Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް އެދޭ މަންޒިލަކީ… 18

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
December 20, 2025 9 Mins Read
11 Comments

އިރުކޮޅަކު ލެއްޕިފައިވީ ލިވްޔާގެ ކޮޓަރީގެ ދޮރަށް ނަޒަރު ހުއްޓާލައިގެން ހުރުމަށް ފަހު ރައިހާން ގޮސް އޭނާގެ ކޮޓަރިއަށް ވަނީ މިވަގުތު ލިވްޔާއަށް އެކަނި އެކަމާ ވިސްނައިލަން ވަގުތުކޮޅެއް ދިނުމުގެ ބޭނުމުގައެވެ. ކޮޓަރިއަށް ވަން ގޮތަށް ރައިހާން އެނދުމައްޗަށް ވެއްޓިގަނެފައި ދެއަތުން މޫނު ފޮރުވައިލީ ލިވްޔާގެ ޖަވާބު އަންނާނެ ގޮތަކާ މެދުގައި އިންތިހާއަށް ބިރުގަނެފައި އޮވެއެވެ. ލިވްޔާ އޭނާގެ ލޯތްބަށް އިންކާރު ކޮށްފި ނަމަ އޭނާ ހަގީގަތުގައި ވެސް މޮޔަވެދާނެއެވެ. ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް ލިވްޔާ ދެކެ ލޯބިވާކަން ޔަގީންވީ ހިނދުގައި މާޒީގައި ކަންތައް ކުރެވިފައި އޮތް ގޮތް ހަނދާން ވުމުން އަނެއްކައި ވެސް ރައިހާންގެ ހިތުގައި ރިއްސައިލިއެވެ. އެހެނަސް އޭނާ މިއަދު އެހުރީ މާޒީގައި ބުނެވުނު ކޮންމެ ބަހެއް، ކުރެވުނު ކޮންމެ ކަމެއް، ލިވްޔާގެ ހިތުގައި ޖެއްސުނު ކޮންމެ ފަހަރެއް ހަނދާން ނެތޭ ވަރަށް، އެ ހިތުގައި އެޅުވުނު ކޮންމެ ކޫރުމެއްގައި އެޅި ވޭނަށް ފަރުވާ ދިނުމަށް ޓަކައި ކުރެވެން ހުރި ކޮންމެ ކަމެއް ކުރަން ވެސް ތައްޔާރަށެވެ. އެއީ އަމިއްލަ ފުރާނަ ހިބަކޮށްގެން ވިޔަސް މެއެވެ.

*** ** ***

ކޮޓަރިއަށް ވަން ގޮތަށް ދޮރުގައި ލެނގިލުމަށް ފަހު ލިވްޔާއަށް ހިތާވީ ދިމާލުން މޭމަތީގައި އަތް އަޅައި ބާރުކޮށްލީ ތެޅެމުން ދިޔަ ހިތް ހަމައަކަށް އެޅޭތޯއެވެ. ދާދި ދެންމެއަކު ރައިހާން ބުނެލި ލަފްޒުތައް އަދިވެސް ކަންފަތުގެ ހިނދުރީގައި ގުގުމަމުން ދިޔައީ ލިވްޔާގެ މުޅި ހަށިގަނޑުން ހީބިހި ހިލުވައިލަމުންނެވެ.

އައި ލަވް ޔޫ ޑޭމިޓް! ލިވްޔާއާ ނުލައި ނޫޅެވޭ ވަރަށް ލިވްޔާ ދެކެ ލޯބިވެވިގެންނޭ މަށަށް މި އުޅެނީ!” ރައިހާންގެ އެ ބަސްތައް އަނެއްކައި ވެސް ހަނދާންވުމުން ލިވްޔާއަށް ދެލޯ މަރައިލެވުނު އިރު އެ ތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ކުޅެލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެ ހިނިތުންވުން ފޭދިގެން ދިޔަ އިރު ދެލޯ ހުޅުވައިލާފައި ލިވްޔާއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

ރައިހާން އޭނާ ދެކެ ލޯބިވާންވީ ކީއްވެގެން ހެއްޔެވެ؟ މިވީހާ ތަނަށް ވެސް ރައިހާންގެ ފުށުން އޭނާއަށް ފެނުނީ ރައިހާންއަށް އޭނާއަށް ކުރާ ނަފްރަތެވެ. އެ ހިތުގައި އޭނާއަށް ޓަކައި އޮތް ރުޅިވެރިކަމާއި ފޫހިކަމެވެ. ދެން ރައިހާން ހަމަ ކުއްލިއަކަށް އެހެން ބުނާ އިރަށް އޭނާއަށް އެ ވާހަކަ އެހައި ފަސޭހައިން ގަބޫލު ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ފަހަރުގައި އެއީ އެ ރީތި ދެލޮލުން ފެނުނު ޔަގީންކަމެއްގެ ސަބަބުން ކަމުގައި ވެސް ވެދާނެއެވެ. އެހެނަސް…

އެހެނަސް އޭނާއަށް ގަބޫލު ކުރަން ހާދަ އުނދަގުލެވެ. ރައިހާން އެހައި ވަރަށް އޭނާއަށް ނަފްރަތު ކޮށްފައި ކުއްލިއަކަށް އޭނާ ދެކެ ލޯބިވީ ވެސް ކިހިނެއް ހެއްޔެވެ؟ ދުވަހަކުވެސް އެފަދަ ލޯތްބެއް އިހުސާސް ކުރުމުގެ ނަސީބު ލިބިފައި ނުވާ ލިވްޔާއަށް އެކަން ވީ މުޅީން އައު ކަމަކަށެވެ. ލޯބިވެވޭ ގޮތާއި، ލޯބިވެވުމުން ވާ ގޮތް އެއީ ލިވްޔާއަށް ނުހަނު ބީރައްޓެހި ކަންތައްތަކެކެވެ.

