އަބަދަށް-12
އަރަން ފާހަނާއަށޭ ކިޔައިފައި ދިޔައީ ކްލާހަށެވެ. ގޮސް ގޮޑީގައި އިށީންދެލިއެވެ. މިދިމާވީ ކޮންކަހަލަ ކަމެއް ހެއްޔެވެ. ލިޔާ ހާދަ އަގަގަދައެވެ. ލިޔާ އާއި ހެދި އަރަން ކުރަން އުޅުނު ކަންތަކެއްނުވިއެވެ. އަރަން ފުދޭވަރަކަށް ހިތްހަމަނުޖެހުނެވެ.
*ޕާރްޓް-12*
ކޮލެޖް ނިމުމުން އަރަން އާއި ޖައިޝް ވެސް ދާން ހިގައިގަތެވެ. އަރަން ހުރީ އަދިވެސް މޫޑް ގޯސްވެފައެވެ. ފޮނުހިފައިގެން ދިޔަ އަރަން ސިއްސައިގެން ދިޔައީ ލިޔާ އައިސް ގޮވާލުމުންނެވެ. ސިއްސައިގެން ދިޔަވަރުން ފޯނުވެސް ވެއްޓުނެވެ. އަރަން ފޮނުނަގަން ތިރިވީރަށް ލިޔާ އަވަހަށް ފޯނުނަގައިފައި ދޭންއުޅެނިކޮށް ފެނުނީ މާހީގެ ފޮޓޯއެކެވެ. އޭނާގެ ހިނިތުންވުން ފަޑުވިއެވެ.
“ތެންކްސް..” އަރަން އަވަހަށް އަތުލިއެވެ.
“ކޮންތާކަށް ތިދަނީ..؟ ގެޔައްތަ..؟” ލިޔާ އެމީހުންނާއި އެއްވަރެއްގައި ހިގަމުން ދިަޔައެެވެ.
“އާން.. ދެން އެނޫން ކޯންތާކަށް ދާނީ..؟” ޖައިޝް ޖަވާބުގައި ބުނެލިއެވެ.
“އޯހް.. އަހަރެން ހީއްކުރީ ލައިބްރެރީއަށް ކަމަށް..” ލިޔާ އެނާގެ އިސްތަށިގަނޑު ރީތި ކޮށްލަމުން ބަލައިލީ އަރަން އަށެވެ.
“ހެހެ.. ދެންމިއަދު ކުޑަކޮށް ވަރުބަލވެފަ ހުރީމަ..” ޖައިޝް ހީލިއެވެ.
“އެހެންތަ..؟” ލިޔާ ވެސް ހީލިއެވެ.
ލިޔާ ކައިރިން އަވަހަށް ސަލާމަތް ވުމަށް ޖައިޝް އަވަހަށް އެހެން މަގަކަށް އެޅިއެވެ. އަރަންއަށް ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
“އެމަންޖެއާ ހެދި މަގޭ ކުރަން ހިތުއަޅައިގެން ހުރިކަންތަށްވެސް ފެނަށްވެއްޖެ..” އަރަން ޖީބަށް އަތްޖަހައިލައިގެން ހިގަމުން ދިޔައެވެ.
“ހާސް ނުވެބަލަ ބްރޯ.. މަ އޭނައަށް ބެލިން.. މަށަށް ފާހަގަވިކަމެއް އެބޮތް..” ޖައިޝް ސީރިއަސް ވެލިއެވެ.
“ކޮންކަމެއް..؟” އަރަން ބަލާލިއެވެ.
“މާހީ އިން މޭޒާ ދިމާއިން އެއްމޭޒުދޫކޮށްފައި އިން މޭޒުގައި އިން ކަޅުކުލައިގެ ޓީޝާޓެއް ލައިގެން ތޮތްޕެއްއަޅައިގެން މޫނުނިވާކޮށްގެން އިން ފިރިހެނަކު..” ޖައިޝް ކިޔައިދިނެވެ.
