޗެއް ލިޔަމުން ދިޔައެވެ. ކައިރީގައި އެބޭސް ފުޅި އިނެވެ. “އޮލަންޒާޕައިން” އެއީ ޝިޔާރާ ރޭގަނޑު ކޭބޭހެވެ. ޝިޔާރާ ކާހިތްވާ ބޭހެވެ.

ލިޔަން އިން އެއްޗެއް ލިޔެ ނިމުމުން ޝިޔާރާ ބޭސް ފުޅި ހުޅުވާލިއެވެ. އޭގެން 5 ގުޅަ ބޭސް ނަގާ އަނގައަށް ލިއެވެ. ދުވަސްގަނޑަކަށް ފަހު އެބޭސް ކެއުމުން ޝިޔާރާގެ ތުންފަތުގައި ދުވެލީ އުފާވެރި ކަމުގެ ހިނިތުންވުމެކެވެ.

30 8 ވުމުން ނިހާ ޝިޔާރާގެ ކޮޓަރީގައި ޓަކި ޖަހަންފެށިއެވެ. “ދަރިފުޅާ، ކޮބާ ކާން އަންނަންވީނުން؟” ނިހާ ގޮވާލިއެވެ. ނަމަވެސް ޝިޔާރާ އެއްވެސް އެއްޗެއް ނުބުންޏެވެ. 10 ޖެހި އިރުވެސް ޝިޔާރާ ނުނިކުތުމުން ނިހާ ނިންމީ ކޮޓަރިއަށް ވަނުމަށެވެ. ފެނިގެން ދިޔަ މަންޒަރުން ނިހާ އަނގަމަތީގައި އަތް އެޅުނު އިރު ބާރަށް ރޯން ފެށުނެވެ.

މޭޒު މަތީގައި ބޯއަޅާލައިގެން އޮތް ޝިޔާރާގެ ހަށިގަނޑު ވަނީ ނޫވެފައެވެ. އަނގައިން ހުދު ކުލައިގެ އެއްޗެހި ތަކެއް ނިކުމެފައިވީ އިރު ޝިޔާރާގެ ދެލޯ ވަނީ މެރިފައެވެ. ބިރުން ހުރެ ނިހާ ގޮސް ޝިޔާރާގެ ނޭފަތް ކައިރީ އަތް ޖައްސާލިއެވެ. ޝިޔާރާ ނޭވާ ނުލާކަށް އެނގުމުން ނިހާ ތެޅިގަތެވެ. ނިހާ އަވަސްވެ ގަތީ ހޮސްޕިޓަލަށް ދިޔުމަށެވެ.

ހޮސްޕިޓަލަށް ގެންދިޔުމުން ނިހާއަށް ލިބުނީ އޭނާ ދުވަހަކުވެސް އަހަން ބޭނުންނުވީ ޖުމްލައެވެ. “މަޢާފް ކުރޭ ދައްތާ. ހޮސްޕިޓަލަށް ގެނައިރުވެސް ޝިޔާރާގެ ފުރާނައެއް ނެތް…”

ޝިޔާރާގެ މަރުގެ ސެފްޓިކެޓްގައި އިނީ، ދުވަސްފުރިފައި ހުރި ބޭސްތަކެއް ކެއުމުން އަމިއްލައަށް މަރުވީ ކަމުގައެވެ. އެންމެން އެވާހަކަ ގަބޫލު ކުރިނަމަވެސް ނިހާ އެވާހަކަ ގަބޫލެއް ނުކުރެޔެވެ. ޝިޔާރާ އަމިއްލައަށް މަރުނުވާނޭ ކަމަށް ނިހާ ގަބޫލު ކުރިއެވެ.

ޖެހިގެން އައި ދުވަހު ފަތިސް ނަމާދަށް ފަހު ޝިޔާރާގެ ކަށު ނަމާދު ކުރެވުނެވެ. ނިހާ ގެއަށް ވަނީ އެއްވެސް އިހުސާސެއް ނެތް ހާލުގައެވެ. ނިހާގެ ލޮލުގެ ނޫރު އޭނާ ދޫކޮށްފައި އެދިޔައީ އެނބުރި އައުމެއް ނެތް އާލަމަށެވެ. ދެން ދުވަހަކުވެސް ނިހާއަކަށް ޝިޔާރާ ނުފެންނާނޭ ހިތަށް އެރުމުން އަނެއްކާވެސް ރޮވޭ ގޮތް ވިއެވެ.

ލުއި ފިޔަވަޅު ތަކެއްގައި ނިހާ ގޮސް ވަނީ ޝިޔާރާގެ ކޮޓަރިއަށެވެ. ކޮންމެ ދިމާލަކުން ޝިޔާރާގެ ހަނދާންތައް އައުވަމުން ދިޔައެވެ. ނިހާ ގޮސް އިށީނީ ޝިޔާރާގެ އެނދުގައެވެ. އެވަގުތު ނިހާގެ ލޮލުގައި ކަރުދާސް ކޮޅެއް އަޅައިގަތެވެ. ނިހާ އެގަނޑު ނަގާ ކިޔަން ފެށިއެވެ.