އެހެނަސް އޭނާއަށް ނޭނގުނީ ރައިހާން ލޯބިވާ ވާހަކަ ބުނުމުން އެ ހިތުގެ ތެޅުމަށް ބަދަލު އަންނަންވީ ސަބަބެވެ. ފަހަރުގައި އެއީ ފިރިހެނެއްގެ ފަރާތުން އެފަދަ އިޝާރާތެއް ވީ ފުރަތަމަ ފަހަރަށް ވީތީ ކަމަށް ވުން ވެސް އެކަށީގެންވެއެވެ. އެހެނަސް ފަހަކަށް އައިސް ރައިހާންގެ ޢަމަލުތައް ހުންނަ ގޮތުން މުޅި މީހާ ބަލިކަށިވެ، ރައިހާން ބުނެލާ އާދޭހުގެ އޯގާތެރި ބަސްތަކުން އެ ހިތަށް ހަމަޖެހުން ލިބެނީ އެ ހިތުގައި ރައިހާންއަށް ޓަކައި ހަމަ އެއްވެސް އެއްޗެއް ނުވާތީހެއްޔެވެ؟ ކުރީގައި ނަމަ ރައިހާން ބުނެލައި ރަހުމުކުޑަ ބަސްތަކުން އެ ހިތަށް އެހައި ތަދުވަނީ ވެސް ހަމަ އެ ހިތުގައި ރައިހާންއަށް އެއްވެސް މަޤާމެއް ދެވިފައި ނުވާތީ ހެއްޔެވެ؟

ސިކުނޑީގައި ދައުރުވަމުން ދިޔަ ފުން ޚިޔާލުތަކުގެ ސަބަބުން ލިވްޔާގެ ބޮލުގައި ވެސް ކުޑަކޮށް ރިއްސާ ގޮތް ވިއެވެ. ލަސް ފިޔަވަޅުތަކެއްގައި ލިވްޔާ ގޮސް އެނދުމަތީގައި އިށީނދެފައި ދެއަތުން ބޮލުގައި ހިފަހައްޓައިލާފައި ދެލޯ މަރައިލުމާއެކު އަނެއްކައި ވެސް ރައިހާންގެ ކަރުނަވީ ދެލޮލާއި، އާދޭހުން ފުރިގެންވީ ބަސްތައް އޭނާގެ ޚިޔާލީ ތަސްވީރުގައި ކުރެހިގެން ދިޔައެވެ. އެެއާއެކު ފަނޑު އެހެނަސް ހިތްގައިމު ހިނިތުންވުމެއް އެ ތުންފަތުގައި ކުރެހިގެން ދިޔަ އިރު ލިވްޔާ އެނދުމަތީގައި އޮށޯވެލާފައިި ފުން ނޭވާއެއް ދޫކޮށްލިއެވެ.

*** ** ***

އިރުއޮއްސުނު އިރު ޖައްސައިލި ގޮތަށް ނިދިފައި އޮތް ރައިހާންއަށް ހޭލެވުނީ އައިސާމަނިކެ އައިސް ކާން ގޮވުމުންނެވެ. ކަންނެތްވެފައި އޮވެ ވެސް އޭނާ ނުކަނީސް އައިސާމަނިކެ ކުރުނުކުރާނޭކަން އެނގޭތީ ރައިހާން ތެދުވެފައި މޫނު ދޮވެލައި ހަދާލައިގެން ބޭރަށް ނުކުތެވެ.

ކާގެއަށް ރައިހާން ވަން އިރު ޑައިނިންމޭޒު ދޮށުގައި ލިވްޔާ އިންތަން ފެނުމުން އެ ތުންފަތަށް ވަގުތުން ހިނިތުންވުމެއް ވެރިވިއެވެ. އެއީ އެރޭގެ ފަހުން ދެ ހަފްތާ ވެގެން ދިޔަ އިރު ލިވްޔާ އެމީހުންނާ އެކީ ކެއުމުގައި ބައިވެރިވީ ފުރަތަމަ ފަހަރެވެ. އިސްޖަހާލައިގެން އިން ނަމަވެސް އެ މޫނުމަތިން އެހެންޏާ ފެންނަން ނުހުންނަ ފަދަ ހަމަޖެހުމުގެ ކުލަވަރެއް ފާޅުވާން ހުރުމުން ރައިހާންގެ ހިތަށް ވެސް ފިނިކަން ލިއްބައިދިނެވެ. ލިވްޔާ މަޑުމަޑުން ހަމައަކަށް އެޅެމުން ދިޔުމުން އޭނާގެ ހިތަށް ލިބުނީ އާދަޔާޚިލާފު އުފާވެރިކަމަކާއި ހިތްހަމަޖެހުމެކެވެ.

ލިވްޔާއަށް އަމާޒުކުރެވިފައިވީ ނަޒަރު އެ މޫނުން ވަކިކޮށްނުލައި ހުރެ ރައިހާން ގޮސް މޭޒުދޮށުގައި އިށީނެވެ. އެރޭގެ ކެއުމުގައި ލިވްޔާ ބައިވެރިވުމުން ރައިހާންއެކޭ އެއްފަދައިން އެހެން އެންމެން ވެސް ތިބީ ހިތްހަމަޖެހިފައެވެ. މުޅި އާއިލާ އެކިއެކި ވާހަކަތައް ދެއްކުމުގައި ޝާމިލްވެ ތިބި އިރު އެ ވާހަކަތަކުގައި މަދުން ނަމަވެސް ލިވްޔާ ބައިވެރިވަމުން ދިޔައީތީ ރައިހާން އިހުނަށްވުރެ ވެސް ބޮޑަށް ހިތްހަމަޖެހުނެވެ.

އެންމެން ކެއުމުގައި ޝާމިލްވެ ތިބި ވަގުތު ކުއްލިއަކަށް ގޭގެ ދޮރު ހުޅުވައިލާފައި ނާއިފް ވަނުމުން އެންމެންގެ ސަމާލުކަން ވެސް އެދިމާއަށް ހުއްޓުނެވެ. އަނެއްކައި ވެސް އޮފީސް ދަތުރެއްގެ ނަމުގައި ދެ ހަފްތާއަށް ރިސޯޓަކަށް ގޮސް ނާއިފް އެ އައީ މިއަދެވެ. ނާއިފް އައުމާއެކު ރީނާ ކާން އިން ތަށި ވެސް ބަހައްޓާފައި ދިޔުމުން ރައިހާން ދަތްކުނޑި ވިކައިލާފައި ނާއިފަށް ކަޅިއަޅައިލިއެވެ. މިރޭ ވެސް ނާއިފްގެ ކޮންމެވެސް ނުރުހުމުގެ ބަހެއް ނޫނީ އަނިޔާއެއް ރީނާއަށް އަމާޒުވާނޭކަން އޭނާއަށް ޔަގީނެވެ.

