މަންމަ ތި އުޅެނީ ބުނަން އެއީ ވަރަށް ނުރައްކާތެރި ވަޒީފައެކޭތަ……. މި ފަހަރު މަ ޕޮލިހަކަށް ވާނަން އެކަކަށް ވެސް ނުހުއްޓުވޭނެ.“ މިހެން ބުނަމުން ޒައުލް ގެއިންނުކުތެވެ. ޒައުލް ގޮސް ވަނުނީ ވަރަށް ބޮޑުކޮށް ހަދާފައި ހުރި ފައިޓު ކުރަން ދަސްކުރާ ތަނަކެވެ. ”މިހާރު ކޮން ކަމަކާއި ފުއްވައިލާފައި.“ ޒާލިކް ޒައުލް އަށް ދިމައިކޮށްލަމުން ބުނެލިއެވެ. ”އެއްކަލަ ގޮލާ ހުންނަނީ އަދި ވެސް ހިތާވެފައި ދޯ.“ ޔަލާން ސީރިއަސް ވެލަމުން ބުނެލިއެވެ. ” އާނ ކީއްކުރަނީ ގަޅިކަމުން […]
އިރުކޮޅެއް ފަހުން އާރާ ހޭއެރިއެވެ. އާރާ ހޭއެރަ އިރު ކޮން ތާކު ކަމެއްގައި ވެސް ނޭނގެއެވެ. އިރެއް ނުވެއެއި ކަޅުކުލައިގެ މާސްކެއް އަޅައިގެން ހުރި މީހަކު އައެވެ. ދެން މުޅި ތަނުން ގުގުމާލީ އާރާގެ ހަޅޭކުގެ އަޑެވެ. ”ނޫން…. ނޫ… ން….ތިއީ އަސްލެއް ނޫން“. ރޮމުން ރޮމުން އާރާ ބުނެލިއެވެ. އާނއެކެވެ. އޭނާގެ ދެ ލޯ ކުރިމަތީގައި އެ އޮތީ އޭނާގެ ލޮލުގެ ނޫރު ފަދަ ލޯބިވާ މަންމަ އާއި ބައްޕަގެ ފުރާނަނެތް މަސްގަނޑެވެ.”ހަނދާން ކުރާތި މިއީ […]
އައު ދުވަހެއްގެ ހެނދުނެވެ. އުމުރުން 17 އަހަރު އަންހެން ކުއްޖެއް ގަދަ ނިދީގައި އޮތެވެ. އެ ޒުވާނާ ނިދީގައި ކުޑަ ކުޑަކޮށް ގިސްލަމުން ދިޔައެވެ. އިރުގަނޑެއް ފަހުން މީހަކު ކޮޓަރީގައި ޓަކި ޖަހާ އަޑު އިވުނެވެ. ”ދަރިފުޅާ އާރާ…….. އަވަހަށް ތެދުވޭ.“އައިސާ ނިކަން ލޯބިން ބުނެލިއެވެ.”ލައްބަ ދޮންތާ… މި ތެދުވަނީ.“ އާރާ ދެލޯ އުގުޅަމުން ބުންޏެވެ. އާރާ އެނދުން ތެދުވެފައި ފަހާނަ އަށް ވަދުނެވެ. މޫނު ދޮވެލައިގެން އައިސާ އަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދެން އެހީތެރިވިއެވެ. ހެނދުނުގެ […]