Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ޒެވިއަން 30

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
June 2, 2025 3 Mins Read
6 Comments

ޖީބުގައި އޮތް އިންޖެކްޝަންއާއި ބޭސްފުޅި ނަގާ އިންޖެކްޝަން ފުރާ އޭގައި ހުރި އެއްޗެއް އޭނާ އިންޖެކްޝަނުން ފުރާލިއެވެ. އަދި ގާތުގައި ހުރި މާޝާގެ އައިވީ ފުޅިއަށް އޭތީގައި ހުރި އެއްޗެހި ދޫކޮށްލިއެވެ. “ފެނިގެން ނުވާނެ އެއްޗެހި ބަލަން އުޅެންޔާ ވާނީ މިހެން. ހަހަ” އޭނާ މާޝާގެ ދޮން މޫނަށް ބަލައިލަމުން ވިހަ ހިނިތުންވުމަކާއި އެކު ބުންޏެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނު ވަގުތުގައި މާޝާ ވޯޑްއަށް ބަދަލު ކުރެވުނެވެ. މެންދުރުވާން އުޅެނިކޮއް ދެލޯ ތަޅުވާލާފައި މާޝާ ދެލޯ ހުޅުވާލިއެވެ. ގާތުގައި އާކިން، އަވްލީން، މިކިޔަލް، ނިމްރާ އަދި ކަޔާންވެސް ހުއްޓެވެ. ނަމަވެސް މާޝާގެ ދެލޯ ހުއްޓުނީ ކުޑަވެފައިވީ އޭނާގެ ބަނޑަށެވެ.

“އާކިން… ކޮބާ؟ ބޭބީ ކޮބާ؟” ބިރުން ހުރެ މާޝާ އެއްސެވެ. “މާޝް.. ހާސް ނުވޭ. ބޭބީ އޯކޭ. ބޭބީވީ އެން.އައި.ސީ.ޔޫގަ” އާކިން ބުންޏެވެ. “އޭން؟ ކީއްވެ އެހެންވާންވީ؟ ކީއްވެ މާޝް ވިހަންވީ؟ މާޝްއަދި ދުވަސް ހަމަ ނުވެޔެއްނުން؟” މާޝާ އެއްފަހަރާ ސުވާލު ބޮނޑިތައް އޮއްސާލިއެވެ. “މާޝް؟ ހަނދާނެއް ނުވޭތަ؟” މާޝާގެ މޫނަށް ފަރުވާތެރިކަމާއި އެކު ބަލައިލަމުން އާކިން އެއްސެވެ.

“ކޯއްޗެއްތަ؟” މާޝާ އެއްސެވެ. އާކިންއަށް ބަލައިލެވުނީ ގާތުގައި ހުރި ކަޔާންގެ މޫނަށެވެ. އާކިން ކޮނޑުގައި ޖަހާލާފައި ކަޔާން ދިޔައީ ޑަކްޓަރު ބަލައެވެ.

“މާޝާ ހުރީ ވަރަށް ބޮޑު ޝޮކެއްގަ. އެހެންކަމުން އެހާދިސާ ހަނދާން ނެތުންވެސް އެކަށީގެންވޭ” މާޝާގެ ހާލަތު ބެލި ސައިކޭޓްރިސްޓް ބުންޏެވެ. “މާޝާއަށް ލަސްލަހުން އެހަނދާންތައް އަންނާނެ. އިހަކަށް މާޝާ ގާތުގައި އެވާހަކަ ނުދެއްކުން ބުއްދިވެރި” ޑަކްޓަރު އިތުރު ކޮއްލިއެވެ. އާކިން ބޯޖަހާލިއެވެ.

“ޓޮއް ޓޮއް” ދޮރުގައި ޓަކި ޖަހަން ފެށި އަޑަށް ކުޑަކުޑަ ޔަޝާ ރީތި ކުރަން އިން މާވީ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ކައިލް ފެނުމުން ހިނިތުންވެލާފައި އެތެރެއަށް ވަނުމަށް ހުއްދަ ދިނެވެ.