“ނާއިފް.. ކޮންިއރަކު އައީ..؟” ނާއިފްގެ އަތުގައި އޮތް ދަބަސް ނަގާފައި ރީނާ އަހައިލީ މަޑުން ނަމަވެސް ނާއިފްގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.

“ދެންމެއެއްނު.. ނުފެނޭތަ ދެންމެ އަހަރެން ގެއަށް ވަން ތަނެއް؟ ކީއްވެގެންތަ ރީނާ މާ ވަރަކަށް ބޭކާރު ސުވާލު ކުރަނީ..؟” އެތަނުގައި ތިބި މީހުންނަށް ވެސް ބެލުމެއް ނެތި ނާއިފް ވާހަކަ ދެއްކި ގޮތުން ރައިހާންގެ ރުޅިގަނޑު ފަޅައިގެން ދިޔަ ފަދައެވެ.

“ތިވައްތަރަށް އަހަރެންގެ ދޮންތައާ ވާހަކަ ދައްކަންޏާ ނުކުމެގެން ދޭ!” ކުއްލިއަކަށް ގޮނޑިން ތެދުވަމުން ރައިހާން އަޑަށް ބާރުލާފައި ބުނެލުމުން އެންމެންގެ ސަމާލުކަން ރައިހާންއަށް ހުއްޓިގެން ދިޔައެވެ.

“ރައިހާން ވެސް މިހާރު މާ ގިނައިން އަހަރެމެން ދެމީހުންގެ ދޭތެރެއަށް ތި ވަންނަނީ.. އަހަންނާ ރީނާއާ ދޭތެރޭ ވާ ކަންތައްތަކާ ރައިހާން ބެހޭކަށް ނުޖެހޭނެ! ރީނާ އެއީ އަހަރެން އަނބިމީހާ! އަހަރެން ބޭނުން ގޮތަކަށް ރީނާއާ ވާހަކަ ދައްކާނީ!” ނާއިފް ވެސް ދޫކުރާކަށް ގަސްތެއް ނުކުރިއެވެ.

“ހާދަ ހެއްވައޭ ދޯ! އަނބިމީހާއަށް ވީތީ އަދާކޮށްދޭން ޖެހޭ ހައްގުތަކެއް ވެސް އޮވެޔޭ! އަނބިމީހާ ދެކެ ލޯބިވެ، އަނބިމީހާއަށް އަޅައިލާ އޯގާތެރިވެ، އަނބިމީހާއަށާ ދަރިންނަށް ޚަރަދު ކުރުމަކީ ވެސް އޮންނަ ކަމެކޭ! އަނބިމީހާއަށް ވީތީ އަޑުއުފުލާ އަތް އިސްކުރުމެއް ނޫނޭ ހައްގުތައް އަދާކުރުމަކީ!” ގޮނޑި ދުރަށް ޖައްސައިލުމަށް ފަހު ނާއިފްއާ ގާތަށް ފިޔަވަޅއް އަޅައިލަމުން ރައިހާން ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ ނަފްރަތާއި ނުރައްކާތެރިކަމެވެ.

“އޯހ! މީ ދޯ މި ވާ ގޮތަކީ..؟ ރީނާއަށާ ރިއާއަށް ޚަރަދު ކުރަން ޖެހޭތީ ރައިހާންއަށް އެކަން ބޮޑުކަމަށް ވީ ދޯ؟ އެހެންވެގެން ދޯ މާ ރުޅިއައިސްގެން ތި އުޅެނީ؟” ނާއިފް ބުނެލި ވާހަކައިން ރައިހާންގެ ރުޅިގަނޑު ކެކިގެން ދިޔައެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް ނާއިފްގެ ގަމީޙުގެ ގިރުވާނުގައި ރައިހާން ހިފުމުން މޭޒުދޮށުގައި ތިބި އެންމެންނަށް އެއްފަހަރާ ރައިހާންގެ ނަމުން ގޮވައިލެވުނެވެ. އެހެނަސް އެއިން އެއްވެސް އަޑެއް ނީވޭހައި ރައިހާން ހުރީ ރުޅިގަދަވެފައެވެ.

“ފާޑުފާޑަށް އަނގަ ނާރުވާ! ދޮންތައަށާ ރިއްކޮއަށް ކަމެއް ކޮށްދޭން ޖެހިގެން އަހަންނަށް ދުވަހަކު ވެސް ބުރައެއް ނުވާނެ.. އަހަރެން ދެކެނީ އެއީ އަހަންނަށް ލިބޭ އުފަލެއްގެ ގޮތުގަ.. އެންމެން ކަލޭހައި އަމިއްލަ އެދުން ބޮޑެއް ނުވާނެ!” އިހުނަށްވުރެ ވެސް ބާރަށް ނާއިފްގެ ގިރުވާނުގައި ހިފަހައްޓަމުން ރައިހާން ބުނެލި އިރު ރައިހާން ހުރީ ދަތްކުނޑި ވިކާލައިގެންނެވެ.

“ހަމަ މިހާރު ދޫކޮށްލާ! މަ ވެސް އަނގައިން ދޯ މި ވާހަކަ ދައްކަނީ؟ ގަޔަށް ބޮލަކަށް ނާރަމެއްނު! ރައިހާން ވެސް އަނގައިން ކިޔާ އެއްޗެއް ކިޔާ!” ރައިހާންގެ އަތުތެރެއިން ސަލާމަތްވުމަށް ގަދަހަދަމުން ނާއިފް ބުނަމުން ދިޔަ ނަމަވެސް ރައިހާން ހިފަހައްޓާފައިވީލެއް ބާރުކަމުން އެކަމެއް ނުވިއެވެ.

