Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި-7

__devil__09 Level 210 Stories100 Login
December 7, 2025 2 Mins Read
0 Comments

*”އެއްވެސް ކަމެއް ނުވޭ. ހިނގާ އެތެރެއަށް.” މިންހާ އެހެން ބުނި ގޮތަށް ގޭތެރެއަށް ވަދެގެން ދިޔަ އެވެ.*

ކޮޓަރިއައް ވަދެވުނުތަނާ މިންހާގެ ފޯނެއް މެސެޖެއް އައެވެ.

“ހާދަ އަވަހައް ތި ގެއައް ވަނީ.” ނާއިލްގެ މެސެޖެކެވެ.

“ވަރުބަލި ވެފަ ހުރީމަ.” މިންހާ ޖަވާބު ދިނެވެ.

“އެޓްލީސްޓް ގުޑްނައިޓް ބުނެލި ނަމަ.”

“ނިދަން ވީމަ”

އަދި ނޫޅެންތަ މިދާކަށް.”

“ހީމް”

“ދެން ކީއްވެ މާވރަކުން ގެއައް ނުދެވިގެން އުޅުނީ. އެހާ ދުވަސް ކޮއްފަ މީޓް ވީމަ ވެސް”

“ސޮރީ. މިރޭ ވަރައް ޓަޔާޑް. އެހެން ރެއަކުން ދޯ. ގުޑް ނައިޓް.”

“އޯކޭ. ގުޑް ނައިޓް.”

މިންހާ އިސް އުފުލައިލި އިރު މައިހާ އާއި ރާނާ ތިބީ އޭނާ އަށް ބަލަހައްޓައިގެންނެވެ.

“ކޮބާ މައްސަލައެއް. އަދި ތިމީހުން ތިބޭނެ މިރޭވެސް ގުޅައިގެން. ކައިއުޅެނީ ނިދަން.” މިހެން ބުނެފައި މިންހާ ގޮސް ފާހާނާ އަށް ވަނެވެ.

ރޭގަނޑުގެ ވަގުތެވެ. ‘ނައިޓް އަވާރސް’ގޭ މީހުން އުޅުނީ ކައިރީ ފަޅުރަށަކަށް މަސް ބާނަން ގޮހެވެ. ބޮޑެތި މީހުން މަސް ބޭނި އިރު ކުޑަކުދިން ތިބީ އެއްގަމު ގައި ވާހަކަ ދައްކާށެވެ. ބިރުވެރި ވާހަކަ ދައްކައި މިންނަ މެން ބިރުދެއްކު އިރު ރަނަ މެން ތިބީ މަޖާވެފަ އެވެ.

ނާއިލް ގުޅުމުން މިންހާ ދުރައްޖެހިލި އެވެ. ވާހަކަ ދައްކަމުން އޭނާ ދިޔައީ އެންމެންނާ ދުރަށެވެ.

މިންހާ ގެ ފޯނުން އެހެން މީހުން ބީ ސަކަރާތް ޖަހާ އަޑު ނާއިމް އައް އިވެ އެވެ. ނަމަވެސް އެއީ ހުރިހާ އަޑެއް ކެނޑުމުން އޭނާ ހާސްވި އެވެ.

” މިން. އެހެން މީހުން ކޮބާ؟” އަޑުގައިވީ ހާސްކަން ނާއިލް އަކައް ނުފޮރުވުނެވެ.

“އެބަ ތިބި. އޯ ނޯ. ވަރަށް ދުރުގަ ތިބީ.” މިންހާ ހާސްވި އެވެ. ފޯނުން ވާހަކަ ދައްކަމުން އޭނާއަށް އެހާ ދުރައް އާދެވުނު ކަން ވެސް އޭނާ އަކަށް ނޭނގުނެވެ.

“މިން ދޭ އެމީހުން ކާރިއައް. ކަނޑައެއް ނުލާނަން.” މިންހާ އަށ ގޮތެއް ވެދާނެތީ ނާއިލް ހުރީ ކަންބޮޑުވެފަ އެވެ.

“ބޭބެ މިތާ ކީއްތިކުރަނީ؟.” ޒައިދު ފެނިފައި މިންހާ ހައިރާންވެ ބިރުގަތެވެ. ފޯނުވެސް ތިރިކޮއްލި އެވެ.

“މިންހާ ހޯދަން މިއައީ. އެންމެން ކައަރީ ނީންދެ މިތަނަށް ތިއައީ އަމިއްލަ އަށް.” ޒައިދު އައީ ސީދާ މިންހާ އާއި ދިމާލަށެވެ.

މިންހާ އިތުރައް ބިރުގަތެވެ. ދުރުން ދުވެފައި ދެމީހަކު އަންނަ ތަން ފެނިފައި މިންހާ އަށް ބަލައިލެވުނީ ފޯނު ސްކްރީން އަށެވެ. ނާއިލް ފޯނު ކަނޑައިލައިފި އެވެ.

މައިހާ އާއި ރަނާ އައިގޮތަށް ޒައިދުގެ ބުރަކަށީގައި އަޅާ ކޮއްޕައި އެވެ. އޭނާ ބިމުގައި ޖެހުމާއި އެކު މައިހާ އާއި ރަނާ ދަނޑި ގަނޑަކުން އޭނާ ގައިގައި ތަޅައިގަތެވެ. މިންހާ ވެސް އެމީހުންނާއި އެއްބައިވެގެން ޒައިދު ގައިގައި ތަޅައިގަތެވެ.

“އޭ. ކާލޯ ކަންތަ މުޅިން ގޯސް ވެއްޖެ.” ނާއިމް ކޮންމެވެސް މީހަކާއި ގުޅާފައި ބުންޏެވެ. އަދި ކުޑަކޮށް ވާހަކަ ދައްކައިލައިފައި ފޯނު ކަނޑައިލި އެވެ. އައިސް ފައި ހުރި ރުޅި ބޭލީ ކޮޓަރީގައި ހުރި ލޯގަނޑަށެވެ. އަޑުގަދަ ވެގެން ނާއިލްގެ މަންމަ އައިސް ދޮރުގައި ޓަކި ދިނެވެ.

“އެއްވެސް ކަމެއް ނުވޭ މަންމާ.” ނާއިލް ގޮވައިލި އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ދަތުރު-14

Next

އެ ކުޑަ ކުއްޖާ 04

Next
December 7, 2025

އެ ކުޑަ ކުއްޖާ 04

Previews
December 7, 2025

ދަތުރު-14



All Right Reserved!