“ދެން..؟” ވާހަކަ ކުރިޔަށް ގެންދާށޭ ބުނާފަދައަކުން އަރަން ބުނެލިއެވެ.
“އޭނާ ވަރަށް ބެލި މާހީ އަށް.. ހީވަނީ ސީކްރެޓް އޭޖެންޓް އެއްހެން..؟” ޖައިޝް އޭނާއަށް ހީވާގޮތް ބުނެލިއެވެ.
“އެހެންމަ އަހަރެމެން ނޫންއެހެންމީހަކަުވެސް މާހީ އެބަ ފާރަލާ..” ދެމީހުންވެސް މިކަމާ ވަރަށް މަޝްވަރާކުރިއެވެ. މާހީ އަށް ވަރަށް ބޮޑު ނުރަށްކަލަކާ ކުރިމަތި ވާން އުޅޭހެންހީވާން ފެށިއެވެ. އެހެންކަމުން އެމީހާގެ މަގްސަދު ކޮންމެހެން އެގެންޖެހެއެވެ،
ޒީކް އާއި ދެކުދިން ގެޔަށް އައިސް ފުރަތަމަވެސް ދިޔައީ ކޮޓަރިއަށް އަރާމުކޮށްލާށެވެ. 13 ގަޑިއިރު ކޮލެޖްގައި އުޅެފައި އައުމުން އެދުގައި ބުރަކަށިޖައްސައިނުލާ ވާކަށް ނެތެވެ. މާހީ ފެންވަރައިލައިގެން އަިސް އޮށޯވެލީރަށް ނިދިއްޖެވެ.
ބޮޑު ކޮޓަރިއެކެވެ. އެކި ފޮޓޯ ފޮރޭމްތަކުން ފާރުގެ ފަޅުފިލުވާދެއެވެ. ކޮޓަރީގެ މެދުގައި ބޮޑު މޭޒެއް ހުރީރު ކުރިމަތީގައި ދެގޮނޑި ހުއްޓެވެ. މޭޒުގެ އަނެއްކޮޅުގައި ފުރޮޅުލީ ގޮޑިއެއްގައި ނޫކޮލައިގެ ސޫޓެއްލައިގެން މީހަކު އިނެވެ. ގޮޑި އަނެއްކޮޅަށް އަބުރައިލައިފައި ވުމުން އެމީހާގެ މޫނެއް ނުފެނެއެވެ.
“ބައްޕާ.. އެއަންހެން ކުއްޖާފެނިއްޖެ..” މޭޒުކުރިމަތީ ހުރި އެހެން ފިރިހެންކުއްޖަކު ބުނެލިއެވެ.
“އެންމެ ރަގަނޅު.. ދެން ވީހާވެސް އަވަހަށް އޭނާ އަހަރެމެން އަތްދަށަށް ގެންނަން އުޅޭ.. ދެން ކަންކުރަންވީގޮތް ފަހުން ބުނާން..” އެމީހާ ސިގެރޭޓް ދުންކޮޅު ބޭރުކޮށްލަމުން ބުންޔެވެ.
“މައްސަލައެއް ނެތް.. މަށަށް ތިކަން ކުރެވިދާނެ..” އެފިރިހެން ކުއްޖާ އެއްމިޔަކަނަށް ހީލިއެވެ. މަކަރުވެރި ހިނިތުންވުމެކެވެ. އެކުއްޖާ އެކޮޓަރިން ނިކުތެވެ. އަލިވެފައި އޮތްތަނަކަށް ނިކުތުމުން އޭނާގެ މޫނުފެންނަ ގޮތްވިއެވެ.
