އިންސާފު ލިބޭނެބާ – 38 (ފަހުބައި)
އަހަރެން މާވިންދެކެ ލޯބިވޭ! ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. އަހަރެންނަކަށް ނޭނގެ އަހަރެންގެ މޮޔަ ހިތް ތިކަހަލަ ގަމާރު މީހެއްގެ ދެކެ ލޯބިވާން ޖޭހުނު ސަބަބެއް.. އަހަރެން މާވިންދެކެ ލޯބިވީ އަހަރެންނަށް މާވިން އެޖެންސީއިން ފެނުނު ފުރަތަމަ ދުވަހު.. އަހަރެންނަށް އެނގުން ތީ އަހަރެން ބޭނުންވާ ކަހަލަ ފިރެހެނެއްކަން އެޖެންސީގައި ހުރި ހުރިހާ އަންހެންކުދިންނަށް މާވިން އިގްނޯރ ކުރާތީ.. ފުރަތަމަ އަހަރެން ހީކުރި ރީތި ސިފައެއް ލިބުނީމަ ފޮނިބޮޑުވެގެން އުޅެނިއްޔޭ.. ދެން އަހަރެންނަށް އެނގުނީ މާވިން މިއޮތް ހުރިހާ ދުވަހު މަސައްކަތް ކުރީ މާވިންގެ ކޮއްކޮ ހޯދަންކަން.. އެހާ އާއިލާއަށް އިސްކަންދޭ މީހަކަށް މާވިންވުމުން އަހަރެންގެ ހިތުގައި މާވިންއަށްޓަކައިވި ލޯބި ފުންވެފައި ވަރުގަދަވި.. ދެން މާވިން އަންހެންކުދިންނަށް އިގްނޯރ ކުރާ ތަންކޮޅު.. މިޒަމާނު ކޮންމެ ފިރެހެނެއްގެ ސޯޝަލް މީޑިއާ ބަލައިލިޔަސް ހީވާނީ އަންހެނުން ސަފު ހަދާފައި ހުންނަހެން… އެކަމަކު މާވިން އެހެނެއްނޫން.. އެހެންވެ އަހަރެންނަށް އެނގުނު ތި ގަމާރު ރީތި އަދި އޯގާތެރި ފިރެހެނާއަކީ އަހަރެންގެ ފިރިމީހާއަށް ހަދަން ބޭނުންވާ ހުރިހާ ސިފައަކާއި އުޅުންހުރި އެންމެ އެކަށީގެންވާ މީހާކަން…. އަޑު އިވިއްޖެތަ؟؟” މާވިންގެ ކަންފަތުގައި ހިފައިލަމުން އެންމެ ފަހު ޖުމުލަ ހޫރީން ބުނެލިއެވެ.
***ޕާޓް 38***
މާވިންއަށް ހިންދިރުވައިލެވުނެވެ. އޭނަ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މަޑުމަޑުން ބަސްއަހާ ކުޑަކުއްޖެއް ފަދައިން މާވިން ބޯޖަހައިލިއެވެ. “ޔެސް މޭމް” ހިންޏަކަށް އަޑުއިވޭނެހާ މަޑުން މާވިން ބުންޏެވެ. އޭނަ ހުރި ކުރާނެ ކަމެއް ނޭނގިފައެވެ. އެއްކޮޅުން އޭނަ ބޭނުންވީ ހޭންފަށާށެވެ. އެހެންނަމަވެސް އޭނަ އެވަގުތު ހޭންފަށާފިއްޔާ ހޫރީން ރޯންފަށާފާނެ ނެތީ އެހެން ހަދާކަށް ނުކެރުނެވެ. “މިރޭ އެއްކޮށް އަހަރެންނަށް ތިހެން ހަދައިގެން އޮންނަންތަ ތި އުޅެނީ؟” މާވިން އަހައިލިއެވެ.އޭނައަށް އުޅެވުނުގޮތް ހިތަށް އެރުމުން ހޫރީންގެ މޫނު މައްޗަށް ޖަންބު ކުލައަރައިގެން ދިޔައެވެ. އެހެންނަމަވެސް އެކަން ނުދެއްކުމައްޓަކައި އަވަސް އަވަހަށް މާވިން ގައިމަތިން ތެދުވިއެވެ. މާވިން ތެދުވެ ގައިން ވެލި ފޮޅައިލަމުން ހޫރީންގެ އަތުގައި ހިފައިގެން އޭނަގެ ސައިކަލާއި ދިމާލަށް ދިޔައެވެ.
އިސްޖަހައިގެން ހުރި ހޫރީންގެ ދެއަތްތިލަ ފިނިކަމުން ގަޑުފެންފޮދެއް ފަދައެވެ. ހޫރީންގެ އަތުގެ ފިނިކަން މާވިންއަށްވެސް އިހްސާސްވަމުން ދިޔައެވެ. އެހެންނަމަވެސް އޭނަ މޫނުމަތިން އެއްވެސް އަސަރެއް ހާމަކުރުމެއް ނެތި ހޫރީންއަށް ސައިކަލަށް އަރަން އިށާރާތް ކޮށްލިއެވެ. ހޫރީން ސައިކަލަށް އެރުމުން އޭނަ މިސްރާބު ޖެހީ ހަތް ނަންބަރު ޖެޓީއަށްށެވެ. ހޫރީން ހުރީ އެއްޗެކޭ ބުނަންވެސް ނުކެރިފައެވެ. ދަނީ ކޮންތާކަށްތޯ ކިތަންމެ އަހަން ބޭނުންވި ނަމަވެސް އޭނައަކަށް އަހާކަށް ނުކެރުނެވެ. ބުނެވުނު ބަސްތައް ހަނދާންވާން ފެށުމުން އޭނަގެ ހަށިގަނޑުގައިވެސް މަޑު ތުރުތުރެއްލިއެވެ. ހޫރީން ހުރީ ލަދުން މާވިންއާ ހަތަރު ކަޅި ހަމަކުރަންވެސް ނުކެރިފައެވެ. ލޯގަނޑުން މި މަންޒަރު ބަލަން ހުރި މާވިން ގާތަށް ހިނިއައެވެ.
