Skip to content
އެސްފިޔަ

ޒެވިއަން 1

ހަވީރުގެ ހިތްގައިމު ވަގުތެވެ. “ހައިބިސްކަސް” ގޭއަށް ވަނީ ވޭތުވެ ދިޔަ 17 އަހަރުތެރޭގައި ތަފާތު ބަދަލު ތަކެއް އަހިސްފައެވެ. ގޭކައިރީގައިވީ ހުސް ޖާގައި ތަފާތު ވައްތަރުގެ މާމެލިތައް ހައްދާފައިވިއެވެ. އެކި ކުލައިގެ ކޮކާތަކާއި ކުޅަނދުރުތައް ވަދެ އެމާތަކުން ފޮނި ބޮއެ ހަދާއިރު މަންޒަރު ވަރަށްވެސް ހިތްގައިމެވެ.

އެފެހި، މާތައް ގިނަ ހިސާބުގައި ބެންޗް އެއްވެސް ބައިންދާލާފައި ވިއެވެ. ގާތުގައި ފޮތްތައް ބަހައްޓާފައިވީ އިރު، ކުރިމަތީގައި އިން ލެޕްޓޮޕުގެ ފިތްތަކަށް ފިތަމުން ދިޔަ އަލާޔާގެ ދެލޯ ވަނީ ލެޕްޓޮޕުގައި “ތަތްވެފައެވެ”. ބެލެވޭގޮތުން ނަމަ އޭނާ ދިޔައީ ކިޔަވަމުންނެވެ.

“ޕޮއް! ބަލާލަ އަޅޭ މިއީދޯ މީނަ މިގަންނަ ގަނޑަކީ؟” ސިއްރު ސިއްރުން އައި ޒެވިއަން، އަލާޔާ ފަހަތުގައި ހުއްޓެމުން ބުންޏެވެ. ސިހުމާއި އެކު އަލާޔާ އަވަހަށް ލެޕްޓޮޕު ލައްޕާލިއެވެ. “ދެން ތުއްތުބެވެސް. މިތާ ކީއްތަ ތިކުރަނީ؟” އަލާޔާ އެއްސެވެ. “އޭ އުހޫން. މިހާރު ތިއުޅެނީ ވާހަކަ ބަދަލު ކުރަން އިނގޭ. ކުޑަބެދައްތަ ގުޅާފަ ލާޔާ ދޮންތި ގާތުގަ ފޮތް ކިޔާށޭ ބުނީމަ މާ ކިޔާވާ މީހަކަށް ވެގެން މީނަ މިއިންނަނީ ލެޕްޓޮޕުން ގޭމު އަޅުވާލައިގެން. ނޫނޭވާ މޮޅު. ބުނާނަން ކުޑަބެ ދައްތަ ގާތުގަ” ޒެވިއަން ހެމުން ބުންޏެވެ.

“ހޫން ދެން ހެވޭ. ތުއްތުބެތި މާކިޔަވާ މީހެއްތަ؟ ހަމަ ދޮންތިއަށް އެބަ ސްޓޮކް ކުރެޔޭ. ވަރަށް ފޫހިވޭ” އަލާޔާ ތުންކޮޅު އޫކޮއްލިއެވެ. “ހަހަ ބަޓުވީމަ ގަރަވީދޯ؟” ޒެވިއަން އަދިވެސް ދިޔައީ ހެމުންނެވެ. އަލާޔާ އައި ރުޅީގައި ޒެވިއަން ގައިގައި ބޮނޑިއެއް އެޅިއެވެ. “ހޫމް ހޫމް އޯކޭއޭ. ކޮބާތަ އެ ޔަލާން ކުޑޭ؟ އެސޮރު ނުފެނޭ އަދި މިއަދު” ޒެވިއަން އެއްސެވެ.