“އަނގައިން ދެން ކޮންމެ އެއްޗެއް ކިޔުނަސް ވެސް ވަރިހަމަ ދޯ؟ ދޮންތައަށް ބޭނުންހާ ގޮތެއް ހަދަން ދެން އަހަންނެއް ނުހުންނާނަން ދުރުގަ ކުޅި ބަލާކަށް!” ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ރައިހާން ބުނެލީ އިންޒާރުން ފުރިގެންވީ ރާގެއްގައެވެ.

“ހުއްޓައިލާ! ރައިހާން ހަމަ މިހާރު ދޫކޮށްލާ!” ރީނާ އައިސް ރައިހާންގެ ކޮނޑުގައި ހިފަހައްޓަމުން ރައިހާން ބޭނުން ނުވެ ހުރެފައި ވެސް ނާއިފްގެ ގައިން ދޫކޮށްލިއެވެ.

“ކިހިނެއް ވެގެންތަ ރައިހާން ތި އުޅެނީ..؟ މިހާރު ކިތައް ފަހަރު ރައިހާން ގާތު ބުނެވިއްޖެ ކަމެއް ވާ އިރަށް އައިސް ގަޔަށް ބޮލަށް ނާރާށޭ؟ އެއީ ރައިހާންގެ ދޮންތަބެއޭ!” ރީނާގެ އަޑު ވެސް  ބާރުވީ އިރު އެހެން ހުރިހައި ފަހަރެކޭ ވެސް އެއްގޮތަށް ރީނާ ނާއިފް ދިފާއު ކުރުމުން ރައިހާންގެ ހިތަށް ތަދުވިއެވެ.

“ދޮންތައާ ދިމާއަށް ހަޅޭލަވައި ދޮންތައަށް އަނިޔާ ކުރާ މީހަކީ އަހަރެންގެ ދޮންތަބެ ކަމަކަށް އަހަންނެއް ނުދެކެން! ދޮންތަ ވެސް ލަދެއް ނުގަނޭތަ މިއީ ދޮންތަގެ ފިރިމީހާއޭ ބުނާކަށް؟ ރިއްކޮގެ ބައްޕައޭ ބުނާކަށް؟ އޭނަ ގާތު އަހާބަލަ އެންމެ ފަހުން ރިއްކޮގެ ގައިގަ ލޯބިން ފިރުމައިލި ދުވަހެއް ހަނދާން ވޭތޯ.. ރިއްކޮއަށް ލޯބިން ގޮވައިލި ދުވަހެއް ހަނދާން ވޭތޯ.. ބައްޕައެއް ހުންނަ ކަމެއް ވެސް އެ ކުޑަކުޑަ ކުއްޖާއަކަށް ނޭނގެ! އެދުވަހު ވެސް މަންމައާ ބައްޕައާ ބުނި ބަސް އަހައިގެން ދޮންތަ މިހިރަ ނާއިފްއާ ދުރުވި ނަމަ މިއަދު-” ރައިހާންގެ ވާހަކަ ފުރިހަމަ ނުކުރެވުނީ ކޯތާފަތަށް އަރައިގެން ދިޔަ ރީނާގެ އަތުގެ ހޫނު އެތިފަހަރުންނެވެ.

ރީނާ ރައިހާންގެ ކޯމަތީގައި ޖެހުމާއެކު މޭޒުދޮށުގައި ތިބި އެނމެންގެ ދެލޯ ވެސް ބޮޑުވެގެން ދިޔަ އިރު ނާއިފްގެ ތުންފަތްމަތީގައި ކުޅެލީ ނުލަފާ ހިނިތުންވުމެކެވެ. އެއް އަތިން ރީނާ ޖެހި ކޯމަތީގައި އަތް އަޅައިލަމުން ރައިހާން ރީނާއަށް ބަލައިލި އިރު އެ ދެލޯ ވަނީ ކަރުނައިން ތެމިފައެވެ. ކޯތާފަތަށް އެރި ހޫނު ދިލައަށް ވުރެ ރީނާގެ އެ ޢަމަލުން ރައިހާންގެ ހިތަށް ލިބުނު ޒަޚަމް މާ ފުނެވެ.

“ރައިހާން މާ މައްޗަށް ދަންޏާ އަހަރެން ވެސް މަޑަކުން ނުހުންނާނަން! މަންމައާ ބައްޕަގެ ބަސް ނާހާ އަހަރެން ނޯންނާނެ އުޅެފައެއް.. މަންމައާ ބައްޕަ ނިޔާވެގެން ދިޔައީމަ ތިކަހަލަ ވާހަކަ ރައިހާން ތި ދައްކަނީ.. އަހަ- އަހަރެން-” އެހިސާބުން ވާހަކަ ނުދެއްކި ރީނާގެ އަޑު ވެސް ބެދިގެން ދިޔައީ ގިސްލެވެން ފެށުމުންނެވެ. ޙަގީގަތުގައި ރައިހާން ބުނި ވާހަކައިގެ ތެދުކަން އޭނާއަށް އިހުސާސްވީއެވެ. އެދުވަހު މަންމައާއި ބައްޕަގެ ބަސް އަޑު އަހައިގެން ނާއިފްއާ ދުރުވެވުނު ނަމަ އޭނާއަށް މިޙާލެއް ނުޖެހުނީހެވެ. އެހެންނަމަވެސް އެކަން ޤަބޫލު ކުރަން އޭނާ ބޭނުމެއް ނުވެއެވެ. ރައިހާން އެހެން ބުނުުން އެހައި ރުޅިއެއް އޭނާއަށް އާދެވުނީ އެހެންވެއެވެ.