ސައިކަލު ޖެޓީ ކުރިމައްޗަށް ހުއްޓުމުން ސައިކަލުން ދެމީހުން ފޭބިއެވެ. ހޫރީންއަށް އެތަނާ ކައިރިކޮށްފައިހުރި އެޖެންސީ ލާންޗު ފެނުމުން އޭނަގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. ކޮންމެސް މެޝަންއެއް އެހާ އަވަހަށް ލިބުނީ ކަމަށް އޭނައަށް ހީވިއެވެ. “ކޮންތާކަށް މި ދަނީ؟” ލާންޗަށް އަރައި އިށީންނަމުން ހޫރީން މަޑުމައިތިރިކަމާއިއެކު އަހައިލިއެވެ. މާވިން ދައްކައިލީ އޭނަގެ ފޯނަށް އައިސްފައި ހުރި މެސެޖްއެވެ. އޭގައި ވަނީ މެޝަންއެއް ހަވާލު ކުރަން އެމީހުން ގާތު ޒިޔަލް އަންނަން ބުނެފައެވެ. ހޫރީންގެ މޫނަށް ފޫހި ކަމުގެ ކުލަވަރު އަރައިގެން ދިޔައެވެ. އޭނަ އެއްޗެކޭ ބުނުމެއްނެތި ލޮނުގަނޑަށް ނަޒަރު ހިންގައިލިއެވެ. ހޫރީންގެ މޫނަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނި މާވިންއަށް ސިއްރުން އެއްމިޔަކަނުން ހީލެވުނެވެ.
އެޖެންސީއަށް ލާންޗު ކައިރިކޮށްލުމުން މާވިން އެޖެންސީ ހުރި ޔޮޓަށް އެރިއެވެ. ހޫރީންއަށް މަޑުކުރެމެއްނެތި މާވިން ހަރުގަނޑަށް އަޅައިގެން ދިޔައެވެ. ހޫރީންއަށް މާވިން ކަންތައް ކުރިގޮތުން ތުން އަބުރައިލެވުނެވެ. އޭނަ މަޑު މަޑުން ޔޮޓަށް އެރިއެވެ. ހޫރީންގެ މޫނަށް ހައިރާންކަންވެރިވެގެން ދިޔައީ ޔޮޓުތެރެ އަނދިރިކޮށް ފެންނަމުން ދިޔުމުންނެވެ. މަޑު ދަނބުކުލައިގެ ފަޑު އަލިކަމެއް ދުރަށް ވެރިވެފައި ހުރުމުން އޭނަ އެތަނަށް ދާން ހިނގައިގަތެވެ. މަޑު ފިޔަވަޅުތަކެއްގައި ދިޔަ ހޫރީންގެ ނޭފަތުގައި އުއްބައްތީގެ މަޑު މީރުވަސް ޖެހުނެވެ. އޭނަގެ ހިތުގެ ތެޅުން އަވަސް ވެގެން ދިޔައެވެ. އޭނައަށް ހިނގައިފައި ނިކުމެވުނީ އުއްބައްތިތަކުން ހަދާފައިވާ މަގަކަށްށެވެ.
ހޫރީން ހިގައިފައި ދިޔައިރު އުއްބައްތީގެ ހުޅުކޮޅު ދިޔައީ މަޑުމަޑުން ނަށަމުންނެވެ. އެތަނުގައި މަޑު ލެވެންޑާރ ވަހެއް ހިފައިފައި ހުއްޓެވެ. ހޫރީންގެ ދެލޯ ބޮޑުވެގެން ދިޔައީ ލެވެންޑާރ މާބޮޑިއެއް ހިފައިގެން ހުރި މާވިން ފެނުމުންނެވެ. އޭރުވެސް މާވިންގެ ތުންފަތުގެ އެއްކޮޅުން އަނެއްކޮޅަށް ކުޅެލައިފައިވަނީ ލާނެތް ހިނިތުންވުމެކެވެ. ހޫރީންއަށް މާވިންގެ ފަހަތުގައިވި ބޯޑު ފެނުނެވެ. އޭގައިވަނީ ލެވެންޑަރ މާތަކުން ވެޔޮގަނޑެއް ފަދައިން ހިތެއް އަޅާލައިފައެވެ. އޭގެ އެތެރޭގައި ‘ވިލް ޔޫ މެރީ މީ’ ރީތި ގޮތަކަށް ޖަހައިލާފައިވެއެވެ. ހޫރީންއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ.
މާވިން ފިރެހެންވަންތަ ހިނިތުންވުމެއްގައި ހުރެ އެއްފައި މައްޗަށް ހޫރީންގެ ކުރިމަތީގައި ތިރިވެލިއެވެ. “އަހަރެންފަދަ ގަމާރު މީހަކަށް ތިކަހަލަ އަނގަގަދަ، ކެރޭ، ހީވާގި އަންހެންކުއްޖެއް ނުލިބޭނެކަން ޔަގީން.. އަހަރެންގެ ކޮއްކޮއާ މެދު ބެހެއްޓި ގާތްކަމުން އަހަރެންނަށް އެނގޭ ހޫރީން ވެގެންދާނީ އަހަރެންގެ ކުދިންނަށް އެންމެ އެކަށީގެންވާ ފަދަ އެންމެ ފުރިހަމަ މަންމައަށްކަން އަދި އަހަރެންނަށް އެންމެ އެކަށީގެންވާ އަންހެންކުއްޖާއަށްކަން.. އަހަރެންނަށް ފަހަރެއްގައި އުކައިލް ބުނިހާ ފަށުވި ގޮތަށް ރޮމޭންޓިކްކޮށް ކައިވެންޏަށް ނޭހިދާނެ.. އެކަމަކު އަހަރެން، އަހަރެންގެ މަންމައާއި ކޮއްކޮއާ ނުލާ އެންމެ ލޯބިވާ އަންހެން ކުއްޖާއަކީ ތިއީ… ދެން އަހަރެން އެންމެ ލޯބިވާނެ އަންހެން ކުއްޖަކީ އަހަރެމެންނަށް ލިބޭ އަންހެން ދަރިފުޅު.. އަހަރެން ނުބުނާނަން ކައިވެންޏަށްފަހު އަހަރެމެންގެ ދިރިއުޅުން ދާނީ ވަރަށް އަމަންއަމާންކޮށް އެއްވެސް މައްސަލައެއް ނުޖެހިއޭ.. އެއީ ކޮންމެ މީހެއްގެ ދިރިއުޅުމުގައިވެސް އަޑިގުޑަންތައް އަންނާނެ.. އިރާދަ ކުރެއްވިއްޔާ އަހަރެންގެ ފުރާނަ ހަށިގަނޑުގައި ހުރިހާ ހިނދަކު އަހަރެން ހޫރީންއާއެކު ވާނަން.. އަހަރެންނަށް އެނގޭ ހޫރީން އަހަރެންދެކެ ވަރަށް ލޯބިވާކަން.. ހަމައެގޮތަށް އަހަރެން ހޫރީންދެކެ މާ ބޮޑަށްވެސް ލޯބިވޭ.. ހޫރީންގެ ހަޔާތުގެ ހުންގާނު އަހަރެންނަށް ދޭން ކެރޭނެތަ؟ އަހަރެން ތި ހަޔާތުގެ ބައިވެރިއަކަށް ހަދައިދީ މި އުޑުދަށުގައި ހުރި އެންމެ ބޮޑު ނަސީބުވެރިއަށް ހަދައިދޭނަންތަ؟ އަހަރެންނާ ކައިވެނި ކުރާނަންތަ؟” ހޫރީން ކުރިމަތީގައި ދަނބުކުލައިގެ އަނގޮއްޓިލާފައި ހުރި ފޮށި ހުޅުވައިލަމުން މާވިންގެ ފިރެހެންވަންތަ އަޑުން ވާހަކަ ދެއްކިއެވެ.