“ހޫމް ބައްޕަ ނެތީމަ ހަމަ ނިދަނީ އަދިވެސް. ކާފަވެސް އެހި ކޮބާތޯ މިސްކިތަށް ދާން ނުތެދުވީމަ” އަލާޔާ ބުންޏެވެ. “ހަހަ އެހެންނުންވާނީ؟ ކުޑަބެއާއި ކުޑަބެ ދައްތަ އަދިވެސް ހަނީމޫންގަ ވިއްޔަ މިހާރު ގައިމު 17 އިއާރ އޯލްޑް އަކާ 14 އިއާރް އޯލްޑް އެއް އެބަ ހުއްޓޭ. އަދިވެސް ހަނީމޫންގަ ޕިސް ޕިސް” ޒެވިއަން ބޯހޫރުވާލިއެވެ. “ކީއްތަވީ؟ އަދި ދެއާރ އޮންލީ 34 އަހަރޭ. އެމީހުން އެންޖޯއި ކޮއްލިޔަދީބަލަދޯ؟” އަލާޔާ ބުންޏެވެ. “އާނ ދެން. ތުއްތު ބައްޕަ ނެތީމަދޯ.. ތުއްތުވެސް ބޭނުން ހަމަ މަންމަ ބައްޕައާއި އެކު އެހެން އުޅޭތަން ދެކެން..” ޒެވިއަން ފުން ނޭވާއެއް ދޫކޮށްލަމުން ބުންޏެވެ. ބުނެވުނީ ކީކޭކަން އެނގުމުން ވަގުތުން އަލާޔާ މައިތިރިވިއެވެ. “ސޮރީ…” އަލާޔާ ދެރަވެލާފައި ބުންޏެވެ.

“އިޓްސް އޯކޭ. މިދަނީ އެކުޑޭ އަށް ގޮވަން” ޒެވިއަން ބުންޏެވެ. ޒެވިއަން ހިނގައިގަތުމުން އޭނާ އެދިޔައީ ދެރަވެގެންކަން އަލާޔާއަށް ދެނެގަނެވުނެވެ. އެހެންކަމުން އަލާޔާއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނެވެ.

ބޮޑު ކޮޓަރިއެކެވެ. ހުދާއި ނުލުން މުޅި ކުލަ ޖަރީކޮއްލާފައިވީ އިރު އެނދާ ގާތުގައިވީ ފާރުގައި ކަނޑުއަޑީގެ ޑިޒައިން ކުރަހާލާފައިވީ އިރު ވަރަށްވެސް ރީއްޗެވެ. ނޫކުލައިގެ ބެޑްޝީޓް އަޅާފައިއޮތް ކުއީން ސައިޒް އެނދުގައި އޮތް ޔަލާން އޮތީ ފޯނުން ޓިކްޓޮކް ހާވަންށެވެ. ކަޅު ކުލައިގެ ސޯޓު ބުރިއެއް ނޫން އެހެން އެއްޗެއް ނުލާ އޮތް އިރު އަންހެން ކުދިންތައް ހޭނެތޭހާ ރީއްޗެވެ. ހާވާލާފައި އޮތް ޔަލާންގެ އިސްތަށިކޮޅާއި ކްރީމް ކުލައިގެ ހަންގަނޑު ވަރަށްވެސް ގުޅެއެވެ.

“އޭ! ކޮބާ އަދިވެސް ނިދަނީ؟” ދޮރުގައި ޓަކި ޖެހުމެއްވެސް ނެތި ކޮޓަރިއަށް ވަންނަމުން ޒެވިއަން އެއްސެވެ. “ކިހާ ދެރަކަމެއްދޯ ކަލެއަށް ޓަކި ޖަހަން ދަސްވާނީ 65 އަހަރުވީމަތަ؟” ޒެވިއަންއާއި ދިމާލަށް ބަލައިލަމުން ޔަލާން ބުންޏެވެ. “ނޫނޭ. އޭރު ދޮރުވެސް ހިފައިގެން ކޮޓަރިއަށް ވަންނާނީވެސް ހަހަ” ޒެވިއަން ހީލިއެވެ. “ހަހަ. އޭތިއެއް ނޫނޭ. މަބުނީ އެއްކަލަ ނުހާމެން މިކޮޅަށް ޗޭންޖުވަނީއޯ. މާދަމާ އާދެޔޯ އެމީހުން. މާމަ ކައިރީ ކަލޭ މަންމަ ކީއަޑު އެހިން” ޔަލާން ބުންޏެވެ.

“އާން މަންމަވެސް ކައިލްވެސް ބުނި ދެން ކަލޭ ނުހާވެސް ފަހަތު އަޅުވަންދޯ ތިވިސްނަނީ؟ ސާބަސް. މިހާރުވެސް ކިތަށް ކުދިން ގެންގުޅެންތަ އެބަ؟” ޒެވިއަން އެއްސެވެ. “މަގޭ ލިސްޓުދޯ؟ ކިޔާ ކިޔާ ހުސް ނުވާނެ. އެކަމަކު މަށަށް ހަމަ ކަމުދަނީ އަވްލީން. ހަމަ ހުވާ އޭނަ ހާދަ ހޮޓޭ. އަޅެ އޭނަގެ އެހެރަ ވަނާތަކެއް ވާހް…” ތިރީތުންފަތުގައި ދަތް އަޅަމުން ޔަލާން ބުންޏެވެ. “އާނ އޯކޭ ބާއި” ޒެވިއަން އަވަހަށް ތެދުވިއެވެ.

