Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެން

ސަލްމީނާ

mohamed neer Level 210 Stories100 Stories
June 26, 2013 3 Mins Read
1 Comment

ނިމުން
ސަލްމީނާ އާއި އަދުލީ ކައިނިމުމުން އަދުލީ ފައިސާ ދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ވޯޑާއިދިމާއަށް ދިޔަ މަގުމަތީގައި ދެމީހުން ވާހަކަދައްކަމުންދިޔަ ދިޔުމުގައި އެކަކަށް އަނެކަކުގެ ފޯނުނަންބަރުވެސް ދިނެވެ.
ސަލްމީނާ ގޮސް ފާހާނާބަޔަށް ވަނުމުން އަދުލީ ދިޔައީ ވޯޑަށެވެ. އަދި ސަލްމީނާގެ ނަންބަރު ސޭވްކޮށްލިއެވެ.
ނާއިފްގާތު އިށީނދެލައިގެންއިން އަދުލީ ސިއްސައިގެންދިޔައީ ފޯނު ރިންގްވެލިއަޑަށެވެ. މިހާ ދަންގަޑިއެއްގައި ފޯނުކުރަނީ ކާކުބާއޭހިތާހުރެގެން އަދުލީ އަވަސް އަވަހަށް ފޯނުނަގާ ބަލާލިއިރު މެސެޖެއްއައީއެވެ.
މެސެޖްކިޔާލިއިރު އޭގައިވަނީ އޭނާ އަދުލީއާމެދުގައި ޝަޢުޤުވެރިވާ ވާހަކައާއި އެކުގައި ވަގުތުހޭދަކުރާން ބޭނުންވާ ވާހަކައެވެ. ސަލްމީނާ ފޮނުވާފައިވާ އެމެސެޖް ކިޔާލުމާއެކުހެން އަދުލީއަށް ގަބޫލުކުރެވުނީ ސަލްމީނާ އޭނާއާ ސަމާސާކުރަނީ ކަމުގަ އެވެ. އެހެންވެ ކޮންމެވެސްވަރަކަށް ހިނިވެސް އައެވެ.
ފޯނުން ގޭމްކުޅޭން އަދުލީއިންދައި ސަލްމީނާ އައިސް ވޯޑަށްވަނެވެ. އަދި އަދުލީއަށް ބަލާލަމުން ހިނިތުންވެލުމަށްފަހު ގޮސް ގޮނޑީގައި އިށީނެވެ.
އަދުލީއިނީ ފޯނުންގޭމްކުޅޭން ނަމަވެސް އިރުކޮޅުކޮޅުން ސަލްމީނާއާ ދިމާއަށް ބަލާލައެވެ. އެފަދަކޮންމެވަގުތަކު އަދުލީއަށް ފާހަގަކުރެވެނީ ސަލްމީނާ އިންނަނީ އޭނާއަށް ބަލާންކަމެވެ. އެހެންވެ ވަރަށްގިނަފަހަރު، އަދުލީ އާއި ސަލްމީނާގެ ހަތަރުކަޅި ހަމަވެއެވެ. އެފަދަ ކޮންމެވަގުތަކު ސަލްމީނާގެ މޫނުމަތިން އަދުލީއަށް ފާހަގަވަމުންދަނީ އުފަލާއި ހިތްހަމަޖެހުމެވެ. ހިނިތުންވުމުގެ ކުލަވަރެވެ.
ބަލާލާ މީހަކަށް ސަލްމީނާގެ މޫނުމަތިން ފެންނަމުންދާނީ ހިނިތުން ވުމުގެ އަސަރުތައް ނަމަވެސް، ސަލްމީނާގެމޫނުމަތިން އަދުލީއަށް ފާހަގަވަމުންދަނީ އެހެން އަސަރުތަކެކެވެ. ހަމައެހެންމެ ތަފާތުއެތައްމެސެޖެއް ފާހަގަކުރެވެމުން ދިޔައެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު މާއިދު އާއި ސަލްމީނާގެ މެދުގައިވާގުޅުން ބަދަހިވަމުން ތަރައްގީވަމުން ދިޔައެވެ. އެހެނަސް އެދެމީހުން ފިޔަވާއެހެން މީހަކަށް އެކަމެއްނޭނގެއެވެ.