ބުނާނެ އެއްޗެއް ނޭނގިފައި ހުރި ހޫރީން މަޑުމަޑުން އޭނަގެ އަތް މާވިންއަށް ދިއްކޮށްލިއެވެ. “ވާހަކަ ދައްކާ ހޫރުޕަރީ.. މިރޭ އަހަރެން ބިންމައްޗަށް ވައްޓާލަ އަހަރެން ކައިރީ އެހުރިހާ އެއްޗެއްކީ އަނގަ ކޮބާތަ؟” ލާނެތް ރާގަކަށް މާވިން ބުންޏެވެ. ހޫރީން ރަކިވިއެވެ. “އަހަރެން މާވިންއާ ކައިވެނި ކުރާނަން.. އަހަރެން ވަރަށް ލޯބިވޭ..” ރަކިވެފައި ހުރެ ހޫރީން ބުންޏެވެ. “އެނގޭ ތިކަން.. އަހަރެންވެސް ވަރަށް ލޯބިވޭ..” ހޫރީންގެ ކަށިއިނގިލީގައި މާވިން އިތާމުތެއްލާފައި އިން އަނގޮއްޓިއެއް އެޅުވިއެވެ. އަދި މާބޮޑި ދެމުން ހޫރީން އޭނަގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. “މަންޖެ އަހަރެންގެ ގަޔަށް ބޮލަށް އަރަން އުޅުނީމަ ދެން މިހެނެއްނުން ހަދަން ޖެހޭނީ.. ކެތްތެރިކަމެއް ދެއްވާފަ ހުރި މީހެއްނޫނޭ.. އަހަރެން ނުލާހިކު ކުރިން ޕްލޭން ކޮށްފަ ހުރި ކަމެއް މީ..އެކަމް ހޫރީ ވިއްޔާ އަަހަރެންނަށް ފުރަތަމަ ޕްރޮޕޯސް ކުރި.. ގަދަ ކުއްޖެކޭ..” ބޯ ހޫރުވައިލަމުން ހިނިއައިސްފައި ހުރެ ހޫރީންއާ ދިމާކޮށްލުމުގެ ގޮތުން މާވިން ބުންޏެވެ.
ހޫރީން ރަކިވެފައި ހުރެ މާވިންގެ މޭގައި ޖަހާލިއެވެ. ހޫރީން ސިހޭގޮތްވީ ބައެއްގެ ހުނުމުގެ އަޑުއިވިފައެވެ. އޭނަ އަވަސްއަވަހަށް މާވިންގެ އަތްދަށުން ސަލާމަތްވިއެވެ. އޭރު އެތާ އުކައިލްމެން އެންމެން ތިއްބެވެ. އޭނަ ހައިރާންވީ އެހާ އަވަހަށް އެތަނުން އެމީހުން ފެނުމުންނެވެ. މިޔާ ދުވެފައި އައިސް ހޫރީންގެ ގައިގަ ބައްދާލިއެވެ. “ވެލްކަމް ޓު ދި ފެމިލީ ފަހަރީ ދެން ދޮންބެދައްތަ ދޯ ކިޔަން ޖެހޭނީ..” ލާނެތް ގޮތަކަށް ހެވިފައި ހުރެ މިޔާ ބުންޏެވެ. މިޔާގެ މި އަމަލުން ހޫރީން ލަދުގަތެވެ. އެންމެން އަލަށް ގުޅުނު ދެ ޒުވާނުންނަށް މަރުހަބާ ކިޔަން ފެށިއެވެ.
***ހަތަރު އަހަރުފަސް***
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އައި އަންހެން ކުއްޖާއަށް އެތަކެއް ނޫކަށިފުރާގެ ފިރެހެންކުދިންގެ ލޯތަށް އަމާޒުވަމުން ދިޔައެވެ. މަޑު ފިޔާތޮށި ކުލައިގެ ސްކާފެއް އަޅައިގެން ހުރިއިރު އެކުއްޖާ ލައިގެން ހުރި ދޫ އަބާޔާވެސް ހުރީ އެކުލައިގައެވެ. މަޑު ފިޔާތޮށިކުލައެއް އެކުއްޖާގެ ތުންފަތުގައި ޖައްސާލެވިފައިވީއިރު އެކުއްޖަގެ ދިގު އެސްފިޔަތައްވަނީ މަސްކަރައަކުން ފަވާލެވިފައެވެ. މަޑު ކްރީމް ކުލައިގެ ހަންގަނޑެއް ލިބިފައިވާ އެކުއްޖާ ފެންނަނީ އުޑުން ތިރިކޮށްފައި ހުރި ޕަރީއެއްހައި ނަލަކޮށްށެވެ. ސޫޓް ކޭސް ހިފައިގެން ހުރެ އެކުއްޖާ ދިޔައީ މީހުންގަނޑު ތެރެއިން ކޮންމެސް މީހަކު ހޯދަމުންނެވެ. ކުޑަ އިރުކޮޅަކުން އޭނަ ހޯދާ މީހާ ފެނުމުން ހަނައަޅައިލިއެވެ. މާވިންއަށް ފުރަތަމަ ހުރެވުނީ ހައިރާންވެފައެވެ. އޭނަ ރަނގަޅަށް ބަލައިލަމުން އެއީ މިޔާކަން އެނގުނެވެ. އޭނައަކަށް މިޔާ ބުރުގާ އެޅިކަން އެނގިފައެއްނެތެވެ. މާވިން އައި ގޮތަށް އައިސް މިޔާގެ ހަށިގަނޑު އޭނަގެ އަތު ތެރަށްލައި ފިއްތާލިއެވެ.
