Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އަބަދަށް-13

_MuXo_
_MuXo_ Level 910 Stories100 Comments100 Login100 Stories500 Login500 Comments
May 15, 2025 2 Mins Read
2 Comments

ދެމީހުން ޓީވީ ބަލަން ތިއްބައި މީހަކު ދޮރުގައި ޓަކިދިނެވެ. މާހީ ބުރުގާ ބަލައި ދާން އުޅުމުން ޒީކް ބުނީ އެވާނީ އާސިމައްތަ އަށް ކަމަށެވެ. ދޮރުހުޅުވައިލިއިރު އާސިމައްތަ އިނީ ބޮޑު ކޮތަޅެއްހިފައިގެންނެވެ.

“އަންތިދެކުދިންނަށް ހަދިޔާ އެއް..” އާސިމައްތަ ދިއްކޮށްލީ ޕާރިސަލް އެކެވެ. ޒީކް ޝުކުރު އަދާކޮށްފައި އޭގައިހިފިއެވެ. އާސިމައްތަވެސް ހިނިތުންވެލައިފައި ދިޔައެވެ.

ފަސޭހައެއްނު.. އެއްޗެއް ކައްކާކަށްވެސް ނުޖެހޭނެ..” ޒީކް ބުނެލިއެވެ. ދެމީހުންވެސް ޕާރިސަލް ކައިގެން ވަނީ ކޮޓަރިއަށެވެ.

*ޕާރްޓް-13*

އެދުގައި އޮށޯވެލައިގެން އޮތްއިރު އަރަންގެ ސިކުނޑިތެރޭ ބޮޑު ހައިޖާނުގަޑެއް ހިގަމުން ދިޔައީ މިއަދު ޖައިޝް ބުނި ކަންތަކާއި ހެދިއެވެ. ކޮންމެވެސް އެހެންމީހަކަު މާހީ އާއި އެބަ ފާރަލައެވެ. މިކަމުގެ ފަހަތުގައި ކޮންމެސް ނުބައެއް އުޅޭކަން ޔަގީނެވެ. އެއީ ކާކުތޯ އެބަ ހޯދަން ޖެހެއެވެ. މާހީ ރައްކާތެރިކުރުމައްޓަކައެވެ. އަރަން އެކިގޮތްގޮތަށް ވިސްނަމުން ދިޔައެވެ.

ކޮލެޖް ތެރެއެވެ. މާހީ އިނީ ފޮތް ކިޔާށެވެ. ކްލާސްތެރެއޮތީ ހަލަބޮލި ވެފައެވެ. ކިޔާރާ މިއަދުގެ ލެސެންއަށް ނާންނާތީ މާހީ އިނީ އެކަންޔެވެ. މާހީ ސިހުނީ މީހަކަުއައިސް ގޮވާލުމުންނެެވެ.

“ހެލޯ ބިއުޓިފުލް.. ކީއްތި ކޮށްލަނީ..؟ ހާދަ އެކަނި ވެރިވެފަ އިންހެން ހީވެއޭ..؟” ހަމައެކްލަސް ކުއްޖެއް ކަމައްވާ އަޔަންްޝް އައިސް އިށީން ދެލިއެވެ. މާހީ އެކެއްޗެކޭވެސް ނުބުނެ ހިނިތުންވެލިއެވެ.

“ކީއްވެތަ ބަހެއްނުބުނުނެ ތީނީ..؟ މަންމަނެއްތަ..؟” އަޔަންޝް އެހެން ބުނުމުން އެއްމެން ފެށީހޭށެވެ.

“ވެދާނެ މާ ފިޑި ގޮލައެއްކަމަށް..” އެހެން ކުއްޖަކު ގޮވާލިއެވެ. އަޔަންޝް ވެސް ފެށީހޭށެވެ. މާހީ އެއްޗެއް ބުނަން އަގަ ހުޅުވާލިތަނާހެން ލެކްޗަރާ އައިސް ވަނެވެ. ހުރިހާއެްމެންވެސް އެމީހެއްތިބިތަނަށް ދިޔައެވެ.

ބްރޭކް ގަޑިކަމުން އެކިކުދިން އެކިކަންކަމުގައި ޝާމިލްވެ އުޅުނެވެ. ޒީކް އާއި މާހީވެސް ކެންޓީނުގައި ވާހަކަދައްކަން ތިއްބެވެ. އަރަން އާއި ޖައިޝް ވެސް އައިސް މޭޒެއްކައިރީ އިށީންކަމެއް ނެއިންގެ ލިޔާއައެވެ. އަރަންގެ މުޅި މޫޑް ހަރާބުވީއެވެ. ޖައިޗް އާއި ދެމީހުން ލޮލުން އެކަކު އަނެކަކަށް މެސެޖްއެއް ފޮނުވާލިއެވެ.

“ހޭޔް.. އެނގޭ އަހަރެން މިއައީ އަރަން އަށް ހަދިޔާ އެއް ހިފައިގެން..” ލިޔާ ބުނެލިއެވެ. އަރަން އިނީ ބަހެއްވެސް ނުބުނެލައެވެ.