މެންދަމުންއަލިވެ އެކެއްޖަހާކަންހާއިރެވެ. ސަލްމީނާ އާއި މާއިދުތިބީ ހޮސްޕިޓަލްކެންޓީނުގައި ކޮފީބޯށެވެ. އޭރު އެދެމެދުގައި ކޮންމެވެސް ވާހަކަތަކެއް ދެކެވެމުން ދިޔައެވެ.
” މިއަދު އަހަރެން ގުޅީމަ ފޯނުނުނެގީ ކީއްވެ ؟ “ސަލްމީނާއަށް ބަލާންއިނދެ މާއިދުއަހާލިއެވެ.
” ފާހަނާގައި އުޅުނީ. މާއިދުގުޅާފައި އޮތީމަ ގުޅާންވެސް އުޅުނިން. އެކަމު ފޯނުގައިލާރިނެތީމަ ނުގުޅުނީ.” މާއިދުގެ ސުވާލަށްޖަވާބުދެމުން ސަލްމީނާ ވާހަކަ ދެއްކިއެވެ.
” މެސެޖެއް ފޮނުވާލިނަމަ އަހަރެން ގުޅާނަން. ” އަވަސްއަވަހަށް މާއިދު ބުނެލިއެވެ.
” މެސެޖްވެސް ހުސްވެފައި. ” ސަލްމީނާ ޖަވާބުދިނީ ވަރަށްފިނި ގޮތަކަށެވެ.
” އިއްޔެގެ ކުރީދުވަހު އަހަރެން އަޅައިދިން ސަތޭކަރުފިޔާގެ ކާރޑު ހުސްވީތަ ؟ “މާއިދު ސުވާލުކުރީ ހައިރާންކަމާ އެކުގައެވެ. ހަމައެހެންމެ ސަލްމީނާގެފޯނަށް ސަތޭކަރުފިޔާގެކާރޑެއް މާއިދު އަޅައިދިންކަންވެސް އެނގުނެވެ.
” އާން. ވަރަށްދެރަކޮށް ދިމާވީ …. އެކާރޑުންބާކީހުރި ލާރިޔާއި މެސެޖްތައް ކޮއްކޮ ބޭނުންކޮށްލީ … ވަރަށްބޮޑަށް ސޮރީ އެނގޭ. ” ވީގޮތްކަމަށް ހާމަ ކުރަމުން ސަލްމީނާ ވާހަކަދެއްކިއިރު އޭނާގެ އަޑާއި ހަރަކާތުން އަދި މޫނުމަތިން ފާޅުވަމުން ދަނީ ހިތާމައާއި މޮޅިވެރިކަމުގެ އަސަރުތަކެވެ.
” އެހެންދޯ ؟ އެކަމާދެން އަޅާނުލާ. ” ހަމަޖެހޭގޮތް ދައްކާލަމުން މާއިދު ބުންޏެވެ.
” ޝުކުރިއްޔާ! .. އެކަމަކު އަހަރެންނަކަށް ދެނެއް ނުގުޅޭނޭ. ” ސަލްމީނާ ބުންޏެވެ.
” އެކަމާ ނުވިސްނާ … އެއީ ދެން އެއްވެސްކަމެއްނޫނެއްނު. އަހަރެން މިރޭ ކާރޑެއް އަޅައިދޭނަން.” ސަލްމީނާގެ އަތްތިލާގައި ފިރުމާލަމުން މާއިދު ވާހަކަދެއްކިއެވެ.