“މިސްޑް ޔޫ ދޮންބެގެ ލޯބިކޮޅު.. ހާދަ ދުރެއްގައޭ މިއޮތް ހުރިހާ ދުވަހަކު ތިއުޅުނީ.. މާޝާﷲ ކޮއްކޮ ބުރުގާ އެޅީމަ އަދި ވަކިން ލޯބި.. ހީވަނީ ޕަރީއެއްހެން.. އެހެން އެންމެން ސަޕްރައިޒް ކުރަން ދޮންބެ ކައިރީ ބުނީ ކޮއްކޮ އަންނަ ވާހަކަ އެކަކު ކައިރީވެސް ނުބުނެ އާދެބަލާށޭ.. ދޮންބެއަށްވެސް މި ލިބުނީ ސްޕރައިޒްއެއްނުން.. އައިމް ސޯ ޕްރައުޑް އޮފް ޔޫ.. ކޯސް ނިމުނީ ދޯ މިހާރު؟..” މާވިން އެއްފަހަރާ އެތަކެއް ވާހަކައެއް ދައްކާ ނިންމާލިއިރު މިޔާއަށް ހުރެވުނީ ހީލަހީލައެވެ. “ދޮންބޭ ނޭވާލާފަ ވާހަކަ ދައްކަބަ.. ޔެސް ކޯސްވެސް ނިމިއްޖެ.. އެކޮޅުން މެލޭޝިއަން ސްޓައިލް ރީތި ވީމަ ބުރުގާއެޅީ…. އެހެން ނޫނަސް ދޮންބެ ދައްތަމެންވެސް ހުންނަނީ އަޅާފައެއްނުން.. ކޮބާތަ ލިޝް؟” މިޔާ އަހައިލިއެވެ. “ގޭގައި އެބައުޅޭ.. ހޫރީއަށް ވަރު ދައްކާނެ.. ހިނގާ ދާން އަވަހަށް..” މިޔާގެ ސޫޓްކޭސް ދަމަމުން މާވިން ބުންޏެވެ. މިޔާ ހީލަމުން މާވިންއާއެކީ ދިޔައެވެ.
ގެއަށް ދިޔުމުން މިޔާ ފެނުމުން އެންމެންގެ މޫނު މަތިން ފެނިގެން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ. މިލްޔާ ދުވެފައި ގޮސް މިޔާ ގައިގާ ބައްދާ ބޮސްދިންއިރު ތިން އަހަރުގެ މައިލިޝް އައިސް މިޔާގެ ފައިގައި ބައްދާލިއެވެ. މިޔާ އެކުއްޖާ އުރައިގެން އެކުއްޖައާއިއެކު ސަކަރާތްޖެހަން އިންދައި ދާރިއަން އެގެއަށް ވަދެގެންއައެވެ. ދާރިއަންއަށް މިޔާ ފެނުމުން އޭނަގެ ދެލޯ ބޮޑުވިއެވެ. ކުރިން ފެނުނު އިރަށްވުރެ މިހާރު މިޔާ ރީތިހެން ހީވެއެވެ. ދާރިއަންއަށްވެފައި ހުރި ގޮތުން މާވިންގެ ގާތަކަށް އައީ ލާނެތް ހިންޏެކެވެ. “ފުރުސަތުގެ ބޭނުން ހިފަން ރަގަނޅު ޗާންސެއް ލިބުނީ.. ދެންވެސް ތެޔޮނާށި ކާޅު ޖަހައި ނުގަންނަނީސް ކައިވެންޏަށް އަހާބަލަ.. މަގޭ ވަލީ ކަލޭ ނޫނީ އެހެން މީހަކަށް ނުލިބޭނެ..” ދާރިއަންގެ ކަންފަތްދޮށުގައި މާވިން ސިއްރުން ބުންޏެވެ.
“ދޮންތިބޭ!!” ކުއްލިއަކަށް މައިލިޝް މިޔާގެ އަތުތެރެއިން ނިކުމެގެން ދާރިއަންގެ އަތުތެރެއަށް ވަދުނެވެ. މިޔާގެ ދެލޯ ބޮޑުވީ މައިލިޝް، ދާރިއަންއަށް ގޮވައިލި ނަމުންނެވެ. އޭނަގެ މޫނު މައްޗަށް ފިޔާތޮށިކުލައަރައިގެން ދިޔައެވެ. ދާރިއަންއަށް އޭނަގެ އަމިއްލަ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލިއެވެ. މައިލިޝްއަށް ހޫރީންއާއި ދާރިއަންވެގެން ވަނީ އެކުއްޖާ ލިބުނީއްސުރެ އޭނައަށް ދޮންތިބެ ކިޔާދީފައެވެ. ދާރިއަން ބޮޑަށް ލަދުގަތީ މިޔާގެ ކުރިމަތީގައި މައިލިޝް އޭނައަށް އެހެން ކިޔާފައި ގޮވުމުންނެވެ. މައިލިޝް އޭނަގެ އަތުތެރެއަށް އައުމުން ދާރިއަން އެކުއްޖާ އުރައިލުމަށްފަހު ސަމާސާކޮށްލިއެވެ.
“ކޮބާތަ ދާޔައްތަމެންގެ ޓުވިން ފުއްގުޅަތައް؟” މިޔާ އަހައިލިއެވެ. ދާރިއަން، ދާލިޔާމެންނަށް ގުޅައި މިޔާ ހުރިކަން އިއުލާން ކުރިއެވެ. އެއާއެކު ހީވީ އީދެއް އައިހެންނެވެ. އުކައިލް، ދާލިޔާ އަދި ޝިހާމާ އާއި މިފްޒާލްވެސް އެގެޔަށްއައެވެ. “ޝިހާޔާ މިފޫއާ ކޮން އިރަކު ހިނގި ކަމެއް؟” ހައިރާންވެފައި މިޔާ ސުވާލުކޮށްލިއެވެ. “ދެން މިޔާ ބޭރަށް ކިޔަވަން ދިޔާމަ އަހަރެންވެސް ފޫހިވާނެއެއްނުން..” ޝިހާމާ ބުންޏެވެ. “އެހެންވީމަ މަށާ ކައިވެނި ކުރީ މިޔާ ދިޔާމަ ފޫހި ފިލުވަން ދޯ.. ބަލާބަލަ ހުރި ނުބައިކަން.. މިހެންވެއޭ އަންހެނުންނަށް އިތުބާރު ކުރަން ނުވަނީ.. ހަމަ އަހަރެން ބޭނުންކޮށްލީއޭ.. މަގޭ ހަށިގަނޑުން ބައެއް ބޭނުންކޮށްގެން މީނަ ކަހަލަ ދަރިއެއްވެސް ހަދާފައެއްނުން މިހުރީ..” މިފްޒާލް ވަރަށް ޑްރެމެޓިކްކޮށް ބުންޏެވެ. އެއާއެކު އެންމެންނަށްވެސް ހެވުނެވެ. “ދެން އަޅެ އަހަރެން ވަރަށް ލޯބިވާތީއޭ ކައިވެންޏަށްވެސް އެއްބަސްވީ… އެކަމަކު ތިކަހަލަ އެއްޗެހި ބުނާކަށް ނުވާނެއެއްނުން.. މިކީ ބަލާ ޑެޑީ ކިޔާ އެއްޗިސް.. ދެރަވެސް ވެއްޖެ..” ޝިހާމާ އަނެއް ފަރާތައް އެނބުރެމުން ދެރަވާ އަސަރުތައް މޫނަށް ވެރިކޮށްލަމުން ބުންޏެވެ. އޭރު ޝިހާމާ އަތުގައި އޮތް އެއް އަހަރުގެ މައިކާ މަންމަ އާއި ބައްޕަގެ ކޯޅުން ބަލަން ހީލަ ހީލާ ހުއްޓެވެ. މިޔާ މައިކާ އުރާ ލޯބި ކޮށްލުމަށްފަހު ޝިހާމާ އަތަށް ދީފައި ދިޔައީ ދާލިޔާގެ ދެކުދިންގެ ގާތަށްށެވެ.