“ކޮބާ ޔަޝޫ؟” ކައިލް އެއްސެވެ. “ކޮޓަރީގަ. ފެންވަރުވާލައިގެން މިނިކުތީ. ރީތި ކުރަނީ މިހާރު” މާވީ ހީލާފައި ބުންޏެވެ. ކައިލް ބޯޖަހާލާފައި މާވީ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ.

“އަސްތާ ހާދަ ލޯބި ކުއްޖެކޭދޯ؟” ހަމަ އެކަނި ނެޕީ ޖަހައިގެން އޮތް ޔަޝާ އުރާލަމުން ކައިލް ބުންޏެވެ. 4 މަސްވެފައިވީ ޔަޝާ މިހާރު ރީތިކޮށް ކަނދުރާ ހަރުލައެވެ. ސަކަރާތް ޖެހުމަށްވެސް ފޯރި ހުންނަނީ އިންތިހާއަށެވެ. ޔަޝާގެ މޫނަށް ބަލައިލާ ކޮންމެ ފަހަރަކުވެސް ކައިލްއަށް ހަގީގަތުގައި އުނދަގޫވެއެވެ. ދުވަހެއް ދުވަހަކަށް ޔަޝާ، ޔަޝްއަލްއަށް ވައްތަރުވާތީއެވެ.

“މްމް ހާދަ ދޮންކޮއްލައިގެންނޭދޯ؟ ވަރަށް މީރުވަސްދޮވާ. ހަމަ ކާލާނީ ހެހެ” ޔަޝާގެ ބަނޑުގައި ކޮއްޓާލަމުން ކައިލް ބުންޏެވެ. އެއާއި އެކު ޔަޝާގެ މައުސޫމް ހުނުމުގެ އަޑު މުޅި ކޮޓަރިތެރޭގައި ގުގުމާލިއެވެ. ދުރުގައި ޔަޝާގެ ހެދުންކޮޅު އިސްތިރި ކުރަން ހުރި މާވީއަށް ހިނިތުންވެވުނެވެ. ނަމަވެސް ޔަޝާގެ ދެލޮލުން ކިޔައިދެނީ އެހެންވާހަކައެކެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެތުއްތު ފުރާނަ ބޮޑުވަމުން އެދަނީ ދުވަހަކު ކޮޅުންވެސް އެކުއްޖާގެ ބައްޕަ ލޮލަށް ނުފެނިއެވެ. ޔަޝްއަލްއަށް ޔަޝާ ދެކިލަން ނާހިސް ހުރެވޭތީވެސް މާވީ ހުންނަނީ ހައިރާންވެފައެވެ.

“ޔަޝޫ ގޮވައިގެން އެއްދުވަހަކުން ފޮޓޯޝޫޓްއަކަށް ދާންވީނުން؟” ޔަޝާ އުނގުގައި ބާއްވާލަމުން ކައިލް އެއްސެވެ. ކައިލްގެ ސުވާލާއި އެކު މާވީއަށް ހަމަބިމަށް އާދެވުނެވެ. “ޔާ އެބަ ހިތަށް އަރާ އެހެން. އެކަމަކު ކައިލް ގާތުގަ ބުނަން ނުކެރިފަ…” ލަދުން ހުރެ މާވީ ބުންޏެވެ.

“އަޅެ. ކައިލް ބުނީމެއްނޫންތަ ބުނަންވާނޭ ކަމަކު ބޭނުމިއްޔާ” ކައިލް ތުންކޮޅު އޫކޮށްލިއެވެ. “ހެހެ ސޮރީ” މާވީ ހީލިއެވެ. “ހެހެ ހޫމް. ކޮބާ ކޯސް ކިހިނެތްތަވަނީ؟ ފަސޭހަ؟” ކައިލް އެއްސެވެ. “ޔާ އުނދަގުލެއްނޫން” މާވީ ބުންޏެވެ. “އެއްވެސް އެސައިންމެންޓްއެއް އެއްޗެއް އެބައޮތްތަ؟” ކައިލް އަހާލިއެވެ. “ޔެސް. ދޭތި އޮބޮތް. އަދި ނުއެއް ފެށޭ އެކަމަކު” މާވީ ބުންޏެވެ. “މިއަދު ފަށަންވީނުން؟ ކައިލް ވަރަށް ފްރީ. ކައިލް ޔަޝޫ ބަލައިދޭނަން” ކައިލް ބުންޏެވެ. މާވީ ހީލާފައި “ތޭންކްސް” އޭބުނެލިއެވެ.

