ލޯބީގެ ދަތުރު
ރޭގަނޑުގެ ވަގުތެވެ. 14 ވިލޭރޭގެ ރިހި ހަނދުގެ އަލިމުން މުޅިރަށް ދިއްލާލާފައި ވީއިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ. ލޯބިވެރިންނާއި އެކުވެރިންވެސް އެހަނދުގެ ރީތި އަލީގައި ބޭރުގައި އުޅެލުމަށް ބޭރަށް ނިކުމެގެން އުޅެމުން ދިޔައެވެ. އެކުދިންގެ ތެރޭގައި ނާޒްވެސް ހިމެނުނެވެ.
ހަނދުވަރުގެ އަލިކަމުގައި ފެވިއިވާ ގޮނޑުދޮށުގައި ނާޒް އިށީނދެގެން އިނެވެ. ނާޒްގެ ހިތުގައި އުފެދިފައިވާ ލޯބީގެ އިހުސާސްތަކާއެކު، ނާޒްގެ ލޮލުން ކަރުނަ އޮހޮރެމުންދިޔައެވެ. ނާޒްގެ ހިތުގައި ލޯބި އުފެދިފައި ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ ޝައިނާގެ ކޮއްކޮ ވިޝާންށެވެ. ނަމަވެސް، ވިޝާން އާއި މުޒްނާގެ ކައިވެނި ކުރުން ވަނީ މާކުރިންސުރެ ވެސް ހަމަޖެހިފައެވެ.
“ނާޒް! ކިހިނެއް ވެފަ ތިހެން އިންނަނީ؟” ކުއްލިއަކަށް އިވުނު އަޑަކާއެކު ނާޒް ސިހުނެވެ. އެއީ އޭނާގެ އެކުވެރިޔެއް ކަމުގައިވާ އަމަތެވެ. “އަހަރެން… އަހަރެން ހަމަ ރަނގަޅު،” ނާޒް ދޮގު ހެމުމަކާއެކު ބުންޏެވެ.
“ދޮގު ނުހަދާ! އަހަރެންނަށް އެނގޭ ކަމެއް ވެއްޖެކަން. ވިޝާންއާއި ދޭތެރޭ ދޯ ތިވިސްނަނީ؟” އަމަތް ސުވާލުކުރިއެވެ. ނާޒް ހަމަހިމޭނުން އިނދެ، ބޮލުން އިޝާރާތްކޮށްލިއެވެ. އަމަތް އޭނާގެ ގާތުގައި އިށީނދެ، އޭނާގެ ބޮލުގައި ފިރުމާލިއެވެ.
“އަހަރެންނަށް އެނގޭ އެކަން ނާޒްއަށް ވަރަށް އުނދަގޫކަން. އެކަމަކު ހަނދާންބަހައްޓާ، ކޮންމެ ކަމެއްގައިވެސް ރަނގަޅު ގޮތެއް ހުންނާނެ. އެކަންވެސް އެވީ ރަނގަޅަށް ކަމަށް ވިސްނަމާ..” އަމަތް ބުންޏެވެ.
އެހިނދު، ދުރުން ލައިޝާ އާއި ބާރާ ފެނުނެވެ. އެދެކުދިންނަކީ ވެސް ނާޒްގެ ރަޙްމަތްތެރިންނެވެ. އެމީހުން ނާޒް ގާތަށް އައިސް، ނާޒްގެ ހާލު ބަލައި، އޭނާއަށް ހިތްވަރު ދިނެވެ.
“ނާޒް، ނާޒް ތިއީ ހިތްވަރު ގަދަ ކުއްޖެއް. މި ދަތި ވަގުތު ފަހަނައަޅާ ދާނެ. އަހަރެމެން ނާޒްއާއެކު މިތިބީ” ލައިޝާ ބުން ބުންޏެވެ.
“ރަނގަޅު! އަދި ހަނދާންބަހައްޓާތި، ދުނިޔޭގައި އެތައް ބައިވަރު ފިރިހެނުން އެބަތިބި. ވިޝާން އަށްވުރެ މާރަނގަޅު މީހަކު އަދި ނާޒްއަށް ލިބޭނެ، އިންޝާ ﷲ” ބާރާ ހިނިތުންވެލަމުން ބުންޏެވެ.
އެހިނދު، ދުރުން ވިޝާންއި މުޒްނާ ފެނުނެވެ. އަތާއަތް ގުޅުވައިގެން އައި މުޒްނާއާއި ވިޝާން ފެނި ނާޒްގެ ހިތަށް ތަދުވިއެވެ. ނަމަވެސް، އޭނާގެ އެކުވެރިންގެ ބަސްތަކުން ހިތްވަރު ލިބިގެން ދިޔައެވެ.
“ނާޒް، ލޯބިވުމަކީ އަމިއްލަ ނަފްސަށް އަނިޔާ ކުރުމެއް ނޫން. އެހެން މީހަކަށް އުފާވެރިކަން ގެނެސްދިނުން،” ޝައިނާ ބުންޏެވެ. އޭނާ ވެސް ވަނީ ނާޒްގެ ގާތަށް އައިސްފައެވެ.
