Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-14

_MuXo_
_MuXo_ Level 1010 Stories100 Comments100 Login100 Stories500 Login500 Comments
May 20, 2025 2 Mins Read
2 Comments

އަރަން އާއި ޖައިޝް ވެސް ކިޔެވިމައިގެން ކުރިޔަށް ދިޔައިރު މާހީ އަށް ފާރަލާ މީހާ އަށް ވެސް ފާރަލައެވެ. އެކުއްޖާއަކީ ހަމަގައިމުވެސް ކޮލެޖްގައި އުޅޭ ކުއްޖެއްކަން ޔަގީނެވެ. ކޮލެޖް ބޭރަކުން އޭނާ އެއް ނުފެނެއެވެ.

*ޕާރްޓް-14*

މެންދުރުވަގުތެވެ. ގަޑިން 2:30 ވެއްޖެވެ. ކޮލެޖް ނިއްމާލައިފައި މާހީ އައިސް އިނީ ލައިބްރެރީގައެވެ. ގިނައަދަދެއްގެ ކިޔަވާ ކުދިން އެކި މޭޒުތަށް ދޮށުގައި ތިއްބެވެ. މާހީ އިނީ ތަންކޮޅެއް ދުރުގައި އިން މޭޒެއްކައިރީގައެވެ. އެހެން އިންދައި ފިރިހެންވަނަތަ އަޑަކުން ގޮވާލި އަޑު އިވުނެވެ. މާހީ އިސްއުފުލާ ބަލާލިއިރު އިސްކޮޅުން ދިގު ފިރިހެން ކުއްޖަކު ހުއްޓެވެ. ބައިމަތީ ފުޅާ ހަށިގަނޑެކެވެ. ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑެކެވެ.  ފުންމިން ނެއިންގޭ ކަޅު ދެލޮލެވެ. އޭނާ ލައިގެން ހުރީ ރީންދޫކުލައިގެ އަތްދިގު ޓީޝާޓާއި ޖިންސް ވަރަށް ގުޅެއެވެ.

“ހާޔް..؟” މާހީ އަށް އިރުކޮޅަކު ބަލަން ހުރެވުނީ ހައިރާންވެފައެވެ.

“މިތާ އިށީނަސް އޯކޭތަ..؟” އޭނާ އެހެން އަހާލީރު އަތުގައި ދެއެކްސްއެލް ދަޅު އޮތެވެ.

“އޯކޭ..” މާހީ އެއްބަސް ވިއެވެ.

“ކީއްތަ ތިކުރަނީ.؟” އެކުއްޖާ އިށީނީ މާހީ އާއި ކުރިމަތިވާ ގޮތަށެވެ.

“ފިލާވަޅު ހަދަނީ..” މާހީ އިނީ ލަދުންނެވެ. ނުވެސް ދަންނަމީހަކު އައިސް އޭނާ ކައިރީ އިށީންދެ ވާހަކަ ދައްކަންފެށީމަ އެެވެ.

“އަހަރެންގެ ނަމަކީ މާއިލް.. އެންޑް ޔޫއާރް..؟” މާއިލް އަމިއްލައަށް ތާރަފްވެލިއެވެ.

“މާހީ..” މާހީ ވެސް އޭނާގެ ނަން ބުނެލިއެވެ.

“ވަރުބަލި ވެފަދޯ ހުންނާނީ ކިޔަވާކިޔަވާ.. އެހެންމަ އެހެންވެގެނަ ދަޅެއް މީ..” މާއިލް އެއްދަޅު މާހީ އާއި ގަޔާކޮށްލަމުން ބުނެލިއެވެ. މާހީ ހިފަން ނުހިފަންހުރެފައިވެސް ހިފިއެވެ.

“ތެންކިޔު..” މަޑުމަޑުން މާހީ ބުނެލިއެވެ.

“އެނގޭތަ.. އަހަރެންގެ އެއްވެސް ފްރެންޑް އެއްނުހުރެ މިތާކު.. ދެން މާހީ ފެނުނީމަ ހިތަތްއެރީ ރަގަނޅު ކުއްޖަކަށް ވާނެއޭ.. އެހެންވެ މިއައިވެސް..” މާއިލް ދަޅުންއެތިކޮޅެއް ބޯލިއެވެ.