އަދިވެސް ހުއްޓުން އަރާފައި ކަރުނަވީ ދެލޮލުން ރީނާއަށް ބަލަހައްޓައިގެން ރައިހާންއަށް ހުރެވުނީ ރީނާގެ ޢަމަލު ޤަބޫލު ނުކުރެވިފައެވެ. ދެންމެ އޭނާގެ ގަޔަށް އަތް އިސްކުރީ ކުޑައިރު އަބަދު އެ ހަށިގަނޑުގައި ލޯބިން ފިރުމައި ހެދި ދޮންތަކަން ޤަބޫލު ކުރަން ރައިހާންއަށް އުނދަގޫވިއެވެ. އެ ހިތަށް އެންމެ އަސަރު ކުރީ ރީނާގެ ދިފާޢުގައި ތެދުވުމުން ރީނާގެ ފަރާތުން އެފަދަ އަނިޔާއެއް ލިބުނީތީއެވެ. އެސްފިޔަތައް ޖަހައިލުމާއެކު އެ ދެލޮލުގެ ތެރެއަށް ބޮނޑިވެފައިވީ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތީ އެ ހިތުގައި އަޅަމުން ދިޔަ ވޭން ބުނެދެމުންނެވެ. އެއްވެސް އެއްޗެއް ބުނުމެއް ނެތި ލަސްލަހުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަސް އަޅަމުން ރައިހާން ފަސްއެނބުރުނެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮރުވަން ނުވަތަ ހުއްޓުވަން މަސައްކަތް ނުކޮށް ރައިހާން ލަސް ފިޔަވަޅުތަކެއްގައި ގޮސް އޭނާގެ ކޮޓަރިއަށް ވަދެފައި ދޮރު ޖެހިއެވެ.

ލޯ ކުުރިމަތިން ރައިހާން ގެއްލިގެން ދިޔުމާއެކު ރީނާއަށް އަމިއްލަ އަތަށް ބަލައިލެވުނު އިރު އެ ދެލޮލުގައި ކަރުނަތައް ގިނަވާން ފަށައިފިއެވެ. އަބަދުވެސް ދެގޮތެއް ނުވެ އޭނާ އާއި އޭނާގެ ދަރިފުޅު ދެކެ ލޯބިވާ ކޮއްކޮއަށް އެފަދަ އަނިޔާއެއް ދެވުނީތީ ރީނާ އަމިއްލަ ނަފްސު ދެކެ ލަދު ވެސް ގަތެވެ. އޭނާއަށް ކަމެއް ކޮށްދިނިއްޔާ ކޮށްދިނީ ރައިހާންއެވެ. ފޫހިކަމެއް އަދި ނުރުހުމެއް ނެތި ރިއާއަށް ޓަކައި ޖާނުން ފިދާވާން ވެސް ތައްޔާރަށް ހުންނަނީ ރައިހާންއެވެ. ނާއިފްގެ ނުރުހުމުގެ ބަސްތަކާއި އަނިޔާވެރިކަމާ ދެކޮޅަށް އެއްޗެކޭ ބުނަނީ ވެސް ހަމައެކަނި ރައިހާންއެވެ. އެހެނަސް، އަހަރުތަކެއް ކުރިން މައިންބަފައިންގެ ބަސް ނާހައި، އޭނާއަށް އެޅުނު ކަތި ފިޔަވަޅެއްގެ ސަބަބުން އަމިއްލަ ނަފްސު ދެކެ އާދެވޭ ރުޅި ކޮންމެ ފަހަރަކު ވެސް އޭނާއަށް ބޭލެނީ ރައިހާންއަށެވެ. ބޭރުފުށުން ކިތަންމެ ހަރުދަނާވެފައި ނުރައްކާތެރިކަމަށް ރައިހާން ސިފަކުރެވުނަސް އެ ހުރިހައި ފަރުދާތަކެއްގެ ނިވަލުގައި ފޮރުވިފައިވާ ނާޒުކު ހިތުގެ ޙާލު އެނގި ހުރެ ވެސް އޭނާ އަނެއްކައި ވެސް ކޮއްކޮގެ ހިތުގައި ކޫރުމެއް އަޅުވާލައިފިއެވެ.

އިރުކޮޅެއް ނުވެ ރީނާގެ ދެތުންފަތް ފޫއަޅުވައިލާފައި ގިސްލުމުގެ އަޑު ބޭރުވާން ފެށުމާއެކު މޭޒުދޮށުގައި އިން ޒީނާ އައިސް ރީނާގެ ގައިގައި ހިފަހައްޓައިލާފައި ދެން ނުރޯށޭ ބުނެލިއެވެ.

“ޒީންތަ.. އަހަ- އަހަރެން- އަހަރެންގެ އަތުން- ރެން- ރެންގެ ގައިގަ…” ގިސްލެވެމުން ދިޔައީތީ ރީނާއަށް ރަނގަޅަށް ވާހަކަ ވެސް ނުދެއްކުނެވެ.

“ހުއްޓައިލާ ދަރިފުޅާ.. ފަހުން ރެން ގާތުން މަޢާފަށް އެދޭނީ.. ރެންއަށް ވިސްނޭނޭ..” ރީނާގެ ގައިގައި ބައްދައިލަމުން ޒީނާ ބުނެލި އިރު އެ އަޑުގައި ވަނީ އިންތިހާ ދަރަޖައިގެ އޯގާތެރިކަމެވެ.

ރީނާގެ ގިސްލުމުގެ އަޑު ނޫން އެހެން އަޑެއް ނެތް އެތަނުގައި ތިބި އެންމެން ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައި އިސްޖަހާލައިގެންނެވެ. ނާއިފް އޭރު ވެސް އެ ހުރި ގޮތަށް ހުރި އިރު ހަލީމާއި އައިސާމަނިކެ މޭޒުދޮށުގައި ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

އިސްޖަހާލައިގެން އިން ލިވްޔާއަށް ދެންމެ ރައިހާންގެ މޫނުމަތީގައި ވީ އިހުސާސްތަކުންނާއި އެ ދެލޮލުގައިވީ ކަރުނައިގެ މުތީތަކުން އުނދަގޫވަމުން ދިޔައީ އިންތިހާއަށެވެ. ރައިހާންއާ މެދުގައި ކަންތައް ވެގެން ދިޔައީ ހާދަހައި ބޭއިންސާފުންނޭ ހިތަށް އަރާފައި އެ ހިތް ރައިހާންއަށް ޓަކައި އިތުރަށް ޒަޚަމްވިއެވެ. ރައިހާންގެ އެ ހަރު ހިތާއި ރުޅިގަދަ މިޒާޖުގެ ފަހަތުގައި ފޮރުވިފައިވީ ސަބަބުތައް އޭނާގެ ލޯކުރިމައްޗަށް ކަޝްފުވާން އެ ފެށީ އަދި ކިރިޔާއެވެ.

