ދަތުރު-1
މަންމަ އާއި އެކު ރަށަށް ބަދަލުވީ މާލޭގައި އުޅެންޖެހޭލެށް ދަތިކަމުންނެވެ. ތިން ކުދިން ގޮވައިގެން މަންމަ އުޅެނީ އެކަންޏެވެ. ބައްޕަ ވަޒީފާ އަދާކުރަމުން ދަނީ އެހެން ރަށެއްގަ އެވެ. ބައްޕަ އަށް ލިބޭ ކުޑަ މުސާރައިން ގޭގެ ކުލި ދައްކައި ދެކޮޅުޖެއްސެނީ ކިރިޔާ އެވެ.
އޭރު އަހރެންގެ އުމުރުން 10 އަހަރެވެ. ފުރަތަމަ ވެސް ގުރޭޑު ހަތަރަކަށް އައުމުން އަހަރެނވީ މުޅިން އާކުޖަކަށެވެ. ދެންތިބި ހުރިހާ ކުދިންނަކީ އެންމެ ކުޑައިރުން ފެށިގެން ވެސް އެއްކުއްޖަކު އަނެއްކުއްޖަކު ދަންނަ ކުދިންނެވެ. ނަމަވެސް ބީރައްޓެހިކަން މަޑު މަޑުން ފިލައިގެން ދިޔައެވެ. ހުރިހާ އަންހެން ކުދިން ވެސް އަހަރެންގެ އެކުވެރިއަކަށް ވާން ބޭނުން ވިއެވެ. މަދު މަދުން ނަމަވެސް އެކުދިން ތެރޭގައި ދެބާސްވުން އުފެދެ އެވެ.
ގިނަ ދުވަސް ތަކެއްނުވެ ޤުރުޢާން ކުލަހަކައް ވެސް ދާން ފެށީމެވެ. އެތާގައިވެސް ތިބީ އަހަރެން ކުލާހު ކުދިން ކޮޅަކާއި އެހެން ގުރޭޑެއްގެ ދެތިން ކުއްޖަކާއި ދޮންތަ އާއި ދޮންތަގެ ކުލާހު ކުއްޖެކެވެ. ގިނައިން ބައްދަލުވާން ފެށުމާ އެކު ހުރިހާ ކުދިންނާއި ގުލުން ވެށް ބަދަހިވާން ނެގީ މަދު ދުވަސް ކޮޅެކެވެ. އަދި ސުކޫލުން ފެނިދެނިވެ އުޅޭ ކުދިންނާއި ވާހަކަ ވެސް ދެކެވެން ފެށި އެވެ. މިއީ ހާދަ އެކުވެރި ކުދިން އުޅޭ ރަށެކޭ އަހަރެން ހިތައް އެރި އެވެ.
ސްކޫލު އާއި ކުލާސްތެރޭގައި މައްސަލަ އުފެދުނީ އަހަރެންގެ ކުލާހުގައި އުޅޭ ލީން އައް ދޮންތަގެ ކުލާސް ކުއްޖެއްކަމަށްވާ ނާއިމް ކަމުދާކަމަށް ނާއިމް ބުނަން ފެށުމުންނެވެ. އޭރު އަހަރެންނައް ކުދިންނަށް ރައްޓެހިވުމާއި “ކްތަޝް” އަކީ އަހަރެން ދަންނަ ކަންކަމެއް ނޫނެވެ. އެހެން ކަމުން އަހަރެން ހުރީ ވާނުވާގަ އެވެ. ކޮންމެއަކަސް ލީން އެއީ ދޮގެއްކަމަށް ބުނެ އަމިއްލަ ދިފާއުގައި ވާހަކަ ވެސް ދެއްކި އެވެ. ނަމަވެސް އަހަރެންނަށް ލީން ދެއަކި ވާހަކަތަކެށް ގަބޫލެއް ނުކުރެވެ އެވެ. ކުޑަބެ އާއި ދޮންތަ އަހަރެންނަށް ކިޔައިދިން ގޮތުގައި ލީން ހަދަނީ ދޮގެވެ. ކުލާހުގައި ކޯޅުންގަނޑު ބޮޑުވި އެވެ. އެއްބަޔަކު ނާއިމް އާއި އެއްކޮޅަށް ހުރި އިރު އަނެއްބަޔަކު ހުރީ ލީން އާއި އެކު އެވެ.
ކުދިންގެ ރުޅިވެރި ބަސްތަކާއި މަލާމާތާއި އަޅުވާ ކިޔުންތައް ލީން އައް އަމާޒުވަމުން ދިޔަ އިރު އަހަރެންނަށް ފެންނަމުން ދިޔައީ އާމަންޒަރެކެވެ. މަޑު މަޑުން “ކްރަޝް” ގެ ކުޅިގަނޑަށް އަހަރެން ގެ ޝައުގުވެރިކަން އިތުރުވާންފެށިއެވެ. ކުދިން ދައްކާ އެކަހަލަ ވާހަކަތަކުގައި ބައިވެރިވެ އަހާ އޮޅުންފިލުވަން ފެށީމެވެ. އެއީ ވަރަށް މަޖާކަމެކެވެ. ދުވަސް ދުވަސްކޮޅުން ކޮންމެވެސް ދެކުއްޖަކު ލައިގެން އަޅުވާކިޔައެވެ. ނޫނީ ކޮންމެވެސް ދެކުޖަކު ރައްޓޭހި ވެއްޖެއޭ ކިޔައެވެ. ސްކޫލުގައި އެކަހަލަ ވާހަކަ އެވެ. ގޭގައި ދޮންތަ އާއި ކުޑަބެ އާއިއެކު ވެސް އެކަހަލަ ވާހަކަ އެވެ.