ނާޒް ބޮލުން އިޝާރާތްކޮށްލިއެވެ. ނާޒްގެ ހިތުގައި އުފެދުނު ވޭނުގެ ބަދަލުގައި، މިހާރު އުފެދެމުންދަނީ ހިތްވަރާއި ފަޚުރުވެރިކަމެވެ. ނާޒްގެ އެކުވެރިންގެ ލޯބި އޭނާއަށް ލިބިފައިވާކަން އިހުސާސްކުރެވުނެވެ. “ތޭންކްސް އެވްރީވަން” ނާޒް ހީލާފައި ބުންޏެވެ.
އެހިނދު، ވިޝާންއާއި މުޒްނާ އެތަނަށް އައެވެ. ދެމީހުންގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަން ހުއްޓެވެ.
“ނާޒް؟ ތިއެންމެން މިތާ ކިހިނެތްވެފަތަ ތިތިބީ؟” ވިޝާން އުފަލުން ފުރިގެންވާ އަޑަކުން ސުވާލުކުރިއެވެ. ނާޒް ހަނުހުރެ، އޭނާގެ އެކުވެރިންނަށް ބަލާލިއެވެ. ޝައިނާ ކުރިއަށް ނުކުމެ ވާހަކަ ދައްކަން ފެށިއެވެ. “ނާޒް ތަންކޮޅެއް ދެރަވެފައި އިނީމަ މިތިބީ” ޝައިނާ ބުންޏެވެ.
“ނާޒް؟ ކިހިނެތްވީތަ އަނެއްކާ؟” ވިޝާން އެއްސެވެ.
ނާޒް ހިތްވަރު ކޮށްލާފައި ތެދުވިއެވެ. “ނޫން، އަހަރެން މިހާރު ރަނގަޅު. ކުޑަކޮށް އޯވާރްތިންކްވީ. އެކަމަކު މިހާރު އަހަރެންގެ އެކުވެރިންގެ އެހީއާއެކު އެކަން ހައްލުވެއްޖެ.”
މުޒްނާ ކުރިއަށް އައިސް، ނާޒްގެ އަތުގައި ހިފާލިއެވެ. “ނާޒް، އަހަރެމެން ދެމީހުން ވެސް ނާޒްދެކެ ވަރަށް ލޯބިވޭ. ނާޒްތިއީ އަހަރެމެންގެ އެންމެ ގާތް އެކުވެރިޔާ. އަހަރެމެންގެ އުފަލުގައި ނާޒް ވެސް ބައިވެރިވާނެކަން އަހަރެންނަށް ޔަގީން.”
ނާޒްގެ ލޮލުން އުފަލުގެ ކަރުނަ އައެވެ. އޭނާގެ ހިތުގައި އޮތް ލޯބި، އެކުވެރިކަމުގެ ލޯއިތްބަށް ބަދަލުކުރުމުގެ އަޒުމުގައި އައި ކަރުނައެވެ.
އެހިނދު، އައިމަން އެތަނަށް އައެވެ. އައިމަން ނާޒްދެކެ ލޯބިވާތާ ވަނީ ދުވަސްތަކެއް ވެފައެވެ. ނަމަވެސް، އެކަން ހާމަ ކުރުމުގެ ހިތްވަރު އައިމަންއަށް ނުލިބޭތީ އަދިއަދަށް ދާންޖެހެންވެސް އައިމަން ހަނު ހުއްޓެވެ.
އެރޭ، ގޮނޑުދޮށުގައި އެކުވެރިން އެކުގައި ވަގުތުތައް ހޭދަކުރިއެވެ. ލޯބީގެ ވާހަކަތަކާއި، އުފާވެރި ހަނދާންތައް ހިއްސާކުރިއެވެ. ނާޒްގެ ހިތުގައި އޮތް ވޭނު މަޑުމަޑުން ފިލައިގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނާޒްގެ ހިތުގައި ވިޝާންއަށް އޮތް ލޯބި، އެކުވެރިކަމުގެ ލޯބިއަށް ބަދަލުވެގެން ދިޔައެވެ. އޭނާ ވިޝާންއާއި މުޒްނާގެ އުފަލުގައި ބައިވެރިވާން ފެށިއެވެ. އަދި އައިމަންއާއި ދޭތެރޭ އޭނާގެ ހިތުގައި އައު އިހުސާސްތަކެއް އުފެދެން ފެށިއެވެ.
އެއް ދުވަހެއްގެ ރޭ، އައިމަން ނާޒްއަށް ގުޅާ، ގޮނޑުދޮށަށް ދިއުމަށް އެދުނެވެ. ނާޒް އެއްބަސްވެ، ގޮނޑުދޮށަށް ދިޔައެވެ. އެތާ އައިމަން ހުރީ ރީތިކޮށް ހެދިފައެވެ. އޭނާގެ އަތުގައި މާމެލާމެއް އޮތެވެ.