މާއިދުގެ އެވާހަކަތަކުގެ ސަބަބުން ސަލްމީނާ ވަރަށް ހިތްހަމަޖެހި އުފާވިއެވެ. އެހެންވެ ތަކުރާރުކޮށްއެތައްފަހަރަކު މާއިދަށް ޝުކުރުއަދާކުރިއެވެ. ސަލްމީނާ އާ މާއިދު ވާހަކަދައްކަމުން ދިޔައިރު ދެމީހުންގެ ފަރާތުންވެސް ފެންނަމުންދަނީ އުފަލާއި ހިތްހަމަޖެހުމުގެ އަސަރުތަކެވެ.
އެނދުމަތިކޮށްގެންއުޅޭ އަންހެންމީހާއަކީ އޭނާގެ މަންމަކަމާއި އޭނާއާއި އެކުގައި އެތަނުގައިއުޅޭ ފިރިހެންކުއްޖާއަކީ އޭނާގެ ކޮއްކޮއެއްކަމުގައި ސަލްމީނާ ބުންޏެވެ.
” ދެން ކޮންދުވަހަކުން އަހަރެން ތިގެއަށްގެންދާނީ ؟ “ސަލްމީނާގެ މޫނަށް ބަލާންއިނދެ މާއިދު އަހާލިއެވެ.
” އިހަށްމަޑުކުރޭ … އަދި ގެންދާނަން. ” މާއިދަށް ބަލާންއިނދެ ހިނިތުންވެލަމުން ސަލްމީނާ ބުނެލިއެވެ.
” ސަލްމީނާ އަބަދުވެސް ބުނާނީ ތިހެން …. ތިގެއަށް އަހަރެން ގެންދާން ސަލްމީނާއަށްނުކެރުނަސް އަހަރެމެންއުޅޭ ކޮޓަރިއަށްދާން ސަލްމީނާއަށް ކެރެންޏާ ހިނގާދާން. ” ވަށައިގެންވާމާހައުލަށް ނަޒަރުހިންގާލަމުން މާއިދު ވާހަކަ ދެއްކީ ހިނިތުންވުމާ ވެސް އެކުގައެވެ.
މާއިދު އެވާހަކަދެއްކިއިރު އޭނާގެ މޫނަށް ބަލަހައްޓައިގެން ހިނިތުން ވެފައި ކަހަލަގޮތަކަށް ސަލްމީނާ އިނެވެ.
” އާން … އެކަމަކު މިރެއަކުނޫން ” އިންގޮތަށްއިނދެ ސަލްމީނާ ބުނެލިއެވެ.
ކޮފީބޮއި ނިމުމުން ފައިސާދައްކާފައި ސަލްމީނާ އާއި މާއިދު ދިޔައީ ވޯޑަށެވެ.
ދުވަސްތައް މާޒީއާއި އެކުވަމުންއައިސް އެއްދުވަހެއްގެ ހަވީރު ފަހެއް ޖަހާކަންހާއިރެވެ. ސަލްމީނާފޯނުކޮށްފައި ހެދިގޮނޑުދޮށަށް އައިސްދިނުމަށް އެދުމުން އަދުލީ އެތަނަށް ހިނގައްޖެއެވެ.
ހެދިގޮނޑުދޮށުން އަދުލީއަށް ސަލްމީނާ ފެނުނުއިރު އޭނާގެ ގާތުގައި ކުޑަވަރެއްގެ އަންހެންކުއްޖަކު ވެސް ހުއްޓެވެ. އަދުލީ އާއި ސަލްމީނާ ވާހަކަދައްކަމުން ދައްކަމުންދިޔައީ އެތަނުގައިވާ ހޮޓާތަކުން ހޮޓަލަކާއިދިމާއަށެވެ. އެއީ ސަލްމީނާގެ އެދުމުގެ މަތިންނެވެ.
އަދުލީގާތުގައި ސަލްމީނާ ބުނިގޮތުގައި އޭނާ ގާތުގައިހުރި އަންހެން ކުއްޖާއަކީ އޭނާގެ ކޮއްކޮއެކެވެ.
ސަލްމީނާ ބޭނުންވިފަދައިން އަދުލީގެހަރަދުގައި އެތިންމީހުން ވަރަށް ރަނގަޅަށް ސައިބޮއެވެ.