ހަމައެވަގުތެވެ. މިކިޔަލް އިނީ “ފްރެޝް ޝޭކްސް” ނަމަކަށް ކިޔާ މިލްކްޝޭކް ފިހާރައެއްގައެވެ. ހިނދު ހިނދުކޮޅުން ގަޑި ބަލައިލާތީވެ އޭނާ އިނީ މީހެއްގެ އިންތިޒާރުގައިކަން ދޭހަވެއެވެ. “ހެއީ” އެވަގުތު އެތެރެއަށް ވައިން މެހެކް ގޮވާލިއެވެ. އެއާއި އެކު މިކިޔަލްގެ މޫނުމައްޗަށް ވެރިވީ ފުރިހަމަ ހިނިތުންވުމެކެވެ.

އެދުވަހަށް ފަހު މިކިޔަލްއާއި މެހެކްގެ ގުޅުންވަނީ ވަރަށް ވަރުގަދަވެފައެވެ. ނޭނގި ނަމަވެސް ދެހިތުގައިވެސް ވަނީ އަނެކާއަށް ލޯބި އުފެދިފައެވެ. ނަމަވެސް އެކަން ވަނީ ދެމީހުން ދެމީހުނަށް ވަންހަނާ ކޮއްފައެވެ. “ހާދަ ތަތޭދޯ؟ އަންހެން ކުދިން ވަރަށް ކުޅަދާނަ ވާނޭ ކިޔާ އަޑު އަހަން؟ މީނަ ތަތްކަމުން މަމުސްކުޅި ވާފަހުން މިއަންނަނީ ކޮންމެ ދުވަހަކުވެސް” އާދައިގެ މަތިން މިކިޔަލް ދިމާކޮއްލިއެވެ.

“އާޗާ. ތިއަދިވެސް ތުއްތު ބޭބީއެކޭ. ކޯއްޗެއްތަ ޔޫއަށް އެނގޭނީ ލައިފްއާއި ބެހޭގޮތުން” މެހެކްވެސް ދިމާކޮއްލިއެވެ. އެއާއި އެކު މިކިޔަލް ތުންކޮޅު އޮޅާލާ ދެރަވާކަމަށް ހެދިޔެވެ.

“ހަހަ އަވަހަށް ދޭ މަންމި ކައިރިއަށް މަމީޒްބޯއި” ހީލާފައި މެހެކް ބުންޏެވެ. “ހަހަ ހޫމް މިމީ ނާންނާނަންތަ ބޭބީ އުރާލާކަށް” ކައިރީ އިން ބަނާނާ މިލްކްޝޭކްގައި ތުން ޖައްސަމުން މިކިޔަލްއެއްސެވެ. “ހަހަ ނޫނޭ. ދެދުވަހު ދިޔައިން ނޫއާއި އެކު” މެހެކްގެ ޖަވާބާއި އެކު މިކިޔަލްދެލޯ ބޮޑުވިއެވެ. “އެއިން؟ ކޮން އިރަކު؟” މިކިޔަލް އެއްސެވެ. “ތިބޭބީ ސުކޫލްގަ އުޅޭއިރެއްނުން؟ ހަހަ” މެހެކް ހީލިއެވެ. މިކިޔަލް އަނގަކުނިކޮއްލިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ނުހާއަށް 18 އަހަރު ފުރެން ހަފްތާއަކަށް ވެއްޖެވެ. ދެފަރާތުގެ އާއިލާވެސް ނުހާއާއި ޒެވިއަންގެ ރަންކިޔުމައް ތައްޔާރުވަމުން ދިޔައީ އަންނަން އުޅޭ ތޫފާނުގެ އިހުސާސް ނުކުރެވޭ ހާލުގައެވެ.