“ލޯބިވާ މަންމައަށް،

މަންމާ. އަޅުގަނޑަށް މަޢާފް ކުރޭ. އަޅުގަނޑަކަށް މަންމަ ބޭނުންވީ ފަދަ ދަރިއަކަށް ނުވެވުނު. ބައްޕަ އުންމީދު ކުރިހެން ޑަކްޓަރަކަށް ނުވެވުނެވެ. މަޢާފް ކުރޭ މަންމާ. މަންމާ. އަޅުގަނޑަށް ދިމާވީ އެ ނާއިންސާފީ ކާރިސާގައި އަޅުގަނޑު ގާތުގައި ތަފާތު ވުމެއް ނެތި ހުރެ ދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. ތިއީ ލާމަސީލު މަންމައެއް. އެންމެން އަޅުގަނޑު އެސާރ ބޮލުގައި ދޮގު އިލްޒާމް އަޅުވަނީއޭ ކީ އިރުވެސް މަންމަ އަޅުގަނޑުގެ ވާހަކަ ގަބޫލު ކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އެހެނަސް މަންމާ. އަޅުގަނޑުގެ ދިރިއުޅުން މިހާރު ހަލާކު ވެއްޖެ. އެއީ މަންމައަށް މަލަން އެޅޭނެ ފާރެއް ނޫން. ނަމަވެސް…

އަޅުގަނޑު އަބަދުވެސް އުފާ ކުރާނަން، އެފާރުގައި މަންމަ ލޯބިން ފިރުމާލަ ދިނީތީ. މަންމާ. މިއަދު އަޅުގަނޑަށް އެނގިއްޖެ އަޅުގަނޑުގެ ދިރިއުޅުމުގެ ހުންގާނުގައި ހިފަހައްޓައިގެން ތިބީ އަޅުގަނޑުގެ މިބޭސްތައްކަން. މަންމާ. އެއީ ކީއްވެ؟ ކީއްވެ އަޅުގަނޑަށް މިހެން ވީ؟ މަންމާ. މަންމަ އެހެން ބުނީމައި އަޅުގަނޑު އެބޭހެއް ނުކަން. އެކަމަކު އޭގެ ފަހުން ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި. އާދަޔާ ޙިލާފަށް ކެވެންފެށި. ކިތޭވަރަށް ކެޔަސް ބަނޑު ނުފުރޭ. އަޅުގަނޑު ބަނޑެއްވެސް ލައިފި. މޫނު މަތީގައިވެސް ކޮންމެވެސް ވަރަކަށް މަސް ޖަހައިފި. މަންމަވެސް އެކަން ފާހަގަ ކުރީމެއްނުން؟ ނުވެސް ނިދޭ. ނިދައިފި ނަމަ ހޭލަން އުނދަގޫވޭ. ކަމުގެ ހައްލަކަށް އަޅުގަނޑަށް ފެނުނީ އެންމެ ކަމެއް.

އެއީ ދުވަސް ހަމަވެފައި ހުއްޓަސް އެބޭސް ކެއުން. މަންމާ. އަޅުގަނޑު އެބޭސް ކާން ބޭނުން. ކާހިތް ވަނީ. އޭރުންވެސް ރަނގަޅު ވެދާނެ ކަންނޭނގެއޭނުން؟ މަންމާ. ދެން އެ އެޕޮއިންޓްމެންޓަކަށް ކެތެއް ނުކުރެވޭނެ. މަންމާ. އަޅުގަނޑު މިއުޅެނީ އެބޭސް ކާން. އިންޝާ ﷲ އޭރަށް ރަނގަޅުވާނެ. އެކަމަކު، މަންމަ މިނޯޓް ކިޔާނަމަ އޭގެ މާނައަކީ އަޅުގަނޑަށް ކަމެއް ވެއްޖޭ. މަންމަ ރުޅި ނާންނައްޗޭ. އަޅުގަނޑު ގަސްތުގައެއް ނޫން…”

ޝިޔާރާގެ އެނޯޓު ކިޔާ ނިމުން އިރު ނިހާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ. އޭނާގެ ދަރިފުޅު ވަކިވެ އެދިޔައީ ކޮންހާލެއްގައި އުޅިފައި ހެއްޔެވެ؟ އެހެންކަމުން ޝިޔާރާގެ މަރުގެ ގާތިލަށް ވާނީ ޝިޔާރާ ހެއްޔެވެ؟ ނުވަތަ ޝިޔާރާއަށް ބެހުނު ޓީޗަރު ހެއްޔެވެ؟