ދާލިޔާ ސޯފާގައި އިށީނދެގެން ހުރިއިރު އޭނަގެ ދެފަރާތުގައި އޭނަގެ އެއްމާބަނޑު ދެބައިން ކަމުގައިވާ އަކިޔަލް އާއި ދިމްޔާ ތިއްބެވެ. އަކިޔަލް ބޮޑަށް ވައްތަރީ ދާލިޔާއާއެވެ. އެހެން ނަމަވެސް ދިމްޔާ ވައްތަރީ އުކައިލްއާއެވެ. ދެބެންވެސް މިޔާ އަލަށް ފެނުމުން ތިބީ ލަދުގަނެފައެވެ. އެހެންނަމަވެސް މިޔާ އޭނަ ބޭރުން ގެނައި ޗޮކްލެޓްއާ އެއްޗެހި ބެހުމުން އެކުދިންގެ ލަދުވެތިކަން ކެނޑި މިޔާއާއެކު ސަކަރާތް ޖަހާ ކުޅުނެވެ. އެ ސަކަރާތުގައި މައިލިޝްވެސް ބައިވެރިވިއެވެ. މިޔާވެސް އެކުދިންނާއެކު ސަކަރާތް ޖަހާއިރު ހީވަނީ އޭނަވެސް އެއީ އެކުދިންވަރުގެ ކުޑަ ކުއްޖެއް ހެންނެވެ. “އާހް.. އަހަރެންވެސް ދަރިން ހޯދާ ހިތްވެއްޖެ.. އަޅޭ ހާދަ ލޯބި ކުދިންތަކެކޭ..” މިޔާ އޭނަގެ ކޯތާފަތުގައި އަތްލަމުން ބުންޏެވެ.
އެއާއެކު އެންމެން ގާތަށްވެސް ހިނިއައެވެ. “ދެން އުޅެބަލަ އަވަހަށް ކައިވެނި ކުރަން..” ޝިހާމާ ލާނެތް ގޮތަކަށް ދާރިއަންއަށް ބަލައިލަމުން ބުންޏެވެ. “އިންނާނެ މީހެއް ވެގެންނުން.. މަގޭ ވަތުކިބަ އަދިވެސް މަގޭ ދެކެ ލަދުންވިއްޔާ އެހުންނަނީ..” މިޔާ އޭނަގެ ބަސްތައް ތީރެއް ފަދައިން ދުއްވައިލީ ދާރިއަންއަށްށެވެ. އެއާއެކު ދާރިއަންގެ އަނގައަށް ގޮތެއް ހަދައިލެވުނެވެ. އެއްވެސް ކަމެއް ނޭނގޭ ކަމަށް ހަދައިލަމުން ދާރިއަން އެގެއިން ނިކުމެގެން ދިޔައެވެ. ދާރިއަންގެ މިއަމަލުން މިޔާގެ ހިތުގައި ކުޑަކޮށް ރިއްސާލިއެވެ.
އެރޭގެ ވަގުތެވެ. މިޔާ ކޮޓަރިތެރޭ ހުއްޓައި މާވިން ޓަކި ޖެހިއެވެ. މިޔާ ދޮރުހުޅުވައިލުމުން މާވިން މިޔާއަށް ބޮޑު ފޮއްޓެއްދިނެވެ. މިޔާ ހައިރާންވެފައި ހުރެ މާވިންއާ ދިމާލަށް އެއީ ކޯއްޗެއްތޯ އަހައިލާ ފަދައިން ބަލައިލިއެވެ. “ކޮއްކޮ މިކޮޅަށް އައީމަ ބޭރަށް ކާންދާން މިއުޅެނި އެންމެން އެއްކޮށް.. މީގަ އޮތް ހެދުން ލައިގެން ރީތިވެގެން ގަޑި އިރެއް ތެރޭ ނިކުންނާތި..” މާވިން އެހެން ބުނުމަށްފަހު ދިޔައެވެ. މިޔާ ބޯޖަހައިލުމަށްފަހު ކޮޓަރިއަށް ވަދެ އެ ފޮށި ހުޅުވައިލިއެވެ. އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އޭގައި އޮތް ފިޔާތޮށި ކުލައިގެ ދިގު ހެދުން ފެނިފައެވެ. އެ ހީވަނީ ކާރޓޫނުތަކުގައި އުޅޭ ‘ޕްރިންސެސް’ލާ ފަދަ ހެދުމެއް ހެންނެވެ. އެއާއެކު ގަދަ ފިޔާތޮށި ކުލައިގެ ޝޯލްއެއްވެސް އޮތެވެ.
