
މަޢާފް އެދެމުން 25

“އަސްލު ކިހިނެއް ވީ؟ ސަލަފްއާ ނާބިއާ އެ ހިސާބުން އެ މީހުންނާ ދިމާވީ ކިހިނެއް؟” ވާހަކަ ނުދައްކާ އިރުކޮޅަކު އިނދެފައި އާރިޝް އެހިއެވެ.
ސަލަފްއާ ނާބިތު އެކަކު އަނެކަކަށް ބަލާލިއެވެ. ދެ މީހުންނަށްވެސް އެ ވަގުތުކޮޅު ލޯމަތިން ސިފަވެގެން ދިޔަ ކަހަލައެވެ. އަލްޔާ ދެއްކި ވާހަކަވެސް ދެ މީހުން ހަނދާން ހުއްޓެވެ. އަލްޔާ އެހާ ކަންބޮޑުވެފައި ހުރީ ކީއްވެ ކަން މުޅިން ސާފުނުވި ނަމަވެސް ރިޔާންއާ އަލްޔާގެ މެދުގައި ހަމަނުޖެހުމެއް އުފެދެން މެދުވެރިވި ސަބަބާ މެދު ދެ މީހުންގެ ހިތުގައި ޝައްކު ވިއެވެ.
ނަމަވެސް އެއީ ހަމައެކަނި ޝައްކެކެވެ. އެ ވާހަކަ އާރިޝް ގާތު ބުނާކަށް އެކަކުވެސް ބޭނުމެއް ނޫނެވެ. އެދެމެދުގައި އެއްބަސްވެވިފައި ނުވިޔަސް، އެހާ ދުވަސް ވީ އިރު އެވާހަކަ ނުދައްކާ ތިބީ އެހެންވެއެވެ. އެ ދުވަހު އަޑު އިވުނު އެއްވެސް އެއްޗެއް ޔަޒްދާންއަށްވެސް ކިޔާނުދީ ތިބީ އެކަންތައް ވީ ގޮތް ސާފު ނުވަނީސް އިތުރު މީހަކަށް އެނގެން ބޭނުން ނުވާތީއެވެ. ނަމަވެސް ދެން އެކަން ސާފުވާނެ ކަމުގެ ފުރުސަތު ކުޑައެވެ. ރިޔާންއަށް ނޫނީ އެ ކަމުގެ އަސްލު ކިޔާނުދެވޭނެއެވެ.
“ނާބި… ކީއްވެ އެއްޗެއް ނުބުނީ؟ ސަލަފް…؟” ޖަވާބެއް ނުލިބުމުން އާރިޝް ގޮވާލ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.