ޔާރު ދެވުނޭ ލޮބޭ ހަޤީޤީ 03
މަންމަ ތި އުޅެނީ ބުނަން އެއީ ވަރަށް ނުރައްކާތެރި ވަޒީފައެކޭތަ……. މި ފަހަރު މަ ޕޮލިހަކަށް ވާނަން އެކަކަށް ވެސް ނުހުއްޓުވޭނެ.“ މިހެން ބުނަމުން ޒައުލް ގެއިންނުކުތެވެ.
ޒައުލް ގޮސް ވަނުނީ ވަރަށް ބޮޑުކޮށް ހަދާފައި ހުރި ފައިޓު ކުރަން ދަސްކުރާ ތަނަކެވެ. ”މިހާރު ކޮން ކަމަކާއި ފުއްވައިލާފައި.“ ޒާލިކް ޒައުލް އަށް ދިމައިކޮށްލަމުން ބުނެލިއެވެ. ”އެއްކަލަ ގޮލާ ހުންނަނީ އަދި ވެސް ހިތާވެފައި ދޯ.“ ޔަލާން ސީރިއަސް ވެލަމުން ބުނެލިއެވެ. ” އާނ ކީއްކުރަނީ ގަޅިކަމުން އުޅެނީ އެއްނު.“ ޒައުލް ހެވިލަމުން ބުނެލިއެވެ. ”އޭއި ޒެލޯ ކަލޭ ގެންގުޅޭ މަންޖެ ކޮބައިތަ.“ޒައުލް ލާނެއް ގޮތަކަށް ބުނެލިއެވެ.
*********************
އާރާ އަށް ހޭލެވުނު އިރު ގަޑިން 12:30 ވެއްޖެއެވެ. އާރާ މިއަދު އެއްކޮށް ރޮއުމުގެ ސަބަބުން މުޅިން ދެ ލޮލުގައި ރިހެއެވެ. މޫނު ދޮވެލައިގެން ކާން ދާން ނުކުތެވެ. ކައިގެއަށް ދިޔަ އިރު އައިޒަންމެން ސަކަރާތް ޖަހަން ތިއްބެވެ. އާރާ އަޅައިނުލައި ކާން ފެށިއެވެ. މިހާރު އާރާގެ މިޒާޖަށް ރވަރަށް ގިނަ ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ކުރީގައި އާރާއަކި ވަރަށް މަޖާ ކުރާ ހިތްވައި ކުއްޖެކެވެ. މިހާރު މަރުވެފައި އިންނަ މައްޔިތަކާއި އެއްވަރެވެ.
އާރާ ކޮޓަިއަށް ވަދެފައި އެނދުގައި އިިށީނުުމުން މީގެ 3
އަހަރުގެ ކުރީގެ ހަނދާންތައް އައުވިއެވެ.
3 އަހަރު ކުރި
ހެނދުނުގެ ވަގުތެވެ. ސުކޫލުގައި ހަލަބޮޮލިކަމާއި އެކު މުދައްރިރިސުންނާއި ދަރިވަރުން ހަރަކާތްތެރި ވަމުން
ދިޔައެވެ. މިއަދަކީ އައު އަހަރެއް ފެށޭ ދުވަހެވެ. މީއީ ކުލާސްތައް ބަދަލުވައި ދުވަސްކޮޅެވެ. ގްރޭޑް 8ގެ ކުލާހުގައި އިން އާރާ އިނީ މުދައްރިސު ނައިސްގެން އައު ފުރި ފުރިއެވެ. އިރުކޮޅެއް ނުވެއެ މުދައްރިސު ކުލާހަށް އައެވެ. އެ ވަގުތު އޮލަ ވަާހަކަގައި ތިބި ގޮސިޕް އަންޓީސް ވެސް ހިމޭން ވިއެވެ. ” އައްސަލާމު އަލައިކުމް“ މިސް ސަލާމް ގޮވައިލިއެވެ. ހުރިހަާ ކުދިން ސަލާމް ބަލައިގަތެވެ.
