Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބިـ6

__devil__09 Level 210 Stories100 Login
July 10, 2025 2 Mins Read
0 Comments

*”ތަން ކޮޅެއް ފަރުވާތެރިވާން ވެއްޖެއްޔާ.” ނާއިލް އަށް ގުޅުމެއް ފަހު ރީހާން މިންހާ އާއި ދިމާލަށް ބުންޏެވެ.*

ލަސްތަކެއް ނުވެ ނާއިލް އާއި މައިހާ އައެވެ. ރީހާން ފެނުމާ އެކު މައިހާގެ ފިޔަވަޅުތައް ހުއްޓުނެވެ. މައިހާ ކުރިއަށް އެންމެ ފިޔަވަޅެއް ވެސް މޭރުމުން މިންހާ އާއި ރީހާން މައިހާ ކައިއަށް ދިޔައެވެ.

ރީހާން އައިސް މައިހާ ކުރިމައްޗަށް ހުއްޓުމުން، މައިހާ އުޅުނީ ދުރަށް ދާށެވެ. ނަމަވެސް އޭގެ ކުރިން ރީހާން މައިހާގެ އަތުގައި ހިފެހެއްޓި އެވެ.

“މައި މަޑުކޮށްބަލަ. އަހަރެން ބޭނުމޭ ވާހަކަ ދައްކަން.” ރީހާން މަޑުމަޑުން ބުނެލި އެވެ. މިންހާ އާއި ނާއިލް އާއި ދިމާލަށް ބަލައިލުމުން އެދެމީހުން ދުރަށް ހިނގައިގަތެވެ.

“ރަނާ ކީއްވެ މާމަޑުމަޑުން ތިއިންނަނީ؟” ރަނާގެ މަދުމައިތިރިކަން ފެނި މަޔާންގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ރަނާ އާއި ކުރިމަތިކޮއްލި އެވެ.

“މަޑުމަޑުންތަ މިއިނދެވެނީ؟ ސޮރީ.” ރަނާ ވާހަކަ ދެއްކިއިރު އަޑުގައި އެއްވެސް ދިރުމެއް ނެތެވެ. އޭނަ އިނީ މައިހާ އާއި މެދު ފިކުރު ބޮޑު ވެފަ އެވެ.

“ރަނާ. ކަމެއް ގޯސް ވީތަ. އެހެން ނޫނީ ވާހަކަ ހުސްނުވާ ރަނާ ތިއިންނަނީ ވާހަކަ ވެސް ނުދައްކަ. ހީވަނީ ކަމަކާ ވަރަށް ބޮޑަށް ވިސްނާހެން.” ރަނާގެ އަތުގައި ހިފައިލަމުން މަޔާން ވާހަކަ ދެއްކި އެވެ.

“އިޓްސް އެބައުޓް މައި…” ދުރުބަލައިލަމުން ރަނާ ބުންޏެވެ.

“މައި އޭ. މައި އަށް ކިހިނެއްވީ؟”

“ބޭބެ މައި އަށް އެޓޭކް ކުރީ. މައި ސަލާމަތް ވި. ހީވޯންޓް ލީވް ހަރ ލައިކް ދެޓް. މައި އުޅުނީ ރީހާން ކައިރީ ބުނަން ނުކެރިގެން. އެހެންވެ މިން މިރޭ ރީހާން ކައިރީ ބުނަން އުޅެނީ. އެކަމާ ހަމަ ވިސްނެނީ.” ރަނާގެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. 

“މިން. ގޭގަ އުޅޭ އިރު ވެސް ވަރަށް ވިސްނައިގެން އުޅެންވާނީ” ނާއިލްގެ އަޑުގައި ވަނީ އޯގާތެރި ކަމެވެ.

“މިން ދުވަހަކު ވެސް ވާހަކަ ދެއްކި މީހެއް ނޫން. މިން ހިތަށް އަރަނީ ބޭބެ ލަދެއް ވެސް ނުގަނެބާއޭ ބޭބެގެ ކޮއްކޮއެއްގެ ދަރިއަކަށް އެޓޭކް ކުރަން” މިންހާ ފޫހި ގޮތަކަށް ބުންޏެވެ.

“ހަމަ ދުވަހަކު ވެސް ވާހަކަ އެއް ނުދައްކަންތަ؟” ހިނިތުން ވެލަމުން ނާއިލް އެހި އެވެ.

“ހީމް. ކީއްކުރަން ވާހަކަ ދައްކަނީ”

“އެއް ރޭ މަ ދެކުނީމޭ. ވަރަށް ލޯއަޅާފަ ދިޔައީ.” ނާއިލް ހަދާން ކުރަމުން ބުންޏެވެ.

“މިން ހަނދާން ނެތުނީ ބުނަން. ކުރީ ދުވަހު ޖެޓީގަ ތިބި އިރު ބޭބެ އިނެ ދުރުގައި ބަލަން. އެރޭ މާމަ ކައިރީ ކުޓުވި އެވޭ. މާމަ ހުރީ ވަރަށް ރުޅިއައިސަ. ހާދަ ފޫހި މީހެކޭ. ހިތަށް އަރާ މަރާލާނަމޭ.” މިންހާ ބުންޏެވެ.