(ނިމުނީ)

~ނަފްސާނީ ބަލިތަކަކީ ސަމާސާއެއް ނޫނެވެ. ތިބާ ކުރިމަތީގައި އަބަދު ހިނިތުންވެފައި ހުންނަ އެކުވެރިޔާ ނުވަތަ އާއިލާ މެންބަރަކީ މިކަހަލަ ކަމެއް ތަހައްމަލް ކުރަމުންދާ ފަރާތަކަށްވެސް ވެދާނެއެވެ. އެހެންކަމުން އެމީހުންގެ އިހުސާސްތައް ދެނެގަންނަން މަސައްކަތް ކުރާށެވެ. ނަފްސާނީ ބަލި ތިބޭ މީހުން އެކަނި ނުކޮށްލާށެވެ. އެމީހުނަށް ބޭހަށްވުރެ، ލޯއިތްބާއި އަޅާލުމުން ލިބޭ ފަރުވާ މާބޮޑެވެ. އެމީހުނަށް އެކަމުން އަރައިގަތުމަށް އެހީވެދޭށެވެ. ނަފްސާނީ ބޭހަކީ ދެވި ހިފާ ބޭހެކެވެ. ބޭސް ކެއުމުން ދާއިމީ ހައްލެއް ލިބޭނެ ކަމަށް އަޅާ ނުލާ ނުހުންނާށެވެ. އެހެން ހުރެފި ނަމަ، ދާއިމަށް އެބޭސް ކާން ޖެހިދާނެއެވެ. އޭރަށް ޝިޔާރާ ފަދައިން އެތަށް ކުދިންނެއްގެ ދިރިއުޅުން ހަލާކު ވެގެން ދާނެއެވެ. މިވާހަކައިން ކިޔުންތެރިންނަށް އިބުރަތެއް ލިބުންކަމަށް އުންމީދު ކުރަމެވެ. ޝިޔާރާ ފަދަ ކުދިން އެކަނި ނުކޮށްލަމާ ހިނގާށެވެ~ 🤍