“އަސްލުތަ.. އެކަމު އަހަރެންނެއް ނުދެކެން މާއިލް ކޮލެޖް ތެރެއިންނެއް..؟” މާހީ ހީލިއެވެ.

“ހެހެ.. މާގިނަ ކުދިން އުޅޭތީ ކަމަށް ވާނީ..” މާއިލްވެސް ހިނިތުންވެލިއެެވެ. ވަރަށް ވެސް ލޯބި ހިނިތުންވުމެކެވެ. އަންހެންކުއްޖަކު މޮވަވާހާ އެވެ.

މާހީ އާއި މާއިލް ލައިބްރެރިގައި ތިބެ އެތަކެއް ވާހަކަދެއްކިއެވެ. މާއިލް، މާހީގެ ފިލާވަޅުތަށް ހަދައިދިނުމަށްވެސް އެހީވެދިނެވެ. ދެމީހުންވެސް ނުލާހިކު އަވަހަށް އެކުވެރި ވިއެެވެ. ދެމިހުންވެސް އެއްކޮށް ގެޔާހަމައަށް ވެސް އައެވެ.

“މީ އަހަރެން އުޅޭތަނަކީ..” ބިލްޑިންގް އާއި އަރާހަމަވުމުން މާހީ ބުނެލިއެވެ.

“އަސްލުތަ.. އަހަރެން އުޅެނީ އަދި ތަންކޮޅެއް އެކޮޅުގަ..” މާއިލް ޖީބަށް އަތް ޖަހާލިއެވެ.

“ދެންދަނީ..” މާހީ ބުނެލިއެވެ.

“އޮހް ބާޔް.. އަދި މީޓް ވާންނާނެ ދޯ..” މާއިލްވެސް ހަނާއަޅާލިއެވެ.

މާހީ ސިޑިންއަރައިގެން ދިއުމުން މާއިލްވެސް ދިޔައީއެވެ.  މާހީ އަށް އާދަޔާހިލާފް އުފާވެރި ކަމެއް އިހްސާސް ކުރެވުނެވެ. މާއިލް އާއި އެކު ހޭދަކުރެވުނު ވަގުތުކޮޅާއި މެދު ވިސްނެންފެށުނެވެ. މާހީ އެޕާރްޓްމެންޓް އަށް ވަދެ ދޮރުލައްޕާލުމާއި އެކު ޒީކް ގޮވާލިއެވެ.

“ކޮބާ ލައިބްރެރީ ރަގަނޅުތަ.،؟” އޭނާ އިނީ ޓީވީން ފިލްމެއް އަޅުވައިގެންނެވެ.

“އާން.. ވަރަށް ފަސޭހަ ލައިބްރެރީގައި އިނދެ ކިޔަވަން..” މާހީ އެހެންބުނެލައިފައި ވަނީ ކޮޓަރިއަށެވެ. ފެންވަރާ ހަދާލައިގެން އައިސް ޒަހީނާ އަށް ވާހަކަ ދައްކާލިއެވެ. ފޮނުބާއްވާލައިފައި މާހީ އެދުމަތީ އޮށޯވެލިއެވެ. ލޯމަރާލުމާއެކު ސިފަވީ މާއިލް އެވެ. މާއިލް އާއި މެދު މާވަރަކަށް ވިސްނެން ފެށުމުން މާހީ ލަވްޔާ އަށް ގުޅާލިއެވެ.

“ހެލޯ.. ބިޒީތަ..؟” މާހީ އަހާލިއެވެ.

“ނޫނޭ މިގަޑީ ބިޒީއެއްނުން..” ލަވްޔާ ބުނެލިއެވެ.

“ވާހަކައެއް ބުނެލަންވެފަ އެބޮތް..”

“ކިޔާބަލަ..” މިއަދު މާއިލް އާއި ދިމާވި ވާހަކައާއި މާއިލް އާއި ދެކެވުނު ވާހަކަވެސް މާހީ ލަވްޔާ އަށް ކިޔައިދިނެވެ.