ރޭގަނޑުގެ ވަގުތެވެ. 2 ބޮނޑި ނޫޑްލްސް ޕެކެޓްއާއި ޖޫސްފުޅިއެއް ގަނެގެން ނިކުން ނުހާ ފިޔަވަޅުތައް އަވަސްކޮއްލީ ގެއަށް ދިޔުމަށެވެ. މީހުން ގިނަ މަގުތަކުން ދެވެން އޮއްވާވެސް ނުހާ އެޅީ އެންމެ މީހުން މަދު ގޯޅިއަށެވެ. ސަބަބަކީ އެއީ ގެއަށް ދެވެން އެންމެ އަވަސް ގޯޅިއަށް ވީތީވެއެވެ.

“ނުހާ..” ނުހާގެ ފިޔަވަޅުތައް ހުއްޓުނީ ވައިއަޑުން މީހަކު އޭނާއަށް ގޮވާލިހެން ހީވެގެންނެވެ. “ކަ..ކާކު…؟” ނުހާ ބިރުން ހުރެ އެއްސެވެ. ނަމަވެސް ދެން އެއްވެސް އަޑެއް ނީވުނެވެ. މަގުގައި އެއްވެސް އަލިކަމެއް ނެތުމުން ވަކިން ބިރުވެރިކަމަށް ދައްކައެވެ. ނުހާގެ ހިތްތެޅިގަތީ އެޔެއް މިޔެއް ބަލާފައެއްނޫނެވެ. ފިޔަވަޅުތައް ހަލުވިކޮއްލީ އަވަހަށް ގެއަށް ދިޔުމަށެވެ. ނަމަވެސް ކުޑަތަންކޮޅަކަށް ދެވުނުތަނާހެން މީހަކު އަހިސް ނުހާ އަނގަމަތީގައި ފޮތިކޮޅެއް ޖެއްސިއެވެ. ދެންވީނުވީއެއް ނޭނގި ނުހާ ހުރިތަނަށް ދެމުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ހިތް އެދެ ޔާރާ ތިއޭ – 12

Next

ޔާރު ދެވުނޭ ލޯބޭ ހަޤީޤީ 01

Next
June 2, 2025

ޔާރު ދެވުނޭ ލޯބޭ ހަޤީޤީ 01

Previews
June 2, 2025

ހިތް އެދެ ޔާރާ ތިއޭ – 12

6 Comments!

  1. leeshaa says:
    June 2, 2025 at 4:37 pm

    Mi part vx vrh reethi Masha Allah shihaa ❤️
    mikiyal and mehek vx dhw loabikan
    oh god nuhaa ah dhera gotheh nahadhahchey
    xev dheravaane ehnu
    When next part?

    1. shihaamaa ali shihaamaa ali says:
      June 2, 2025 at 4:38 pm

      jazaakallah khairan
      hehe ikrrrrr
      balamaa dhw nuhaaa ah vaa goi next ep ga ingey
      soon in sha allah

  2. Maash Maash says:
    June 2, 2025 at 4:58 pm

    Heyyy shiherrr mi part vrh reethi maasha Allah..
    Emmen kidnap vany dhw mihaaru 😭😭
    Mehek and mikiyal are sooo cute.. maavin and kail tooo 😭😭 can’t wait for next part.. lyssm 🦋💜

    1. shihaamaa ali shihaamaa ali says:
      June 2, 2025 at 5:34 pm

      Heyyyy maaashh jazaakallah khairan dearrr❤️❤️
      I guess lol🤣🤣🤣🤣🤣🤣
      Ikkrrr they so cutee❤️❤️❤️ stay tuned for next ep ilyyyssmmm❤️❤️

  3. aanaa says:
    June 2, 2025 at 8:34 pm

    Masha allah mi partt vss vrhh reethii
    alhey anehka nuu ah e vy???is it lilia???
    mehek n mikyal haadha cutee eyy..maavy n kail vsss…
    curiously waiting…tcc lyy❤

    1. shihaamaa ali shihaamaa ali says:
      June 3, 2025 at 10:52 am

      Hehe balamaa dhw… next ep is outt
      Lyt❤️

Comments are closed.

Next Episodeޒެވިއަން 31←


All Right Reserved!