ފުރާވަރަށް އަރާތީ އެކަހަލަ ކަންކަމަށް ޝައުގުވެރި ވާނޭކަމަށް ދޮންތަ އަބަދުވެސް އަހަރެން ކައިރީ ބުނެއެވެ. ވީވެސް އެހެންނެވެ. އުމުރުން 12 އަހަރުވީ އިރު އަހަރެން ބޭނުންވީ ކުއްޖަކާ ރައްޓެހިވާށެވެ. ކިޔެވުމަށް ހުރި ޝައުގާއި ފޯރި ކުޑަވިއެވެ. ފޮތް ކިޔާހިތެއް ނުވެއެވެ. ފިލާވަޅު ހެދުން ވެސް ވީވޭނަކަށެވެ. ސިކުނޑީގައި ދައުރުވަމުންދާ ހިޔާލުތަކުގެ ސަބަބުންނެވެ. އަހަރެން ކުއްޖަކާއި ރައްޓެހިވެގެން ކިހާ ލޯބިކޮށް އުޅެވޭނެ ހެއްޔެވެ. އަހަރެންނާއި ރައްޓެހިވާނީ ވެސް ކާކު ހެއްޔެވެ. އެއްވެސް ކުއްޖަކަށް އަހަރެން ރީތިވާނެބާއެވެ. މިފަދަ ހިޔާލުތައް އަހަރެންގެ ސިކުނޑިއަށް ވެރިވީ އަދަދެއް ނޭނގެއެވެ.
އަހަރެންނައް އަބަދުވެސް ހީވަނީ އަހަރެންމީ ވަރަށް ހަދި ކުއްޖެއް ހެންނެވެ. އެހެންކަމުން އަހަރެން ރީތިވާން ފަރުވާތެރިކަން ބަހައްތަންފެށީމެވެ. ގަޔަށް ބާރު ކުރު ހެދުން ލާން ފެށީ އަހަރެންނަށް ރީތިވީމަ އެވެ. އަދި އަހަރެން އެކަހަލަ ހެދުމުގައި ރީތިހެން ހީވީމައެވެ. އަހަރެން ބުރުގާ ވެސް އަޅަނީ މާކުޑަކޮށް ނޫން ނަމަވެސް ކުޑަކޮށެވެ. އަދި ފަހުން ޝަބީނާ އާއި އެކު ހަވީރު ގަޑީގައި ބޭރަށް ދާން ފެށީމެވެ. ޝަބީނާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. “ބެސްޓް ފްރެންޑް” އެވެ. އޭނާ ވަރަށް ގިނައިން އަހަރެންގެ ގެއަށް ވެސް އާދެއެވެ. އަބަދުވެސް ދައްކާނީ ފިރިހެން ކުއްޖެއްގެ ވާހަކަ އެވެ. އޭނާގެ ވަރަށް ގިނަ ފިރިހެން އެކުވެރިން ވެސް ތިބެ އެވެ. ޝަބީނާ ދައްކާ ވާހަަކަތަކައް އަހަރެން ވަރަށް ޝައުގުވެރިވަމެވެ. އޭނާ ދައްކާ ވާހަކަތަކުން ހީވަނީ އޭނާ ފިރިހެން ކުދިންނާ ދޭތެރޭ ބައްވަން ބޭނުންވަނީ ހަމައެކަނި އެކުވެރިކަމުގެ ގުޅުންހެންނެވެ. އޭނާ އެކަމަށް އެއްބަސް ވިވެސް މެއެވެ.
“އަހަރެން ވަރަށް ފޫހިވޭ ރިލޭޝަންޝިޕް ދެކެ. އަދި ނުވެސް ވިސްނަން އެކަހަ ކަމަކާ” އެއްދުވަހަކު އޭނާ ބުންޏެވެ.
ދުވަސްތައް އެފަދަގޮތަކަށް ފާއިތުވަމުން ދިޔައެވެ. ގުރޭޑު 7 ގައި އަހަރެންނަށް ޕްރިފެކްޓް ކަންވެސް ލިބުނެވެ. ނަމަވެސް އަހަރެންގެ ހުރިހާ ޝައުގެއް ކިޔެވުމަށް ހުއްޓޭގޮތެއް ނުވި އެވެ. އޭރު ޝަބީނާގެ ތިމާގެ ދެކުދިން، ރާއިފް އާއި ހުޝާމް ވެސް އެއީ އަހަރެންގެ ވަރަށް ގާތް އެކުވެރިންނެވެ. އެދެ ކުދިންނަކީ އެއްވެސް ވަރަކަށް ކިޔަވަން އުޅޭ ބައެއް ނޫނެވެ. އެދެމީހުން އަބަދުވެސް އަހަރެންނާއި ޝަބީނާ އައް ވާހަކަ ދައްކަ އެވެ. އަހަރެމެންނަށް ގިނަފަހަރަށް ޓީޗަރު ކިޔާ އެއްޗެއް ވެސް ނޭނގެ އެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



mi part vx vrh reethi Masha Allah 💗
when next part??
thank you.
Inn shaa allah vrh avahah next pert vx kiyaalan libeyne.