Skip to content
އެސްފިޔަ
PRO · MVR 2.00

މަޢާފް އެދެމުން 23

ނަމަވެސް ކުއްލިއަކަށް ރިޔާންގެ ހިތުގައި ޝައްކު އުފެދިއްޖެއެވެ. ކުރިން ނުފެނުނު އެތައް ހުރަސްތަކެއް ރިޔާންއަށް ސިފަވާން ފެށިއެވެ.
ދުވަހަކުވެސް ކަމަކަށް ބޭނުންވެފައި ނުވާ ވަރަށް ރިޔާން ލައިރާއަށް އެދެއެވެ. އެ އެދުން ފުރިހަމަ ނުވެއްޖެ ނަމަ ރިޔާންއަކަށް ކެތެއް ނުކުރެވޭނެއެވެ. ލައިރާއާ ވަކިން ރިޔާންއަށް ހަމަޖެހުމެއް ނުލިބޭނެއެވެ. އަދި އަމްދުން ރިޔާންއަށް ނިންމުނު ނިންމުމެއްގެ ސަބަބުން އެހެން ވެއްޖެ ނަމަ ރިޔާން މޮޔަވެދާނެއެވެ.
ހިތަށް އަރަމުން ދިޔަ ނޭދެވޭ ޚިޔާލުތަކުން ރިޔާންގެ މޭ ފިތެން ފެށި ކަހަލައެވެ. ނޭވާ ލާން އުނދަގޫވެ ރިޔާން ކޮޅަށް ތެދުވެ އަތުން މޭގައި ފިރުމަން ފެށިއެވެ. ފޯނުން ލައިރާގެ ނަމްބަރަށް ގުޅާލެވުނީ އަމިއްލަ އިޚްތިޔާރުން ބޭރުގައެވެ.
“ހެލޯ، ރިޔާން…؟” ނިދިން ނުހޭލެވި ހުރި ހެން ލައިރާ ގޮވާލި އަޑު އިވުނެވެ.
ރިޔާންއަށް ފުން ނޭވައެއް އެތެރެއަށް ދަމާލެވުނީ ކަންފަތުގައި ލައިރާގެ އަޑު ޖެހުމުންނެވެ. އެއްޗެއް ބުނުމުގެ ބަދަލުގައި ރިޔާންއަށް ފުންކޮށް ދެތިން ނޭވާ ލެވުނެވެ.
“ރިޔާން…؟ ކަމެއް ވީތަ؟ ވާހަކަ ދައްކަބަލަ! ރިޔާން!” ރިޔާން އެއްޗެއް ނުބުނާތީ ލައިރާ ކަންބޮޑުވިއެވެ.
“ލައި…” ރިޔާން އެންމެ…

ވާހަކައިގެ ބާކީ ބައި ހުޅުވާލާ

ވާހަކަ ކިޔުމަށް ލޮގިން ކުރައްވާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.