“މައި އޯކޭ އޭ ބުނެފިއްޔާ އެޓޭކް އެއް ކޮއްލަފްނަން.” ރީހާން ބުންޏެވެ.

“ފުރަތަމަ ވެސް ތަޅައިގަންނަނީ؟” ރީހާންގެ މޫނަށް ބަލައިލަމުން މައިހާ އެހި އެވެ.

“ފުރަތަމަ ވޯނިން. އޭގެފަހުން އެހެން ކަމެއް ކުރާނީ. އައި މީން އޭގެ ފަހުން ވެސް ޒައިދު އެޓޭކްކޮއްފިއްޔާ އައި ވިލް އޯލްސޯ އެޓޭކް. އޯކޭ؟” ރީހާން އޮޅުން ފިލުވައިދިނެވެ.

“ރީހާން ކޮންމެ ގޮތެއްހެދިޔަސް އޯކޭ.” ހިނިތުންވެލަމުން މައިހާ ބުންޏެވެ.

“އޯކޭ. ދެން ހިނގާ ގެއަށް ދާން. މިހާރު ވަރަށް ލަސްވެއްޖެ.” މައިހާގެ އަތުގައި ހިފައިގެން ހިނގައިގަންނަމުން ރީހާން ބުންޏެވެ.

“ހީމް. ދަތުރު ދިޔައީމަ ވަރަށް ޓަޔަޑް. ކޮބާތަ މިންހާ އާ ނާއިލް.” ވަށައިގެން ހޯދައިލަމުން މައިހާ ބުންޏެވެ.

“އެމީހުން އެކަނި ދޫކޮއްލާބަލަ. ނާއިލް މާލޭގަ އުޅި އުޅިފަ އެއާއި. މިން ހަދަން ވިސްނާ ގޮތެއް ވެސް ނޭނގެ. އެދެމީހުން އެހެން ދިމާވާ ފަހަރަކު އެކަނި ދޫކޮށްލަން ރަނގަޅުވާނީ.”

“އައިމް ހަރ އެންޑް ސިސްޓަރ.”

“އޯކޭ. އައި އަންޑަސްޓޭންޑް. އައިމް އޯލްސޯ ވޮރީޑް. ބަޓް ލެޓް ފެން ހޭވް ސަމް ޓައިމް ޓުގެދަރ.”

ރީހާން އާއި މައިހާ އަށް މައިހާގެ ގެއާއި ހަމައަށް ދެވުނު އިރު ދޮރުއަށި ކައިރީ މިންހާ އާއި ނާއިލް ތިއްބެވެ.

“މާކުރިން އައިސްއޭ އެތިބީ. މައި މާބޮޑަށޭ މިން އާ ދޭތެރޭ ވިސްނަނީ.” ރީހާން ބުންޏެވެ.

“ތިމީހުން އަންނަންފެން މިތިބެނީ. މައި އެހާ ވަރަށް މިން އާ ދޭތެރޭ ވިސްނާނެ ކަމެއް ނެތޭ. މަ މިހިރީނު.” ނާއިލް ހީލަމުން ބުންޏެވެ.

“މިން ކުޑަވީމަ. ބޭބެ ގޮތެއް ހަދައިފާނެތީ ބިރުގަންނަނީ” މައިހާ ބުންޏެވެ.

އައި ކޭން ޓޭކް ކެއަރ އޮފް މައި ސެލްފް.” މިންހާ ދޭންފެށި އެވެ. މައިހާ ބަލައިލީ ރީހާން އާއި ދިމާލަށެވެ.

“މިން އެއީ މަގޭ ވެސް ކޮއްކޮ އެކޭ. އެއްޗެއް ދަސްކޮށްދިނުމުން ކޮބާ މައްސަލައެއް.” ރީހާން ވަރަށް ނޫން ގޮތަކަށް ބުންޏެވެ.

“އެޓަޓިއުޑް ދަސްކޮއްދެނީ؟” މިއިހާ އެހެން ބުނި އިރު ރަނާ އާއި މަޔާން އައިސް އެކުދިން ކައިރީ މަޑު ކުރަނީ އެވެ.

“ޝީ އިޒް ނޮޓް އަ ކިޑް އެނީ މޯ.” ރީހާން އަޑަށް ބާރުލާފައި ބުންޏެވެ.

“ތިމީހުން ކޮންކަމަކާ ފޮޅެނީ. މައި އޮންނާނީ ރީހާން އާ ތޮޅޭނޭ ކަމެއް ނުފެނިފަ.” ރަނާ ބުނެލި އެވެ.

“އެއްވެސް ކަމެއް ނުވޭ. ހިނގާ އެތެރެއަށް.” މިންހާ އެހެން ބުނި ގޮތަށް ގޭތެރެއަށް ވަދެގެން ދިޔަ އެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

__devil__09

Level 210 Stories100 Login

Other Articles

Previous

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (1)

Next

ލޯބީގެ ކުރި ދަތުރު 14

Next
July 10, 2025

ލޯބީގެ ކުރި ދަތުރު 14

Previews
July 10, 2025

ނުވާނަމޭ ބަދަލެއް ހުވާ ޔާރާ (1)



All Right Reserved!