މާވިން ބުނި ފަދައިން ތައްޔާރުވެގެން ގެއިން ނިކުތްއިރު ގޭގައި އެކަކުވެސް ނޫޅެއެވެ. އޭނަ ބޭރަށް ނިކުތް ވަގުތު ސިހުނީ ކަޅުކަލައިގެ ޕްރައިވެޓް ކާރުގައި ލެގިލައިގެން ހުރި ދާރިއަން ފެނިފައެވެ. އޭނަ ހުރީ ކަޅު ކުލައިގެ ސޫޓްއަކާއި ކަޅު ފަޓުލޫނެއް ލައިގެންނެވެ. ހީވަނީ ސްކްރީންއެއް ތެރެއިން ނިކުތް މޮޑެލްއެއް ހެންނެވެ. މިޔާވެސް ދާރިއަންއަކަށް ދޫނުކުރެއެވެ. މިޔާ ލައިގެން ހުރި ހެދުން ވައްތަރީ ހަމަ އަސްލު ‘ޕްރިންސެސް’ ހެދުމަކާއެވެ. ލަދުން ހުރެ މިޔާ ދާރިއަން ކުރިމަތީގައި މަޑު ކުރިއެވެ. މާވިން ކާރުގެ ދޮރުހުޅުވުމުން މިޔާ ކާރަށް އަރައި އިށީނެވެ. މަންޒިލްއާ ވާސިލްވެވެންދެން އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދާރިއަން މަޑުކޮށްލީ މާލޭގައި އަލަށް ހުޅުވި ހަތްތަރީގެ ރެސްޓޯރެންޓްގެ ކުރިމަތީގައެވެ. މިޔާ ކައިރީ އޭނަގެ ފަހަތުން އަންނަން ބުނަމުން ދާރިއަން ލިފްޓަށް އެރިއެވެ. އެތަނުން ނިކުމެވުނީ އެ ރެސްޓޯރެންޓްގެ ޓެރަސްއަށްށެވެ. އެތަންވަނީ ފިޔާތޮށި ފިނިފެންމަލުންނާއި ފެއާރީ ލައިޓްސްއިން ޒީނަތްތެރި ކުރެވިފައެވެ. މިޔާގެ އަތުގައި ހިފައިގެން ދާރިއަން މަޑުކޮށްލީ ‘ވިލް ޔޫ މެރީ މީ’ ޖަހާފައި އިން ފެއާރީ ލައިޓްތަކުން ދިއްލެމުން ދިޔަ އަކުރުތައް ކައިރީގައެވެ.
އެއްފައިމައްޗަށް އިށީންނަމުން މާވިން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެންނާ މިޔާ ބައްދަލުވެގެން ދިޔައީ ވަރަށް ތަފާތު ގޮތަކަށް.. އޭރު އަހަރެންގެ ބޭނުމަކަށްވީ މިޔާއަށް އިންސާފު ހޯދައިދޭން.. އަހަރެން މިޔާއަށް ޝުކުރުވެރިވަން އަހަރެންނަށް ކުޑަކޮށް ނަމަވެސް އޭރު އިތުބާރު ކުރީތީ.. މިޔާއަށް އަނިޔާވީ ދުވަހު އަހަރެންގެ ހިތް ކުދިކުދިވި.. އެކަމަކު މިހާރު ތީ އެ މިޔާއެއްނޫން.. މިދިޔަ އަހަރުތަކުތެރޭ މިޔާ ވަރަށް ބޮޑަށް ތަފާތުވެއްޖެ.. މިޔާއަށް މިޔާގެ ސެލްފް ކޮންފިޑެންސް ލިބި ކިޔަވާ އަމިއްލަ ފައި މައްޗަށްވެސް ތެދުވެވިއްޖެ… އަހަރެންނަށް މިޔާއާއެކު ހޭދަކުރެވުނު ހުރިހާ ވަގުތަކީވެސް އަހަރެންނަށް ވަރަށް މުހިންމު އަދި އަގުހުރި ވަގުތުތަކެއް.. އަހރެން ވަރަށް ލޯބިވޭ މިޔާދެކެ.. އުޑުގައިވާހާ ތަރިތަކާއި ހަނދު ހެކިކޮށް ބުނަން ތި ނޫނީ ނަމެއް އަހަރެންގެ ހިތުގައެއް ނުވޭ.. ތިއީ އަހަރެންގެ ރެޕަންޒިލް.. އަހަރެން ބޭނުންވަނީ މިޔާއާއެކު އާއިލާއެއް ފަށަން.. އަހަރެން ބޭނުންވަނީ މިޔާއާއެކު އަހަރެމެންގެ ލޯބީގެ ގަޑުވަރެއް ބިނާ ކުރަން.. މިޔާ.. އަހަރެންނަށް މިޔާ ކުރިން ކުރި ފަދައިން އިތުބާރުކޮށްފަ ތި ހަޔާތުގައި އަހަރެން ބައިވެރިކޮށްދީފާނަންތަ؟ އަހަރެން އިރާދަކުރެއްވިއްޔާ މިޔާގެ ދެލޮލުން އަހަރެންގެ ސަބަބުން ކަރުނަ ތިއްކެއް ވެއްޓުނަ ނުދޭނަން.. ރެޕަންޒިލް އަހަރެންނަށް ތި ހަޔާތުގެ ބައިވެރިއަކަށްވުމަށް ފުރުސަތު ދޭނަންތަ؟ އަހަރެންނާ ކައިވެނި ކުރާނަންތަ؟” ދާރިއަން ފިޔާތޮށިކުލައިގެ އަލިމަސް ޖަވާހިރު އަނގޮއްޓިއެއް ދިއްކޮށްގެން ހުރެ އަހައިލިއެވެ. މިޔާ ފެންކަޅިވެފައި ހުރެ ބޯޖަހައިލިއެވެ.
މާވިންމެން އަތްޖަހަން ފެށިއެވެ. އެންމެން އަލަށް ތައާރަފްވި ޖޯޑަށް މަރުހަބާ ކިޔުމަށްފަހު ކާންއިށީންދުނެވެ. “ބްރޯ މިރޭ ހަނދެއް ތަރިއެއް އެއްޗެއް ހުރީކީއެއްނޫން.. ކަލޭ ކޮން ހަނދަކާއި ތަރިއެއް މަގޭ ކޮއްކޮއަށް ހެކި ކުރަނީތި؟” މާވިން ސިއްރުން ދާރިއަންގެ ކަންފަތްދޮށުގައި ބުންޏެވެ. އެއާއެކު ދެލޯ ބޮޑުކޮށްލަމުން ދާރިއަން މައްޗަށް ބަލައިލިއެވެ. ދާރިއަން ކުއްލިއަކަށް މައްޗަށް ބަލައިލުމުން މިޔާވެސް ބަލައިލިއެވެ. އެއާއެކު މިޔާއަށް ވީގޮތް އެނގުމުން ހެވުނެވެ. ދާރިއަން ރަކިވެފައި ހުރެ ބޯކަހައިލިއެވެ. “ހަމަ މިރެއަށްތަ އެނގުނީ މިހެން އޮންނަން..” އަމިއްލަ ނަފްސަށް އިވޭ ވަރަށް ދާރިއަން ކުދިކިޔައިގަތެވެ.