“މިހާރު އަބަދު ވިސްނެނީ މާއިލް އާއި މެދު..” މާހީ ބުންޔެވެ.

“ހޫމް.. އައިތިންކް ޔޫ ލައިކް ހިމް..” ލަވްޔާ އިރުކޮޅަކު ހުރެލައިފަ ބުނެލިއެވެ.

“ފުަރަތަމަ ފެންނާއިރަށް ކިހިނެއް ލައިކް ވާނީ..؟” މާހީ ގަބުލެއް ނުކުރިއެވެ. އޭނާ ދެކޭ ގޮތުގައި މީހަކާއި އެކި ދުވަސްކޮޅަކު އުޅުމުން އެމީހަކާއި ދޭތެރޭ އިހްސާސް އުފެދެން ފަށާނީއެވެ.

“ހަމަ ވެދާނު..” ލަވްޔާ ގޮތުގައި ހިފޭއްޓިއެވެ.

ދެއެކުވެރިންވެސް އިރުކޮޅަކު ވާހަކަދައްކަން ތިބެފައި ފޯނު ބޭއްވިއެވެ.

ރޭގަނޑުގެ ވަގުތެވެ. އަރަން އާއި ޖައިޝް ތިބީ ކާށެވެ. ދެމީހުންގެވެސް މެދުގައި ދެކެވެމުން ދިޔައީ ސުކޫލް ދައުރުގެ މަޖާވާހަކަ އެވެ.

“އޭ ބޮރޯ މަގޭ އެބޮތް އެއްޗެއް އަހާލަން ވެފަ..” ޖައިޝް ސިރިއަށް ވެލިއެވެ.

“އަހާބަލަ..” އަރަން ވެސް ޖައިޝް ކުރަން އުޅޭސުވާލަކަށް ތައްޔާރުވެލިއެވެ.

“ރަށު މީހުން ވަރަށް އެއްޗިހި ކިޔެއްނު ކަލެޔަ ކަލޭމަންމަ އަށް..” ޖައިޝް ބުނެލިއެވެ.

“ހޫމް..” އަރަން ވެސް އެއްބަސް ވިއެވެ.

“އެއީ ކީއްވެގެން..؟” ޖައިޝް އަހާލިއެވެ.

އަރަން މޫނުމައްޗަށް ވެރިވީ ނުތަނަވަސް ކަމެވެ. ސިކުނޑީގައި އެހަދާންތަށް އާވާން ފެށިއެވެ. އަރަން އެއްޗެކޭ ނުބުނެހުންނަން ފެށުމުން ޖައިޝް ބުނެލިއެވެ.

“އޯކޭ ބުނަން ބޭނުން ނޫނިއްޔާ ނުބުންޔަސް..”

“އުހުން.. މަ ބޭނުން މިވާހަކަތަށް ކޮންމެސް މީހަކަށް ހިއްސާކުރަން..” އަރަން ބަލާލީ އަސަރުން ފުރިގެންވީ ނަޒަރަކުންނެވެ.

  • *ނުނިމޭ*

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 1010 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

ޒެވިއަން 18

Next

ވާ ލޯބި އެނގޭނަމަ(16)

Next
May 20, 2025

ވާ ލޯބި އެނގޭނަމަ(16)

Previews
May 20, 2025

ޒެވިއަން 18

2 Comments!

  1. leeshaa says:
    May 20, 2025 at 3:44 pm

    hiii sis
    varah dhuvas vehjje dhw comment koh nukeveythaaa
    busy kamun ingey
    ekm baraabarah hurihaa part thakeh vx kiyamun mi annanee
    mi part vx vrh reethi Masha Allah 💗
    maail why maahee kairiyah dhiyaee…
    yageeney e ulhenee maahee libeytho kan
    arange stoey vrh adu ahaalan beynun
    can’t wait!!
    take care sis ❤️
    btw how’s your studies going?

    1. _MuXo_ _devil_ says:
      May 20, 2025 at 3:55 pm

      E ok vaane!
      Dhen Anna part ga egeyne dhw konvaakaha ehkan Aran bunana ulhenee!

Comments are closed.

Next Episodeއަބަދަށް-15←


All Right Reserved!