ރައިހާންއަކީ ވެސް އިންސާނެކެވެ. އެ ހިތަށް ވެސް ތަދުވާނެއެވެ. ރީނާ ދެކެ އެހައި ލޯބިވާ އިރު، ރީނާއަށް ޓަކައި ޖާނުން ޤުރުބާން ވާން ވެސް ތައްޔާރަށް ހުންނަ ރައިހާންއަށް އޭނާ ވާ ޤުރުބާނީތަކުގެ ބަދަލުގައި ވޭނާއި ކެކުޅުން ނޫން އެހެން އެއްޗެއް ނުލިބޭ އިރު، އެ ހިތް އެހެން މީހަކު ދެކެ ލޯބިވާނޭ ހިތްވަރު ހޯދާނީ ކިހިނަކުން ހެއްޔެވެ؟ ލޯބިވާ އެންމެންގެ ފަރާތުން ރައިހާންއަށް ތަކުރާރުކޮށް އަނިޔާ ލިބެމުން ދިޔަ އިރު އެ ހިތުގައި ލޯތްބޭ މި ކިޔައި އިހުސާސަށް ފުރުސަތެއް ދެވޭނީ ކިހިނަކުން ހެއްޔެވެ؟ އެހެން މީހަކާއި މެދު ރަނގަޅަށް ދެކި، އޯގާތެރިވާން ރައިހާންއަށް ދަސްވާނީ ކިހަކުން ހެއްޔެވެ؟ ރައިހާންގެ އެ ޒަޚަމްވެފައިވީ ހިތުގެ ފަރުވާއަކަށް ވުމަށް، ލޯތްބާއި އޯގާތެރިކަމުން އެ ހިތް ފުރައިލަދިނުމަށް މިއަށް ވުރެ ބޮޑަށް ލިވްޔާއަށް އެދެވުނު ވަގުތެއް އަދި ނާދެއެވެ.

އިރުކޮޅަކު ލެއްޕިފައިވީ ރައިހާންގެ ކޮޓަރީގެ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނުމަށް ފަހު ލިވްޔާ ގޮނޑިން ތެދުވެފައި އެދިމާއަށް ހިނގައިގަތީ ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ހީކުރިޔަސް ހެޔޮަކަމަށް ނިންމާފައެވެ. މީހަކު ހީކޮށްފާނެ އެއްޗަކަށް ވުރެ މިވަގުތު ރައިހާން އޭނާއަށް މާ މުހިއްމެވެ.

ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ލިވްޔާ ރައިހާންގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމެއް ވެސް ނެތި ދޮރު ހުޅުވައިލާފައި އެތެރެއަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު ފެނުނު މަންޒަރަކުން ވަގުތުން ލިވްޔާގެ ހިތް ކުދިކުދިވެގެން ދިޔަ އެ ދެލޮލުން ވެސް ކަރުނަ ނީރާލައިފިއެވެ.

ފާރުގައި ހަރުކުރެވިފައިވީ އަފާފް އާއި ރާއިދާގެ ފޮޓޯގަނޑުގެ ކުރިމަތީގައި ދެކަކޫ ޖަހައި އިށީޏދެގެން އިން އިރު ގިސްލަގިސްލާފައި ރޮމުން ދިޔަ އިރު އެ ވަރުގަދަ ހަށިގަނޑު ވެސް ތުރުތުރު އަޅަމުން ދިޔައެވެ. އަބަދުވެސް ނިކަން ހަރުދަނާކަމާ ނުރައްކާތެރިކޮށް ފެންނަ ރައިހާން ކުޑަ ކުއްޖަކުހެން ގިސްލަގިސްލާފައި ރޮމުން ދިޔަ މަންޒަރު ފެނުމުން ލިވްޔާގެ ހިތަށް ދުވަހަކު ނުކުރާހައި އަސަރު ކުރިއެވެ. އެ އަނދިރި ދެލޮލުގެ ފަހަތުގައި ފޮރުވިފައިވީ ވޭނާއި ކެކުޅުން ހާމަވުމުން ލިވްޔާ މުޅީން ބަލިކަށިކޮށްލި ފަދައެވެ.

ލަސްލަހުން ރައިހާންއާ ގާތަށް ފިޔަވަޅު އަޅަމުން ދިޔަ އިރު އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް އެ ދެއަތުގެ ތެރޭގައި ރައިހާން ފޮރުވައިލާ، އެ ހިތުގައި އަޅަމުން ދިޔަ ވޭނަށް ޝިފާއަކަށް ވާން ލިވްޔާގެ ހިތް އެދެމުން ދިޔައެވެ. އެ ދެލޮލުން ފައިބަމުން ދިޔަ ކޮންމެ ކަރުނަތިއްކެއް ލޯބިން ފުހެލައިދޭން ނިހާޔަތަށް ބޭނުންވިއެވެ.

“ރައިހާން..” ރައިހާންގެ ކައިރީގައި ދެކަކޫ ޖައްސައި އިށީންނަމުން ލިވްޔާ މަޑުމަޑުން ގޮވައިލުމާއެކު ރައިހާން އިސްއުފުލައިލާ ލިވްޔާއަށް ބަލައިލިއެވެ. ރުއިމުގެ ސަބަބުން ރަތްވެ ދުޅަވެފައިވީ އެ ދެލޯ ފެނިފައި ލިވްޔާގެ ހިތް ވަގުތުން މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ.

“ލިވް- ލިވްޔާ…” ކުރަކިވެފައިވީ އަޑަކުން ރައިހާން ލިވްޔާއަށް ގޮވައިލި އަޑު ކަންފަތުގައި ޖެހުމާއި އެކު ލިވްޔާގެ ވަށައިގެން ބިނާކުރެވިފައިވީ ހުރިހައި ފާރެއް ބިމާ ހަމަހަމަވީ ފަދައެވެ. އިިތުރު ވިސްނުމަކަށް ނުގޮސް ދެއަތް ފުޅާކޮށްލަމުން ލިވްޔާ ބޯޖަހައިލީ އެ އަތުތެރެއަށް އަންނާށޭ ބުނާ ފަދައަކުންނެވެ.