*** ދެ ހަފްތާ ފަސް ***
ހަވީރުގެ ހިތްގައިމު ވަގުތެވެ. ‘މަންޒިލް’ ރެސްޓޯރެންޓްގެ ޓެރަސް މަތި ވަނީ ތަފާތު ވައްތަރުގެ ތަކެތި ބޭނުންކޮށްގެން ދެ ޒުވާނުން ކުރަން އުޅޭ ކައިވެންޏަށް ތައްޔާރުކޮށް ޒީނަތްތެރި ކުރެވިފައެވެ. “ދާރިއަން ވެޑްސް މިޔާ” ވަނީ އެތާ ވަންނަތާ ބެނާގައި ޖަހައި ހަރުކުރެވިފައެވެ. ކައިވެނި ކުރުމަށްޓަކައި ގާޒީއާއި ދެހެކިވެރިންގެ އިތުރުން ކައިވެނި ކުރެވެން އުޅޭ ދެފަރާތްވެސް ތިއްބެވެ. ގާޒީ އަނބި ގަބޫލު ކުރުމަށް ދާރިއަން ގާތު ބުނުމުން މިޔާގެ އަތްފައި ފިނިވެގެން ދިޔައެވެ. އިސްޖަހައިގެންއިދެ މިޔާ ދިޔައީ އޭނަގެ ދެއަތް މޮޑެމުންނެވެ. “އަނބި ގަބޫލުކޮށްފިން” މިޔާގެ މައުސޫމު ހަރަކާތްތަކަށް ބަލަން ހުރި މާވިން، މިޔާގެ އަތުގައި ހިފަލަމުން ބުންޏެވެ.
ދާރިއަންމެން އެމީހުންނަށް ހާއްސަ ކުރެވިފައިވާ ތަނުގައި ތިބިއިރު އެމީހުން ކައިރީގައި މައިލިޝް އާއި ދިމްޔާ ތިއްބެވެ. އުކައިލް އާއި ދާލިޔާގެ އިތުރުން މާވިން އާއި ހޫރީން އަދި ޝިހާމާ އާއި މިފްޒާލްވެސް ދެމަފިރިން ކައިރީ ފޮޓޯ ނަގަން ތިއްބެވެ. އެތަން ހުރީ ހުދު ފިނިފެންމަލުން ޒީނަތްތެރި ކޮށްލާފައެވެ. މިޔާ ބޮޑު ހުދު ވެޑިން ޑްރެސްގައި ހުރި އިރު ހީވަނީ އުޑުން ފައިބާފައި ހުރި ޕަރީއެއްހެންނެވެ. އެހާވެސް ނަލައެވެ. މިޔާގެ ހުދުކުލައިގެ ޝޯލްގެ މަތީގައިވަނީ ހުދު ކުލައިގެ ތާޖެއް އަޅުވައިފައެވެ. ހަމައެފަދައިން ދާރިއަން ހުރީ ހުދު ކުލައިގެ ކޯޓު ފަޓުލޫނުގައެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި ހުރި ގޮތުން އޭނަ ވައްތަރީ ކޮރިއަން މޮޑެލްއަކާއެވެ.
މީހުންތައް ދާން ފެށުމުން ހުރިހާ އެކުވެރިން މޭޒުވަށައި އިށީނދުނެވެ. “އަހަރެމެން އިންސާފު ހޯދަން ކުރި ދަތުރު މިވީ އިރާދަ ކުރެއްވީތީ ކާމިޔާބު ދަތުރަކަށް..” އުކައިލް އެންމެންނަށް ބަލައިލަމުން ބުންޏެވެ. އެއާއެކު އެންމެން އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހައިލިއެވެ. “މި ދަތުރުގައި އާ އެކުވެރިންނާ ދިމާވެ ހަޔާތުގެ ބައިވެރިންވެސް އަހަރެމެންނަށް ލިބިއްޖެ..” މިޔާގެ އުނަގަނޑުގައި އަތް ވަށައިލަމުން ނުފިލާ ހިނިތުންވުމަކާއިއެކު ދާރިއަން ބުންޏެވެ. “ދާރިއަން އަހަރެންގެ ކޮއްކޮއަށް ރަނގަޅަށް ބަލާނެ ކަމާމެދު އެއްވެސް އަހަރެން އެއްވެސް ޝައްކެއް ނުކުރަން..” ދާރިއަންއަށް ބަލައިލަމުން އިތުބާރާއިއެކު މާވިން ބުންޏެވެ. ދާރިއަން ބޯޖަހައިލިއެވެ. “އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދަރިންވެސް ވާނީ އިންސާފަށް ލޯބިކުރާ ދަރިންނަށް..” ހޫރީން، އެކުގައި ކުޅެމުން ދިޔަ އެމީހުންގެ ދަރިންނަށް ބަލައިލަމުން ބުންޏެވެ. އޭރު މައިކާ އޮތީ ޝިހާމާގެ އަތުތެރޭގައި ނިދިފައެވެ. އެކުދިންނާ ދިމާލަށް ބަލަމުން ދިޔަ އެންމެންގެ ހިތްތަކުގައިވެސް ވަނީ ލޯތްބެވެ. “އަހަރެންވެސް ބޭނުން ކުޑަކުއްޖެއް..” މިޔާ އެހެންމީހުންނަށް އަޑުނީވޭ ވަރަށް މަޑުމަޑުން ބުންޏެވެ. “މިރޭވެސް ހަމަ ޓްރައި ކުރަންވީ..” ލާނެތް ގޮތަކަށް ދާރިއަން މިޔާގެ ކަންފަތްދޮށުގައި ބުންޏެވެ. އެއާއެކު މިޔާގެ މޫނަށް ޖަންބު ކުލަވެރިވެގެން ދިޔައެވެ. ދާރިއަން ހީލައިގެން އިނދެ މިޔާއަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. “ވަރަށް ލޯބިވޭ” މިޔާގެ ނތިުގައި ބޮސްދެމުން ދާރިއަން ބުންޏެވެ.
(ނިމުނީ)
އަޅުގަނޑުގެ 2 ވަނަ ދިގު ވާހަކަ މިހާ ހިސާބުން ނިމުނީ.. ކިޔުންތެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ސަޕޯޓަށް ފަށްފަށުން ޝުކުރުއަދާކުރަން.. އެގޮތުން އަޅުގަނޑުގެ ވާހަކައަށް ކޮމެންޓް ކުރާ ‘ ވެމްޕަޔާރ ގާލް، ކިޔުޓީ ގާލް، ޔުއާރ ފޭވް ބޭބް، އޯރިއޯ ގާލް، ޝިމާރ، ނުހާ، ޝްޝް އަދި މިތާގައި ނުލިޔެވުނު ނަމަވެސް ކޮމެންޓްކުރި ހުރިހާ ކުދިންނަށް ދެއްވި ހިތްވަރަށްޓަކައި ފަށްފަށުން ޝުކުރުކުރަން.. ހާއްސަކޮށް އަޅުގަނޑަށް ވާހަކަ ލިޔަން ހިތްވަރު ދެއްވި އޯތާރސްކަމަށްވާ ޝިހާމާ، އަނޯރާ އަދި ނާޔާއަށްވެސް ޝުކުރު އަދާކުރަން.. އަޅުގަނޑުގެ ދެން އޮތް ވާހަކަ ވަރަށް އަވަހަށް ގެނެސްދޭނަން އިންޝާﷲ.. މި ވާހަކައަށް ލިބުނު ފަދަ ތަރުހީބެއް އެ ވާހަކައަށްވެސް ލިބޭނެ ކަމަށް އުންމީދުކުރަން..
