އަބަދަށް-8
އެމީހާ ފޯނު ބާއްވައިފައި ހަވަޔަށް އަރައިގެން ދިޔަ ފްލައިޓަށް އިރުކޮޅަކު ބަލަން ހުރެފައި ހިގައިގަތެވެ. އަޅައިފައި އިން ކަޅު މާސްކްގެ ސަބަބުން އޭނާގެ މޫނުވަނީ ފޮރުވާލެވިފަ އެވެ. އޭނާގެ ތޫނު ދެލޮލާއި އިސްތަށިގަނޑު ނޫން އެހެންތަނެއް ނުފެނެއެވެ.
*ޕާރްޓް-8*
4 ގަޑިއިރުގެ ދިގު ދަތުރަކަށް ފަހު ފްލައިޓް މެލޭޝިއާގެ ރަންވޭއަށް ތިރިކޮށްލިއެެވެ. މާހީ އަވަހަށް ރެޑީވެލިއެވެ. ފޯނު ހޭންޑްބޭގް އަށް ލައިފައި ތެދުވެ އޭނާގެނަ ދަބަސް ނަގައި ކޮޑުގައި އަޅުވައިލިއެވެ. މާހީގެ އިންތިޒާރުގައި އިން މީހާ، މާހީ ފެނުމުން އަވަހަށް އަންނަން އެދުނެވެ. މާހީ ގޮސް އެމީހާއާއި އަރާހަމަވުމުން އޭނާ ފުޅާހިނިތުންވުމަކާއި އެކު މަރުހަބާކިޔެވެ.
“އިގޭދޯ މީކާކުކަން..؟ ޒަހީނާ ބުނާނެކަން ޔަގީން..” އޭނާ ގޮސް ކާރަށް އަރައި ދުއްވާލިއެވެ.
“ލައްބަ.. ކުޑޫ ބުން.. ވަރަށް ގާތް ރައްޓެއްސެކޭ އާސިމައްތައަކީ..” މާހީ ކާރުސީޓުގައި ބުރަކަށި ޖައްސާލައި ހަމަޖެހިލިއެވެ. އެތަނަށް ދެވެދެން އާސިމާ ވާހަކަދެއްކިއެވެ. އެތަނުގެ ގަވައިދުގެ ވާހަކަވެސް ދެއްކިއެވެ.
އާސިމާ ކާރުމަޑުކޮށްލުމުން މާހީ ކުޑަދޮރުން ބޭރުބަލާލި އެވެ. ޒަމާނީ ގޮތަކަށް ރާނައިފައިވާ ފްލެޓެކެވެ. އަޅިކުލައާއި ހުދުކުލައިގެ ދަވާދުން ޒީނަތްތެރި ކުރެވިފައި ވެއެވެ. އާސިމާ އާއި އެކު މާހީ ވެސް ފޮށިތަށް ހިފައިގެން ސިޑިންއަރަން ދިޔައެވެ. ކޮންމެ ކުއްޖެއްވެސް އާސިމާ ފެންނައިރަކަށް ގޮވާލައެވެ. އާސިމާ ހުއްޓިލީ ހަތްވަނަ ފަންގިފިލާގެ ފަސް ވަނަ ކޮޓަރިދޮރުމަތީގަ އެވެ.
“މީ މާހީ އުޅޭނެ ކޮޓަރިއަކީ.. މިތާ އެހެން ކުއްޖެއްވެސް އުޅޭނެ.. ދެކުދިންވެސް އެކުވެރިވައްޗޭ..”އާސިމާ މާހީ އަތަށް ތަޅުދަޑި ދިއްކޮށްލަމުން ބުނެލިއެވެ. މާހީ ދޮރުހުޅުވަން ފެށުމުން އާސިމާ ދިޔައެވެ. ބޮޑު ތަނަވަސް ތަނެކެވެ. ތަރުތީބު ކަމާއެކު އެއްޗިހިތަށް ބަހައްޓައިފައި ވީރު، ސާފުތާހިރު ކަމަށް ލޯބިކުރާ ކުއްޖެއް އުޅޭކަން ޝައްކެއްނެތެވެ. ވަކިން ހުރި ކާގެޔަކާއި ބަދިގެޔެކެވެ. ކުޑަސިޓިން ރޫމެއްގައި ޓީވީ ވެސް ހުއްޓެވެ.