ލިވްޔާ ދެއަތް ފުޅާކޮށްލުމުން ރައިހާން އެންމެ ސިކުންތެއް ވެސް ބޭކާރު ކުރުމެއް ނެތި ލިވްޔާގެ މޭތެރެއަށް ބޮނޑިވެލަމުން އެ ހަށިގަނޑުގައި އަތް ވަށައިލީ އެފަދަ އޯގާތެރިކަމަކަށް ފެންބޮވައިގަނެފައިވާ މީހަކު ފަދައިންނެވެ. ލިވްޔާގެ މޭތެރޭގައި މޫނު ފޮރުވައިލަމުން ރައިހާން ގިސްލަގިސްލާފައި ރޮމުން ގެންދިޔައީ މައުސޫމު ކުޑަކުއްޖަކު ހެންނެވެ.

ފެންކަޅިވެފައި އިން ލިވްޔާ އިހުނަށް ވުރެ ވެސް ބާރަށް ރައިހާންގެ ހަށިގަނޑުގައި އަތް ވަށައިލަމުން އެއް އަތުން ރައިހާންގެ ބުރަކަށީގައި ފިރުމަމުން ދިޔަ އިރު، އަނެއް އަތުގެ އިނގިލިތައް ވަނީ ރައިހާންގެ އިސްތަށިގަނޑުގެ ތެރެއަށް މަހައިލެވިފައެވެ. ރައިހާން ބޭނުން ވަރަކަށް ރޯނޭ ފުރުސަތު ދީގެން ލިވްޔާ އިނީ އެއްވެސް ފޫހިކަމެއް އަދި ޝަކުވާއެއް ނެތިއެވެ.

“އިޓްސް އޯކޭ.. ލެޓް އިޓް ގޯ.. އައިމް ހިއަރ..” ރައިހާންގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލުމުން ރައިހާން އިތުރަށް އެ މޭތެރޭގައި ބޮނޑިވެލީ ލިވްޔާގެ އެ ކުޑަކުޑަ އިޝާރާތުން ވެސް ހިމާޔަތާއި އޯގާތެރިކަން ލިބިގަންނަމުންނެވެ.

ދިހަވަރަކަށް މިނެޓު ފަހުން ރައިހާންގެ ހަރުދަނޑިވެފައިވީ ވަރުގަދަ ހަށިގަނޑު ލަސްލަހުން ލިވްޔާގެ އަތުތެރެއަށް ގެނބެން ފެށިއެވެ. އެ އަތުތެރެއިން ދުވަހަކު އިހުސާސްކުރެވިފައި ނުވާ ލޯތްބާއި އޯގާތެރިކަމުގެ ހިޔަލުގައި ރައިހާންގެ ހިތަށް ލިބިފައިވީ ޒަޚަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިއްޖެއެވެ. މަޑުމަޑުން ރައިހާންގެ ގިސްލުމުގެ އަޑު ކެނޑުނު ނަމަވެސް އަދިވެސް އިރުއިރުކޮޅާ ނޭފަތް ދަމައިލާ އަޑު އިވެއެވެ. އެ ރީތި ދެލޯ ދުޅަކޮށްލަމުން ފައިބާ ކޮންމެ ކަރުނަތިއްކަކުން ލިވްޔާގެ ބުރުގާ ތެމެމުން ދިޔަ އިރު އެ ކަރުނައިގެ ހޫނު ކަމުން ލިވްޔާގެ ހިތް ވެސް ވިރުވައިލެވެމުން ދިޔަ ފަދައެވެ.

“މިހާރު އޯކޭތަ..؟” އިރުކޮޅަކު ފަހުން ރަިއހާން ތަންކޮޅެއް ހަމަޖެހުނުހެން ހީވެ ލިވްޔާ އަހައިލުމުން ރައިހާން އެ އިން ގޮތަށް އިނދެ ހަމައެކަނި ބޯޖަހައިލީއެވެ. ރައިހާންގެ ހަރަކާތްތައް  ހުރި ގޮތުން އިންތިހާއަށް ހާސްވެފއި އިނދެ ލިވްޔާ ރައިހާންގެ ކޮޑުގައި ހިފަހައްޓައިލާފައި އޭނާގެ ގަޔާ ދުރުކޮށްލަން މަސައްކަތް ކުރީ، ރައިހާންގެ މޫނު ދެކިލުމަށެވެ. އެހެނަސް ލިވްޔާ އޭނާގެ ކޮނޑުގައި ހަމަ އަތްލުމާއި އެކު ރައިހާން އަވަސްއަވަހަށް ލިވްޔާގެ ގައިގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލަމުން އިތުރަށް ލިވްޔާގެ މޭތެރޭގައި ބޮނޑިވެލީ ހިނދުކޮޅަކަށް ވެސް ލިވްޔާއާ ދުރަށް ދާން ބޭނުން ނުވާ ފަދައަކުންނެވެ.

“ޕްލީޒް.. ޑޯންޓް ލީވް މީ..” ރުއިމުގެ ސަބަބުން ކުރެހިވެފައިވީ އަޑުން ރައިހާން އާދޭހުގެ ރާގެއްގައި ބުނެލުމާއެކު ލިވްޔާގެ ހިތުގައި ރިއްސައިލީ އިންތިހާއަށެވެ.

“ނުދާނަމޭ.. އައިމް ރައިޓް ހިއަރ.. ރައިހާން ބޭނުން އިރެއް ވަންދެން އަހަރެން ހުންނާނަން..” ރައިހާންގެ ބޮލުގައި ތުންފަތް ޖައްސައިލަމުން ލިވްޔާ ބުނެލުމުން އަނެއްކައި ވެސް ރައިހާންގެ ހަށިގަނޑު ލިވްޔާގެ އަތުތެރެއަށް ދޫވެގެން ދިޔައެވެ.