ސައިގެކަންތައް ނިންމާލުމަށް މިރޭ ހޮސްޕިޓަލުން ބައްދަލުކުރުމަށް ދެމީހުން ނިންމިއެވެ. ހަމައެހެންމެ މިރޭ ހޮސްޕިޓަލަށްގޮސް ދޭގޮތަށް ފަސްސަތޭކަ ރުފިޔާ ސަލްމީނާ ގެންދިޔައެވެ. އަދުލީ ގަބޫލުކުރާގޮތުގައި ސަލްމީނާއަކީ ވަރަށްރަނގަޅު އެހާމެ ތެދުވެރި ޒުވާނެކެވެ.
ސަލްމީނާއާއި މާއިދުގެމެދުގައި ގާތްގުޅުމެއް އޮތްނަމަވެސް އެކަމެއް އަދުލީއަކަށް ނޭނގެއެވެ. ހަމައެހެންމެ މާއިދަށް އެތައްހުވަފެނަކާއި، އެތައް އަވާމެންދުރެއް ދެއްކުމަށްފަހު މާއިދުގެފަރާތުން އޭނާ ބޭނުންވި އެތައްފައިދާއެއް ނަގާފައިވެއެވެ.
އިރާކޮޅުގެ ވަގުތެވެ. އަދުލީ ހޮސްޕިޓަލަށް އައިއިރު ސަލްމީނާގެ މަންމައެއް ނެތެވެ. އެކަމާ ވަރަށްހައިރާންވެ ހުރެގެން އަދުލީ ސުވާލުކުރުމުން މާއިދުބުނީ އެމީހާ ދޫކޮށްލައިފިކަމަށެވެ.
އަދުލީ އަވަސްއަވަހަށް ވޯޑުންނުކުމެ ސަލްމީނާގެ ފޯނު ނަންބަރަށް ގުޅާލިއިރު އެނަންބަރުގެ ހިދުމަތްވަނީ މެދުކަނޑާލާފައެވެ. ޑައިރެކްޓްރީ މެދުވެރިކޮށްގެން ނަންބަރުގެ ވެރިފަރާތް ބަލާލިއިރު އެއީ ބިދޭސީއެއްގެނަމުގައިވާ ނަންބަރެކެވެ.
ސަލްމީނާއާބެހޭ ކުޑަނަމަވެސް މަޢުލޫމާތެއް ލިބޭތޯ އަދުލީ އާއި މާއިދު ވަކިވަކީންކުރި ހުރިހާ މަސައްކަތެއްވެސްވީ ބޭކާރެވެ. ހަމައެހެންމެ އޭގެތިންދުވަސް ފަހުން ނާއިފް ހޮސްޕިޓަލުން ދޫކޮށްލިއިރު ވެސް ސަލްމީނާއާބެހޭ އެއްވެސް މަޢުލޫމާތެއް ނުލިބުނެވެ. އެކަމަކަށް އަލިމަގެއްވެސް ނުފެނެއެވެ.
އަދުލީއާއި މާއިދަށް ވަރަށްރަނގަޅަށް އޮޅުވާލުމަށްފަހު އޭނާބޭނުންވި ވަރަށް ފައިސާ އާއި ފޯނުކާރޑު އަދި ކެއިންބުއިން ހޯދުމަށްފަހު ސަލްމީނާ ފިލީއެވެ.
ކަންތައްވީގޮތާމެދު އަދުލީއާއި މާއިދަށް ވިސްނާލެވުނީ މާފަހުންނެވެ. ހަމައެހެންމެ އޭރުވަނީ ވަގުތުފާއިތުވެފައެވެ.

ނިމުނީ

Share Article

Follow Me Written By

mohamed neer

Level 210 Stories100 Stories

Other Articles

Previous

ސަލްމީނާ

Next

ނިދީތެރޭން

Next
June 26, 2013

ނިދީތެރޭން

Previews
June 25, 2013

ސަލްމީނާ

One Comment

  1. fathimath Asim says:
    June 26, 2013 at 9:33 am

    ހަހަަަަަަހާ.ވ ގަދަ

Comments are closed.



All Right Reserved!