“މިއޮތީ..” ލިޔާ ދަބަސް ތެރެއަށް އަތްލައިފައި އަތްނެގީރު އޮތީ ލައްޕާލާފައެވެ. އަރަން ބަލާލުމުން ލިޔާ އަތްހުޅުވާލިއެވެ. ހުސްއަތެކެވެ. ލިޔާ ފެށީހެށެވެ. އަރަން ފުހި ވެގެން ކާންގެނަ އެއްޗިހި ހާވާލަހާވާލަ އިނީއެވެ. ޖައިޝް އޭނާ އަށް ހަވާލު ކުރި މަސައްކަތައިގެން ކުރިއަށް ދިޔައެވެ. މިއަދުވެސް އެމީހަކު އޭނީ ވަރަށް ނުވާކމަށް ހެދިފައި މާހީ އާއި ދިމާއަށް ބަލާށެވެ. އޭނާގެ މަގްސަދަކީ ކޮބައިހެޔެއްވެ؟ އެހެންތިބެފައި މާހީ އާއި ޒީކް ތެދުވެގެން ނިކުތުމުން އޭނާވެސް އިރުކޮޅަކު ހުރެފައި ނިކުތެވެ.

“އޭބްރޯ.. ހިގާބެ ބޭރަށް..؟” ޖައިޝް އެހެން ބުނެ ތެވިއެވެ. އަރަން ވެސް ތެދުވިއެވެ.

“އައިވިލް ސީޔޫގާއިސް އެޓް ކްލާސް ބާޔް..” ލިޔާ ހަނާއަޅާލުމުންވެސް ދެމީހުންކުރެ އެކަުވެސް އަޅައެއްނުލިއެވެ.

“އޭނާ ހަމަ އެބަ ފޮލޮ ކުރޭ މާހީއަށް.. ކޮންމެވެސް ނުބައެއް އެބަ އުޅޭ..” ޖައިޝް އަރަންގެ ކަންފަތް ދޮށުގައި ބުނެލިއެވެ. އަރަންވެސް އެމީހަކު ފެނޭތޯ ހޯދައިލިއެެވެ. ކޮލެޖްް ގޯތިތެރެއަށް ނިކުމެވުމުން މާހީ ފެނުނެވެ. މާދުރުނޫން ހިސާބެއްގައި އިން އެފިރިހެން ކުއްޖަފެނުނެވެ. މާހީ އަކީ ހަމައެކަނި އޭނާގެ ހައްގެކެވެ. އެހެންމީހަކަށް މާހީ އެއް ނުލިބޭނެއެވެ. ލިބުނަނުވެސް ދޭނެއެވެ.

ދުަވަސްތައް ތައް އޭގެ ހަލުވި މިނުގައި ގޮސް އެއްހަފްތާ ނިމިގޮއްސިއެވެ. މިހާރު ކްލާސްތެރޭގެ އަމާޒުފަތްގަނޑަކަށް މާހީ ވެއްޖެވެ. ކޮންމެވެސް ޖެއްސުމެއް އަބަދުވެސް ކުރެއެވެ. ލިޔެލިޔެ ހުއްޓައި ގަލްން އަތުލުމާއި ވަނަން ގޮވުން މިހާރު އާމެވެ. ހަމައެހެންމެ ގަނޑު ބޮނޑިކޮށްފައި އުކާވެސް ހަދައެވެ. މިކަންތަކުންކިތައްމެ އުދަގުލެްްވިއަސް މާހީ ކެއްކޮށްލައިގެން ހުންނަނީއެވެ. ކިތަށްމެ ފަހަރަކުވެސް މާހީ ހިތަށް އަރައެވެ. އަރަން ހުރިނަމަ އޭނާ ދިފާއު ކުރީއްސެވެ. އެކަމު އަރަން ނެތުމުން މާހީ ދިފާއު ކުރާނޭ އެކަކުވެސް ނެތެވެ. ކިޔާރާ ވެސް އެހެންނަހަދާށޭ ބުނެލުމުން ނިމުނީ އެވެ.

އަރަން އާއި ޖައިޝް ވެސް ކިޔެވުމައިގެން ކުރިޔަށް ދިޔައިރު މާހީ އަށް ފާރަލާ މީހާއަށްވެސް ފާރަލައެވެ. އެކުއްޖާއަކީ  ހަމަގައިމުވެސް ކޮލެޖްގައި އުޅޭ ކުއްޖެއްކަން ޔަގީނެވެ. ކޮލެޖްއުން ބޭރަކު އޭނާއެއް ނުފެނެއެވެ.

*ނުނިމޭ*

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

_MuXo_
Follow Me Written By

_MuXo_

Level 910 Stories100 Comments100 Login100 Stories500 Login500 Comments

Other Articles

Previous

މަޢާފް އެދެމުން 6

Next

އެކްޓަރ (ޕާޓް 18)

Next
May 15, 2025

އެކްޓަރ (ޕާޓް 18)

Previews
May 15, 2025

މަޢާފް އެދެމުން 6

2 Comments!

  1. leeshaa says:
    May 16, 2025 at 1:37 pm

    Mi part vx vrh reethi Masha Allah 💜
    oh god kaaku anehkkaa maahee ah faaralanee??
    gud luck with your studies sis
    take care

    1. _MuXo_ _devil_ says:
      May 16, 2025 at 1:52 pm

      Thank you leeshaa! you too tc!

Comments are closed.

Next Episodeއަބަދަށް-14←


All Right Reserved!