“ޕްލީޒް ނުދައްޗޭ.. ޕްލީޒް.. ލިވްޔާ ގޮއްސިއްޔާ އަހަރެން- އަހަރެން މަރުވެދާނެ.. އައި ލަވް ޔޫ ސޯ މަޗް..” އެ އިން ގޮތަށް އިނދެ ރައިހާން ބުނެލި ބަސްތަކުން ލިވްޔާގެ ހިތް ހީވީ އަނެއްކައި ވެސް މޭފަޅާފައި ނުކުންނަށް އުޅުނު ހެންނެވެ. އެހެންނަމަވެސް ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރު އޭނާ ދުވެ ފިލާކަށް ނޫޅުނެވެ. ބަދަލުގައި އޭނާ އިތުރަށް ރައިހާންއާ ކައިރިވެލަމުން އެ ހަށިގަނޑުގައި ވަށައިލެވިފައިވީ ދެއަތް ބާރުކޮށްލީ ދުލުން ނުބުނެވުނު އިހުސާސް، ޢަމަލުން ރައިހާންއަށް ދައްކައިދެވޭތޯއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ލޯބި-16

Next

ތިޔައީ ހަނދޭ-1

Next
December 20, 2025

ތިޔައީ ހަނދޭ-1

Previews
December 20, 2025

ލޯބި-16

11 Comments!

  1. Anonymous says:
    December 20, 2025 at 5:31 pm

    wow masha allah vrh reethi
    when is nest part?? i can’t wait
    mi part ah vx vrh wait kohffin
    NAAYA I’M A BIG FAN OF YOU’R CAN I HAVR YOU’R INSTAGRAM ID
    MY ID: amuu.1913
    ilym

  2. Anonymous says:
    December 20, 2025 at 5:49 pm

    Oh my! Reena keevve tha abadhu Naaif dhifaau kohfa vaahaka dhahkanee. Everyone knows that he’s bad. I wonder why she slaped Ren like I didn’t expect that.
    Im glad that Livi took the right decision. Ren really needs someone to love him.
    Curiously waiting for the next part
    Whn nxt????
    Ly 💗💗

  3. ~Ellly~ says:
    December 20, 2025 at 6:04 pm

    Awnnn,.my heart just melted!!💞
    Livy knows whats right. I’m so happy that she finally feels comfortable around him. I can’t wait dhemeehun couple akah vaa than balan. It’s gonna be so cute😍
    Lovedd this part as usual!!!🔥
    When’s next??
    Love you always 💌

  4. Shiu says:
    December 20, 2025 at 7:41 pm

    Mi Part vx varah varah reethi Masha Allah…
    Mi part kiyaafa varah Dhera vejjje 😿 Livy ah varah undhagoo vaane dhw gaboolu kuran, Ren loabi vaakan, but Livy girl u also Love Ren 🤭
    Reena vx ehen hadhaakah nuvaanennun dhw, My Ren Haadha Dhera vaane ey dhww 😿 Honestly, Naaif is a big Red flag, rikko ah vx alhaeh nulaa Reena akah vx alhaa lanee eh noon, 😤 Reena vx kurin hedhun mistake gaboolu kuran beynun nuvany dhw..
    Livya thi hedhy hama rangalhah, Loabivaa meehaku beynun vefa hutta Livy dhiyaeema, he’ll feel a lot better 😊
    Can’t Wait Ren dheke loabi vaa vaahaka Livy bunaane irakah 😁
    When Next????? Curiously waiting for the next part, Appreciate your hard work 🙂
    Lysm Nayu 💗

  5. 💙🦋💙 says:
    December 20, 2025 at 8:28 pm

    Hey…. this part is awesome…
    Nayaa submit kohfymey bunyhsure beley upload vehje thw….
    Alheyy raihaan is soft aslu….
    Reenaa naaif aa hedhi moya viyas boduvaru….
    When next??
    Can’t wait for next

  6. Mar Sha Mar Sha says:
    December 20, 2025 at 10:51 pm

    hi Nayaa, beynun vaa hisaabah adhi kiriya mi aee, varah rythi, Livy understood Raihaan ge mizaaju varah rangalhah dho, so nice, waiting for morreeee. lots of love dear

  7. 🥀 says:
    December 20, 2025 at 11:47 pm

    Awwww so sweet 😁🥰
    Alhe reena ehfaharu ves ren ge vhk gaboolu kuraanama enaaif gandu dheke nikah foohi vehje eyna aa vegen my ren ah ehn evanii 🥺
    Btw im happy for livy n ren n yhh ren ah vrh undhagoovaane dhw parents ves neii anehkaa amihla dhahtha faraathun ves naaif ge kamehga libenii aniyaa so I appreciate that ren is pain too not only livyyy
    Btw vrh vhk dhehkihje n btw when is next part I cant wait for next pls pls vrh avahah up kohla dhehcheyyy

  8. yashaa says:
    December 21, 2025 at 12:39 am

    Omg….mashaallah vhk vrh Reethi avahah next part upload kohlladheeba

  9. 🎀 says:
    December 21, 2025 at 5:47 am

    Hi nayaa, varah reethi mi vaahaka maa sha allah. Raihaan ulhey gothun dhera vey eba mihaaru.
    Kiriya lolun karuna nai mi vhk kiyamun dhiya iru. 4 parts ekkon kiyaalee mi. Hama vrh reethi maa sha allah!
    By the way, congratulations ingey.. 🎀👏💐 varah ufaa v nayaa ah vana eh libunyma
    Nayaa thee varah molhu kujjeh aslu ves. Allahumma baarik!! Abadhu ves thi gothuga kuriyah dhahchey..🙂

  10. Shiu says:
    December 21, 2025 at 8:04 am

    Mi part vx varah Reethi Masha Allah…
    Ren ge vaahaka Reena gaboolu kuraa nama ennun 🥲 Honestly, Naaif dheke Mihaaru varah foohi vejje, He’s a big red flag, I feel Bad for Riaa Baby and Reena, But Reena vx kurin hedhunu mistake gaboolu kuran beynun nuvany dhw 😔
    Livya E hedhy rangalhah, Loabivaa meehakah beynun jehifai v gadeega Livy dhiyaeema, He’ll feel a lot better 🙂 rulhiverikan kithamme varakah dhakkan ulhunas, He’s broken Inside 💔🥺 Can’t wait Ren dheke Loabi vaaa vaahaka Livy bunaane irakah 😅
    When Next??? Curiously waiting for the next part.. Appreciate your hard work 🥰
    Lysm Nayu 💗

  11. Alsssss⁠✿ says:
    December 22, 2025 at 12:31 pm

    When’s next?😊
    Curiosity on hundred!!!

Comments are closed.

Next Episodeހިތް އެދޭ މަންޒިލަކީ… 19←


All Right Reserved!