އެ ވަގުތު އާރާ ލޮލުގައި އަޅައިގަތުނީ 14 ވަރަކަށް އަހަރު އަންހެން ކުއްޖެކެވެ. ” ހުރިހާ ކުދިން ……. މިއީ ލީޝާ މި ކުލާހަށް މި އަހަރު އަލަށް ޖޮއިންވި ކުއްޖާ ……. ހުރިހާ ކުދިން ވެސް ލީޝާ އަށް އެހީތެރިވެ ގުޅިގެން އުޅެއްޗޭ.“ މިސް ބުނެލިއެވެ. އަދި ލީޝާ ކައިރީގައި އިށީންނުމަށް ބުނެލިއެވެ.” ހާއި … އައިމް އާރާ ޔޫ ކޭން ކޯލް މީ އާރު … ނައިސް ޓު މީޓް ޔޫ.“ އާރާ އަމިއްލަޔަށް ތާރަފްވެލިއެވެ.
ދުވަސްތައް ވަރަށް ހަލަ ބޮލިކަމާއި އެކު ނިމެމުން ދެއެވެ. މިއަދަކީ އާރާމެންގެ ސްކޫލުގައި ކިޔަވާއި އެންމެ ފަހު ދުވަހެވެ. ” އަޅޭ…. ކާންޓް ވެއިޓް ޓު ފިނިސް ސްކޫލް.“ ލީޝާ ވަރަށް ހެވިފައި ބުނެލިއެވެ.” ޔާހ ދޯ ….. އެކުމަކު މި ތަން މަތިން ވަރަށް މިސް ވާނެ.“ އާރާ ކުލާހަށް ބަލައިލަމުން ބުނެލިއެވެ. ” އޭއި އެބައުޓް ދެޓް……. މިއަދު މިއިީ ޔޫ އެންޑް ޔުއާރ ބީއެފް ގެ 2 އިއާރ އެނެވާރސަރީއެއްނު.“ ލީޝާ ބުނެލިއެވެ. އާރާ ހޫމް ހަނދާން އެބަހުއްޓޭ ބުނެލިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އާރާ ތައްޔާރުވަމުން ދިޔައީ ނަހަލް އާއި އެކ އަތިރިމައްޗަށް ދާށެވެ. 3:45 ގައި ނަހަލްގެ މެސެޖެއް އައެވެ.”ހެއި ބޭބީ އަންނާކައްނު ލައިޝާ އެއްކޮށް އަހަރެން އެބަ ޖެހޭ ކުޑަ ކަމެއް ކޮށްލަން.“ ނަހަލް މިހެން ޖަހާފައި އިނުމުން އާރާ ތުންއަބުރާލިއެވެ. އަދި ސޯލްގެ އެންމެ ފަހު ޕިން ޖަހާފައި ލައިޝާ ބަލައި ދިޔައެވެ.” ލައީ …… އާދެބަލަ ނޮންނި ގޮވައިގެން ބީޗަށް ދާން.“ ލައިޝާ ހޫމް ލައްވާލާފައި ކަންނެއްކަމާއި އެކު އެނދުން ތެދުވިއެވެ. ބީޗާއި ހިސާބަށް ދެވުމުން ލައިޝާ ކައިރީގައި މި ތާންގައި މަޑު ކުރާށޭ ބުނެލިއެވެ. ނަހަލް ބުނިތަނަށް ގޮސް އާރާ އެތަނަށް ބޯ ދިއްކޮށްލިއެވެ. ދެން ފެނިގެން ދިޔަ މަންޒަރާއި އެކު އާރާގެ އަތުގައި އޮުުތް ފޯނު ވެއްޓި ދެ ލޮލުން ކަރުނަ ޖަމާވިއެވެ.
= ނުނިމޭ =
2 Comments!
Comments are closed.

vrh salhi. when next?
Thanks. Insha Allah very soon.