“ނާޒް، އަހަރެން ނާޒް ގާތުގައި ބުނަން ބޭނުންވާ ވާހަކައެއް އެބައޮތް” އައިމަން ބުންޏެވެ. “ކިޔާބަލަ، އަހަރެން އަޑުއަހަން ތައްޔާރަށް މިހިރީ” ނާޒް ހިނިތުންވެލަމުން ބުންޏެވެ.
“ނާޒް، އަހަރެން ނާޒްދެކެ ވަރަށް ލޯބިވޭ. އަހަރެންނަށް އެނގޭ ނާޒް ވިޝާންދެކެ ލޯބިވިކަން. އެކަމަކު އަހަރެން އުއްމީދު ކުރަނީ އަހަރެންނަށް ޖާގައެއް ނާޒްއަށް ދެވޭނެ ކަމަށް.. އަހަރެންނާއި އެކުގައި މުސްތަގުބަލެއް ބިނާކުރެވިދާނެ ކަމަށް.”
ނާޒްގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އޭނާގެ ލޮލުގައި އުފަލުގެ ކަރުނަ ޖަމާވިއެވެ. “އައިމަން..، އަހަރެން ވެސް އައިމަންދެކެ ލޯބިވޭ. އަހަރެންނަށް މިހާރު އެނގިއްޖެ ހަގީގީ ލޯއިތްބަކީ ކޮބައިކަން. އަހަރެން ބޭނުން އައިމަން އާއިއެކު މުސްތަގުބަލެއް ބިނާކުރަން..”
އައިމަން އުފަލުން ފުރިގެން، ނާޒްގެ ގާތަށް ޖެހިލައި، އޭނާގެ އަތުގައި ހިފިއެވެ. “ޝުކުރިއްޔާ ނާޒް. އަހަރެން ވަޢުދުވަން، ނާޒްއަށް އަބަދުވެސް އުފާވެރިކަން ގެނެސްދޭނަން.”
އެ ރޭ، ހަނދުވަރީގެ އަލިކަމުގައި، ނާޒްއާއި އައިމަން ގޮނޑުދޮށުގައި ހިނގާލަމުން، އެމީހުންގެ މުސްތަގުބަލާ ބެހޭ ގޮތުން ވާހަކަދެއްކިއެވެ. ނާޒްގެ ހިތުގައި އުފެދުނު އައު ލޯބި، އޭނާގެ ހިތަށް ހަމަޖެހުމާއި އުފާވެރިކަން ގެނެސްދިނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނާޒްއާއި އައިމަންގެ ގުޅުން ވަރުގަދަވަމުން ދިޔައެވެ. އެމީހުންގެ އެކުވެރިން، ޚާއްޞަކޮށް ޝައިނާ، އަމަތް، ލައިޝާ އަދި ބާރާ، މި ދެމީހުންގެ ގުޅުމަށް ވަރަށް އުފާކުރިއެވެ. ވިޝާންއާއި މުޒްނާ ވެސް އެމީހުންނަށް ހެޔޮއެދުންތައް ފޮނުވިއެވެ.
އެކުވެރި ކަމަކީ އެއީއެވެ. ލޯބިވެވުމަކީ އެއްވެސް މީހެއްގެ ބާރުގައި އޮންނަ ކަމެއް ނޫނެވެ. ކޮންމެ ވަގުތަކު ކޮންމެ މީހަކު ދެކެވެސް ލޯބިވެވިދާނެއެވެ. ނަމަވެސް ލޯބީގެ ދެވަނަ ނަމަކީ ގުރުބާނީއެވެ. މާތް ﷲ އެއްވެސް އަޅަކަށް ކުޅަދާނަ ނުވާ ވަރުގެ ވޭނެއް ނުދެއްވާނެއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާށެވެ. އޭރު ލޯބިވެވުނު މީހާއަށްވުރެ މާ ރަނގަޅު މީހަކުވެސް ލިބިދާނެއެވެ. މިއީ ނާޒްގެ ދަތުރެވެ. ނާޒްގެ ލޯބީގެ ދަތުރެވެ.
(ނިމުނީ)
7 Comments!
Comments are closed.







Maasha Allah
This stry is so beautiful
Shiherr.. From where did u got these names
Like most of them are my friends’ names my friend’s sister n brother’s name and even my bestie and her nickname also
This is like…. I dunno..
Hope to see another stry like this💜 n hope u r feeling well now💜
Tc… Lysm Shiher 💜💜
jazaakallah khairann
hehe eii friend eh request kuri story eh they are the names she gave me hehe
ya alhamdhulihllah i am feeling soo much better rnn
tc lytt
masha allah mi vhk vrh vss vrhh reethii n streak e vhk vss vrhh reethiii
mihaaraa vrhh gulhey vhk eh
curiously waiting for the 1st part of s3
hope u r feeling well.tcc lyy❤️
jazaakallah khairan dearr
stay tuned for sunday lytt
yes, alhamdhulihllah i am well
Mi story vrh reethi Masha Allah 🩷
Shihaa mail dhevidhaanetha??
Jazaakallah khairan
I mailed u
She didn’t get the mail oa she said