އަހަރެންގެ މިހިތުގަ މިއަޅާ ވޭން އިހުސާސް ވާ އެންމެ މީހަކު ނަމަވެސް ހުންނާނެބާ؟؟ މިހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ލިބޭނެބާ؟؟ އަހަރެން އެންމެ ކުޑައިރުއްސުރެން ފެށިގެން އަހަންނާއި އެއްކޮށް ކިޔަވަމުން އައި މާހީއަށް އަހަރެންގެ ހިތުން މަގާމެއް މި ދެވުނީ ބޭއިޚްތިޔާރުގައެވެ. އަހަރެމެން ދެ މީހުންނަށް ވެސް ނޭނގި މިވެވުނު ލޯބި ކުރިޔަށް ގެންދިޔުމަށް އެންމެ ބޮޑު ބާރުވެރިކަމެއް ގެނުވީ އަހަރެމެންގެ މައިންބަފައިންނެވެ. ރައްޓެހިވެގެން 2 އަހަރުވުމުން މާހީގެ އެދުމާއެކު އަހަރެމެން ކައިވެނި އަވަސްކުރީމެވެ. ކައިވެނި ކުރާ މާލަމުގައި އަހަރެން މަޑުކޮށްލައިގެން އިނީ މިހިތުގެ މަލިކާ ފެންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސިޑިން ތިރިއަށް ފައިބަމުން އައި މާހީގެ ޗާލުކަން ފެނިފާ ހިތާ ހިތުން ތަޢުރީފުކުރެވުނެވެ.
ކައިވެނިކޮށް ނިމިގެން އަހަރެމެންގެ ވަލީމާ އޮތް ރެސްޓޯރަންޓަށް ދިޔުމަށް މިސްރާބުޖެހީމެވެ. ކާރު އައިސް މަޑުކޮށްލީ ހަތް ތަރީގެ ރެސްޓޯރަންޓު ކުރިމަތީގައެެވެ. ދަނބުކުލައިގެ ފެއަރީ ލައިޓުން މުޅިތަންވަނީ ދިއްލާލާފައެވެ. އަހަރެން މާހީއާއެކު އެތަނަށް ވަދެގެން އައީ މާހީގެ މަޑު އަތްތިލާގައި ހިފާލައިގެންނެވެ. އަހަރެމެންނަށް މަރުޙަބާ ކިޔުމަށް އެތައް ބަޔަކު އައެވެ. ކައިވެނީގެ ހަފްލާއަށް އައި މީހުން ދިޔުމުން އަަހަރެމެން ދެ މީހުންގެ އާއިލާ އާ އެކު މަޖާ ވަގުތު ކޮޅެއް ހޭދަކޮށްލީމެވެ. ” މާއިޝް ތި ފިިރިހެންވަންތަ އަޑުގަ ހުރި ރީތި ކަމެއް ނިކަން އެންމެންނަށް ދައްކާލަބަލަ”. ލާނެތް ހިނިތުންވުމެއް މާހީއަށް ރައްދުކޮށްލުމަށްފަހު، މާހީ އަށް އެންމެ ރީތި ލަވަ ކިޔައިދިނުމަށް ނިންމީމެވެ.
ދިރިއުޅުމަށް ލިބުން ރަހުމަތެއްތީ
ދިރިހުރުމަށްވީ މަގުސަދޭތީ
ހިލަ ހިތަކަށްވީ މަޑުކަމެއްތީ
މި ދުނިޔެއިންވީ ނިއުމަތޭތީ
ތީ ހިތް އެދޭ އަބަދު ރާނީއަކީ އޭ
ހިބަކޮށް މިހިތްދޭ ޝާހީ ކަމީއޭ
ހިތާ ހިތްމި ގުޅިމެހިފަ އާލާވަނީއޭ
ދިރިގެން މިވާ ލޯބި ސާދާ ވަނީއޭ
ތި ހިޔާލުތައް ކުރެވޭ ހުވާ
ހިއްސާކުރާތި ރޭދުވާ
ފިލާނުދާ ލޯތްބޭތީ ބުނާ
އިހުސާސްތައް ބަދަލެއްނުވާ….
މާއިޝް ލަވަކިޔައި ނިމުނުއިރު މާހީގެ ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އޭގެ މަގާމު ދޫކޮށް އެ ދޮން ކޯތާފަތުގައި ބޮސްދެމުން ގޮސްފިއެެވެ. މާއިޝް މާހީގެ ކަރުނަތައް ފުހެލަދީ ނިތައް ބޮސްދިނެވެ. މާޝްގެ އެ ޢަމަލުން މާހީ ލަދުގަނެގެން މާޝްގެ މޭ މަތީގައި ވަރުގަދަ ބޮނޑިއެއް އަޅާލިއެވެ. މާހީ ވަރުބަލިވެފައި ހުރުމުން މަންމަމެން ގާތު ބުނުމަށްފަހު މާހީ ގޮވައިގެން ކާރުގައި މާޝް އައީ ޒެރޯލައިޓް އެޕާޓްމެންޓަށެވެ. މާހީ އިން ސީޓުގެ ދޮރު ހުޅުވުމަށް މާޝް ކާރުން ފައިބާލިއެވެ. ކާރު ދޮރު ހުޅުވާ މާހީ ފޭބުމަށް މާޝްގެ އަތް ދިއްކޮށްލިއެވެ. މާހީ ކާރުން ފައިބާ އެއް ފިޔަވަޅު ނޭޅެނީސް މާޝް އޭނާގެ އަތްދަނޑި މަތީ މާހީ ބާއްވާލިއެވެ. ވަގުތުން މާހީގެ ދޮން މޫނަށް ޖަންބުކުލަ ވެރިވިގަތެވެ.