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-12

Next

އަބަދަށްޓަކައި ހިތުގެ ލޯބި 24

Next
August 7, 2025

އަބަދަށްޓަކައި ހިތުގެ ލޯބި 24

Previews
August 7, 2025

ބަރުބާދު ކޮށްލީ ހަޔާތޭ އަނިޔާތަކެއް އޭރުދީފާ-12

10 Comments!

  1. shihaamaa ali shihaamaa ali says:
    August 7, 2025 at 7:37 pm

    ޑިޕްރެޝަން އަކީ ނަފްސާނީގޮތުން ކުރިމަތިވާ ބައްޔެއް. އެއީ އީމާންކަން ދަށްވުމުގެ ސަބަބުން ނުވަތަ އީމާންކަން ބަލިކަށިވުމުގެ ސަބަބުން މެދުވެރިވާ ކަމެއް ނޫން. އީމާންކަން ވަރުގަދަ މީހަކަށްވެސް ޑިޕްރެޝަންގެ ބަލި ކުރިމަތިވެދާނެ. ހުރިހާ ނަފްސާނީ ބަލިތަކަކީ ތިމާގެ އީމާންކަމާ ސީދާސީދާކޮށް ގުޅިފައިވާ ބަލިތަކެއް ނޫން. އެކަމަކު އީމާންކަން ހަރުދަނާކުރުމަކީ އެފަދަ ބަލިތަކާ ދުރުހެލިވުމަށް ކުރެވިދާނެ ކަމެއް. އަދި އެފަދަ ބަލިތައް ޖެހިފައިވާ މީހުން އެފަދަ ބަލިތަކުން ޝިފާ ހޯދުމުގައިވެސް އީމާންކަން ވަރުގަދަ ކުރުމާއި، ދީނީ އަޅުކަންތަކަށް ސަމާލުކަން ދިނުމާއި، ކީރިތި ޤުރްއާން ގިނަގިނައިން ކިޔެވުމާއި، ދުޢާކުރުމާއި، ﷲ އަށް ޛިކްރުކުރުމަކީ ވަރަށް ރަނގަޅު ފަރުވާތަކެވެ.
    އެންޒައިޓީ ނުވަތަ ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކާ އެކި މީހުން ކުރިމަތިލާގޮތް ތަފާތެވެ. މުއުމިނަކަށް އެފަދަ ކަމެއް ކުރިމަތިވުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއާ ކުރިމަތިކުރައްވާ އިމްތިޙާނެކެވެ. މުއުމިނުންނަކީ އީމާންކަމުގެ ނޫރު ލިބިގެންވާ ބައެކެވެ. ދިރިހުރުމުގެ މަޤްޞަދެއް އޮތް ބައެކެވެ. އުފާވެރިކަމުގެ އަހުލުވެރިންނެވެ. ހިތުގެ ހަމަޖެހުން އެބަޔަކަށް ﷲ ދެއްވާ މީހުންނެވެ. ހެޔޮ ޢަމަލު ކުރުމުން އުފާވެރިކަން ލިބޭ މީހުންނެވެ.
    ވީމާ، އެންޒައިޓީ ނުވަތަ ޑިޕްރެޝަން ފަދަ ކަމެއް ކުރިމަތިވިއެއް ކަމަކު، ދިރިއުޅުން މަތިން އުންމީދު ކަނޑާލާ، މާޔޫސްވެ، އެކަނިވެރިވެ، ގޮތް ހުސްވެ، އަނދިރިކަމާއި ހިތާމައާއި ހިތްދަތިކަމުން މުޅި ޙަޔާތް ފުރާލައި، ދީނީކަންކަމާއި ދުރުހެލިވެ ނަމާދު އަޅައި، ﷲ ގެ ޛިކްރުން ދުރުވެ ހިތަށް ނުތަނަވަސްކަން ލިބި، ތިމާއަކީ ބޭކާރު މީހެއްކަމުގެ ނިންމާ، ދިރިހުރުމާމެދު އުންމީދު ކަނޑާލާ، ހިތާމަވެރިކަން ފިލުވާލުމަށޭ ބުނެ ﷲ ޙަރާމްކުރެއްވި ތަކެތި ބޮއެ، އިތުރު ފާފަތައްކޮށް ނަފްސު ތަޣައްޔަރުކޮށް، އަމިއްލައަށް މަރުވާ ހިސާބަށް ނުދާށެވެ. ﷲ ގެ މި ވަޙީ ބަސްފުޅު މިއީ ތެދެއްކަން ޤަބޫލުކުރާށެވެ. لَا يُكَلِّفُ اللَّهُ نَفْسًا إِلَّا وُسْعَهَا (البقرة 286) މާނައީ: “اللَّه، އެއްވެސް ނަފްސަކަށް، އެ ނަފްސަކަށް ކުޅަދާނަވެގެންވާ ކަމަކަށް މެނުވީ ތަކްލީފެއް ނުޖައްސަވައެވެ.”

  2. shihaamaa ali shihaamaa ali says:
    August 7, 2025 at 7:42 pm

    This story is based on a true story.. only the names and that she died were changed in the story everything else was real.. hope she gets some love🫶🏻

  3. Unnie says:
    August 7, 2025 at 8:20 pm

    Woahh love itt!!❤️❤️

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:02 pm

      Jazaakallah khairan🫶🏻

  4. No one16 says:
    August 7, 2025 at 8:24 pm

    Masha Allah mis tory vs vrhhh reethi💕
    So happy I got to read another amazing story from you
    Really love itttt ❤️
    Lysmmm shiherrr ❤️

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:03 pm

      Jazaakallah khairan dear
      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
      Kuriyah oiy thaanga vess more dhigu, and kuruvaahaka kiyan libeyne in sha allah❤️
      Lyttt

  5. imko💞 says:
    August 7, 2025 at 9:05 pm

    I am the one like that 😭
    But my family hate me 💔
    Why my family hate me is that because of that 😭
    My family love my sister 😭
    No one like me and my best friend also hate me 💔

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:03 pm

      Ehn nubunaane dhw.. it dose not make you weak.. in sha allah one day you will be okay.. keep praying and making more and more dua’s ❤️

  6. aanaa says:
    August 7, 2025 at 10:52 pm

    Masha allah mi vhk vrh vrh vrh reethi
    Alhey rovihje mi vhk kiyaafa
    Mihaar ge miihun egth kanthah kuraa irk neynge e kulheveny baehge dhiri ulhumaai kmh..aana ge cousin akh vs vi mikahala kmh..ekan kurii adhi eynage kaafa..hama hairaanvey..assu e miihunnah vs nuvisney thii eh nun..hama goas kmn..mikmn gthru kuramun dhaa huriha kudhin mikmn salaamaiy kohdhenvaandheyve..ameen🤲
    Anehka vs shihaa ge kuru vhk eh vrh avahah kiyaalan libeyne kmh unmeedh kuran… Mi kahala muhinm info eh libey vhk eh:)
    Lyyyy🫶

    1. shihaamaa ali shihaamaa ali says:
      August 8, 2025 at 1:05 pm

      Jazaakallah khairan dearr❤️❤️
      Asluvx dhw i was in tears writing it as well..
      Yeah this generation ga bappa vess dharifulhah ehn hadhany vihya dhn who won’t..
      In sha allah ta’ala aameen ya rabbul aa’lameen🤲🏻
      Hehe in sha allah
      Lytt

Comments are closed.



All Right Reserved!