“އޭ މައިތިރިވެބަލަ” ޔަލާން ޒެވިއަން ލައިގެން ހުރި ޓީޝާޓުގައި ހިފާ ބޭނދިއެވެ. “އަޅެ ޒެވްއަކަށް ގޮތް ގޮތެއް ނުވޭތަ އެކޮއެ ފެނިފައެއް؟؟” ޔަލާން އެއްސެވެ. “ހޫމް ނުވޭ. މަށަކަށް އޭނަ ތިބުނާހާ ރީއްޗެއްވެސް ނޫން ހަހަ” ޒެވިއަން ބުންޏެވެ. “ހޫމް ދެން ކިޔާ ތިހެން. މިހާރުވެސް ރާއްޖޭގަ މަދުވާނެ ކަންނޭނގެ މީނައަށް ހިތް ނުކިޔާ މީހެއް.” ޔަލާން ދިމާކޮއްލިއެވެ. އެވަގުތު ކޮޓަރި ދޮރު ހުޅުވާލާފައި ލައިނާ ވަނެވެ.

“ދަރިފުޅާ ޔަލާން. މަންމަ އެބައުޅޭ ދަރިފުޅު ފޯނު ނުނަގައިގެން. ގުޅާބަލަ” ލައިނާ ބުންޏެވެ. “މާތްކަލާކޯ 20 މިސްކޯލް. ފޯނު ޑީއެންޑީގަ މިއޮތީ” ޔަލާން ހާސްވެފައި ބުންޏެވެ. ވަގުތުން ޒެވިއަންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އަދިވެސް ވަނާ ތަކުގެ ވާޙަކަ ދައްކާ އޮވެގެން ޔޫ އާރ ސޯ ޑެޑް. ބާއި މިދަނީ ސަންދޯއް ރެޑީ ކުރަން އިނގޭ؟” ހެމުން ހެމުން ޒެވިއަން ނިކުތެވެ. ވަގުތުން ޔަލާންގެ މޫނު ފުސްވިއެވެ. ނަމަވެސް އަލަކާއަށް ގުޅިއެވެ.

ސިޓިންގ ރޫމްއަށް ނިކުން އިރަށް ބަދިގެ ތެރެއިން ދުވި ކަޓްލަސް ވަހުން ދަގޭފާނު ދަގަނޑަށް ދަމާހެން ޒެވިއަންއަށް ބަދިގެއަށް ދެވުނެވެ. “މްމްމް ހާދަ ވަސްގަނޑު ރަނގަޅޭ” އުނދުން ގާތުގައި ކަޓްލަސް ތެލުލަން ހުރި ލުބައިނާގެ ހަށިގަނޑުގައި ފަހަތުން ބައްދާލަމުން ޒެވިއަން ބުންޏެވެ. “ހެހެ އާދޭ މިހާރު އެއްބައި ހެދިފައި މިހުރީ. އުޅޭ އަވަހަށް ކާން” ލުބައިނާ ބުންޏެވެ. ކަޓްލަސް އަކީ ޒެވިއަން ކުޑައިރުން ސުރެ މާފޯރީގައި ކާހެދިކާއެވެ. އެހެންކަމުން ޒެވިއަން އެކާން ބޭނުންވެގެން ބުނެފިނަމަ ލުބައިނާ ހަވީރަސް ރޭގަނޑަސް ހަދައިދެއެވެ. އެނޫނަސް ޒެވިއަން ބޭނުން ކޮންމެ އެއްޗެއްވެސް މެއެވެ. އެކަމުންވެސް ލުބައިނާގެ ހިތުގައި ޒެވިއަންއަށް ދެވިފައިވާ ލޯބީގެ ފުންމިން އެނގިގެންދެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (4)

  1. gurrrl_8

    btw mi part ves vrhh reethi
    when next part shiherrr
    vrh curious n mashallah vrh furihama hama
    keep it up
    lyy

    1. shihaamaa ali
      gurrrl_8

      Jazaakallah khairan,
      Part 2 is already heree❤️❤️

  2. Maash

    Heyyyy.. Finally xevian is hereeee… Wowwww first part vx vrh vrh interesting.. Love it sooooo muchhhhhh… Can’t wait for next part.. Lysssm darling 💜🦋

    1. shihaamaa ali
      Maash

      Jazaakallah khairan,
      Part 2 is already heree
      Ilyytttt❤️❤️

Comments are closed.