ކަވާ ޕިކް ކްރެޑިޓް: މިހާ ރީތި ކަވާރ ފޮޓޮއެއްހަދައި ދިނީތީ ޝުކުރިއްޔާ ޝިހާ💜
12 Comments!
Comments are closed.







alheyy miyoh nimunee mi vaahaka vx
ekamakuvaa miyoh romantic bayeh dhw
vaahaka kiyaa nimunu iru ehkkoh meehaa inee tomato akah vefa
thariyaa handhaa heki kuri iru ehn kiyaa ehcheh vx neii e rey e thaaku eh 😂😂😂
miyaa ekm majaa ingey i want a baby o iruiru kolhaaa
heehee vx rovey eba mihaaru
maash ah vx mikahala reethi story eh alhun mennah kiyaalan dheythee thankx ❤️
alhunge support you ah abadhu vx libeyne insha Allah
tc ❤️
lyssssssssm maashy 😘😘😘
Yes nuhaa mihaaru vaahaka vx nimuney mioh..
hehe Story liye nimun iru maash ah vx hury thi varu vefa..
Hehehe Daarian ah vx balaa nulaaa thari aa handhaa heki kurevuney e😂😂
Dhen emmenge babies fenifa miyavx babies beynunvaane ehnun..
alheyy hehe..
Aww, you’re welcome, darling. I’m thankful for ur support too..
💜💜
Tc
Love u moree darlinggg💜🦋
Haaaiiii maashhhh
Always welcome honey i’ll always be your top 1 fan 😍❤️ (and yeshh alhuga hama abadhuvess hadhaidheynamey cover pic hehe😘)
Vhk vrhhh reethi ma sha allah feshyn sure mi bai nimen dhn miinii kinbuleh hn hevidhilifa mihaaru kolah ves thadhuvey eba haha😭😅 dhn awlhe shiherr beynun shiher ge maikaa uraalan😩😩❤️
Sorry no sorry shiherr hama mifu aar inyy miyaa dhiyaiima foohi vegn LOL🙈🙈😭🤣🤣🤣
I lavvvv thisss storyyy can’t wait for your next story lavv❤️❤️ so sad it ended tho🥺
Ilyyyysssmmmm❤️❤️❤️
Heyyyy Shiherrr
Aww thankyou Darlls means a lott.. ( Thanks a lot for the cover pic.. honestly Loved it soo muchhh)
Hehe Varah happy vejje shiherr ah mi vaahaka reethikan enguneyma.. Hehe Shiherr vx maikaa eh avahah hoadhaa dhen hehe😭😭
Mifoo roan kanneyge fashaany thihen buneyma.. ehen hadhaakah nuvaane ehnun esorakah😭😭
Aww thankyouuu.. Next story insha allah varah avahah libeyne kiyaalan..
Love you moreee darlinggg💜🦋
Maashaa allah varah furihama mi part vex!!
I ge dhe loa rangalhah ugulhaafai mi part mi kiyalee. heekuree “fahubai” jahaifa eh nooney inee😭😭😭
Alhey mi story vx numinee dho😪
Varah reethi, furihama, interesting, engaging, inspiring and loving story eh mee!!!
I appreciate your hard work 💗💗💗💗💗
I mi huree hevi dhilifa I ge name mention kureema😃😄
Hope I’ll be able to read more stories from ya😏
Lyssssssssm💋
Tc
You’ll get my full support IA✌
May God bless your hard work
Awww Thank you sooo muchhh..
Alheyy hehe.. dhen mi storyge fahubai mi.. Komme story ehvx nimeyne ehnun.. iraadha kurehviithii mi story mi nimuny hurihaa characters ah happy ending eh genesdhemun..
Awww I’m happy that this was a great inspiring story for u darll..
And ur comments means a lott to me..
Dhen u ge name mention kuran vaane ehnun nulaahik sweet comments libeythy😅
Yeshh insha allah you’ll be able to read more stories from me..
Love u moree darling..
Tc
Thankss means a lot
💜🦋
Hii Maash!!!
Alheyy varah varah ufaa vejje Nayaa ah ves mention kohlaafa ineema.. varah loabi ingey hama 🥹
Abadhuves edheny kaamiyaabee ah.. maadh akii varah varah molhu kujjeh masha Allah.. Nayaa ah gavaidhun comment nukirevunas Maash ge vaahaka thah abadhuves baraabarah kiyan.. thee hunaruveri, molhu kujjeh Masha Allah.. thi gothuga kuriyah dhehchey
Varah varah loabivey ❤️❤️❤️
Heyyy Nayoo!!
Well nayoo thi maash ah varah bodu inspiration eh maash ah dhin kujjekey ehenve mention kuraane ehnun😊
Thank you soo muchh.. That means a lot. Varah happy vejje naayoo vx maash ge story thah kiyaakan enguneema.. Aww thankss…
Love u moree💜🦋
Hey maash…
Maadhaa Allah mi part vx varah varah reethi….
Neii bunaane eii cheii vx… ehaa vx story reethi….
Alhugandu vrh like vey mi kahala police vaahaka thakah….
Alhugandu name mention kohlaafa ineema vrh ufaavehje….
Maash ge mikahala vrh gina vaahka fennaane kamah unmeedhu kuran…
Dhn enme inthizaaru kureveny kushakee koba ge s2 ah….
Abadhu vx kaamiyaabee ah edhen….
Heyy Vampire girl
Thankyou so much… I’m happy u like it💜💜
Awww thanksss
Ehentha?? thihen viyya I’m sure you’ll like hiy edhi yaara thi ey
Dhen vampire girl ge name mention kuraane ehnun😊
Insha allah Maash ge mi kahala vaahakathah kuri ah oii thaa fenigen daane
Insha allah vrh avahah kushakey kobaa s2 libeyne..
Thank youu so muchhh.. means a lot💜🦋
Maash …
eii vx meeheh kairy vampire girl ge name nubunahchey… plzzz
Yes I won’t..