ވައްމޫނެކެވެ. ކަޅުކަންގަދަ ފުންދެލޮލެވެ. ކުރުއިސްތަށިކޮޅެކެެވެ. ހަމުގެ ކުލަ އަތްޔެވެ. އޭނާ އެތަނުން ނިކުންނަމުން ތޮތްޕަކާއި މާސްކެއް އެޅިއެވެ. މިއީ ކާކުހެއްޔެވެ؟
މާހީ އަށް ހޭލެވުނީ ރޭގަނޑު 7 ޖެހީރުއެވެ. ވާޅަށް ދެމިލައިފައި ފޯނުބަލައިލިއިރު ޒަހީނާގެ ދެ މިސްކޯލާއި ޒީކްގެ ދިހަވަރަކަށް މިސްކޯލްއައިސް ހުއްޓެވެ. އިސްތަށިގަނޑު ހުޅިއަކަށް އައްސާލުމައްފަހު މާހީ ނިކުތެވެ. ސޯފާގައި އިން ޒީކްއަށް މާހީ ފެނުމާއިއެކު ތެދުވިއެވެ.
“ކިހިނެއްވީ؟ ދޮރުގަ ތަޅާތަޅާ ދޮރުހުޅުވި ކަމެއް ހަރާން.. އަހަރެން ހީއްކުރީ މާހީ އަށް ކަމެއްވީކަމަށް..!” ޒީކް އެއްފައްޗަކަށް އަމުނާލިއެވެ.
“މާގަދަޔަށް ނިދުނީ..” މާހީ އަިސްއަލަމާރިން ފެންފުޅިއެއްނަގައި ބޯލިއެވެ.
“ނަސީބެއްނު އަހަރެން ހީއްކުރީ މާހީ ހޭނެތުނީކަމަށް.. އެހެންވެގެން އާސިމައްތަ އަށް ގޮވަންވެސް އުޅުނިން..” ޒީކް އަނެއްކާވެސް އިށީނެވެ.
“ކޯއްޗެއްތަ ކާން ހުރީ..؟” މާހީ ކަބަޑުތަށް ހުޅުވާލައިފައި އަހާލިއެވެ.
“އަދި ނަހަދަން.. މާހީ ހޭލީމަ ހަދަންކަމަށް.. މިހިރީ އަހަރެން ކެއި ބަނާނާ ޗިޕްސް ކޮޅެއް..” ޒީކް އެޕެކެޓު މާހީ އަށް އެއްލިއެެވެ. ދެމީހުން ޓީވީ ބަލަން ތިއްބައި މީހަކަު ދޮރުގައި ޓަކިދިނެވެ. މާހީ އަވަހަށް ބުރުގާ ބަލަން ދާންއުޅުމުން ޒީކް ބުނީ އެވާނީ އަސިމައްތަ އައްކަމަށެވެ. ދޮރުހުޅުވިއިރު އާސިމައްތަ އިނީ ބޮޑު ކޮތަޅެއްހިފައިގެންނެވެ.
“އަން ތިދެކުދިންނަށް ހަދިޔާއެއް..” އާސިމައްތަ ދިއްކޮއްލީ ޕާރިސަލް އެކެވެ. ޒީކް ޝުކުރުއަދާކޮށްފައި އޭގައި ހިފިއެވެ. އާސިމައްތަ ވެސް ހިނިތުންވެލައިފައި ދިޔައެވެ.
“ފަސެހައެއްނު.. އެއްޗެއް ކައްކަށް އުޅޭކަށް ނުޖެހޭނެ..” ޒީކް ބުނެލިއެވެ. ދެމީހުން ވެސް ޕާރިސަލް ކައިގެން ވަނީ ކޮޓަރިއަށެެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







Hey Devil sis
I luv this story so much
Bayaku maahi ah faaralanee yo? Hmm.. E vaanee kon baekah thr? I’m literally so curious 😆
Maahi ge pic aran ge phone in lia ah fenunyma is she gonna do anything to her 🤔
Yup I’ve got too many questions
Anyways when next? The questions bothering me Will have an answer in the next ep right?
Lyssssm🤗
Vaahaka keema thi hurihaa suvaalakah ves javaabu libeyne! Thank you for your support! And I will try my best to upload another part this week! Mi ai hafthaaga varah busy koh ulhenee!
Vrh reethi mi part vex
Getting very interesting by each part
Keep up the good work
Luv u 🫶💝
Thank you!