ކޮޓަރި ދޮރު ހުޅުވާލާ މާޝް ގޮސް އެނދުމަތީގައި ބައިންދާލިއެވެ. އަދި ލޯބިން މާހީގެ ހީލްސް ބޭލުވިއެވެެ. އަދި ފެންވަރާލަން ދިޔުމަށް ބުނެފާ މާޝް ދިޔައީ ގެސްޓްރޫމަށް ފެންވަރާލާށެވެ. ފެންވަރާލައިގެން މާހީ ނުކުމެ، ނިދާ ހެދުން ލައިގެން މާހީ އެނދުގައި ހަމަޖެހިލިއެވެ. އިރުކޮޅެއް ނުވަނީސް ވެފައި ހުރި ވަރުބަލިން މާހީއަށް ނިދިއްޖެއެވެ. މާޝް ކޮޓަރިއަށް ވަދެގެން އައި އިރު ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ނިދިފައި އޮތް އޭނާގެ ލޯބިވާ އަނބިމީހާއެވެ. މަޑުމަޑުން ގޮސް މާހީގެ ކައިރީގައި އޮށޯވެލާ އެ މައުސޫމު މޫނަށް ބަލަން އެތައް އިރެއް ވަންދެން އޮތުމަށްފަހު، މާޝްއަށް ވެސް ނިދިއްޖެއެވެ. ކުއްލިއަކަށް މާޝް ސިއްސައިގެން ދިޔައީ މާހީ ކެއްސާލި އަޑާއެވެ. އަވަހަށް ކައިރީގައި ހުރި ފެންފުޅި މާހީ ފެންބޯލުމަށް ދިނީމެވެ.
މާޝް އާއި މާހީ އެތައް އަހަރުތަކެއް ވަންދެން އުފަލާއެކު އުޅެމުން ގޮސް މިހާރު މާހީ އިނީ އަންހެން ކުއްޖަކަށް ބަލިވެއެވެ. 8 މަހުގެ ބަނޑުކޮޅާއެކު ހިކި ދަނޑިއެއްހެން ހުރި ކުއްޖާ ޗަބީވެލައިފަ ހުރުމުން ނުހަނު ރީއްޗެވެ. ކޮންމެ ދުވަހަކު ވެސް މާއިޝް އޮފީހަށް ދަނީ ލޯބިވާ އަނބިމީހާއަށް ހިތާ ހިތުން ޝުކުރުވެރިވަމުންނެވެ. މާއިޝް ސައި ބުޔުމަށްފަހު އޮފީހަށް ދިޔުމަށް ސައިކަލު ގަރާޖުން ނެރިލިއެވެ. އަދި އާދައިގެ މަތިން މާހީ އަށް ހަނާއަޅާލިއެވެ. މާޝް ސައިކަލު ސްޓާޓު ކޮށްލުމުން މާހީ ގެއަށް ވަނުމަށް ފިޔަވަޅެއް އަޅާލިތަނާ ކުއްލިއަކަށް………
( ނުނިމޭ )
7 Comments!
Comments are closed.

This is the first part of keiykureveynebaa…
hope you guys like it
I am thankful to my loving brother TOY for allowing me use his song in my story 💖
and toy ah follow nukuraa kudhin pls go follow @katheebudhari on instagram
rangalhu kohllan eh vx kameh huriyyaa bunela dhinun edhen
I WILL ACCEPT BOTH NEGATIVE AND POSITIVE COMMENTS FROM YOU ALL…
TAKE CARE
LUV YOU ALL 💗
dhonoo gudu morning 😜
hehe maaish mihaaru maahee aa ulhenee dhw
maash men ge dhariyah salhi nameh kiyahchey
anehkkaa kihineh v maaish gandah??
take care dhonoo
vrh bodu kohh loabiveyyyy 😘😘😘
hehe gudu afternoon
yes yes maahee aa ulhenee
salhi nameh dhw visnaalaanan name choose kuraairu ingey
neynge lets see dhw v kihineh kan
take care leeko and azaan 💗
loabiveyyyy moreeeeee 😘
mi part salhi dhen dhw
ekm nanthah maa bodah gulhuvaafa thi huree
can do better than this ig
gud luck 🤞🍀
Thank you!
nauu Mi part vx vrh reethi Masha Allah 💗
manjey ma toy ah follow kohffeemey
maash and maahee loabi dhe meehun
ey e meehunnah libey dhariyah aa nameh hadhaalahchey
btw when next part of beyvafaatherivi kamuge kula mihithugaa fevihjey??
take care
lysssm nau 😘
hehe toy dhw
aslu vx vrh loabi dhe meehun e ee
kjriyah adhi othee loabivun hehe
ummm e story ehkkoh liye ninmaaafa i will upload ingey
take care
love you moreeeee bestie 😘