މާހީ ފޮށިތަށް ވައްދާފައި ދޮރު ލައްޕާލިތަނާހެން ކޮޓަރިތަށް ހުރިދިމާއިން ކުއްޖަކު ބޯދިއްކޮށްލިއެވެ. ހަމުގެ ކުަލަ އަލިނޫނަސް ހަންގަޑު އުމާންވެފައި ވިދައެވެ. ކުރު އިސްކޮޅެކެވެ.
“ފަހުން ގުޅާނަން.. ލަވް ޔޫ..” އޭނާ ފޯނު ބާއްވައިފައި މާހީ އަށް ހީލިއެވެ.
“ހެލޯ އައިމް ޒީކް.. ތިކުއްޖަ އަންނަކަން އިގޭތީވެ ހުންނާނެ ވަރަށް މީރު ޑިޝް އެއް ތައްޔާރުކޮށްލައިފަ.. ކޮޓަރިވެސް ފޮޅާރީތި ކޮށްފަހުންނާނީ..” ޒީކް އަމިއްލަ އަށް ތައާރަފްވެލިއެވެ.
“އަހަރެންގެ ނަމަކީ މާހީ.. ވަރަށް އުފާވެއްޖެ ކާންހަދާފަ ހުރީމަ.. ވަރަށް ބަޑުހައި ވެފަ މީނީވެސް..” މާހީ ވެސް އޭނާގެ ތައާރަފެއް ދިނެވެ. ޒީކް މާހީ ގޮވައިގެން ގެނެސް އޭނާ ހުނަން ހަމަޖެހިފައިވާ ކޮޓަރި ދައްކާލިއެވެ.
“މީ މާހީގެ ކޮޓަރި.. ފެންވަރާހަދާލާގެން އާދޭ ކާން..” ޒީކް އެހެން ބުނެފައި ދިޔައީ ބަދިގެ ބަޔަށެވެ.
ފުދޭވަރަކަށް ރީތި ކޮޓަރިއެކެވެ. މަޑު ނޫކުލައިގެ ދަވާދު ލައިފައި ހުރީރު އަޅިކުލައިގެ ފަރްނީޗަރް ހުއްޓެވެ. ކުއީންސައިޒް އެދަކާއި ސައިޑް ޓޭބަލް އެއް ހުއްޓެވެ. ކުޑަދޮރު ކުރިމަތީގައި ކިޔަވާ މޭޒެއްހުއްޓެވެ. މާހީ އަށް މިކޮޓަރި ވަރަށް ކަމުދިޔައެވެ. އޭނާ ފޮށި ހުޅުވައިލާފައި ތުވާލި ހިފައިގެން ދިޔައީ ފެންވަރާލާށެވެ.
މާހީ އާއި ޒީކް ކައިނިމިގެން އިރުކޮޅަކު ވާހަކަދައްކާލަން ތިއްބެވެ. މާހީ ހީއްކުރިގޮތާހިލާފަށް ޒީކް އަކީ ހިތްހެޔޮ ރަގަނޅު ޖުއްޖެކެވެ. އޭނާގެ މަޖާ މިޒާޖުން މާހި އަށް ހެވެއެވެ. ދެކުދިން މެދުގައިވެސް ވަރަށް ގާތް ގުޅުމެއް އުފެދުނެވެ. ދެމީހުންވެސް ނިދަން ވަނީރު 1:30 ބޮޑުވެއްޖެވެ.
*ނުނިމޭ*
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mi part vx vrh reethi Masha Allah dhoonee 💗
e kaakukan engen beynunvefa indhaa Mi part mi fenunee anehkkaa next part ah wait kuran mi jenunee 😭😭😭
naseebehnu maahee ah rangalhu friend eh libunkan dhw
study well 👊
luv ya 😘
Thank you!
Masha allah mi part vs vrh vrh reethii
can u make it a bit long
like between 700-1000wordss
vrh interesting kamaa eku kiyan huhta nimuny😭
curiously waiting for the nextt
when next???
tcc lyyy❤
Thank you!
I will try to make it long ok!
Mi part vx varah furihama MA
I fakeeru password hadhaan nethigen comment eh nukohllevi mi innanee🤦😂😂😂
When next??
This story is awesome
Keep it up guuurl💋
V avahah next part ves nerevey tho balaanan!
Thank you!